މިކްޔާގެ ހިނިތުންވެފައިވާ މޫނަށް ބަލަހަށްޓައިގެން އިން އައުފްގެ ހިތުގައިވެސް ބަޔާން ކުރަންދަތި ފޮނި އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. ހިތުގެ ދުޢާއަކީ އޭނާގެ ހަޔާތަށްއައި ބަހާރު މޫސުން އަބަދަށް ދެމިއޮތުމެވެ. ނަމަވެސް ތަޤުދީރުގައި ލިޔެވިފައިވާ ކަމެއް މެނުވީ ނުހިނގާނެކަން ގައިމެވެ.
ދެގަޑިއިރުގެ ދަތުރަކަށްފަހު މިކްޔާއާއި އައުފް އެމީހުންނަށް ހާއްސަކޮށްގެން މައިކަލް ބުކް ކޮށްފައިވާ ހޮޓެލަށް އާދެވުނުއިރު ދެމީހުންވެސް ތިބީ ވަރުބަލިވެގެން ހަލާކުވާވަރުވެފައެވެ. ހާއްސަކޮށް މިކްޔާގެ ބޮލުގައި ވަރަށްގަދައަށް ރިހެމުން ދިޔައެވެ.
” ބޭބީ…ވަރަށް ޓަޔަރޑް ދޯ..ހިނގާ ފެންވަރައިގެން ނިދާލަން..މިހާ ދަންވީމަ އަހަރެން ނެތް ކާހިތެއް..ބޭބީ ކާން ބޭނުމިއްޔާ ވީ ކޭން އޯރޑަރ އިޓް އިންޓ ދަ ރޫމް..” އެނދުމަތީގައި އޮތް މިކްޔާގެ ބޮލުގައި ނުހަނު ލޯތްބާއިއެކު ފިރުމާލަމުން އައުފް ބުނެލިއެވެ.
ކިތައްމެ ވަރުބަލި ވެފައި ހުއްޓަސް މިކްޔާ ދުލަކުން އެކަން ހާމައެއް ނުކުރެއެވެ. އޭގެ ބަދަލުގައި ހިތުގައި އުތުރި އަރަމުންދާ ޖަޒުބަތުތައް ކޮންޓްރޯލް ކޮށްގެން އޮތީ ބޮލު ރިހުމަށް ލުޔެއް ލިބޭތޯއެވެ. ހޮޓެލަށް އައި މަގުމަތީގައި ބޮލު ރިހުމަށް ބޭސް ކެވުނުކަން އެއީ ނަސީބެކެވެ. އެހެން ނޫންނަމަ މިފަދަ ރެއެއްގައި އޭނާ ޖެހޭނީ ރަޖާލައިގެން ނިދަން އޮންނަންށެވެ.
މިކްޔާގެ ފަރާތުން ޖަވާބެއް ނުލިބުމުން އައުފް ހީކުރީ ނިދިފައި އޮތީކަމަށެވެ. އެހެންކަމުން އިތުރަށް އުނދަނގޫނުކޮށް ތާޒާ ވެލުމަށް ފާހާނާ އަށް ވަނެވެ.
ފެންވަރާ ތާޒާ ވެލުމުން ހަށިގަނޑަށް އަރާމުލިބި ލޮޑުކަން ފިލާ ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މިރޭގެ ނިދި އައުފްގެ ލޮލާއި ރުޅިވެފައިވާ ފަދައެވެ. އެހެނީ އަލަތު ލޯބި ކާމިޔާބުކުރެވި އަމިއްލަ ކުރެމުން އެކަމުގެ އުފާވެރިކަމުގެ ބާނިތައް އައުފްގެ ހިތާއި ޖިސްމުގައި ވަކި ހިއްޕާލާފައިވިއެވެ. ކޮޓަރީގެ ފަރުދާ ކަހާލަމުން ބޭރުފެންނަ ގޮތަށް ހުރި ހިތްގައިމު ބެލަކަންޏަށް އައުފް ނިކުމެލީ ގުތުރަތުގެ ފުރިހަމަކަން ދެކިލުމަށެވެ. ރެއިލިންގައި އަތްއަޅުވާލައިގެން ހުރެ ބޭރަށް ނަޒަރު ހިންގާލީ މިދަންވަރުވެސް މަގުތަކުގެ ހަލަބޮލިކަން ފެނިފައެވެ.
އައުފަށް އެގޮތުގައި ހުރެވުނީ ފަނަރަވަރަކަށް މިނެޓްވަންދެނެވެ. ދަންވަރުގެ އެގަދަ ފިނީގައި ކެތް ކުރުމަށް ނުކުޅަދާނަ ވުމުން އެނބުރި ކޮޓރިއަށް ވަންނަށް އެނބުރިލި ވަގުތު މަޑު އަތްތިލަތްގެ ހޫނުކަން އިހުސާސް ވުމާއިއެކު އައުފް ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ފުރަގަހުން އައުފްގެ ހަށިގަނޑުގައި ބައްދާލައިގެން ހުރި މިކްޔާގެ ހިތުގެ ހިނގުން އަވަސް ވެފައިވަނީ ލޭގެ ހިނގުމަށްވެސް ބުރޫއަރާނެހާ ބާރަށެވެ. މިރޭ މިކްޔާ ބޭނުންވީ ލަދުވެތި ކަމުގެ ފަރުދާ އެއްފަރާތްކޮށްލުމަށްފަހު ފިރިމީހާގެ ހިތުގެ އެދުމަށް އިޖާބަދޭށެވެ. މިރެއަކީ ހުރިހާގޮތަކުންވެސް ހާއްސަ އަދި ހަނދާނުން ފޮހެލަން ދަތި ރެއަކަށް ހެދުމަށް މިކްޔާ ބޭނުންވެއެވެ.
މަޑުމަޑުން އައުފް އެނބުރިލި އިރު މިކްޔާ ހުރީ އިސްއުފުލާލަންވެސް ނުކެރިފައެވެ. ލާފައި ހުރި ހުދު ކުލައިގެ ތުނި ހެދުމުން މިކްޔާގެ ރީތިކަން އިތުރުވެފައިވާކަހަލައެވެ. އިސްތަށިގަނޑުން ރަނގަޅަށް ފެންނުހިކި ހުރުމުން އިނގެނީ ދާދި ދެންމެއަކު ފެންވަރައިގެން ހުރި ކަމެވެ.
