
ހިތް ބޭނުމޭ 18
ހިތް ބޭނުމޭ…18
“އެމަޖެންސީ ކޮށް ބިޒްނަސް މީޓިންގ އަކަށް ތައިލޭންޑަށް ދާން މި ދަނީ..މީރާން އެބަ ހުރި..” ޒެއިން ޖަވާބު ދިނުމުން އެހެން ހޭ ބުނެލާފައި ޒެއިންގެ ކޮނޑުގައި ޖަހައިލަމުން އެޒިލް ހިނގައިގަތީ އެތެރެއަށެވެ. އެތައް ދުވަހަކަށް ފަހު މީރާން އާއި ބައްދަލު ވާން އުޅޭތީ އެޒިލްގެ ހިތް އަވަސް ވާން ފެށިއެވެ. ވީ ނުވީއެއް ނޭނގި އެހައި އެއްކޮށް އުޅެފައި ކުއްލިއަކަށް އެޒިލް އާއި މީރާން ގުޅުން ކަނޑައިލުމުން އެކަމުގެ ހަގީގަތް ހޯދަން ވެސް އެޒިލް ބޭނުން ވެއެވެ.
މީރާން އާއި އާނާ އިންތިޒާރުގެ ވަގުތުތައް ގުނަމުން ދިޔައީ ލޯބިވާ ކޮއްކޮ ލޮލަށް ފެންނާނޭ އިރަކަށެވެ. އެލީން ގެ ހުރިހައި ކަމެއް ރަނގަޅު ވުމަށް އެދި ހިތާ ހިތުން ދުއާ ކޮށް ކޮށް އިނދައި ކުރިމައްޗަށް އައިސް ހުއްޓުނު މީހާގެ މޫނަށް މީރާން އަށް ބަލައިލެވުނެވެ. ކުޑަކޮށް ހިނިތުން ވެލައިގެން ހުރި އެޒިލް ފެނި މީރާން އަށް ދެބުމަ ގޮށްޖަހައިލެވުނީ ހިތައްވެރިވެގެން ދިޔަ ރުޅިވެރިކަމެވެ.
“ހައު ޑެއާރ ޔޫ؟ އަހަރެންގެ ކޮއްކޮ އެހާލުގައި އޮއްވާ އަހަރެން ގެ ރުޅި ގަދަ ކުރުވަން މިތަނަށް ތި އައީ ކީއްކުރަން؟ ހަމަ މިހާރު މިތަނުން ދޭ… ނޫނީ އަހަރެންގެ އަތުން ފައިން ގޯހެއް ހެދިދާނެ..” ދަތްކުނޑި ވިކައިލަމުން މީރާން ބުނެލީ ތަންކޮޅެއް މަޑުންނެވެ.
“އަހަރެން މިއަދު މިތަނުން ދާނީ އަހަރެން ބޭނުންވީ އިރަކުން.. މީރާން އަހަރެން ދެކެ ކިތަންމެ ރުޅި އަޔަސް އެލީ އަހަރެން ނަކާ ރުޅިއެއް ނޫން.. ސޯ އައި ވިލް ވެއިޓް ލިޓްލް ބްރަދާ..” އެޒިލްގެ ޖުމްލައިން މީރާން އަށް އަތް މުއްކަވައިލެވުނެވެ.
” މާ މާތް މީހަކަށް ހެދިގެން އެލީގެ ލޮލުގަ އަނދުން އަޅުވަން އުޅޭނެކަމެއް ނެތް.. އަހރެންނަށް އެޒިލް ކުރި ކަންތައް އިނގުންނަމަ އެލީ ވެސް ތިއެޒިލް ގެ މޫނަށް ބަލައިވެސް ނުލާނެ..” ކިތަންމެ މަޑުން ވާހަކަ ދެއްކި ކަމުގައި ވިޔަސް މީރާން ގެ އަޑުގައި ވާ ނަފުރަތު އެޒިލް އަށް އިހުސާސް ވިއެވެ. އާނާ ވެސް އިނީ މީރާން ގެ ރުޅިގަދަވެގެން ކަމެއް ކޮށްފާނެތީ ބާރުބާރަށް މީރާން ގެ އަތުގައި ހިފަހައްޓައިގެން ނެވެ.
“މީރާން އަހަރެން ދެކެ ރުޅި އަންނަން ޖެހޭ ވަރު ކަމެއް އަހަރެން ނުކުރަން.. ވީ ގޮތެއް ނުބުނެ މިއޮށް ހުރިހައި ދުވަހު އަހަރެން ދެކެ މީރާން އައިސްފަ ތިހުރީ ނުހައްޤު ރުޅި އެއް.. އެންމެ ކުޑަމިނުން ވީ ގޮތް އަހަރެން ގާތު ބުނެލީކީ ނޫން.. އަހަރެންނަށް ކުރެވުނު ކުށެއް އަހަރެން ގާތު ނުބުނަންޏާ އަހަރެން ކިހިނެތް އެކަމަށް މާފަށް އެދޭނީ ވެސް؟” އެޒިލް ވާހަކަ ދެއްކީ މީރާން އަށް ވިސްނައިދެވޭތޯއެވެ.
” ކަލޭ ނޭނގޭ ކަމަށް ހަދައިގެން ހުރީމަކާ ނޭނގޭނެ ދޯ.. ތިމާއަށް ކުރެވުނުކަންތައް ތިމާއަށް އިހުސާސް ނުވަންޏާ އެހެން މީހުން ވެސް ކޮންމެހެން ނުޖެހޭނެ ބުނެދޭކަށް..” މީރާން ގެ އަޑު ކުރިއަށް ވުރެން ބާރެވެ. އެހެން ލާފައި ދިޔަ ދެ ނަރުހުން މީރާން މެނާއި ދިމާއަށް ބަލައިލަމުން ކުދި ކިޔައިލިއެވެ. މީރާން އާއި އެޒިލް ގެ ކޯޅުން ގަނޑު ނުބައި މިސްރާބަކަށް ދާތަން ފެނި އާނާ ވެސް އިނީ ބިރުންނެވެ.
“އެޒިލް ޕްލީޒް.. މީރާން އަށް ވުރެން ބޮޑަށް ވިސްނެން ޖެހޭނީ އެޒިލް އަށް ދޯ.. މިވަގުތު އެލީ ގެ ހާލު ނޭނގޭތީ މީރާން އެ އިނީ ވަރަށް ކަންބޮޑުވެފަ.. އެހެންވީމަ މިތަނުން އިހަށް ދޭ… ޕްލީޒް..” އާނާ އަށް ނީނދެވިގެން އެންމެ ފަހުން އެޒިލް ގާތު އާދޭސް ކުރަން ފެށިއެވެ.
“ތީ މީރާންގެ ވައިފް ދޯ… އަހަރެން ނަށް ހީވަނީ މީރާން އަހަރެން ދެކެ އެ އަންނަ ރުޅީގެ އަސްލު މީރާން ގެ ވައިފް އަށް އިނގޭނެހެން.. އެކަން އަހަރެންނަށް ނޭނގެނީސް މިރެއަކު މިތާކުން ނުދާނަން..” އެޒިލް ވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނޫނެވެ.
