Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަނދިރިފަރާތް (17 ވަނަ ބައި)

Liaa Level 710 Stories500 Comments100 Comments100 Stories1K Comments100 Login
April 1, 2017 5 Mins Read
13 Comments

އަހަރެމެން އަތިރިމަތިން އަރައިގެން ގެއާ ދިމާއަށް މިސްރާބުޖެހީމެވެ. ރޫޝިންގެ އެއް އަތުގައި އޭނާ ބޭނި ރަތް މަސް އޮތެވެ. އަހަރެންގެ ކޮނޑުގައި އެޖެންސީއަށް ގެންދާ ކަޅު ދަބަސްކޮޅު އަޅުވާލާފައިވީއިރު އެއްއަތުގައި އޮތީ މަސްބާނަން ގެންގުޅު ދޮއްޓެވެ. އެ ރަތް މަސް ބޭނުމާއެކު ރޫޝިންގެ މޫނުމަތިން ފޫހިކަން ކެނޑި، މިހާރު އެމޫނުމަތިންވެސް ފެނިގެންދަނީ ޖޯޝެވެ. އޭނާ ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓުގައި ކޮންމެވެސް ވަރަކަށް މަހުގެ ލޭ ހޭކިފައި ހުރި ނަަމަވެސް އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

“ޝިން.. ކީއްވެތަ އަހަރެން ގާތު ބުނީ ޝިންގެ ބައްޕަވީ މަރުވެފައޭ އަސްލު؟” އަހަރެން ރޫޝިން ގާތު ނާހަން ހުރެފައިވެސް އަހާލީމެވެ. އެއާއެކު އެ މޫނުމަތިން ހިތާމަވެރިކަމުގެ އަސަރު ފާޅުވާން ފެށިއެވެ. އަހަންނާ ދިމާއަށް ފާޑަކަށް ބަލާލުމަށްފަހު އޭނާ އިސްޖަހާލިއެވެ.

“އަހަރެން ފަހުން ތި ވާހަކަ ކިޔައިދިނަސް އޯކޭތަ؟” އޭނާ މަޑުމަޑުން އަހާލިއެވެ. އެއާއެކު އަހަރެން ބޯ ޖަހާލީމެވެ.

ހިނގާފައި ގޮސް އަހަރެންގެ ގެ ހުންނަ މަގަށް އެޅުނުތަނާ ގޭދޮށް ކުނިކަަހަން ގުދުވެގެން އޮތް މަންމަ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. މަންމައަށް އަހަރެމެން ފެނުމާއެކު ކުނިކެހުން ހުއްޓާލުމަށްފަހު ކޮޅަށް ތެދުވެ، އަހަރެމެންނާ ދިމާއަށް ބަލަހައްޓައިގެން ހުރީ ފާޑަކަށެވެ.

“ރިމެންބާރ.. އަހަރެމެން ކުރިންވެސް ރާވާފައިވާ ގޮތަށް މަންމަމެންނާ ވާހަކަ ދައްކާނީ..” އަހަރެން އުޅަނބޮށިން ރޫޝިންގެ ގައިގައި ކޮށްޓާލުމަށްފަހު ބުނެލީމެވެ. ރޫޝިން ހިނިތުންވެލުމަށްފަހު ބޯ ޖަހާލިއެވެ.

“މަންމާ.. ބަލާބަލަ ރޫޝިން ބޭނި މަހެއް! ބޮޑު ދޯ؟ ވާނެ އެ މަސް ހަނާކުރަން މިޔަދު..” މަންމައާ އަރާ ހަމަކޮށްފައި އަހަރެން ފޯރިއާއެކު ބުނެލީމެވެ. އޭރު މަންމަ އެއްފަހަރު އަހަރެންގެ މޫނަށް އަނެއްފަހަރު ރޫޝިންގެ މޫނަށް ބަލަމުން ގެންދިއައެވެ.

“ކޮން އިރަކު މަސްބާނަން ދިޔައީ؟” މަންމަ ހައިރާންވެފައި އަހާލިއެވެ.

“4 ޖަހަނިކޮށް ދިޔައީ.. އަހަރެންނަށް ފެންބޮވައިގެން ހޭލެވިގެން ކޮޓަރިން ނިކުތްތަނާ ފެނުނީ ރޫޝިން މި ދޮށި ހިފައިގެން ނިކުންނަތަން.. ދެން އަހަރެން ބުނީ އަހަރެން ވެސް ގެންދާށޭ.. ފޫހިވެފަ ހުރީމަ ދެން ދެވުނީ..” އަހަރެން ބުނެލީމެވެ. އެއާއެކު މަންމަ އެހެން ހެއްޔޭ ކިޔާފައި ބޯ ޖަހާލިއެވެ.

