Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭ ގޮތެއްވޭ 5

Pinkish
April 1, 2017
3 Mins Read
100 Views
27 Comments

ނޭނގޭ ގޮތެއްވޭ 5‎ކުރިމަތީ ހުރީ ހުދާ އެވެ. “އަހަރެން ހޮސްޕިޓަލް އަށް ގެންގޮސްދެވިދާނެތަ؟” ޒޭން އިރުކޮޅެއް ވަންދެން ބަލަން ހުރުމަށް ފަހު ކާރުގެ ދޮރު ހުޅުވާލަދިނެވެ. ހުދާ ކާރަށް އެރުމުން ޒޭން ކާރު ދުއްވާލިއެވެ. ޒޭން އިނީ ވަރަށް ފޮނި ވެފައެވެ. ވާނީ ވެސް އެހެންތާއެވެ. ހުދާ އަކީ އޭނާގެ “ކުރަޝް” އެއްވިއްޔާއެވެ. ޒޭން މިއަދު ޒެއިނާ ކައިރި މިވާހަކަ ފޮނިވެފަ ދައްކާނެކަން ޔަގީނެވެ.

“ކީއްކުރަން ހޮސްޕިޓަލް އަށް.” ޒޭން ހިމޭންކަން ފޫދުއްވާލިއެވެ. “މަންމަ ބަލިވެ އެޑްމިޓް ކޮށްފަ އޮތީ. އަސްލު ޓެކްސީ އެއްނުލިބުނީމަ ޒޭން އަށް އުނދަގޫކުރަން ޖެހުނީ މި.” ހުދާ މިހެން ބުނުމުން އެ މައްސަލައެއް ނޫންކަމަށް ޒޭން ބުންޏެވެ. ހުދާ އާއި ޒޭން ވާހަކަ ދައްކާ ނޫޅުނަސް އެކަކު އަނެކަކު ދަނެއެވެ. ގެ ކައިރި ވީމަ ކަމަށް ވެސް ވެދާނެއެވެ. މި ހުރިހާ އިރަކު ޒޭން އަކަށް އޭނާގެ ފޯނު ރިންގް ވި ކަމެއް ނޭގެއެވެ.

ހުދާ ހޮސްޕިޓަލް އަށް ލާފައި ޒޭން ދިޔައީ މުޅި މާލެ ވަށާ ބުރެއް ޖަހާލާށެވެ. ޒެއިނާ ނެތިސް ގެއަށް ދިޔާމަ އޭނަ ފޫހިވާނެކަން އިގޭތީއެވެ. ރޭނގަޑު 8 30 ވީއިރު ވެސް ޒެއިނާ ނުގުޅުމުން ޒޭން ހައިރާން ވިއެވެ. ޒޭން މިއޮއްހާއިރު އިނީ ފޯނަށް ނަޒަރު ހިންގާލައިގެންނެވެ. އެއްމެ ފަހުން އޭނަ ނިންމީ ގެއަށް ގޮސް ޒެއިނާ އަށް ވީގޮތް އޮޅުންފިލުވުމަށެވެ.

ޒޭން ގެއަށް ވަންއިރު ޒާހިދާ ރޭނގަޑުގެ ކެއުން ތައްޔާރު ކުރަން އުޅެއެވެ. “އާދޭ ޒެއިނާ ގޮވައިގެން ކާން ދަރިފުޅާ.” ޒެއިނާ ނާންނަކަން މަންމަ އަށް ނޭގެނީ ބާއޭ ޒޭން ހިތައްއެރިއެވެ. ނަމަވެސް ޒޭން އަޅާނުލައި ދިޔައީ ކޮޓަރިއަށެވެ. ޒެއިނާ އަށްގުޅުމަށެވެ.

ޒޭން ކޮޓަރިއަށް ވަންއިރު ކުރިމަތީ ރުޅިމޫނު ހަދައިގެން އެނދުމަތީ އިން ޒެއިނާ ފެނުނެވެ. “ޒެއީ ކީއްވެ ނުގުޅަ ތިއައީ؟..” ޒޭން ހައިރާންކަމާއެކު ބުނެލިއެވެ. ޒެއިނާ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ބަލާކަށް ނުހުރެ ކައިރީގަ އޮތް ބާލިސް ޒޭން އާދިމާލަށް ހޫރާލިއެވެ. ޒޭން ހުޝިޔާރުކަމާއެކީ ބާލިސް ހިފާލިއެވެ. “ކިތަށް ފަހަރު ގުޅިއްޖެ. ހިގާފައޭ އަންނަން ޖެހުނީ.” ޒެއިނާ މިހެން ބުނުމުން ޒޭން ފޯނު ހުޅުވާ ބަލާލިއެވެ. ތެދެކެވެ. ޒެއިނާގެ 21 މިސްކޯލްސް އިނެވެ. ޒޭން ފޯނަށް ބަލަން ހުރެ ވަށްކަޅިން ޒެއިނާ އަށް ބަލާލިއެވެ. އަދި ކުނި ގޮތަކަށް ހިނިތުންވެލިއެވެ.