” އެހެންތަ؟ ޑޫ ޔޫ ރިއަލީ ވޯނަ ނޯވ ދަ ޓްރުތް؟ އެހެން ވިއްޔާ އަޑު އަހައި.. ކަލޭ ދެކެ އަހަރެން ރުޅި އަންނަނީ ކަލޭ އަހަރެންނަށް ލިބުން ކުޑަ ކުޑަ އުފާ ކޮޅުވެސް ޖަހައިގަތީމަ… އަހަރެން ބޮޑުވީ ބައްޕައެއްގެ ލޯބި ނުލިބި.. އެހެންވިޔަސް އަމިއްލަ ނަފްސަށް ވިސްނައިދީގެން އަހަރެން އެޒިލް އާއި ގުޅުން ބަދަހި ކުރީ އޭގަ އެޒިލްގެ ކުށެއް ނެތްކަން އަހަރެންނަށް ވިސްނޭތީ.. އެކަމު އެޒިލް ކުރީ ކީއް؟ މިލީނާ އަހަރެން އަތުން ޖަހައިގަތީ…” މީރާންގެ ފަހު ޖުމްލައިން އެޒިލް އަށް ހައިރާން ކަމެއްލިބިގެން ދިޔައެވެ. މިލީނާ ދެކެ މީރާން ލޯބިވޭ ހެއްޔެވެ؟
“ކީކޭ؟؟؟” ހައިރާން ކަމާއި އެކު އެޒިލް އަށް އަހައިލެވުނީ ގަބޫލު ކުރަން ދަތިވެފައި ހުރެއެވެ.
“އާނ.. އަހަރެން މިލީނާ ދެކެ ލޯބި ވީން.. އެކަން މިލީނާ އަށް ވެސް އިނގޭނެ.. އަހަރެން ލޯބި ވާ ވާހަކަ ބުނުމުން އޭނާ އަހަރެންނާ ދިމާއަށް ވަރަށް ހަޑުކޮށް އެއްޗިހި ކީ.. އޭނަ ބުނީ އެޒިލް އޭނަ ގާތު އިންނަން އެހީ އަހަރެން ލޯބިވާކަށް އިނގުމުން އެޒިލް އަށް މިލީނާ ގެއްލިދާނެތީ އެކަމާ ބިރުން ކަމަށް.. މިލީނާ ބުނީ އެޒިލް އަށް ވެސް އެކަން އިނގެ އޭ..އެކަމު އަހަރެންގެ އިހްސާސްތަކަށް ވުރެން އެޒިލް އަށް މުހިންމު ވީ އެ މިލީނާގެ ލޯތްބެއްނު.. އެހެންވެ ތިކަހަލަ އަމިއްލަ އެދުން ބޮޑު އިންސާނަކަށް ބޭބެ ކިޔައިގެން އުޅެން ވެސް އަހަރެން ބޭނުން ނުވީ.. އަދި ބުނަން؟ ކުރިން އަހަރެން މިލީނާ ދެކެ ލޯބި ވިޔަސް މިހާރު އަހަރެން ލޯބި ވަނީ އާނާ ދެކެ.. އަހަރެން ކަލެމެން ދެމީހުނަށް ވެސް ނަފުރަތު ކުރަން” މީރާން ގެ ޖުމްލަ ނިމުން އިރު އެ ދެލޯ ފެންކަޅިވެފައި ވަނީ މާޒީ ގެ ހިތި ހަނދާން ތައް އާވުމުންނެވެ.
“މީރާން ގަބޫލު ކުރޭ.. އަހަރެން ނަކަށް އެއްވަރަކަށްވެސް އިހުސާސް ވެސް ނުވޭ މީރާން މިލީނާ ދެކެ ލޯބި ވީ ކަމެއް.. އަހަރެން ހީކުރީ ތި ދެމީހުން ތީ ކްލޯޒް ފްރެނޑުން ކަމަށް. މިލީނާ އަހަރެންނަށް ޕްރޮޕޯޒް ކުރީ ވެސް.. އޭނަ އުޅުން ގޮތުން އަހަރެން ނަށް ނުކެރުނީ ނޫނެކޭ ބުނަން.. ދުވަހަކުވެސް އަހަރެން ގާތު މިލީނާ ނުބުނޭ މީރާން އޭނަ ދެކެ ލޯބިވާ ވާހަކަ އެއް.. އޭނަ ބުނީ މީރާން އަކީ ވަރަށް ގާތް ރައްޓެއްސެކޭ..” އެޒިލް ގެ ޖުމްލައިން މީރާން އަށް އެ މޫނަށް ބަލައިލެވުނީ ގަބޫލު ނުކުރެވިފައެވެ. އެޒިލް އެ ހަދަނީ ހަމަ ތެދުހެއްޔެވެ؟ ނަމަވެސް އެޒިލް ގެ އެ ބަސް އޭނާ ގަބޫލު ކުރާނީ ކިހިނެތް ހެއްޔެވެ؟
” އެޒިލް ތި ދައްކާ ދޮގު ވާހަކަ ތަކުން އަހަރެންގެ ހިތެއް އެޒިލް އަކަށް ހެވެއް ނުވާނެ.. ތި އުޅެނީ އަނެއްކާ ވެސް އަހަރެންގެ އުފާވެރިކަން ނިގުޅައިގަންނަން..” މިފަހަރު މީރާން އަކަށް އަތް އިސް ނުކޮށެއް ނީނދެވުނެވެ. އާނާގެ އަތް ފޮޅުވައިލުމަށް ފަހުގައި ތެދުވެ އެޒިލްގެ ނޭފަތްމައްޗަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލައިލިއެވެ. ހަމަ އެއާއި އެކު އާނާއަށް ސިހިފައި މީރާން އަށް ގޮވައިލެވުނުލެއް ބާރު ކަމުން އެހެން ގޮނޑިތަކުގައި އިށީނދެ ތިބި މީހުންގެ ސަމާލުކަން ވެސް އެމީހުނަށް ހުއްޓުނެވެ. ނޭފަތްމައްޗަށް އަރައިގެން އައްސި ގަނޑާއި އެކު އެޒިލް އަށް އަތް އަޅައިލެވުނެވެ.
“މޭބީ އައި ޑިޒާވް އިޓް… އެކަމު މިލީނާގެ ސަބަބުން އަހަރުމެން ދެމީހުން ތަޅާފޮޅުމަށް ވުރެން ސުލްހަވުން މާ ބުއްދިވެރި ކަންނޭނގެ.. ކޮޒް ޝީ އިޒް ނޮޓް މައިން އެނީ މޯ.. އައި ޑިވޯސްޑް ހާރ.. އެންޑް އައި އެމް ގްލެޑް.. އެކަހަލަ އަންހެނެއްގެ މަޅީގަ މީރާން ނުޖެހުނީތީ.. އެއީ އަހަރެންނަށް އިނގޭ މީރާން ތީ އަހަރެންނަށް ވުރެން މާ ހިތްބަލި މީހެއް ކަން.. ޔޫ ކާންޓް ޓޯލަރޭޓް ހާރ..” އެޒިލްގެ ޖުމްލައިން މީރާން ހައިރާން ވީކަން އިނގުނީ އެ މޫނުމައްޗަށް އެރި ކުލަވަރުން ނެވެ. ނަމަވެސް އިތުރަށް އެންމެ ވާހަކަ އެއްވެސް ކިޔައިދޭން އެތާ މަޑު ކުރާކަށް އެޒިލް ބޭނުމެއް ނުވިއެވެ. އެހެން ކަމުން މީރާން މެނަށް ފުރަގަސް ދެމުން ދާން ހިނގައިގަތެވެ.
” އަދި އެއް ވާހަކަ.. ހިތުގަ އެއްވެސް ސުވާލެއް އުފެދިފައި ވަންޏާ އަހަރެން ގާތު އަހަން އަހަރެން ގާތަށް އާދޭ.. އެކަމު މިވަގުތު ތި ނުވިސްނޭ ސިކުނޑިއަށް އެއް ކަމެއް ވެސް ވައްދައިދޭކަށް އަހަރެން ނެތިން.. އެލީ ހޭ އަރައިފިއްޔާ އަހަރެން އައި ވާހަކަ ބުނެދޭތި..” މީރާން ގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އެޒިލް ހިނގައިގަތީ އެތަނުން ނުކުންނާށެވެ.
