Skip to content
އެސްފިޔަ

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން..(09)

ޝާރިމްއަށް ރީމްގެ ތުންފަތުގައި ބޮސްދެވުނީ ގަސްތަކުނޫނެވެ.އިިހުސާސްތަކަށް ކެތްނުވީއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން ބޭނުމަކަށްވީ އަމަލުން ޝާރިމްއަށް ރީމް މުހިންމުވަރު އަންގައިދޭށެވެ.ނަމަވެސް އުއްމީދުކުރި ގޮތާ ހިލާފަށް ރީމް، ޝާރިމް ދުރަށް ކޮއްޕާލިއިރު، ޝާރިމްގެ މޫނުމައްޗަށް ރީމްގެ އަތުގެ ހޫނު ހަމަލާއެއް އަރައިގެން ދިޔައެވެ.ލިބުނު ޝޮކުގައި ޝާރިމްއަށް ހުރިގޮތަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އިންޒާރަކާއިނުލާ ވާރޭވެސް އޮއްސާލީ އެވަގުތުއެވެ.

ރީމް ދުވެފައި ގޮސް ގޭތެރެއަށް ވަތްއިރުވެސް ޝާރިމްއަށް ހުރިގޮތަށް ހުރެވުނީއެވެ.ރީމް ހުއްޓުވަން ބުނާނެ އެއްޗެއްވެސް އޭނާގެ ދުލަކަށްނައެވެ.ރީމްގެ އެ އަތުގެ ހޫނު ހަމާލާއިން ހީވީ ހޭވެރިކަން ނެތިފައިވާ މީހެއް ހަމަ ބިމަށް ގެނަ ހެންނެވެ.

ކުރެވުނު އެ އަމަލުން ޝާރިމްއަށް ހައިރާންކަމެއް ލިބިގެން ދިޔައިރު ގަބޫލުކުރަންވެސް ދަތިވެގެން ދިޔައެވެ.ގަސްތަކާނުލާއި ކުރެވުނު މި އަމަލުން ޝާރިމްއަށް އަމިއްލަ ނަފްސުދެކެވެސް ރުޅި އާދެވުނެވެ.ލަދުވެސްގަތެވެ.އެންމެ ހިތަށް ތަދުވީ ރީމް ޝާރިމްއާއި ދޭތެރޭ ދެން ދެކޭނެ ގޮތެއްވެސް ނޭނގޭތީއެވެ.ކުރެވުނު ކަންތަކާ މެދު ވިސްނަންހުރެ ޝާރިމް އެނބުރި ދާން ހިނގައިގަތީ ރީމް ދެން ނުނިކުންނާނެކަން އެނގޭތީއެވެ.އޭރުވެސް އެ މޫނުމަތިން ފާޅުވާންހުރި ހައިރާންކަމަކަށް ބަދަލެއްނާދެއެވެ.ނަމަވެސް އެނބުރުނުހެން ހީނުވެ މީހަކު ކޮނޑުގައި އަތްލުމުން އެދިމާލަށް އެނބުރި އޭނާއަށް ބަލައިލެވުނެވެ.ކުރިމަތީ ހުރީ ރީމްއެވެ.

ޝާރިމް ވާހަކަ ދައްކަން ދިމާކޮށްލުމާއިއެކު ރީމް އަތުގައި އޮތް ކުޑަ ދިއްކޮށްލީ ޝާރިމްގެ ބަސްތައް ހުއްޓުވުމުގެ ނިޔަތުގައެވެ.ޝާރިމް ކުޑާގައި ނުހިފުމުން ރީމް ޝާރިމްގެ އަތަށް ކުޑަ ލައިދިނެވެ.އެއައްފަހު އިތުރަށް މަޑުކުރާކަށް ރީމް ނުހަދައެވެ.އެނބުރި ގޮސް ގޭތެރެއަށް ވަތްއިރު އޭނާ އެންމެ ފަހަރަކުވެސް ފަސް އެނބުރި ބަލާނުލައެވެ.

ޝާރިމް ހިތާ ދެކޮޅަށް އެންމެފަހުން ނުކުތީ ގެއަށް ދާށެވެ.މިވަގުތު އެގެއަށް ވަދެފަ ރީމްއާއި ވާހަކަ ދައްކަން މަސައްކަތް ކުރިޔަސް އެއްވެސް ފައިދާއެއް ނުކުރާނެކަން ޝާރިމްއަށް އެނގެއެވެ. އެހެންކަމުން އޭނާ އެވަގުތު ހިތާ ހިތުން އަޒުމް ކަނޑައެޅީ މާދަމާ ސުކޫލުން ދިމާކޮށްފަ އެވާހަކަ ދައްކާށެވެ. އަދި އެއީ ގަސްތުގައި ކުރިކަމެއް ނޫންކަން ބުނެ މައާފަށްވެސް އެދޭށެވެ.

ނަސީބު ދިމާކުރިގޮތުން ވާރޭ އޮއްސާލީ އުޝާއާއި ދިޔާންއާއި އުޝާމެން ގެއާ ވަރަށް ކައިރި ވެފައި ހުއްޓައެވެ.ދެމީހުން އަވަހަށް ދުވެފައި ގޮސް އުޝާމެން ގެއަށް ވަނެވެ.ކަންދިމާކުރިގޮތުން އައިސް ގެއަށް ވަތްތަނުން ދެމީހުންޖެހުނީ އުޝާގެ މަންމައާއި ބައްޕަގެ ކުރިމައްޗަށްށެވެ.އެހެންކަމުން ވާރޭ ހުއްޓާލަންދެން ދިޔާންއަށް ޖެހުނީ އެގޭގައި މަޑުކުރާށެވެ.ކަންތައްވީ ގޮތުގެ ކުރު މެސެޖެއް ލިޔެލާފާއި ދިޔާން ޔުއާންއަށް މެސެޖެއް ފޮނުވާލިއެވެ.

ދިމްރާގެ ކައިރިން ސަލާމަތް ވާން ބޭނުންވެފައި އިން ޔުއާންއަށް ޖެހުނީ އިތުރަށް ދިމްރާގެ ކައިރީ މަޑުކުރާށެވެ.ދިޔާން ފޮނުވި މެސެޖަށް ރިޕްލައި ކޮށްލާފައި ޔުއާން އިސްނަގާ ބަލައިލިއިރު ދިމްރާ ފެންނާކަށް ނެތެވެ.މުޅި ސިޓިންރޫމަށް ނަޒަރު ހިންގާލި އިރުވެސް ދިމްރާއެއް ޔުއާންގެ ލޮލުގައި އަޅައެއް ނުގަތެވެ.

ޔުއާން ހާސްވާންފެށީ ދިމްރާ ވަންނާނެހެން ހީވާ އެއްވެސް ތަނަކުން ދިމްރާ ނުފެނުމުންނެވެ.ބަދިގެއާއި ކާގެއާއި އެވަރުން ނުވެގެން ހުރިހާ ކޮޓަރިތަކެއްވެސް ޔުއާން ބެލިއެވެ.ނަމަވެސް ދިމްރާގެ ހިލަމެއް ނުވިއެވެ. ޔުއާން އެންމެ ހާސްވީީ ދިމްރާއަށް ކަމެއް ވެއްޖެއްޔާ ދިޔާންއާއި ކުރިމަތި ލާނެ ގޮތެއްވެސް ނޭނގޭތީއެވެ.ދިޔާން، ޔުއާންއާއި ދިމްރާ ހަވާލުކޮށްފައި ދާނީ ހާދަ އިތުބާރެއް ކޮށްފައެވެ.

“ދިމްރާ! މަޖަލެއް ނޫން އެނގޭ..ހަމަ މިހާރު ފިލާ އޮތްތާކުން ނުކުމޭ އަހަރެން ރުޅިގަދަ ނުކޮށް..ދިމްރާއަށް ރަނގަޅަށް އެނގޭނެ އަހަރެންނަށް ތިކަހަލަ ސަމާސާ ކަމަކު ނުދާނެކަން..ދިމްރާއަށް އެބަ އަޑުއިވޭތަ..ތިހެން ކަންތައް ކުރަންޏާ އަހަރެން މިދަނީ ދާން..އެކަނި ބަހައްޓާފަ ދިޔައޭ ކިޔާފަ ފަހުން އަހަރެންދެކެ ރުޅި ނާންނާތި”

ރުޅިގަދަވެފައިހުރެ ޔުއާން ވާހަކަ ދައްކަމުން ދިޔަޔަސް އެމޫނު މަތީގައި ވަނީ ހާސްކަމެވެ.މި ދިމްރާއަކާއި ހެދި އޭނާ މޮޔަ ވެދާނެއެވެ.ކުރިއަށް އޮތްތާނގަ އަދި މިފަދަ ކިތައް ކަންތަކާ އޭނާ ކުރިމަތިލާން ޖެހޭނެ ބާއެވެ.

ގޭ ބިއްދޮށްފަރާތަށް ނުކުމެވޭ ދޮރު ކައިރިއަށް ހުއްޓިލަމުން ޔުއާންއަށް މޫނުގައި އަތް ހާކާލެވުނީ މީހާ ހާސްވިވަރުންނެވެ.ދިމްރާއަށް ކަމެއް ވީބާއޭ ހިތަށް އަރާވެސް ހިތްވަނީ ނުތަނަވަސްވެފައެވެ.އެހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައިި ދިމްރާ ލޯ ކުރިމަތިން ގެއްލިގެން ދިޔައިރު ވަތްތާކުން ނުކުންނަންވެސް އުޅުނީއެއްނޫނެވެ.

އެދެއަތުން ބޮލު އިސްތަށިގަނޑުގައި ހިފަހައްޓާލަމުން ފަޒާ ތެރެއަށް ފުން ނޭވާއެއް އޭނާއަށް ދޫކޮށްލެވުނީ ހިތަށް ވެރިވަމުންދިޔަ ނުބާއި ހިޔާލުތަކުން ދުރުވެ މީހާ ހަމަޔަކަށް އެޅިލުމަށްޓަކައެވެ.އެވަގުތު ވާރޭ ތެރޭގައި އެނބުރެމުން ދިޔަ ދިމްރާ ޔުއާންގެ ލޮލުގައި އަޅައިގަތެވެ.އެއާއެކު މީހާގެ އަނގައިން ހަމަޖެހުމުގެ ނޭވާއެއް ލެވުނުއިރު މީހާގެ ގާތަށް ރުޅިވެސްއައެވެ.

