” މިހާރު ތި ބުނާ އަންހެން ކުއްޖާތަ މުހިއްމީ މައިންބަފައިންނަށް ވުރެ.. ބޭނުން އެއްޗެއް ބުނާހާއިރަށް ހޯދައިދީ އެހާ ލޯބިދީގެން ބޮޑުކުރީމަވެސް އިސްވަނީ އެހެންމީހެއް ދޯ… ނަކީލް އަކަށް ލާހިކެއް ނޫން އެކުއްޖާއާއި ކައިވެނި ކުރެވޭކަށް… އެކަހަލަ ރަށްފުށުގެ ކުއްޖަކު ކިހިނެތް ގެންނާނީ… އެންމެންގެ ތެރޭގައި އަަހަރުމެންގެ އަގުވައްޓާލަންތަ ބޭނުންވަނީ…އޭން… އެހެން ނަސްލުގެ މީހަކާއި އިންނަން ތިއުޅެނީ ރީތި ކޮރެއާ ކުދިން މަދުވީމަތަ…ދެން ނިކަން އިދެބަ ތިކުއްޖާ އާއި… ލާހިކެއް ނޫން..” ނިހާލު ރުޅިއައިސްގެން ތުރުތުރުއަޅާ ކަހަލައެވެ. […]
ވަކި ހިސާބަކަށް ދެމީހުންނަށް ދެވުނުތަނާ ކުއްލިއަކަށް ވާރޭ އޮއްސާލާފިއެވެ. ހިޔާ ހޯދުމަށްޓަކައި އަޝްފާންއަށް އިޝާ އަތުގައި ހިފައި އެތާ ކައިރީގައި ހުރި ހިމަ އަސްކަނި ދަށަށް ގެނދިޔައެވެ. ވާރޭގެ ތިކިތަކުން އިޝާ ހިޔާކުރުމަށްޓަކައި އަޝްފާން ހުރީ އިޝާކުރިމަތީގައެވެ. އޭރު ބޯކޮށްވެހެމުން ދިޔަ ވާރޭ އަޝްފާންގެ ބުރަކަށި ތެންމަމުން ދިޔައެވެ. ދެމީހުންގެ ނޭވާ އެކަކު އަނެކަކަށް އެޅޭހާ ކައިރީ ހުރި އަޝްފާނަށް ހުއްޓުމެއްނެތި ބެލެމުން ދިޔައީ އިޝާގެ މޫނަށެވެ. އިޝާގެ ފުން ދެލޮލަށް އޭނާއަށް ގެބިގެންދެވުނެވެ. އަޝްފާން އެހާ […]
ހެދުމަށް ކިސަޑުގެ އަސަރު ފޯރާފައި ނުވުމުން ލައިބާއަށް ހިތްހަމަޖެހުމުގެ ނޭވައެއް ދޫކަށްލެވުނެވެ. ނަމަވެސް އަރައިގެން ހުރި އޮފު ކަޅު ބޫޓުގައި ކިސަޑުގެ އަސަރު ހުރުމުން ލައިބާ ދަބަހުން ޓިޝޫއެއް ނަގާ ސާފްކޮށްލިއެވެ. ވަރަށް ބޮޑާ ފޮނި މީހެއް އެއީ. އެހެންމީހުންނަށް ބަލައެއް ނުލާނެ. މާބޮޑު މުއްސަންޖެއްގެ ދަރިއެކޯ. ތުންދަމާލަމުން ސަމާ އެއްޗެހިކީ ދެންމެ ކާރު ދުއްވާފަދިޔަ ޒުވާނާއަށެވެ. ކުރިން ސަމާގެ ކިބައިން މިފަދަކަމެއް ފެނިފައިނުވާ ލައިބާއަށް ބާރަށް ހީގަނެވުނެވެ. ސަމާވެސް ހުނުމުގައި ބައިވެރިވިއެވެ. އޭރު ޓެކްސީ އައިސް […]