“ދައްތާ.. މި މަސް ކަނޑާލަން ވާނެއްނު؟ މަސްގޮނޑިއެއް ހުރޭަތަ މިގޭގަ؟” ރޫޝިން އެހެން އެހުމާއެކު މަންމަ ރޫޝިން ގޮވައިގެން ގޯތިތެރޭގެ އަނެއް ފަރާތައް ދިޔައެވެ. އަދި ފާރުގައި ލައްކޮށްލާފައި ހުރި މަސްގޮނޑި ނަގައި ރޫޝިންއަށް ދިނެވެ. ރޫޝިން އިށީންދެ މަސްކަނޑަން ފެށުމުން މަންމަ އޭނާގެ ހަރަކާތްތަކަށް ބަަލަން ހުރީ ފާޑަކަށެވެ. އަހަރެންވެސް އެތަނުގައި ހުންނަ ޖޯލީގައި ޖައްސާލީމެވެ.

“އެކަމަކު ދެކުދިންވެސް ތި ގޮތައް ދާންވާނީ މަންމަމެން ކައިރީ ބުނެލާފައެއްނު؟ ކަމެއްވީނަމަ ޒިންމާ ނަގަން ޖެހޭނީ މަންމަމެންދޯ!” މަންމަ އަހަންނާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. މަންމަ އެހެން ބުނާނެކަން އަހަންނަށް މާކުރިންވެސް އެނގެއެވެ.

“ދެން މަންމަމެން ނިދާފައި އޮތީމަ އުނދަގޫކުރަން ބޭނުންނުވީއޭ..” އަހަރެން ބުނެލީމެވެ. އެވަގުތު ގޭތެރެއިން ނިކުމެގެން އެތަނަށް ބައްޕަ އައެވެ. ރޫޝިން މަސްކަނޑަން އިންތަން ފެނުމުން ބައްޕަގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ސުވާލުމާކުތަކެކެވެ. ނަމަވެސް މަންމަ އަވަސް އަވަހަށް ވެގެން އުޅޭ ގޮތް އޮޅުން ފިލުވައިލަ ދީފިއެވެ. އެއާއެކު ބައްޕަ އަހަންނާ ދިމާއަށް ބަލާލީ ހިތްހަމަނުޖެހި ހުރެއެވެ.

“އާދެބަލަ ޝުބާ..” ބައްޕަ އެހެން ބުނެ ހިނގާފައި ގޮސް ހުއްޓުނީ ގޭ ދޮރު މަތީގައެވެ. އަހަރެން ތުންފަތުގައި ދަތް އަޅަމުން ބައްޕަގެ ފަހަތުން ދިޔައީމެވެ. އެވަގުތު ރޫޝިންވެސް އަހަންނާ ދިމާއަށް ވަށްކަޅިން ނަޒަރެއް ދިނެވެ.

“ދަރިފުޅާ ޝުބާ.. އެފަދަ ގަޑިއެއްގައި ފިރިހެން ކުއްޖަކާއެކު އެގޮތަށް ތަންތަނަށް ގޮސް އުޅުމަކީ ރަނގަޅު ކަމެއް ނޫންކަން ދަރިފުޅަށް އެބަ އިނގެ އެއްނު؟ ދެން ކީއްވެތަ ތިހެން ތި ހެދީ؟ ބައްޕަވެސް ގަބޫލުކުރަން ރޫޝިންއަކީ އަނެއް ހެން ރަނގަޅު ކުއްޖެއް ކަމަށް.. އެކަމަކު ފިރިހެނެއްގެ ހިތެއް ނޭނގޭނެ ދަރިފުޅާ.. ކޮންމެ ގޮތެއް ވެސް ހަދާފާނެ..” ބައްޕަ ވާހަކަ ދައްކަމުން ދިޔައިރު އަހަރެން ހުރީ އިސްޖަހާލައިގެންނެވެ. ބައްޕަގެ އެވާހަކަތަކަށް ދޭނެ ރައްދެއް އަހަންނަކަށް ނުވިސްނުނެވެ. ބައްޕަ އެ ދައްކަނީ ރަނގަޅު ވާހަކަތަކެއް ވިއްޔާއެވެ.

