Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ (3)

Psenhi Level 410 Stories100 Comments100 Login
April 8, 2017 3 Mins Read
8 Comments

މުޅި ސްކޫލުން އެއްވަނަ ދަރަޖައިގާ ފާސްވެ ގަދަ ދިހައެއްގެ ހަތަރުވަނަ ލިބުން ލައިބާ ބޭނުންވީ އޭލެވެލް ކިޔެވުމުގެ ބަދަލްގައި ކޯހެއް ހަދައިގެން ބިޒްނަސް ދާއިރާއިން ކުރިއަށްދާށެވެ. އޭލެވެލް ކިޔެވުން މުހިއްމު ކަމެއްގެ ގޮތުގައި ނުދެކޭތީއެއްނޫނެވެ. ދިރިއުޅުމުގެ ހާލަތު ހުރިގޮތުން މިއަދު އެގޮތް މުހިއްމުވީއެވެ. ކިޔަވަން ދަމުން ވަޒީފާއަކަށް ދާންވެސް ލައިބާ ބޭނުންވެއެވެ. ލައިބާގެ ހުރިހާ ބޭނުންތަކެއް ފުއްދައިދިނުމަށް އޭނާގެ ބައްޕަވަނީ ވަރުބަލިކަމެއްނެތި މަސައްކަތް ކޮއްފައެވެ. ވީމާ މިއަދު ލައިބާ ބޭނުންވަނީ ބައްފައަށް އެކަން ލުއި ކޮށްދޭށެވެ.

ލައިބާ ވަޒީފާއަށް ދަމުން ކޯހަކަށް ދާން ބޭނުންވާކަމަށް ބުނި ފުރަތަމަ ދުވަހު އަދުނާނު ފާޅުގައި އެކަމަށް އިންކާރު ކުރިއެވެ. އޭނާ ބޭނުންވީ ލައިބާ އޭލެވެލް އިންވެސް އޯލެވެލް އިން ހޯދިފަދަ ނަތީޖާއެއް ހޯދާށެވެ. ނަމަވެސް ދަރިފުޅުގެ އާދޭހުގެ ސަބަބުންނާއި އޭނާގެ ބަލިހާލުގެ ސަބަބުން މިއަދު އަދުނާނަށް ލައިބާ އެދޭގޮތަށް ކަންތައް ކޮށްދިނުން މުހިއްމުވީއެވެ.

ދަރިފުޅާ! ނަމާދުކޮށްލަން ދާންވީނުން

ފުން ޙިޔާލަކަށް ގެއްލިފައިއިން ލައިބާއަށް ހޭވެރިކަންވީ ބައްޕަގެ އޯގާތެރި އަޑު އިވުމުންނެވެ. ލައިބާ އަވަސްއަވަހަށް ތެދުވެ އަދުނާނުގެ އެހީތެރިކަމާއިއެކު  ފާޚާނާއާއި ދިމާއަށް މިސްރާބުޖެހިއެވެ.

ކާރުން ފޭބުމާއިއެކުަ ލައިބާގެ ލޮލުގައި އަޅައިގަތީ ކުރިމަތީ ފެންނަންހުރި ދިހަބުރީގެ އުސް އިމާރާތެވެ. ޒަމާނާ އެއްގޮތަށް ޑިޒައިންކޮށްފައިވާ މި އިމާރާތުގެ ބޭރުގައި ލާފައިވާ މަޑުފެހި ކުލަޔާއި ވިލުނޫ ކުލައިގެ ސަބަބުން އިމާރާތް އިތުރަށް ފުރިހަމަކަމަށް ދައްކައެވެ.

މިހިރީ އަހަރެމެން އުޅޭގެ

ޖެހިގެންހުރި ދެބުރީގެ އިމާރާތައް ޢިޝާރާތްކޮށްލަމުން ނިޒާމްބެ ބުންޏެވެ. ލައިބާ އަވަސް ފިޔަވަޅުތަކެއްގާ އަދުނާންގެ ފަހަތުންގޮސް އެގޭގެ ދޮރުންވަނެވެ. ނިޒާމްބެމެން އުޅެނީ އެންމެ ތިރީ ބައިގައެވެ. އެގޭގައި އުޅެނީ ނިޒާމްބެއާއި އޭނާގެ އަންހެނުން އަދި އެދެމަފިރިންގެ ދެ އަންހެން ދަރިންނެވެ. ނިޒާމްބެއަކީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެކެވެ. މާމަ ދުނިޔޭގައި ބައްޕަ މަހަށް ގޮސް އުޅުންއިރު އެދޯނިން މަހައްދިޔަ މީހެކެވެ. ނަމަވެސް އެމީހުން މާލެ ބަދަލުވިފަހުން މިހާރު ދިހައަހަރު ވެއްޖެއެވެ.

