Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އާވާ ހަނދާން 9

maroon
April 9, 2017
6 Mins Read
59 Views
23 Comments

ވަކި ހިސާބަކަށް ދެމީހުންނަށް ދެވުނުތަނާ ކުއްލިއަކަށް ވާރޭ އޮއްސާލާފިއެވެ. ހިޔާ ހޯދުމަށްޓަކައި އަޝްފާންއަށް އިޝާ އަތުގައި ހިފައި އެތާ ކައިރީގައި ހުރި ހިމަ އަސްކަނި ދަށަށް ގެނދިޔައެވެ. ވާރޭގެ ތިކިތަކުން އިޝާ ހިޔާކުރުމަށްޓަކައި އަޝްފާން ހުރީ އިޝާކުރިމަތީގައެވެ. އޭރު ބޯކޮށްވެހެމުން ދިޔަ ވާރޭ އަޝްފާންގެ ބުރަކަށި ތެންމަމުން ދިޔައެވެ. ދެމީހުންގެ ނޭވާ އެކަކު އަނެކަކަށް އެޅޭހާ ކައިރީ ހުރި އަޝްފާނަށް ހުއްޓުމެއްނެތި ބެލެމުން ދިޔައީ އިޝާގެ މޫނަށެވެ. އިޝާގެ ފުން ދެލޮލަށް އޭނާއަށް ގެބިގެންދެވުނެވެ. އަޝްފާން އެހާ ކައިރީގައި ހުރުމުންނާއި އަޝްފާންގެ އެބެލުމުން އިޝާއަށް އުދަގޫކުރުވިއެވެ. އެހެންކަމުން އެއްފަރާތަކަށް ޖެހިލަން އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް އޭގެ ބަދަލުގައި އެވަގުތު އިވިގެން ދިޔަ ބާރުގަދަ ގުގުރުމުގެ އަޑުން އިޝާއަށް ބައްދާލެވުނީ އަޝްފާންގެ ހަށިގަނޑުގައެވެ. ކުޑަ ކުއްޖެއް ފަދައިން ސަލާމަތަށް އެދޭ ހާލުގައެވެ. އިޝާގެ އެކުއްލި ހަރަކާތުން އަޝްފާންގެ ހިތް ކޮންޓުރޯލުން ނައްޓައިގެން ނުދިޔައީ ކިރިއާއެވެ. މުޅި އުމުރަށް އޭނާގެ މޭތެރޭގައި އިޝާ ފޮރުވާލަން ބޭނުންވިއެވެ.

“ސޮރީ” އިޝާ އަވަސް އަވަހަށް އަޝްފާންގެ އަތުރޭން ދެމިގަތެވެ. އަދި އިސްޖަހައިލެވުނީ މާފަށް އެދޭ ހާލުގައެވެ

“އިޓްސް އޯކޭ.. އާދޭ މިތަނަށް. ތިއޮތް ތެމެނީއެއްނު” އިޝާ ތެމޭތަން ދެކެން އެހިތަށް ކެތްނުވި ކަހަލައެވެ.

“އޯކޭވާނެ ތެމުނަސް، ހިނގާދާން” އިޝާ ބޭނުންވީ އަވަހަށް ގެއަށްދާށެވެ. މަޑު ހިނގުމެއްގައި ދެމީހުން ކުރިއަށް ހިނގައިގަތެވެ. އަޝްފާން އިޝާގެ ފަހަތުން އަންނަމުން ދިޔައިރު ދެމީހުންގެ މެދުގައި ވަނީ ހަމަހިމޭންކަމެވެ. ދެންމެ ހިނގައި ދިޔަ ކަންތަކާ އިޝާ ލަދުވެސްގަތެވެ. އަދި ބިރުވެސް ގަތެވެ. އެމަންޒަރު އަޝްފާގަށް ފެނިއްޖެނަމަ ވާނޭ ގޮތަކާއި މެދު އޭނާއަށް ހިޔާލްކުރެވެމުން ދެވުނެވެ. އެއްމަހާއި އެތައް ދުވަހެއް އަޝްފާގުގެ ހަބަރެއް ނުވެ ފާއިތުވެ ދިޔައިރުވެސް އެހިތުގައި ވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ކޮންމެ ސިކުންތެއް އޭނާ ހޭދަކުރަނީ އަޝްފާގުގެ ހަނދާނުގައެވެ. އުއްމީދުގެ ހުޅުކޮޅު ނިއްވައި ނުލައި އިންތިޒާރު ކުރެވެނީ އަޝްފާގަށެވެ.

