Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ރޭޝަމް (8)

Saandy
March 31, 2017
8 Mins Read
53 Views
80 Comments

“ދަރިފުޅު ކީއްތިކުރީ؟” އާލިމްއަށް ބުނެވުނެވެ.

“ދަރިފުޅު ރަނގަޅުތަ؟ ދަރިފުޅު ހިތްހަމަނުޖެހޭ ކަމެއް އޮތިއްޔާ ޖެހިލުންނުވެ ބައްޕަ ގާތު ބުނޭ. ބައްޕަ އަބަދުވެސް އެދެނީ ބައްޕަގެ ތިބި ދެދަރިން އުފަލުގަ ތިބުން.” އާލިމްއަށް ޒައިކް އެކައިވެންޏާމެދު އުފާނުވާހެން ހީވާތީ ބުނެލިއެވެ.

“ބައްޕަގެ އުފަލަކީ އަޅުގަނޑުގެ އުފާ. އަޅުގަނޑު މިހުރީ ބައްޕަ އެދިލައްވާ ގޮތަކަށް ކަންތައް ކުރަން.” ޒައިކް އެހެން ބުނިއިރު އެހިތް ވޭނުން ތެޅިގަތްކަން ޔަޤީނެވެ. ލޯބި ނުލިބުނަސް ބައްޕައަށްޓަކައި ޤުރުބާންވާން އޭނާ ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއްކަން މިއަދު ޒައިކްއަށް ޔަޤީންވެއްޖެއެވެ. އޭނާގެ ބައްޕަ އޭނާއަށްޓަކައި ހުރިހާ ކަމެއް ޤުރުބާންކޮށްލަން ތައްޔާރަށް ހުރިއިރު އޭނާއަށް އެބައްޕައަށްޓަކައި އެކަން ނުކުރެވެންވީ ސަބަބެއް ނެތެވެ.

“ދަރިފުޅު ގާތު ނާހާ ބައްޕަ ދަރިފުޅުގެ ކައިވެނި ހަމަޖެއްސީވެސް ބައްޕަގެ ނިންމުމަކާ ދަރިފުޅު ދެކޮޅު ނުހަދާނެކަން ޔަޤީންވާތީ. މިއަދު ބައްޕަ ވަރަށް އުފާވެއްޖެ. ދަރިފުޅު އަބަދުވެސް އުފަލުގަ ހުންނާތި. އޭރުން މިހިތަށް ފިނިކަން ލިބޭނީ.” އާލިމް ޒައިކްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ލޯބިވާ ބައްޕަގެ މޫނުމަތިން ފެންނަން އެހުންނަ ހިނިތުންވުން އޭނާގެ އެންމެ ޖުމްލައަކުން ވިއްސި ވިހާލިވެގެން ދާތަން ދެކޭނެހާ ހިތްވަރެއް ޒައިކްގެ ނެތެވެ. އޭނާ މަޑުމަޑުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އަތުގައި އޮތް ކޯޓު އެނދުމައްޗަށް އެއްލާލުމަށްފަހު ބަންޑުން އެނދުމައްޗަށް ވެއްޓިގަތެވެ. އެޔާއެކު ދެލޮލުން ކަރުނަތައް އޮހިގަތެވެ. ކެތްކުރަން ދަތި ވޭނެއް ހިތުގައި އަޅަމުން ދިޔައެވެ. ޒައިކް ބޭނުންވީ ހިތް ފުރެންދެން ރޯލާށެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވާށެވެ. އޭރުންވެސް އެ ލިބެމުންދާ ވޭން ތަންކޮޅެއް ކުޑަވާނެތާއެވެ.

ދެދުވަސް ވޭތުވެގެން ދިޔައިރު ރޭޝަމްވެސް ޒައިކްވެސް އޮފީހަކަށް ނާދެއެވެ. ދިމްނާއާއި ލާރާ ގުޅުމުންވެސް ރޭޝަމް ފޯނެއް ނުނަގައެވެ.

“ރޭޝަމް!” ދިމްނާއާއި ލާރާއަށް އޮފީހަށް ވަދެގެން އައި ރޭޝަމް ފެނުމުން ގޮވާލިއެވެ.

“ދިމޫ! ރޭޝަމްއަށް އެނގޭތަ އޭނަގެ މަޤާމު ބަދަލުވިކަން.” ލާރާ މަޑުމަޑުން ދިމްނާގެ ކަންފަތްދޮށުގައި ބުނެލިއެވެ. ޖަވާބުގައި ދިމްނާ، އެނގޭހެނެއް ހިއެއްނުވެޔޭ ބުނެލިއެވެ.

“ހާއި ރޭޝަމް. އަހަރެމެން އެންމެންވެސް ހީކޮށްގެން ތިބީ ރޭޝަމްއަށްކަމަށް އެމަޤާމު ލިބޭނީ. އެކަމަކު އެހެނެއް ނޫން ދޯ މިވީ. ވަޒީފާގެ ކުރިއެރުން ލިބުމުގެ ބަދަލުގަ މަޤާމު ދަށްވީ.” ލޫތު އައިސް އެމީހުންގެ ގާތަށް ހުއްޓެމުން އެހެން ބުނެލީ އެމީުން ހީކޯށްގެން ތިބިގޮތަށް ކަންތައް ނުވުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރާށެވެ.

ވޭތުވެދިޔަ ދެދުވަހު އޮފީހުގައި މުޅިންވެސް ދެކެވުނީ އެވާހަކައެވެ. ރޭޝަމްއަކީ އެއޮފީހުގެ އެންމެންގެ ލޯބި ހޯދާފައިވާ މުވައްޒަފެކެވެ. ރޭޝަމްގެ ހިތްހެޔޮކަމާއި މީހުންނާއި ގުޅިގެން އުޅެން އެނގުން ވެގެންދިޔައީ އޮފީހުގެ އެންމެންވެސް ރޭޝަމްދެކެ ލޯބިވި ކަމަކަށެވެ.

“މަޤާމު މަޤާމު ދަށްވީއޭ!؟ ތީގެ މާނައަކީ…” ރޭޝަމްއަށ ލިބުނު ހައިރާންކަމުން ކޮޅަށް ތެދުވެވުނެވެ. ދިމްނާއާއި ލާރާ ހާސްވީ ރޭޝަމްއަށް ކަމެއް ވެދާނެތީއެވެ. ޖަލްސާގައި ރޭޝަމްއަށް ވީވަރު އެމީހުންނަށް ވަނީ ފެނިފައެވެ. އެދެމީހުންނަށްވެސް ހީވެފައި އޮތީ އެރޭ ރޭޝަމް އެވަރަށް ރުއީ އޭނާ އުއްމީދުކުރި ގޮތަށް ކަންތައް ނުވުމުންކަމަށެވެ. އެ ކަރުނައިގެ ހަޤީޤަތް އެއިން އެކަކަށްވެސް ނޭނގެއެވެ.