ލަސްލަހުން ލޯ ހުޅުވައިލި އިރު އެލީން އަށް މެޝިނުތަކުގެ އަޑު އިވިއިވި ހުއްޓެވެ. ބޮލަށާއި މުޅި ހަށިގަނޑަށް ތޫނު ތަދު ތަކެއް އިހުސާސް ވަމުން ދިޔައެވެ. މި އޮވެވުނީ ހޮސްޕިޓަލުގައި ކަން އެލީން އަށް ޔަގީން ވެގެން ދިޔައީ އޭނާ އާއި ދާދި ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ދެ ނަރުހުންގެ ސަބަބުންނެވެ. ޒެއިން ބުނި އެއްޗަކުން ދެރަވެގެން ދުއްވާފަ ބޭރަށް ނުކުތް ހަނދާން އެލީން އަށް ވިއެވެ. ނަމަވެސް އެއަށްފަހު ވީ އެއްކަމެއްވެސް އެލީންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ކަރުހިއްކައިގެންފައި އޮތްކަން އިހުސާސް ވުމުން ބަލި އަޑަކުން އެލީން ނަރުސް ކުއްޖާ އަށް ގޮވައިލިއެވެ.
“ސިސްޓާ.. ފެން..” އެލީން ހޭ އެރިކަން ވެސް ނަރުސް ކުއްޖާ އަށް އިނގުނީ އެލީން ވާހަކަ ދެއްކުމުންނެވެ.
” އޯ މައި ގޯޑް.. ޝީ އިޒް އެވޭކް.. އައި ވިލް ބްރިންގް ޑޮކްޓާ..” ކައިރީގައި ހުރި ދިވެހި ނަރުސް ކުއްޖާ އަށް އެހެން ބުނެލުމަށް ފަހު އިނގިރޭސިން ވާހަކަ ދެއްކި ނަރުސްކުއްޖާ އެތަނުން ނުކުތީ ދުވެފައި ކަހަލަ ގޮތަކަށެވެ.
ނަރުސް ކުއްޖާ ފެން ގެނެސްދިނުމުން ކުޑަކޮށް ތެދުވެލަން މަސައްކަތް ކޮށްލަން އުޅުން އެލީން ގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައީ އުނަގަނޑުން ތިރު ގުޑުވައި ނުލެވުމުންނެވެ. ދެވަނަ ފަހަރަށް ވެސް އެލީން މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. އެއާއި އެކު ބިރުވެރިކަމުން ފުރިގެން އެދެލޯ ފޫ އަޅުވައިލީ ވޭނީ ކަރުނައިންނެވެ.
2 މަސް ފަސް
ފުރޮޅު ލީ ގޮނޑީގައި އިށީނދެގެން އިން އެލީން ގެ ފައިގައި ތެޔޮ އުނގުޅައިދޭން ލިލިއަން އިނެވެ. އެޒިލް އާއި މީރާންގެ ގުޅުން ރަނގަޅު ވުމުން އެޒިލް ގެ އެދުމަށް މީރާން މެން ވަނީ އެޒިލްގެ އެޕާޓްމެންޓަށް ބަދަލުވެފައެވެ. ލިލިއަން ހުއްޓުމެއް ނެތި އެލީން އާއި ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެލީން އަށް އެ ކިޔާ އެއްޗެއް އަޑު އިވޭހެނެއް ހިއެއް ނުވެއެވެ. އެކްސިޑެންޓަށް ފަހު އެލީން ގެ އުނަގަނޑުން ތިރިން އެއްކޮށް ވަނީ ވާގި ގޮއްސައެވެ. ޑޮކްޓަރުން ބުނަނީ ބޮޑު އޮޕަރޭޝަނެއް ކޮށްގެން އެލީންގެ ފައި ރަނގަޅު ވެދާނޭ ކަމަށެވެ. ނަމަވެސް އެކަމަށް ވަރަށް ބޮޑު ހަރަދެއް ދާނެތީ ފައިސާ އެއްކޮށްގެން ނޫނީ އެލީން ގެ އޮޕަރޭޝަން ކުރެވޭކަށް ނެތެވެ.
” އެލީ ވާހަކަ ދައްކަބަލަ.. މިއަދު ހަމަ އަހަރެންނާ އަނގައިވެސް ނުބުނާން ހުވާ ކޮށްގެން ތަ ތި އިންނަނީ؟” ވާހަކަ ދައްކާ ދައްކާ އެލީން ޖަވާބެއް ނުދިނުމުން ދެރަވެލާފައި ލިލިއަން ބުންޏެވެ.
” އެލީ ތި އުފުލަމުން ދާ ވޭން އަހަރެންނަށް އިހުސާސް ނުވިޔަސް އެލީ ވާނެ ދެރަ އަހަރެން ނަށް ވެސް އަންދާޒާ ކުރެވޭ..” ލިލިއަންގެ ޖުމްލައިން އެލީން ފުންނޭވާއެއް ދޫކޮށްލިއެވެ.
” ޒެއިން އަކަސް އެލީ އާއި މެދު އެހެން ކަންތައް ކުރުމުގެ ހައްގެއް ނޯންނާނެ.. ހީ އިޒް އެ ލޫޒާރ..” ލިލިއަން އެހެން ބުނެލި އިރު އެ އަޑުގައި ވާ ނަފްރަތު އެލީން އަށް އިހުސާސް ވިއެވެ. ހިތާމަ ވެރި ގޮތަކަށް ހީލަމުން އެލީން ލޯ މަރައިލީ ޒެއިންގެ ހަނދާންތައް އެ ހިތަށް އުނދަގޫ ކޮށްލުމުންނެވެ.
” ޒެއިން ވެސް އަހަރެން ކަހަލަ ނުކުޅެދޭ މީހަކާ އެކު މުޅި ލައިފް ސްޕެންޑް ކުރާކަށް ބޭނުމެއް ނުވާނެދޯ.. އެހެން ވީމަ އޭނަ ވެސް ހަބަރެއް ވެސް ނުވެ އަހަރެން ދޫކޮށްލީ..” އެލީން ގެ އަޑުގައި ވަނީ ހިތާމައެވެ. އެކްސިޑެންޓް ވީ ދުވަހު ޒެއިން ތައިލޭންޑަށް ދިޔަފަހުން އޭނާގެ ހަބަރެއް ނުވެއެވެ. މީރާން އާއި އެޒިލް ޒެއިން މެންގެ ގެއަށް ދިޔަ އިރު އެގެ ބަލަހައްޓާ މީހުން ބުނީ އެ އާއިލާ އެމެރިކާ އަށް ބަދަލު ވީ ވާހަކަ އެވެ. ރަހުމަތްތެރިޔާ ގެ އެ ދުރުކަމުގެ ސަބަބުން މީރާން އަށް ވެސް ފުން ހިތާމަތަކެއް ލިބިގެން ދިޔައެވެ. ހަމަ އެއާއި އެކު އެލީން ދޫކޮށްލާފައި ޒެއިން އެގޮތަށް ދިއުމުން ޒެއިން އާއި މެދު ހިތުގައި ރުޅިވެރިކަން އުފެދިފައި ވިއެވެ.
” އައި އެމް ސޯ ސޮރީ އެލީ..” ލިލިއަން ދެރަވެލާފައި ބުނެލި ޖުމްލައަށް އެލީން އެއްވެސް އެއްޗެކޭ ނުބުނެއެވެ.