އިޝާ އޭނާ އަތުރޭ އެހޭދަކުރި މަދު ވަގުތުކޮޅުވެސް އަޝްފާނަށް ދިރުން ގެނެސްދިނެވެ. އެހެންނަމަވެސް އޭނާ ދެރަވީ އިޝާ އެފަހުން ވާހަކަ ނުދެއްކުމުންނެވެ.

އިޝާގެއަށް ލުމަށްފަހު އަޝްފާން ނިދަންއޮށޯތެވެ. އިޝާއަށް މެސެޖެއް ކޮށްލާނަމޭ ހިތައި ފޯން ނެގިއިރު ވާރޭގެ ސަބަބުން ފޯން އޮތީ ހަލާކުވެފައެވެ. މިކަމާ ކުޑަކޮށް ހިތްނުތަނަވަސް ވިޔަސް އަޝާއާއި އެކީ މިރޭ އޭނާއަށް ހޭދަކުރެވުނު ވަގުތުތައް އަގުނުކުރެވޭހާ ފޮންޏެވެ. އެހަނދާންތައް އާވާ ކޮންމެ ފަހަރަކު އޭނާގެ ހިތުގެ ވިންދު އަވަސްވެގެން ދެއެވެ. އެކަނި އޮވެ ހީލެމުން ދިޔައީ ލޯބީގައި ދީވާނާ ވެފައިވާ ފަދައިންނެވެ.


 

އަރޫޝާގެ އުފަންދުވަހަށްފަހު މިހާރު އެއްހަފުތާ ފާއިތުވެ ދަނީއެވެ. އަރޫޝާ ބަލިވި ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އޮފީސް ނިއްމާލުމަށްފަހު އިޝާ އެގެއަށް އާދެއެވެ. އެހެންނަމަވެސް މި ވީ ހަފްތާއެއް ތެރޭގައި އިޝާ އެގެއަށް ނާންނާތީ އަޝްފާން ކަންބޮޑުވިއެވެ. އެރޭގަ ހިނގައި ދިޔަ ކަންތަކުން އިޝާ އޭނާ ދެކެ ހިތްހަމަނުޖެހުނީ ބާއެވެ؟ ނޫނީ އިޝާ ބަލިވެ އުޅެނީބާއެވެ؟ މިއިން ކޮންމެ ކަމެއް ވިޔަސް އަޝްފާން ވަރަށް ދެރަވާނެއެވެ.

އިޝާއަށް ވީގޮތެއް އަރޫޝާ ކައިރީ އަހަން އަޝްފާން ހުންނަނީ ޖެހިލުންވެފައެވެ. އޭނާ މަޝްހޫރު ވެފައި ވަނީ ގިނަ އަންހެންކުދިން އޭނާގެ ލޯބީގެ މަޅީގައި ޖައްސާމީހެއްގެ ގޮތުގައެވެ. ގައިމު އެފަދަ ކަމެއް އަރޫޝާގެ ރައްޓެއްސަކަށް ވާކަށް އަރޫޝާ ނޭދޭނެއެވެ. އެހެންނަމަވެސް އަޝްފާނަށް އިޝާ ފެނުމުން އެވަނީ އެހުރިހާ ކުދިންނާއި ހިލާފް އިހްސާސެކެވެ. އިޝާގެ އެ ހިނިތުންވުމުންނާއި އޭނާގެ ރީތި ސޫރައިން އޭނާގެ ޖާނަށް ދުވަހަކުވެސް ނުލިބޭ ފަދަ ދިރުމެއް ލިބިއްޖެއެވެ. އެހިތް އެދެނީ އިޝާގެ ލޯތްބާއި އޯގާތެރިކަމަށެވެ.

“ކޮއްކޯ. ކިހިނެތް މިހާރު” އެދުގައި ވާހަކަ ފޮތެއް ކިޔަން އިން އަރޫޝާއާއި އަޝްފާން ވާހަކަ ދެއްކިއެވެ.

