Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭ ގޮތެއްވޭ 8

Pinkish
April 8, 2017
4 Mins Read
74 Views
39 Comments

ޒެއިނާ އިނީ ކުރާނެ ކަމެއް ނޭނގި ފޫހި ވެފައެވެ. ޒެއިނާ ބަދިގެ އަށް ގޮސް އަމިއްލޭން ޖޫސް ތައްޓެއް ގިރާލައިގެން ކޮޓަރިއަށް ދިޔައެވެ. ވާހަކަ ފޮތެއް ކިޔުމުގެ ނިޔަތުގައި ވާހަކަ ފޮތް ހިފައިގެން ކޮޓަރިން ނިކުމެވެން ހުރި ބެލްކަނި އަށް ދިޔައެވެ. އެއަށްފަހު އެތާހުރި ގޮނޑިއެއްގައި އިށީއިނެ އެއްއަތަށް ފޮތް ލައިގެން އަނެއްއަތުން ޖޫސް ތަށި ހިފައިގެން އިނެވެ. އިރުކޮޅެއް ފަހުން ޒެއިނާ އެ ފޮތް ތިރިކޮށްލީ ގޭ މަގުމައްޗަށް ހުއްޓި ޒޭންގެ ކާރު ފެނުމުންނެވެ.ކާރުން ފޭބި ހުދާ ފެނުމުން ޒެއިނާ އަށް ވީ ގޮތްވެސް ނޭނގެއެވެ. ހީވީ އަލިފާން ގަޔަށް އަޅާލިހެންނެވެ. ޒެއިނާއަށް ބަލަން ހުރެވުނީ ދެބުމަގޮށް ޖަހައިގެން ހުރެގެންނެވެ.

ހުދާ ފޭބުމުން ޒޭން ކާރުގެއަށް ވެއްދިއެވެ. އޭނަ މިއަދު ހުރީ އޭނަގެ ހިތުގެ ހާލު ޒެއިނާ ކައިރި ބުނާށެވެ. ޒޭން ކާރުން ފައިބައިގެން މަޑު ހިނގުމެއްގައި ގެއަށް ވަންނަން ހިގާގަތެވެ. އޭރުވެސް އެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ. ހުދާ އެ ކާރަށް އެރުވުމުން އެހާ އުފާވަންޖެހޭބާއޭ ޒެއިނާ ހިތަށް އެރިއެވެ. ހިނިތުންވެފަ ހުރި ވަރު ބަލާލަބަލާށެވެ. ޒެއިނާ އަށް ކެތްނުކުރެވިގެން އަތުގާ އޮތް ފޮތް ޒޭންގެ ބޮލަށް ވައްޓާލިއެވެ. “އައުޗް” ޒޭން އަށް ބޮލުގަ ފިރުމަމުން ބުނެލެވުނެވެ. އެއަށްފަހު މަތި ބަލާލިއެވެ.

ޒެއިނާ ފެނުމުން ޒޭން އަށް އަނެއްކާ ހިނިތުންވެވުނެވެ. ޒެއިނާ އަށް ހައިރާންކަމާއެކު އަނގަ ހުޅުވާލެވުނެވެ. އަހަރެން އެފޮތުން ޖެހީމަވެސް ހިނިތުންވަނީ ހެއްޔެވެ. މީ ކޮންކަހަލަ މީހެއްހެއްޔެވެ. އެހާ ހުދާ ކައިރި ހުރެވުމުން އުފާވަންޔާ ހުދާ ކައިރި އޮންނަން ދާންވީނޫން ހެއްޔެވެ. ޒެއިނާ އަށް ސިހުން ވީ ޒޭން ވަރަށް ބާރަށް ބުނެލިއެއްޗަކުންނެވެ. “ޑޫ ޔޫ ލަަވްމީ؟” ޒޭން މިހެން ބުނުމުން ޒެއިނާގެ ރުޅި ވީ އިތުރެވެ. “ ނޯ ނެވާ” ޒެއިނާ މިހެން ބުނެ ކޮޓަރިއަށް ވަނީ އަތުގާ އޮތް ޖޫސް ތަށި އެއްބުރުން ބޯލަމުންނެވެ.

