Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 26

Axoo Level 310 Stories100 Comments100 Login
April 8, 2017 5 Mins Read
34 Comments

” ހީނުކުރައްޗެ ލޫޝާ މަރުވުމަށްފަހު ކަލެއަށް މިގެއިން ލޫޝާގެ ޖާގަލިބޭނެކަމަށް.. އޭގެ ކުރިން އަހަރެން ކަލޭ މާދުރަށް ފޮނުވާލާނަން..” މިހެން ބުނެ ހަބީބާ އައިޝާގެ އަތުގައި ހިފައިގެން ދަމަމުން ތިރިއަށް ގެންދާންފެށިއެވެ. އައިޝާ ރޮމުން އާދޭސްކުރަމުން ދިޔައިރުވެސް ހަބީބާއަށް އެއަޑު ނީވޭ ކަހަލައެވެ.

ދޮރުހުޅުވާލުވާލާފައި މަގުމައްޗަށް އައިޝާ ކޮއްޕާލިވަގުތު ތިރިއަށް ވެއްޓި އައިޝާގެ ބޯޖެހުނީ ޕޭމެންޓް މަތީގައެވެ. ހަބީބާ ރަހުމުވެސް ނުކުރާ ހާލު އެތެރެއަށް ޗަދެ ދޮރުލެއްޕިއެވެ. ބޮލަށް އަރާފައި ހުރި އެނބުރުމެއްގެ ސަބަބުން އައިޝާއަށް ތެދުވެވޭ ގޮތެއް ނުވިއެވެ. ނުތެދުވެވިފައި އޮއްވައި އައިޝާނެގީ މޫނު ބުރުގާ އަޅައިގެން ހުރި އަންހެނެކެވެ. އައިޝާއަށް އިނގިލި ދިއްކޮލެވުނީ ކައިރީގައި ހުރެ އޭނަގެ އަމިިއްލަ ގެއާ ދިމާއަށެެވެ. އެމީހާ އެންމެ ރަނގަޅޭ ބުނިކަން އައިޝާއަށް އެނގުނެވެ. ދެވަނަ ހިނދުކޮޅުގައި އަނބުރައިގަނެގެން އެމީހާ އަތްމައްޗަށް ދެމުނެވެ.

…………………..

ލޫޝާގެ ހަށިގަނޑު މާލެ ގެނެވުނީ އޭގެ އަނެއްދުވަހުއެވެ. ހަބްޝާ ހުންނަނީ ގަބުވެފައެވެ. މީހަކާ ބަހެއްވެސް ނުކިޔައެވެ. ހާމިދުވެސް ހުރި އެންމެ ދަރިއެއް ދުނިޔެދޫކުރުމުން ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ހުޝާމް ވެސް ދެރަވިއެއްކަމަކު އެންމެންގެ ކުރިމަތީގައި ހިތްވަރު ކުރެވޭތޯ ބެލިއެވެ. ނަމަވެސް ހިނަވާފައި އޮތް ލޫޝާގެ މޫނު ފެންނަ ކޮންމެ ފަހަރަކު އެލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ. އާއިލާ އެންމެންގެ އިތުރުން އައިޝާގެ އާއިލާވެސް ސަހަރާތެރޭގައި ތިއްބެެވެ. މަދުވަނީ ހަމައެކަނި އައިޝާއެވެ. ހަބީބާ ކައިރިން އައިޝާ ކޮބާތޯ ސުވާލުކޮށްލުމުން ޖަވާބުގައި ހަބީބާ ހުޝާމާ ދިމާއަށް ހަޅޭއްލަވައިގަތެވެ. އޭނަވާ ތަންތަން ހަބީބާ ބަލަން ނުޖެހޭ ކަމުގައި ބުނަމުންނެވެ. ހުޝާމް އެތައްފަހަރަކު އައިޝާ ފޯނަށް ގުޅިއިރުވެސް އެފޯނު އޮންނަނީ ނިއްވާލާފައެވެ. އިރުކޮޅަކުން އައީ ނުދަންނަ ނަމްބަރަކުން މެސެޖެކެވެ. އެމެސްޖް ކިއުމަށްފަހު ހުޝާމްގެ ދުނިޔެ އެނބުރިގަތް ކަހަލައެވެ. ލޯބިވާ ދޮށީއަނބިމީހާ ހުޝާމް ދޫކޮށްފައި ދިޔަތާ މާގިނައިރުތަކެއް ނުވަނީސް އެންމެ ލޯބިވާ ހަގު އަނބިވެސް ހުޝާމް ދޫކޮށްލާފައި ފުރައިގެން ދިޔައީއެވެ. ހުޝާމްގެ ބޮލުގައި އެތައް ތުހުމަތުތަކެއް އަޅުވާފައެވެ. އައިޝާއާއި ކައިވެނި ކުރީ ހުޝާމްގެ އަމިއްލަ ފައިދާއާށް ކަމަށް ބުނެއެވެ. ލޫޝާގެ އުއްމީދެއް ނެތް ކަމުގައި ހުޝާމްއަށް އެނގޭތީ ‘ބެކްއަޕެއް’ ގޮތުން އައިޝާއާއި ކައިވެނިކުރީކަމަށް ބުނެއެވެ. އަދި ހުޝާމްއައި އެކު އުޅެން ބޭނުންނުވާ ވާހަކައާއި ދުވަހަކުވެސް އައިޝާ ހޯދަން މަސައްކަތް ނުކުރުމަށް ބުންޏެވެ.