” އޯހް ބޭބީ! ޔޫ އާރ ކިލިން މީ..ލޫކްސް ސޯ ހޮޓް އިން ދެޓް މެސްމަރައިޒިން ލުކް..” މިކްޔާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން އައުފް އެހެން ބުނެލީ އެ ޖާދުވީ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ. އެވަގުތު މިކްޔާގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުޅާވިއެވެ. މިކްޔާ ކުޑަކޮށް ކޮރާލުމަށްފަހު އައުފްގެ ތުންފަތުގައި ބޮސްދެވުނީ އިޚުތިޔާރުން ބޭރުގައިއެވެ. ޖަޒުބާތުތަށް އިތުރަށް ކޮންޓްރޯލް ނުކުރެވުނީއެވެ. އެހެން ނޫނަސް ލޯބިވުން ހާމަކުރަން ވަކި ޖިންސެއް އޮންނަންޖެހޭކަމަށް މިކްޔާ ޤަބޫލެއް ނުކުރެއެވެ. މިކްޔާގެ މިއަމަލުން އައުފް ކުޑަކޮށް ހައިރާންވި ނަމަވެސް އެއަމަލުގައި ބައިވެރިވިއިރު ދެހިތް އުފަލުން ނަށަނީއެވެ. މިކްޔާގެ ހަށިގަނޑު އައުފްގެ އަތްދަނޑިމަތީގައި އުފުލައިލިއިރު ހީވަނީ ލުއިފަތެއްހެންނެވެ. އައުފްގެ ކޮނޑުގައި މިކްޔާގެ ދެއަތް އަޅުވާލެވިފައިވާއިރު މޫނު ފޮރުވާލައިފައިވަނީ އައުފްގެ ކަނދުރާތެރޭގައިއެވެ.
މަޑުތަންމައްޗަކު މިކްޔާގެ ހަށިގަނޑު ޖެހުމާއިއެކު ދެލޯ މަރާތަގުޅިކޮށްލީ ކުރެވުނު ލަދުވެތި އިހުސާސަކުންނެވެ. ” ބޭބީ ހާދަ ރީއްޗޭ..މޮޔަ ވާވަރުވޭ ހުވާ..” އައުފް އެ ފިރިހެންވަންތަ އަޑުން މިކްޔާގެ ކަންފަތްދޮށުގައި ބުނެލިއިރު ހެދުމުގެ އެތެރިން އައުފްގެ އަތުގެ ބީހިލުން އިހުސާސް ވުމާއިއެކު މިކްޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހަމަ އެވަގުތު އަނގައިން ނިކުތް މަޑު އާހެއްގެ އަޑު ކެނޑުނީ އައުފްގެ ތުންފަތުން ލިބުނު ހަދިޔާއަކުންނެވެ. ސިކުންތުކޮޅަކަށް ދެމިގެންދިޔަ އެކަމަށް ނިމުން އައިއިރު މިކްޔާގެ ހަށިގަނޑާއި ހެދުން ވަނީ ވަކިވެފައެވެ. މިކްޔާ ލަދުން މޫނުގައި ބާލިސް އެޅިއިރު އައުފް މޫނުމަތިން ތަފާތު އެތައް ޝުޢޫރެއް ފެނިގެން ދިޔައެވެ.
” ބޭބީއަށް ދެން ފިލައިގެން ނޫޅޭވޭނެ..އެހެން ނޫނަސް ތީ މިހާރު އަހަރެންގެ މިލްކެއް..” މިކްޔާގެ މޫނުމަތިން ބާލީސް ނަގަމުން އައުފް މިކްޔާގެ ކަނދުރާގައި އަތް ހިންގާލިއެވެ. ލިބުނު އަރާމަކުން މިކްޔާއަށް ދެލޯ މަރާލެވުނެވެ. ދެޖިސްމުގެ ގުޅިގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައިއެވެ. މިކްޔާގެ އަނގައިން ނިކުންނަ އަޑުންނާއި އައުފްގެ ފުން ނޭވާތަކުން ކޮޓަރިތެރޭގެ ހިމޭންކަން ގެއްލިފައިވާއިރު އެއަޑުން އައުފެ ހިއްސުތައް އިތުރަށް ހޭލައްވާލައެވެ. އައުފްގެ އަތުތެރޭ މިކްޔާ ގެންގުޅުނީ ނާޒުކު މަލެއް ގެންގުޅޭހާ ލޯބިންނެވެ. ކޫރުމެއް އެޅިދާނެކަމަށް ނުހަނު އޯގާތެރިކަމާއި ލޯތްބާއި އެކުއެވެ.
2 ގަޑިއިރު ފަސް…
އައުފްގެ ކޮނޑުގައި ބޯއަޅައިގެން އަރާމުކޮށް ނިދާފައި މިކްޔާގެ ބޮލުގައި އެއްއަތުން ފިރުމަމުން ދިޔަ އައުފްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމެވެ. މަޑު މަޑުން މެރެމުން ދިޔަ ލޮލުގައި ވަނީ ނިދި ސަވާރުވެފައެވެ. ހިދުކޮޅެއްގެ ތެރޭގައި އައުފަށް ނިދުނީ ވެފައިވާ ވަރުބަލިކަމުންނެވެ.
**
އައުފްމެން ފުރައިގެން ދިޔަ އިރުއްސުރެ ޒީޝާގެ ސިކުނޑި އަށް ވަނީ ބާރުކޮށްފައެވެ. ކިތައްމެ ވިސްނަން ބޭނުން ނުވިޔަސް ވިސްނެނީ އެކަމާއެވެ. މިކްޔާ އާއި ދެމީހުން މިރޭ ކުރާނެ ކަންތަކާމެދު ވިސްނާ ވިސްނާ މިހާރު ބުއްދިފިލާދާވަރު ވެއްޖެއެވެ. ހާސް ކަމުން ފުރިގެން ދާ ވަރަކަށް ޒީޝާ ހިޔާރު ކުރީ މަސްތުގެ ދުނިޔެއެވެ. އެހެން ކަމުން މަސްތުވެފައިވާ ހާލު ކޮޓަރި ތެރޭގައި ގުޅައަކަށް ޖެހިފައޮތީ ހަކަތަ ހުސް ވެފައިވާ މީހެއް ފަދައިންނެވެ. މިރޭ އިރާކޮޅުގެ ވަގުތެއްގައި އިކުރާމާއި އެކު “އަރާމު” ވަގުތުކޮޅެއް ހޭދަކޮށްލީވެސް އެހިތައް ހަމަޖެހުމެއް ލިބޭތޯ އެވެ. ނަމަވެސް އެކަމުން ޖިސްމަށް ލިބުނު އުފަލެއް ފިޔަވާ އިތުރު ކަމެއް ނުވެއެވެ. އެހަނދާންތަކާއި ދުރަކަށް ނުދެވުނެވެ.
އައުފަކީ އޭނާގެ އެއްބަފާ ބޭބެއަކަސް އެހިތުގައި އުފެދިފައިވާ އިހުސާސްތަކަށް ބަދަލެއް ނާދެއެވެ. ހުދު ޒީޝާއަށްވެސް އެއީ ކޮން އިހުސާސެއްކަން ބުނެދޭން ނޭނގެއެވެ. އޭނާ އަށް ޔަޤީންވާ ކަމަކީ އައުފްގެ ދިރި އުޅުމަށް އެހެން އަންހެނަކު އައިސްގެން ނުވާނެކަމެވެ.