“ދިމްރާ…” ވާރޭގާއި ސަކަރާތް ޖަހަން ހުރި ދިމްރާ ޔުއާންގެ އަޑަށް ދިޔައީ ސިއްސައިގެންނެވެ.

“މޮޔަވެފަތަ ތިހުރީ..ކަމެއް ކުރާއިރު ބުނެލުމެއްވެސް ނޯވޭދޯ” ޔުއާން އެހުރި ތާނގަ ހުރެ ވާހަކަ ދައްކަމުން ދެ އުކުޅުގައި އަތް އަޅުވާލިއެވެ. ނަމަވެސް ވާރޭގެ ގަދަ އަޑުފައްގަނޑުން ދިމްރާއަކަށް ޔުއާން ކިޔާ އެއްޗެއް ނޭނގުނެވެ. އެހެންކަމުން ދިމްރާ ދުވެފައި ޔުއާން ކައިރިއަށްއައެވެ.އޭރުވެސް އެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ.ދިމްރާ އެ ޖޯޝުގާއި އާއި ލެން ބާރުކަމުން އޭނާގެ ގައިގައި ޖެހިދާނެތީ ޔުއާންއަށް ފަހަތަށްވެސް ޖެހިލެވުނެވެ.

“ކީކޭ ތިބުނީ؟ އަހަރެންނަކަށް ނޭނގެ ތި ކީ އެއްޗެއް؟”                     “އަހަރެން މިބުނީ ތީ ކުޑަކުއްޖެއްހޭ ރޭގަނޑު ވާރެއާ ތެމެން..އަދި ތަނަކަށް ދާއިރުވެސް ބުނެލުމެއް ނޯވޭހޭ”                 “ޔުއާންއަށް ނޭނގުނަސް ހާދަ ދުވަހަކަށް ފަހުއޭ ވާރެއާ ތެމެލަން މި ލިބުނީ..އައިމް ސޯ ސޯ ހެޕީ…” ދިމްރާ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލިއެވެ.ދިމްރާ ޔުއާން ބުނި އެއްޗަކަށް މާ ބޮޑު ޝައުގުވެރިކަމެއް ނުދޭކަން ދިމްރާ ދިން ޖަވާބުންވެސް އެނގެއެވެ.އެއައްވުރެ ދިމްރާ ވަނީ ވާރެއާއި ތެމެލަން ލިބުމުން އިންތިހާއަށް އުފާވެފައެވެ.ދިމްރާގެ މި މައުސޫމްކަންފެނި ޔުއާންގެ ރުޅިި ދިޔަތަނެއްވެސް ނޭނގެއެވެ.ދިމްރާގެ މިފަދަ އަދާތައް ފެންނައިރަށް އޭނާއަށް ކޮންމެ ފަހަރަކުވެސް ދިމްރާ ސިފަވެގެންދަނީ ހިޔާލެއް ފިކުރެއްނެތި އުޅޭ ކުޑަ ކުއްޖެއްގެ ގޮތުގައެވެ.

ކުޑައިރު އޭނާވެސް އުޅުނީ އެހެންނެވެ.އެއްވެސް ކަމަކަށް ހިޔާލެއް ފިކުރެއް ނުހުރެއެވެ.ސަކަރާތް ޖެހުމަކަށް ހައްދެއް ނޯވެއެވެ.ނަމަވެސް އެދުވަސްތައް ވަނީ މާޒީވެ ގޮސްފައެވެ.މިހާރު އޭނާއަކީ ކުޑައިރުގެ ޔުއާންއެއް ނޫނެވެ.ކުޑައިރުގެ ޔުއާންއާއި ބަލާއިރު މިހާރުގެ ޔުއާންވަނީ އެތައް ތަނެއް ބަދަލުވެފައެވެ.މިހާރުގެ ޔުއާންގެ ފަރާތުން ކުރީގައި ފެންނަ ހިނިތުންވުމެއް ނުފެނެއެވެ.އޭގެ ބަދަލުގައި އެ މޫނުމަތިން އަބަދުވެސް ފެންނަނީ ސީރިއަސްކަމެވެ.ރުޅިއެވެ.މިއީ ހުދު ޔުއާންގެ އާއިލާއިންވެސް ހައިރާންވުން ފާޅުކުރާ ކަމެކެވެ.

“ދިމްރާ ދެން އާދޭ އެތެރެއަށް..ދިފް ވެސް ހޭލަފާނެ..އަހަރެންނަކަށް ނޭނގޭނެ ކުޑަކުދިން އުރާކަށްވެސް” މިފަހަރު ޔުއާންގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.

“ޕިސް!! ދިފްއެއް އެހާ އަވަހަކަށް ނުހޭލާނެޔޭ.. އަހަރެން އަދި އިރުކޮޅަކު ތެމިލާފަ އެތެރެއަށް ވަންނާނަމޭ” ދިމްރާ މިހެންބުނެ ޔުއާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްވެސްނެތި ވާރޭގެ ތެރޭގައި ކޮޅު ކޮޅަށް ދުވަން ފެށިއެވެ.ދިމްރާގެ މި ހަރަކާތްތައްފެނި ޔުއާންއަށް ދެ ފަރާތަށް ބޯ ހޫރާ ލެވުނެވެ.އެއައްފަހު ދެއަތް އުރާލަމުން ދޮރު ދާރާގައި ލެނގިލައިގެން ދިމްރާ އުޅޭ ގޮތް ގޮތަށް ބަލަން ޔުއާން މަޑުކޮށްލައިގެން ހުރީއެވެ.

ދިމްރާ އުޅޭ ގޮތުން ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ.ހިޔާލެއް ފިކުރެއްނެތި ވާރޭގާއި ނަށަމުން ދިޔައިރު ހީވަނީ ފަސްއަހަރުގެ ކުޑަ ކުއްޖެއް ހެންނެވެ.ހެދިފައި ހުރި ފެންގަނޑު ގަނޑަށް އެރި ފުންމަމުން ހެމުން ދިޔަ މަންޒަރު ފެނި ޔުއާންގެ ތުންފަތްމައްޗަށްވެސް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.އެހެން އުޅޭއިރު ލައިގެން އުޅޭ ބޮޑު ތިރިއާއި ހެދި ނުވެއްޓި ދަނީވެސް ކިރިޔާއެވެ.ދޭތެރެ ދޭތެރެއަކުން ޔުއާންއަށްވެސް އައުމަށް އިޝާރާތް ކޮށްލައެވެ މިފަދަ ކޮންމެ ވަގުތެއްގައި ދިމްރާ ބަލައިލަން ވާއިރަށް ޔުއާން މޫނު މައްޗަށް ސީރިއަސްކަން ވެރި ކުރުވައެވެ.އަދި ދެފަރާތަށް ބޯ ހޫރާލަނީ އެކަމަށް އިންކާރު ކުރުމަށްޓަކައެވެ.އެގޮތަށް އެތައް ފަހަރަކު ގޮވަގޮވާފަ ޔުއާން ނައުމުން އެންމެފަހުން ދިމްރާ އަތަށް ފެންފޮދެއް ނެގުމަށްފަހު ޔުއާންއާއި ދިމާލަށް އުކާލިއެވެ.އެވަގުތު ޔުއާން ދެލޯ ބޮޑުކޮށްލާފައި ފަހަތަށް ޖެހިލި ގޮތުން ހީވީ ބޮޑު ބިރެއް ފެނުނު ހެންނެވެ.ކުޑަކޮން ހުޅުވާލާފައިހުރި ކޮޓަރިން ދިފްލާގެ ރުއިމުގެ އަޑުވެސް އިވިގެން ދިޔައީ އެވަގުތުއެވެ.ޔުއާންއަށް ކޮޓަރިއާއި ދިމާލަށް ބަލައިލާފަ ދިމްރާއާއި ދިމާލަށްވެސް ބަލައިލެވުނެވެ. މޫނުމަތިންވެސް މީހާއަށް ސިހުން ލިބިފައިވާވަރު ރަނގަޅަށް ފެންނަން ހުއްޓެވެ.

“ކިހިނެއްވީ؟” ދިމްރާ ޔުއާންއާއި ސުވާލު ކޮށްލީ ޔުއާންއަށް ވީގޮތް ފެނިފައެވެ.   

“ދިފް…ދިފް ހޭލައިފި”               “ވަޓް..ޝިޓް..ޔުއާން ދޭބަ ދިފް ނަގަން އަވަހަށް”  “އާރ ޔޫ ކްރެޒީ..އަހަރެން ކުރިންވެސް ބުނީމޭނުން އަހަރެންނަށް ކުޑަކުދިން ގެންގުޅޭކަށް ނޭނގެޔޭ”                       “ޔުއާން..ޓްރައި ޓު އަންޑަސްޓޭންޑް..އަހަރެން ތެމިފަ ހުއްޓަ އަތްލީމަ ދިފްއަށް ރޯގާ ޖެހިދާނެޔޭ.. އަހަރެން މިދަނީ ފެންވަރާލަން..ވަރަށް އަވަސް ކޮށްލައިގެން ނުކުންނާނަން..ސޯ ޕްލީޒް..އެވަގުތު ކޮޅަށް ދިފް ބަލާދީ..އަހަރެންނަށް އެނގޭ ޔުއާން ވަރަށް ލޯބިވާކަން ދިފްކޮ ދެކެ..ސޯ އަހަރެން މިބުނާ ގޮތަށް ހަދާ..ކާގެ މޭޒުމަތީ ހުންނާނެ ބުއްފުޅިއެއް..އެ ދިފްކޮއަށް ދީ…ދިފްކޮ މިގަޑީ ބަނޑުހައިވެގެން ތެދުވާނީ އާންމުކޮން”

ދިމްރާ މި ހުރިހާ އެއްޗެއް ކިޔައިދިންއިރުވެސް ޔުއާންގެ މޫނުމަތިން ފެންނަން ހުރީ ކަންބޮޑުވުމެވެ. ދިމްރާއާއި ދިމާލަށް ރުޅި އައިސްގެން އެއްޗެކޭ ބުނަން އުޅެފައިވެސް ދަތްކުނޑި ވިކާލަމުން ޔުއާން ދުވެފައި ގޮސް ވަނީ ދިފްލާ އޮތް ކޮޓަރިއަށެވެ. އޭރުވެސް ދިފްލާ ރޯ އަޑު އިވެއެވެ.