އެމެރިކާގެ ނިއުޔޯކް ސިޓީގެ ރޮކެސްޓާ އަކީ ހިތްގައިމު ސިޓީ އެކެވެ. ޒަމާނީ އިމާރާތް ތަކުގެ ސަބަބުން އެ ސިޓީގެ ވިއު އިންތިހާއަށް ރީއްޗެވެ.
ޒެއިން މެންގެ ހިތްގައިމު ގޭގެ ގޯތިތެރޭ މާރިއާ އާއި އީވާ އަދި ޑޮކްޓަރެއް ކަމަށްވާ އެލެން ތިބީ ކޮފީ އަށް އިންސާފު ކުރާށެވެ. ނިއުޔޯކް ސިޓީގެ ރޮކެސްޓާގައި ހުންނަ އެ ގެއަކީ ޒެއިން އަށް ކަމުގޮސްގެން ގައިން ގެއެކެވެ. މުޅި ބިންގަނޑު ފުރިފައި ވަނީ ފެހިކަން ގަދަ ކާޕެޓް ވިނައިންނެވެ. އެކި ކުލަކުލައިގެ މާ އަޅާ ބަރާވެފައި ވާ ގަސްތައް އެކަނި ފެނުނަސް ހިތަށް ހަމަ ޖެހުން ލިބޭނޭކަން ގައިމެވެ. އެޕްރީލް މަހުގެ މެދުތެރެ ކަމުން ގޯތި ތެރޭ އިން ބޮޑު ޗެރީ ބޮލަސަމް ގަހުގައިވެސް އޮތީ މާތައް އަޅައި ބަރާ ވެފައެވެ.
އެލެން އަކީ ރީތިކަން ހުސްކޮށްގެން ހުރި އަންހެނެކެވެ. މުށި ކުލައިގެ ފަށުއިކޮޅެއްހައި ފަން އިސްތަށިގަނޑަކާއި އަޅި ކުލައިގެ ތޫނު ލޮލުގެ ސަބަބުން ފިރިހެނުންގެ ހިތް ކަތިލާހައި ރީއްޗެވެ. މެދު މިންވަރެއްގެ އިސްކޮޅާއި ހެދުން އެޅުމުގައި ހުންނަ ޝާހީ ގޮތެއްގެ ސަބަބުން ޑޮކްޓަރަކަށް ވުރެން ވައްތަރީ އަމީރާ އަކާއެވެ. ހީލާ ކޮންމެ ފަހަރަކު ކޮލަށް އެޅިގެން ދާ އަޑިކޮޅު އެލެން ގެ ސިފަ އިތުރަށް ރީތި ކުރުވައެވެ.
“އަހަރެންނަށް ވަރަށް އުންމީދު އެބަ އޮތް..” އެލެން އިނގިރޭސި ބަހުން ބުނެލިއެވެ.
“އަހަރެންގެ ދަރިފުޅު ކޮންމެ ދުވަހަކު އެ އުޅޭ ހާލުން އަހަރެންނަކަށް އެއް ވަރަކަށް ވެސް ޔަގީން ކަމެއް ނެތް އެކުއްޖާ މާ ގިނަ ދުވަހު ދުނިޔޭގަ ހުންނާނެ ކަމަކަށް..” މާރިއާ އެހެން ބުނެލި އިރު އެލޮލުގައި ކަރުނަ ވިދައެވެ. އީވާ މާރިއާގެ އަތުގައި ފިރުމައިލަމުން ބޯ ހޫރައިލީ ނުރޯށޭ ބުނާ ފަދަ ގޮތަކަށެވެ.
” ހިތްވަރު ކުރޭ ދައްތާ.. މިހާރު ޒެއިން އަކީ އަހަރެންގެ ހާއްސަ ޕޭޝަންޓެއް.. އަހަރެން ދައްތަމެން މާޔޫސްވިޔަކަ ނުދޭނަން.. މިހާރު ކޮބާތަ ޒެއިން.. އަހަރެން ބޭނުން އޭނަ ދެކިލަން.. އެއީ ވަރަށް ހިތްވަރުގަދަ ޕޭޝަންޓެއް..” ކުޑަކޮށް ހީލަމުން އެލެން އޭނާ ބޭނުންވާ ގޮތް ހާމަ ކުރިއެވެ.
“އޯކޭ.. ކަމް ވިތް މީ..” މާރިއާ އެކަނިކޮށްލުމަށްފަހު އީވާ އެލެން ގޮވައިގެން ގޭތެރެއަށް ވަނެވެ. ތިރީބައިގެ އެންމެ ބޮޑު ކޮޓަރީގެ ދޮރު ހުޅުވައިލަމުން އީވާ އެލެން އަށް އިޝާރާތް ކުރީ ކޮޓަރިއަށް ވަންނާށެވެ. ބޯޖަހައިލަމުން އެލެން ކޮޓާރިއަށް ވަނުމަށް ފަހު ދޮރުލައްޕައިލީ ޒެއިން އާ އެކު ވަގުތުކޮޅެއް ހޭދަ ކޮށްލަން ބޭނުން ވެފައި ހުރުމުންނެވެ.
ބޭރު ފެންނަގޮތަށް ހުޅުވާލެވިފައި ހުރި ކުޑަދޮރު ކައިރީ ހުރި ބޮޑު ‘ރޮކިންގް ޗެއާ’ ގައި އިށީނދެލައިގެން އިން ޒެއިން އިނީ ލޯމަރާލައިގެންނެވެ. ޖިމަށް ގޮސް ކުރި ކަސްރަތު ތަކުގެ ސަބަބުން މަސްތައް ވަރުގަދަ ވެފައި ހުރި ޒެއިން އާއި މިހާރު ފެންނަމުންދާ ޒެއިން ހާސްބައި ތަފާތެވެ. ހަށިގަނޑު ބަލިކަށިވެފައި ވަނީ އިންތިހާއަށެވެ. ލޯކައިރިވެސް ކަޅުވެ ވަޅުވަދެފައި ވީ އިރު ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެއެވެ. އެމަންޒަރު ފެނުމުން އެލެންގެ ހިތަށް ވެސް ތަފާތު އެތައް އަސަރު ތަކެއް ކުރުވިއެވެ. އޭނާ ޒެއިންގެ ހާއްސަ ޑޮކްޓަރަކަށް ވީ ހަމަ އެކަނި އިންސާނިއްޔަތު ކަމަށްޓަކައެއް ނޫނެވެ. އެހިތުގައި ޒެއިން އަށް ޖާގައެއް ހުސްވެފައި ވުން ވެސް އެއީ އޭގެތެރެއިން އެއް ސަބަބެވެ. އިރުކޮޅަކު ދުރުގައި ހުރުމަށްފަހު އެލެން ޒެއިން އިން ގޮނޑިކައިރީ ފަހަތުގައި ހުއްޓެމުން ޒެއިންގެ އިސްތަށިގަނޑު ތެރެއަށް އެ ހިމަހޯލި އިނގިލިތައް މަހައިލަމުން މަސާޖް ކޮށްދޭން ފެށިއެވެ.
“އައި ނޯވް.. އިޓްސް ޔޫ އެލެން..” ބަލި އަޑަކުން ވާހަކަ ދެއްކި އިރު ވެސް ޒެއިން ގެ އަޑުގައި ލާނެއްކަމެއް ވިއެވެ.
“އަހަރެން ކިހިނެތް ހެދީމަތަ ޒެން އަށް އޮޅުވައިލެވޭނީ؟؟” ޒެއިން ގެ އަތުގައި ހިފައިލަމުން އެލެން ހީލަމުން ވާހަކަ ދެއްކިއެވެ. ޒެއިން ލޯ ހުޅުވައިލަމުން އޭނާ އާއި ދިމާއަށް ގުދުވެލައިގެން އޮތް އެލެންގެ މޫނަށް ބަލައިލަމުން ހިނިތުން ވުމެއް ރައްދު ކޮށްލިއެވެ.