އެހެން ފަހަރުފަހަރު ޒެއިނާ ނޯ އޭ ބުންޏަސް ޒޭން އަށް އަސަރެއް ނުކުރެޔެވެ. ނަމަވެސް މިއަދު އެހިތަށް ވަރަށް ތަދުވެއްޖެއެވެ. ޒެއިނާ އޭނަދެކެ ލޯބި ނުވާކަން އިގުނީމައެވެ. ޒޭން މަޑުމަޑުން ގޮސް ގެއަށް ވަނެވެ. އޭރު ޓީވީ ބަލަން ޒާހިދާ އިނެވެ. “ކިހިނެއްވެފަ ތިހިރީ ދަރިފުޅު؟” ޒާހިދާ އަށް ޒޭންގެ މިލާފައިވާ މޫނު ފެނުމުން އަހާލެވުނެވެ. “ކަމެއްނުވޭ މަންމާ. ބޮލުގަ ރިއްސަނީ” ޒޭން ބޮލުގައި އަތް އަޅަމުން އެހެން ބުނީ ވަކި ބޮލުގައި ރިއްސާތީއެއްނޫނެވެ. މަންމަ އަށް ދޭނެ ޖަވާބެއް ނޭނގޭތީ ދޮގުހަދަން ޖެހުނީއެވެ.

މަންޒަރު ބަލަން އެތާ ސިޑި ކައިރި ޒެއިނާ އެއް އިނގިލީގެ ނިޔަފަތީގައި ދަތްއަޅާލައިގެން ހުއްޓެވެ. ޒެއިނާ ހިތަށް އަރަމުން ދިޔައެވެ. ޒޭން ހުދާ އާ އެކީ އުޅުނަސް އޭނަ އަށް ކީއްހެއްޔެވެ. އެ ފޮތުން ޒޭން ގައިގަ ޖަހަން ޖެހޭ ހެއްޔެވެ. މިހާރު ޒޭން އެ އުޅެނީ އެ ފޮތުން ޖެހުނީމަ ބޮލުގައި ރިއްސާތީއެވެ. ޒެއިނާ ބަލާކަށް ނުހުރެ ކޮޓަރިއަށް ދިޔައެވެ.

“ކޮފީ އެއް ގިރާދެންތަ؟” ޒާހިދާ މިހެން ބުނުމުން ޒޭން ބޯޖަހާލިއެވެ. އެއަށްފަހު ޓީވީ ބަލަން އިށީއިނެވެ. ގިނައިރުނުވެ ޒާހިދާ ކޮފީ ހިފައިގެން އަޔެވެ. ޒޭން އެބޮމުން ޒާހިދާ އާ އެކިވާހަކަ ދެއްކިއެވެ. ކޮފީ ބޮއި ނިމިގެން ތަށި ޒާހިދާއަތަށް ދިނުމަށް ފަހުކޮޓަރިއަށް ދާން މިސްރާބުޖެހިޔެވެ.

ޒޭން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ޒޭން ސިއްސައިގެން ގޮސް އެއްފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. ނުސިހެންޏާ ދެރަހެއްޔެވެ. މޫނާ ޖެހޭނުޖެހޭ ހިސާބުގަ އެހެރީ ފެންތައްޓެއް ދިއްކޮށްގެންނެވެ. “ކޮންކަމެއްތީ ޒެއީ. ކިރިޔައްޔޭ ބިރުން މަރު ނުވީ” ޒޭން މޭގައި އަތްއަޅައިގެން ހުރެ ބުނެލިއެވެ. “ ބޭސް ކާންވީ. ބޮލުގަ ރިއްސަންޏާ ބޭސް ކާންޖެހޭނެ” ޒެއިނާ އަތުގައި އިތް ބޭސްގުޅަ ދައްކާލަމުން ބުނެލިއެވެ. “ހެހެ ޒެއީ. އެ އަހަރެ” ޒޭންގެ ވާހަކަ ފުރިހަމަ ނުވަނިސް ޒެއިނާ ބޭސް ގުޅަ ޒޭން ގެ އަނގަޔަށް ކޮށްޕާލިއެވެ. އެއަށްފަހު ފެންތަށި ތުމުގައި ޖެއްސިއެވެ.