ދިމްރާ އެތެރެއަށްވަދެ ފޯނު ނެގުމަށްފަހު ސިނާއަށް އަވަހަށް އައުމަށް މެސެޖު ކޮށްލާފައި ދެންވެސް ފެންވަރަން ދާކަށް ހިޔާލެއް ނުކުރެއެވެ.އޭގެ ބަދަލުގައިި ޔުއާން ނުކުންނަން ވާއިރަށް ދިމްރާ ގޮސްވަނީ ވަކިން އިން ސޯފާ ކައިރިއަށެވެ. ސޯފާއާއި ނިވާވެ ހަމަޖެހިލެވުމުން ދިމްރާ ފޯނު ކެމެރާއަށް ވަދެ މޫވީ ކުރަން ޖެއްސިއެވެ.

ހަމަ އެވަގުތު ޔުއާން ދިފްލާ ކޮނޑަށްލައިގެން ކޮޓަރިން ބޭރަށް ނުކުތެވެ.އޭރަށްވުރެ ރުއިން މަޑުވެފައި ވީ ނަމަވެސް އޭރުވެސް ދިފްލާގެ ރުއިން ހުއްޓުމަކަށް ނާދެއެވެ.މި ނޫނީ އަދި ކުއްޖެއް އުރާފައި ނެތުމުން ޔުއާން ހުރީ އިންތިހާއަށް ބިރުގެންފައެވެ.ޔުއާން ދިފްލާ އުރާފަ ހުރިގޮތުންވެސް ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެ ހެންނެވެ. ދިމްރާގެ ގާތަށް ހިނިއާއި ނަމަވެސް ޔުއާން ދިފްލާ އުރާފައި ހުރި ގޮތްފެނި ޖެހިލުންވެސްވިއެވެ.

އޭރުވެސް ދިފްލާ މަސަލަސް ކުރަން ޔުއާން އެކި ރާގުރާގު ލައްވަމުން ދިޔައެވެ.އަދި އެދިޔަގޮތަށް ގޮސް ކާގެއަށްވަނެވެ.އެނބުރި ކާގެއިން ނުކުތްއިރު ޔުއާންގެ އަތުގައި ދިފްލާގެ ބުއްފުޅި އޮތެވެ. ޔުއާން ފާޑަކަށް ދުވެލާފައި އައިސް އެތަނުން އެންމެ ބޮޑު ސޯފާގައި ދިފްލާ ބާއްވާލިއެވެ.އަދި ދިފްލާގެ އަނގައިގަ ބުއްފުޅި ޖެއްސިއެވެ.ޔުއާން އަމިއްލަ އަތް ދުރުކޮށްލީ ދިފްލާ ރުއިން ހުއްޓާލާފައި އަމިއްލަ ދެއަތުން ބުއްފުޅީގައި ހިފާ ބޯންފެށީމައެވެ.

ޔުއާން އެވަގުތު ނޭވާ ދޫކޮށްލިގޮތުން ހީވަނީ ދިފްލާ އުރައިގެން ހުރީއްސުރެ ނުލާހުރި ނޭވާ ދޫކޮށްލި ހެންނެވެ.އޭރުވެސް ޔުއާންގެ ލޯ އިރުއިރުކޮޅާ ދިމްރާގެ ކޮޓަރިއާއި އަމާޒުކޮށްލައެވެ.ދިމްރާގެ ހިލަމެއް ނުވާތީއެވެ.ދިމްރާ ނައިސް ލަސްވާތީ ދިމްރާ ގަސްތުގައި ޔުއާންއަށްދޭ ލަނޑެއްހެންވެސް ޔުއާންއަށް ހީވިއެވެ.އެ ވިސްނުމުގައި އިން ޔުއާންއަށް ސިހުންލިބުނީ މޫނުމަތީ ދިޔަ އެއްޗެހި ތަކެއް އައިސް އުނގުޅުމުންނެވެ.ސިއްސައިގެން ގޮސް ދިފްލާއަށް ބަލައިލިއިރު ދިފްލާ ބުއްފުޅި ދިއްކޮށްގެން އޮތީ އޭނާއާއި ދިމާލަށެވެ.ޔުއާން ބަލައިލުމާއިއެކު ދިފްލާ އަނެއްކާވެސް ޔުއާން އާއި ދިމާކޮށް ބުއްފުޅި ހަލުވާލިއެވެ.އެ ހަލުވަންފެށިގޮތަށް ދިފްލާ އެކަން ހުއްޓަން ނޫޅުނީ އެކުއްޖާއަށް އެކަން މަޖާ ކަމަކަށް ވީމައެވެ.ޔުއާންއަށް ދިފްލާ އަތުން އެ އަތުލެވުންއިރު ޔުއާންގެ މޫނުގައާއި ގަމީހުގަވެސް އޮތީ ހުސް ކިރެވެ.ގަމީސް އޮތީވެސް ތެމި ފޯވެފައެވެ.ބުއްފުޅި އަތުލުމާއިއެކު ފެނުނީ ދިފްލާ އަތްޖަހާލާފައި ހިނިގަނޑެއް ޖަހާލިތަނެވެ.އެކަމު އެއައްފަހު އަނެއްކާވެސް އެކުއްޖާ ފެށީ ރޯށެވެ. މި މަންޒަރު ބަލަންހުރި ދިމްރާއަށް ބާރަށް ނުހީ ކެތްވަނީ ކިރިޔާއެވެ.ޔުއާންއަށް ވެފާއި ހުރި ގޮތުން އެވަގުތު ފެންނަ ކޮންމެ މީހެއްގެ ގާތަށްވެސް ހިނި އަންނާނެކަން ޔަޤީނެވެ.

ދިފްލާ ރޯން ފެށުމުން ޔުއާން އަނެއްކާވެސް މަސައްކަތްކުރީ ބުއްފުޅި ދޭށެވެ.ނަމަވެސް ބުއްފުޅިއަށް ބަލައިލިއިރު ބުއްފުޅީގެ ފުލުގައި ހުރީ އެތި ފޮދެކެވެ.ޔުއާން ވިސްނާލަން އިނުމަށްފަހު ދިފްލާގެ ދެ ކައިރިން ބާލީސް ޖައްސާލާފައި ދުވެފައި ގޮސްވަނީ ކާގެއަށެވެ.އެނބުރި ދުވެފައި އައީ ޔޯގަޓު ތައްޓަކާއި ސަމުސަލެއް ހިފައިގެންނެވެ.އަދި ދިފްލާގެ ފެންއަޅާފައި ހުރި ބުއްފުޅިއެއްވެސް ހިފައިގެންނެވެ.ޔުއާން އާއިގޮތަށް އައިސް ސޯފާގައި އިށީންދެ ދިފްލާ އުރާލިއެވެ.އަދި ގެނެސް ޔުއާންގެ އުނގުގައި ދިފްލާ ބައިންދާލިއެވެ.

ޔޯގަޓްތަށިން ސަމުސަލެއް ނަގާ ދިފްލާގެ އަނގަޔާއި ދިމާކޮށްލުމުން ދިފްލާ ނުކާން ގަދަ ހަދަން ފެށުމުން ދިފްލާގެ މުޅި އަނގަމަތީ ޔޯގަޓު ހޭކުނެވެ.ނުކާން ގަދަ ހަދަމުން ދިޔަ ނަމަވެސް ޔުއާން ވަރަށް އުނދަގުލުން ދިފްލާގެ އަނގަޔަށް ސަމުސާ ލަވާލުމާއިއެކު ސަމުސާ ވެއްޓުނީ ޔުއާންގެ ގައިމައްޗަށްށެވެ.އެހެނަސް އަކަމަށް ސަމާލުކަން ނުދީ ޔުއާން އަވަހަށް އެ ސަމުސާ ނެގުމަށްފަހު، ޔޯގަޓްތަށިން އެތިކޮޅެއްނަގާ އަނެއްކާވެސް ދިފްލާއަށް ކާންދޭން މަސައްކަތް ކުރިއެވެ.ނަސީބަކުން ދިފްލާއަށް ރަހަ އެނގުމާއިއެކު ވަރަށް ފަސޭހަކަމާއިއެކު ކާލިއެވެ.ޔޯގަޓަކީ ދިފްލާއަށް އަބަދުވެސް ވަރަށް މީރު އެއްޗެކެވެ.

ދިފްލާ ހަމަޔަކަށް އެޅި ރީއްޗަށް ކާން ފެށުމުން ޔުއާންއަށް، ހިތްހަމަޖެހުމާއި އެއްވަރަށް އުފާވެރިކަންވެސް ލިބުނެވެ.މިކަން ތުންފަތްމައްޗަށް ވެރިވެގެންދިޔަ ހިނިތުންވުމުން ވަރަށް ރަނގަޅަށް ދޭހަ ކޮށްދެއެވެ.މިފަހަރު އެއީ ގަދަކަމުން ޔުއާން ވެރިކުރުވި ހިނިތުންވުމެއް ނޫންކަން ފެންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.ޔުއާންގެ މޫނުމަތިން ފެނިގެންދިޔަ ހިނިތުންވުންފެނި ދިމްރާގެ މޫނު މައްޗަށްވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.ދިފްލާއަށް ކާންދީ ނިންމާލިއިރު ދިފްލާގެ މުޅި ގައިގައި ހުރީ ޔޯގަޓު އުނގުޅިފައެވެ.ހުދު ޔުއާންގެ ހާލަކީވެސް އެއެވެ.