މިފަދަ ހިތްދަތި ވަގުތެއްގައި އައިޝާ ކަންތައްކުރިގޮތުން ހުޝާމް ކުރިއަށްވުރެވެސް ބޮޑަށް ހިތުގައި ޖެހުނެވެ. އާއިލާ މީހުން ކައިރީ މިވާހަކަ ބުނަން އުޅެފައިވެސް ނުބުނީ ލިބިފައިވާ ހިތާމަތަކުގެ މައްޗަށް އިތުރު ހިތާމައެއް ނުދޭށެވެ.

ކަށުކަމާކެމީގެ ކަންތައް ނިމުމަށްފަހު ހުޝާމް ގެއަށް ދިއުމަށްފަހު އެންމެ ފުރަތަމަވެސް ވަނީ އައިޝާއާއި އެކު އުޅުނު ބަޔަށެވެ. މުޅި ގެޔަށްވަނީ ފަޅުކަންވެރިވެފައެވެ. ކޮޓަރިއަށް ވަންއިރު ކޮޓަރިތެރެެއަށް ވަނީ ކަނުއަނދިރިކަން ފެތުރިފައެވެ. އެނދުމަތީގައި  ހުޝާމް އައިޝާ އަށް ކައިވެނީގެ ފުރަތަމަ ރޭގައި ދިން މުސައްލައާއި ދޮޅި އޮތެވެ. އަލަމާރި ހުޅުވާލިއިރު ހުޝާމްގެ ތަކެތި ފިޔަވައި އެހެން އެއްޗެއް ނެތެވެ.

އައިޝާ ކަންތައްކުރި ގޮތުން ހުޝާމްވަނީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. އައިޝާއަށް އެންމެ ބޭނުން ޖެހުނު ވަގުތު އައިޝާ ދިއުމުން ހުޝާމް ހިތް ޝަކުވާކުރިއެވެ. އައިޝާ ދެކެވީ ހަގީގީ ލޯބި އައިޝާއަށް ނޭނގެނީބާއެވެ. އިންޑިއާ ފުރުމުގެ ކުރިން ހުޝާމްގެ އަތުގައި ހިފާލާފައި އައިޝާބުނި އެތިން ލަފްޒު އަދިވެސް ހުޝާމް ހަނދާން އެބަހުއްޓެވެ.