“ރަގަޅު. އެކަމަކު ވަރަށް ފޫހި ގޭގަ އޮންނަން ޖެހޭތީ” ޝަކުވާގެ ރާގެއްގައި އަރޫޝާ އެހެން ބުނެލިއިރު ހީވަނީ ކުޑަކުއްޖެއްހެންނެވެ.

“ހެހެ.. ރުޝް ބަލިވީމައެއްނު ގޭގަ އޮންނަން ތިޖެހެނީ.. ދޮންބެ އެބައޮތް ކަމަކު އެދެން”

“ކޮން ކަމެއް ދޮންބޭ.. އަޅެ ޕްލީސް ގެއިން ބޭރަށް ގޮސްކުރާކަމެއް ބުނެބަލަ”

“މިކަން ކުރެވޭނީ ގެއިން ބޭރަށް ގޮސްގެނޭ.. ހަނދާންވޭ ދޮންބެއާއި ބޭބެ ކޮންޕެނީއެއް ހުޅުވަން އުޅުނު ހަނދާން.. އެކަން ފައްޓަން ދޮންބެ މިކޮޅަށް އައިރު ބޭބެ ހުރީ ހުރިހާކަމެއްހެން ނިއްމާފަ. ހަމައެކަނި ލީގަލީ ކުރަންޖެހޭ ކުޑަ ކަންތަކާ އޮފީސް ހިންގާތަން ރެޑީކުރަން އޮތީބާކީ” އަޝްފާން ކިޔައިދިނެވެ.

“ދެން އަޅުގަނޑުކޮށްދޭން ވީ ކޮން ކަމެއްތޯ. ފަޒޫއަށް އިނގޭނެ ލީގަލް ކަންތައް އަޅުގަނޑަށް ވުރެ ބޮޑަށް. ދޮންބެ އަހާބަ ފަޒޫ ކައިރީ.. ޝީ ވިލް ހެލްޕު ދޮންބެ އަހައިފިއްޔާ”

“ހެހެ. ދޮންބެ އަޙާފާނަން ފަޒޫ ކައިރީ.. އެކަމަކު އޮފީސް ހިންގަން ލިބުނު ތަކަނީ ކުޑަކޮށް ބާވެފަ ހުރި ތަނެއް. ދޮންބެ އެތަން މަރާމާތުކޮށްފިން. އައި ޖަސްޓު ނީޑް ހެލްޕް ޑިސައިންކުރުމާއި މަގާމްތަކަށް މީހުން ހޮވުމަށް. ރުޝްއާއި ރުޝްގެ ފުރެންޑުސްއަށް ހެލްޕް ވެދެވޭނެތަ”

“ފަޒޫ ހެލްޕް ވެދޭނެކަން ޔަގީން… އިޝާ ޖޮބެއްގަ އުޅޭތީ ފަހަރެއްގަ ޓައިމް ނުދެވިދާނެ. އެކަމަކު އަޅުގަނޑު އަހައިފިއްޔާ ނޫނެކޭ ނުބުނާނެ”

“ދޮންބެ ވަރަށް ހެޕީވެއްޖެ.. ބުނެލާތި މި ވީކެންޑުގަ ދާ ވާހަކަ އިނގޭ.. ތޭކުސް ވަރަށް ބޮޑަށް” އަޝްފާންގެ މޫނުމައްޗަށް ވެރިވީ ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމެވެ. އަރޫޝާއަށް އޭގެ މާނަ ނޭނގެނަސް އަޝްފާން ހެވި ދިއްލުނީ އިޝާ އަވަހަށް ފެންނާނެ ކަމުގެ އުއްމީދު ލިބުމުންނެވެ.


 

މަގުގެ ޕޭމަންޓު މަތިން އެދިމާލަށް އަންނަމުން ދިޔަ އިޝާ ފެނުމުން އަޝްފާންގެ ހިތް ނަށާލިކަހަލައެވެ.

