Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ރޭޝަމް (9)

Saandy
March 31, 2017
6 Mins Read
52 Views
56 Comments

“އެންމެ ރަނގަޅު. ތީ ދަރިފުޅުގެ އެންމެފަހުގެ ނިންމުންކަމަށްވަންޏާ މި ބަދުނަސީބު މަންމަގެ ނިންމުންވެސް އަޑުއަހާ. މިއަދު ފެށިގެން ރޭޝަމްއަށް މިމަންމަ މަރުވެއްޖެކަމަށް ހީކޮށްލާ.” ހައްވަގެ ނިންމުން އިއްވާލުމުން ޝިފާންއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

ރޭޝަމް އިތުރަށް އެއްވެސް ބަހެއް ނުބުނެ ދުވެފައި ގޮސް ވަނީ ފާޚާނާއަށެވެ. ޝިފާން އެއިންގޮތަށް އިސްއޮބާލައިގެން އިނެވެ. ހައްވަ ރުޅިގަދަވެ ހިތުގައި ޖެހުނުވަރުން ރޮއިގަންނަމުން މޫނު ދެއަތުގެ ތެރެއަށްލާ ފޮރުވާލިއެވެ.

“ހައްވައްތަ ތިގޮތަށް ރޯތަން ފެނުނީމަ އަހަރެން ވަރަށް ދެރަވޭ. އަހަރެންނަށް މަޢާފްކުރޭ! އަހަރެންނަށް އެނގޭ ރޭޝަމް ލޯބިވަނީ ޒައިކްދެކެކަން. އެކަން އެނގިހުރެ އަހަރެންނަށް ރޭޝަމްދެކެ ލޯބިވެވުނީ. މިއަދު އަހަރެންނަށް މިކުރެވެނީ ބޭކާރު ކަމެއްކަން. އަހަރެންނަށް ދުވަހަކުވެސް ރޭޝަމް ނުލިބޭނެކަން.” ޝިފާން ތެދުވެގެން އައިސް ހައްވަގެ އަތުގައި ހިފާލަމުން ގޮނޑި ކައިރީ އެއްފައިމައްޗަށް އިށީނދެލިއެވެ.

“ހައްވައްތަ ދެރަނުވޭ. ރޭޝަމް އަހަރެންނަށް އާނބަސް ނުދިނަސް އަހަރެން މިއާއިލާއަށް ވަމުން އައި އެހީ އަބަދުވެސް ވާނަން. އަދި ރޭޝަމްދެކެ އަބަދުވެސް ލޯބިވާނަން.” ޝިފާން އެހެން ބުނެލުމުން ހައްވައަށް ހީވީ ގެއްލެން އުޅުނު ޖަވާހިރެއް އަތުގައި ހަރުލިހެންނެވެ. އުފަލުން ހީލެވުނެވެ. އެޔާއެކު ހިތުގައި ޢަޒުމެއް ކަނޑައެޅިއެވެ. މަޖުބޫރުކޮށްގެންވިޔަސް ރޭޝަމްއާއި ޝިފާންގެ ކައިވެނި ކުރުވާށެވެ.

އާދައިގެމަތިން ކޮންމެ ދުވަހަކުވެސް ރޭޝަމް އޮފީހަށް ދެއެވެ. އެރެއަށްފަހު މަންމަ އަނގައިން ނުބުނާތާ ޝިފާންވެސް ވާހަކަދައްކައެއް ނޫޅެއެވެ. ރޭޝަމްއާއި ޒައިކްގެ ދިރިއުޅުން ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްދެއެވެ. ރޭޝަމް ފެނިލުމުން ޒައިކް އިސްއޮބާލައިގެން ދާގޮތުން ރޭޝަމްގެ ހިތަށް ތަދުވިނަމަވެސް ކެތްކޮށްލައިގެން އުޅެމުން ދިޔައީ އެނޫން ގޮތެއް ނެތްކަން ޤަބޫލުކުރަމުންނެވެ.

ޒައިކް މަސައްކަތްތަކުގައި ބިޒީވީ ދުނިޔޭގެ އެހެން ކަމަކާއިމެދު ޚިޔާލުކޮށްލާނެ ފުރުސަތެއްވެސް ނުލިބޭ ވަރަށެވެ. ރެޔާއި ދުވާލު އެއްކޮށްހެން އުޅެމުން ދިޔައީ މަސައްކަތުގައެވެ. ގިނަ ރޭރޭ އޭނާއަށް ނިދެނީވެސް ފައިލެއް ހިފައިގެން އެނދުގައި އޮއްވައެވެ.

“ދަރިފުޅާ! އަދިވެސް ނުނިދަންތަ؟” ބައްޕަގެ އަޑުއިވުމުން ޒައިކް ބަލާލިއެވެ. ޒައިކް އިނީ ޓެރަހުގައި ހުރި ކުޑަ މޭޒެއްގައި ފައިލުތަކެއް އަތުރައިގެން ލެޕްޓޮޕްގެ ފިތްތަކަށް އޮބައޮބައެވެ.

“އާދެ ބައްޕާ. މިމަސައްކަތް ނިންމާލާފަ ނިދަން ދާން މިއުޅެނީ. ދެން މި ނިމެނީ. ބައްޕަ ކަމަކުތޯ؟” ޒައިކް ގާތަށް ދުރުގައި ހުރި ގޮނޑިއެއް ގެނެސް އިށީންނަމުން އާލިމް ހިނިތުންވެލިއެވެ.