ހަބީބާ އައިސް އެކޮތަރިއަށް ވަނީ މިފަދަ ހިޔާލަކަށް ހުޝާމް ގެއްލިފައި އިންދައެވެ. ދަރިފުޅުގެ ހާލުފެނި ހަބީބާ ދެރަވިއެވެ. އެކަމަކު އައިޝާ އަނބުރާ އެގެއަށް ގެންނާކަށް ހަބީބާގެ ހިތް އެއްބަހެއް ނުވިއެވެ. ހުޝާމް ކައިރީ އިށީނދެ ހަބީބާ ހުޝާމްގެ ކޮނޑުގައި އަތް އަޅާލިއެވެ. އަދި ބޮލުގައި ފިރުމާލިއެވެ. މަންމަގެ އަޅާލުން އިހްސާސްވެ ހުޝާމްއަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ހަބީބާގައިގާ ބައްދައިގަނެފައި ރޯންފެށީ ކުޑަކުއްޖެއް ފަދައިންނެވެ. އެންމެ ލޯބިވާ ދެމީހުން އެކުގައި ކަހަލަ ގޮތަކަށް ގެއްލިގެން ދިއުމުން ހިތްވަނީ ފަޅައިގެން ދާން ކައިރިވެފައެވެ.

ހުޝާމް ފޯނަށް މެސްޖެ ދިޔަ ނަމްބަރުން އީޝަލް ފޯނަށްވެސް މެސެޖެއް ދިޔައެވެ. ނަމަވެސް އީޝަލް ކައިރީގައި ބުނެފައިވަނީ މުޅިން ތަފާތުވާހަކައެކެވެ. ހުޝާމްގެ އެދުމުގެ މަތިން ސައުދީއަށް ކިޔަވަން ދާ ވާހަކައެވެ. މިވާހަކަ އީޝަލް އަށް ގަބޫލުކުރަން ދަތިވިނަމަވެސް ހިބާވެސް އެއީ ތެދުވާހަކައެއް ކަމުގައި ހަބީބާ ބުންޏޭ ބުނުމުން އިތުރު ސުވާލެއް ކުރާކަށް އީޝަލްއަކަށް ނުކެރުނެވެ.

ފާހާނައިން ނިކުތް ހައިފާގެ މޫނުމަތިން ފެންނަމުން ދިޔައީ ނިތަނަވަސްކަމާއި ބިރުވެރިކަމެވެ. މުޅިމީހާ ދާހިއްލާފައި ހުރިއިރު އަނގަމަތީ އަތް އަޅައިގެން ދެކޮޅަށް ހިނގަމުން ދިޔައީ ލިބިފައިވާ ހާސްކަން ފިލުވާލުމަށެވެ. ނަމަވެސް ކިޔަވާ މޭޒުމަތީގައި ބާއްވާލާފައި އޮތް ޕްރެންގެނެންސީ ޓްސްޓް ކިޓްގައިވާ ފިޔާތޮށި ކުލައިގެ ދެރޮނގު ފެންނަ ކޮންމެ ފަހަރަކު ހައިފާ ހިތް ބާރަށް ތެޅެން ފަށައެވެ. ގޭމީހުންނަށް އެނގުނިއްޔާ ހަދާނެ ގޮތެއްވެސް ނޭނގެއެވެ. ގޭމިހުންނަށް ނާންގައި މިކަމުން ސަލާމަތްވެވޭކަށްވެސް ނެތެވެ. އެހެން ކަމުން ގޮތެއް ފެންނަންދެން ހައިފާއަށް ޖެހޭނީ މިކަން އެންމެންނަށް ފޮރުވައިގެން އުޅޭށެވެ.