މިކްޔާގެ ހިނިތުންވެފައިވާ މޫނަށް ބަލަހަށްޓައިގެން އިން އައުފްގެ ހިތުގައިވެސް ބަޔާން ކުރަންދަތި ފޮނި އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. ހިތުގެ ދުޢާއަކީ އޭނާގެ ހަޔާތަށްއައި ބަހާރު މޫސުން އަބަދަށް ދެމިއޮތުމެވެ. ނަމަވެސް ތަޤުދީރުގައި ލިޔެވިފައިވާ ކަމެއް މެނުވީ ނުހިނގާނެކަން ގައިމެވެ. ދެގަޑިއިރުގެ ދަތުރަކަށްފަހު މިކްޔާއާއި އައުފް އެމީހުންނަށް ހާއްސަކޮށްގެން މައިކަލް ބުކް ކޮށްފައިވާ ހޮޓެލަށް އާދެވުނުއިރު ދެމީހުންވެސް ތިބީ ވަރުބަލިވެގެން ހަލާކުވާވަރުވެފައެވެ. ހާއްސަކޮށް މިކްޔާގެ ބޮލުގައި ވަރަށްގަދައަށް ރިހެމުން ދިޔައެވެ. ” ބޭބީ…ވަރަށް ޓަޔަރޑް ދޯ..ހިނގާ ފެންވަރައިގެން ނިދާލަން..މިހާ […]
” ހީނުކުރައްޗެ ލޫޝާ މަރުވުމަށްފަހު ކަލެއަށް މިގެއިން ލޫޝާގެ ޖާގަލިބޭނެކަމަށް.. އޭގެ ކުރިން އަހަރެން ކަލޭ މާދުރަށް ފޮނުވާލާނަން..” މިހެން ބުނެ ހަބީބާ އައިޝާގެ އަތުގައި ހިފައިގެން ދަމަމުން ތިރިއަށް ގެންދާންފެށިއެވެ. އައިޝާ ރޮމުން އާދޭސްކުރަމުން ދިޔައިރުވެސް ހަބީބާއަށް އެއަޑު ނީވޭ ކަހަލައެވެ. ދޮރުހުޅުވާލުވާލާފައި މަގުމައްޗަށް އައިޝާ ކޮއްޕާލިވަގުތު ތިރިއަށް ވެއްޓި އައިޝާގެ ބޯޖެހުނީ ޕޭމެންޓް މަތީގައެވެ. ހަބީބާ ރަހުމުވެސް ނުކުރާ ހާލު އެތެރެއަށް ޗަދެ ދޮރުލެއްޕިއެވެ. ބޮލަށް އަރާފައި ހުރި އެނބުރުމެއްގެ ސަބަބުން އައިޝާއަށް ތެދުވެވޭ […]
މުޅި ސްކޫލުން އެއްވަނަ ދަރަޖައިގާ ފާސްވެ ގަދަ ދިހައެއްގެ ހަތަރުވަނަ ލިބުން ލައިބާ ބޭނުންވީ އޭލެވެލް ކިޔެވުމުގެ ބަދަލްގައި ކޯހެއް ހަދައިގެން ބިޒްނަސް ދާއިރާއިން ކުރިއަށްދާށެވެ. އޭލެވެލް ކިޔެވުން މުހިއްމު ކަމެއްގެ ގޮތުގައި ނުދެކޭތީއެއްނޫނެވެ. ދިރިއުޅުމުގެ ހާލަތު ހުރިގޮތުން މިއަދު އެގޮތް މުހިއްމުވީއެވެ. ކިޔަވަން ދަމުން ވަޒީފާއަކަށް ދާންވެސް ލައިބާ ބޭނުންވެއެވެ. ލައިބާގެ ހުރިހާ ބޭނުންތަކެއް ފުއްދައިދިނުމަށް އޭނާގެ ބައްޕަވަނީ ވަރުބަލިކަމެއްނެތި މަސައްކަތް ކޮއްފައެވެ. ވީމާ މިއަދު ލައިބާ ބޭނުންވަނީ ބައްފައަށް އެކަން ލުއި ކޮށްދޭށެވެ. ލައިބާ […]