“ލައްބަ މަންމާ. އޭނ . އުނދުން ވެއްޓުނިއްޔޭ؟ އާން މިދަނީ.” ޒޭން ވަރަށް ބާރަށް މިހެން ބުނެދާން އުޅުނެވެ. ޒޭން މިހެން ބުނުމުން ޒެއިނާ ގާތަށް ހިނި އަންނަ ގޮތް ވިއެވެ. ރުޅިގަނޑު ވެސް ދިޔަތަނެއް ނޭނގުނެވެ. “އަހަންނަކަށް ނީވެ މަންމަ ގޮވާ އަޑެއް އަދި ތި އުނދުން ވެއްޓުނު އަޑެއް.” ޒެއިނާ މިހެން ބުނުމުން އަހަންނަށް އިވުނޭ ކިޔާފަ ޒޭން ނިކުމެގެން ދިޔައެވެ.

ޒޭން ގޮސް ކާމޭޒު މަތީ އިށީއިނދެފަ ފުންނޭވާއެއްލާން އުޅުނުވަގުތު ޒެއިނާ ވެސް އެދިމާލަށް އަންނަތަން ފެނުނެވެ. ޒޭން އަށް އެތެރެއަށް ދަމާލަން އުޅުނު ނޭވާ ހިފަހައްޓާލެވުނެވެ. “ކޮބާ އުނދުން ނެގިއްޖެތަ؟” ޒެއިނާ ޒޭން ކައިރި އިށީއިންނަމުން ބުނެލިއެވެ. “އައިމް ސޮރީ. ޒެއީ ގުޅިކަން ނޭގުނީ.” ޒޭން މިއަދު ދިމާވި ކަންތައްތައް ކިޔާދިނެވެ. “އަަނހަ ދަރިފުޅުމެން ހާދަ އޮލަ ވާހަކަ އެއްގައި. ކާން ފަށަން ވީނު. ބައްޕަ މިރޭ ނާންނާނެ. މިތާ ކައިރި ރިސޯޓަކަށް ގޮސް ވީ.” ޒާހިދާ މިހެން ބުނެލީ އެމީހުން ކަައިރި އށީއިންނަމުންނެވެ. ޒެއިނާ ހިނިތުން ވެލުމަށްފަހު ދެންމެ ވީ ކަންތައްތައް ކިޔާދިނެވެ. އެއަށްފަހު ހޭން ފެށިއެވެ.

އެވަގުތު އޭނަ އަތަށް ގެނަ ހަރަކާތަކާއެކު އެތާ މޭޒުމަތީ އިން ތަށި ވެއްޓުނީ ޒެއިނާ ފަޔަށެވެ. ޒެއިނާ އަށް ރޮއިގަނެވުނެވެ. އެހާ ތަދުނުވި ކަމުގައި ވިޔަސް ފައިން އަންނަ ލޭތަށް ފެނުމުން އަޑުގެ ނެތް ތަނަށް ހަޅޭލެވެން ފެށުނެވެ. “ދަރިފުޅު ކިހިނެއްތި ހެދީ.” ޒާހިދާ ހާސް ވެފައި ބުނެލިއެވެ. ޒޭން ވަގުތުން ޒެއިނާ ސޯފާއަށް ގެންދިޔައެވެ. އަދި ބޭސް އަޅަން ފެށިއެވެ. ނަސީބަކުން ހަލާކުވެފަ އިނީ ކުޑަ ތަންކޮޅެކެވެ. ބޭސް އަޅާ ނިމުމުން ޒޭން ހަމަޖެހުމުގެ ނޭވާއެއްލިޔެވެ. އަދީ ޒެއިނާ އަށް ބަލާލިއެވެ. އޭރުވެސް ޒެއިނާ ދިޔައީ ލޯމަރައިގެން ހަޅޭލަވަމުންނެވެ. ޒޭން އަދި ޒާހިދާ އެކަކު އަނެއްކަކަށް ބަލާލިއެވެ. “ދަރިފުޅާ . ބޭސް އަޅާ ނިމިއްޖޭ..” ޒެއިނާ ދެލޯ ހުޅުވަލިއެވެ.

