Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މައިޝާ (5)

X-girl
March 25, 2017
4 Mins Read
42 Views
17 Comments

އެވަގުތު މައިޝާއަށް ހީވީ ބާރު އެތިފަހަރެެއް މީހަކު އޭނަގެ މޫނުމަތީގައި އަޅާލިހެންނެވެ. ނަމަވެސް އެ މޫނުމަތިން އެއްވެސް ކަހަލަ ހާސް ކަމެއް ނުދައްކާވޭތޯ ބަލަމުން މައިޝާ ކުޑަ ހިނިތުންވުމެއް ނަޖާހަށް ހަދިޔާ ކޮށްލިއެވެ. ” ތީ މައިޝާތަ؟ ހާދަ ބޮޑުވެއްޖެޔޭ މިހާރު.” ނަޖާހު ބުނެލިއެވެ. މައިޝާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. ” ސޯ ތިދެމީހުން އެކަކު އަނެކަކު އިނގޭ ދޯ.” ޒީކާ އަށް ނުހުރެވިގެން ބުނެލިއެވެ. “ޔެސް ޑަރލިންގ އަހަރުން ދެމީހުންނަކީ ކުޑައިރު ފްރެންޑްސް.ދެން ސްކޫލްގަ ބޮޑަށް އުޅުނު އިރު ދޯ”. ޒީކާއަށް ޖަވާބުދިނުމުގެ ގޮތުން ނަޖާހު ބުނެލިއެވެ. މައިޝާ އޭ ބުނެލީ ހާދަ ދުރުކޮށްލާފައެވެ. ނަޖާހުގެ އެދުރުކަން މައިޝާއަށް އިހުސާސްކުރެވުމުން ހިތަށް ތަދުވިއެވެ. އެދެމީހުންގެ ކުރިމަތީގައި ވާހަކަދެއްކުންވެސް މައިޝާއަށް ވީ ބޮޑު ވޭނަކަށެވެ. ރެސްޓްރޫމްއަށް ދަނީއޭ ބުނެފައި މައިޝާ އަވަހަށް އެތަނުން ދިޔައީ ނަޖާހު އެހެން އަންހެންކުއްޖެއްގެ ކައިރީގައި އިންނަތަން ބަލަން އެހިތަށް ކެތްނުވާނެތީއެވެ. ރެސްޓްރޫމްއަށް ވަދެވުމާއެކު ލޮލުގައި ގިނަވެފައިވާ ކަރުނަތައް އޮހެންފެށިއެވެ. މައިޝާއަށް ހީވީ އޭނަގެ ދުނިޔެ އެއްކޮށް ބަނަވެފައިވާހެންނެވެ. ،މައިޝާ އޭނަގެ މޭގައި އަތްއަޅާ ރޮމުން ހުރިތަނަށް ތިރިވެވުނީ އެ ވޭނީ ގިސްލުމުގެ އަޑު އެހެންމީހަކަށް އިއްވަން ބޭނުންނުވާތީއެވެ. އޭނައަށް އެންމެ ފުރަތަމަ ލޯބިވެވުނު މީހާ، އޭނަގެ ނާނު އެހެންމީހެއްގެ ހައްޤަކަށް ވެގެން ހުންނަތަން ދެކެން ބަލަން ކެތްވާނީ ކިހިނެއް ހެއްޔެވެ؟ އެއްކޮޅުން އޭނާގެ ލޯބިވާ ނާނުއެވެ. އަނެއްކޮޅުން ޒީކާއެވެ. މައިޝާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އެވަގުތު މައިޝާގެ ފޯނު ވައިބްރޭޓު ވާހެން ހީވާތީ ހިތްވަރުކޮށްފައި ކަރުނަތައް ފުހެލަމުން ފޯނަށް ބަލާލިއެވެ. ‘ދާން.” މަޑުމަޑުން މައިޝާ ކިޔާލިއެވެ.