“އެހެންވީމަ، ދެން ދަރިފުޅު އެފަދަ ގޮތަކަށް ކަންތައް ނުކުރާތި..” ބައްޕަ އެހެން ބުނުމުން އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ.

“ދެން ދޭ އަވަހަށް ފެންވަރައި ހަދައިގެން އަންނަން..” ބައްޕަ އެހެން ބުނުމުން އަހަރެން ގޭތެރެއަށް ވަދެގެން ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހީމެވެ. އެވަގުތު ސިޓިންގރޫމު ތެރޭގައި އަހަންނާ ދިމާއަށް ފާޑަކަށް ބަލަން ހުރި ދޮންބެ ފެނުމުން އަަހަރެން ކުޑަކޮށް ހައިރާންވިއެވެ. ދޮންބެއަކީ އެހެންނޫނިއްޔާ މިހާ އަވަހަށް ހޭލާ މީހެއް ނޫނެވެ. އަހަރެން ކޮޓަރިއަށް ވަތްއިރުވެސް ދޮންބެ އިނީ އަހަންނަށް ބަލާށެވެ. އަހަރެން އެކަމާ މާބޮޑު ފަރުވާލެއް ނުބަހައްޓާ ކޮޓަރިއަށްވަދެ ދޮރު ލެއްޕީމެވެ.

** ** **

“ހުމްމް.. ވަރަށް މީރު.. އަސްލު ދައްތަ ކައްކާލެއް ހާދަ މީރޭ.. އަހަރެން މަންމައަކަށްވެސް ނޭނގޭނެ މިހާ މީރުކޮށް ކައްކާކަށް..” ރޫޝިން އެހެން ބުނެލުމާއެކު އަހަރެންގެ މަންމަ ހިނިގަނޑެއް ޖަހާލިއެވެ. ހެނދުނުގެ ސަޔަށް އިންސާފުކުރުމަށްޓަކާ އެންމެން ތިބިއިރު ދޮންބެ ފިޔަވައި އެންމެންެގެ މޫނުމަތިންވެސް ފެންނަނީ އުޖާލާކަމެެވެ. ދޮންބެ އިރުއިރުކޮޅާ އަހަންނާ ދިމާއަށް ވައްކަޅިން އެ ބަލަނީ ކީއްވެކަމެއް ނޭނގެއެވެ. ދޮންބެ ލޯ އަޅާލާއިރަށް އަހަރެންވެސް ލޯއަޅާލަމެވެ. މިޔަދު ރޫޝިން ބޭނި މަސް ހަނާކޮށްފައިވީއިރު އެންމެން ވެސް ރޮށި ޖައްސައިގެން މީރުކޮށް ކަމުން ގެންދިޔައެވެ.

“އެހެން ނުވާނެއްނު ބުނާކަށް.. އަސްލު ކޮންމެ ކުއްޖަކަށްވެސް އެންމެ މީރުވާނީ އެކުއްޖަކު މަންމަ ކައްކާ އެއްޗެހި.. އެއީ ކޮންމެ ކުއްޖެއް ދެކެ ވެސް އެންމެ ލޯބިވާނީ މަންމަ.. ލޯތްބާއެކު ހަދާ އެއްޗެހީގެ ރަހަ އެހެން އެއްޗެއްސަށްވުރެ އެތައް ގުނައެއް މީރުވާނެ..” މަންމަ ވާހަކަދައްކަމުން ދިޔައިރު ރޫޝިންގެ މޫނުގެ ކުލަވަރު ބަދަލުވަމުން ދާކަން އަހަންނަށް ފާހަގަކުރެވުނެވެ. އުފާވެރިކަން ފިލައި އެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އިރުކޮޅެއްނުވެ އޭނާ ކާމޭޒުދޮށުން ތެދުވެގެން ކޮޓަރިއާ ދިމާއަށް ދިޔައީ ދެން އެތަނުގައި މަޑުކުރަން އުނދަގޫވުމުން ކަންނޭނގެއެވެ.

“ކީއްވެބާ ރޫޝިން އެ ދިޔައީ؟ އަނެއްކާ އަހަރެން ބުނި އެއްޗަކުން ހިތްހަމަނުޖެހުނީބާ؟” ރޫޝިން ދިއުމާއެކު މަންމަ އަހާލިއެވެ.