ޒީޝާ އޮތް ކޮޓަރީ ގޮނޑިއެއްގައި ހުސްގަޔާ ތުނބުގައި ސިނގެރޭޓެއް ޖަހައިގެއިން އިން އިކުރާމުގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ބަޔާންކުރަން ދަތި އިހުސާސެކެވެ. ބަލި ޤަބޫލުކުރަން އޭނާގެ ޒަމީރު އެއްބަސް ނުވެއެވެ. މިހާ ދުވަސްފަހުން މިކްޔާ ފެނުމުންވެސް އެހިތުގައި ވަޅުލެވިފައިވާ ބަދަލުހިފުމުގެ ރޫހު އާވެގަތެވެ. އޭނާ އެހުރީ މިކްޔާ އަށް ހަނދާނުން ނުފިލާ ވަރުގެ ދެރައެއްދޭން ހުވާކޮށްގެންނެވެ. އެކަމަށްޓަކައި ކޮންމެ ކަމެއް ކުރަން ޖެހުނަސް އެކަމެއް ކުރަން ހިތުގައި އަޒުމު ކަނޑައަޅައިގެންނެވެ.
” އަހަރެން އަދި ކަލޭ ހޯދާނަން..ހީނުކުރާތި އަހަރެން ކަލޭ ތިހާ އުފަލުގަ އުޅުނަ ދޭނެއެކޭ…އަހަރެންގެ ދެދަރިންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ކަލޭ…އަދި އާލިމާ އަށް އެހާލު ޖެހުނީވެސް ހަމަ ކަލެއާހެދި..ދުވަހަކުވެސް މާފެއް ނުކުރާނަން..” ފޯނުގެ ސްކްރީން އިން ފެންނަން އިން މިކްޔާގެ ފޮޓޯއަށް ބަލަހައްޓައިގެން އިން އިކުރާމުގެ ލޮލުން ބުރަމުންދާ އަލިފާންކަނިތަކުން މިކްޔާ ކުރިމަތީގައި ހުރި ނަމަ ފިއްސާލާނެއެވެ. އެވަރަށް އެހިތުގައި ވަނީ ނަފުރަތުގެ ހުޅުގަނޑު ބޮޑުވެފައެވެ. ގޮނޑިން ތެދުވަމުން އެނދުމަތީގައި އޮތް ގަމީސް ނަގާ ގަޔަށް މަހާލަމުން ޓައިލްސް މަތީގައި އޮތް ޒީޝާއަށް ބަލާއިއެވެ. ހަމަ އެވަގުތު އެނދުމަތީގައި އޮތް ރަޖާގަނޑު ނަގާ ޒީޝާގެ ނިވާކަމެއް ނެތް ހަށިގަނޑުމަތީގައި އަޅާލުމަށްފަހު ޒީޝާގެ އަތުތެރެއަށް ނަމްބަރެއް ޖަހާފައި އޮތް ގަނޑުކޮޅެއް ލައްވާލިއެވެ.
“އައި ވިލް ކޯލް ޔޫ ސޫން..ކޯޒް ޔޫ އާ މައި އޭންޖަލް..ޒީ އާއި ނުލާ އަހަރެންގެ ރޭވުންތަކެއް ކާމިޔާބު ނުވާނެ..އެން އައި އޭމް އެޑިކްޓެޑް ޓް ޔުއަރ ބިޔުޓީ..ވަރަށް އަވަހަށް މީޓްވާނެކަމަށް އުއްމީދުކުރަން..” ޒީޝާގެ މޫނުގައި ފިރުމާލުމަށްފަހު އިކުރާމް އެކޮޓަރިން ނިކުމެގެން ދިޔައެވެ.
**
މިކްޔާ އަށް ދެލޯ ހުޅުވާލެވުނީ ކަންނެތް ކަމާއެކުގައެވެ. ހަމައެއާއި އެކު ކައިރީގައި ނިދާފައި އޮތް އައުފްގެ މޫނަށް ބަލާލެވުނެވެ. ރޭގައި ނިދަން އޮއެވުނުގޮތަކުން ކަނދުރާއަށް ތަދުވަމުން ދިޔައެވެ. ނަމަވެސް ރޭގެ އެ ލޯބީގެ ވަގުތުކޮޅުމަތިން ހިތަށް އެރުމާއިއެކު މިކްޔާގެ ތަދުފިލާ ކޯތާފަތަށް ޖަންބު ކުލައަރައިގެންދިޔައެވެ. އަދިވެސް އެމަންޒަރުތައް ލޯކުރިމަތިން ސިފަވުމާއިއެކު މިކްޔާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. ގައިމަތީގައި އޮތް ރަޖާގަނޑު އެއްފަރާތްކޮށްލަމުން މިކްޔާ ސިއްރު ސިއްރުން އެނދުން ފޭބުމަށްފަހު ޓައިލސް މތީގައި އުކާލެވިފައިވާ އަންނައުނުތައް ނެގުމަށްފަހު ފިޔަވަޅުގެ އަޑުނީވެނެހާ މަޑުން ގޮސް ފާހާނާއަށް ވަދެލިއެވެ.
“ހްހްމްމް…ހްހްމްމް…އެދެމޭ ކަލާޔާ ގާތުގައި ވުމަށް…” ލޯމަރާލައިގެން ޝަވަރުދަށުގައި ހުރި މިކްޔާގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއްވިއެވެ. ހެނދުނުގެ ގަދަފިނީގައި ފެންވެރުމުން އިތުރަށް ހީކަރުވާގޮތްވެ ތުންފަތުގައި މަޑު ތުރުތުރުލުމެއްވިއެވެ. އެހެން ހުއްޓާ ކުއްލިއަކަށް މީހަކު އެހިމަ އުނަގަނޑުގައި އަތްލުމާއެކު ކަރުން ތޫލި ހަޅޭކެއް ނިކުތެވެ.
” މިކީ! މީ ހަމަ ކުޑަ ކުޑަ މިކީ މައުސް އެކޭދޯ…ހާދަ އަޑުގަދައޭ..ކިރިޔާނު ކަންފަތް ފަޅާއިގެން ނުދިޔައީ..” އަދިވެސް ބޮޑަށް މިކްޔާ އާއި ކައިރިވެލަމުން އައުފް ބުނެލިއެވެ. ޝަވަރުން އޮހެމުންދާ ފެންތިކިތަކުގެ ޝިކާރަކަށް ދެމީހުންވެފައިވާފަދައެވެ. އެކަކު އަނެކެއްގެ ލޮލޮށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ.
” ސިއްރެއް ބުނަންތަ؟…މޯރނިންގް ޓައިމް އިސް ސުޕަރ ރޮމޭންޓިކް..އެން ފޯރ ދެޓް ޓޫ..” އެއްލޯ މަރާލަމުން އައުފް ބުނެލި ވާހަކައަކުން މިކްޔާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ.