ޒޭން ކޮށިއެރިއެވެ. ނުވިސްނާހުއްޓަ ބޭސް ކާންދިނީމައެވެ. ޒޭން ދެބުމަ ގޮށް ޖަހާލިއެވެ. ގައިމު އަހަރެ މިހިރީ ބަލިވެ އެއްވެސް ނޫން ވިއްޔާއެވެ. “ކަޅި އަޅާނެކަމެއް ނެތް” ޒެއިނާ މިހެން ބުނެ ޒޭންގެ އަތުގާ ހިފާ ދަމަމުން ގެންދަން ފެށިއެވެ. ޒޭން ރުޅިއައިއްސަ ހުރުމުން ޒެއިނާގެ އަތް ފޮޅުވާލާފައި ކޮޓަރިން ނިކުންނަން ހިގާގަތެވެ. ނަމަވެސް ޒެއިނާ މާ ހުޝިޔާރެވެ. ޒޭން ލައިގެން ހުރި ގަމީހުގައި ދެއަތުން ހިފާ ދަމާފަ ގެނެސް އެނދަށް ވައްޓާލިއެވެ. އޭރު ޒެއިނާ ހުރީ ވަރުބަލިވެގެން ހަލާކުވެފައެވެ. އެހެންވެ ޒޭން ހުސްނުކުރި ފެންތަށި ދަމާލާ ހަމަޖެހިލިއެވެ. އޭރުވެސް ޒޭން ހަށަންބަނެގެން އެނދުގާ ފަންކާއަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. ޒެއިނާ ބޭނުން ކަންތައް ކޮށްފަ ނޫނީ ހުއްޓާނުލާނެކަން ޒޭން އަށް އިނގޭތީ ކަންނޭނގެއެވެ.

ޒެއިނާ އެނދު ކައިރިއަށް އައިސް އެތާ އޮތް ރަޖާ ޒޭންގެ ގައިގަ އަޅާލަމުން ވާހަކަ ދެއްކިއެވެ. “ތެދުވެގެން ނުވާނެ. ނިދާލާފަ ތެދުވާނީ. އޭރުން ބޮލުގަ ރިހުން އޯކޭ ވާނެ.” ޒެއިނާ މިހެން ބުނެ ކޮޓަރިން ނިކުމެގެން ދިޔައެވެ. ކޮންކަހަލަ މޮޔަ ކުއްޖެއްބާއޭ މިއީ ޒޭން ހިތަށްއެރިއެވެ. ނަމަވެސް ކުއްލިއަކަށް ކަމެއް ހަނދާންވެގެން ފޯނު ނަގާ ހުދާ އަށް ގުޅާލިއެވެ. އަދި ޒެއިނާ ލޯބި ނުވާހެން ހީވާތީ ބުނަން ނުކެރޭ ވާހަކަ ބުނެލިއެވެ.

ސޯފާގައި އިން ޒާހިދާ އަށް ޒެއިނާ އަންނަތަން ފެނުމުން އާދެބަލާށޭ ކިޔާފަ ގޮވާލިއެވެ. ޒެއިނާ ގޮސް ރަނގަޅަށް ނީއްތެނިސް ޒާހިދާ ވާހަކަ ދައްކަން ފެށިއެވެ. “ދަރިފުޅު ކައިރި ކިތަށް ފަހަރު ބުނާނީ އެނދުން ނުތެދުވާށޭ. މިހާރު ކުރިން ހެން ނޫޅެވޭނޭ. އަދި ތެދުވެލިޔަކަސް އަމުދުން ކަންތައް ކޮށްގެން ނުވާނޭ.” “މަންމާ އަޅުގަނޑު ކަންތަކެއް ނުކުރަމޭ” ޒެއިނާ ދިފާއުގައި ބުނެލިއެވެ. “މިތާ މަސައްކަތް ކުރަން އުޅޭ ދީނާ ބުނި ދަރިފުޅު ޖޫސް ގިރަނިކޮށް ދޫށީމޭ. އެ ކަންތަކެއް ނޫންތަ؟” ޒާހިދާ މިހެން ބުނުމުން ޒެއިނާ އަށް ދޫ ކުޑަކޮށް ނެރެވުނެވެ. ފާޅާއެރީމައެވެ.