“ނޫނޭ.. އެވާނީ މާ ބޮޑަށް ނިދި އައިސްފައި ހުރީމަ ކަމަށް..” އަހަރެން މަންމަ ހިތްހަމަޖައްސާލުމަށްޓަކާ ބުނެލީމެވެ. ނަމަވެސް ރޫޝިންއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ޔަޤީނާ ގާތަށް އަހަންނަށް އެނގެއެވެ. އޭރު ދޮންބެ އަހަންނާ ދިމާއަށް ބަލަން ހުރެ ދެބުމަ ކައިރިކޮށްލިއެވެ.

ސައިބޮައި ނިމިގެން އަހަރެން ހިތްހަމަޖައްސާލުމަށްޓަކާ ނިކުތީ ގޯތިތެރެއަށެވެ. ގޯތިތެރޭގައި ހުންނަ ޖޯލިފަތީގައި އަހަރެން އިށީންދެ ހަމަޖެހެލީމެވެ. އެވަގުތު ދޮންބެވެސް އައިސް އަހަންނާ ޖެހިގެން އިން ޖޯލީގައި އިށީނެވެ.

“ދޮންބެ ކިހިނެއް ވެގެންތަ އަހަންނާ ދިމާއަށް މާ ވަރަކަށް ލޯ އަޅަނީ؟” އަހަރެން ރުޅިއައިސްފައި އަހާލީމެވެ. އެހެންޏާފަހެ ދޮންބެ އެއުޅެނީ މިޔަދު މޮޔަވެގެން ވިއްޔާއެވެ.

“ޝުބާ ކިހިނެއް ވެގެންތަ ތިއުޅެނީ؟ ޝުބާއަށް އުޅެވޭގޮތް އެނގޭތަ؟” ދޮންބެ ރުޅިވެރި ގޮތަކަށް އެހެން ބުނެލުމުން އަހަރެން ތުން އަނބުރާލީމެވެ. މިހާރަކަށް އައިސް ދޮންބެ ކުދިކުދި ކަންކަމާވެސް ރުޅިއާދެއެވެ. ރޫޝިން ދޮންބެގެ ކޮޓަރިއަށް އައިފަހުން އެއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟

“އަހަރެން ދެކުނީމޭ ރޭގައި ޝުބާ ގަތް ގަނޑު!” ދޮންބެ އެހެން ބުނުމާއެކު އަހަރެން ދިޔައީ ސިހިގެންނެވެ. ހާސްވެފައި އަހަރެން ދޮންބެގެ މޫނަށް ބަލާލީމެވެ. އަނެއްކާ ދޮންބެ އެ ދައްކަނީ ކޮން ކަމެއްގެ ވާހަކަބާވައެވެ؟

“ކޮން ގަނޑެއްތަ؟ ބުނީމައެއްނު އެނގޭނީ.” އަހަރެން ނުރުހިފައި ބުނެލީމެވެ. އެއާއެކު ދޮންބެ ބާރަކަށް އަހަރެންގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

“އަދިވެސް ނޭނގޭކަމަށްތަ ތިހަދަނީ؟ ރޭ ޝުބާ އެ ރޫޝިން ތި ކޮޓަރިއަކަށް ނުވައްދަންތަ؟ އޭނ! އަހަރެން ދެކުނީމޭ އޭނަގެ އަތުގައި ހިފާލައިގެން ތި ކޮޓަރިއަށް ވަތްތަން..” ދޮންބެ އެހެން ބުނުމުން އަހަންނަކަށް ބުނާނެ އިތުރު އެއްޗެއް ނުވިސްނުނެވެ.

“މަންމަމެންނަށް އެނގުންނަމަ އެމީހުން ކިހާ ރުޅި އަންނާނެ.. ޝާކިންއާ ރައްޓެހިވެގެން ހުރެއޭ އަދި ރޫޝިންއާއެކު ތި ގަނޑު ގަންނަނީ..” ދޮންބެ ބުނެލިއެވެ. އޭރު ރުޅިއައިސްގެން ދޮންބެ ތުރުތުރު އަޅައެވެ.