ކައިގެން ކޮޓަރިއަށް ގޮސް އަރާމުކޮށްލާ.” ޒާހިދާ މިހެން ބުނެ ބަތް ތައްޓެއް މޮޑެގެން ގެނެސް ޒެއިނާ އަތަށް ދިނެވެ. ޒޭން ވެސް ދިޔައީ ކާމޭޒު ކައިރި އަށް ކާށެވެ. “ހިނގާ ދާން.” ޒޭން މިހެން ބުނެލީ ޒެއިނާ ކައި ނިމުމުންނެވެ. ޒެއިނާ މަޑު މަޑުން ތެދުވެ ފައި ޖައްސާލިއެވެ. އޭނާގެ ފައި ހުރީ އައްސިވެފަ އެވެ. އެހެންވެ ހިނގޭގޮތެއް ނުވިއެވެ. ޒެއިނާ ނުވިސްނަ ހުއްޓަ ޒޭން އޭނަ އަތްދަނޑި މައްޗަށް ލުއި ފަތެއް ހެން ލިއެވެ. ޒާހިދާ ހިނިތުން ވުމަށްފަހު ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

ޒެއިނާ އަށް އެ ފިރިހެންވަންތަ މޫނަށް ބަލާލެވުނެވެ. އެ ދޮން މޫނަށް ޗޮކުލެޓް ކުލައިގެ ކަޅި ކިހާ ގުޅޭހެއްޔެވެ. ޒެއިނާ އަށް ކަޅިޖަހާ ނުލާ އެމޫނަށް ބެލެން ފެށުނެވެ. ޒޭން އަށް ވެސް ނޭނގޭ ތަފާތު އަސަރު ތަކެއް ކުރުވިއެވެ. ދެހިތް ވެސް އެދުނީ އެވަގުތު ކޮޅު ނިމުމަކަށް ނައުމަށެވެ.

ޒޭން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އަދި ޒެއިނާ އަށް ބަލާލިއެވެ. ޒެއިނާ ބަލަން ހުރުމުން ޒޭން އަށް ވެސް ބަލަން ހުރެވުނެވެ. އެކަޅުކަން ގަދަ ލޮލުގަ ވަނީ ކޮންފަދަ ޖާދޫއެއްބާއޭ ޒޭން ހިތައްއެރިއެވެ. ޒޭން އަމިއްލަ ޖަޒުބާތުތައް ކޮންޓުރޯލު ކުރުމަށް ފަހު ގޮސް ޒެއިނާ އެނދުގައި ބާއްވާލިއެވެ. އަދި ތެދުވެގެން ދާން އުޅުނެވެ. ނަމަވެސް އެކަމަށް ހުރަސް އެޅީ ޒެއިނާގެ އިސްތަށިގަނޑެވެ. ޒެއިނާގެ އިސްތަށި ތައް ވަނީ ޒޭން ގެ ގަމީހުގެ ގޮށުގައި އަޅާގެންފައެވެ. ޒޭން އެ ނައްޓަން އުޅުނެވެ.

އެނެއްޓުމަށްފަހު ޒޭން ޒެއިނާ ގެ މޫނަށް ބަލާލިއެވެ. ޒެއިނާ އޭރުވެސް އޮތީ ޒޭން ގެ ލޮލަށް ބަލާށެވެ. ޒޭން ޒެއިނާގެ މޫނަށް ބަލާލި ގޮތުން ޒޭން ގެ ހޫނުނޭވާ ޒެއިނާގެ މޫނަށް އެޅުނެވެ. ޒެއިނާ އަށް ބޭއިހުތިޔާރުގައި ޒޭންގެ ކަރުގައި އަތް ވަށާލެވުނެވެ. ޒޭން އަށް ވީ ގޮތެއް ނޭނގެއެވެ. ޒެއިނާގެ ތުންފަތަށް ބޮސްދެވެން ފެށުނެވެ.

ނުނިމޭ

46
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Pinkish

...