ގޭ އެންމެންގެ ފަރާތުންވެސް ލައިބާއަށް ކީ ވަރަށް ފުރިހަމަ މަރްޙަބާއެކެވެ. ނިޒާމްބެގެ އަންހެނުން ލީލާގެ މޫނުމަތިން ފެންނަމުންދިޔަ ނުފިލާ ހިނިތުންވުމުގެ ސަބަބުން ލައިބާގެ ހިތުގައިވީ ހުރިހާ ބިރުވެރިކަމެއް ފިލާ ދިޔަކަހަލައެވެ. އެދެމަފިރިންގެ ދޮށީދަރިފުޅު ސީމާއާއި ހަގުދަރި ސަމާވެސް ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ.

އިސްކޮޅުން ކުރުވިއަސް ސަމާއަށް ލީލާގެ ފަރާތުން ލިބިފައިވާ ދޮން މޫނާއި ލޫޅާފަތި ހަށިގަނޑުގެ ސަބަބުން އެތަކެއް ޒުވާން ފިރިހެން ކުދިން ހިތްކިޔައެވެ. އަދި ޙާއްސަގޮތެއްގާ ސީމާއާއި އެއް އޮފީހެއްގައި މަސައްކަތްކުރާ ދާސް ހުންނަނީ ސީމާގެ ސިގްނަލަކަށް ބަލަބަލައެވެ.

ސަމާއަށް ލިބިފައިވަނީ ބައްޕަގެ ސިފަތަކެވެ. ހަންގަނޑުގެ ކުލަ ތަންކޮޅެއް އަނދިރިއެއްކަމަކު ލިބިފައިވާ ދިގު އިސްކޮޅާއި ލޫޅާފަތި ހަށިގަނޑުގެ ސަބަބުން ރީތީގެ ރާނީއޭވެސް ބައެއްފަހަރު އޭނާގެ ދޮންތަ ސީމާ ބުނެލައެވެ. އެހެން ނަމަވެސް އެއްވެސް ބޮޑާކަމެއް ކިބުރުވެރިކަމެއް ނެތް އަޚްލާޤް ރަނގަޅު ކުދިންތަކެކެވެ. ގޭތެރޭގައި އުޅޭ ގިނަވަގުތުތަކުގައިވެސް ބުރުގާއިން ބޯ ނިވާކޮށްލައިގެން އުޅުމުން އެކުދިންގެ ދީންވެރިކަން ދެކޭ ކޮންމެ މީހަކަށް އެނގިގެންދާނެއެވެ.

ހުކުރު ދުވަސްކަމުން ގޭގައި ޙާއްސަ ކެއުމެއް ތައްޔާރު ކުރިއެވެ. ޖެހިގެން އަންނަ ދުވަހު އަދުނާނު ފުރަން ހަމަޖެހިފައިވުމުން ލައިބާގެ ގިނަ ވަގުތު ހުސްކުރީ ބައްޕައާއިއެކު ވަގުތު ހޭދަކޮށްލާށެވެ.

ބައްޕަ ފުރައިގެން ދިއުމުން ލައިބާއަށް ފަޅުކަމެއް އިޙްސާސް ކުރެވުނެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެމޫނުގެ ތާޒާކަން ގެއްލި މިލާ މޯޅިވިއެވެ. ނަމަވެސް ދާދި އަވަހަށް ހިތަށް ވިސްނައިދީ ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ. ދޮންތައާއި ސަމާގެ އޯގާތެރިކަމުން  އެކަމަށް އިތުރު ހިތްވަރެއް ލިބުނެވެ. ތިން ކުދިން އެކުގައި ހީ ސަކަރާތްޖަހާ ހެދިއިރު އުމުރުގެ މާބޮޑު ފަރަޤެއް ހުރި ކަމަކަށް އެއްވެސް މީހަކަށް ފާހަގައެއް ނުވާނެއެވެ. ނަމަވެސް ލައިބާއާއި ސަމާގެ އުމުރުން ސޯޅަ އަހަރު ވީއިރު ސީމާގެ އުމުރަކީ ހަތާވީސް އަހަރެވެ.

ކިޔެވުން ފެށުމުގެ އެއް ހަފްތާ ކުރިން ލައިބާ މާލެ އައީ ދެ މަޤްސަދެއްގައެވެ. އެއްކަމަކީ ޔުނިވަރސިޓީއަށާއި މާލޭގެ އާ މާހައުލަށް ހޭނުމެވެ. އަނެއް ކަމަކީ ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރުމެވެ.