“ދަރިފުޅު މަސައްކަތުގަ ތިވަރަށް ވަގުތު ހޭދަކުރުން އެއީ ބައްޕަ އެއްގޮތަކަށްވެސް ބޭނުންވާ ގޮތެއްނޫން. މިއީ ދަރިފުޅު އުފާކޮށް މަޖާކުރަންވީ ވަގުތު. ރައްޓެހިންނާއެކު ތަންތަނަށް ގޮސް ހަދަން ލިބޭ ފުރުސަތު. ބައްޕައަށް ފެންނަނީ ތިމަސައްކަތް އޮފީހުގެ މުވައްޒަފުންނާ ހަވާލުކުރަން.” ޒައިކް ލެޕްޓޮޕް ދުރަށް ޖައްސާލަމުން ބައްޕައާ ކުރިމަތިލިއެވެ.

“ބައްޕާ! އަޅުގަނޑު ބޭނުންވަނީ އަމިއްލައަށް މިމަސައްކަތް ކުރަން. މުވައްޒަފުންނާ އެއްވަރަށް އަޅުގަނޑުވެސް މަސައްކަތްކޮށްގެން ނޫންތޯ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލްވާނީ. އަޅުގަނޑު ބޭނުންވަނީ ބައްޕަގެ ނަންވެސް އެހެން ވިޔަފާރިވެރިންގެ ނަންތައް ފަދައިން މެދު އުޑުގަ ފިޔަޖަހާތަން ދެކެން.” ޒައިކް އެހެން ބުނިއިރު އެދެލޮލުން ފެންނަންހުރި ވިދުވަރުން އާލިމްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ މުތީތަކެއްގެ ސިފައިގައި ވިދާލިއެވެ.

“މިއަދު ބައްޕަ ވަރަށް އުފާވެއްޖެ. ދަރިފުޅު ތިކުރާ މަސައްކަތުގަ ﷲ ބަރަކާތް ލައްވާށި. އެކަމަކުވެސް ބައްޕަ އެދެނީ ކައިވެންޏާ ގާތްވީމަ ދަރިފުޅު މަސައްކަތާ ތަންކޮޅެއް ދުރަށް ޖެހިލަން.” އާލިމް ދަރިފުޅަށް ބަލާލީ ފަޚުރުވެރިކަމާއެކުގައެވެ. އާލިމް ތެދުވެގެން ދަމުން ޒައިކް ބޮލުގައި ފިރުމާލިއެވެ.

އާލިމް ދިއުމުން ޒައިކް ފުން ނޭވައެއް ބޭރުކޮށްލިއެވެ. ބައްޕަ އައިސް ކައިވެނީގެ ވާހަކަދެއްކުމުން އެހިތުގެ ޒަޚަމްތަކުގައި ރިއްސާލިއެވެ. ރޭޝަމް މަތިން ހަނދާންވާން ފެށިއެވެ. އެސޫރަ ހިތުން ދުވަހަކު ނުފިލިޔަސް އެހަނދާންތަކާއެކު ދިރިހުރުން ވަނީ ވޭނަކަށް ވެފައެވެ.

“ރޭޝަމް! އަހަރެން ކިހިނެއްތަ ރޭޝަމްއާނުލާ އުޅޭނީ؟ މިހިތުގެ ހާލު ރޭޝަމްއަށް ބަޔާންކޮށްދޭނީ ކިހިނެއް؟ މިހިތުގަ ހާދަ ރިހެޔޭ. ކެތްކުރާނެހާ ބާރެއް މިހާރަކު ނެތް. ހިތް އެދެނީ އަބަދަށް މިދެލޯ މަރާލަން. މި އަނިޔާވެރި ދުނިޔެއާ ވަކިވާން.” ޒައިކް ގޮނޑިއަށް ހަށިގަނޑު ދޫކޮށްލަމުން ދެލޯ މަރާލިއެވެ. އެވަގުތު އެތާނގައި މީހަކު ހުރިނަމަ އެމޫނުމަތިން ފެންނަންހުރި ވޭނީ ރިހުމުން އެހިތުގެ ހާލު ރަނގަޅަށް އެނގިގެންދާނެއެވެ.

ދުރުގައި ޒައިކްއަށް ބަލަންހުރި ހުސްނާގެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. އޭނާގެ ދަރިފުޅު އެއުޅޭ ހާލު އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ޚުދު އޭނާއެވެ. އެދެލޮލުން އޮހޮރެމުންދާ ވޭނީ ކަރުނަ ފެނި އެމައިމީހާގެ ހިތްވެސް ފަޅިފަޅިވެގެންދެއެވެ. ރޭޝަމްއަށްޓަކައި އެދެލޮލުން އަބަދާއި އަބަދު ފެންނަން އެހުންނަ ބޭޤަރާރުކަން ފެނި ހުސްނާގެ ހިތް ހަމްދަރުދީއިން ފުރިގެންދެއެވެ. އެފަދަ ކޮންމެ ވަގުތަކު އާލިމްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވެއެވެ. ނަމަވެސް އޭނާގެ ދޫ އެކަމަށް އިޖާބަ ނުދެނީއެވެ. އެކަމުގެ ސަބަބުން ނުކުމެދާނެ ހިތި ނަތީޖާއަކާމެދު ބިރު ހީވާލެއް ބޮޑުކަމުންނެވެ. އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު ހުސްނާ އެނބުރި ދިޔައީ ޒައިކްގެ ހާލު ދެކެން އެތަނުގައި ހުންނަން ކެތްނުވެގެންނެވެ.

ރޭޝަމް މިހާރު ހޭދަކުރަމުންދަނީ ކުރިއަށްވުރެވެސް ހިތްދަތި ދިރިއުޅުމެކެވެ. ޝިފާން ފުރައިގެން ދާން އުޅެނިކޮށް ހައްވަ ވަނީ އޭނާ މަޑުކުރުވާފައެވެ.