” ދެން އަފޫ ކިޔާ އެއްޗެހި..ވަރަށް ފޫހިވޭ..” އައުފްގެ ގައިގައި ބައްދާލަމުން މިކްޔާބުނެލިއެވެ. މިކްޔާގެ ހަށިގަނޑުގައި ލަމުން ދިޔަ މަޑު ތުރުތުރލުމުން އެހުރީ ހީކަރުވައިގެންފައިކަން އައުފަށް އެނގުނެވެ.
” ހިނގާދޯ ހީ ފިލުވާލަން..މައި ބޭބީ މިހާރު ތިހުރީ ފިނިބޮޑުވެފައެއްނު..ބައިދަވޭ އައި ލައިކް ދެޓް ނޭމް..” މިކްޔާގެ ހަށިގަނޑު އަތްދަނޑި މައްޗައް ނަގަމުން ބާރތްޓާބާއި ދިމާއަށް ބަލާލަމުން އައުފް ބުނެލިއެވެ. އިސާހިތަކު ދެޖިސްމުގެ ހޫނުކަމުން ހަށިގަނޑަށް އަރާމުލިބި ދެމީހުން ލޯބީގެ ކަނޑަކަށް ޣަރަޤުވެގެން ދިޔައެވެ.
**
މިކްޔާއާއި އައުފްގެ ހަޔާތައް ބަހާރު މޫސުން އައިސްގެން އުޅޭކަހަލައެވެ. ހިތާމައާއި ފިކުރަކީ އެމީހުން ނުވެސް ދަންނަ އެއްޗެއްކަހަލައެވެ. އުފަލާ މަޖަލާ ސަކަރާތުގައި ދުވަސް ގުނަމުން ދިޔައީ ލޯތްބާއި އެކުއެވެ. ޕެރިސްގައި ހޭދަވީ 3 ހަފްތާދުވަހު ދެމީހުންވަނީ ތަފާތު އެތައް ތަޖުރިބާއެއްކޮށްފައެވެ. ހަމައެހެންމެ ދެމީހުން އެކަކު އަނެކަށް އިތުރަށް އެނގިގެން ދިޔައެވެ. ޝޮޕިން ކުރުމާއި ތަންތަން ބަލާލަން ދިޔުން ފިޔަވާ ދެން އެލިބޭ ހުސްވަގުތުތަކުގައި ދެމީހުންވެސް އެކަކު އަނެކަކަށް ވަގުތު ހުސްކުރެއެވެ. ލޯބީގެ އެތައް މަލެއް ފޮޅި އެމަލުތަކުގެ ވަސް ދެމީހުންގެ ހަށިގަނޑަށްވެސް ވަނީ އެންމެ ފުރިހަމަ ގޮތުގައި ކޮށްފައެވެ.
މިހާރު ދެމީހުންގެ ދިރިއުޅުމުގައި އެކަކު އަނެކަކަށް ނޭނގޭ އެއްވެސް ސިއްރެއް ނުވެއެވެ. ކުޑައިރުގެ ވާހަކައިން ފެށިގެން ދެމީހުން އެކަކު އަނެކަކާ ދިމާވުމާހަމަށް ދިރިއުޅުމުގައި ހިނގައިފާ މުހިއްމު ހުރިހާކަމެއް ވަނީ އެކަކު އަނެކަކާ ހިއްސާކުރެވިފައެވެ.
އާދައިގެ މަތިން މިއަދުވެސް ދެމީހުން ހޮޓެލުން ނިކުމެލީ އާންމުކޮށް އެމީހުން ގޮސް އުޅޭ ޕާރކަށް ދިޔުމަށެވެ. އެއީ ނުހަނު ހިތްގައިމު ތަނަކަށްވެފައި ގުދުރަތުގެ ރީތިކަމާއި އެއްވަރަށް ވަށައިގެންވާ ގަސްތަކާ މާތަކުން ހިތްތަކަށް ފިނިކިކަން ލިއްބައިދެއެވެ.
މިކްޔާގެ އަތުގައި ހިފައިގެން މަގު ހުރަސް ކުރަމުން ދިޔަ އައުފް ހުރީ އެއްކަންފަތުގައި ފޯނު ޖަހައިގެންނެވެ.
” ޔެސް މޯމް…ވީ އަރ ޑުއިން ގްރޭޓް..ޔެސް މޯމް ޝުއަރ އޭ މިބުނީނު..” ދެފަރާތަކަށް ބޯ ހޫރުވާލަމުން އައުފް ފޯނު ކަނޑާލީ އޭނާގެ މަންމަ އަށް ވިސްނައިދޭނެ ގޮތެއް ނޭނގުމުނުންނެވެ. ސޮފިއްޔާއަކީ އުފަން މަންމަ ނޫންކަމުގައިވިޔަސް އައުފްދެކެ އިންތިންތިހާއަށް ލޯބިވެއެވެ. އަދި މިކްޔާއާއި ކައިވެނި ކުރިފަހުން އެލޯބި ދެގުނަވީހެންވެސް ހީވެއެވެ.
” ކިހިނެއްވީތަ ؟ މޯމް ކީކޭ ބުނެގެން ތި ބޯހޫރުވަނީ..” މިކްޔާ އަށް ހިމޭނުން ނުހުރެވުނެވެ. މިއަދު މަންމަ އެގުޅީ ފަސްވަނަ ފަހަރުއެވެ. މިހާރު އޭނާވެސް ކަންތައް ބޮޑުވާ ހިސާބަށް ހިނގައްޖެއެވެ.
” ސޭމް އޯލްޑް ސްޓޯރީ…ދެން އިނގޭނު މަމްގެ ގޮތް..ހިތް ބިރުގަންނަނީޔޯ..ރޭގަ މާވަރުގަދަ ހުވަފެނެއް ފެނިގެން އެކަމާ ބޯ ގޮއްވަނީއޭ..ހެހެހެ..އަހަރެމެންނަށް ކޮންމެވެސް ކަމެއް ވާން އުޅޭހެން ހީވަނީޔޯ…ދެން އެކަހަލަގެ ވާހަކަ ހުރެގެން ދައްކަނީ…” ފުންނޭވައެއް ދޫކޮށްލަމުން އައުފް އެހެން ބުނެލި ވަގުތަކީ ބާރު ސްޕީޑެއްގައި އައި ސައިކަލެއް އެމީހުން ހުރަސްކުރިވަގުތެވެ. މިކްޔާ އަޑުގެ ކޮޅަށް ހަލޭލަވައިގެންއިރު އައުފްގެ މޫނުމަތިންވެސް ދާތިކިތައް ފެންނަންފަށައިފިއެވެ. އެސައިކަލުގައި ޖެހުނުނަމަ ފުރާނަ ސަލާމަތް ނުކުރެވޭނެކަން ޤައިމެވެ. ހެއްދެވިފަރާތަށް ޝުކުރުކުރަމުން އައުފް މިކްޔާގެނެސް ގަޔާލާ ބޮނޑިކޮށްލިއެވެ. އެވަގުތު މަގުމަތިން އެމީހުންނަށް އަމާޒުވެފައިވާ ލޯތަކަށްވެސް ބިރުވެރިކަން ވަދެފައިވިއެވެ. އެހެނަސް އިސާހިތަކު އެކި މީހުން އެމީހެއްގެ މަންޒިލަށް ދަތުރު ފެށިއެވެ.