އިޝާ އަށް އެހިސާބަށް އައުމުން އަރޫޝާ، އަދި އަޝްފާން ސިޑިން މައްޗަށް އަރަން ފެށިއެވެ. އެމީހުންގެ ފަހަތުން އިޝާ އަދި ފަޒުނާ ދިޔައެވެ. ފުރަތަމަ  ބުރިއަށް އެރުމާއެކު އަޝްފާން އޭނާގެ އަތުގައި އޮތް ތަޅުދަނޑިން ދޮރު ހުޅުވާލިއެވެ. ހުދު ކުލަ ލާފައިވާ ބިތްގަނޑުތައް ފިޔަވައި އިތުރު އެހެން އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އެންމެން އެތެރެއަށް ހިނގައިގަން އިރު އެކިމީހުންގެ ނަޒަރު ހުރީ އެކި ދިމާލަށެވެ. ބޮޑު ސިޓިންރޫމެއްވަރުގެ ޖާގައެއް ހުރި ތަނަކާއި ދެން ހުރީ  ދެ ކޮޓަރި ކަހަލަ ތަނެކެވެ. ފާހަނައެއްގެ އިތުރުން ކުޑަ ސައި ކޮޓަރިއެއްވެސް އެބަހުއްޓެވެ.

” މީ ބޭބެ އަދި ދޮންބެގެ ކެބިންއަށް ހަދާނެތަން” ކުޑަ ދެކޮޓަރި ދައްކާލަމުން އަޝްފާން ބުންޏެވެ.

“ދެން ކޮބާ އަޅުގަނޑުގެ” އަރޫޝާ ޝަކުވާކޮށްލިއެވެ.

“ރުޝް އުޅޭ ބޭބެ ކެބިންގަ ބޭބެ އަންނަންދެން”  އަޝްފާން ބުނެލިއެވެ.

“އެއޮތް އައީ ފާނީޗާސް.. ހިނގާ ދެން ފައްޓަން” އެވަގުތު އޭނޭގެ ފޯނަށް އައި ކޯލަށް ބަލާލަމުން އަޝްފާން ބުނެލިއެވެ.

“ވަރަށް ވަރުބަލިވެއްޖެ އިނގޭ ދޮންބޭ.. އެކަމް ވަރަށް ބޮޑަށް ތޭންކުސް ގެއިން ބޭރުކޮށްދިނީތީ” ޕިއްޒާ ފޮތި ނަގަމުން އަރޫޝާ ބުނެލިއެވެ.

ހެދުނު އައި ގޮތައް މަސައްކަތް ނިއްމާލެވުނީ ހަވީރުވާން ކައިރިވެފައި ހުއްޓައެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. އެހެންކަމުން ކުރި މަސައްކަތަށް ޝުކުރުވެރި ވުމުގެ ގޮތުން އަޝްފާން އެއްމެނަށް ޕިއްޒާ ކާންދިނެވެ. އުފާވެރި އަދި މަޖާ މާހައުލެއްގައި އެންމެން އުޅުނު އިރުވެސް އިޝާ އަޝްފާންއާއި އެއްމެ ބަހެއްވެސް ބުނެ ނުލުމުން އޭނާ ދެރަވިއެވެ. އިޝާ އުޅުނީ އަޝްފާނާއި ވީހާވެސް ދުރުންނެވެ. ބަހެއް ނުބުނާތާ އެއްމެ ފަހަރަކު ބަލައިލިހެން ވެސް ހީނުވެއެވެ. އިޝާގެ މި ނުރުހުމުން އަޝްފާންގެ ހިތް ކުދިކުދި ކުރުވިއވެ. އެހެންނަމަވެސް އެކަން ފޮރުވޭތޯ އޭނާ މަސައްކަތްކުރިއެވެ.

“ދޮންބެއަކަށް ނޭނގޭ ފަޒޫއާއި އިޝާއާއި ބެހޭ އެއްވެސް އެއްޗެއް.. ކިޔާދީބަލަ..”އަޝްފާން އެދުނެވެ.

“ދޮންބޭ.. ކިތައް ފަހަރު ބުނަންވީ އަހަރެންގެ ރައްޓެހިންނާ ދުރުގަ އުޅޭށޭ. އެމީހުން ނޫޅޭ ދޮންބެ އާއި ހެދި” އަރޫޝާ ނުރުހުންވެފައި ބުނެލިއެވެ.