މެލޭޝިޔާއަށް ހުޝާމް އެނބުރި ދިޔައީ އޭގެ ހަފްތާއެއް ފަހުންނެވެ. ހުޝާމްގެ ހިޔާލު ހުރީ އެނބުރި އަންނަ ކަހަލަ ގޮތަކަށް ނޫނެވެ. އައިޝާއާއި އެގޭ މީހަކަށް ވައި އެޅެން ވެސް ހުޝާމް ބޭނުން ނުވާ ކަހަލައެވެ. ހަބީބާ ކައިރީ ބުނެގެން އައިޝާއާއި އޭނާ އުޅުނު ބައިވެސް އެހެން ބަޔަކަށް ކުއްޔަށް ދިނީއެވެ.
 4މަސްފަސް

މާލެ އެނބުރި ހުޝާމް އައީ ހަބީބާގެ އެދުމުގެ މަތިންނެވެ. ހައިފާ ނަހަލާލަށް ބަލިވެ އިންވާހަކަ އެނގުމުން އެކަމާ ވިސްނާ ފިކުރުކޮށްކޮށް ހަބީބާ ވަނީ ވަރަށް ބޮޑަށް ބަލިވެފައެވެ. ސާމީއަށް އާދެވެން ނެތުމުން ހުޝާމް އެނބުރި މާލެ އަންނަން ޖެހުނީ ލޯބިވާ މަންމައަށް ޓަކައެެވެ. ހައިފާ އެފަދަ ވިޔާނުދާ އަމަލެއް ކުރީތީ ހުޝާމްވެސް ވަނީ ވަރަށް ބޮޑަށް ނުރުހުންވެފައެވެ. ނަމަވެސް ހަޅޭއްފަޅޭ ޖަހާ ހައިފާ ލަދުގެންނެވުމުގެ ބަދަލުގައި ހުޝާމް ހިޔާރުކުރީ މަޑުމައިތިރިކަމެވެ. ހައިފާ އާއި ވަކިން ވާހަކަދައްކާ ހައިފާއަށް އެކުރވުނު ފާފައިގެ ބޮޑުކަން ކިޔައިދިނެވެ. ހައިފާވެސް ރޮމުން ދިޔައީ ކުރެވުނު ކަންތަކާ ހިތާމަ ކުރާ ހާލުގައެވެ. ހުޝާމް ބައްޕައަކީ ކާކުތޯ ސުވާލުކުރުމުން ހައިފާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އީޝަލްއަށް ބުނަން ނުކެރުނީ ކަމަށް ވިސްނައި ހުޝާމް ނަސޭހަތްތެރިވީ ދެމީހުންވެސް ކުރެވުނު ކުށައް ތައުބާވެ ބަނޑުގައިވާ ދަރިފުޅަށްޓަކާ ކައިވެނި ކުރުމަށެވެ. ނަމަވެސް ހަބީބާގެ ހިޔާލު މުޅިން ތަފާތެވެ. ހަބީބާ ބޭނުންވަނީ އެހެންމީހުންނަށް އެނގުމުގެ ކުރިން ހައިފާގެ ބަނޑުގައިވާ ދަރިފުޅު ވައްޓާލާށެވެ. ހުޝާމް އެކަން މަނާކުރީ ފާފައެއް މައްޗަށް އެހެން ފާފައެއް ނުކުރުމަށް ނަސޭހަތްތެރި ވަމުންނެވެ.

ހުޝާމް ހަބީބާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައީ މާބޮޑަށް ގައިވަރުދެރަވާތީ ހަބީބާ އުޅޭތީއެވެ.  ޑޮކްޓަރަށް ދައްކާ ނިންމުމަށްފަހު ހަބީބާ ގޮނޑިގައި ބޭންދުމަށްފަހު ހުޝާމް ދިޔައީ ބޭސް ނަގާށެވެ. ބާރު ހިނގުމެއްގައި ދިޔަ ހުޝާމް ލައިގަތީ ބޭސްފިހާރައިން ނިކުތް ހުމެއިދާ ގައިގައެވެ. ހުމެއިދާ ފެނުމުން ލޫޝާގެ ހަނދާންތައް އާ ވެގެން ދިޔައެވެ.