ފޯނަށް ޖަވާބު ދިނުމެއްނެތި ޓިޝޫއަކުން މޫނު ފުހެލުމަށްފަހު މައިޝާ ނުކުތީ ޒީކާމެން ގާތަށް ދިޔުމަށެވެ. އޭރުވެސް މައިޝާގެ ހިތް އެތެރެއިން ރޮމުން ދިޔައެވެ. ކެއުމައިގެން ކުރިއަށް ދިޔައިރުވެސް މައިޝާ އިނީ ބަސްމަދުވެފައެވެ. ޒީކާއާއި ނަޖާހުގެ ލޯބިވެތި ބެލުންތަކާއި ކޮށްލާ ކުދި ކުދި ގޯނާތަކުން މައިޝާގެ ހިތް އިތުރަށް ޒަހަމަކުރަމުންދިޔައެވެ. ” މަލާ ޔޫ އޯކޭ؟”. ” ކުޑަކޮށް ބޮލުގަ ރިއްސާތީ އެންޑް ވަރަށް ވަރުބަލި.” ޒީކާގެ ސުވާލަށް މައިޝާ ޖަވާބުދިނެވެ. ” ހިގާދޯ އަވަހަށް ގެއަށް ދާން.” ވަރުބަލިވެފައި ހުރުމުން އިތުރަށް މަޑުކުރާކަށް ޒީކާ އަށް ނުކެރުނެވެ. ” އެހެންދުވަހަކުން އަދި ދިމާވާނީ ދޯ ނަޖާ.” ގެއަށް ދާ ހިތް ނުވިނަމަވެސް ޒީކާ ނަޖާހުއަށް ބުނެލިއެވެ. މައިޝާ އަތް ދަބަސް ނަގައި ކޮޑުގައި އަޅުވާލީ އަވަހަށް ގެއަށް ދިޔުމަށެވެ. އެވަގުތަކީ ނަޖާހު ޒީކާ ގައިގައި ކުޑަކޮށް ބައްދާލުމަށްފަހު ދާން ތެދުވި ވަގުތެވެ. މައިޝާ ލޯ މަރާލީ އެ މަންޒަރު ބަލަން ކެތްނުވީމައެވެ.

ހަވީރުއްސުރެ އުޑުމަތި ބަނަކޮށް އޮވެފައި ވާރޭ އޮއްސާލީ މައިޝާމެންނަށް ގެއަށް ވަދެވުނުތަނާއެވެ. ބޭރުގައިވާ ތޫފާނަށްވުރެ މައިޝާގެ ހިތުތެރޭގައި ހިގަމުންދާ ތޫފާން މާ ބޮޑެވެ. މި ފިނި ރޭގައިވެސް މައިޝާ ބޭނުންވީ ފެންވަރާލާށެވެ. ސިކުޑީގައިވާ ހަމަނުޖެހުމަށް ލުޔެއް ލިބޭތޯއެވެ. ޝަވަރ ދޫކޮށްލުމަށްފަހު މައިޝާ ހުއްޓިލިއިރު އެ ހިތަށް އަރަނީ ކޯއްޗެއްކަމެއްވެސް ނޭގެއެވެ. ހިތާމައިގެ ތަސްވީރެއް ފަދައެވެ. އެރޭ ނިދަންއުޅެއުޅެވެސް އޭނާއަކަށް ނުނިދުނެވެ. ނަޖާހުގެ އެ ދުރުކަން އެ ހިތަށް އުނދަގޫކުރަނީއެވެ. އެ ޚިޔާލުތަކުގައި ރޮއެރޮއެ އޮއްވާ މައިޝާ ސިހުނީ ހަމްދާން ގުޅަން ފެށުމުންނެވެ. ” ކީކޭ ދާން؟”. ފޯނު ނެގުމައެކު މައިޝާ ބުނެލިއެވެ. ” އަދިވސް އެއްފަހަރު ގުޅިން އެކަމް ފޯނެއް ނުނަގާ. މައި އަށް ކަމެއް ވީކަމަށް ހީކޮށް މި ގުޅާލީ. އާ ޔޫ އޯކޭ؟”. “ޔާ އަމް ފައިން”. އިތުރަށް ހަމްދާން ސުވާލުކޮށްފާނެތީ މައިޝާ ބުނެލިއެވެ. ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު މައިޝާ ފޯނު ބޭއްވީ ވާހަކަ ދައްކާނެހާ ހިތްވަރެއް ނެތުމުންނެވެ. އޭރުވެސް އެދެލޮލުން ހުއްޓުމެއްނެތި ކަރުން ފައިބަމުން ދިޔައެވެ. އެހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭތޯ މައިޝާ ދެރަކްޢަތުގެ ނަމާދެއް ކޮށްލިއެވެ. ނަމާދަށްފަހު އެހިތަށް ހަމަޖެހުން ދެއްވާތޯ ހާސްފަހަރު އޭނާ ދުޢާ ކުރިއެވެ. ﷲއާ ވަކީލުކުރަމުން މައިޝާ ނިދާލީ ފަތިހު ބޮޑުދައިތަ ގޮވާނެކަން އިގޭތީއެވެ. މުޅި ހަފްތާ ވޭތުވެގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. ޒީކާ ނަޖާހު އާއެކީ ފެންނަ ކޮންމެފަހަރަކު އެހިތް ހާސްފަހަރު މަރުވެއެވެ.