“ސާބަސް ކޮއްކޯ. ދޮންބެ ނޫޅެމޭ.. ދެން އެކީގައި އުޅެ މިހާރު ރައްޓެހިންނަށް ވީމަ ކިޔައިދެވޭނެއެއްނު” އަޝްފާން ބުނި ބަހާއި އޭނާގެ މަގުސަދު ތަފާތެވެ. ރައްޓެހިކަމަށްވުރެ އޭނާ ބޭނުންވީ އިޝާގެ ހަގީގަތް ހޯދުމެވެ. އިޝާގެ ދެލޮލުން އެބުނެދޭ ވާހަކަތައް އެނގޭށެވެ.

“އޯކޭ… ފަޒޫ އަކީ ލޯ ސްޓުޑެންޓެއް. ގެއަށް ބަދަލުވީ ދިމާވި ކަމަކާއި ހެދި. ހާ މަމް ޑައިޑް ވެން ޝީ ވޯސް ޔަންގު. ދެން ބައްޕަ އެހާ ވަރަށް ކެއާ ނުކުރޭ.. ނޯއޮފެންސް އިނގޭ ފަޒޫ..ފަޒޫ ވަރަށް މަޖާވާނެ. އަދި ވަރަށް އަނގަ ގަދަވެސް ވާނެ ޝީ އިޒް ފެމިލީ” އަރޫޝާ ކިޔައިދިނެވެ.

“ދެންމީ އިޝާ.. އޮފީހުން ދިމާ ވެގެން މިހާރު ބެސްޓު ފުރެންޑުސް..އިޝާ ކިޔަވަނީ ބިސްނަސް މެނޭޖްމެންޓު.. މާލޭ ގަ އުޅެނީ ފެމިލީއާއި އެއްކޮށް، ފަޒޫގެ އޮޕޮސިޓު.. ވަރަށް މަޑުމައިތިރި ބަސްމަދު ކުއްޖެއް. އެކަމް ބައެއް ފަހަރު ވަރަށް ނޯޓީ ކަންތައްވެސް ކޮށްލާނެ.” އަރޫޝާ ހެމުން ބުނެލިއެވެ.

އަރޫޝާގެ މިވާހަކަތަކުން އަޝްފާނަށް އޭނާ ހޯދުން އުޅުނު ޖަވާބެއް ނުލިބުނެވެ. އެހެންކަމުން އޭނާ މިފަހަރު ސީދާ ސުވާލެއްކޮށްލިއެވެ.

“ވަޓް އެބަޓު ބީއެފްސް. ހުރޭތަ”

“ދޮންބޭ… އައިއެމް ޝުއާ ފަޒޫގެ އިންޓުރެސްޓެއް ނެތްކަން ދޮންބެއަށް.. ދެން އިޝާ ޝީ ހޭސް އަ ބީއެފް ފާޑަކަށް.” އަރޫޝާގެ އަޑު މިފަހަރު ބާރުވިއެވެ.

ފަޒުނާއަށް އަޝްފާނަށް ބަލައިލެވުނެވެ. އެކަމަކު އޭނާގެ ނަޒަރު ހުރީ އިސްޖެހިފައިވާ އިޝާއާއި ދިމާލަށެވެ.

“އިޝާ، އައިމް ސޮރީ.. އޭޝްގެ ހަބަރެއް ނުވޭތަ އަދިވެސް” އަރޫޝާއަށް އޭނާ ބުނި ބަސްތަކުން އިޝާއަށް އަސަރުކުރިކަން އެނގުނެވެ.

“އާން.. އައި ޑޯންޓު ތިންކް ހީ އިޒް ކަމިން” އަޑުގައި ކުކުރުމެއް ހުރި އިޝާއަށް ނުރޮވުނީ ހަމަ ކިރިއާއެވެ. އަވަހަށް އެތަނުން ތެދުވެގެން އޭނާ ދާން އުޅުނެވެ.