” ސޮރީ ވަރަށް ބޮޑަށް.. ރަނގަޅުތަ ހުޝާމް” ހުމެއިދާ ހަމަޖެހިލަން މަސައްކަތް ކުރަމުން  ބުންޏެވެ. ހުޝާމް އާއެކޭ ބުނެލީ އެކަމެއް ނޫނޭ ބުނަމުންނެވެ.

” ކޮބާ އައިޝާ… ބަނޑު ވަރަށް ބޮޑުވާނެ ދޯ މިހާރު” ހުމެއިދާގެ ފުރަތަމަ ޖުމްލައިން ފޫހިކަން ވެރިވެގެން ދިޔަސް ދެވަނަ ޖުމްލައިން ހުޝާމްއަށް ހައިރާން ކަމެއް ލިބުނެވެ.

” ކީކޭ ތިބުނީ” ހުޝާމް ވާނުވާ ނޭނގިފައި ހުރެ އަހާލިއެވެ.

” މީގެ ހަތަރު މަހެއްހާ ދުވަސްކުރިން އަހަންނަށް އައިޝާ ފެނުނީ މިތަނަށް ޑޮކްޓަރަށް ދައްކަން އައިސް އިންދަ..  އަތުގައި އޮތް މެމޯ ކޮޅުގަ އިން ނަން ފެނުނީމަ އެނގުނު އެއީކަން ހުޝާމްގެ އަންހެނުންނަކީ.. އަނެއްކާ އެޑްރެސްވެސް އިނީ އަހަންނަށް ލިބުނު ވެޑިނއިންވިޓޭޝަންގަ އިން ގޮތަށް އެހެންވެ އެހާ ފަސޭހައިން އެނގުނީވެސް.. އޭގެ އަނެއްދުވަހު އައިޝާ ހެދި ޓެސްޓްތަކުގެ ނަތީޖާ ބަލާއައީ.. އަހަންނާ ދިމާވެގެން ރިޕޯޓް ދެއްކީމަ އަހަރެން ބުނިން ރިޕޯޓްއިން ދައްކަނީ އައިޝާ ބަނޑުބޮޑު ކަމަށޭ.. ވަރަށް އުފާވެފަހުރީވެސް… އެދުވަހު ލޫޝާގެ ހިތާމަވެރި ހަބަރު ލިބުނީވެސް..” ހުމެއިދާ ކިޔައިދިނެވެ.

ހުމެއިދާ ދެއްކި ވާހަކައިން މިހުރިހާދުވަހު ހުޝާމް ދެކެމުން އައި ގޮތް ބަދަލުވާން ފެށިއެވެ. ހުމެއިދާގެ ފަރާތުން އައިޝާ ބަނޑުބޮޑުކަން އެނގުމުން ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ހުޝާމްއަކަށް ނުވިސްނުނެވެ. އެއާއެކު ހުޝާމް ހިތުގައި އެތަކެއް ސުވާލެއް އުފެދިގެން ދިޔައެވެ. އައިޝާ ބަނޑުބޮޑުކަން ހުޝާމްއަށް ނޭނގީ ކީއްވެ ހެއްޔެވެ. އެހާ އުފާވެފަ ހުރިއިރު ހުޝާމް ދޫކޮށް އެދިޔައީ ކީއްވެ ހެއްޔެވެ. އައިޝާ ދިޔައީ ކާކާއެކީގަ ހެއްޔެވެ. މިހުރިހާ ސުވާލެއްގެ ޖަވާބު ހޯދަން ހުޝާމްއަށް އޮތީ އެންމެ ގޮތެކެވެ. އައިޝާ ބަލިވެ އުޅުނު ކަމަށް ވަންޏާ އެކަން އެންމެ ބޮޑަށް އެނގޭނެ ފަރާތަކީ އީޝަލްއެވެ. އެހެން ކަމުން އެންމެ ފުރަތަމަ އީޝަލްއާއި ވާހަކަ ދައްކަން ހުޝާމް ނިންމިއެވެ.