“ރޭޝަމްއަކަށް ނޭނގޭތަ؟ ދިމްނާ ނުބުނަންތަ؟ މިހާރު ރޭޝަމް ތިހުރީ ކުރިން އަހަރެން ހުރި މަޤާމަށް ބަދަލުކޮށްފަ. އަހަރެން ޒުހައިރުގެ މަޤާމަށް ލާފަ ޒުހައިރު ރޭޝަމް ހުރި މަޤާމަށް ލާފަ. މި ދިމްނާއާ ލާރާއާ ދެމީހުންނަށްވެސް މުސާރައިގެ ކުރިއެރުމެއް ލިބުނު. އަސްލު އަހަރެންނަށް ވިސްނުނު ގޮތުގަ ޒައިކް ސަރ ކޮންމެވެސް ޒާތީ ހަސަދައެއް ފިލުވާލާފަ މިއޮތީ.” ލޫތުގެ ވާހަކަ އަޑުއެހުމަށްފަހު މަޑުވެސްކޮށްނުލާ ރޭޝަމް ދިޔައީ ޒައިކްގެ ކެބިންއަށެވެ. ޒުހައިރުއާއެކު ކޮންމެވެސް ފައިލެއް ބަލަން އިން ޒައިކް ސިހުނީ ދޮރު ހުޅުވާލާފައި ވަތް ރޭޝަމް ފެނިފައެވެ.

“ޒައިކް! މީ ކޮންކަމެއް؟” ރޭޝަމް އައިގޮތަށް އައިސް މޭޒު ކައިރީ ހުއްޓުނެވެ. ރޭޝަމް ހުރިގޮތް ފެނިފައި ޒުހައިރުއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އެދެލޮލުގައި އޮހިގަންނަން ތައްޔާރަށްހުރި ކަރުނަތަކުން ރޭޝަމްއަށް ލިބެމުންދާ ވޭން އެނގޭހާވެއެވެ.

“ޒުހައިރު! ޒައިކްގެ އިޝާރާތަށް ޒުހައިރު ބޭރަށް ނުކުތެވެ.

ޒައިކް ގޮނޑީގައި ހަމަޖެހިލާފައި ރޭޝަމްއަށް ބަލާލިއެވެ. ދެދުވަސްވެފައި ރޭޝަމް ފެނިލުމުން އޭނާގެ ދިރުމެއްނުވާ ހިތަށް ދިރުން އައި ކަހަލައެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއިރު އެހިނިތުންވުމުގައި ވަނީ ކިހާ ވޭނެއްކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟

“ޒައިކް! އަހަރެން މި ވާހަކަދައްކަނީ ޒައިކްއާއޭ. ކީއްވެތަ ޖަވާބު ނުދެވިގެން ތިއުޅެނީ؟” ޒައިކްގެ ހިތް އެދުނީ ގޮނޑިން ތެދުވެގެން ގޮސް ރޭޝަމް އެއަތުގެ ތެރެއަށްލާ ބޮނޑިކޮށްލާށެވެ. ހިތް ފުރެންދެން ލޯބިދޭށެވެ. މި ވޭތުވެދިޔަ ދުވަސްތަކުގައި އެހިތަށް ދިން އަނިޔާއާއި ވޭން ހަނދާންނެތޭވަރަށް ލޯބިދޭށެވެ.

ޒައިކްގެ ހިމޭންކަން ފެނި ރޭޝަމްގެ ހިތަށް އިތުރަށް ތަދުވާން ފެށިއެވެ.

“ޒައިކް އަހަރެންނަށް ވަޒީފާގެ ކުރިއެރުން ނުދިނަސް އަދި މުސާރައިގެ ކުރިއެރުން ނުދިނަސް އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. އެކަމަކު އަހަރެންގެ މަޤާމު ދަށްކުރީ ކީއްވެތީ އަހާލަން އަހަރެން ބޭނުން. ޒައިކް!” ރޭޝަމް އައިސް ޒައިކްގެ ގާތަށް ހުއްޓުނެވެ. އޭރުވެސް ޒައިކް އިނީ ހިމޭނުން ރޭޝަމްގެ ދެލޮަލަށް ބަލަހައްޓައިގެންނެވެ. ލޯ މަރާލާފައި ލޯ ހުޅުވާލާއިރަށް ރޭޝަމް ގެއްލިދާނެތީ ޒައިކް އިނީ އެސްފިޔަ ޖަހާލަންވެސް ބިރުންނެވެ.

“އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން ޒައިކް ތިހެން ކަންތައް ކޮށްފާނެއެކޭ. އަހަރެންގެ އިހުސާސްތަކާ ކުޅެލާ، މިހިތަށް ލޯބިދީ، އެއްވެސް ރަހުމެއްނެތި މިހިތް ތި ފުނޑުފުނޑުކޮށްލީ އަހަރެންނަށް ކޮން ކުށެއް ކުރެވިގެންތަ؟ ބުނެދީބަލަ.” ރޭޝަމް ޒައިކްގެ އަތުގައި ހިފަހައްޓާލިއެވެ. އެޔާއެކު ޒައިކްއަށް ލޯމަރާލެވުނީ ހިތަށް ލިބުނު ފިނިކަމަކުންނެވެ. ރޭޝަމްގެ އެ ކުޑަކުޑަ ބީހިލުމުންވެސް ޒައިކްގެ ހިއްސުތަކަށް އަސަރު ފޯރުވާލިއެވެ.

“ޒައިކް ޕްލީޒް! ތި ހިމޭންކަމުން މިހިތަށް ހާދަ ތަދެއްވެޔޭ.” ޒައިކް ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ. ކަރު އެލުވާލައިގެން އާދޭހުގެ ނަޒަރަކުން ބަލަންހުރި ރޭޝަމް ފެނި ޒައިކްއަށް ރޭޝަމްގެ އަތަށް ފިތާލެވުނެވެ. ކެތްކުރާނެހާ ހިތްވަރެއް މިހާރު އެހިތަކު ނެތެވެ. ހިތް އެދެމުން ދިޔައީ ރޭޝަމްއަށް އޭނާ މަޖުބޫރުވެފައިވާ މިންވަރު އަންގައިދޭށެވެ.

ރޭޝަމް ހިފަހައްޓައިގެން ހުރި އަތުގައި އަނެއް އަތުން ހިފަހައްޓާލައިގެން ޒައިކް އިންއިރު ކެތްކުރަން ދަތި އިހުސާސެއް އެހިތުގައި ހިނގަމުން ދިޔައެވެ. ޖަޒުބާތުގެ އޮއިވަރުގައި ބެހެމުންދިޔަ އޭނާގެ ހިއްސުތަކުގެ މައްޗަށް ބާރު ނުފޯރުވުނީ ކީއްވެކަމެއް ނޭނގުނެވެ. ކުއްލިއަކަށް ރޭޝަމްގެ އަތުގައި ތުންފަތް ޖައްސާލެވުނެވެ. އެދެލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ޒައިކް ދެލޯ މަރާލުމަށްފަހު އެގޮތުގައި ވަގުތުކޮޅެއް ހޭދަވެގެން ދިޔައެވެ.

“ޒައިކް ޕްލީޒް! އަހަރެންނަށް ތިލޯތްބާނުލައެއް ނޫޅެވޭނެ. އަހަރެން ޒައިކްއާ ދުރުނުކުރޭ. އިތުރަށް ކެތްކުރާހާ ބާރެއް މިހިތުގައެއް ނެތް. ޒައިކްއާނުލާ އަހަރެން އުޅޭނީ ކިހިނެއް؟ ޕްލީޒް ޒައިކް!” ޒައިކް ލޯ ހުޅުވާލުމުން ރޭޝަމް ދައްކަމުންދިޔަ ވާހަކަ ހުއްޓާލިއެވެ. ލޮލާއި ލޯ ދިމާވެ އަތާއި އަތް ގުޅި ލާމެހިފައިވާއިރު އެ ޖަޒުބާތީ ވަގުތު ކެތްކުރަން ޒައިކްއަށް ވަރަށް އުނދަގޫވިއެވެ. ނަމަވެސް އޭނާގެ ހިއްސުތަކުގެ މައްޗަށް ބާރު ފޯރުވަމުން ރޭޝަމްގެ އަތް އޭނާގެ އަތާއި ވަކިކޮށްލިއެވެ.