“އޯހް.. އައި ޖަސްޓް ވޯންޓް ހަގް ޔޫ..” އެލެން އޭނާގެ އިހުސާސްތައް ފޮރުވާކަށް މަސައްކަތެއް ނުކުރެއެވެ. އެ ހިތުގައިވާ އެއްޗެއް ސީދަލަށް ބުނެލުމުގައި އެލެން ޖެހިލުމެއް ނުވެއެވެ.
“ދެން ޑޫ އިޓް.. ހަމަ ގައިމުވެސް އަހަރެން އެލެން އެއް ނުއެއް ހިފަހައްޓާނަން.. އެހެން ނޫނަސް ވަރަށް ފިނިވެފަ މި އިނީ ވެސް..” ޒެއިން ގެ ހުއްދަ ލިބުމުން އެލެން އަކަށް ދުރަކު ނުހުރެވުނެވެ. ޒެއިން އިށީނދެގެން އިން ގޮނޑީގައި ހުރި ހުސްޖާގަ ކޮޅަށް ފެތެމުން ޒެއިންގެ ކޮލުގައި އެލެން ގެ ތުންފަތް ޖައްސަލަމުން ލޯބިވާ ވާހަކަ ވެސް މަޑުމަޑުން ބުނެލިއެވެ. އެއަށް ޖަވާބެއް ނުދީ އިނުމަށް ފަހު ޒެއިން އެލެންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.
“އެލެން.. ޔޫ ހޭވް ޓު ނޯވ.. އަހަރެން އެލެންގެ ހިތް ހަލާކު ކޮށްލާކަށް ބެނުމެއް ނޫން.. އެހެން ވީމަ އެލެން އަށް ފޯލްސް ހޯޕެއް ވެސް ދޭކަށް ބޭނުމެއް ނޫން.. އައި ކާންޓް ލަވް ޔޫ ބެކް.. އަހަރެން ލޯބިވާ ކުއްޖަކު އެބަ ހުރި.. އަހަރެން ކުއްލި އަކަށް ބަލި ވެގެން ޓެސްޓް ތައް ހެދީމަ ބްލަޑް ކެންސަރ ހުރި ކަން އެނގުމުން ރަނގަޅުވެގެން ނޫނީ އަހަރެންގެ ގާލް ކައިރިއަށް ދާން އަހަރެން ބޭނުން ނުވީ.. އަހަރެންގެ ހަބަރެއް ނޭނގިގެން އެ ކުއްޖާ އާއި އަހަރެންގެ ފްރެންޑުން އުޅޭނެ ކަން އިނގުމުން ވަރަށް ގިލްޓީ ފީލް ވޭ.. އަހަރެންނަށް ވުރެން މާ ރަނގަޅު ކުދިން އެލެން އަށް ވާނެ.. އެހެން ނޫނަސް އަހަރުމެން ހާސް ބައި ތަފާތު.. އުޅުން ވެސް.. ދީން ވެސް.. އައި ލަވް ޔޫ އޭޒް އަ ފްރެންޑް.. އައި އެމް ސޯ ސޮރީ އެލެން.. އަހަރެންނަކަށް އެލީން ނޫން އަންހެން ކުއްޖެއް ދެކެ ލޯތްބެއް ނުވެވޭނެ..” ޒެއިންގެ އަޑުގައި ވާ ހިތާމަ އެލެން އަކަށް ސިއްރެއް ނުވިއެވެ. ލޮލުން ކަރުނަ ނައި ނަމަވެސް އެ ހިތް ރޮނީ ކަން އެލެން އަށް އިނގުނެވެ.
” އައި އެމް ސޮރީ ޒެން.. އަހަރެން ދެކެ ޒެން ލޯބި ވުން ލާޒިމެއް ނޫން.. އަހަރެން ނޫޅެން ގަދަކަމުން ޒެއިންގެ ލޯބި ހޯދާކަށް ވެސް.. ޒެންގެ ރަހުމަތްތެރި ކަން އެކަނިވެސް އަހަރެންނަށް ފުދޭ.. ލޯބި ވާ މީހާ ލިބޭނީ ވަރަށް ނަސީބުވެރި މީހަކަށް.. ޒެން ގެ ގާލް އެއީ ވަރަށް ލަކީ ކުއްޖެއް.. މިކަހަލަ ލޯބި މީހެއްގެ ހައްގަކަށް ވެވޭނީ ނަސީބުވެރިއަކަށް.. އަހަރެން ވައުދު ވަން އަހަރެން ޒެންދެކެ ވާ ލޯބިން ނުބައި ފިޔަވަޅެއް ނާޅާނަން ކަމަށް.. ލޯތްބަކީ ގުރުބާންވުން.. އައި ކެން ޑޫ ދެޓް ފޯރ ޔޫ” އެލެން ހިނިތުންވެލި އިރު އެ ރީތި ދެ ލޮލުގައި ކަރުނަ ވިދައެވެ.
“އޯހް އެލެން.. ތެންކިއު ސޯމަޗް.. އައި ލަވް ޔޫ އެލެން..” އެލެންގެ އަތްތިލައިގައި ބޮސް ދެމުން ޒެއިން ޝުކުރު އަދާ ކުރިއެވެ.
“އެލެން.. ކެން ޔޫ ޑޫ މީ އަ ފޭވާރ؟” އިރުކޮޅެއްގެ ހިމޭން ކަމަށްފަހު ޒެއިން އެލެން އަށް ބުންޏެވެ.
“އެނީތިންގ ފޯ ޔޫ..” އެލެން ގެ އަޑުގައި ވާ ޔަގީން ކަމުގެ ސަބަބުން ޒެއިން ކުޑަކޮށް ހައިރާން ވެސް ވިއެވެ. އަދި އެހައި ވަރަށް ހިތުގައި ހަމްދަރުދީ އުފެދުނެވެ.
” އަހަރެންގެ ގާލް ގެ ހާލު ބަލައިލަދޭން ރާއްޖެ އަށް ގޮސްލަދީފާނަން ތަ؟ އެކްސިޑެންޓް ވީ ފަހުން އެލީންގެ ހާލު ވެސް އަހަރެންނަށް ނޭނގެ..” ހިތް އަވަސްވެފައި ހުރެ ޒެއިން އެދުނެވެ.
” އޭރުން ޒެއިން ގެ ފަރުވާ އޯ؟ އެހެން މީހަކާ ޒެން ހަވާލު ކުރާކަށް އަހަރެން ބޭނުމެއް ނޫން.. އެޓްލީސްޓް އަހަރެންނަށް ޒެއިން ގެ ލޯބި ނުލިބުންތާ އަހަރެން އެންމެ ލޯބިވާ މީހާއަށް އެހީތެރިވެދޭން ޗާންސް ދީބަލަ..” އެލެން ގެ އަޑުގައި ވަނީ ޝަކުވާ އެވެ.
“އެލެން އަށް ޓްރަސްޓު ކުރެވޭ މީހަކަށް އަހަރެންގެ ކަންކަން ހަވާލުކޮށްފަ ތިންދުވަހަށް ރާއްޖެ ގޮސްލަދީ.. ޕްލީޒް.. ” ޒެއިން ގެ އަޑުގައިވި އާދޭހަށް ބީރު ކަންފަތެއް ދޭކަށް އެލެން އަކަށް ނުކެރުނެވެ. އެހެން ކަމުން ޒެއިންގެ އެދުމަށް އެލެން އާބަސް ބުނުމަށް ފަހު އެކޮޓަރިން ނުކުމެގެން ދިޔައީ މާރިއާ މެން ގާތު އެވާހަކަ ދައްކާށެވެ.