ހަބީބާ ގޮވައިގެން ދަމުން އެއްވެސް އިރެއްގަ އައިޝާ ބަލިވެ އުޅުނުކަން އެނގޭތޯ އަހާލުމުން ހަބީބާގެ މޫނުމައްޗަށް ރުޅިވެރިކަން އަރައިގެން ދިޔައެވެ. އަދި ދުވަހަކު ކޮޅުންވެސް ހަބީބާ ކައިރީ އައިޝާގެ ވާހަކަ ނުދެއްކުމަށް ބުންޏެވެ. ނަމަވެސް ދުވަހަކުވެސް ފާހަގަ ނުވާކަމެއް ހުޝާމްއަށް ފާހަގަވިއެވެ. އައިޝާގެ ވާހަކ ދެއްކުމުން ހަބީބާގެ މޫނުމައްޗަށް އަރާ ފައިބަމުން ދާ ކުލަތައް މިފަހަރު ހުޝާމްއަކަށް ސިއްރެއް ނުވިއެވެ. އަނެއްކާ އައިޝާ ހުޝާމް ދޫކޮށް ދިއުމުގެ ފަހަތުގައި ހަބީބާގެ އަތެއްވޭބާއޭ ހިތަށް އެރިއެވެ.

އަނެއްދުވަހުގެ ވަގުތެއްގައި ހުޝާމް އައިޝާ މެންގެއަށް ދިޔައެވެ. އެހާ ގިނަދުވަސްކޮށްފައި ހުޝާމް ފެނުމުން އެގޭ މީހުންތިބީ ވަރަށް އުފަލުންނެވެ. ހުޝާމް ހީކުރީ އައިޝާ ފުރައިގެން ދިއުމަށްފަހު އެގޭ މީހުންވެސް ހުޝާމްދެކެ ފޫހިވާނެ ކަމަށެވެ. ނަމަވެސް އެކަހަލަ އެއްވެސް ކަމެއް އެގޭ މީހެއްގެ މޫނުމަތިން ނުފެނުނެވެ. ހުޝާމްއަށް އެގެ ހޯދާ ބަލާލެވުނީ ފަހަރެއްގައި އައިޝާ އެގެއިން ފެނިދާނެކަމަށް ހީކޮށެވެ.

” ދޮންތަބެ.. ރަނގަޅުތަ” އީޝަލް އަހާލުމުން ހުޝާމް ބަދަލުގައި ހީލިއެވެ.

” އެންމެން ރަނގަޅުތަ” އެކި މީހުންގެ މޫނަށް ވަކި ވަކިން ބަލާލަމުން ހުޝާމް އަހާލިއެވެ. އެންމެންވެސް ރަނގަޅޭ ހީލަމުން ބުނެލީ ހިބާއެވެ.

” ދޮންބެދައްތަ އަންނާކަށް ނޫޅޭތަ.. ދިޔަފަހުން ހަބަރެއްވެސް ނުވޭ” ހިބާ ޝަކުވާކޮށްލިއެވެ.

” އެތެދެއް ދޮންތަބޭ.. ދޮން ވަރަށް ބަދަލުވެއްޖެ ސައުދީއަށް ދެވުނީމަ.. އަހަރުމެން މަތިން ހަނދާން ނައްތާލީކަންނޭނގެ.. ” އީޝާލްވެސް ޝަކުވާކޮށްލިއެވެ. އެގޭމީހުން ދައްކާ ވާހަކައިން ހުޝާމްއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އައިޝާ ދިޔައީ ސައުދީއަށް ހެއްޔެވެ. ކާކާ އެކުގައި ހެއްޔެވެ.

” އީޝަލްމެން ތިކިޔަނީ ކީކޭތަ.. ނޭނގޭތަ ދޮންތަ ދޮންތަބެ ދޫކޮށްލާފައި ދިޔަކަމެއް” ހުޝާމްގެ ޖުމްލައިން އެގޭ މީހުންނަށް ލިބުނީ ކުއްލި ސިހުމެކެވެ.