“މަލާ. މަލާ. ސުބްޙާނަﷲ. ހުންހައިސްފައެއްނު މިއޮތީ. ދަރިފުޅު ބޮޑުދައިތަ ކައިރީ ނުވެސް ބުނަމެއްނު ބަލިވެ އުޅޭ ވާހަކަ.” މެންދުރު ކާން މައިޝާ އަށް ގޮވަން ސައާދާ އައިއިރު މައިޝާ އޮތީ ހުންއައިސް ފިހިފިއެވެ. “ޝިއާނޫޫ..”ސައާދާ މާބާރަށް ގޮވާ އަޑަށް ސިޓިންގރޫމްގައި އިން ޝިއާން އަވަސްއަވަހަށް މައިޝާގެ ކޮޓަރިއަށް ދިޔައެވެ. ޝިޔާނަށް މައިޝާ އޮތް ހާލު ފެނިފައި އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. ސައާދާ ހުރީ ހާސްވެ ކުރެވޭ ނުކުރެވޭ ނޭގިފައެވެ. އައި ޖީ އެމް އެޗަށް މައިޝާ ގެންދެވުމާއެކު ވަގުތުނަ އެޑްމިޓް ކުރެވުނެވެ. އެކިއެކި ޓެސްޓްތައް ހެދުމަށްފަހު ނަތީޖާ ލިބުނުއިރު މައިޝާ ޑެންގޫ އަށް ޕޮޒިޓިވް އެވެ.މި ޚަބަރު ސައިދާ މެންނަށް ލިބުމުން ސައީދާ މޮޔަ ނުވީ ކިރިޔާއެވެ. މާޖިދާއި މިރާން  ވަގުތުން  ޗުއްޓީ ނަގައިގެން މާލެ އައީ މިފްޒާލްވެސް ގޮވައިގެންނެވެ. ތިން ދުވަސް ފާއިތުވެގެން ދިޔައިރުވެސް ހުމަކަށް ބަދަލެއްނާދެއެވެ. އެއްޗެއް ދިނަސް މައިޝާ އަށް ނުކެވެއެވެ. އެ ދޮން ރީތި މޫނުވެސް ވަނީ މިލާ މޯޅިވެފައެވެ. ހިތާމައިގެ އަސަރު އެމޫނުން ފެންނައިރު ދުނިޔޭގެ ހުރިހާ ހިތާމަތައް ވަށައިގެންވާ ކަހަލައެވެ.