“އަހަންނަކަށް ނޭނގެ ދެން” ޒެއިނާ ހުދާ އަށް ބުނެލިއެވެ. “އަހަރެން ބުނާ ގޮތް ހަދާބަލަ” ހުދާ ބުނެލިއެވެ. “ކޮން ގޮތެއް” ޒޭން ސައުގުވެރިކަމާއެކީ ބުނެލިއެވެ. ހުދާ ހަދަން ވީ ގޮތް ބުނެލިއެވެ. ޒޭން ހިނިތުންވެލިއެވެ. “ވޯކް ކުރާނެތަ؟” ޒޭން އަހާލިއެވެ. “100 ޕަސަންޓް.” ހުދާ ވަރަށް ޔަގީންކަމާއެކީ ބުނެލިއެވެ. “އޯކޭ ސީޔޫ.” ޒޭން މިހެން ބުނެ ފޯނު ކަނޑާލިއެވެ.

“ދަރިފުޅު ވަރަށް ބަލައިގެން އުޅެއްޗޭ” ޒާހިދާ ބުނެލިއެވެ. “ލައްބަައޭ މަންމާ” ޒެއިނާ މިހެން ބުނެ ޒާހިދާ ގައިގަ ބައްދާލިއެވެ. އިރުކޮޅަކު އެހެން ވާހަކަ ދައްކަން ހުރުމަށްފަހު ޒެއިނާ ކޮޓަރިއަށް ދިޔައީ ޒޭން މިހާރު އޮންނާނީ ނިދާފަކަން ޔަގީން ވީމައެވެ.

ޒެއިނާ ކޮޓަރި ހުޅުވާލިއެވެ. ޒެއިނާއަށް ލިބުނީ ހައިރާން ކަމެވެ. ޒޭން ހުރީ ލޯގަނޑު ކުރިމަތީ ތައްޔާރު ވާށެވެ. “މިހާރު ތެދުވީ” ޒެއިނާ އަހާލިއެވެ. “ ބޮލުގައި ރިއްސުންވެސް ފިލާނެއޭނުން. އޯ ޒެއީ. އައިމް ސޯ ހެޕީ. އިނގޭތަ ދެންމެ ހުދާ ގުޅާފަ ބުނީ އެގެޔަށް ދޭބަލާށޯ” ޒޭން މިހެން ބުނެ އަނެއްކާ އެފަން އިސްތަށިކޮޅު ރީތި ކުރަން ފެށިއެވެ. ޒެއިނާގެ މޫޑު ހަރާބުވިއެވެ. ނަމަވެސް އެކަން ނުދައްކަވޭތޯ ބެލިއެވެ. “ކީއްކުރަން” ޒެއިނާ އަހަން ނާހަން ހުރެފަ އަހާލިއެވެ. ޒޭން ފަހަތަށް އެނބުރި އެނދުމަތީ އޮތް ފޯނު ނެގިއެވެ. “ނޭނގެ . ހުދާ އަށް އިނގޭނީ” ޒޭން މިހެން ބުނެ ޒެއިނާގެ ބަނޑުގައި ފިރުމާލާފައި ނިކުމެގެން ދިޔައެވެ.

ޒެއިނާ އަށް ގަބޫލެއް ނުކުރެވުނެވެ. އެހެންވެ ބެލްކަނިއަށް ގޮސް ޒޭން ދަނީ ކޮންތާކަށް ތޯ ބަލަން ހުއްޓެވެ. ހަމަގައިމުވެސް ހުދާމެން ގެއަށް ދަންޔާ އިނގޭނެއެވެ. ހުދާ މެންގެއަށް ވަންނަ ދޮރު ހަމަރަގަޅަށް އެތަނަށް ފެންނާތީއެވެ. ޒޭން ހިނގަމުން ގޮސް ހުދާ މެންގޭ ދޮރުކައިރި މަޑު ކޮށްލިއެވެ. އެއަށްފަހު ވަރަށް ނޭނގޭ ކަމަށް ހަދާފަ މަތި ބަލާލިއެވެ. އޭރު ޒެއިނާ ބަލަން ހުރުމުން ޒޭންގެ މޫނަށް ވެރިވީ ލާނެތްހިނިތުންވުމެކެވެ. “ ވާހަކަ އަށް ޓްވިސްޓް” ޒޭން މިހެން ބުނެ ހުދާމެން ގެއަށް ވަނެވެ.