“ރޭޝަމްގެ މަޤާމު ދަށްކުރުމަކުން ރޭޝަމްއަށް ލިބޭނެ ދެރައެއް ނޯންނާނެ. މިހާރުވެސް ތިލިބޭ މުސާރަ ބަރާބަރަށް ލިބޭނެ. އެންމެ ލާރިއެއްވެސް މަދެއް ނުވާނެ. އެހެންނޫނަސް މަޤާމުތަކަށް ބަދަލު ގެންނައިރު ބަލަންޖެހޭ ކިތަންމެ ކަމެއް ހުންނާނެ.” ޒައިކް ވާހަކަ ހުއްޓާލަމުން ހިންދިރުވާލިއެވެ. އޭރު އޭނާގެ މޭގައި ވޭނީ ތަދެއްވާކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ.

“ޒައިކް އަހަރެން…”

“ރޭޝަމް! މި އޮފީހުގެ ވެރިއަކީ އަހަރެން. މިތަނުގެ ނިންމުންތައް ނިންމާނީވެސް އަހަރެން. ހިތްހަމަނުޖެހެންޏާ ވަޒީފާ ދޫކޮށްލާފަ ދާންވީ. އަދި އެއްވާހަކަ. މިހާރު ރޭޝަމް ތިހުރި މަޤާމުން މި ކެބިންއަށް ވަދެ އުޅުމުގެ ހުއްދައެއް ނޯންނާނެ. އަހަރެންނާ ހަމައަށް ވާހަކައެއް ފޮނުވަން ނޫނީ ބުނަން ބޭނުން ވާހަކައެއް އޮތިއްޔާ ޒުހައިރު ނޫނީ ލޫތު މެދުވެރިކޮށް އެކަން ކުރަން އާދަކުރޭ!” ރޭޝަމްއަށް ދެލޯ މަރާލެވުނެވެ. ލޮލުން އޮހެމުންދިޔަ ކަރުނައިން އެރީތި އޮމާން ކޯތާފަތް ތެންމަމުން ދަނީއެވެ.

މަޑުމަޑުން ހުރިތަނަށް ތިރިވަމުންދިޔަ ރޭޝަމް ޒައިކްގެ ކަކުލުގައި ބޯޖައްސާލައިގެން އިށީނެވެ. ރޭޝަމްގެ ވޭނީ ގިސްލުމުގެ އަޑުން ޒައިކްގެ ހިތް އެތެރެހަށީގައި ތާށިވާގޮތްވިއެވެ. ނޭވާ ހާސްވެ މޭގެ ރިހުން އިތުރުވިއެވެ. ކުއްލިއަކަށް ޒައިކް ފުންމައިގެން ތެދުވިއެވެ.

“ޕްލީޒް!” ނެތް ހިތްވަރުލާފައިވެސް ޒައިކްއަށް ބުނެވުނީ ހަމަ އެންމެ ލަފުޒެކެވެ. އެޔާއެކު އަތުގެ އިޝާރާތުން ނުކުތުމަށް އެންގިއެވެ. ރޭޝަމް ބޯ ހޫރާލިއެވެ. އޭނާގެ ހިތަށް އެގޮތަށް އަނިޔާ ނުދިނުމަށް އެދި އާދޭސްކުރިއެވެ.

ޒައިކް އިރުކޮޅެއްވަންދެން ނޭވާ ހަމައަކަށް އެޅޭތޯ މަސައްކަތްކުރަމުން ގޮނޑި ފަހަތަށް ކޮއްޕާލާފައި ގޮސް މަޑުކޮށްލީ ބޭރު ފެންނަ ގޮތަށް އިސްކޮޅާއި އެއްވަރަށް ޖަހާފައިހުރި ދޮރު ކައިރިއަށެވެ. އޭރު ދުރުން ކަނޑުގައި ކެކި އަރަމުންދާ ބިޔަ ރާޅުތައް ފެންނަމުން ދިޔައެވެ. ޒައިކް ދެޖީބަށް އަތް ޖަހާލަމުން ދެލޯ މަރާލިއެވެ. އެ ކަނޑެކޭ އެއްގޮތަށް އޭނާގެ ހިތުގެ ޖަޒުބާތުތައްވެސް ކެކި އަރަމުން ދަނީއެވެ.

ރޭޝަމް އެގޮތުގައި ވަނިކޮށް ޒައިކް ކުއްލިއަކަށް ތެދުވެ ދާން އެނގުމުން ރޭޝަމްއަށް އަނގަމަތީ އަތްއަޅާލެވުނެވެ. އޭނާއަށް އެކަން ޤަބޫލުކުރަން ދަތިވިއެވެ. އެއީ އޭނާދެކެ އިންތިހާއަށް ލޯބިވި ޒައިކްބާއޭ އޭނާގެ ހިތަށް އެރިއެވެ. ޒައިކް ފުރަގަސްދީގެން ހުރުމުން އެދެލޮލުން ފޭދިގެންދިޔަ ކަރުނަތައް ރޭޝަމްއަށް ނުފެނުނީ ޒައިކްގެ މަޤުސަދު ހާސިލްވުމަށްކަން ޔަޤީނެވެ. ރޭޝަމް އަނގަމަތިން އަތްނުނަގާ ހުރީ އެހިތުގެ ވޭނީ އަޑު އިތުރަށް ޒައިކްއަށް ނީއްވާށެވެ. ރޭޝަމް ތެދުވެ ބޭރަށް ދުއްވައިގަތެވެ. އެދިޔަ ބާރުމިނުގައި ގޮސް އަތްދަބަސް ނަގައިގެން ދުވެފައި ބޭރަށް ނުކުތެވެ. ދިމްނާއާއި ލާރާ ރޭޝަމްއަށް ގޮވަމުން ވީ ކީއްތޯ އެހުމުންވެސް ޖަވާބެއްނުދީ ނުކުމެގެން ދިޔައީއެވެ.

ރޭޝަމް ރޮމުން ނުކުމެގެން ދިއުމުން ދިމްނާއާއި ލާރާއަށް ވަރަށް އަސަރުކުރިއެވެ. އެޔާއި އެއްވަރަށް ޒައިކްދެކެ ރުޅިވެސް އައެވެ.

“އެ ޒައިކް ކީކޭ ހިތަށް އަރައިގެންތަ އެއުޅެނީ ރޭޝަމްއާ ޖައްސާލައިގެން؟ ހާދަ ފޫހިވެޔޭ. މާ ރީތިވީމަ ކަންނޭނގެ. ތިމާއަށް ރީތި ސިފައެއް ލިބުނަކަސް އުޅުމެއްނެތް. ހާދަ ފޫއްސެއްވެޔޭ. އެ ޤާދިރު އުޅުނުއިރު ކިހާ ރަނގަޅު. ދުޢާކުރަންވީ މި ޒައިކްއެއް އަވަހަށް މިތަނުން ދޭތޯ.” ހަޤީޤަތް ނޭނގި ހުރެ ލާރާ ޒައިކްއާ ދިމާއަށް ހިތު ހުރިހާ އެއްޗެއް ގޮވަމުން ދިޔައެވެ.