“އަހަރެން މީ ރޭޝަމްގެ ކާކުތަ؟ މިމަންމައަށް ކޮން ކުށެއްތަ ކުރެވުނީ… ތިހާ އަނިޔާއެއް ރޭޝަމް ތިދެނީ؟ މިވަރަށް މިހެން ކިޔާއިރުވެސް އަނގަ ހުޅުވާވެސްނުލާ ތި އިންނަނީ މި މައިމީހާގެ ހިތުގަ ޖެއްސުމުން ލިބޭ އުފަލެއްގެ ބޮޑުކަމުންތަ؟ ހަމަ ތެދެއް މިބުނީ. ދެން ރޭޝަމް ނޫނެކޭ ބުނެފިއްޔާ މިހިރަ ކުޑަދޮރުން ފުންމާލާ އަމިއްލައަށް މަރުވާނަން. އަޑުއިވިއްޖެތަ؟” ރޭޝަމްއަށް އެކި ގޮތްގޮތުން މަޖުބޫރުކުރުމުންވެސް ޖަވާބެއް ނުދިނުމުން ހައްވަ އެންމެފަހުގެ ނިންމުން ނިންމިއެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް ރޭޝަމް ޚިޔާރުކުރީ ހިމޭންކަމެވެ. ހައްވަ ރުޅިގަދަވުމުން އެދިޔަ ބާރުމިނުގައި ވައިރޯޅިއެއްހެން ފައިބައިގެން ދިޔަހެން ދިޔައެވެ. ކޮޓަރީ ދޮރު ލެއްޕި އަޑާއިއެކު ގެވެސް ގުޑާލިއެވެ.

އޭނާގެ އާނބަސް ނުލިބުނަސް ކައިވެންޏަށް ތައްޔާރުކުރަމުންދާކަން ރޭޝަމްއަށް އެނގެއެވެ. އޮފީހަށް ދިޔަޔަސް އޭނާގެ ވަށައިގެންވަނީ ހިމޭންކަމެވެ. ދިމްނާއާއި ލާރާ ކިތަންމެ ވާހަކައެއް ދެއްކިޔަސް ރޭޝަމްގެ ހިތަކަށް ފިނިކަމެއް ނުލިބެއެވެ. ލޮލުގައިވާ ހޫނު ކަރުނައަކަށް ނިމުމެއް ނައެވެ. ހިތުގެ ޝަކުވާތައް ވަނީ ދުވަހެއް ދުވަހަކަށް އިތުރުވެފައެވެ. ކައިވެންޏަށް ތައްޔާރުވަމުންދާއިރު ކުރަންޖެހޭ މަސައްކަތްތައް އޮންނަނީ ގިނަވެފައެވެ. ހައްވައަށް ޝިފާން ނޫނީ މަސައްކަތެއްގައި އެހީވާނެ އެކަކުވެސް ނުހުންނާތީ ހައްވައަށް ވަނީ ބުރަ އިހުސާސް ކުރެވިފައެވެ.

“އައްސަލާމް ޢަލައިކުމް!” ގޭތެރޭގައި އަވަދިނެތި އުޅެނިކޮށް ބެލް އަޅާ އަޑަށް ހައްވަ ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރި ޒުވާން ފިރިހެންކުއްޖާ ފެނި ހައްވަ ހައިރާންވީ ނުވެސް ދަންނަ ކުއްޖަކު ފެނުމުންނެވެ. އެކުއްޖާ ސަލާމް ގޮވާލުމުން ހައްވަ ސަލާމް ބަލައިގަތްއިރުވެސް އޭނާގެ މޫނުމަތިން ހައިރާންކަމުގެ ކުލަތައް ފެންނަން ހުއްޓެވެ.

“ރޭޝަމް އުޅުއްވާތަ؟” އެ ފިރިހެންކުއްޖާ ދޮރުމަތީ ހުރެ ސުވާލުކޮށްލިއެވެ. އެވަގުތު ހައްވަގެ ހިތަށްއެރި އެއްޗަކުން ނިތްމަތިން ދާތިކިތައް ފާއްދާލިއެވެ.

“އަނެއްކާ މިއީ އަހަރެންގެ ދަރިފުޅު މިކައިވެންޏާ ދެކޮޅު ހަދާ ސަބަބަށް ވެދާނެބާ؟” ހައްވަ އަވަހަށް އެކުއްޖާ އެތެރެއަށް ވެެއްދިއެވެ. އަދި ގޮނޑީގައި އިށީނުމަށް ބުންޏެވެ.

“ތީ ކޮން ކުއްޖެއް؟ ކީއްކުރަން ރޭޝަމް ހޯދަނީ؟ މީ ރޭޝަމްގެ މަންމަ.” ހައްވަ އެހެން ބުނެލުމުން އެކުއްޖާ ޖީބުން އެއްޗެއް ނަގާ މޭޒުމަތީ ބޭއްވިއެވެ. ހައްވަ އެއަށް ބަލާލިއެވެ. އެއީ ބަންދުކޮށްފައި އޮތް އެއްޗެކެވެ.