“ކީކޭ؟؟ ނުވާނެ އެކަމެއް.. އެހާލުގަ ޒެއިން އޮންނަތާ ބަރާބަރު ދެމަސް ވަނީ.. އެކަމު އެ އާއިލާ އެކަކު ވެސް ޒެއިންގެ ހާލު ބަލައިލި ތަ؟” އެލެން ގެ ވާހަކައިން މާރިއާ ރުޅިއައި ވަރު ފެނިފައި އެލެން ވެސް ހުރީ ބިރުންނެވެ.
“މަންމަ އާއި ހެދި ނޫންތަ އެލީން މެން ފެމިލީ އަށް އަހަރުމެންނާ ކަނެކްޓް ނުވީ.. އެލީން މެން ފެމިލީ އަށް ޒެން އަށް ވީ ގޮތް އަންގަން އުޅުނީމަ ވެސް މަންމަ އެކަން މަނާ ކުރީ.. އެލީ ވެސް ހީ ކޮށްގެން ހުންނާނެ އެއްޗެއް އިނގެނީކީ ނޫން.. އެކުއްޖާ ގެ ހާލެއްވެސް އިނގެނީއެއް ނޫން.. މަންމަ ދުވަހަކުވެސް ޒެން އަށް އުފަލެއް ލިބެން ބެނުމިއްޔާ އެލީން ބަލައިގަނޭ.. އެހެން ނޫނީ ޒެން އެހާލުގަ އޮވެގެން މަރުވެއްޖެޔާ އަހަރެންނަށް ޔަގީން މަންމަގެ ހިތަށް ދުވަހަކުވެސް ހަމަ ޖެހުމެއް ނުލިބޭނެކަން.. ލެޓް ހާރ ޑޫ އިޓް..” އީވާ ހިތްހަމަ ނުޖެހުނު ވަރުން މާރިއާ އާއި ވާހަކަ ވެސް ދެއްކުނީ ފުދޭ ވަރަކަށް ބާރަށެވެ.
“އީވާ އަށް އެލީން ގެ ކޮން ކަމެއް ތަ ރަނގަޅުވެގެން ތިޔަ އުޅެނީ؟” މާރިއާ އީވާ އާއި ދިމާއަށް ހަޅޭއްލަވައިގަތެވެ.
“ގައިމުވެސް ލިލިއަން އަށް ވުރެން އުޅުން ރަނގަޅުވެފަ ހިތްތިރި… ކޮންމެހެން މުއްސަނދިވާކަށް ނުޖެހެ.. ގަބޫލުކުރޭ މަންމާ.. އެލީން ބަލައިގަތުމަށް ފަހު މަންމަ އެކަން ރިގްރެޓެއް ނުކުރާނެ.. ކުރިން އެލީން މަންމަގެ ޅީދަރިފުޅަށް ނުހެދުނީތީ އެކަންވެސް މަންމަ ގަބޫލު ކުރާނެ.. އެލީން އަށް ފުރުސަތެއް ދީ މަންމާ..” އީވާ މާރިއާ އަށް އާދޭސް ކުރިއެވެ. އީވާގެ އާދޭހަށް ޖަވާބެއް ދިނުމެއްނެތި މާރިއާ އެތަނުން ދިޔައީ އެވެ.
“އެހެން ވީމަ އެލެން ޒެން ބުނި ކަންތައް ކޮށްދީ.. އިޓްސް އަ ޔެސް” މާރިއާ ދިޔަ ދިމާ ބަލަން ހުރެފައި އީވާ އެލެން އަށް އިއްވާލިއެވެ.
ދަންވަރުގެ ވަގުތެވެ. ފެންބޮވާ ވަރުން ނިދަން ނޯވެވިގެން ލިލިއަން ކާގެއަށް އައިސް ތައްޓެއް ފުރެންދެން ފެން އެޅުމަށް ފަހު ބޯލިއެވެ. ބަނޑަށް ތިންމަސް ވެފައި ވީ އިރު ކުރިން ވީ އުނދަގޫތައް މިހާރު މުޅީން އެއްކޮށް ފިލައިފިއެވެ. ކާގެއިން ނުކުންނަމުން ލިލިއަން ބޮކި ނިވާލުމުގެ ސަބަބުން ގޭތެރޭ ގައި ވީ ކަނު އަނދިރިކަމެވެ. ކޮޓަރިއަށް ދާން އުޅެނިކޮށް މަތީބައިން މިލީނާގެ އަޑު އިވުނުހެން ލިލިއަން އަށް ހީވުމުން ހުރިހައި ކަމެއް ރަނގަޅުތޯ ބަލައިލަން ދާން ލިލިއަންގެ ހިތް ގޮވައިލިއެވެ. އެހެންކަމުން މައްޗަށް އަރަން ހުންނަ ސިޑި ގިރާކޮށްލުމަށްފަހުގައި ގޮސް މިލީނާގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. އެއްވެސް ޖަވާބެއް ނައުމުން ލިލިއަން ދޮރުހުޅުވައިލުމާއި އެކު ތައްޔާރުވެގެން ހުރި މިލީނާ ލިލއަންގެ ކަރުގައި ހިފައި ކޮއްޕަމުން ސިޑިއާއި ދިމާއަށް ގެންދަން ފެށިއެވެ.
މިލީނާގެ ކިބައިން ސަލާމަތް ވުމަށް ލިލިއަން މަސައްކަތް ކުރިއެއްކަމަކު ކާމިޔާބެއް ނުވިއެވެ.
“ކަލޭ ހީކުރީ މަގޭ ފިރިމީހާ ޖަހައިގަނެގެން ކަލެއަށް ހުރެވިދާނެ ކަމަށް ތަ؟ ހުވަފެން ދުށުން ހުއްޓާލާ.. މިރޭމީ ކަލޭގެ ފަހުރޭ..” ހަޅޭއްލަވަން ބޭނުންވިޔަސް މިލީނާ ހިފަހައްޓާފައި ހުރިލެއް ބާރު ކަމުން އަޑުނުކުންނަ ގޮތެއް ނުވިއެވެ. ނޭވާ ހާސްވަމުން ދިޔައިރު ލިލިއަން އަށް މީއީ އޭނާގެ އެންމެ ފަހު ވަގުތުކޮޅޭ ހީވަމުން ދިޔައެވެ. މިލީނާ ލިލިއަން ސިޑިއާއި ދިމާއަށް ގެން ގޮސް ކޮއްޕައިލި ވަގުތު ލިލިއަން މިލީނާގެ ހެދުމުގެ ކަރުވަޅުގައި ހިފެހެއްޓުމުގެ ސަބަބުން ކައްސާލައިގެން އޮޅެމުން އެ ދިގު ސިޑިމަތިން ދެމީހުން ވެއްޓުމާއި އެކު މިލީނާ އޮތީ މާދުރުގައި ހުރި ކުޑަ ބިއްލޫރި މޭޒުގެ ދަށުވެފައެވެ. ގައިގަ އާއި ދަށް ބަނޑުގައި އަޅަމުން ދިޔަ ވޭނާއި އެކު މިލީނާ އަށް ބާރު ބާރަށް އެޒިލް އަށް ގޮވައިލެވުނެވެ.