ދާނިޝް އާއި ސިނާ އަދި ދިޔާންއަށް ގެއަށް އައިސް ވަދެވުނީ ޔުއާން ދިފްލާއަށް ފެން ދޭން އިންދައެވެ.ފެނުނު މަންޒަރުން ތިންމީހުންގެވެސް ލޯ ދިޔައީ ބޮޑު ވެގެންނެވެ.އަދި ހަމަ އެހެންމެ، ޔުއާންގެ ކައިރިއަށް ތިންމީހުންނަށް އެއާއެކު ދެވުނު ގޮތްވެސް ނޭނގުނެވެ. ދިމްރާއަށްވެސް އެމީހުން ފެނުނީ އެވަގުތުއެވެ.އެއާއެކު އަވަހަށް ވީޑިއޯ ސްޓޮޕް ކޮށްލަމުން ސޯފާކައިރީ ރީއްޗަށް އޭނާ އިށީންދެލިއެވެ.އޭނާއަށް ނިޔަފަތިވެސް ހަފަން ފެށުނީ ހާސްވި ވަރުންނެވެ.

“މާތްކަލާކޯ!ދަރިފުޅާ ޔުއާން މި ކޮންކަމެއް؟” ސިނާ ޔުއާންއާއި ދިފްލާއަށް އިޝާރަތް ކޮށްލަމުން އަހާލިއެވެ.އެ ތިން މީހުންވެސް އެންމެ ހައިރާންވީ މީގެ ކުރިން ދިފްލާ ކީއްކުރަން އެހެން ކުޑަކުއްޖެއްވެސް އުރާފައި ނުވާ މީހަކު ދިފްލާ އުރާލައިގެން އިނީމައެވެ.އަދި އެވެސް ކާންދޭށެވެ.

އެ ތިން މީހުންނަށް ފެނުމުން ޔުއާން އިނީ ރަނގަޅަށްވެސް ރަކިވެފައެވެ.އެވަގުތު އެމީހުން ކުރިމަތިން ފިލަން އޭނާ އިނީ އިންތިހާއަށް ބޭނުންވެފައެވެ.މިކަން ސިނާއަށް ވިސްނުނީ ކަންނޭނގެއެވެ.ހިނިތުންވެލަމުން ސިނާ އަވަހަށް ދިފްލާ ޔުއާންގެ އުނގުމަތިން ނެގިއެވެ.އޭރު ދާނިޝް އާއި ދިޔާންގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ.ދިފްލާ ނެގުމުން ޔުއާންގެ ގައިގައި އުގުޅިފައި ހުރި ޔޯގަޓްތައް ރީއްޗަށް ފެނިގެން ދިޔައިރު ތެމިފޯވެފައިވާ ގަމީހާއި އަދި ފައިކައިރިއަށް ވެއްޓިފައި އޮތް ބުއްފުޅި ފެނި ގާތްގަނޑަކަށް ވީގޮތް ތިންމީހުންނަށްވެސް ލަފާކޮށްލެވުނެވެ.ޔުއާން ލަދުން ބޮލުގައި އަތް ހާކާލިއިރު ދާނިޝްއާއި ދިޔާންހުރީ އަތުގެ ނުފުށުން އަނގަމަތީގައި އަތް އަޅާލައިގެންނެވެ.ސިނާވެސް ހިނިގަނޑު ކޮންްޓްރޯލް ކުރަން މޫނު ޖައްސާލީ ދިފްލާގެ ބޮލުގައެވެ.

“އުހުމް..އުހުމް..ކޮބާތަ ދިމް..އޭނަ ކޮންތާކަށް ވަނީ؟” ދިޔާން ހިނިގަނޑު މަތަކުރަން މަސައްކަތް ކުރަމުން ޔުއާން ކައިރީ އަހާލިއެވެ.ދިމްރާ މަތިން ޔުއާންވެސް ހަނދާންވީ އެވަގުތުއެވެ.ފެންވަރަން ވަތް މީހާ އަދިވެސް ނުނިކުމެއެވެ.އެކަމަކު އެއީ ޔުއާން ކައިރީ ވަރަށް އަވަސް ކޮށްލައިގެން ނުކުންނާނަމޭ ބުނި މީހާއެވެ.އެވަގުތު ޔުއާންއަށް އެއީ ދިމްރާ ގަސްތުގައި އޭނާއަށް ދިން ލަނޑެއް ކަމަށް ގަބޫލުކުރެވުނެވެ.

“ވާރެއާ ތެމިގެން ފެންވަރަން ވަތް މީހާ އަދި ނުނިކުމެ” ޔުއާން ސޯފާއިން ތެދުވަމުން ބުނެލިއެވެ.

“ވަޓް!!ވާރެ އާއޭ..އާންވެސް ވާރެއާ ތެމިފަތަ ތިހުރީ” ދިޔާން ހައިރާންވެފައި އަހާލިއެވެ.މިރޭ ފެންނަމުން ދަނީ އެއްވަރުގެ ހައިރާން ކުރުވަނިވި މަންޒަރެވެ

“ވަޓް! އާރ ޔޫ ކްރެޒީ..ޔާންއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެންމީީ ވާރެއާ ތެމިއުޅޭ މީހެއް ނޫންކަން”                       “ދެން ގަމީސް ތެމިފަ ތިހުރީ ކީއްވެ؟” ދިޔާންއަށް އެހެން ހީވެގެން އުޅޭ ސަބަބު ޔުއާންއަށް ނަގައިގަނެވުނީ އެވަގުތުއެވެ.

“މި…މި ދިފްކޮ..ބުއްފުޅި ބުރުވާލާފަ” ޔުއާން ބުނަން ނުބުނަން ހުރެފައި ބުނެލި އެއްޗަކުން ތިންމީހުންގެ ގާތަށްވެސް ވަރަށް ހިނިއައެވެ. ނަމަވެސް ހޭން ފަށައިފިއްޔާ ޔުއާން ރުޅިއައިސްފާނެތީ ހެވުމުގެ ކުރިން، ކުރިމަތިން ދާން ސިނާ އުޒުރަކަށް ދެއްކީ ދިފްލާ ތާހިރުކޮށްލުމަށެވެ.ދާނިޝް ދެއްކި އުޒުރަކީ ދިމްރާ ކޮޓަރީގައި އުޅޭތޯ ބަލައިލާފަ އަންނާނެކަމުގެ އުޒުރެވެ.ދައްކާނެ އުުޒުރެއް ނޭނގިފައިހުރީ ދިޔާންއެވެ.

“އަހަރެންނަށް އެނގޭ ހިނިއައިސްފަކަން ތިހުރީ..ޔޫ ކެން ލާފް،އެސް މަޗް އެޒް ޔޫ ވޯންޓް” ޔުއާން، ދިޔާންއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. އެއާއެކު ދިޔާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.ދިޔާން ހެމުން ހެމުން އައިސް ޔުއާންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ޔުއާންގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.އޭރުވެސް މީހާގެ ހުނުމަކަށް ބަދަލެއް ނާދެއެވެ.

“ދިމްއެއް ނެތް ކޮޓަރިއަކު..ޔުއާން ބުނީމޭނުން ކޮޓަރިއަށޭ ވަނީ”                   “އާނ! ފެންވަރަންށޭ ކިޔާފަ ދިޔައީ..ފެންވަރައިގެން އަންނަންދެން ދިފްކޮ އުރާދޭށޭ ކިޔާފަ ދިޔައީވެސް” ޔުއާންގެ ޖަވާބުގެ އަޑު އިވުމުން ދިމްރާއަށް ލިބުން ސިހުމުގައި އަތުގައި އޮތް ފޯނު ދޫވެގެން ވެއްޓުނެވެ.މިއަޑު ތިންމީހުންނަށްވެސް އިވުނެވެ. އަޑުއާއި ދިމާލަށް ދިޔާން ގޮސް ބަލައިލިއިރު ސޯފާގެ ފުރަގަހުގައި އިށީންދެލައިގެން އިން ދިމްރާ ދިޔާންއަށް ފެނުނެވެ.އަނގަޔަށް އިނގިލި ލައިގެން އިންގޮތުން މީހާ ހުރީ ހާސްވެފައިކަން އެނގެއެވެ. ނޭނގި އިންދާ ދިޔާން އައިސް ކަންފަތުގައި ހިފާލުމުން ދިމްރާއަށް ހަޅޭއްވެސް ލަވައިގަނެވުނެވެ.

“އައުޗް..ޔާންބޭ ތަދުވެޔޭ..އައުޗް..އައުޗް..” ދިމްރާގެ ކަންފަތުގައި ހިފާއި ކޮޅަށް ނެގުމުން ދިމްރާއަށް ވީ ތަދުގައި ބުނެލެވުނެވެ.ކޮޅަށް ތެދުވެވުމާއިއެކު ދިމްރާއަށް އަމާޒުވެފާއި ހުރި ދާނިޝްއާއި ޔުއާންގެ ލޯ ފެނިގެން ދިޔައެވެ.ދޫ ނެރެލެވުނީ ކަޑަވި ވަރުންނެވެ.ދިޔާން، ދިމްރާގެ ކަންފަތުން ދޫކޮށްލުމާއިއެކު ފެނިގެން ދިޔައީ ދިމްރާ ދުވެފައި ގޮސް ކޮޓަރިއަށްވަދެ ޕައްކިޔާފައި ދޮރުޖެހިތަނެވެ.

އާދުވަހަކަށް އިރު އެރިކަން އަންގައިދީ އިއުލާން ކުރަމުން ދިޔައީ އެއްކޮޅުން އަނެއްކޮޅަށް ދަތުރު ކުރަމުންދިޔަ ކޮވެލިތަކާއި އެކި ޒާތްޒާތްގެ ދޫނިތަކެވެ.އާދައިގެ މަތިން ސުކޫލަށް ދާންޖެހޭ ގަޑިއަށް ތައްޔާރުވެގެން ތިންމީހުންވެސް ފުރަތަމަ ދިޔައީ އުޝާ ކައިރިއަށެވެ.އެއައްފަހު ޝާރިމް ކައިރިއަށެވެ.