” އެފަހަރު އިންޑިއާގައި ހުރެފައި އައި ފަހުން އައިޝާގެ ހަބަރެއްނުވޭ.. އެދުވަހު އަަހަރެން ފޯނަށް މެސެޖްކުރި އަހަންނާއެކު އުޅެން ބޭނުންނުވާ ކަމަށް ބުނެ..” ހުޝާމް ބުންޏެވެ.

” އެހެން ކިހިނެއްވާނީ.. ހަމަ އެދުވަހު އަހަރެން ފޯނަށްވެސް މެސެޖްލިބުނު ސައޫދީއަށް ދާ ވާހަކަ ބުނެ..” އީޝަލް ކަންބޮޑުވާން ފެށިއެވެ.

” ދޮންތަބެއަށް ނޭގެންޏާ ދެން އަހަރެންގެ ދޮން ކޮބާ” އީޝާލްއަށް ރޮވެން ފެށުނެވެ. ސޮފިއްޔާއަށް ފަހު އައިޝާއަށް ގޮތެއްވާކަށް އީޝަލް ބޭނުމެއްނުވެއެވެ. އިޝަލް ދެއްކިވާހަކއިން މިކަމުގަ ވަރަށް ބޮޑު ގޯހެއް ވާކަމަށް ހުޝާމްއަށް ގަބޫލުކުރެވެން ފެށުނެވެ. ނަމަވެސް ޔަގީންވީ ހިބާ ބުނި އެއްޗަކުންނެވެ.

” އެތެދެއް ދޮންބޭ.. މަންމަވެސް ބުނީ ހަމައެހެން.. ” ހިބާވެސް ހާސްވެފައި ހުރެ ބުނެލިއެވެ.

ހުޝާމްއަށް އެކަމެއް ޔަގީންވިއެވެ. އައިޝާ ދިޔަތަނަކަށް ދިއުމުގެ ފަހަތުގައި ހަބީބާގެ އަތެއް ވާކަން ޔަގީންކުރެވުނެވެ. އަދި ހާސްނުވުމަށް އެގޭ މީހުންނަށް ނަސޭހަތްތެރިވީ ﷲގެ އިރާދަފުޅާއެކު އައިޝަވީތާކުން ހޯދައިގެން ގެންނާނެކަމުގެ ޔަގީންކަން ދެމުންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ހިތް އެދެނީ (3)

Next

މިހިތުގެ ފަސާނާ 31

Next
April 8, 2017

މިހިތުގެ ފަސާނާ 31

Previews
April 8, 2017

ހިތް އެދެނީ (3)

34 Comments!

  1. zish says:
    April 8, 2017 at 9:24 pm

    Yeyyy..me first

    1. hayyu says:
      April 8, 2017 at 10:09 pm

      yeyy.. hehe..

  2. zish says:
    April 8, 2017 at 9:24 pm

    Vvv reethi

    1. hayyu says:
      April 8, 2017 at 10:10 pm

      jazakallah khair zish

  3. Saandy says:
    April 8, 2017 at 9:35 pm

    WOW!! Amazing… Naseebeh Hushaam ah thankolheh avahah hageegaiy en’gunukan… Next part avas kolladhehchey… Saandy ah v kamudhaa vaahakaeh mee… Keep it up dear 🙂

  4. Aki says:
    April 8, 2017 at 9:35 pm

    thanks .. vvv reethi vaahaka

    1. hayyu says:
      April 8, 2017 at 10:11 pm

      your’e welcome.. jazakallah khair Aki

  5. Aai says:
    April 8, 2017 at 9:41 pm

    Vvvv salhi ithink aisha gendiyai sofiyya

    1. hayyu says:
      April 8, 2017 at 10:11 pm

      let see dhw… jazakallah kahir Aai

  6. Kiara says:
    April 8, 2017 at 9:58 pm

    Ehn vaahaka thakaa Thafaathu vma mi vaahaka kiyan feshy..
    Mi vaahaka in neynge mauloomaathu vs libijje..
    V salhi thafaathu vaahaka eh..