ނުނިދިގެން ލެޕްޓޮޕުން ފިލްމެއް ބަލަން އިން އެޒިލް އަށް ސާފުކޮށް އެ އަޑު އިވިގެން ދިޔައެވެ. އެންމެ ހިނދުކޮޅަކަށް ވެސް މަޑު ކުރުމެއް ނެތި އެޒިލް ދުވެފައި ނުކުމެ ތިރީބައިގެ ބޮކި ދިއްލައިލި އިރު ލިލިއަން އާއި މިލީނާ ތިބި ހާލަތު ފެނިފައި އެ ދިމާއަށް ދުއްވައިގަނެވުނެވެ. ލިލިއަން ގެ ހެއަށް ގޮތްވެފައި އޮތް އިރު މިލީނާ ކުކުރަމުން ދިޔައީ އަޅަމުން ދިޔަ ވޭނުގެ ސަބަބުން ނެވެ. ލަސް ނުކޮށް އެޒިލް މީރާން މެންގެ ކޮޓަރި ދޮރުގައި ތަޅައިގަނެ އެމީހުން ހޭލުއްވުމަށްފަހުގައި ވެގެން އުޅޭގޮތް ކިޔައިދިނެވެ.
“އަހަރެން ލިލީ ގެންދާނަން.. ޔޫ ޓޭކް މިލީނާ..” މީރާން ހަބަރު ހުސްވެފައި އޮތް ލިލިއަން ނަގައި އުފުލައިލަމުން ބުންޏެވެ.
“އޭން އެލީ ގާތު މަޑު ކުރޭ..” ހާސް ވެފައި ހުރި އާނާ އަށް ބޯ ޖަހައިލެވުނީ ވެސް އިރުކޮޅެއް ފަހުންނެވެ.
އެމްބިއުލޭންސް ތެރޭ އިން އިރު ވެސް އެޒިލްގެ ހިތެކޭ މަރަށްތެޅޭ މަހެކޭ އެއް ވަރެވެ. އެއްކޮޅުން ލިލއަން އަށް ވާނޭ ގޮތެއް ނޭނގޭތީ ހިތް ތެޅެނީ އެވެ. އަނެއްކޮޅުން މިލީނާ އާއި ބަނޑުގައި އޮތް ދަރިފުޅުގެ ހާލު ނޭނގޭތީ ހިތް ތެޅެނީ އެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީ އެޒިލް ޖަބީން އަށް ވެސް ގުޅި އެވެ. ލިލިއަން ގެ މަންމަ އަށް ވީތީ އެވަރު އިނގުމުގެ ހައްގު އޮންނާނޭ ކަން އެޒިލް އަށް ވިސްނެއެވެ.
ހޮސްޕިޓަލަށް ދެވުމާއި އެކު މިލީނާ ވެއްދީ އޮޕަރޭޝަން ކުރާށެވެ. ބަނޑުގައި އޮތް ހަތް މަހުގެ ދަރިފުޅުގެ ވިންދު ދަށް ވުމުން އިތުރު ގޮތެއް ނެތީ ކަމަށް ޑޮކްޓަރު ބުންޏެވެ. މިލީނާގެ އާއިލާ މީހުން ވެސް އެތަނުގައި ތިބެގެން ސިއްރު ސިއްރުން އެޒިލް އަށް ކުދި ކިޔަމުން ދިޔައެވެ. އެޒިލްގެ ހިތުގައި މިލީނާ އާއި މެދު ކިތަންމެ ޝަކުވާ އެއް ވިޔަސް ދަރިފުޅާއި މިލީނާ އަށް ދެރައެއް ލިބޭކަށް އޭނާ ވެސް ނޭދެއެވެ.
ޑޮކްޓަރު ލިލިއަން ބެލުމަށްފަހު އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނުމުން އެޒިލް ގެ ހިތަށް ހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އުފަލުން މީރާންގެ ގައިގައި ބައްދާލި އިރު އެދެލޮލުގައި ވިދަމުން ދިޔަ ކަރުނައިން އޭނާ ލިލިއަން އަށް ޓަކައި ހާސް ވެފައި ވީ މިންވަރު ކޮންމެ މީހަކަށްވެސް ދެނެގަނެވޭނެއެވެ.
ފަތިސްވާން ކައިރި ވެފައި ހުއްޓައި މިލީނާ އޮޕަރޭޝަން ތިއޭޓަރުން ނެރުނެވެ. މިލީނާގެ ހާލު ރަނގަޅަސް ދަރިފުޅާއި މެދު ޑޮކްޓަރުން އުންމީދު ކަނޑައިލިއެވެ. އަމިއްލަ ދަރިއެއް ނޫނަސް އެޒިލް ގެ ހިތަށް ކުރި އަސަރަކުން އެދެލޯ ފުރިގެން އައީ ހިތާމަވެރިކަމުގެ ކަރުނައިންނެވެ.
1 ހަފްތާ ފަސް…
ހަފްތާއެއް ވަންދެން ނާސަރީގައި އޮތުމަށް ފަހުގައި މިލީނާގެ ދަރިފުޅު މި ދުނިޔެ ދޫކޮށް ދިޔައީ އެވެ.
ލިބުނު ނާކާމިޔާބީ އަށް ފަހު ބަލި ގަބޫލު ކުރުމަށް ފަހު މިލީނާ އެޒިލް ގެ ހަޔާތުން ދުރަށް ދިޔައީ އެވެ. މިލީނާ ގެ އާއިލާ މީހުން އެޒިލްގެ ބޮލުގައި އެތައް ތުހުމަތެއް އެޅުވުމުން މިލީނާ އެޒިލް ދިފާއުކޮށް އަމިއްލަ ކުށަށް އިއުތިރާފު ވިއެވެ. މިލީނާ އެންމެންގެ ކިބައިން މާފަށް އެދުމުން އެންމެންވެސް އޭނާ އަށް މާފުދިނެވެ.
ލިލިއަން ވެސް ޖަބީން ބަލާ އައުމުން ޖަބީން އާއި އެކު ދިޔައީ އުފަލުންނެވެ. ލިލިއަން ވިހެއުމުން ކައިވެނި ކުރާގޮތަށް ހަމަ ޖެހުމުގެ ސަބަބުން އެޒިލް ހުންނަނީ ވަރަށް އުފަލުންނެވެ.
ބަދިގޭގައި އާނާ ކައްކަން އުޅުން އިރު ގޮނޑީގައި އިން އެލީން ތަރުކާރީ ތަކެއް ކޮށައިދޭން އިނެވެ. އެޕާޓްމަންޓްގެ ބެލް ރިންގް ވާން ފެށުމުން އާނާ އުނދުން މަޑުކޮށްލުމަށް ފަހުގައި ބަދިގެއިން ނުކުމެ ގޮސް ދޮރުގައި އިންނަ ވަށް ލޯވަޅުން އެއީ ކާކުތޯ ބަލައިލިއެވެ. އިނގިރޭސި ފިލްމު ތަކުން ފެންނަ ފަދަ ރީތި އަންހެން ކުއްޖެއް ހުއްޓި ހުރިތަން ފެނުމުން ހައިރާންވެ ހުރެ ދޮރު ހުޅުވައިލުމާއި އެކު އެ އަންހެން ކުއްޖާ އާނާއަށް ބަލައިލުމަށްފަހު ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
“ހައި.. އަހަރެންނަށް ކިޔަނީ އެލެން.. އެލީން އުޅެނީ މިގޭގައިތޯ؟؟” އެލެން ވާހަކަ ދެއްކީ އިގިރޭސި ބަހުންނެވެ. ފާޑަކަށް އަނގަ ހުޅުވިފައި ހުރެ އާނާ އަވަސް އަވަހަށް ބޯ ޖަހައިލަމުން އެލެން ވަންނަން ތަން ދެއްކިއެވެ. އާނާ އާއި އެއް ހަމައެއްގައި ހުރެގެން އެތެރެއަށް ވައިން އެލެން އެކި ދިމަ ދިމާއަށް ނަޒަރު ހިންގައިލިއެވެ. އާދައިގެ އެޕާޓްމަންޓެކެވެ. ސާފުތާހިރުކަން ހުރިހައި ދިމާއަކުން ވެސް ފެންނަން ހުއްޓެވެ.