“ތީ ކޮން އެއްޗެއް؟” ހައްވަ އިތުރަށް ހައިރާންވިއެވެ. ދާތިކިތައް ނިތްމަތިން ފާއްދާލިގޮތަށް މުޅިމީހާ އަތްފައި ފިނިވެ ގަނޑުފެންކޮޅަކަށްވިއެވެ. މިފަދަ ޒަމާނެއްގައި ނުވެސް ދަންނަ ކުއްޖަކު ގެއަށް އައިސް ގޮތްނޭނގޭ އެއްޗެއް ރޭޝަމްއާ ހަވާލުކުރުމަށް ބުނުމުން ހާސްވާނެ ނޫންހެއްޔެވެ؟ އެއީ މިހާރު އޭނާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެދަރިއަށް ގޮތެއް ވެއްޖެއްޔާ އޭނާއަކަށް ކެތެއް ނުވާނެއެވެ. އޭނާ މަރުވެދާނެއެވެ.

“ދައްތަ ހާދަ ވަރަކަށް ތި ހާސްވަނީ. މިއީ ތި ހީކުރާ ކަހަލަ އެއްޗެއް ނޫން. މިއީ ފޯނެއް. މި ރޭޝަމްއާ ހަވާލުކޮށްދޭން އަޅުގަނޑުގެ ދައްތަ ވަނީ އަޅުގަނޑަށް ވަޞިއްޔަތްކޮށްފަ. ދައްތަ މި އަމާނާތްތެރިކަމާއެކު ރޭޝަމްއާ ހަވާލުކޮށްދޭތި. ދައްތައަށް ވަރަށް އިތުބާރުކޮށްފަ މި ހަވާލުކުރަނީ. އަޅުގަނޑުގެ ދައްތަ އަޅުގަނޑާ މި ހަވާލުކުރިއިރު އެދުނީ މި ނުކަނޑާ އޮތްގޮތަށް ރޭޝަމް އަތަށް ދޭން.” ހައްވަ އެކުއްޖާ ގާތު އިތުރު ސުވާލެއް ނުކުރެވުނީ ރިމްޝާ ނިދާ ހޭލައިގެން އައިސް ބަނޑުހައިވެގެން ރޯން ފެށުމުންނެވެ. އެކުއްޖާ ދަނީކަމަށް ބުނެ ދަމުން ދެވަނަ ފަހަރަށްވެސް އެދުނީ އަމާނާތްތެރިކަމާއެކު އެފޯނު ރޭޝަމްއާ ހަވާލުކޮށްދިނުމަށެވެ. ހައްވަ ހިނިތުންވެލަމުން އެކުއްޖާއަށް ޔަޤީންކަން ދިނެވެ.

އެކުއްޖާ ނުކުމެގެން ދިއުމުން ހައްވަ އަވަސްއަވަހަށް ރިމްޝާއަށް ސައިދޭން އުޅުނެވެ. އޭރު އެފޯނު ލާފައި އޮތް ޕާރުސަލް މޭޒުމަތީގައި އޮތެވެ. ރިމްޝާއަށް އެ ފެނުމުން އެ ނަގާ ކަނޑާލައި ފޯނު ނަގާ ކުޅެން ފެށިއެވެ. މިއިން އެއްވެސް ކަމެއް ހައްވައަކަށް ނޭނގެއެވެ. ކުއްލިއަކަށް އިވެންފެށި އަޑަކުން ހައްވަ ތައްޔާރުކޮށްގެން ގެނައި ކިރުތަށި އަތުން ދޫވިއެވެ. މުށިތަކު މައްޗަށް ތަށި ޖެހުނުއިރު އޮތީ ކުދިކުދިވެ އެކި އެތިކޮޅު އެކި ތަނުގައެވެ. ކިރުތައް މުޅި ތަނަށް ބުރާފައިވާއިރު ހައްވަ އެ ކިރުތަކުގެ ތެރެއިން ގޮސް ރިމްޝާ އަތުގައި އޮތް ފޯނު އަތުލިއެވެ. އޭގެން ފެންނަމުންދިޔަ ވީޑިއޯ ތިން ހަތަރު ފަހަރު ބެލިއިރުވެސް އޭނާއަށް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވުނެވެ.

“ނޫން. މި ނުވާނެ ހަޤީޤަތަކަށް. މީ ހުސް ދޮގު.” ހައްވަ ހާސްވެގެން ދެކޮޅަށް ހިނގަމުން އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ. ހައްވަ ދެކޮޅަށް ހިނގަމުން ފޯނުން ރޭޝަމްއަށް ގުޅަން މަސައްކަތްކުރަމުން ދިޔައެވެ. ކުއްލިއަކަށް ގެއަށް އައިސް ވަތް ޝިފާން ފެނި ހައްވަގެ އަތުން ފޯނު ދޫވެގެން މުށިތައް މަތީ ޖެހި ދެފަޅިވިއެވެ.

“ހައްވައްތާ! ކިހިނެއްވީ؟” ހައްވަގެ މޫނަށް އަރާ ފައިބަމުންދިޔަ ކުލަތަކުން ކޮންމެވެސް ކަމެއް ވެއްޖެކަން ޝިފާންއަށް ވިސްނުނެވެ. ޝިފާން ކުރިއަށް ހިނގައިގަތެވެ. ޝިފާން ހައްވައާ ގާތަށް އަންނަމުން ދިޔައިރު ހައްވަ ދެލޯ ބޮޑުކޮށްގެން ހުރިގޮތުން ހީވީ ބިރުވެރި އެއްޗެއް ފެނިގެން ބިރުން ހުރިހެންނެވެ. މީހަކަށް ބިރުވެރި އެއްޗެއް ފެނުނަސް އެވަރަށް ބިރުގަންނާނެހެނެއް ހިއެއްނުވެއެވެ. ޝިފާން މަޑުމަޑުން ހައްވަގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. ހައްވަގެ ހިއްސުތަކަށް ދިރުން ލިބުނީ އެވަގުތުއެވެ. ކުއްލިއަކަށް ފަހަތަށް ޖެހިލީ ބިރުން ސިހޭފަދަ ގޮތަކަށެވެ.