    Ekm aisha gellunyma dhw..?

    Husham kahala ragalhu kudhin alhe ulhey tha..??

    Next part ah inthixaaru kuran..kuriyah vs reethi vaane kamah ummeedhu mi kurany..☺

    1. hayyu says:
      April 8, 2017 at 10:13 pm

      alhamdulillah hayyu ge mivaahkain meehakah faidhaavi kan engunyma varah ufaa vehje.. ulhey kanneynge dhw.. hehe.. jazakallah khair kiara 🙂

  7. aisha says:
    April 8, 2017 at 10:31 pm

    mibai vs varah reethi..
    next part vs avahah up khdhehchey !!

    1. hayyu says:
      April 8, 2017 at 10:40 pm

      IN SHA ALLAH!!!! jazakallah khair aisha..

  8. Aashoo says:
    April 8, 2017 at 10:47 pm

    I want to slap this habeeba ? aisha ge phn ves foruvy meena kanneyge

    1. hayyu says:
      April 8, 2017 at 10:50 pm

      in sha allah next part ga engeyne aisha aai aisha ge phone ah v gotheh.. may be it will be last episode

  9. Azu says:
    April 8, 2017 at 10:49 pm

    Ma sha allah…vaahaka v reethivefa dheenee mauloomaath v libey ….love it..??

    1. hayyu says:
      April 8, 2017 at 10:51 pm

      alhamdulillah.. jazakallah khair Azu 🙂

  10. Xum says:
    April 8, 2017 at 10:56 pm

    V v reethi next part ves avahan up kohdheeba v kiyaahiyyve

    1. hayyu says:
      April 8, 2017 at 10:58 pm

      in sha allah v avas kureveytho balaanan..jazakallah khair Xum

  11. yummmm says:
    April 8, 2017 at 11:28 pm

    Vvvvvvvv reeti

    1. hayyu says:
      April 9, 2017 at 9:17 am

      jazakallah khair yummmm

  12. kiya says:
    April 8, 2017 at 11:36 pm

    Vaahaka vv salhi waiting………………………

    1. hayyu says:
      April 9, 2017 at 9:19 am

      jazakallah khair kiya

  13. Iraasha says:
    April 8, 2017 at 11:38 pm

    Mashallah ..varah reethi..aneh bai avahah up kohtheythi…plz

    1. hayyu says:
      April 9, 2017 at 9:19 am

      in sha allah up kohdheveytho balaanan.. jazakallah khair iraasha

  14. Aishaaa says:
    April 9, 2017 at 7:13 am

    Avahah up kohdheyyeyyy next part….v v v v v reethi vaahaka eh mee..

    1. hayyu says:
      April 9, 2017 at 9:20 am

      in sha allah.. jazakallah khair Aishaaa

  15. Sad says:
    April 9, 2017 at 8:59 am

    Dhn othy last part tho? ??

    1. hayyu says:
      April 9, 2017 at 9:20 am

      yeah may be 🙁

  16. vaahaka kiyaa kuhjjeh says:
    April 9, 2017 at 11:37 am

    Kondhuvasthakehggatho up kurany.. vv avahah next part beynun.. mihaaru liye nimifa dhw onnaany. Reethikamun hama.. masha allah

  17. Shaa says:
    April 9, 2017 at 12:19 pm

    Reethi mibaives

  18. sooo says:
    April 10, 2017 at 12:27 am

    Mivaahaka in v ragalhu ibrathe libijjeh.. V ufaa vejjeh mikahala vaahaka eh kiyaalan libunythy.. Jazakahllah khair..

  19. Shaayan says:
    April 10, 2017 at 9:42 pm

    Oh.. Haadha ryhchey… Ekm adhi vx aneibai nunerey.. .. Hayyu avax kohbalaaa..

  20. mal-mal says:
    August 31, 2017 at 9:05 pm

    this Habeeba is sooooo evil!!! ???

Comments are closed.

Next Episodeއައިޝާ (ފަހުބައި)←


All Right Reserved!