ރޭޝަމްގެ ރުއިމުގެ އަޑުކެނޑި ތަން ހިމޭންވުމުން ޒައިކް އެގޮތުގައިހުރެ އަމިއްލަ ޖަޒުބާތުތަކާއި ހަނގުރާމަކުރަމުން ފަސްއެނބުރި ބަލާލިއެވެ.

“ރޭޝަމް! އަހަރެންނަށް މަޢާފްކުރޭ!” ޒައިކް މަޑުމަޑުން ގޮސް ގޮނޑީގައި އިށީނެވެ. ނޭވާ ހާސްވެ މޭގެ ރިހުމަށް ލުޔެއް ނުލިބުމުން ކަރުގައި އޮތް ޓައީވެސް ދޫކޮށްލިއެވެ. އެވަރުންވެސް ކެތްނުވުމުން ގަމީހުގެ މޭމަތިން ދެތިން ގޮށް ނައްޓާލިއެވެ. އެއަށްފަހު ދެލޯ މަރާލިއެވެ.

“ސަރ! އާރ ޔޫ އޯކޭ؟” އެތެރެއަށް ވަތް ޒުހައިރުއަށް ލިބުނީ ހައިރާންކަމެކެވެ. މިވަގުތު ޒައިކް އިންގޮތް ފެނުނު ކޮންމެ މީހަކަށް އެހިތުގެ ހާލު ރަނގަޅަށް އެނގިގެން ދާނެއެވެ. ޒުހައިރުގެ ސުވާލަށް އެއްވެސް ޖަވާބެއް ނުލިބުމުން އެނބުރި ދާން ހިނގައިގަތެވެ.

ދިމްނާއާއި ލާރާ ވާހަކައިގައި ޖެހިފައި ތިއްބާ ޒައިކްގެ ކެބިންއިން ނުކުމެގެން އައި ޒުހައިރު އެތަނަށް މަޑުކޮށްލިއެވެ.

“އަހަރެންނަށް ހީވަނީ ރޭޝަމްއާ ސަރއާ ދެމެދު ކޮންމެވެސް ގުޅުމެއްވާހެން. ސަރގެ ކެބިންއިން ރޮމުން ނުކުމެގެންދިޔަ ރޭޝަމްއާ އެތެރޭގަ ސަރ އިންގޮތުން އެދެމެދުގައި ގުޅުމެއްވާކަން ޔަޤީން.” ޒުހައިރުގެ ވާހަކައަށް އެންމެންވެސް އެއްބަސްވެއެވެ. އެދެމެދުގައި ކޮންމެވެސް ގުޅުމެއްވާކަން ޔަޤީނެވެ. ނޭނގެނީ ކޮން ގުޅުމެއްކަމެވެ.

“ދިމްނާ! އަހަރެންނަށް ފެންނަނީ ރޭޝަމްއާ ވާހަކަދައްކަން. ވެގެންއުޅޭ ގޮތެއް އެނގުނީމަ ފަހަރެއްގަ އަހަރެމެންނަށްވެސް އެހީއެއް ވެދެވިދާނެއެއްނު.” ކުޑަކޮށް ވިސްނާލާފައި ޒުހައިރު ބުނެލިއެވެ.

“ޒުހައިރުއަށް ހީވޭތަ ރޭޝަމް އަހަރެމެންނަށް ކިޔައިދޭނެހެން. އޭނަ ދުވަހަކުވެސް އަހަރެމެންނަށް ތިވާހަކަ ކިޔައެއް ނުދޭނެ. އަހަރެމެން އެކުގަ އުޅޭތާ ދެއަހަރުވީ. އެކަމަކު ދުވަހަކުވެސް އޭނަގެ ލައިފްއާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުކިޔައިދޭ.” ލާރާގެ ވާހަކަތަކަށް ތާއީދުކުރުމުގެ ގޮތުން ދިމްނާވެސް ބޯޖަހާލިއެވެ.

“އަހަރެންނަށް ވިސްނޭ ގޮތުގަ އެންމެ ރަނގަޅު ގޮތަކީ ތިކަމުގެ ތެރެއަށް އަހަރެމެން ނުވަނުން.” ދިމްނާ އެހެން ބުނީ ރޭޝަމްއާ ސުވާލުކޮށްގެން އެދެމެދުގައިވާ ދުވަސްވީ ރަޙުމަތްތެރިކަން ގެއްލެން ނޭދޭތީއެވެ. ރޭޝަމް ވަނީ އޭނަގެ އަމިއްލަ ދިރިއުޅުމާއި ބެހޭގޮތުން ސުވާލުނުކުރުމަށް އެދިފައެވެ. އެހެންކަމުން އެންމެންވެސް ނިންމީ އިތުރަށް އެވާހަކަ ނުދައްކާށެވެ.

ކުރިއަށް އޮތީ ޗުއްޓީ ދެދުވަސްކަން އެނގޭތީ ޒައިކް ގެއަށް ދިޔައީ ބޭނުންވާ ބައެއް ފައިލުތައް ހިފައިގެންނެވެ. ގޭގައި މަސައްކަތްތައް ނިންމާލުމަށެވެ. ރޭޝަމްގެ ޚިޔާލުތަކާއި ދުރަށް ދިއުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީކަން އޭނާއަށް އެނގެއެވެ.

“ދަރިފުޅާ! ނުކައެއްނު ތިހުރީ. ކައިގެން އަންނަންވީނު ތިކަން ކުރަން.” ހުސްނާ އައިސް ވަތްއިރު އެނދުމަތީގައި ދެފައިލު ހުޅުވައިގެން މަސައްކަތުގައި އަވަދިނެތި ޒައިކް އިންތަން ފެނުމުން ހުސްނާ ބުނެލިއެވެ.

“ދެންމެ ކޮފީއެއް މިބުއީ. ދެން ފަހުން ކާނީ.” ޒައިކް އެހެން ބުނިއިރުވެސް އިނީ ފައިލަށް ބަލާށެވެ. އޭނާ ކާހިތް ނެތްއިރުވެސް ކޮފީއެއް ބޯލީ މާބޮޑަށް ބަނޑުހައިވެދާނެތީއެވެ.

ޒައިކްއަށް ބަލަން އިރުކޮޅަކު ހުރެފައި ހުސްނާ ނުކުމެގެން ދިޔައެވެ. އޭރު އޭނާގެ ހިތުގައި ރިއްސަމުން ދިޔައެވެ. ޒައިކް ކިތަންމެ ސިއްރުކުރަން އުޅުނަސް އެހިތުގެ ހާލު ހުސްނާއަކަށް ސިއްރެއްނުވެއެވެ. އެދެލޮލުގައި އެވާ މާޔޫސްކަން އެމައިމީހާގެ ހިތަށް ތަދުކުރަމުން ދަނީއެވެ. ޒައިކް އޮފީހުގެ މަސައްކަތް ގެއަށް ގެނެސްގެންވެސް އެ ކުރަނީ ޒީނަތުއާއެކު ވަގުތު ހޭދަނުކޮށްވާނެ ގޮތެއް ހެދުމަށްކަންވެސް ހުސްނާއަށް އެނގެއެވެ.