“އަހަރެން ގައިގަ އަތްނުލާތި! ތީ އަނިޔާވެރިއެއް. އަހަރެންގެ ރަނެއް މަލެއްހެން އުޅުނު ކުޑަކުޑަ ފުރާނައަކަށް ހަދާލިގޮތް… ޝިފާން ތީ އިންސާނެއްތަ؟ އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން ޝިފާން އެފަދަ މީހަކަށް ވެދާނެ ކަމަކަށް.” ހައްވައަށް ރޮއިގަނެވުނެވެ.

“ހައްވައްތަ ކީކޭތަ ތިކިޔަނީ؟ އަހަރެންނަކަށް އެއްގޮތަކަށްވެސް ނުވިސްނޭ.” ޝިފާން ހައިރާންކަމާއެކު ދެބުމަ ގާތްކޮށްލިއެވެ.

“މީ މިދައްކާ ވާހަކައަކީ. ނަސީބެއް ތަންކޮޅެއް އަވަހަށް މި ހަޤީޤަތް އެނގުނުކަން. އެހެންނޫންނަމަ އަހަރެންގެ ދެން ހުރި ދަރިފުޅުގެ މުޅި ހަޔާތްވެސް ބަރުބާދުވީސް.” ހައްވަ އެތެރެއަށް ވަދެފައި ހިފައިގެން އައި ފޯނުން ވީޑިއޯ އަޅުވާލިއެވެ. ޝިފާންއަށް ބުނާނެ އެއްޗެއް ނުވިސްނިފައި އެއަށް ބަލަން އިރުކޮޅަކު ހުރެވުނެވެ. އެއަށްފަހު ކުއްލިއަކަށް ފޯނު ޖަހައިގަތެވެ.

“އޯހ. އެންމެފަހުން ހައްވައްތައަށް ހަޤީޤަތް އެނގުނީ ދޯ. މި ނީލަމްއަކަށްވެސް ނުހުރެވުނު. އެކަމަކު ސުހާނާ ތި ކުރަންއުޅޭ ކަމެއް ދުވަހަކުވެސް ނުވާނެ. މި ހަޤީޤަތް ދުވަހަކުވެސް ރޭޝަމްއަށް އެނގުނަކަސް ނުދޭނަން.” ޝިފާން ފޯނު ޖީބަށް ލާން އުޅުނެވެ. އޭނަގެ ހަޤީޤަތް ހައްވައަށް އެނގުން އެއީ އޭނާއަށް ހުރި ބިރެއްކަން އެނގި ހައްވަގެ ދުވަސް ދުއްވާލަން ޝިފާން ވިސްނިއެވެ.

“ކަލޯ ކިތަންމެ ސިއްރުކުރިޔަސް ތި ހަޤީޤަތް އަހަރެންނަށް އެނގުނު ގޮތަށް ރޭޝަމްއަށްވެސް އެނގޭނެ.” ހައްވަ ރުޅިގަދަވެފައި ބާރަށް ހަޅޭއްލަވައިގަތެވެ.

“ކާކު ބުނާނީ؟ ހައްވައްތަތަ؟” ޝިފާން ބާރުބާރަށް ހެމުން ދެކޮޅަށް ހިނގަން ފެށިއެވެ. ހައްވަ ދަނޑިވަޅު ބަލާފައި ޝިފާން ޖީބަށްލާން އުޅުނު ފޯނުގައި އަތުން ޖަހާ ވިއްސާލިއެވެ. ޝިފާން އައި ރުޅިން ވަރަށް ބާރަށް ހައްވަ ކޮއްޕާލިއެވެ. އެއަށްފަހު ފޯނާއި ދިމާއަށް ދާން ފެށިއެވެ.

“ދަރިފުޅާ ރީމް. އަވަހަށް އެފޯނު ނަގައިގެން ގޮސް ފޮރުވާ. އަވަހަށް ދޭ.” ފޯނާއި ދިމާއަށް ދިޔަ ޝިފާންގެ ފައިގައި ހިފަހައްޓަމުން ދޮރުމަތީ ހުރި ރިމްޝާއަށް ގޮވާލަމުން ފޯނު ނަގާ ފޮރުވަން ބުންޏެވެ. ކޮޓަރީ ދޮރުމަތީގައި ބިރުން ސިހިސިހި ހުރި ކުޑަކުޑަ ރިމްޝާއަށް ގުޑިލާންވެސް ނުކެރުނެވެ. ޝިފާން ގުދުވެ ހައްވަގެ އަތު މުލައްދަނޑީގައި ހިފާ ކޮޅަށް ނެގިއެވެ.

“އަހަރެން މިހުރިހާ ކަމެއް ކުރީ ރޭޝަމް ހާސިލްކުރަން. އަހަރެންނާ ރޭޝަމްއާ ދެމެދަށް އެކަކަށްވެސް ނުވަދެވޭނެ. އެކަކަށްވެސްއޭ މިބުނީ. ހަމަ އެކަކަށްވެސް ނުވަދެވޭނެ.” ޝިފާންގެ ދެލޮލުން ފެންނަންހުރީ ބިރުވެރި އިންޒާރެއްކަން ހައްވައަށް ވިސްނުނެވެ.