ޒެއިނާ ދެން ދުވަހަކު ވެސް ޒޭން އަކާ ވާހަކަ އެއްނުދައްކާނަމޭ ހިތަށް އެރިއެވެ. އެކަމް ވެސް ޖެހޭނީ ހަމަ ދައްކާށެވެ. ޒެއިނާ ގޮސް އެނދުގާ އިށީއިނެވެ. ރޭނގަޑު 9 ޖެހި އިރުވެސް ޒޭން ނާދެއެވެ. ޒެއިނާ އަށް މިހާރު ޒޭންގެ ފޯނަށް ގުޅުނު ވަރެއް ނޭނގެއެވެ. “ދަރިފުޅާ ކާން ހިނގާ” ޒާހިދާ މިހާރު އެހެން އެބުނީ 3 ވަނަ ފަހަރުއެވެ.. ނަމަވެސް ޒެއިނާ ދެނީ އެއްޖަވާބެކެވެ. “ޒޭން އައީމަ ކާނަން. މަންމަ ދޭ ނިދަން”

ޒޭން އާއިރު ހުރީ 10 ޖަހާފައެވެ. “އާދެވިއްޖެ ދޯ. ފޯނުވެސް ނުނަގަ “ ޒެއިނާ ބުނެލިއެވެ. “ހޫމް. ހުދާ އާ ވާހަކަ ދައްކަން އިން އިރު ގަޑި ދިޔަގޮތެއް ވެސް ނޭނގެ.ފޯނުވެސް ސައިލެންޓް ގަ އޮތީ” ޒޭން ދޮގު ހެދިއެވެ. ޒޭން ހުދާ މެންގޭގައި ހުރީ އެއްމެ 10 މިނެޓް ވަންދެނެވެ. ދެން އޭނަ ދިޔައީ އޮފީހަށެވެ. އޭނަ ޒެއިނާގެ ފޯނު ނުނެގީވެސް ގަސްތުގައެވެ. “އެހެން. ހިނގާ ކާން” ޒެއިނާ ބުނެލިއެވެ. ޒެއިނާ ބުނެލީ އިސްދަށަށް ޖަހައިގެން ހުރެއެވެ. “ހުދާ މެން ގޭން ކެއިން. ޒެއީ އަށް އިނގޭތަ . ހުދާ ވ މީރުކޮށް ކައްކައޭ” ޒޭން އަނެއްކާ ދޮގު ހެދިއެވެ. އޭނަ އައީ ބޭރުން ކައިގެންނެވެ. ޒެއިނާ އޯކޭ އޭ ބުނެފަ ކޮޓަރިން ނިކުމެގެން ދިޔައެވެ.

ޒެއިނާ ގެ ހިތުގާ ވަނީ ޝަކުވާއެވެ. އޭނަ އެންމެ ދުވަހަކުވެސް ޒޭން އާއެކީ ނޫނީ ނުކާކަން ހަމަރަގަޅަށް ޒޭން އަށް އިނގޭނެއެވެ. ޒޭން ހުރީ ހައިރާން ވެފަ އެވެ. ޒެއިނާ ބޭރަށް ދިޔައީ ކީއްކުރަން ބާއޭ ހިތަށް އަރާފައެވެ. ޒޭން ބަލަން ނުހުރެ ގޮސް ޒެއިނާ ކުރާކަމެއް ބަލާލިއެވެ. އަނެއްކާ ޒޭން އަށް ލިބުނީ ހައިރާން ކަމެކެވެ. ޒެއިނާ އިނީ ކާށެވެ. އަދިވެސް ޒެއީ ނުކަނީ ހެއްޔެވެ. ޒޭން ސިކުނޑިއަށް ބާރުލާފަ ވިސްނާލިއެވެ. އާއެކެވެ. ޒެއިނާ އޭނީ އަހަރެ އަންނަންދެން ނުކައެވެ. ޒޭން އަށް ވަރަށް އަސަރު ކުރިއެވެ. އެއްފަހަރު ނަމަވެސް ޒެއިނާ އަށް ގުޅާލާފަ ކާށޭ ބުނެވުނުނަމައެވެ.