ޗުއްޓީ ދެދުވަސް ނިންމާފައި ރޭޝަމް އޮފީހަށް ނުކުތީ އާ ހިތްވަރެއްލާފައެވެ. ޒައިކްގެ ލޯބީގައި އެހިތް އެތައްފަހަރަކު ޒަޚަމްވިއެވެ. އެއިން ކޮންމެ ފަހަރަކުވެސް ނެތް ހިތްވަރުލާފައި ނުކުމެ ދިރިއުޅުމުގެ މައިދާނުގައި ފައި ހަރުކޮށްލަނީއެވެ. މިފަހަރުވެސް އޭނާ އެކަން ކާމިޔާބުކުރާނެއެވެ. ދިރިއުޅުމަކީ ހަނގުރާމައެކޭ މުސްކުޅިން އެބުނާ ވާހަކަ މިއަދު ރޭޝަމްއަށް ޔަޤީންވެއްޖެއެވެ. ލޯބީގެ ހަނގުރާމައިގައި ލިބޭ ޒަޚަމްތައް ފުންވެފައި ގިނަ ދުވަހު ތާޒާކަމާއެކު ދެމިގެން ދާކަމީވެސް ދުނިޔެ ދައްކާ ހަޤީޤަތެކެވެ. ރޭޝަމް އޭނާއަށް ޚާއްސަކުރެވިފައިވާ ތަނުގައި އިންއިރު އޭނާ އިނީ ފުން ވިސްނުމެއްގައެވެ. ދިމްނާއާއި ލާރާ އައިސް ސައިބޯން ދިއުމަށް އެދުމުން އޭނާ އެކަމަށް އުޒުރުވެރިވިއެވެ. ކެއުމާއި ބުއިމަކީ މިހާރު އޭނާ އެންމެ ފޫހިވާ ކަންތަކެވެ.

އޮފީހަށް ދާން ތައްޔާރުވެގެން ގެއިން ނުކުތީއްސުރެ ޒައިކްގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ރޭޝަމް އޮފީހަށް އަންނާނެބާއޭ ހިތަށް އަރާވަރުންނެވެ. އޮފީހަށް ވަތްގޮތަށް ޒައިކް ނަޒަރު އެކި ދިމަދިމާއަށް ދަތުރުކޮށްލީ ރޭޝަމް ފެނޭތޯއެވެ. ގޮނޑީގައި އިސްއޮބާލައިގެން އިން ރޭޝަމް ފެނުމުން ޒައިކްގެ ހިތަށް ފިނިކަމެއް ލިބުނެވެ. ރޭޝަމް އޮފީހުން ފެންނާނެބާއޭ ހިތަށް އަރާވަރުން ވޭތުވެދިޔަ ދެދުވަސް އޭނާ ހޭދަކުރީ ބޭޤަރާރުކަމާއެކުގައެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ޒައިކް ގޮސް ކެބިންއަށް ވަނެވެ. ގޮނޑީގައި ހަމަޖެހިލަމުން ﷲއަށް ޙަމްދުކުރިއެވެ. މިހާރު އޭނާއަށް ކުޑަވެސް ހިތްހަމަޖެހުމެއް ލިބެނީ ރޭޝަމް އޮފީހުން ފެނިލާތީއެވެ.

އެއްމަސް ފާއިތުވެގެން ދިޔައިރު ޒައިކްގެ މޭގެ ރިހުން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. މިކަމާއިހެދި މިހާރު ޒައިކްއަށް އުޅެންވެސް ދަތިކަމަކަށް ވެއްޖެއެވެ. އެއްވެސް މީހަކަށް ޒައިކް މިކަމެއް ނާންގައެވެ. ހިތަށް ލިބޭ ތަދާއި ވޭނުގެ ސަބަބުން ނުކެވެން ފެށުމުން ޒައިކް ވަރަށް ބޮޑަށް ހިކެމުން ދިޔައެވެ.

“ދަރިފުޅާ! ނިދަނީތަ؟”

“ނޫން މަންމާ.” އެނދުގައި ޖައްސާލައިގެން އޮތް ޒައިކް ތެދުވެ އިށީނދެލިއެވެ.

“ދަރިފުޅު ތިގޮތަށް ކަންތައް ކުރަންޏާ ކިހިނެއް ތިގުޅުން ކުރިއަށް ދާނީ. މަންމަ ބުނީމެއްނު ދެކުދިން އެކުގަ ތަންތަނަށް ގޮސް ކާލާ، އެކުގަ ވަގުތު ހޭދަކުރި ވަރަކަށޭ ލޯބިވެސް އުފެދޭނީ. ތިގޮތަށް ދުރުދުރުން އުޅެންޏާ ކިހިނެއްތަ ތިޚިޔާލުތަކާ ދުރުވާނީ؟” ހުސްނާ ޒައިކްގެ އަތުގައި ހިފާލިއިރު އެއަތްތިލަ އާދަޔާއި ޚިލާފަށް ފިނިކަން އޭނާއަށް ފާހަގަކުރެވުނެވެ.

“މަންމާ! އަހަރެން ވަރަށް މަސައްކަތްކުރަން ޒީނަތުއާއެކު އުޅެވޭތޯ. ބައެއްފަހަރު ނުދެވުނަސް ގިނަފަހަރު ދަން.” ޒައިކް އިސްއޮބާލައިގެން އިނދެ ބުނެލިއެވެ.

“މަންމައަށް އެނގޭ ދަރިފުޅު މަސައްކަތް ކުރާކަން. އެކަމަކު ދަރިފުޅު ތިގޮތަށް ދެރަވެފަ ހުންނާތީ މިހެން މިކިޔެނީ. އެހެންކުދިންހެން ދަރިފުޅުވެސް އުފަލުގަ ހުންނަތަން ދެކެން މަންމަވެސް ބޭނުންވޭ.” ޒައިކް ކުރަމުންދާ ހިތާމަ ހުސްނާއަށް އެނގެއެވެ. ނަމަވެސް އާއިލާއާއި ފިރިމީހާގެ ޢިއްޒަތާއި ޤަދަރަށްޓަކައި އޭނާއަށް މަޖުބޫރުވަނީއެވެ.

“އަހަރެންވެސް ބޭނުން އުފަލުގަ އުޅެން. އެހެންމީހުންހެން ސައިކަލު ދުއްވާލާ އެކުގަ ކާލާ އުޅެން. އަހަރެންވެސް ދެކުނިން ރީތި ހުވަފެންތަކެއް. އެކަމަކު ކީއްކުރާނީ؟ އަހަރެންގެ ނަސީބުގަ ނެތްކަމެއް ނުވާނެކަން އެނގޭ. މަންމައާ ބައްޕައަށްޓަކާ އަހަރެން މަސައްކަތްކުރާނަން އުފަލުގަ އުޅެވޭތޯ.” ޒައިކް ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. ރައްދުގައި ހުސްނާވެސް ދަރިފުޅަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެއަށްފަހު ނުކުމެގެން ދިޔައިރު ޒައިކްގެ އަތުގައިވީ ފިނިކަމުގެ އަސްލު ހޯދަން ވީ ކީއްތޯ އަހާލަން ހަނދާނެއްވެސް ނެތެވެ.