“ކަލެއަށް އަހަރެން މަރާލެވިދާނެ. އެކަމަކު ރޭޝަމްއެއް ނުލިބޭނެ.” ހައްވަ ހުރީ ޝިފާންގެ އެ އިންޒާރުން ނުސިހޭނެފަދަ ޢަޒުމެއްގައެވެ. އޭނާގެ އެއްދަރި ޝިފާންގެ އަތުތެރޭ އެއްވެސް ރަޙުމެއްނެތި ޗިސްޗިސްކޮށްލިޔަސް އޭނާ ރޭޝަމް ސަލާމަތްކުރާނެއެވެ. މުޅި ދުނިޔެއަށް އެސިއްރު ހާމަކުރާނެއެވެ. އެކަމުގައި އޭނާގެ ފުރާނަ ދިޔަޔަސް އެއްވެސް ޝަކުވާއެއް ނެތެވެ.

ޝިފާންގެ ބުއްދި ފިލާދިޔައީ ހައްވަގެ އިންޒާރުންނެވެ. ރޭޝަމްއަށް އެހަޤީޤަތް އެނގިގެން ނުވާނެއެވެ. އޭގެ ކުރިން އެހެކި ނައްތާލަން ޖެހޭނެއެވެ. ޝިފާން ހިފަހައްޓާފައިހުރި ހައްވަގެ މުލައްދަނޑިއަށް އިތުރަށް ފިތާލަމުން ކޮއްޕާލީ ވަރަށްވެސް ބާރަށެވެ. އެއަށްފަހު އޭނާ ދާން ހިނގައިގަތީ ރިމްޝާގެ ފައި ކައިރީގައި އޮތް ފޯނު ނަގާށެވެ.

ރިމްޝާ ތުރުތުރުލާ ދެއަތުން ފޯނު ނެގިއެވެ. ހައްވައަށް އޮތީ ޖެހުނު ގޮތަށް ނުތެދުވެވިފައެވެ. ފާރުގައި ބޯ ޖެހުނުގޮތަށް ފަޅައިގެން ގޮސް ލޭތައް އޮހިގަތެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާ އޭނާ ރިމްޝާއަށް ގޮވަމުން ދިޔައީ އެފޯނު ހިފައިގެން ގޮސް ފޮރުވުމަށެވެ. ރިމްޝާ ފޯނު ހިފައިގެން ހުއްޓުން އަރާފައި ހުއްޓާ ޝިފާން އައިސް ފޯނުގައި ހިފަން އުޅުނެވެ.

“ޝިފާން! ކަލޭ އަހަރެންގެ އަތުން މަރުވާން ނޫޅޭ. ރިމްޝާ ތިފޯނު ގެންގޮސް ފޮރުވާ.” ހައްވަ އޭނާގެ އަތުގައި އޮތް ފިހިގަނޑުގެ ދަނޑިން ޝިފާން ގައިގައި ތަޅައިގަތެވެ. ޝިފާންއަށް ލިބުނީ ސިހުމެކެވެ. ދަނޑިބުރިން ޝިފާންގެ ގައިގެ އެތަންމިތަނުގައި ތަޅަމުންދިޔަ ހައްވަ ވާޅުވެ އަތުން ދަނޑިބުރި ދޫވިއެވެ. ބޯމަތީ އަތްއަޅައިގެން ދަނޑިބުރިން ސަލާމަތްވާން އުޅުނު ޝިފާންއަށް ހިންދެމިލެވުނީ އެވަގުތުއެވެ. ބިރުވެރި ސިންގާއެއްހެން ހައްވައާ ދިމާކޮށްލިއެވެ. މިހާރު ހައްވައަށް އެފެންނަނީ ޝިފާންގެ އަސްލު ސިފައެވެ. އެ ނުލަފާ ހައިވާނެއްގެ ސިފައެވެ. ރަޙުމެއް އެހިތުގައެއް ނުވެއެވެ.

“ހައްވައްތަގެ އަތުން އަހަރެން މަރެއް ނުވާނެ. އެކަމަކު އަހަރެންގެ އަތުން ކަލޭގެ ދަރި ރައިޝާ ނިމިދިޔަ ގޮތަށް ކަލޭވެސް ނިމިގެންދާނެ.” އެހެން ބުނެ ކުއްލިއަކަށް ހައްވަ އުފުލާލިގޮތަށް ދެން ފެނުނީ ކުޑަދޮރުން ހޫރާލިތަނެވެ. ހައްވަގެ ވޭނީ ހަޅޭކުގެ އަޑު މުޅި ފަޒާގައި ގުގުމާލިއެވެ. ޝިފާން ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާއާއި ރޭޝަމްއާ ދެމެދުގައިވީ ހުރަސްތައް ނެތި މަގު ސާފުވީކަމުގެ އުފާވެރިކަން އޭނާއަށް ލިބިގެންދިޔައެވެ.

“ސޮރީ ހައްވައްތާ. އޭރުވެސް ބުނީމެއްނު އަހަރެންނާ ރޭޝަމްއާ ދެމެދަށް އެކަކަށްވެސް ނުވަދެވޭނެޔޭ. އެއީ ހަމައެކަނި އަހަރެންގެ މިލްކެއް.” ކުޑަދޮރުން ބޯ ދިއްކޮށްލައިގެން މަގަށް ބަލަން ޝިފާން ހުއްޓެވެ. މޫނު ވަތަށް ވެއްޓިފައި އޮތް ހައްވަގެ ފަހުނޭވާ މިދުނިޔެއަށް ދޫކޮށްލި މަންޒަރު ޝިފާންއަށް ފެނުނެވެ. ލޯބީގެ ފުރިހަމަ މާނައެއް ޝިފާންއަކަށް ނުވިސްނެއެވެ. ލޯބި ހާސިލްކުރުމަށް އޭނާގެ އަތުން އެތައް ފުރާނައެއް ގެއްލި ދިޔައީއެވެ.