” ޝްޝްޝް….އިޓްސް އޯކޭ ބޭބީ….ދެން ނުރޮއެ އިނގޭ.. އެހެން ނޫނަސް މިއަދު މީ މިކޮޅުގަ ހުންނަ އެންމެ ފަހު ދުވަސް ސޯ ލެޓްސް އެންޖޯއީ ދި ޑޭ…އިޓް ވޯޒް ޖަސްޓް އަ ކޯއިންސިޑެންސް..” މިކްޔާގެ ނިތުގައި ބޮސްދެމުން އައުފް ހިނިތުންވެލިއެވެ.
” އަފޫ އަށް ދެންމެ ކަމެއްވީނަމަޔޯ…ކިހިނެއް އަހަރެން ހަދާނީ…އައި ކާންޓް އިމޭޖިން އަ ޑޭ ވިތްއައުޓް ޔޫ ކޯޒް އައި ލަވް ޔޫ ސޯމަޗް…” މިކްޔާގެ އެސްފިޔަތައް ފޫއްދުވާލާފައި ފޭބި ކަރުނަތައް ފެނި އައުފް ހިތައް ވަރަށް ތަދުވިއެވެ. ކައިވެނީގެ ފަހުން މިކްޔާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަ ނުދޭނެކަމަށް އައުފް އަމިއްލަ ނަފުސަށް ވަޢުދުވިއެވެ.
” ދެން އެއީ އެވަރުގެ ކަމެއް ނޫނެއްނު ބޭބީ ތި ރޮނީ….ލުކް އެޓް މީ…ތިކަހަލަ ލޯބި ލޯބި ވައިފެއް ހުއްޓަ ނަތިންގ ކޭން ހާރޓްސް މީ..އެން ފޯ ޝުއަރ އަވަރ ޕްރޭޔަރސް ވިލް ކީޕް އަސް ސޭފް..ދެންވެސް އަވަހަށް ހިނގާބަ އެހެރަ ރެސްޓޯރެންޓަށް..މިޝީ ބުނެފަ އޮތީ ވީޑިއޯ ކޯލެއް ކުރަން..ދެން މިފަހަރު ޖެހޭނެ އަހަރެމެން އެންޖޯއީ ކުރާވަރު ދައްކާލަން..އޭރުން ވަރަށް ޖޭވެފަ ހުންނާނީ ދޯ…ހެހެހެހެ…” މައުލޫ ބަދަލުކޮށްލަމުން އައުފް ވާހަކަ ދެއްކީ މިކްޔާގެ މޫޑް ބަދަލުކޮށްލުމުގެ ބޭނުމުގައެވެ. ކަންތައްވީވެސް ހަމަ އެހެނެވެ. މިކްޔާ ނޭފަތް އެތެރެއަށް ދަމާލަމުން އައުފް ގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. އެއަށްފަހު ދެމީހުން އަތުގައި ހިފައިގެން ކުރިމަތިން ފެންނަން ހުރި ރެސްޓޯރެންޓަށް ވަދެގެން ދިޔައެވެ.
ހަމަ އެމަގުގެ އަނެއްފަރާތުގައި ހުރި ހަނި ގޯޅިގަނޑެއްގައި ކަޅުކުލައިގެ ކޯޓެއް ލައިގެން ބޮލުގައި ތޮތްޕެއް އަޅައިގެން އެހުރި މީހަކީ އިކުރާމް ނޫން ދެވަނަ މީހެއް ނޫނެވެ. އެދެލޮލުން ފާލުވަމުންދަނީ އިންތިހާ ދަރަޖައިގެ ނަފުރަތެވެ. ޒީޝާގެ އެހީގައި މިކްޔާ އާއި ހަމައަށް ވާސިލު ވުމުގައި އިކުރާމަށް ކާމިޔާބުވީ އަދި ކިރިޔާއެވެ. ހަމަ އެއާއި އެކު އިކުރާމް އޭނާގެ މަސައްކަތާއިގެން ކުރިއަށްދިޔައެވެ. މީހަކަށް ލާރިދީގެން މިކްޔާ އެކްސިޑެންޓް ކޮށްލަން ރޭވި ރޭވުން ނާކާމިޔާބު ވުމުން އިކުރާމްގެ ރުޅިވަނީ އޭގެ އިންތިހާއަށް ގޮސްސައެވެ.
” މިފަހަރު ސަލާމަތްވިޔަސް އަބަދަކު ތިހެނެއް ނޫޅެވޭނެ..އައި ވިލް ހަންޓް ޔޫ ޑައުން.. ” ދަތްތަކަށް ބާރުލަމުން އިކުރާމް އަމިއްލަ ނަފުސަށް އަޑުލިއެވެ. އޭނާގެ ހިތުގައިވާ ނަފުރަތުގެ ހުޅުގަނޑު ދުވަހެއް ދުވަހަކަށް ބޮޑުވުން ނޫންކަމެއް ނުވެއެވެ. މިހާރަކަށް އައިސް އޭނާގެ ރުޅި ކޮންޓްރޯލް ނުކުރެވޭވަރަށް މީހާގެ ހާލަތު ގޯސް ވާވަރުވެއެވެ. އެފަދަ ކޮންމެ ވަގުތަކުވެސް އިކުރާމްގެ ހިތައް ވެރިވާ ހަމައެކަނި ސޫރައަކީ މިކްޔާގެ ސޫރައެވެ. އޭނާ ޤަބޫލު ކުރާގޮތުގައި މިކްޔާގެ ކިބައިން ބަދަލު ހިފިގެން ނޫނީ އަމިއްލަ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
**
އޭގެ އަނެއް ދުވަހު އައުފާއި މިކްޔާ އެނބުރި ސްވިޒްލޭންޑަށް ދިޔައެވެ. މައިކަލް އާއި ސޮފިއްޔާގެ މޫނުމަތި އުޖާލާވެގެން ދިޔައީ ލޯބިވާ ދެދަރިން ސަލާމަތުން އެނބުރި އައުމުންނެވެ. ސޮފިއްޔާގެ ހިތުގައިވި ބިރުވެރިކަމަށް ނިމުން އައީވެސް އެދުވަހުއެވެ. އޭނާގެ ދުޢާ އިޖާބަ ކުރެއްވިކަމަށްޓަކައި ހެއްދެވިފަރާތަށް ހަމްދު ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. ނަމަވެސް ބޯމަތި ކުރުވަމުންއަންނަ ތޫފާނުގެ ހިލަމެއް އެއިން އެއްވެސް މީހަކަށް އިހުސާސެއް ނުކުރެވެއެވެ.