މަސްދުވަސް ފަހުން ޝިފާން އަންނަނީއެވެ. ކޮޓަރީ އެނދުގައި އޮވެ ވިސްނަމުންދިޔަ ރޭޝަމްގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ޝިފާންއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އޭނާގެ ދިރިއުޅުން މި ދާގޮތުން އޭނާއަށް ވަނީ ހަދާނެގޮތް ހުސްވެފައެވެ. އެއް އޮފީހެއްގައި މަސައްކަތްކުރިޔަސް މިހާރު ޒައިކްއާ ބައްދަލުނުވާތާނގައި ފެނިލަނީވެސް މަދު ފަހަރަކުއެވެ. ޒައިކްއަށް އަންނަމުންދާ ބަދަލުތަކުން އެހިތުގެ ހާލު ރޭޝަމްއަށް ކިޔައިދެމުން ދިޔައެވެ. ދެރައީ ޒައިކް އެގޮތަށް ކަންތައްކުރާ ސަބަބު ބުނެނުދީ އަމިއްލައަށް އެހިތްދަތިކަމާއި ވޭނާއި ހަނގުރާމަކުރާތީއެވެ. ޒައިކްގެ އާއިލާއިން އެގުޅުމަށް ނުރުހުނީކަން ރޭޝަމްއަށް މިހާރު ޔަޤީންވެއްޖެއެވެ. އެހެންކަމުން އޭނާ އިތުރަށް ޒައިކްއާ ކުރިމަތިނުލީ އެކަމުން ޒައިކްއަށް ލިބޭ ވޭން އިތުރުވާނެތީއެވެ.

ޝިފާންގެ އިންތިޒާރުގެ ވަގުތު ހަމަވަނީއެވެ. މިރެއަކީ އޭނާއަށް ރޭޝަމްގެ ޖަވާބު ލިބޭނެ ރެއެވެ. ޝިފާންއަށް އުފަލުން އިރުއިރުކޮޅާ ހީލެވެއެވެ. އޭނާގެ ހިތްވަނީ ހަލަބޮލިވެފައެވެ. ރޭޝަމްގެ ޖަވާބު އަޑުއެހުމަށް ބޭޤަރާރުވެފައިވާ އޭނާގެ ހިތަށް އެންމެ މިނެޓެއްވެސް ހީވަނީ އެއްގަޑިއިރުހެންނެވެ.

ޝިފާންއަށް މާލެ އާދެވުނީ އިރުއޮއްސި އަނދިރިވެއްޖެއެވެ. ގެއަށް ދެވުނުއިރު ނުވައެއް ޖަހައިފިއެވެ. މިހާރު ޝިފާން އެ އިންތިޒާރު ކުރަނީ ރޭޝަމް ފެނިލާނެ އިރަކަށެވެ. ގެއަށް ދެވުމުން އެނގުނީ ރޭޝަމް ގޭގައި ނެތްކަމެވެ.

“ރޭޝަމް ވީ މާދަމާ ރީމް ސްކޫލަށް އެއްޗެހިތަކެއް ގެންދަން ޖެހިގެން އެ ގަންނަން ގޮސް.” ހައްވަ އެހެން ބުނެލަމުން ޝިފާންއަށް ކާން ހަދައިދިނެވެ. ޝިފާން އެއްގޮތަކަށްވެސް ކާހިތެއް ނެތެވެ. މާލެ އައީއްސުރެ އޭނާއަށް އަދި ރޭޝަމް ފެނިނުލައެވެ. އޭނާއަށް ހަމަޖެހިލެވޭނީ ރޭޝަމް ފެނިލީމައެވެ.

“ރޭޝަމް!” ގެއަށް ވަތް ރޭޝަމްއަށް ޝިފާންގެ އަޑު އިވުމުން ހީވީ ބިރުވެރި އަޑެއް އިވުނުހެންނެވެ. ކުޑަކޮށް ސިހިފައި ބަލާލިއިރު ސިޓިންގރޫމުގައި ޝިފާން އިންތަން ފެނުމުން ރޭޝަމް ހާސްވިއެވެ.

“ވަރަށް އިންތިޒާރު ކުރެވިއްޖެ.” ޝިފާން އެބުނީ ކީކޭކަން ވިސްނުމުން ރޭޝަމްގެ ނިތްކުރިން ހާސްކަން ރަމްޒުކޮށްދޭ ދަލުގެ ތިކިތައް ފާޅުވިއެވެ. ހާސްކަން ފޮރުވަމުން ރޭޝަމް އަތުގައި ހުރި ކޮތަޅުތައް މޭޒުމަތީ ބެހެއްޓުމަށްފަހު އަލަމާރިން ފެންފުޅިއެއް ނެގިއެވެ. ތަށި ނަގަން އުޅުނު ވަގުތު އެއަތުގައި މަޑު ތުރުތުރެއް ހުއްޓެވެ. ތަށްޓަށް ފެން އެޅުމަށްފަހު އެއްނޭވައިން ބޯލިއެވެ. ޝިފާން ކަޅިޖަހާނުލާ މިމަންޒަރު ބަލަން ހުއްޓެވެ.

“ޝިފާން! އަހަރެން…” ރޭޝަމް ހުރިގޮތަށް ހުރެ ވާހަކަދައްކަން ފެށިއެވެ. ކޮންމެގޮތެއްވިޔަސް މިރޭ ޝިފާންއަށް ޖަވާބުދޭން ޖެހޭނެކަން އޭނާއަށް އެނގެއެވެ. އެހެންވެ އޭނާ ހުރީ ދޭނެ ޖަވާބެއް ނިންމައިގެންނެވެ. ރޭޝަމް ޖެހިލުންވެހުރެ ކުރިއަށް އައެވެ.

“ޝިފާން! އަހަރެންނަށް މަޢާފްކުރޭ! ޝިފާންގެ ތި ހުށަހެޅުން އަހަރެންނަށް ޤަބޫލުކުރެވޭކަށް ނެތް.” ރޭޝަމް އިސްއުފުލާލީ އެވަގުތު ޝިފާންގެ މޫނުމަތިން ފެންނަންހުރި އަސަރުތައް ދެކެލާށެވެ. ޝިފާން އިސްއޮބާލިއެވެ. ެވަނަ ފަހަރަށްވެސް ރޭޝަމް އޭނާގެ ހިތް ޒަޚަމްކޮށްލީއެވެ. އޭނާ ވެދިން އެހީތެރިކަމުގެ ބަދަލު މިގޮތަށް ރޭޝަމް ދީފާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. އޭނާ ހީކޮށްގެން ހުރީ އޭނާ ދެއްކި ވާހަކަތަކުން އަސަރުކޮށް ރޭޝަމްގެ ހިތް ބަދަލުވާނެ ކަމަށެވެ. ނަމަވެސް ކަންތައް މިވީ އެހެނެއް ނޫނެވެ. ލިބެން ނެތް ލޯތްބެއްގެ ފަަހަތުން އޭނާއަށް ދުވެވުނީއެވެ. ލޯތްބަކީވެސް އަޖައިބެއް ކަހަލަ އެއްޗެކެވެ. ހިތްތަކަށް ފިނިކަން ލިއްބައިދޭ ފަދައިން ހިތް ޒަޚަމްކޮށްލާއިރު އޭގައި ކެތްނުކުރެވޭހާ ވޭން އެކުލެވިގެންވާ އެއްޗެކެވެ.

“ރޭޝަމް ނޫނެކޭ ތިބުނީ ކީއްވެ؟” ފަހަތުން އިވުނު ހައްވަގެ އަޑަށް ރޭޝަމްއާއި ޝިފާންއަށް ބަލާލެވުނެވެ.

“މަންމާ!”