ސުކޫލާއި ދިމާލަށް މިސްރާބު ޖަހާފައިވާ ހަމީހުންގެ މޫނުމަތިންވެސް މިއަދު ފެންނަމުން ދިޔައީ ތަފާތު ޝުއޫރުތަކެކެވެ.ދިޔާންއާއި އުޝާގެ މޫނުން ނުފިލާ ހިނިތުންވުމެއް ފެންނަމުން ދިޔައިރު ޔުއާންގެ މޫނުން ފެންނަމުން ދިޔައީ ނުރުހުންވުމެވެ.އަދި ހަމަ އެހެންމެ ދިމްރާގެ މޫނުން ފެންނަމުން ދިޔައީ ކަންބޮޑުވެފައިވާ ކަމުގެ އަސަރުތަކެކެވެ.ރީމްއާއި ޝާރިމްގެ މޫނުމަތިން މިއަދު ފެންނަމުންދަނީ ހިތާމައާއި މަޑުމައިތިރިކަމެވެ.އެދެމީހުންގެ ދުރުކަމާއި މަޑުމައިތިރިކަން އެންމެ ފުރަތަމަވެސް ފާހަގަ ވީ ދިމްރާއަށެވެ.ޝާރިމް ރީމްއާއި ދިމާލަށް އިރުއިރުކޮޅާ ބަލައިލާ ގޮތުން އެދެމީހުން މެދުގައި ކޮންމެސް ކަމެއްވެއްޖެކަމުގައި ދިމްރާގެ ހިތް ބުނަމުން ދިޔައެވެ.އެކަން އެންމެ ބޮޑަށް ޔަގީން ކުރެވުނީ ރީމްއަށް އައިސްފައި ހުރި ބަދަލުންނެވެ.ކަމެއްނުވެ ރީމްއަކީ އެހެން ހުންނަ ކުއްޖެއް ނޫނެވެ.އެމޫނުން ފުންހިތާމައެއްގެ އަސަރު ފެންނަމުން ދިޔައިރު ރުޅިވެރިކަމެއްވެސް އެ ދެލޮލުން ދިމްރާއަށް ފާހަގަ ކުރެވުނެވެ.ނޭނގެނީ އެ ބަދަލު އައުމުގެ ފަހަތުގައި ވާ ސަބަބެވެ.

ގަޑި ޖެހެން ފުދޭވަރަކަށް ވަގުތު އޮތުމުން ހޯލްތެރޭ ހުރި ގަސްދަށުގައި އެންމެން މަޑުކުރިއިރުވެސް ރީމް މިއަދު މަޑުކުރާކަށް ނުހަދައެވެ.ރީމްގެ މި އަމަލުން އެންމެން ތިބީ ވާނުވާ ނޭނގިފައެވެ.ކިރިޔާވެސް ވާނުވާ އެނގޭ މީހަކަށް ހުރީ ޝާރިމްއެވެ.

ރީމް އެދިޔަގޮތަށް ގޮސް ހުއްޓުނީ ސުކޫލް ބިއްދޮށް ފަރާތުގައި ކުޅިވަރުތައް ކުޅުމަށް ހާއްސަ ކޮށްފާއި އޮންނަ ބިމުގައި ހުރި ބެންޗެއް ކައިރީގައެވެ.އޭނާ އެތާ އިރުކޮޅަކު މަޑުކޮށްލަން ބޭނުންވީ މޫޑު ރަނގަޅު ކޮށްލުމަށެވެ.މިހާރު ހުރި މޫޑުގައި އޭނާ ހުންނަންޏާ އެންމެންނަށް އެނގި ސުވާލު ކުރާނެކަން ރީމްއަށް އެނގެއެވެ.އެހެނަސް ރީމްގެ އަތުގައި އެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތެވެ. ވީ އިރު އޭގެކުރިން އޭނާ ޖެހޭނީ އެ މޫޑު ރަނގަޅު ކުރާށެވެ.ގަދަކަމުންވެސް ދެއްކުންތެރި ހިނިތުންވުމެއްވިޔަސް ވެރިކުރާށެވެ.

ޝާރިމްގެ ކޮންމެ އަމަލަކުންވެސް މިހާރު ރީމްއަށް މާނަ ނެގެނީ އެންމެ ގޯސްކޮންނެވެ.ރޭގައި އެކުރި ކަމަކީ ޝާރިމްގެ އާންމު އަމަލެއް ކަމަށްވެސް ރީމްއަށް ގަބޫލު ކުރެވިގެން ދިޔައީއެވެ.ވީއިރު ކިތައް އަންހެން ކުދިންނާ ޝާރީމް ގުޅުން ބާއްވާފައި ވާނެބާއެވެ.ހައްތަހާވެސް ޝާރިމްއާއި ގަޔާ ވެވުމުން ލިބޭ ދެރައެވެ.ނޫނެކެވެ.ރީމްއަށް ޝާރިމްއާއި އެހާ ގާތްވެވުނީ ޝާރިމްގެ ފަރާތުން ލިބުނު އަޅާލުމާއި ގާތްކަމެއްގެ ސަބަބުންނެވެ.ވީއިރު އޭނާއަށް ޝާރިމްއާއި ގާތް ވެވުނީ ހަމަ ޝާރިމްއާއި ހެދިއެވެ.

“ރީ…ތިގޮތަށް ކަންތައް ކުރާކަށް ނުވާނޭނުން” ރީމްއަށް އިވިގެން ދިޔައީ ޝާރިމްގެ އަޑެވެ. ޝާރިމްކަން އެނގުމުން އެނބުރި ބަލައިލާކަށްވެސް ރީމް މިއަދަކު ބޭނުމެއްނުވިއެވެ.

“އެމީހުން ހީ ކުރާނީ ކީކޭތަ، ތިހެން ކަންތައް ކުރީމަ” ރީމްގެ ކޮނޑުގައި ހިފާ ޝާރިމްއާއި ވީ ފަރާތަށް އަނބުރާލަމުން ދެންވެސް ވާހަކަ ދެއްކީ ޝާރިމްއެވެ.

“ޝާރިމްއަށް ކީއްތަ..އެމީހުން ހީކުރާ އެއްޗެއް ހީކުރާނީ އަހަރެން ދެކެއެއްނު..އެހެންވީމަ ޝާރިމް އެކަމާ ހާސްވާކަށް ނުޖެހޭނެ..އަދި ޖަވާބު ދާރީވެސް ވާކަށް ނުޖެހޭނެ” ރީމް ޝާރިމްގެ އަތް ފޮޅުވާލަމުން އަނެއްކާވެސް ޝާރިމްއާއި ފުރަގަސްދިނެވެ.

“ރީ..ލުކް..އައެމް ސޮރީ..ތިހާ ރުޅިއައިސްގެން ތިއުޅެނީ އެކަމުގަ ކަމަށް ވަންޏާ އަހަރެން މިހުރީ ރީ މާފު ކުރަންދެން މާފަށް އެދެން ތައްޔާރަށް..އެ ކުރެވުނު ކުށައް ރީ ދޭ ކޮންމެ އަދަބެއްވެސް ލިބި ގަންނަަން ތައްޔާރަށް މިހުރީ..އެކަމު ތި ގޮތަށް އަހަރެންނާ ވާހަކަ ނުދައްކާ..އިޓް ހާޓްސް އަ ލޮޓް” ޝާރިމް ރީމްގެ ކުރިމައްޗަށް ހުއްޓި ދެރަވެފާއިހުރެ ވާހަކަ ދެއްކިއެވެ.އަދި ދެންވެސް ވާހަކަ ދެއްކީ ޝާރިމްއެވެ.

“އަހަރެން ފަރާތުން ރޭގަ އެވީ ކަންތަކަކީ އަހަރެން ގަސްތުގައި ކުރިކަމެއް ނޫން..ރީގެ ނުގަބޫލުގައި އެފަދަކަމެއް ކުރާކަށްވެސް އަހަރެން ބޭނުމެއްނޫން.. އެކަމެއް އެވީ އިހްތިޔާރުން ބޭރުގައި ކަމުގައިވިޔަސް އަހަރެން އަމިއްލަ ނަފްސު ދެކެވެސް މިއަދު ލަދުގަނެއްޖެ..އެކަމު ރީ ގެ ތި ދުރުކަން އަހަރެންނަކަށް ބަލައެއް ނުގަނެވޭނެ.. މިހިތަކަށް ކެތެއް ނުވާނެ ރީ އާއި ދުރުގަ ހުންނާކަށް..އެއައްވުރެ އަހަރެން ރީ ބޭނުން..ނޭނގުމެއް ތެރޭވެސް ރީއަށް ހާޓް ކުރެވިފައިވާނަމަ އިންތިހާއަށް މާފަށް އެދެން”