” މިތާ މަޑުކޮށްލާ.. އެބަ އަންނަން އެލީ ގޮވައިގެން..” ސިޓިންގް ރޫމް ސޯފާ އަށް އިޝާރާތް ކޮށްލަމުން އާނާ އިނގިރޭސިބަހުން ބުނުމަށްފަހު ބާރު ބާރަށް ހިނގާފައި ގޮސް ބަދިގެއަށް ވަނެވެ.
“ކާކު އައީ.. ދޮންބެ ދޯ؟” އާނާ އައިސް ވަނުމާއި އެކު އެލީން ސުވާލުކޮށްލިއެވެ.
“އެލެން ކިޔާ މީހެއް ދަންނަން ތަ؟” އެލީން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އާނާވެސް ކޮށްލީ ސުވާލެކެވެ.
“ކޮމޭޑިއަން އެލެން ޑީ ޖެނެރެސް ދަންނަން.. އޯ މައި ގޯޑް.. އަނެއްކާ އެލެން ރާއްޖެ އައީ ތަ؟” އާނާގެ ސުވާލު އެލީން އަށް ވީ ޖޯކަކަށެވެ.
“އަހަރެންނަކަށް ނޭނގޭ އެލެން ޑީ ޖެނެރެސް އެއް.. އެކަމަކު ވެސް ކޮންމެސް އެލެން އެއް އެލީ ހޯދަން އައިސް އެބަ އިން.. ލެޓްސް ގޯ” އެލީން އިށީންދެގެން އިން ގޮނޑީގެ އަތްގަނޑުގައި ހިފައި އަނބުރައިލަމުން އާނާ ހިނގައިގަތެވެ.
“މީ އެލީން އަކީ..” އެލީން އިށީނދެގެން އިން ‘ވީލް ޗެއާ’ އެލެންގެ ކުރިމައްޗަށް ވާގޮތަށް ބަހައްޓަމުން އާނާ ބުނެލިއެވެ.
“ހައި.. އަހަރެންނަކީ އެލެން.. ކިހިނެތްތަ ހާލު؟” އެލީން ‘ވީލް ޗެއާ’ އެއްގައި އިނުމުން ސުވާލު އުފެދިފައި އިނދެ އެލެން ވާހަކަ ދެއްކީ ހިނިތުންވުމަކާއި އެކީ އެވެ.
“ރަނގަޅު.. ތީ ކާކު ކަމެއް ނޭނގުނު..” ވާނުވާ ނޭނގިފައި އިނދެ އެލީން ޖަވާބުދިނެވެ.
“އާމްމްމް.. އެލީންގެ ފައިގަ މައްސަލައެއް އުޅެނީ ތަ؟” ވާހަކަ އެއް ހަދާލުމުގެ މަގުސަދުގައި އެލެން އަހައިލިއެވެ. އެލެން ގެ ސުވާލުން އެލީންގެ މޫނަށް އެރި ކުލަވަރުން އެ ކުރެވުނީ ކޮށްގެން ވާނޭ ސުވާލެއް ނޫނޭ އެލެންގެ ހިތަށް އެރުމާއި އެކު ވަގުތުން އޭނާ މާފަށް އެދުނެވެ.
“އިޓްސް އޯކޭ.. އަހަރެން މީ ނުހިނގޭ މީހެއް.. މީގެ ދެމަސް ކުރިން އެކްސިޑެންޓެއް ވެގެން އުނަގަނޑުން ތިރީގެ ވާގި ނެތުނީ.. ވަރަށް ބޮޑު ހަރަދެއް ކޮށްގެން އޮޕަރޭޝަން ކުރެވެން އަންނަނީ.. އެހެންވެ އެހީ ލިބެންދެން މި މަޑު ކުރަނީ..” އެލީން ގެ އެ ހާލަތު ފެނުމުން އެލެން ގެ ހިތުގައި ރިއްސައިލީ އެ ހަބަރު އިނގުމުން ޒެއިން އަށް ވާނޭ ގޮތަކާއި މެދު ވިސްނާލާފައެވެ. އެހެންކަމުން އިރުކޮޅަކު ވިސްނާލުމަށް ފަހު ރަނގަޅު ގޮތެއް އެލެން އަށް ވިސްނުނެވެ.
“އަހަރެން މި އައީ އެލީން އަށް އެހީ ވާން.. އަހަރެން ނަކީ ޑޮކްޓަރެއް.. އެލީންގެ އޮޕަރޭޝަން ގެ ހުރިހައި ހަރަދެއް އަހަރެން ކޮށްދޭނަން..” އެލެންގެ ޖުމްލައިން އެލީންގެ ދެލޯ ބޮޑުވެފައި އިން އިރު އާނާ އަށް ހަޅޭއްލަވައިގަނެވުނީ ލިބުނު އުފަލެއްގެ ބޮޑު ކަމުންނެވެ.
ނުނިމޭ
5339 Comments
Comments are closed.
Varah reethi.. Thanks shooty..
Thanks addu manje ?
Its nice.. ☺
Thanks pinkish ?
Varah bodah sorry kudhinnnn… Next part iraadha kureviyya on monday ga… Thanks for your support.. ?
Haadha lahey… Ekam vx vvvvv reethi ??? me first dhw??
Hmmm dhw. I am sorry for that mau.. And thanks ?
anha. Mareh nuvey dho. Okay thi varu ves. :*
Next part kn irakun tha?
On monday insha Allah.. Thanks ?
Gugu Paste Axfag saji
saji ey
Hahhahah Sajid Adam?
Oi muk ?
Thah nugovan..
??
Hahaha
Mee kiyeh vaa echcheh
Thiya liyun myha gathu ahabala?
Naahaanen
Wow hama vvvvv obi v inthizaaru kurin mivaahakayah heekuran den medhunukedhyne kama v ufaavefa mihury shooty eburi aima thanks shooty
Thankoooo f ?
Story vrh reethi.. thankolheh avahah up kohdhehcheyyy..
Insha allah thanks kitty ?
Haadha inthizaareh kurevihjjey mi vaahakayah thanks shooty vvvv reethi
Awww thats so sweet.. ? thank you so much
Monday ga up kuranvaa irah laptop halaaku nuvejjaa ragalhu.. or wi-fi massala nujehijjaa…
Thigotha shoot nukuriyya rangallu. Story handhaan nethey fahun shoot thikolleveny
o yeah my love shooty ur back varah salhi i love u
I love you too.. Thanks alot ?
reethi vahakaeh but hadhan nethyha dhuvas fahun update vany sad
Subuhaanallah haadha dhuvaheh kohfaey mivaahaka thi genes dhiny… Vaahakaaga kuryga v goeh hadhaan nethijje.. Dhn enekka fahtaagen kiyaany… Lahun nama ves vaahaka up kohdhinythy v bodah shukuriyya..
??
Shooootyyy…. Samee haadha inthizaareh kohfeemey mi stwryyy ah.. Haadha lahey… Mi prt v reethi.. Bt dhn gavaidhun genes dhechey plxxxx… Eyrun kiyun therin ves foohi nuve stwryy kiyaa hih vaanee… Gud luck n keep it up..
V v v reethi mipart ves. Monday ge kurin genes dhybala
Nice story ❤️
Next part avahah up koh dhehchey ?
Haadha dhigu inthxaarekey kuran mi jehunee. Thanks shooty. ☺☺☺☺?
Koba vaahaka
Alhy avahah up koh dhyba
koba vaahaka??? shooty dhogu hadhany keehkuran. up nukurevenyaa monday ga upkuraanamey kiyaifa inthizaaru nukuruvaani.. i hate u..