“ދޮންބޭ..” އަހަރެން ދޮންބެގެ އަތުގައި ހިފާލީމެވެ. ވީހާވެސް މަޑުމައިތިރިކަމާއެކު ވާހަކަދެއްކޭތޯ އަހަރެން މަސައްކަތްކުރީމެވެ. ދޮންބެއަށް ވިސްނޭނީ އޭރުންނެވެ. “ދޮންބޭ.. އަހަރެންމީ ދޮންބެ ތި ހީކުރާހާ ގޯސް މީހެއް ނޫން އިނގޭ.. އަހަރެން ގަބޫލުކުރަން އަހަރެން ޝާކިންއަށް ޗީޓްކޮށްފިން.. އަހަންނަށް ރޫޝިން މާ ކަމުދޭ ޝާކިންއަށްވުރެ.. އެހެންވެ އަހަރެން ރޫޝިންއާ ރައްޓެހިވީ.. އެކަމަކު ދޮންބެ ޔަގީންކުރޭ.. އަހަރެން ރޫޝިންއާއެކު އެއްވެސް ގޯސްކަމެއް ނުކުރަން.. ރޭގައި އޭނަ ކޮޓަރިއަށް ވެއްދިކަމުގައިވިޔަސް އެއްވެސް ގޯސްކަމެއް ނުކުރަން.. ދެމީހުން ދޭތެރޭ މައްސަލައެއް ޖެހުނީމަ… މަންމަމެންނަށް ހޭލެވިދާނެތީ އަހަރެން އެގޮތަށް ކަންތައްކުރީ.. ދޮންބެއަށް އެނގޭނެ އަހަރެންމީ އެހާ ގޯސްމީހެއް ނޫންކަން..ދޯ؟” އަހަރެން ދައްކަމުން ދިޔަ ވާހަކައާއެކު ކައިރިވެފައިވާ ދޮންބެގެ ދެބުމަ މަޑުމަޑުން ދުރުވަމުން ދިޔައެވެ.

“ދެން ދެމީހުންނާ ރައްޓެހިވެގެން އުޅެނީ؟ ޝުބާ..ފިރިހެނުންނަށް ހަތަރު އަނބިން ހުއްދަޔަސް އަންހެނުންނަށް ހުއްދައީ އެންމެ ފިރިއެކޭ..” ދޮންބެ އެހެން ބުނުމުން އަހަންނަށް ހެވުނެވެ. ދޮންބެވެސް ކިޔާ މޮޔަ އެއްޗެސް ވިއްޔާއެވެ. އަހަރެން މިއުޅެނީ ދެމީހުންނާ އިންނާކަށް ނޫން ވިއްޔާއެވެ.

“ދޮންބޭ.. އަހަރެން މަޑުމަޑުން ޝާކިންއާ ދުރުވަމުން ދުރުވަމުން ގޮސް ދޫކޮށްލާނީއޭ.. އޭރުން ދެން އަހަރެން އުޅޭނީ ހަމައެކަނި ރޫޝިންއާއެކީއެއްނު؟ ކަމުނުދާ މީހަކާއެކީ އުޅޭނީ ކިހިނެއްދޯ.. ދޮންބެ ނުބުނައްޗޭ އެއްވެސް މީހެއް ގާތު މިވާހަަކަތައް.. ޕްލީސް..” އަހަރެން ތުންކޮޅު އޫކޮށްގެން ހުރެ ދޮންބެ ގާތުން އާދޭސްކުރަން ފެށީމެވެ.  “ޕްލީސް. ޕްލީސް.. އަހަންނަށް އެނގޭ ދޮންބެ ނުބުނާނެކަން..”

“އެންމެ ރަނގަޅު.. އެކަމަކު ތި ރޫޝިންއަކީ އަހަންނަށް އެހާ ކަމުދާ މީހެއްނޫން..” ދޮންބެ ބުނެލިއެވެ.

“ހުއް! ދޮންބެ ޝާކިންއާމެދު ވެސް ބުނީ ހަމަ ތިހެން.. ޝިން އަކީ ވަރަށް ނައިސް މީހެކޭ އަސްލު.. ދޮންބެ ޝިން އާ ފްރެންޑުވެބަލަ.. އޭރުންދޯ އެނގޭނީ..؟ ޝިން މިގެއަށް އައި ފަހުން ދޮންބެ އޭނައާ އަނގައިން ބުނީކީ ނޫން.. ދެން ކިހިނެއް ދޮންބެއަށް އެނގެނީ އެއީ ކޮންކަހަލަ މީހެއްކަމެއް؟” އަހަރެން ދޮންބެ ގައިގައި ޖަހާލަމުން ކިޔާލީމެވެ. އެއާއެކު ދޮންބެ ހިނިތުންވެލިތަން އަހަންނަށް ފެނުނެވެ. ދޮންބެ އެ އުފާވީ އަހަރެން ރުޅިއަރުވާލެވުނީމަކަން އަހަންނަށް އެނގުނެވެ.