ޝާރިމް އޭރުހުރިީ ރަނގަޅަށްވެސް ފެންކަޅިވެފައެވެ. ވާނުވާ ނޭނގި ރީމް އޭނާ އެހާ ދުރުކޮށްލީމަ އޭނާގެ ހިތަށް ތަދުވެއްޖެއެވެ.ރީމް ހަމަ އެހާ ރުޅިއައިސްގެން އެއުޅެނީ ރޭގަ އެ ކުރެވުނު ކަމެއްގެ ސަބަބުން ހެއްޔެވެ؟އެކަމަކު އޭނާ މިހާރު އެކަމަށް މައާފަށްވެސް އެދެފިއެވެ.ވީއިރު އަދިވެސް ރީމްގެ މޫނުގެ ކުލަވަރު ބަދަލުނުވެ އެ ހުރީ ކީއްވެ ހެއްޔެވެ؟އޭރު އެ މަންޒަރު ބަލަން ކައިރީގައި ދިމްރާމެންވެސް ތިބީ ވާނުވާ ނޭނގޭ ހާލުގައެވެ. އަރައިގެން އާއި އިރާއެކު ރީމްއާއި ޝާރިމްގެ ފަރާތުން ފެންނަމުން މިދާ މަންޒަރުތަކުން ހަތަރު މީހުންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ކީއްވެ؟ ކީއްވެ އަހަރެންނާ ދުރުގަ ހުންނަން ޝާރިމްއަށް އުނދަގޫވާނީ..އެންމެ ރީމްއެއް ޝާރިމްގެ ހަޔާތުން ދުރަށް ދިޔަޔަސް ޝާރިމްގެ ލައިފްއަށް މާ ބޮޑު ބަދަލެއް އަންނާނެ ހެނެއް އަހަރެންނަކަށް ހިއެއް ނުވޭ..ސޯ ޝާރިމްއަށް އަހަރެން ނެތް ތަނެއްގައި އަހަރެންގެ ފަޅުކަން އިހްސާސްވާނެ އެންމެ ރީޒަންއެއްވެސް ބުނެދީބަލަ..ބުނެދެވޭނެތަ” ރީމްގެ އަޑުގައިވާ ހިތްދަތިކަމާއި ވޭން ޝާރިމްގެ އިތުރުން ދެންތިބި މީހުންނަށްވެސް ސިއްރެއް ނުވިއެވެ.އެ އަޑުގައިވާ ތުރުތުރަކުން ހީވަނީ ދެންމެ ދެންމެ ރޮއެގެންފާނެ ހެންނެވެ.އެއާއެކު ޝާރިމް އަނެއްކާވެސް ރީމްގެ ދެކޮނޑުގައި ހިފަހައްޓާލީ ރީމްގެ މޫނަށް ބަލަން ހުރެއެވެ.

“ރީޒަންއަކީ އަހަރެން ރީ ދެކެ ލައިކު ވާކަން.. ދެވަނަ ރީޒަންއަކީ އަހަރެންގެ ލައިފަށް ރީ މުހިއްމުވެފައި ވާތީ..ތިންވަނަ ރީޒަންއަކީ ރީ ނެތުމުގެ ފަޅުކަން ފުރައިދެވޭނެ އިތުރު އަންހެނަކު ދެން ނާންނާނެތީ..ހަތަރުވަނަ ރީޒަންއަކީ ރީ އާއި ނުލާ ދެން އުޅޭނެ ގޮތެއް އަހަރެންނަށް ނޭނގޭނެތީ..މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ބޮޑު ރީޒަންއަކީ އަހަރެން ރީ ދެކެ ލޯބި ވާތީ..ރީ ފެނުނު ފުރަތަމަ ދުވަހުއްސުރެ ތި ސޫރަ މިހިތުގަ ފެވިފާ ވާތީ” ޝާރިމް އެހެން ބުނުމާއިއެކު ފެނިގެން ދިޔައީ ރީމް ރޯންފެށިތަނެވެ.އެ ރުއިމުގައި އެކުލެވިގެންވަނީ އުފާކަމެއް ނުވަތަ ހިތާމަ ކަމެއް އެކަކަށްވެސް ދެނެގަންނާކަށް ނޭނގުނެވެ.

“ނޫން..ނޫން..” ޝާރިމްގެ މޭގައި ދެއަތްއަޅާ ޝާރިމް ދުރަށް ކޮއްޕާލަމުން ރީމް ހަޅޭއްލަވައިގަތެވެ.އެތާ ފެންނަ ހިސާބުގައި އިތުުރު ކުއްޖަކުވެސް ނެތްކަން އެއީ އެމީހުންގެ ނަސީބު ކަންނޭނގެއެވެ.ތަންކޮޅެއް ކުރިން އާދެވުނީތީ އެއްވެސް އިތުރު ކުއްޖެއްގެ ލޮލުގައި އަޅައި ނުގަނެ އެތަނަށް އާދެވުންކަންވެސް ނަސީބެކެވެ.

“ތިކަހަލަ ލޯތްބެއް އަހަރެން ބޭނުމެއް ނޫން..ތި ލޯތްބަކީ އަހަރެންނަށް ފަދައިން އެހެން އަންހެން ކުދިންނަށްވެސް ދޭނެ ލޯތްބެއްކަމުގަ ވާނަމަ އަހަރެން ތި ލޯތްބެއް ބޭނުމެއް ނޫން..މިއަދު ޝާރިމް ތިހެން ބުނީމަ އަހަރެން އެންމެ ދެރަވެގެން ގަބޫލު ކުރާނީވެސް ކިހިނެއް..އަހަރެންނަށް ގަބޫލު ކުރެވޭނެވަރުގެ އެންމެ ރީޒަންއެއްވެސް ޝާރިމްގެ ފަރާތުން ދައްކައިދެވޭނެތަ..އޭގެ ބަދަލުގަ ޝާރިމް ތި ބުނާ ވާހަކަ ގަބޫލު ނުކުރެވިދާނެ އެތައް ބައިވަރު ސަބަބެއް އެބަހުރި..އަހަރެންނަށް އެނގޭހާވެސް އެއްޗަކީ ހަފްތާއެއްވެގެން ބާވެގެން އެއްލާއިލާނެ އަންހެނަކަށް ވާކަށް އަހަރެން ޝާރިމްގެ ލައިފް އަކަށް ނުދާނެކަން..ރޭގަވެސް ޝާރިމްގެ އެ އަމަލުން އަހަރެންގެ ހިތަށް އެރި އެއްޗެއް އެނގޭތަ..އަހަރެންގެ ހިތަށްއެރި އަހަރެމެންް ކަހަލަ ކުއްޖަކަށް އާ ކަމަކަށް ވިޔަސް ޝާރިމް ކިތައް ކުދިންނާ އެގޮތަށް ގާތްވެފައި ވާނެބާއޭ.. ޝާރިމްއަށް އިހްސާސްވޭތަ ޝާރިމްދެކެ އަހަރެންނަށް ލޯބި ވެވިފައިވާއިރު އަހަރެންނަށް ކުރާނެ އިހުސާސެއް..އަޅާނެ ވޭނެއް..އަހަރެންގެ ލޮލަށް ޝާރިމްއަށް ދެއްކޭތަ އެނޫން މަންޒަރެއް..ޝާރިމްއަށް އެކަންކަން އާންމު ކަންކަމަށް ވިޔަސް އަހަރެންނަށް އެ މަންޒަރުތައް ބަލާކަށް ކުޅަދާނައެއް ނުވާނެކަމެއް ނުވިސްނޭތަ..އަހަރެން ކީއްކުރަން އެހެން އަންހެނެއްވެސް ހިތާމަ ކުރާނެ އެފަދަ މަންޒަރުތައް ފެނިއްޖެއްޔާ..ހަމަ ތެދަށް މިބުނަނީ..އަހަރެން މޮޔަ ވެދާނެ އެފަދަ މަންޒަރުތައް ފެންނަންޏާ..ސޯ ޕްލީޒް ޝާރިމް އެގޮތަށް އުޅެން ބޭނުންކަމަށް ވަންޏާ އަހަރެންނާ ދުރުގަ ހުރެދީ” ރީމްގެ އެ ބަސްތަކުން ޝާރިމްގެ ހިތަށް ހީވީީ ތޫނު ހަންޖަރުތަކެއް ހެރެމުން ދިޔަ ހެންނެވެ.އެހާވެސް އެ ބަސްތަކުން ޝާރިމްގެ ހިތަށް ދިޔައީ ތަދުވަމުންނެވެ.

“ޝާރިމް ބުނީމޭނުން އަހަރެންދޭ ކޮންމެ އަދަބެއްވެސް ލިބިގަންނަން ތައްޔާރަށޭ ތިހުރީ..ސޯ ޕްރޫވް އިޓް..އަހަރެންނާ ދުރުގަ ހުރެދީ..ދުރުގަ ހުރެގެން ޝާރިމް ކޮންމެ ގަނޑެއް ގަތަސް އަހަރެން ނުބުނާނަން އެކައްޗެއްވެސް..އަހަރެން ހަމަ އެއްވެސް ޝަކުވާއެއް ނުކުރާނަން”

ރީމް މިހެންބުނެ ކަރުނަތައް ފުހެލަމުން އެނބުރި އާއިކޮޅަށް ދުއްވައިގަތީ އިތުރަށް ޝާރިމްގެ ކުރިމަތީ ހުންނަން ކެތް ނުވުމުންނެވެ.ދިމްރާ އަދި އުޝާ ގޮވާލުމުންވެސް ރީމްއެއް ނުހުއްޓުނެވެ. އެއައްވުރެ ބޮޑަށް އެހިތަށްވަނީ އަސަރު ކޮށްފައެވެ.ކަރުނަތައްވެސް ފުހުނު ވަރަކަށް ހީވަނީ ފައިބާ ކަރުނަތައް އިތުރުވަމުން ދާ ހެންނެވެ.

ރީމްގެ ފަހަތުން ދުއްވައިގަންނަން އުޅުނު ދިމްރާއަށް އޭގެ ކުރިން އެނބުރި ޝާރިމްއަށްވެސް ބަލައިލެވުނެވެ.ފެނިގެން ދިޔައީ ހިތްދަތިކަމާއިއެކު ޝާރިމް އެތާހުރި ބެންޗަށް ޖެހި ބުދެއްހެން ހުރެ ތިރިވިތަނެވެ.ހީވަނީ ހަށިގަނޑުން ވަރުގޮސްގެން ވެއްޓުނު މީހެއް ހެންނެވެ.ޝާރިމް އިން ހާލު ފެނި ދިމްރާގެ ހިތުގައިވެސް ހަމްދަރުދީ އުފެދުނެވެ.ނަމަވެސް ޝާރިމްގެ އެ އުޅުން ބަދަލު ނުކުރަނީސް ދިމްރާއަކަށްވެސް ރީމް ޝާރިމްގެ އަތް މައްޗަކަށް ދޫކޮށްލާކަށް ނުރުހެވޭނެއެވެ.ޝާރިމްގެ އުޅުން އެހެން ހުއްޓާ ގުޅި، ދުރުވާން ވެއްޖެނަމަ ރީމް މާ ބްރޭކު ވާނެއެވެ.ގާތް ރަހުމަތްތެރިޔާއަށް އެހެން ވާތަން ބަލާކަށް ދިމްރާއަކަށް ކެތެއް ނުވާނެއެވެ.އަޑުއަހަން އުނދަގުލަސް ރީމް ދައްކާފައި އެދިޔައީ މުޅިން ތެދު ވާހަކައެވެ. ޝާރިމްގެ ހާލަށް ހަމްދަރުދީ ވާ ހާލު ދިމްރާއާއި އުޝާއާއި ދިޔައީ ރީމް ކައިރިއަށެވެ.