މަގުގައި ހިނގާބިނގާވެ އުޅޭ މީހުންތައް އެތަނަށް އެއްވެ އަޑުގަދަވާން ފެށުމުން ޝިފާން ހިނގައިގަތެވެ. ބޭރަށް ނުކުންނަން އުޅެނިކޮށް ރިމްޝާ ފެނި މަޑުމަޑުން ގޮސް އެކުއްޖާއާ ގާތްވެލިއެވެ. އޭރު ރިމްޝާ ބިރުން ތުރުތުރުލައެވެ. ލޯބިވާ ބައްޕަގެ އެ ޢަމަލުތައް އޭނާއަށްވީ ބިރުވެރި ކަމަކަށެވެ. އެ ކުޑަކުއްޖާއަށް ކުއްލިއަކަށް ފަހަތަށް ޖެހިލެވުނީ އޭނަގެ މާމަހެން އޭނަވެސް ކުޑަދޮރުން އެއްލާލަފާނެއޭ ހީވެއެވެ.

“ރީމް! މަންމައަށް މިއިން އެއްވެސް ކަމެއް އެނގިގެން ނުވާނެ! މަންމައަށް އެނގިއްޖެއްޔާ މާމަހެން ރީމްވެސް އެދޮރުން އެއްލާލާނަން! ދީ ތިފޯނު!” ފުރަގަހަށް ފޯނު ލައިގެން ހުރި ރިމްޝާއަށް ބިރުން ފޯނު ދިއްކޮށްލެވުނެވެ.

(ނުނިމޭ)

22
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ރޭޝަމް (8)

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން..(09)

Next
March 31, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން..(09)

Previews
March 31, 2017

ރޭޝަމް (8)

56 Comments

  1. Saandy says:
    March 31, 2017 at 7:02 pm

    Assalaam A’laikum!! Miothy “REYSHAM” vaahakaige 9 vana bai… Ummeedhu kuran mi surprise hurihaa kudhinnahves kamudhaane kamah… Baajjaveri reyakah edhen hurihaa kudhinnahves… Love u all 🙂

    1. Aki says:
      March 31, 2017 at 7:30 pm

      haadha rangalhey… ma sha Allah

    2. Saandy says:
      March 31, 2017 at 7:36 pm

      ThanQ Aki 🙂

  2. ShAhu says:
    March 31, 2017 at 7:04 pm

    wowww saandy.. wot a suprise…thankss..
    vaahaka varah nyc..
    obiness to the max.. ?

    1. ShAhu says:
      March 31, 2017 at 7:12 pm

      and cnt wait to read the next part..

    2. Saandy says:
      March 31, 2017 at 7:37 pm

      ThanQ ShAhu… Dhen maadhamaa hen’dhunah inthizaaru kollaa in’gey 🙂

  3. Love says:
    March 31, 2017 at 7:16 pm

    Baby dhn indhedhaaanan dhw vaahala kiya nimen dhn hahaha ?

    1. Saandy says:
      March 31, 2017 at 7:38 pm

      ThanQ Love 🙂

  4. Aphy says:
    March 31, 2017 at 7:20 pm

    Kithah part tha innanee mi storyga…haadha haa ey reethee..kiyaa foohinuvey..adhi mihaathanah esfiya in enmme hinhama jehigen kiyaa levey ehvaahakamee..gaivadhun up kohdheythy v ufaavey..keep it up dear..

    1. Saandy says:
      March 31, 2017 at 7:38 pm

      ThanQ Aphy… Baaky othy 2-3 parts 🙂

  5. Naxy says:
    March 31, 2017 at 7:28 pm

    10 vana bai ves up kohdheynveenu…. vvvv kiyaa hiyveyy

    1. Saandy says:
      March 31, 2017 at 7:39 pm

      Hehehe ThanQ Naxy… Dhen maadhamaa hen’dhunah inthizaaru kollaa 🙂

  6. ¯\(°_o)/¯ says:
    March 31, 2017 at 7:29 pm

    Ohh thanks avahah up kolla dhineema

    1. Saandy says:
      March 31, 2017 at 7:40 pm

      ThanQ dear 🙂

  7. Ell says:
    March 31, 2017 at 7:31 pm

    Vrh reethi. Esfiya ge number top 1 story REYSHAM and the top one best story writer SAANDY. nain ahves vrh thanks

    1. Saandy says:
      March 31, 2017 at 7:41 pm

      Oh ThanQ Ell 🙂

  8. sooo says:
    March 31, 2017 at 7:34 pm

    Alhey haadha reechey mi vaahaka.. Thank you so much.. Kon irakun aneh part..

    1. Saandy says:
      March 31, 2017 at 7:42 pm

      ThanQ Sooo… Maadhamaa hen’dhunu… Insha Allah!! 🙂

  9. maree says:
    March 31, 2017 at 7:39 pm

    vvvv reethi

    1. Saandy says:
      March 31, 2017 at 7:42 pm

      ThanQ Maree 🙂

  10. Azu says:
    March 31, 2017 at 7:40 pm

    Wow…thanx saandy…❤alhe reysham anna nama ethanah dho…haadha hiy thelhey hisaabakunney thininmaalee….aneh bai kiyaa hithun mirey nidheyne kameh ves neynge…??