ނުނިމޭ

46
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Pinkish

...

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން(13)

Next

ހިތް އެދެނީ (3)

Next
April 8, 2017

ހިތް އެދެނީ (3)

Previews
April 8, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން(13)

39 Comments

  1. Pinkish says:
    April 8, 2017 at 5:30 pm

    Here is part 8 enjoy..

  2. firu says:
    April 8, 2017 at 6:29 pm

    salhi. ekm mi vaahaka kiyamun dhiya iru sifavanee kudakudhinge vaahaka fothuga page eh ga sentence eh liyefa photo dhahkaafa inna goiy. jumla thah kuru veema vaahakaige vahtafaalhigandu hadivey. pls pinkish. miyah vure fashuvikoh kiyaa hiy vaa gothakah sentence thah bahtan kohllan feney. by the way all the best dear…

    1. Pinkish says:
      April 8, 2017 at 6:48 pm

      Thankx.. hehe.. i will try..

  3. shiu says:
    April 8, 2017 at 6:59 pm

    V rythi…Can’t wait for nxt part….kon irakun tha nxt part up kohdheyniiii….

    1. Pinkish says:
      April 8, 2017 at 7:40 pm

      Thankx shiu.. monday ga….

  4. Maree says:
    April 8, 2017 at 7:20 pm

    V reethi

    1. Pinkish says:
      April 8, 2017 at 7:38 pm

      Thankx maree..

  5. ReeXa says:
    April 8, 2017 at 7:30 pm

    Varah reethi mi part vx… when next part

    1. Pinkish says:
      April 8, 2017 at 7:41 pm

      Thankx ReeXa.. next part monday ga.. in sha allah..

  6. rau says:
    April 8, 2017 at 7:39 pm

    v kuru mi part ves.. BTW nice.. best of luck… n am waitting for the next part..

    1. Pinkish says:
      April 8, 2017 at 7:44 pm

      Thankx rau.. i think miah vure dhigu koh alhuga akah nugenesdheveyne hnn… ehn mi buny dhigu kuran try kuriyas nuvaathyy… hehe.. thankx again dear..

    2. rau says:
      April 9, 2017 at 8:34 am

      hehehe… maa busy dhw.. its okii… anytime..

  7. Kiara says:
    April 8, 2017 at 8:43 pm

    Ops..hama ehaa kiyaa hithun hutta “nunime” ?

    1. Pinkish says:
      April 8, 2017 at 9:02 pm

      Hehe.. thankx kiara.. keep waiting … ?

  8. Aki says:
    April 8, 2017 at 8:54 pm

    adhi mirey one part up kohla dheebaa pls pls

    1. Pinkish says:
      April 8, 2017 at 9:03 pm

      Mirey nuvane dear.. but maadhen part eh up kohdheveythw varah balaanan.. thankx Aki..

  9. Shaa says:
    April 8, 2017 at 9:20 pm

    Alhe mee kaaku liyefa oiy vaahaka eh… hini annani aharun kudairu vahaka liya gothah ….keke

    1. Pinkish says:
      April 8, 2017 at 10:04 pm

      Well thankx for the comment shaa.. i m writting first time ehnve mistakes hunnane..vaahaka first time in vx perfect koh liyan igenyaa liyebala molhiyyaa… i m waiting.. eyrun igeyne kihaavarehge myheh kan thi vx.. keke ?