“ވިސްނާނަން އޭނާއާ ވާހަކަދެއްކުމާ ދޭތެރޭ..” އެހެން ބުނުމަށްފަހު ދޮންބެ ޖޯލިފަތިން ތެދުވެގެން ގޭތެރެއަށް ވަންނަން ދިޔައެވެ. ދަމުން ވެސް ފަހަތް ބަލާލާފައި އަހަންނާ ދިމާއަށް ދޫނެރެލިއެވެ. އޭނާ ދިއުމާއެކު އަހަންނަށް ހަމެޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދެންމެ އަހަންނާ ދޮންބެއާ ދެމެދު ދެކެވުނު ވާހަކަތައް އަވަހަށް ރޫޝިންއާ ހިއްސާކުރުމަށްޓަކާ އަހަރެން ލައިގެން ހުރި ޖީންސުގެ ޖީބުގައިވާ ފޯނު ނަގައި މެސެޖެއް ލިޔަން ފެށީމެވެ.

ދުވަސްތައް އެގޮތް މިގޮތަށް ފާއިތުވަމުން ދެއެވެ. އަހަރެންގެ އެންމެ ފަހު އިމްތިހާން ގާތްވަމުން ދާތީ އަހަރެންވެސް ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ ކިޔެވުމުގައެވެ. އޭގެ ފަހުން ކޮންމެ ރެއަކުވެސް ރޫޝިން އެޖެންސީއަށް ގޮސް އަރޫން ކައިރިން ޓްރެއިންވެއެވެ. އެޖެންސީގެ މަސައްކަތްތައް ވެގެން ދިޔައީ އޭނާވެސް ވަރަށް ގަޔާވާ މަސައްކަތްތަކަކަށެވެ. ދޮންބެގެ ކުރިމަތީގައި އަހަންނާ ރޫޝިން އުޅެމުން ދިޔައީ ރައްޓެހިވެގެން އުޅޭ ދެމީހުން އުޅޭ ފަދައިންނެވެ. ދޮންބެ ހަމަ އަސްލަށްވެސް ހީކޮށްގެން ހުންނަނީ އަހަރެންނާ ރޫޝިން އުޅެނީ އެކަކު އަނެކަކު ދެކެ ވަރަށް ލޯބިން ކަމަށެވެ. ފަހަކަށް އައިސް ދޮންބެއާ ރޫޝިންއާ ދެމެދުވެސް ގާތް ގުޅުމެއް އުފެދިފައިވާކަން އަހަންނަށް އެނގެއެވެ. ދެމީހުން އެކީ ކޮފީތަކަށް ދިއުމާއި ހަވީރު ފިނުބުރު ޖަހާލަން ދިއުން އެއީ އާންމު ކަމަކަށް ވެއްޖެއެވެ. އެ ދެމީހުންގެ ގުޅުން ރަނގަޅުވަމުން އަންނަކަން ފާހަގަވުމުން މަންމަވެސް ހުންނަނީ ވަރަށް އުފާވެފައެވެ.

އައިތާ މަހެއްހާ ދުވަސްފަހުން އަހަރެންގެ ބައްޕަވެސް އެނބުރި މާލެ ދިޔައެވެ. ބައްޕަ ދަމުން އަހަންނަށް ވަރަށް ނަސޭހަތް ދިނެވެ. އަހަރެންވެސް އަޒުމްކަނޑައަޅައިގެން ހުރީ ބައްޕަމެން އުންމީދުކުރާ ކަހަލަ ފޮނި ނަތީޖާއެއް ގަދަ ހިތްވަރުން ނަމަވެސް ނެރުމަށެވެ.