“ހޭ..  އުއްމީދު ކަޑާނުލާ.. އޭޝް ނޫނަސް އެހެން މީހުން އެބަތިބި.. ޔޫ ބިލޯންގު ވިތް ސަމްވަން ހޫ ކެއާރސް އެބަޓު ޔޫ” އިޝާއަތުގައި ހިފައިން ނުކުތްނަމުން ދިޔަ އަރޫޝާގެ ހިތްވަރުގެ ބަސްތައް އަޝްފާނަށްވެސް އިވުނެވެ. އެއާއެކު އިޝާގެ ހާލަތު އޭނާގެ ހިތުގައި ސިފަވެގެން ދިޔައެވެ. އެމޫނުމަތިން ފެންނަމުން ނުތަނަވަސްކަމުގެ ސަބަބު އޮޅުންފިލައިފިއެވެ.


 

ތެންކުޔޫ ދޮންބޭ… ގުޅާނަން ބަލާ އަންނަންވީމަ” އަރޫޝާއާއި ފަޒުނާ ޝެލްބީންސް ކުރިމައްޗަށް ފޭބިއެވެ. ފަޒުނާގެ ހަރަދުގައި ދޭ ޑިނާއެއްގެ ގޮތުގައެވެ. އެތެރެއަށް ވަނުމާއެކު ދުވަން ފެށީ ކާއެއްޗެހީގެ މީރު ވަހެވެ. އަރޫޝާ ހުރީ ވަރަށް ބަޑުހައިވެފައި ކަމުން އޭނާ އަވަހަށް ހުސް މޭޒެއް ފެނޭތޯ ވަށައިގެން ހޯދާލިއެވެ. އެވަގުތު އޭނާ ކުރިމަތީ ތަންކޮޅެއް ދުރުގައި އިން މޭޒުދޮށުގައި އިން ލާމިއު ފެނިފައި ފަސްޖެހުނެވެ.

“އަރޫ އާދެބަ.. ލާމިއު ބުނެގެން އޭނަ ވާހަކައެއް ދައްކަން އަސްލު މިގެނައީ” ފަޒުނާ އަސްލު ރެސްޓުރޯންޓަށް އައި ސަބަބު ބުންޏެވެ.

“އަހަރެން ބޭނުމެއް ނޫން”

“ނޫން އަރޫ.. ލާމިއު ވަރަށް އާދޭސްކުރި އަރޫ އާއި ވާހަކަ ދައްކާނެ ފުރުސަތެއް ދޭތޯ. އައި ތިންކް ޔޫ ޝުޑު ގިވް ހިމް އަ ޗާންސް ޓު އެސްޕްލެއިން. އެހެންނޫނަސް އަހަރެން ހުއްޓަކައި އޭނާއަށް ނުކެރޭނެ އެއްވެސް ކަމެއް ކުރާކަށް” އަރޫޝާގެ އަތުގައި ހިފައި ފަޒުނާ ލާމިއު ކައިރިއަށް ހިނގައިގަތެވެ. އަދި ލާމިއު ކައިރީ އަރޫޝާ ބޭންދުމަށްފަހު ޖެހިގެން ހުރި ގޮޑީގައި އިށީނެވެ.

ވަގުތު ފާއިތުވަމުން ދާ އިރު ލާމިއު އަރޫޝާއަށް ހަގީގަތް ކިޔައިދެމުން ދިޔައެވެ. އޭނާގެ ކުށެއް ނެތްކަން ސާބިތުކުރުމަށް ކޮންމެ ފަދަ ކަމެއް ކުރަން ތައްޔާރަށް ހުރި ވާހަކަތައް ބުންޏެވެ. އަދި އެފަދަ ކަމެއް އޭނާގެ ފަރާތުން ފެނިގެން ނުދާނެކަމުގެ ޔަގީކަން ދިނެވެ. އަރޫޝާއަށް ފުރަތަމަ ލާމިއުގެ ވާހަކަ ގަބޫލްކުރަން ދަތިވި ނަމަވެސް ލާމިއުގެ އެތައް ރުއިމަކާއި އާދޭހަކަށް ފުރަގަސްދޭން އޭނާ ބޭނުންނުވިއެވެ. އެހެންކަމުން އިތުބާރުގެ ކަނޑި ނަގައި ލާމިއުއާއި ހަވާލްކުރީ ވަރަށް ވިސްނާފައެވެ. އެދަވަނަ ފަހަރަށް އެކަނޑިން އޭނާއަށް ގެއްލުމެއް ނުދޭނެކަމުގެ ޔަގީންކަން އާ ކުރަމުންނެވެ.