ޒެއިނާ އިނީ ކުރާނެ ކަމެއް ނޭނގި ފޫހި ވެފައެވެ. ޒެއިނާ ބަދިގެ އަށް ގޮސް އަމިއްލޭން ޖޫސް ތައްޓެއް ގިރާލައިގެން ކޮޓަރިއަށް ދިޔައެވެ. ވާހަކަ ފޮތެއް ކިޔުމުގެ ނިޔަތުގައި ވާހަކަ ފޮތް ހިފައިގެން ކޮޓަރިން ނިކުމެވެން ހުރި ބެލްކަނި އަށް ދިޔައެވެ. އެއަށްފަހު އެތާހުރި ގޮނޑިއެއްގައި އިށީއިނެ އެއްއަތަށް ފޮތް ލައިގެން އަނެއްއަތުން ޖޫސް ތަށި ހިފައިގެން އިނެވެ. އިރުކޮޅެއް ފަހުން ޒެއިނާ އެ ފޮތް ތިރިކޮށްލީ ގޭ މަގުމައްޗަށް ހުއްޓި ޒޭންގެ ކާރު ފެނުމުންނެވެ.ކާރުން ފޭބި […]
ޑްރާމާއަށް ހާއްސަ ކޮށްފައިވާ ހޯލަށް ވަތްއިރު ގިނަ ގުރޫޕުތައް ތިބީ ހަމަވެފައެވެ.މިފަހަރު ގުރުއަތު ނެގުމުން ޔުއާންމެން ގުރޫޕަށް ލިބުނީ ފަހަތުން ދެވަނައެވެ.އެކި ގުރޫޕުތަކުގެ ތަމްސީލްތަށް ނިމެމުން ގޮސް އެންމެފަހުން އެ މީހުންގެ ގުރޫޕަށްވެސް ޖެހުނެވެ.ޑްރާމާ ކުޅެން ފެށުމުން ޕްރެކްޓިސްއަށްވުރެ ދެގުނަ ރަނގަޅުކަން ހަމީހުންނަށްވެސް އިހުސާސްވިއެވެ.މިކަމުން އެ އެންމެންވެސް ތިބީ ޑްރާމާ ކުޅެމުން ދިޔައިރު އުފާވެ ހިތްހަމަ ޖެހިފައެވެ. ޑްރާމާގެ އެކި މަންޒަރުތައް ނިމެމުންގޮސް ޔުއާންއާއި ދިމްރާގެ ލަވަކިޔުމުގެ ބާއި ޖެހުނެވެ.ދެމީހުންވެސް ގޮނޑިއެއްގައި އިށީންދެ ހަމަޖެހިލުމަށްފަހު ގިޓާއިން ރާގު […]
ލޫކަސް ބާރަށް ހޭންފެށީ އަނާނީގެ މޫނުމައްޗަށް އައިސްފައި ހުރި ކުލަވަރު ފެނިފައެވެ. “ކިހިނެއްވީ؟” “ޑިސްގަސްޓިންގ!” ބާރު ވައިރޯޅިއެއް ހެން އަނާނީ އެތަނުން ނުކުމެގެން ދަމުން މިހެން ބުނެލީ ލޫކަސްއަށް އިވޭނެ ވަރަށެވެ. އަދި އެއައްފަހު، ސޯފާގައި އިން އަޒްކާ ކައިރީ އިށީނދެ، އޭނާއަށް ބުށްތަށި ބޯންދޭންފެށީ، ފަހަތުން އައި ލޫކަސްއަށް ބަލައިވެސް ނުލައެވެ. އޭނާ ހުރީ އެހާވެސް ރުޅިގަދަ ވެފައެވެ. އޭނާ ހުންނަ ގޭގެ ވެރިމީހާގެ ކޮއްކޮއަށްވިޔަސް، އޭނާއާ އެގޮތަށް ވާހަކަ ދެއްކުމުގެ ހައްގެއް ނޯންނާނެއެވެ. އަމުދުން […]