އިމްތިހާނަކަށް ފަހު އިމްތިހާނެއް ނިމެމުން ގޮސް އެންމެ ފަހު އިމްތިހާން ވެސް އަހަރެން ނިންމާލީ ފަސޭހަކަމާއެކީގައެވެ. އެ ހުރިހާ އިމްތިހާނަކުންވެސް ރަނގަޅު ނަތީޖާއެއް ލިބޭނެކަމުގެ ޔަޤީންކަން އަހަރެންގެ އޮތެވެ. ދެން އެހާ ހިސާބުން އަހަރެންގެ ކިޔެވުންވެސް ނިމުމާއެކު ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެޖެންސީގައި ހުރެލަން ދިއުމަށް އަހަރެން ބޭނުންވިއެވެ. އެތަނުގައި މަސައްކަތް ކުރާ ކޮންމެ މީހަކަށް ޚާއްސަ ކޮޓަރިއެއް ހުރޭ ވިއްޔާއެވެ. މަންމަ ގާތު އާދޭސްކޮށްގެން އަހަރެން މާލެ ދިޔައީ ކުޑަ ދުވަސްކޮޅަކު ރައްޓެއްސެއްގެ ގޭގައި ހުރެލަން ކަމަށް ބުނެފައެވެ. ދުވަސްވަރަކީ ބައްޕަވެސް ވިޔަފާރި ދަތުރެއްގައި އިންޑިޔާއަށް ގޮސް އުޅޭ ދުވަސްވަރުކަމުން އަހަރެން މާލެ ނޫން އެހެން ތަނަކަށް ދިޔަނަމަވެސް މީހަކަށް ޝައްކެއް ނުވާނެވެ. ރަށުން މާލެ ފުރާ ލޯންޗުން އަހަރެން އެންމެ ފުރަތަމަ ދިޔައީ މާލެއަށެވެ. އަހަރެން ފުރުވާލަން މަންމައާއި ދޮންބެވެސް އައެވެ. ޝާކިން ގާތުވެސް އަހަރެން ބުނީ މަންމަ ގާތު ބުނި ގޮތަށެވެ. މާލެ ދެވުމާއެކު އަރޫން ލޯންޗެއްގައި އަހަރެން ބަލާ އައެވެ. ލޯންޗު ވިނަދޫއާ ގާތްވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިނިތުންވުން ފުންވަމުން ދިޔައެވެ. އެންމެ ފަހުން އަހަރެންވެސް އެތަނުގެ އެހެން އޭޖެންޓުން ފަދައިން ދުވަސްކޮޅެއް އެތަނުގައި ހޭދަކޮށްލާނެ ފުރުސަތު ލިބުނީއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Liaa

Level 710 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ހިތް ބޭނުމޭ 18

Next

ނޭނގޭ ގޮތެއްވޭ 5

Next
April 1, 2017

ނޭނގޭ ގޮތެއްވޭ 5

Previews
April 1, 2017

ހިތް ބޭނުމޭ 18

13 Comments!

  1. Saandy says:
    April 1, 2017 at 6:34 pm

    WOW!! Amazing… I like this… Liaa!! When next part?? I’m waiting for the next part 🙂

    1. Liaa says:
      April 1, 2017 at 6:35 pm

      Thank you Saandy. I love ur stories too 🙂

  2. Liaa says:
    April 1, 2017 at 6:34 pm

    hii guys.. Mi bai ok tha?
    Next part maadhamaa genasdheveythw balaanan ingey
    <3

  3. Shai says:
    April 1, 2017 at 6:45 pm

    Thank you liaa…mibaivex v reethi

    1. Liaa says:
      April 1, 2017 at 6:49 pm

      Thankss Shai

  4. Bleu says:
    April 1, 2017 at 6:50 pm

    Wow….. varah varah rythi…. hykury mivaahaka huttaaly kamah… varah ufaavejje anekkaavs kiyaalan libinuma 🙂

  5. luhan says:
    April 1, 2017 at 6:53 pm

    V reethi…Alhe dhn kihinh vaany?raj sir athulan vehjje ehnu mihaaru..Nxt part avs khdhey thi ingey liaa..Luv this story..??

  6. silver mist says:
    April 1, 2017 at 7:57 pm

    Thnkx Liaa ….v v reethi

  7. Hajja says:
    April 1, 2017 at 8:07 pm

    V reethi….aneh bai maadhama kiyaalan libeyne kamah ummeedhu kuran

  8. Shinnu says:
    April 1, 2017 at 8:58 pm

    V nice

  9. Nahaa says:
    April 1, 2017 at 10:59 pm

    Ur best .vvv nice. Avahah up kohdeythh v happy.

  10. luhan says:
    April 2, 2017 at 1:34 pm

    Kon irakun nxt part up kurany?

  11. suma says:
    April 26, 2017 at 10:23 am

    v rythi

Comments are closed.


All Right Reserved!