    1. Saandy says:
      March 31, 2017 at 7:44 pm

      ThanQ Azu… Asthaa! Varugadha kamehthaa mi kurevuny ehen veema… Hehehe… Maadhamaa hen’dhunu 10 vana bai kiyaalan libeyne… Insha Allah!! 🙂

  11. Aish says:
    March 31, 2017 at 7:53 pm

    Vvv nice

    1. Saandy says:
      April 1, 2017 at 3:49 am

      ThanQ Aish 🙂

  12. Khajja says:
    March 31, 2017 at 8:01 pm

    Oh thank u so much saandy ❤❤❤ thishifaan akaa dheytherey reysham n zaik ah shakkevvelan vejje kanneynge mihaaru n rym ah dhera eh nudheh chey pls zaik mom ves mihaaru visnen vejje ennu efakyrah evaruvaa iru dhuruga balan ehunnany alhe keiyves gadha dhw…. any way suprise hama super thanks alot ??????

    1. Saandy says:
      April 1, 2017 at 3:50 am

      Khajja!! Shifaange mathi omaankamun meehakah shakku vaanetha? ThanQ Khajja 🙂

  13. Shaxy says:
    March 31, 2017 at 8:05 pm

    Salhi mi partves

    1. Saandy says:
      April 1, 2017 at 3:51 am

      ThanQ Shaxy 🙂

  14. firu says:
    March 31, 2017 at 8:12 pm

    kihineh mivee… enme fahun reysham ge manmaves maraaleetha e nubai shaithoanu. btw v reethi mi bai ves. vaahaka nimunu iruves neyngunu. keep it up. ❤?

    1. Saandy says:
      April 1, 2017 at 3:53 am

      ThanQ Firu 🙂

  15. Baby says:
    March 31, 2017 at 8:15 pm

    Awww… Nice story
    Esfiyain kiyaa emme reethi story….
    Can’t wait next part…. ❤❤

    1. Saandy says:
      April 1, 2017 at 3:53 am

      ThanQ Baby… Hen’dhunu up kolladheynan… Insha Allah!! 🙂

  16. Eanal says:
    March 31, 2017 at 8:38 pm

    Awesome..❤ Comment Nukurewunas Hurihaa Part Eh Wx Kiyan Inge..?☺
    Yuh Are The Best Saandy..?

    1. Saandy says:
      April 1, 2017 at 3:54 am

      ThanQ Eanal… Comment nukuriyas kiyaalaakan en’guneema v ufaavejje 🙂

  17. Mary mal says:
    March 31, 2017 at 9:07 pm

    Vaahaka v reethi.adhi mihaa thanah kiyunu emme reethi vaahaka mi pagun.adhi ehaa avas koh update koh dheythy thanx.

    1. Saandy says:
      April 1, 2017 at 3:55 am

      ThanQ Mary mal 🙂

  18. silver mist says:
    March 31, 2017 at 9:12 pm

    Thank you Saandy …. Varah varah salhi mi episode…pls adhi mirey eh episode up kohdhiibaa…pls pls…. Can’t wait…

    1. Saandy says:
      April 1, 2017 at 3:56 am

      ThanQ Silver mist… Dhen maadhamaa hen’dhunu up kohdheveyny 🙂

  19. Lujju says:
    March 31, 2017 at 9:23 pm

    Speechless❤❤ can’t wait for tomorrow

    1. Saandy says:
      April 1, 2017 at 3:56 am

      ThanQ Lujju 🙂

  20. shabaa says:
    March 31, 2017 at 9:39 pm

    Vvv salhi vaahaka eh

    1. Saandy says:
      April 1, 2017 at 3:57 am

      ThanQ Shabaa 🙂

  21. yamy says:
    March 31, 2017 at 10:41 pm

    V reethi

    1. Saandy says:
      April 1, 2017 at 3:58 am

      ThanQ Yamy 🙂

  22. naz nax says:
    March 31, 2017 at 11:10 pm

    wow…. thank u saandy… waiting for next part. asluves mirey nuves nidheyne adhi eh part nukiya.

    1. Saandy says:
      April 1, 2017 at 3:59 am

      ThanQ Naz Nax… Asthaa! V dhera kamehthaa mi kurevuny ehenveema… Sorry in’gey… Hehehe… Hen’dhunu up kolladheynan… Insha Allah!! 🙂

  23. Maa says:
    March 31, 2017 at 11:53 pm

    Ohhh…… saandy speechless……

    1. Saandy says:
      April 1, 2017 at 3:59 am

      ThanQ Maa 🙂

  24. ithoo says:
    April 1, 2017 at 12:08 am

    Adhi mi kiyaalevuny stry kuryge dhebayaa eku..shifaan kill kohlan dhaahihve varah..hehe..aslu v v v nice mi stry..specially idea v faahaga kohlan salhi kamah..kyp it up saandy..☺

    1. Saandy says:
      April 1, 2017 at 4:01 am

      ThanQ Ithoo… Hehehe… Saandyves v vey Shifaan ah gotheh hadhaalaa hiyy… Dhen balamaa Shifaan ahves vaagotheh dhw… All the credits goes to Nain 🙂

  25. ASH CHUM says:
    April 1, 2017 at 12:36 am

    Varah vara shey mi vaahaka reethi.keep it up SAANDY

    1. Saandy says:
      April 1, 2017 at 4:02 am

      ThanQ Ash Chum 🙂

  26. afaa says:
    April 1, 2017 at 1:16 am

    Can’t wait for tomorrow morning
    Warah thafaathu ????
    Love u saandyyy❤?

    1. Saandy says:
      April 1, 2017 at 4:06 am

      ThanQ Afaa… Ekamves kuda kuda inthizaareh kollaa in’gey 🙂

  27. rim says:
    April 1, 2017 at 11:08 am

    Saandy gadha igey thanks v v v v salhi

    1. Saandy says:
      April 1, 2017 at 2:32 pm

      ThanQ Rim 🙂

Comments are closed.

All Right Reserved!