މިކްޔާއާއި އައުފް އެނބުރި އައުމުން އެކަމާ އެންމެ އަސަރު ކުރި މީހަކީ ޒީޝާ އެވެ. ބޭރު ފުށުން ހުރިހާކަމެއް ރަނގަޅުކަމަށް ހެދިގެން އުޅުނަސް އެހިތުގައި އަޅަމުންދާ ވޭނެއް އެހެން މީހަކަށް ނުފެނެއެވެ. އަދި ހަމަ އެހެންމެ މިކްޔާ އާއި މެދުގައި ހިތުގައި އުފެދިފައިވާ ހަސަދަވެރިކަމަށްވެސް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ. ހުރިހާކަމަކުން ދުރުވަން ޒީޝާ އިހުތިޔާރު ކުރަނީ އެންމެ ނުބައި މަގެވެ. އެއިންވެސް އޭނާ އަށް ހަމަޖެހުމެއް ނުލިބެއެވެ.
” އޯހް ގޯޑް…ވައި މީ؟…ވައި އައި ހޭވް ޓް ސަފަރ ދިޒް މަޗް؟…ވަޓް ހޭވް އައި ޑަން؟..” ކޮޓަރީގެ ކަނެއްގައި އިން ޒީޝާ އިނީ މަސްތުގެ ހާލަތުގައެވެ. މައިކަލް އާއި ސޮފިއްޔާ ޕާރޓީއަކަށް ނުވަތަ ބިޒްނަސް ކޮންފަރެންސަކަށް ދަންޏާމު ޒީޝާގެ ހާލަކީ އެއީއެވެ. މަސްތުވެގެން މުޅިރޭ ހަތަރުދަމު ހޭދަ ކުރުމަށްފަހު ނިދޭ އިރެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. މިރެއަކީވެސް އޭގެއިން ރެއެކެވެ. އަމިއްލަ ނަފުސާއި ހީހީފައި ވާހަކަދެއްކުން ފިޔަވާ އިތުރުކަމެއް އޭނާއަށް ނުކުރެވެއެވެ.
**
އައުފް އާއި މިކްޔާ ކޮޓަރީގެ ބެލްކަނީގައި ތިބިއިރު ދެމީހުންވެސް ތިބީ އަމިއްލަ މަސައްކަތެއްގައެވެ. މިވީ މަސްދުވަސްތެރޭ މައިކަލް ވަނީ އެމީހުން ކުރިން އުޅުނު ދެކޮޓަރި އެއްކޮށްލުމަށްފަހު ބޮޑު އެއްކޮޓަރިއަށް ހަދާފައެވެ. ތަނަވަސްކަމުގެ އިންތިހާއެވެ. ކުޑަ ސްޓަޑީ އޭރިޔާ އަކާއި އެއްކޮށް ހަދާފައިވާ އެބޮޑުކޮޓަރިއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ މާމެލާއިމެލިން ޖަރީކުރެވިފައިވާ އެހިތްގައިމު ބެލްކަންޏެވެ.
” އަފޫ…އަމްމްމް…ވާހަކައެއް ބުނަންތަ؟” އުނގުމަތީގައި އިން ލެޕްޓޮޕުން ނަޒަރު ވަކިކޮށްލަމުން މިކްޔާ ބުނެލިއެވެ.
” ހްހްހްހްމްމްމް…ބުނެބެލަ…އައި އޭމް ލިސެނިންގް…” އައުފް ކުރިމަތީގައި ހުޅުވާލެވިފައިވާ އޮތް ފައިލް ލައްޕާލަމުން މިކްޔާގެ ވާހަކައަށް ސަމާލުވެލިއެވެ.
” އަސްލު އައި ނޯ ދިޒް އިޒް ކައިންޑަ އޮޑްކަން…އެކަމް ދެންމެގަ ހަމަ ހިތައްއެރީ މިހާރު ޝަމާން ކޮބައިބާއޭ…މެރީ ކުރިފަހުން ހީ އިޒް ވެނިޝްޑް އޯރ ސަމްތިންގް…ވަރަށް ދެރަވޭ އޭނައާއި މެދު ކަންތައް ކުރެވުނު ގޮތުން..އެކަމަކު އޭރު ދެން އައި ލިސެންޑް ޓް މައި ހަރޓް އެން އައި ހޭވް ނެވަރ ރިގެޓް އިޓް..” މިކްޔާ އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ.
” ލުކް ބޭބީ..އެއީ މިކީގެ ފޯލްޓެއް ނޫން..އެކަން އެގޮތަށްވީ އެއީ ތަޤުދީރު..ވީ ކާންޓް ޗޭންޖް އިޓް..އެން ޝަމާން ދޯ…އޭނަ އަހަރެމެން ޕެރިސްގަ ހުއްޓަ ވަޓްސް އެޕް އިން ޗެޓް ކުރި..ޖަޒް ވޯންޓެޑް ޓް ނޯ ދެޓް ވީ އަރ ޑުއިން ފައިން އޯރ ނޮޓް..ދެން އޭރު މިކީ ކައިރީގައި އެވާހަކަ ނުބުނީ އެއީ ދެން އެހާ މުހިއްމު ވާހަކައަކަށް ނުވީމަ…އަހަރެން ޤަބޫލުކުރަން ތިދެމީހުންނަކީ ޕާސްޓްގައި ގުޅުމެއް އޮތް ދެމީހުންކަން..އެކަމަކު އޭގެ މާނައަކީ އެކަމުގެ ސަބަބުން އަހަރެމެން ދެމީހުންގެ ލައިފަށް އެއްވެސް ކަހަލަ ޗޭންޖެއް އަންނަން ޖެހޭނެ ކަމެއްކަމަށް އަހަރެން ނުދެކެން..އަދި އެއްވާހަކަ އަހަރެން ސީމާ ޝަމާން ކައިރީގައި ބަހައްޓާފައި އެހުރީވެސް ކޮންމެވެސް ކަމެއް ވީމައެއްނު..” މިކްޔާގެ ނޭފަތުގައި ހިފާލަމުން އައުފް އެއްލޯ މަރާލިއެވެ. އެވަގުތު މިކްޔާ ދެލޯ ބޮޑުކޮށްލަމުން އަސްލުވެސް ހޭ ކިޔާ ހަޅޭލަވާގަތެވެ.
” ތިބުނީ ސީމާ އެން ޝަމާން…ވޯވް…ދެޓްސް ހަމަ ގްރޭޓް…ކޮންއިރަކު ކިހިނެއް..؟” މިކްޔާ ހުރީ އަދިވެސް ޤަބޫލުނުކުރެވިފައެވެ.
” ޝަމާންގެ ގޮތެއް ނޭނގެ…ބަޓް އައި އޭމް ޝުއަރ އެބައުޓް ސީމާ…ދެން މި ބަލަނީ ވަގުތާއި އެއްކޮށް އެދެމީހުންގެ ގުޅުމަށް ނަމެއް ދެވޭވަރުވޭތޯ..” އައުފް ބުނެލިއެވެ.
” ދެން ހިނގާ ދޯ އަހަރެމެންގެ ވާހަކަ ދައްކަމާ..” މިކްޔާގެ އަތުގައި ހިފާލަމުން އައުފް ހިނިގަނޑެއް ޖަހާލިއެވެ.