ތިން ދުވަސް ވެގެން ދިޔައިރު އާއިލާ އެންމެން ފަރާތުން ލޯތްބާއި އަޅާލުން އިންތިހާއަށް ލިބެމުން ދިޔައެވެ. ކޮންމެ ދުވަހަކުވެސް ހަމްދާން މައިޝާގެ ހާލު ބަލާލަން އަންނާތީ މައިޝާ ހުންނަނީ ހަމްދާންގެ ރަނގަޅުކަމަށް ހިތާހިތުން ޝުކުރުކޮށްކޮށެވެ. އެހެން ނަމަވެސް މައިޝާ މާ ބޮޑު ހިތްހަމަޖެހުމެއް ނުލިބެއެވެ. އޭނަ އެންމެ ބޭނުންވާ ފަރާތް އޭނަގެ ހާލު ބަލަން ނައީތީ ހިތަށް އަސަރު ކުރެއެވެ. ކުޑައިރުގެ ހަދާންތައް ނަޖާހުގެ ހިތުން ފުހެލިޔަސް ކުޑަމިނުން ރައްޓެއްސެއްގެ ހައިސިއްޔަތުންވެސް ނަޖާހު އޭނައާ ދޭތެރޭ ނުދެކުނީތީ ހިތުގައި ޖެހުނެވެ. މައިޝާ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. އެފަދަ މީހަކާމެދު އަބަދު ޚިޔާލު ކުރެވޭތީއެވެ. އެފަދަ މީހެއްދެކެ ލޯބި ވެވުނީތީ އެވެ. މައިޝާ މިހާރު ބޭނުންވަނީ ނަޖާހުގެ ހަދާންތަކާ ދުރަށް ދާށެވެ. އެ ޚިޔާލްތައް އެ ހިތުން ނެރެ އެއްލާލާށެވެ.

“މައި..މައި. ކޮން ޚިޔާލަކަށް ގެއްލިފަ.” މީހަކު ގޮވާހެން ހީވުމުން މައިޝާ ބަލާލިއިރު ކައިރީގައި ތިބި ހަމްދާނާއި ނިޝްޔާ ފެނިފައި ހިނިތުންވެލިއެވެ. “ނިޝީ މިއައީ މައި އަށް ގޮވާލަން. ރޭގަ މާލެ އައީވެސް. މިހިރީ މައި އަށް ގެނައި ފުރުޓްސް. ހުރިހާ އެއްޗެއް ހުސްކުރަން ޖެހޭނެ.” ނިޝްޔާ ހުރިހާ ދަތެއް ފެންނަ ވަރަށް ހީލީ ހިތާިތުން މައިޝާ އެބަލީގައި ނިމިދިއުމަށް އެދި ދުޢާ ކުރަމުންނެވެ.

މާލެ އައިފަހުން މައިޝާގެ މިޒާޖު ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ހަމްދާނަށް އިގެއެވެ. މައިޝާގެ އެ ހިތާމަތަކުގެ އަސްލު ހޯދަން އޭނާ ވަރަށް ބޭނުމެވެ. “އޯހ ނޯ..” ނިޝްޔާ ކުއްލިއަކަށް ކަމެއް ހަދާންވާ ފަދަ ގޮތަކަށް ބުނެލިއެވެ. “މައި..އަހަރެން ހަދާނެއްވެސް ނެތް…ދައްތަ އަކާ އެކީ ފިހާރައަކަށް ދާން އެބަ ޖެހޭ..ގުޅީމަ މި ހަދާންވީ ވެސް..”ހަމްދާނަށް ބަލާލަމުން ނިޝްޔާ އެހެން ބުނީ ހަމްދާން ވެސް އޭނައާއެކު ދާނެ ކަމަށް ހީކޮށެވެ. އޭނަ ބޭނުންވަނީ ހަމްދާންވެސް ގޮވައިގެން ދާށެވެ. އެއްވެސް ހާލެއްގައި މައިޝާ އާއި ހަމްދާން އެކަނި ކޮށްލާފަ ދާކަށް ބޭނުމެއް ނުވެއެވެ. “ނިޝީ ދޭ. މައިގެ ދޮންބެ އައީމަ އަހަރެން ދާނީ.”ހަމްދާން ނިޝްޔާ އަށް ބަލާލުމަށްފަހު އަވަސް އަވަހަށް ބުންޏެވެ. އެވަގުތު މިރާން ހޯދަންދާންވެސް ނިޝްޔާގެ ހިތައް އެރިއެވެ. ވަރެއްގެ އަންހެން ކުއްޖެކެވެ.