ރީމްގެ އެ ބަސްތަކުން ޝާރިމްގެ ހިތަށް ތަދުވެއްޖެއެވެ.އަޑު އަހަން ކިތަންމެހާވެސް އުނދަގުލެވެ.ނަމަވެސް ރީމްގެ ވާހަކަ ތަކުގައި ދޮގެއް ނުވެއެވެ.އާއެކެވެ.ރީމް އެދެއްކީ މުޅިންވެސް ތެދުވާހަކައެވެ.އޭނާ މިއަދު ރީމްދެކެ ލޯބިވެޔޭ ބުންޏަސް ގަބޫލުކުރެވުމަށްވުރެ ގިނައީ ގަބޫލު ނުކުރެވޭނެ ސަބަބު ތަކެވެ.އޭނާއަށް އުޅެވިފައިވަނީ ރަނގަޅަކަށް ނޫނެވެ.ނޭނގި ނަމަވެސް އޭނާއަށް އެފަދަ ހުރިހާ މަންޒަރެއްވެސް ވަނީ ދެއްކިފައެވެ. އޭނާއަށް ކުރިން އެވަރު ނުވިސްނުނީ ކީއްވެ ހެއްޔެވެ؟ރީމް އޭނާދެކެ ރަނގަޅަށްވެސް ރުޅިއައުން ހައްގެވެ.އޭނާއަށް ރީމްއަށް މުޅިންވެސް ދެއްކިފައިވަނީ އަންހެންކުދިންނާ ގާތްގޯޅިކޮން އުޅެނިކޮންނެވެ.އޭނާއަށް ނޭނގި އެކުއްޖާ ހާދަ ކަރުނައެއް އަޅާނެއެވެ.ހިތާ ހިތުން ހާދަ ޝަކުވާއެއް ކުރާނެއެވެ.

ދިޔާންއާއި ޔުއާން އަބަދު ދައްކާ ވާހަކަތަކަށް ކުޑަކޮންވެސް ވިސްނާ ނުލެވުނީތީ މިއަދު އޭނާ ދެރަވާން ޖެހިއްޖެއެވެ.އެމީހުން އަބަދު އޭނާއަށް އެކަންކަމާާ ދުރުވާން ދިން ނަސޭހަތްތަކުގައި އޭނާއަށް ހިފުންނަމަ ކޮންފަދަ ހެއްޔެވެ؟.ވިސްނުނު އިރު އޭގެން އެކަކަށްވެސް މޫނު ދައްކަން އޭނާ ރަނގަޅަށްވެސް ލަދުގަނެއްޖެއެވެ.

ރީމްގެ އެ ވަރުގަދަ ޝަރުތަކީ އޭނާއަށް ހައްޤު އަދަބެންކަން ވިސްނި އެހިތަށް ތަދުވެއްޖެއެވެ. ނަމަވެސް ރީމްގެ ލޯބި އޭނާ ބޭނުމެވެ.ރީމް އެހެންބުނީތީވެސް އެކަން ކުރަން އަޒުމް ކަނޑައެޅީ ހިތްރޮމުންދިޔަ ހާލުގައެވެ.ރީމް އެހުރިހާ އެއްޗެއް ކިޔާފައި ދިޔައިރުވެސް ޝާރިމްއަށް ދިފާއުގައި އެއްޗެއް ނުބުނެވުނީ ކީީއްވެކަން ޝާރިމްއަށް ރަނގަޅަށްވެސް ވިސްނިއްޖެއެވެ.ރީމް ކީ ހަގީގަތަށް ކަމުން ދެކޮޅަށް ދައްކާނެ ވާހަކައެއް އޭނާގެ އަތުގައި ނެތީއެވެ.ޖެހި ބުދެއްހެން އިންއިރު ލޮލުން ކަރުނަ ފައިބަމުން ދިޔަ ކަމެއްވެސް ޝާރިމްއަކަށް އިހުސާސެއްނުވެއެވެ.އޭނާ އިނީ އެއަށްވުރެ ބޮޑު ޝޮކެއްގައެވެ.ހަމަބިމަށް އާދެވުނީ މާ ލަސްވި ފަހުންކަން ވިސްނުނީވެސް އަދި ކިރިޔާއެވެ. އެއްވެސް ލޯބިވެރިޔަކު އޭނާގެ ލޯބިވެރިޔާ އެފަދަ ގޮތަކަށް މީހަކާ ގައިގޯޅިވެ އުޅޭކަށް ނުރުހެވޭނެކަން އޭނާއަށް ކުރިން ނުވިސްނުނީ ކީއްވެބާއޭ ހިތާ އަމިއްލަ ނަފްސަށް ޝަކުވާ ކޮށްލެވުނެވެ.

ޝާރިމްގެ ކަރުނަތައް ހުއްޓުނީ ދިޔާންއާއި ޔުއާންގެ އެތައް ހިތްވަރަކުންނެވެ.ނަމަވެސް އެއައްފަހު ފެނިގެން ދިޔައީ މުޅިން ބަދަލުވެފައިވާ ޝާރިމްއެކެވެ.ޝާރިމް، ހަމައަކަށް އަޅުވައިގެން އެމީހުންނަށް ކުލާހަށް ދެވުނީ ކުލާސްތައް ފެށުނުވެސް ފަހުންނެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (84)

  1. nini

    Inthizaaru ga in da up vi …ya
    Me first

    1. ithoo
      nini

      Yey..nini ah frst libuny..dww..hehe ☺

  2. kiaa

    Haadha rangalhey ithoo.
    wowwwwwwww.stry haadha haa ey reetheee.☺☺??

    1. ithoo
      kiaa

      Awwhh..thanxx kiaa..☺

  3. nini

    VVVVVVVVVVVVVVV lobi stry….???????
    Waiting……….
    Superb ithooo

    1. ithoo
      nini

      Awwhh..thanxx nini..thanxx a lot☺

  4. mnnm

    nice.. sifa kohdhinun v nice.. keep it up.. loved it.. avahah up kohdhyba next part plx plxxxxx?

    1. ithoo
      mnnm

      Thanxx mnnm.. Mnnm daily kon cmnt kuraakah me ah faahaga kureve..thanxx dear thidhey hihvarah..☺

  5. Sanu

    Shaarim fakeeru dhw?????hehehe mi parts hama eha lobi. Shifa kohdhinumaa, yuaange rulhiganduves hama ehaa loabi. Keep it up.

    1. ithoo
      Sanu

      Sanu ge cmnt eh libey irah happy veyeyyy sanoo..hehe.shaarim fakeeru rohvaalee..hehe..thanxx sanooo..☺

    2. Sanu
      Sanu

      Awwh. C thoo happy vanyaa abadhu commant kihkoh dhen ihnnaanee.?? sanoo v ufayvey vihyya c thoo happy v ma.????

  6. Shahu

    Finally. Varah reethi mi part vx.?

    1. ithoo
      Shahu

      Thanxx shahu.. Shahu ah ithoo rply dheythy happy vaahen shahu ge cmnt vx regular kon fehnaathy ithoo v v happy ve..thanxx shahu.. ?

  7. Reema

    Vrh salhi… Vrh kiyaahiyveyy dhn inn bai..

    1. ithoo
      Reema

      Thanxx reema..ehentha..so inthixaaru kohlahcheyy ingeyy ☺

  8. Aki

    alhey haadha reechey mi part ves … thanks ithoo

    1. ithoo
      Aki

      Wc Aki..n thanxx to u also Aki ☺

  9. Ardhii

    V reethi mi part ves ?
    Thank you ithoo ??

    1. ithoo
      Ardhii

      Wc Ardhii.. N thanxx to u also Ardhii ☺

  10. love girl

    vvvvvv reethi stry eh ?. waitting for the next part

    1. ithoo
      love girl

      Thanxx love girl☺

  11. Samee

    Wow.. Hama rangalha vess rovihje… N boy kujjaka roveyny haadha asareh kureema ey dhww.. Don’t worry shaarim.. Avaha islaahu vey. Eyrun reem libeyne… Btw thnks ithoo mihaa lwbi koh stwryy genes dheythy… Gud luck n keep it up..

    1. ithoo
      Samee

      Samee ge cmntakah me inthixaaru kohfin ingey..varah fahun fenuny samee frndx vaan beynun vaa kamah bunefa in cmnt.. So frndx vaan furusathu eba oih tha..☺

    2. ithoo
      Samee

      Samee mihaaru adhi ronyaa fahun adhi maa roaneynun..hehe..shaarim kairy mi kiyany islaahu vaashey avahah..hehe..wx samee..n thanxx to u samee☺

  12. Azu

    Dhimraaa……..alhe haadhahaa laaneh kuhjaa gandekey eyew….yooaan fakeerah jessi haalu bala…haadha majaley buhfulhi buruvaali manzaru ves….sifa kurun habeys ingey….love ur work n u….???

    1. ithoo
      Azu

      Aaekey laaneh kamuge hahdheh neih..hehe.me ah vx aslu v majaa scene eh aee..thanxx Azu..n luv u too ?

  13. aisha

    nice ??????

    1. ithoo
      aisha

      Thanxxx Aisha?

  14. Samee

    Hehe.. Yah sure.. N thnks a lot ithoo.. luv u

    1. ithoo
      Samee

      Wc dearrr..luv u too ?