“ދަރިފުޅު ނޫނެކޭ ބުނާއިރު އެއްފަހަރުވެސް ވިސްނާލިންތަ؟ ޝިފާން ނެތްނަމަ މި އާއިލާއަށް ވާނެ ގޮތާމެދު؟ ޝިފާން ދަރިފުޅުދެކެ ވާލޯބީގެ މަތިވެރިކަމާމެދު؟ ދަރިފުޅަށްޓަކާ އޭނަ ނުކުރަނީ ކޮންކަމެއް؟ އާއިލާ ދޫކޮށް ދަރިފުޅު ގާތަށް އައީ. ދަރިފުޅަށް ޝިފާންހާ ރަނގަޅު ކުއްޖަކު ނުލިބޭނެ. މިމަންމައަށްޓަކާ ނަމަވެސް ޝިފާންއަށް އާނބަސް ދީ ދަރިފުޅާ.” ހައްވަގެ ދެލޯ ކަރުނައިން ފުރުނީ ޝިފާން އެއާއިލާ ދޫކޮށްލައިފިނަމަ ދެން ވާނެގޮތާއިމެދު ވިސްނާލުމުންނެވެ. އެއާއިލާއަށް ލިބިދާނެ ދެރައަކަށްޓަކައި އޭނާގެ ދަރިފުޅަށް ވިސްނައިދޭން އޭނާ ހާދަ މަސައްކަތެއް ކޮށްފިއެވެ.

ހައްވަގެ ވާހަކަތަކުން ރޭޝަމް ވަރަށް ހިތުގައި ޖެހުނެވެ. އެހިތުގައި ޒަޚަމްނުވާ އެންމެ ތަންކޮޅެއްވެސް ނުވާއިރު އެ ޒަޚަމްތަކުގައި ލޮނުމިރުސް އެޅިޔަސް މަންމަގެ އާދޭސްތަކުން އެވީ ދިލަ ތަދަށްވުރެ ލުއިވާނެކަން ޔަޤީނެވެ.

“މަންމާ! އަހަރެންނަށް މަޢާފްކުރޭ! އަހަރެންނަށް އެނގޭ ޝިފާން ވަރަށް ރަނގަޅުކަން. އަދި އޭނާ އަހަރެންނަށްޓަކައި އެތައް ޤުރުބާނީއެއްވެފަ ވާކަން. އެކަމަކުވެސް ޝިފާންގެ އަނތްބަކަށް އަހަރެންނަކަށް ނުވެވޭނެ.” ރޭޝަމްގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހީވަނީ ހަމަ ދެންމެ ދެންމެ އޮހިގެންފާނެހެންނެވެ.

“އެންމެ ރަނގަޅު. ތީ ދަރިފުޅުގެ އެންމެފަހުގެ ނިންމުންކަމަށްވަންޏާ މި ބަދުނަސީބު މަންމަގެ ނިންމުންވެސް އަޑުއަހާ. މިއަދު ފެށިގެން ރޭޝަމްއަށް މިމަންމަ މަރުވެއްޖެކަމަށް ހީކޮށްލާ.” ހައްވަގެ ނިންމުން އިއްވާލުމުން ޝިފާންއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

(ނުނިމޭ)

21
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

މިލަހަނދުވަރު 6

Next

ރޭޝަމް (9)

Next
March 31, 2017

ރޭޝަމް (9)

Previews
March 30, 2017

މިލަހަނދުވަރު 6

80 Comments

  1. Saandy says:
    March 31, 2017 at 7:02 am

    Assalaam A’laikum!! Miothy “REYSHAM” vaahakaige 8 vana bai… Ummeedhu kuran hurihaa kudhinnahves kamudhaane kamah… Hurihaa kudhinnahves varah baajjaveri dhuvahakah edhen… Love u all 🙂

    1. Kiyaa Meehaa says:
      March 31, 2017 at 8:03 am

      Same to u also dear.. love u too ??

  2. Lucky says:
    March 31, 2017 at 7:20 am

    Nice mi part vas.waiting for next part.

    1. Saandy says:
      March 31, 2017 at 7:03 pm

      ThanQ Lucky… Mihaaru up kohfa innaane 🙂

  3. Shabyyy says:
    March 31, 2017 at 7:22 am

    Zaik reysham ah massage kohfa namaves vegen ulhey goi bunedhin nama efakeeruge hithah hamajehumeh libuneehehnu…

    1. Saandy says:
      March 31, 2017 at 7:04 pm

      ThanQ Shabyyy… Aan dhw 🙂

  4. Thaa says:
    March 31, 2017 at 7:32 am

    Speechless haadha reehchey pls miadhu adhi ehpart up kohla dhehchey thanks alot

    1. Saandy says:
      March 31, 2017 at 7:05 pm

      ThanQ Thaa… Up kohfa innaane mihaaru 🙂

  5. YammYoon says:
    March 31, 2017 at 7:33 am

    Nic ingey mi part vx… Anekka maadhamaa ah wait kollany dhw… ???? Dhn ekamakuvx Reydham r Zaik r gulhuvaathi ingey… hehe

    1. silver mist says:
      March 31, 2017 at 2:23 pm

      Varah varah reethi…pls miadhu adhi eh episode.. Up kohdhehchey

    2. Saandy says:
      March 31, 2017 at 7:06 pm

      ThanQ YammYoon… Nooney maadhamaa ah inthizaaru kuran nujassaa up kollaafa innaane 🙂

    3. Saandy says:
      March 31, 2017 at 7:07 pm

      ThanQ Silver mist… Aan up kohdheefa innaane mihaaru 🙂

  6. addu koyya says:
    March 31, 2017 at 7:34 am

    Vv reethi mi part vess??

    1. Saandy says:
      March 31, 2017 at 7:06 pm

      ThanQ Addu koyya 🙂

  7. pinkyyy says:
    March 31, 2017 at 8:06 am

    Vr reethi mi partvx, kiyaafa hama rovuny

    1. Saandy says:
      March 31, 2017 at 7:08 pm

      ThanQ Pinkyyy 🙂

  8. Kiyaa Meehaa says:
    March 31, 2017 at 8:09 am

    WOW!! Awesome.. waiting for the next part.. Keep it up Saandy ??

    1. Saandy says:
      March 31, 2017 at 7:09 pm

      ThanQ Kiyaa Meehaa 🙂

  9. Maree says:
    March 31, 2017 at 9:04 am

    vv reethi

    1. Saandy says:
      March 31, 2017 at 7:09 pm

      ThanQ Maree 🙂

  10. Jaina says:
    March 31, 2017 at 9:31 am

    Saandy please please miadh adhi one more part up kohdhyba

    1. Saandy says:
      March 31, 2017 at 7:10 pm

      ThanQ Jaina… Now uploaded 🙂

  11. Alaaniya says:
    March 31, 2017 at 9:32 am

    Wooow..v salhi… can you upload a new part today..I can’t wait to read next part… waiting

    1. Saandy says:
      March 31, 2017 at 7:11 pm

      ThanQ Alaaniya… Now uploaded 🙂

  12. Afnaan says:
    March 31, 2017 at 9:35 am

    What a wonderful story.. keep up the good work.. I can’t wait to read new part

    1. Saandy says:
      March 31, 2017 at 7:12 pm

      ThanQ Afnaan… Now uploaded 🙂

  13. Yooha says:
    March 31, 2017 at 9:38 am

    Alhe saandy konirakun dhn oii Bai genes dheveini ni.. mihaar dhn oii Bai kiyai hithun keinulah Vai gen mi ulheni..plx miadh up kohladhyfai nan tha