” އައި ނޯ ކީއްވެކަން ތި ހެނީ…އަފޫ އަށް އަހަރެމެންގެ ވާހަކެއް ނޫން ދެއްކޭނީ..ކޮންމެވެސް އެހެން ކަމެއް ކުރެވޭނީ..” އުނގުމަތިން ލެފްޓޮޕްނަގާ މޭޒުމަތީގައި ބެހެއްޓުމަށްފަހު މިކްޔާގޮސް އައުފްގެ އުނގުގައި އިށީންނަމުން ކަނދުރާގައި ދެއަތް އަޅުވާލިއެވެ.
“ތިހެން ބުނާއިރު މިކީގެ ކަންތަކޭ މީ…ދެން މިރޭ ކިހިނެއް އިތުރަށް މި ވޯރކް ކުރާނީ…ބޭބީއެއްހެން އުނގައްވިއްޔަ ތި އެރީ..” ކުރިމަތީގައި އޮތް ފައިލް ދުރައްޖައްސާލަމުން އައުފް މިކްޔާގެ ތުންފަތުގައި ބޮސްދިނެވެ.
**
6 މަސް ފަސް…
ތަފާތު އެކި ކުލަ ޖައްސަމުން މިކްޔާ އާއި އައުފްގެ ދިރިއުޅުމުން 6 މަސްދުވަސް ފާއިތުވީ ހީވެސް ނުކުރާހާ އަވަހަށެވެ.
މިހާރު މިޝްޔާވެސް ޗުއްޓީއެއް ލިބުމުން ސްވިޒްލޭޑަން އައިސް އުޅެނީ އާއިލާ އާއި އެކު ވަގުތު ހޭދަ ކުރުމަށެވެ. މައިކަލް އާއި އައުފް ބިޒްނަސް ކޮންފަރެންސަކަށް ލަންޑަނަށް ދިޔުމުން އޮފީސްކަންތަކުގައި ހަވާލުވެގެން ހުރި ސޮފިއްޔާއަށް ގެޔަށް ވަދެލަން ލިބެނީ މަދުވަގުތުކޮޅެކެވެ.
ޒީޝާވެސް އޭނާގެ “ގާތް” ރަހުމަތްތެރިޔަކާ ޖެހުނުފަހުން ގެއިން ބޭރުގައި ހޭދަކުރާ ވަގުތުތައް ވަނީ އިތުރުވެފައެވެ. އަދި މިދުވަސްކޮޅު މިކްޔާވެސް މާބޮޑަށް ބަލިކަމުން ގޭތެރެއިން ފެންނަ ވަގުތަށްވުރެ ކޮޓަރީގައި އޮންނަ ވަގުތުތަށް ގިނައެވެ. މިޝްޔާވެސް އައުފް ދިޔަފަހުން މިކްޔާގެ ރޫމަށް ބަދަލުވީ ދުވަސްކޮޅެއްފަހުން އަނެއްކާ އެނބުރި ލަންޑަނަށް ދާން ޖެހުމުން މިކްޔާ އާއި އެއްކޮށް ވަގުތު ހޭދަކުރުމަށެވެ.
ގޭތެރޭގެ ކަންތަކާ ވިސްނުމަށްވުރެ ސޮފިއްޔާ އުޅެން ޖެހިފައިވަނީ ނުހަނު ބުރަކޮށްކަމުން މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ. މިކްޔާވެސް އޭނަގެ މަންމަ ކައިރީގައި ބަލިވާހަކަ ނުބުނީ މަންމަ އިތުރަށް ހާސްނުކުރުވުމަށެވެ. އަދި ހަމަ މިޝްޔާއަށްވެސް އަންގާފައިވަނީ އައުފް ކައިރީގައިވެސް އެކަހަލަ ވާހަކައެއް ނުދެއްކުމަށެވެ.
“ދޮންތީ!..އަމް…ހީވޭތަ ގުޑް ނިއުސް އެއް ލިބެން އުޅެނީހެން..؟” މިޝްޔާ ބުނެލި ވާހަކައަކުން މިކްޔާ ބޯން އިން ޖޫސްފޮދު ކޮށި ނެރީވެސް ކިރިޔާއެވެ. އެއީ އޭނާވެސް މިހާރު އިންތިޒާރު ކުރާކަމެކެވެ..އެހެނަސް…..
މިކްޔާ ކޮޓަރީގެ ދޮރުމައްޗަށް އެރި ޒީޝާގެ ކަންފަތައް އިވުނު ވާހަކައަކުން އެނބުރުން އަރައިގެން ނުދިޔައީ ކިރިޔާއެވެ. އޭނާ އަށް ވެގެންވަންޏާ މިކްޔާ މިހާރު އޮންނާނީ ސަހަރާގައިއެވެ. ޒީޝާގެ މޫޑު ހަރާބު ވުމާއެކު އިތުރަށް މަޑުނުކޮށް އެތަނުން ދިޔައެވެ.
” މިޝީ ވެސް ހާދަ ނޯޓީ އޭ ދޯ…ހެހެހެ…ދޮންތި ބުނީމެއްނު ފުޑް ޕޮއިޒަން އެކޭ..ބަލާބަ މިހުރީނު މޫޏުގަޔާ އަތުގައި ބިހިތަކެއްވެސް…ޑޮކްޓަރވެސް ކޮންފަރމް ކުރިޔެއްނު…” މިކްޔާގެ އަޑުގައިވި މާޔޫސްކަން މިޝްޔާއަށް ފާހަގަވީނަމަވެސް އެވާހަކަ އިތުރަކަށް ނުދައްކައެވެ. އޭނާގެ ހިތުގެ ދުޢާއަކީ އޭނާގެ ލޯބިވާ ދޮންތަގެ ހުވަފެންތަކުގައި ކުލަޖެހުމެވެ. އަދި އަބަދުވެސް އުފަލުގައި ލެހެއްޓެވުމެވެ.
**
އާދާއިގެ މަތިން އިކުރާމް ސިންގަޕޫރަށް އައީ އާލިމާ ގެ މެޑިކަލް ފައިލް ސިންގަޕޫރުގައި ހުންނަ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށެވެ. ފާއިތުވި ދުވަސް ތަކުގައި އާލިމާގެ ފަރުވާއަށް ކުރިއެރުމެއް ލިބެމުން އަންނަކަން އިކުރާމަށް ފާހަގަވުމުން އެކަން ޑޮކްޓަރާއި ހިއްސާ ކޮށްލިއެވެ. އަދި ހަމަ އެހެންމެ އޭނާ ކޮންމެ ފަހަރަކުވެސް ހަދާ މެޑިކަލް ޗެކަޕް ހެދިއެވެ. ތިން ދުވަހުގެ ކުރު ދަތުރު ނިންމާލުމަށްފަހު އެނބުރި ރާއްޖެއައި ދުވަހު ޒީޝާގެ މިސްވެފައިވާ ކޯލް އެލަރޓްތަށް ފެނުމުން އިކުރާމު އަވަހަށް ޒީޝާއަށް ގުޅާލިއެވެ. އިކުރާމްގެ ގޭގައި ހަދާފައި ހުންނަ ހާއްސަ ކުލިނިކުގެ އޮފީހުގައި އިނީ ފިކުރަކަށް ގެއްލިފައެވެ. އެކޮޅުން ޒީޝާގެ ފޯނު ރިންގުވާ އަޑު އިވެމުން ގޮސް ކެނޑެން އުޅެނިކޮށް ޒީޝަގެ އަޑު އިވުނެވެ.