Other Articles

Previous

އަނދިރިފަރާތް (17 ވަނަ ބައި)

Next

މަންމާއޭ އެހެނަސް ލޯބިވޭ‎

Next
April 1, 2017

މަންމާއޭ އެހެނަސް ލޯބިވޭ‎

Previews
April 1, 2017

އަނދިރިފަރާތް (17 ވަނަ ބައި)

27 Comments

  1. Pinkish says:
    April 1, 2017 at 6:42 pm

    I m sorry guyxx.. my mom was died.. ehnve up nukurevunyy… alhuga ok vi thanaa hama up kuran feshymi.. hykuran emmen understand vaane kamah.. in sha allah dhn hama bunaa dhuhaakah up kohdheveythw balaanan.. hurihaa myhun vx mivaahaka aa medhu dhekey gothaa medhu comment kohlehvun edhen.. next part monday ga in sha allah.. love yuh.. ?

  2. rai says:
    April 1, 2017 at 6:48 pm

    VVVVVV reethi…..
    Than kola diguko ganas diba maa kuri….
    Avaskolacha next part….Waiting……….

    1. Pinkish says:
      April 1, 2017 at 6:55 pm

      Thankx raii.. i will try my best.. next part monday ga..

  3. luhan says:
    April 1, 2017 at 6:58 pm

    V reethi…Next part kiya hithun mihaaru mihury…?

    1. Pinkish says:
      April 1, 2017 at 7:11 pm

      Thankx luhan.. keep waiting.. ?

  4. Green handi says:
    April 1, 2017 at 7:16 pm

    Masha Allah varah reethi. Marhoomaa ah dhedhuniyeyge baajaverikan minvaru kuravvashe. Ameen

    1. Pinkish says:
      April 1, 2017 at 8:06 pm

      Thankx Green handi.. ☺

  5. sooo says:
    April 1, 2017 at 9:11 pm

    Mi part vex v reethi.. Ekam maakuruy.. Next part kon irakun dhen..

    1. Pinkish says:
      April 1, 2017 at 9:29 pm

      Thankx sooo… in sha allah monday ga..

  6. Hajja says:
    April 1, 2017 at 9:47 pm

    V reethi… dhen baeh miah vure dhigu vaane kamah hee kuran

    1. Pinkish says:
      April 1, 2017 at 10:26 pm

      I will try my bst.. thankx 4 reading Hajja..

  7. Shaa says:
    April 1, 2017 at 10:39 pm

    Reethi. Haadha duvahe fahun

    1. Pinkish says:
      April 1, 2017 at 11:06 pm

      Aan dww.. dhn nuvaane in sha allah ehnnehh.. thankx for reading shaa..

  8. Shaf says:
    April 2, 2017 at 11:14 am

    May Allah grant your mom jannath

    1. Pinkish says:
      April 2, 2017 at 12:30 pm

      Thankx shaf..

  9. Cherry says:
    April 2, 2017 at 1:14 pm

    Mihaaa bodu gap eh aissa aima kiyaa hiy kedijje

    1. Pinkish says:
      April 2, 2017 at 4:22 pm

      Its ok.. mithaa majubooru kuraa ekaku vx nuhunnaane.. kiyaa hiy nethiyya nukiyaanyy.. kiyan beynun myhun kiyaane.. thankx for the comment Cherry..

  10. haja says:
    April 2, 2017 at 3:44 pm

    V reethi mi part next part avahah up kure bala

    1. Pinkish says:
      April 3, 2017 at 1:10 pm

      Thankx haja..

    2. Pinkish says:
      April 3, 2017 at 4:11 pm

      thankx haja.. ?

  11. haja says:
    April 2, 2017 at 9:33 pm

    V reethi mi part next part avahah up kure deebala

  12. who am i? says:
    April 3, 2017 at 1:16 am

    v salhi☺ keep it up! dear?

    1. Pinkish says:
      April 3, 2017 at 4:12 pm

      thankx who am i.. ?

  13. vishaa says:
    April 3, 2017 at 11:34 am

    KOIRAKUNTHA UP KURANEE NEW PART…WAITHING

    1. Pinkish says:
      April 3, 2017 at 4:14 pm

      adhi upp nukurevigen miulhenyy… up kureveythww miulhenyy..

  14. Uney says:
    April 3, 2017 at 10:26 pm

    Manma ah suvarugeyge dhaimy niumai dhevaashi aameen … no part gov salhi

  15. Ree says:
    April 5, 2017 at 9:23 pm

    Nice haadha lahey new bai nukun nalen please avahan nerebala

Comments are closed.

All Right Reserved!