ސީމާގެ އެހީތެރިކަމާއިއެކު މިހާރު ހައެއްކަ ތަނަށް ސިޓީ ލެވިއްޖެއެވެ. ނަމަވެސް ހަފްތާއެއް ވީއިރުވެސް އެއްވެސް ތަނަކުން އިންޓަވިއު އަކަށް ނުގުޅިއެވެ. ލައިބާ އަކީ އެހާ ފަސޭހައިން އުންމީދު ކަނޑާލާނެ ކުއްޖެއްނޫނެވެ.

އާދިއްތަ ދުވަހު ޔުނިވަރސިޓީއަށް ދިއުމުގެ ކުރިންކާ އަނެއްކާވެސް  އިތުރު ދެތާކަށް ސިޓީ ލައިފިއެވެ.

ގަޑިން ހަވީރު ހަތަރެއް ޖަހަން ވިއްސަކަށް މިނެޓް އެބައޮތެވެ. ލައިބާ ގެއިން ނިކުތުމުގެކުރިން އެންމެ ފަހު ފަހަރަށް ލޯގަނޑުގެ ކުރިމައްޗަށް ހުއްޓިލިއެވެ. ލާފައިވާ ކަޅުކުލައިގެ ދޫ ޖިލްބާބުން އެ ލޫޅާފަތި ހަށިގަނޑުވަނީ ނިވާކޮށްފައެވެ. ހެދުމުގެ އަތުކުރީގައި އަޅާފައިވާ މެރޫންކުލައިގެ ރޭނދާއާއި އެއްކުލައިން ޝޯލް އަޅާފައިވުމުން ވަރަށް ގުޅެއެވެ. މެރޫންކުލައިގެ ޝޯލްގެތެރެއިން ފެންނަންހުރި ދޮން މޫނުގައި ޖަހާފައިވާ ފުށުގެ އިތުރުން އެއްވެސް މޭކަޕެއް ނެތް ނަމަވެސް އެމޫނު ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. ޤުދުރަތީގޮތުން ލިބިފައިވާ މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ހުއްޓެވެ.

ދެން މިހާރު ރީއްޗޭ! ސަމާ ލައިބާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ބުނެލިއެވެ. ދެންފެނުނީ ދެކުދިން އެކުގައި ގެއިން ނިކުންނަން ހިނގައިގަންތަނެވެ.

ހެނދުނުއްސުރެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުމަތީ ވަނީ ފެންހެދިފައެވެ. އެހެންނަމަވެސް މިވަގުތައް ވާރޭ ހުއްޓާލާފައިވުމުން ލައިބާ ހިތްހަމަޖެހުނެވެ. ޓެކްސީއަކަށް ގުޅައިގެން އިންތިޒާރުގައި ދޮރުއަށި ދޮށުގައި ހުރި ލައިބާ ސިއްސައިގެންގޮސް ހެދުމަށް ބަލާލެވުނީ މަގުމަތިން ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ކާރުގެ ސަބަބުން ބުރައިގެންދިޔަ ކިސަޑު ފެންތައް ގަޔާދިމާއަށް އައުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ނޭނގޭ ގޮތެއްވޭ 8

Next

އައިޝާ 26

Next
April 8, 2017

އައިޝާ 26

Previews
April 8, 2017

ނޭނގޭ ގޮތެއްވޭ 8

8 Comments!

  1. cenhi says:
    April 8, 2017 at 5:58 pm

    Hope u ol like this. Vahakaige hero ge gaiga konkahala sifathakeh hunnanehen hyvany??

  2. Maree says:
    April 8, 2017 at 7:12 pm

    vvv reethi ahulaagu rangalhu dheenveri V thedhuveri ladhuraki kujjeh mabeynumee

  3. Mimmi says:
    April 8, 2017 at 7:15 pm

    Yap I love this story hero dhw I think he should be kind and handsome what about your idea about hero??

  4. Areesha says:
    April 8, 2017 at 8:25 pm

    Plz b fast 2 update… the story begining is amazing….. so plz b fast… i’m waiting

  5. shafu says:
    April 8, 2017 at 9:56 pm

    reethi….. vahakaiga hero hyvany v friendly or v rude………

  6. Anonymous says:
    April 8, 2017 at 11:54 pm

    Mysterious

  7. cenhi says:
    April 9, 2017 at 12:12 am

    Thnkx ol. I just hop my next episode will b uploaded soon. Hopefully my job is done. Huriha kiting her in nances rythivane kamah unmeedhu kuran. N waiting for feedbaks

  8. xim says:
    April 12, 2017 at 11:20 pm

    nice ingey sis….waiting

Comments are closed.

Next Episodeހިތް އެދެނީ (4)←


All Right Reserved!