    2. Pinkish says:
      April 8, 2017 at 10:10 pm

      Guyx.. kamunudhanyaa vx ragalhu kuran jehey than than bunedhiniyyaa i will try ragalhu kuran.. first time story eh mi liyanyy.. readers ge support emme beynun vaany pinkish.. negetive points thah bunedhiniyyaa i will be happy.. i dnt like vaahaka ah joke jehun type myhun .. ekahala myhunnah reply vx kureveynyy kada koh.. i m srry.. omce again negative and positive points thah bunedhiniyyaa i will be happy..

    3. Pinkish says:
      April 8, 2017 at 10:15 pm

      Vaahaka thereyga hunnaane funny thankoakolhu.. mibuny funny koh than than genessa.. i just want readers entertain kuran.. eyge maana eh noon kudakudhin type story ekey mee.. funny than than nugennan readers bunaanama nugennaanan.. gud nyt.. <3

  10. haw shia shaba shi r says:
    April 8, 2017 at 9:38 pm

    Mashaa Allah v reethi mi part ves,keep it up,migothah ibaarah kurumun vaki hadieh noo,sifavanee than kolheh young couple eh gothah,haw ah v v v hakudhey migoh

    1. Pinkish says:
      April 9, 2017 at 6:46 am

      Thankx haw shia shaba r… ?

  11. Chum handi says:
    April 8, 2017 at 10:40 pm

    Hey pinkish…. furathama story v ma ok vaane…. btw I don’t feel this is kudakudhi liyaa story eh hennn…. and no one is perfect dho? And I like this…. but like nuviyas kada koh comment kurumuge badhaluga bunelaa reethi koh kiyaadhey shey rangalhu noon than than…. for an example readers ah negeyne ithoo ge vaahaka ah comment kohfa innaane Shahu kiyaa kuhjjeh… eyna varah reethi koh ithoo kaireega kiyaa dheefa innaane rangalhu kuran v than than varah saadhaa koh writer dhera nuvaa gothah… be like Shahu…

    1. Pinkish says:
      April 8, 2017 at 10:46 pm

      Ohh yeah… thankx chum handi.. ?

  12. lara says:
    April 9, 2017 at 8:53 am

    v salhi

    1. Pinkish says:
      April 9, 2017 at 11:23 am

      Thankx lara…

  13. Shaa says:
    April 9, 2017 at 11:51 am

    Alhe thivaru vaakah nuvaaneh nu DW ..ma noolhen story liyaakah…vaahaka varah reethi ekam liyefa huri goiy kamunudhaa vaahaka mibunii

    1. Pinkish says:
      April 9, 2017 at 12:38 pm

      Hehe.. ragalhu thihnyaa..

  14. Shaa says:
    April 9, 2017 at 12:07 pm

    Pinkish kabuloa ibaaraiy kurun ragalhu kohlan feney n kudakudhin ‘neehthenis’ egothah liyefa hurima kiyan fuhivey

    1. Pinkish says:
      April 9, 2017 at 12:39 pm

      Aan best thihn bunelabala dww.. thankx shaa..

  15. Shaa says:
    April 9, 2017 at 1:33 pm

    Baraabaru dw..haha????

    1. Pinkish says:
      April 9, 2017 at 1:52 pm

      Maa bodah vx..

  16. Aki says:
    April 9, 2017 at 2:18 pm

    kihaairaku vaahaka up kohla dheynee

    1. Pinkish says:
      April 9, 2017 at 2:40 pm

      Oww.. alhe srry dear.. maadhen..

    2. Aki says:
      April 9, 2017 at 9:32 pm

      ????

  17. reader says:
    April 10, 2017 at 7:56 am

    ur idea in the story is v nice…bt maa bodah summarise koffa hunnahen hyvany…kudakoh scene thah details koddhyfa hunnayaanmu v rythivaane…anyhw story v rythi..kyp trying ur best…

  18. vishaa says:
    April 10, 2017 at 11:16 am

    alhe kobaatha story…avas kodheeba ..waitinngggg

  19. Shaya says:
    April 10, 2017 at 12:26 pm

    Thedheh kobaatha story…kiyaahithun hureveneeyeh nun

  20. Pinkish says:
    April 10, 2017 at 3:52 pm

    Upp kohfin.. admin team in check kohfa publish kuraane.. keep waiting.. ?

Comments are closed.

All Right Reserved!