    1. Saandy says:
      March 31, 2017 at 7:12 pm

      ThanQ Yooha… Now uploaded 🙂

  14. Maan says:
    March 31, 2017 at 9:39 am

    V salhi

    1. Saandy says:
      March 31, 2017 at 7:13 pm

      ThanQ Maan 🙂

  15. Afy says:
    March 31, 2017 at 9:39 am

    V salhi all the best

    1. Saandy says:
      March 31, 2017 at 7:14 pm

      ThanQ Afy 🙂

  16. Dhifu says:
    March 31, 2017 at 9:40 am

    As usual v reethi

    1. Saandy says:
      March 31, 2017 at 7:14 pm

      ThanQ Dhifu 🙂

  17. Nihaa says:
    March 31, 2017 at 9:42 am

    Hama varah reethi..balahnai ahn part eh up vanthw

    1. Saandy says:
      March 31, 2017 at 7:15 pm

      ThanQ Nihaa… Now uploaded 🙂

  18. Lujju says:
    March 31, 2017 at 9:51 am

    Alhe nun zaik reysham ehaa varah nurohvaa … Anywayx its v nic .. Saandy nxt part plx …

    1. Saandy says:
      March 31, 2017 at 7:16 pm

      ThanQ Lujju… Now uploaded 🙂

  19. Jilaa says:
    March 31, 2017 at 9:54 am

    Saaaaandy next part kiyaaa hiy vany PLC up Koh dhy faanan thr

    1. Saandy says:
      March 31, 2017 at 7:16 pm

      ThanQ Jilaa… Now uploaded 🙂

  20. Thaaraa adam says:
    March 31, 2017 at 10:27 am

    Beautiful story… good work.. waiting for next part hope we can read a new part today

    1. Saandy says:
      March 31, 2017 at 7:17 pm

      ThanQ Thaaraa Adam… Now uploaded 🙂

  21. shabaa says:
    March 31, 2017 at 10:55 am

    Vvv salhi

    1. Saandy says:
      March 31, 2017 at 7:18 pm

      ThanQ Shabaa 🙂

  22. Love says:
    March 31, 2017 at 10:59 am

    Baeh kudhin haadha inthixaareh kurey thi vaahakage part eh nikuna irakah 😛

    1. Saandy says:
      March 31, 2017 at 7:19 pm

      Hehehe dhw Love… Ekudhinnah maa kamudhiyaeema vaagoiy 🙂

  23. seydu laifu says:
    March 31, 2017 at 11:19 am

    Alhey please raisham aa zaik aa dhuru nukurey
    Plz plz

    1. Saandy says:
      March 31, 2017 at 7:20 pm

      ThanQ Seydu laifu 🙂

  24. saidha says:
    March 31, 2017 at 11:28 am

    Plz miadhu noony mirey aneh bai up koddhyba plz

    1. Saandy says:
      March 31, 2017 at 7:21 pm

      ThanQ Saidha… Mihaaru up kohfa innaany 🙂

  25. Khajja says:
    March 31, 2017 at 11:43 am

    Wow v rythi mi adhu adhi prteh up koh dhybala pls saandy n zaik aa reysham dhuru nukurah chey komme gothevviyas pls pls pls

    1. Saandy says:
      March 31, 2017 at 7:23 pm

      ThanQ Khajja… Now uploaded 🙂

  26. rim says:
    March 31, 2017 at 11:52 am

    Plx plx plx plx miyadhu adhi ehpart up kohdhiiiiiiiii

    1. Saandy says:
      March 31, 2017 at 7:24 pm

      ThanQ Rim… Now uploaded 🙂

  27. shelly says:
    March 31, 2017 at 12:23 pm

    waat no reysham ge mom cant do that sandy babe varah salhi ingey love yuh adhi 1 part genesdhyba plx plx

    1. Saandy says:
      March 31, 2017 at 7:25 pm

      ThanQ Shelly… Now uploaded 🙂

  28. Aish says:
    March 31, 2017 at 12:51 pm

    ?

    1. Saandy says:
      March 31, 2017 at 7:25 pm

      ThanQ Aish 🙂

  29. Azu says:
    March 31, 2017 at 1:06 pm

    Alhey????

    1. Saandy says:
      March 31, 2017 at 7:26 pm

      Alhey Azu 🙂

  30. Anonymous says:
    March 31, 2017 at 1:11 pm

    This is really hurt touching ?
    Waiting for the next episode.. plx upload it soon ♥️

    1. Saandy says:
      March 31, 2017 at 7:27 pm

      ThanQ Anonymous… Uploaded 🙂

  31. naz nax says:
    March 31, 2017 at 1:24 pm

    alhey… speechless. saandy adhi eh part.

    1. Saandy says:
      March 31, 2017 at 7:28 pm

      ThanQ Naz Nax… Uploaded 🙂

  32. Appy says:
    March 31, 2017 at 3:00 pm

    Alhe haadha rycheyyy mi bai vx saandy …..

    1. Saandy says:
      March 31, 2017 at 7:28 pm

      ThanQ Appy 🙂

  33. saamy says:
    March 31, 2017 at 3:05 pm

    Reysham n xaik dhuru nukurey saandyy… ? wow dis part also amazing…???? waitin 4 de next part.. u r de best saandyy.. luv u??

    1. Saandy says:
      March 31, 2017 at 7:29 pm

      ThanQ Saamy… Now uploaded 🙂

  34. raf says:
    March 31, 2017 at 3:07 pm

    saandy ge biruveri vaahaka ekey beynumy

    1. Saandy says:
      March 31, 2017 at 7:31 pm

      Raf!! V avahah biruveri vaahakaeh kiyaalan libeyne… Insha Allah!! Mihaaru liyamun midhany… Adhi liye nunimeythy vaki dhuvaheh bunaakah neynge 🙂

  35. Vaahaka foshi says:
    March 31, 2017 at 4:27 pm

    Reysham ah noonekey bunan kerunu iru zaik ah nukerunu…….reethi vahakae.thanks

    1. Saandy says:
      March 31, 2017 at 7:31 pm

      Aaan dhw Vaahaka foshi… ThanQ dear 🙂

  36. Shaxy says:
    March 31, 2017 at 5:15 pm

    V reethi vaahakaeh mee
    Can’t wait to read next…

    1. Saandy says:
      March 31, 2017 at 7:32 pm

      ThanQ Shaxy… Uploaded 🙂

  37. Anonymous says:
    March 31, 2017 at 5:40 pm

    Avahah up kohdhyba plz saandy

    1. Saandy says:
      March 31, 2017 at 7:33 pm

      Anonymous!! Now uploaded 🙂

  38. afaa says:
    March 31, 2017 at 6:11 pm

    Mi she family as hedhi reysham and zaik ah bodu kamehnu?
    But ❤ the story
    Keep it up saandyy??

    1. Saandy says:
      March 31, 2017 at 7:33 pm

      ThanQ Afaa 🙂

  39. Cherry says:
    March 31, 2017 at 6:20 pm

    E dhemyhun vaki nukobbba
    Haadha dhera veyey eba miadhu

    1. Saandy says:
      March 31, 2017 at 7:34 pm

      ThanQ Cherry 🙂

Comments are closed.

All Right Reserved!