“ހެލޯ..ވެލް އައި ހޭވް އަ ނިއުސް ފޯރ ޔޫ..” ޒީޝާގެ ދުލުގައި ވާއްގެއްނެތް ކަހަލައެވެ. ނަމަވެސް ދެން އެކޮޅުން ބުނެލި ވާހަކައަކުން އިކުރާމްގެ ލޭ ކެކިގަތެވެ. ހަމަ އެވަގުތު އެއްޗެއް ބުނަން އުޅެނިކޮށް ހުޅުވާފައިވާ ލެޕްޓޮޕްގެ ސްކްރީން އިން ފެންނަމުން ދިޔަ މެޑިކަލް ޑޮކިއުމެންޓަކުން އިކުރާމް އިން ގޮނޑިން ފުންމައިގެން ތެދުވުނެވެ. މުޅި މީހާ ދާހިއްލާ ފޯވަމުން ދިޔައިރު ކަންފަތުގައި ޖަހައިގެން ހުރި ފޯނު އަތުން ދޫވެ ޓައިލްސްތައް މަތީގައި ޖެހި ފުނޑުފުނޑުވީ އަޑުފައްގަނޑު އިކުރާމްގެ ކަންފަތަށް ފޯރީ ހޮނުގުގުރިއެއް ފަދައިންނެވެ. ދެންމެ އޭނާއަށް އެ ފެނުނީ ހަމަ އަސްލެއް ހެއްޔެވެ؟ އެހެން ވެގެން ނުވާނެއެވެ. ތަޤުދީރު އޭނާއާއި ސަމާސާ ކުރަނީ ކަންނޭނގެއެވެ.
2529 Comments
Comments are closed.
kayashandy
April 8, 2017 at 11:37 pmhey all…here comes 31st episode of my story…i knw some of u might hav forgotten it..or may b not..
i just hope dat i have reached upto de expectations of my lovely readers..n yeah thr might b mistakes so feel free to tell me..n i ll b looking forward to all kinds of comments…
love you all n i missed u all soooo much…n once again sorry for de late update..hope u all will enjoy reading…
next part soon i ll upload..keep waiting??
good nyt lovely ppl??
kiya
April 8, 2017 at 11:46 pmYeyyyyyy me first dho
kayashandy
April 8, 2017 at 11:48 pmyah…dhw…so hws it…hope u liked it…thank u?
Sm1
April 8, 2017 at 11:55 pmGrt work 🙂
kayashandy
April 9, 2017 at 12:16 amthnkz ??
nashth
April 8, 2017 at 11:56 pmNice haadha dhuvahakah fahu ey mi kiyaalah milibuni.
kayashandy
April 9, 2017 at 12:17 amdhw ehehe…thank u for reading ehaa dhuvas fahunves..hope u enjoyed it?
nashth
April 8, 2017 at 11:59 pmDhen kn dhuvahakun tha up kuraanii
kayashandy
April 9, 2017 at 12:21 aminsha allah…tmrw nyt…hope u ll wait…n thank u
kiya
April 9, 2017 at 12:05 amVaahaka vv salhi next part konirakun
kayashandy
April 9, 2017 at 12:37 amtmrw nyt insha allah…keep waiting ☺
Daily Reader
April 9, 2017 at 12:12 amUpload the next part soon, i missed this story ?
Why don’t you upload daily?
kayashandy
April 9, 2017 at 12:33 aminsha allah soon..thank u for de comment ☺
Marsha
April 9, 2017 at 12:28 amWelcum back kayashandy.. vvvv ufaa vejje ur post fenunyma.. haadha dhuvaheh vejjeyey mi story ah wait kuraathaa… i m happy alun continue kuryma… vaahaka nimendhen nukiyunyma v dhera vefa hutta alun start vma vvv happy… oh.. hw i hate that ikram.. n i pity zysha.. hope nothing bad hpns to them… zysha n ikraam ge hurihaa plans backfire kollaathi ingey… story is vv nice.. hope 32 v avahah up kuraane kamah.. inthizaaring..
kayashandy
April 9, 2017 at 12:39 amooohhh…marsha…so happy to c ur comment n i was expecting a feedback from u…hehehe…well lets c dhw wat hapns in de upcoming parts…hope u ll keep waiting for tmrw nyts episode…thank u so much for de comment ☺ ?
Marsha
April 9, 2017 at 9:20 amHehe… welcum.. n “hope nothing bad hpns to them” ey buny auf n mikya ah ingey… not ikraam n zysha… of cos waiting…
Sheen
April 9, 2017 at 12:32 amV. Salhi. Thanks
kayashandy
April 9, 2017 at 12:42 amthank u sheen…happy to c u liked it..?
Azuna
April 9, 2017 at 12:43 amNice
kayashandy
April 9, 2017 at 12:46 amthnkz azuna ?
Sweetie
April 9, 2017 at 1:15 amAsluves handhaaneh neiy. Dhen kuree part kiyaafa mipart mi kee. But alu anburi aeethee v v v v v ufaavejje.
Chum handi
April 9, 2017 at 7:08 amomg…. bunaane ehcheh ves neyngunu….. haadha reechey…. e ikram men ge undhagoo ves haadha bodey…. hope mickey and afoo will be doing well…. waiting for the next part…
Maree
April 9, 2017 at 7:22 amvvvv reethi
hjdfgfha
April 9, 2017 at 10:12 amhey guys… is this story worth to read???? plx klemmi knw asap
NAAZ
April 9, 2017 at 11:52 amvaahaka vv reethi .v inthizaaru kuriahun kiyan milibunee…
anehkaa e ikram ah aids jehuneetha…hihihi
Mine
April 9, 2017 at 11:55 amHandaaan vs nei kurige baitah..Vaaahaka kitanme reehcahs gina duvas vaaa varakah interest gehley..So think abt that
shaaa
April 9, 2017 at 1:05 pmwow wow!! Just amazing.. Was waiting for it..
How many parts are remaining??
Dhimra and Yuan shipper
April 9, 2017 at 1:55 pmV rythi
Samsam
April 12, 2017 at 9:32 pmVrh salhi…kayashandy vrh inthizaar kurin mi stry kiyaalan libeyne dhuvahakah…hama e inthizaar ga huhta thi upload kohlii…thanks buddy…vrh vrh vrh salhi…