“މައި..މައި ކީއްވެތަ މިހާރު މާ ދެރަވެފަ ހުންނަނީ. ދާން ހީކުރީ ދާން މީ މައިގެ ވަރަށް ގާތް ފްރެންޑެއް ކަމަށް. އެކަމް އެހާ ގާތް ނުވީމަތާ މައި ތިހާ ޑިޕްރެސް ވާއިރު އެއްވެސް އެއްޗެއް ނުބުނާނީ.” ހަމްދާން ދެރަވެފައި އެހެން ބުނުމުން މައިޝާއަށްވެސް އަސަރު ކުރިއެވެ. “ނޫނޭ ދާން..ދާން ތީ ހަމަ މައިގެ ވަރަށް ގާތް ފްރެންޑެއް. މިވާހަކަ ފަށައިގަންނާނީ ކިހާ ހިސާބުން ކަމެއްވެސް ނޭނގެ.” ހަމްދާން މައިޝާ އަށް ބަލަހައްޓައިގެން ހުރީ އިތުރަށް ކިޔާދޭށޭ ބުނާފަދަ ގޮތަކަށެވެ.” ދާން..އައި ލަވް ސަމްވަން. އެންޑް ހީ ލަވްސް ސަމްވަން އެލްސް.” މައިޝާ ދެލޯ މަރާލީ ހިތުގެ ރިހުމަށް ލުޔެއް ލިބޭތޯއެވެ.

ހަމްދާނަށް ހުރެވުނީ މައިޝާގެ އެ ޖުމްލަތަށް ޤަބޫލު ނުކުރެވިފައެވެ. މިއީ ހުވަފެނަކަށް ވާނެނަމައޭ ހިތާ ހިތުން ދުޢާ ކުރެވުނު އަދަދެއްވެސް ނޭގެއެވެ.

ނުނިމޭ..

5
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

X-girl

Other Articles

Previous

ރޭޝަމް (1)

Next

އައިޝާ 22

Next
March 25, 2017

އައިޝާ 22

Previews
March 25, 2017

ރޭޝަމް (1)

17 Comments

  1. aisha says:
    March 25, 2017 at 9:40 am

    me first dhw???
    varah reethi story ??

    1. X-girl says:
      March 25, 2017 at 12:38 pm

      Thankyu Aisha?

  2. YammYoon says:
    March 25, 2017 at 10:23 am

    V v reethi… anekka maisha ah kihinehba vaany… Hamdhan r maisha r gulhuvahchey ingey . ?????????

    1. shelly says:
      March 25, 2017 at 12:39 pm

      yep.YammYoon is right

    2. X-girl says:
      March 25, 2017 at 12:42 pm

      Thnkyu..and keep reading YammYoon?

    3. X-girl says:
      March 25, 2017 at 12:44 pm

      Thnkyu ol?? nxt part varah avahah dhigu koh up kohdheynan..in sha allah..

  3. Nikko12 says:
    March 25, 2017 at 11:51 am

    Vv reethi vaahakayeh? malaa r dharn gulhuvachey?

    1. X-girl says:
      March 25, 2017 at 1:01 pm

      thankyu Nikko12,..

  4. ria says:
    March 25, 2017 at 12:17 pm

    omg this story is amazing I like it x-girl pls next part ves avahah up kohdheychey curiously waiting 4 next part??

    1. X-girl says:
      March 25, 2017 at 12:56 pm

      thankyu ria..

  5. Kitty says:
    March 25, 2017 at 12:25 pm

    Wow stry v nice and mai aa dhaan gulhuvai dheychey they are perfect couple ???

    1. X-girl says:
      March 25, 2017 at 12:58 pm

      hehe dhw kitty..thnkyu

  6. shelly says:
    March 25, 2017 at 12:38 pm

    haadha kurey .. thankolheh dhigukohlaba… when is the next part.. but varah reethi. ithurah furihamavees dhigukohlinama

    1. X-girl says:
      March 25, 2017 at 1:00 pm

      thnkyu shelly.. next part v avahah dhigu koh up kohdheynan, in sha allah

  7. Bella says:
    March 25, 2017 at 1:32 pm

    Nice story..

  8. Maisha says:
    March 26, 2017 at 2:47 pm

    Very nice story and never thought there would be a story with my name

  9. miniii :* says:
    March 26, 2017 at 11:04 pm

    Wow mii first ….

Comments are closed.

All Right Reserved!