  15. Khajja

    Wow v nice hyvany kurimathyga roalvi kamenhen ehaaves furihama v ibraiytheri thank u so much n dailykoh nimendhen stry genesdhinun edhen nxt prt avahah up kolladhybala can’t wait shaarim ah vaagoiy balaalan v beynun change veytho anyway stry v habeys luv it?????

    1. ithoo
      Khajja

      Haha..in sha Allah nimendhen genesdheynan dear..n thanxx my dearr khajja ☺

  16. Fs

    V salhi mi vaahaka

    1. ithoo
      Fs

      Thanxx dearr ☺

  17. Eanal

    Speechless.. ??
    Its Totally Awesome..❤?
    Ithoo daily Kwh Update Kwhdheyn Fattan v Nuh..?? Wrh Kiyaa Hiyy Waa Story Eh v ma Bunelyy Hama..☀?
    Love Much Sweety..??

    1. ithoo
      Eanal

      Hehe.. Thanxx Eanal..dhe dhuhah manage kohgen vx aslu v bxy koh ulhemun mi genesdheny..ehenve dhe dhuhun vx kiriyaa a liyeveny deare..adhi midhuvas kolhu ithoo miulheny aslu v v bxy koh..ekamu vx delay nukuran vegen two days therey mi genes dheny aslu..thanxx once again Eanal..hope u will understand dearr..luv u too my dearr ☺

  18. Meesh

    Meesh ehaa ginain comment koh noolhen. Ekam hama mi story reethi kamun mi jehuny comment kuran. Vvvvvvvvv reethi meesh ah mi story. Adhi characters thah ves. Story nimedhen genesdheyne kamah ummeedhu kuran. Luv u ithoo.. ????❤❤

    1. ithoo
      Meesh

      Awwhh..thanx thanx ehaa cmnt nukuraa iru vx meesh ge view bunela dheyn cmnt kurythy..in sha Allah nimendhen hama genes dheynan haalatheh naahnahaa hindhaku..n thanx a lot dear..happy to hear frm u..thigothah abadhu vx view bunela dheyne kamah umeedhu kuran.n luv u too dearr Meesh?

  19. mai

    Mee hindhi drama ekehnu.. ithoo v drama balaahen ahahnah hyvany.. mulhivx drama vefa miohnany.. and one more thing.. kada viye nujahaa raki viye jahaali nama ethankolhu furihama vaane.. kada aky hama asluves kada baheh.. vaahaka dekkumuge therein nama ok..

    1. ithoo
      mai

      Aslu v v nubalan hindhi dramas..aslu kada vi a word ingey beynun nukuraane kan..bt raki voon ethanaa ehaa nugulhey hen hyvaathy aslu kada v jehy..n thanxx ingey hih hama nujehey kanthah bunela dhineema..

  20. AthiMSN

    This is my first comment to a story of this site..
    This story is totally awsome.. I like the way u describe the story. I feel like that I m watching this story?
    BTW v nice kyp it up the gud work.. luv it.. ??

    1. ithoo
      AthiMSN

      Seriouslyy..wowww…N thanxx Athi view bunelan cmnt kohlyma eh vx varakah cmnt nukuraa kujjakah vx ve hure..once again thanxx a lot dearr..☺

  21. Sharu

    Omg omg omg… ur description of every single situation is jst awesum grl… <3 idk wot to say its a beautiful story :-* insha allah u can go v far from this field 😉 try kurahcheh ithurah kuriyah dhaan… insha allah u cn.. n i will pray for u… this is jst awesome 😉 wowwwwwww… speechless 🙂 luv u so much sithoo bby <3

    1. ithoo
      Sharu

      Hmm in sha Allah try kuraanan..n v happy vehje sharu mi stry balaigaih varu fenifa..thanxx sharu..n luv u too ?

  22. Saandy

    Ithoo! Its amazing… Yuaan Dhiflaa govaigen ulhunu bai haadha majaley… Dhiflaa boduvegen vaany Dhimraa kahala laaneiy kujjakahkan yaqeen… Hehehe… Shaarim!! Kobaa heevey… Dhenves islaahuvey… Ithoo! Waiting for the next part 🙂

    1. ithoo
      Saandy

      Me ah vx v v majaa a scene hama saandy..haha..sharim islaahu kuran jeheyny..hehe..btw thanxxxxx saandy?

  23. Naa

    Ray vaahaka aii thw nubalaa nidhuny. Hendhunu hayli gothah mikiyaaly mivaahaka. Hama heehee halaaku vejje.

    1. ithoo
      Naa

      Haha..v ufaa vejje hendhunu heyli thanun vx Naa hehvaa levunyma..hehe..thanxx Naa☺

  24. Lam

    Nice next part koniraku

    1. ithoo
      Lam

      Maadhemaa in sha Allah up kuraanan..

  25. nazu

    Vr nice next part an dhen intizaaru mi kurany avahan up konladhechy

    1. ithoo
      nazu

      Thanxx nazu.. In sha Allah maadhamaa up kuraanan..

  26. saamy

    Haha… yuaan fakeerah jehunu haalu balaaba.. so entertainin.. alhey shaarim dhnves islaahuveba dhw.. eyrun nehnnu reem yes ey bunaany… i luv it ithoo.. best of luck dear??

    1. ithoo
      saamy

      Dww..shaarim avahah islaahu vebala dhn..hehe..kuda kujjaku alah uri faharu vx ulhen jehunu goih aee a fakeerah..kyhkuraannyy..thanxxx saamy ☺

  27. Yuan

    V salhi ingey story…Luv it..Next part avas kh dheythi ingey…Mi story hama v habu..?

    1. ithoo
      Yuan

      Thanxx dearr.. In sha Allah maadhamaa up kuraanan ☺

  28. joo

    hyvany hama asluvx rovidhaane hen hama ehaa vx asru gadha.. v salhi ingey waiting for next part

    1. ithoo
      joo

      Alhey joo anehkaa nurohcheyy akamu..thanxx jooooo..☺

  29. munni

    speechless vejeh mi khiyaafa… vvv salhi keep it up

    1. ithoo
      munni

      Hehehe..thanxxx munni ☺

  30. Shaa

    Hahaha balaa magey yuan ah V goih. That was so fun. Avahah next part up kohdhehchey. Lwbiveyyyy ithooo .

    1. ithoo
      Shaa

      Hehehe..shaa ge yuan ah kihineh v o.. Hehe..thanxx shaa deare..loabiveyy shaa ☺

    2. Shaa
      Shaa

      Shaa ge yuaan Hadith kohly eyh dhif

  31. Afy

    Bunelan beynumee haadha salhiey mivaahaka ???☺☺☺

    1. ithoo
      Afy

      Hehehe..thanxx Afy ?

  32. shafu

    hehe…sharim dhera nuvaathi ingey adhi reem libeyne… v salhi mi part …

    1. ithoo
      shafu

      Dwww..shafu..hehe.. Thanxx dear ☺

  33. Hau

    Wow ithoo.. yuaan eulhunu haaleh dhw… hahaha… heehee halaaku vehje… ekani indhegen vz mihevuny… hau heythan fenna meehun buney moya vy hehyey… aslu vz ithoo ge mi story hau moya kohlaifi… waitin for the nxt part… avas kohla dheythi ingey nxt part… mi part v majaa n v sad… shaarim ah veegothun v dhera vehje… btw keep it up… avahah story up kohla dhehchey ingey ithoo… ????

    1. ithoo
      Hau

      Hahaha..dww..yuaan ah dhim abadhu vx haalu jahsa jahsa a huhnanee..shaarim ranaglhu vaane kamah balamaa dww.hehe..thanxx..hau abdhu vx thidhey supportah fahfashun thanxx dearr..thank u ao much.. ☺

  34. ithu

    ithoo this stry is awesome.. i m very happy to knw tht ur name is ithu cause its my nick name too.. i luved this stry .. waiting fr the next part.. enmeh hih hama nujehey thankolhaky up vaa lih laskamun but i understand buxy vaaneh kann…. so kyp the gud wrk

    1. ithoo
      ithu

      Wowww..hama ithu eh dww mi dhimaa v.. Ithu akaa dhimaa v ma v v happy vejje dear..n thanxx dear for thw compliment..aslu vx v bxy dhuvas kolheh aslu mee..hykuran kuriah oih thaa ithu fehnaane kamah..?

  35. Sunoo

    Wow.v nice..kn irakun next part..avahah up kohba…v nice mi vaahaka…

    1. ithoo
      Sunoo

      Awwhh..thanxx sunoo..in sha Allah miadhu kureveythw miulhenyy..☺

  36. Cherry

    Ekam ves heyo heyo heyo heyo
    Rulhi rulhi rulhi
    Alhe aslukoh cherry comment kurymey
    Network errrr eh kamah ves vedhaane
    Adhi rep balaafa reply kollanvegen mi balaaaly ???????

    1. ithoo
      Cherry

      Hehe..ehen vx vaane dearr..ekamu vx thanxx cmnt kohleema..thanxx cherryy.. ☺

  37. shaaa

    Knirakun tha story up kohgen….avahah up kohdhybala ithooo

    1. ithoo
      shaaa

      Nw up vefa innaanee dear..☺

  38. Maahy ❤

    Ihthooooo Avas kohba kehmadhuvefa mihury vaahaka kiyaa hithun ???

    1. ithoo
      Maahy ❤

      Nw up vefa innaanee maahy..hehe

  39. princess shaal

    avas koh up koh dhyba ithoo plxx

    1. ithoo
      princess shaal

      Mihaaru nxt part up vehje ey dearr☺

  40. kiaa

    Ithooooo kba tha next part avahah up kohdhyba.. plx plx plxxxx

    1. ithoo
      kiaa

      Mihaaru nxt part up vehje ey kiaa ☺

  41. HandiGnduvaruDhonkamana

    Mi prt ge Shaarim bai keeiru heevany hama Charlie puth ge ATTENTION adu ivunuhn…. Hama rovvaalaifi…

    love u ithoo<3<3<3

Comments are closed.