“އަރޫޝާ” ފަހަތުން އިވުނު އޭނާގެ ދޮންބެގެ ބާރު ގޮވުމާއިއެކު އަރޫޝާއަށް ސިއްސައިގެން ދެވުނެވެ.

“ދޮންބޭ.. ކިހިނެއްވީ” ހާސްވެފައި އަރޫޝާއަށް އަހާލެވުނެވެ.

“ކީއްތަ ނުވަނީ.. މިތާ މީނަ އާއި ބައްދަލްކުރަން ދޮގު ހަދާފަދޯ ތިޔައީ” އަޝްފާންގެ އަޑުގައި ވަނީ ރުޅުވެރިކަމެވެ.

“ދޮންބޭ.. ފަޒޫ ބޭނުންވީ ލާމިއު އާއި އަޅުގަނޑާއި ވީކަންތަކާ ޓޯކްކޮށްލަން.. އެހެންވެ ފަޒޫ ދެމީހުން މީޓްކޮށްދިނީ.. އައި އެމް ވެރީ ހެޕީ ފަޒޫ ..” އަރޫޝާގެ ޖުމްލަ ފުރިހަމަކޮށްނުލެވުނެވެ. އަޝްފާން އޭނާގެ އަތުގައި ހުރި ބާރެއްލާފައި ފަޒުނާގެ މޫނުމަތީ ބާރަށް ޖަހާލިއެވެ. އެއާއެކު ވީ ތަދުން ފަޒުނާއަށް ރޮވޭ ގޮތް ވިއެވެ. އެވަގުތު ރެސްޓޯރެންޓު ތެރޭގައި ތިބި އެންމެނަށް މިމަންޒަރު ފެނުނެވެ.

“މާ ރަގަޅު މީހަކަށް ހެދިގެން އެބަ އުޅެއެއްނު. ބޯ ހިޔާ ކޮށްލާނެ ތަނެއް ދިނީމަ ތީތަ ޝުކުރު އަދާކުރާ ގޮތަކީ… ” އަޝްފާންގެ އަޑުގައި ވަނީ ހަރުކަށިކަމެވެ.

“ދޮންބޭ..ހުއްޓާލާ.. ފަޒޫ ގަދަކަމުން ނޫނޭ އަހަރެންނާއި ލާމިއު ބައްދަލްކުރުވީ. ފަޒޫގެ އެއްވެސް ކުށެއް ނެތޭ” އަރޫޝާ އަޝްފާންގެ ރުޅިގަނޑު މައިތިރިކުރެވޭތޯ އުޅުނުވެ.

ފަޒުނާއަށް ވީތަދުން އޭނާއަށް ރޮވޭގޮތްވިއެވެ. އެއްމެން ކުރިމަތީ އަޝްފާން އޭނާ ގައިގައި ޖެހުމުން ލަދުގަތެވެ. އަދި އެއަށް ވުރެ ބޮޑަށް ދެރަވިއެވެ. އެންމެ ހިދުކޮޅަކުވެސް އެތާގައި މަޑުކުރަން ބޭނުންނުވި ފަޒުނާ ދުއްވައިގަނެފައި އެތަނުން ނުކުތެވެ. އެވަގުތު ހުއްޓުމެއްނެތި އެދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.


 

އެތައް އިރެއްގެ ރުއިމަށްފަހު ފަޒުނާއަށް ނިދުނީ ވަރުބަލިވެގެންނެވެ. ގެއަށް އައި ގޮތަށް އޭނާ ފެއްޓީ ފޮށްޓަށް އެއްޗެހި އަޅާށެވެ. ދަންވެފައި ހުރުމުން ދާނެ ތަނެއް ނެތުމުން މިރޭ އެގޭގައި މަޑުކޮށްލީ ހެދުނާ އެގެއިން ދިޔުމަށެވެ. އަޝްފާން އޭނާ އާއި ދޭތެރޭ ކަންތައް ކުރި ގޮތުން އެގޭގައި އެންމެ ހިދުކޮޅަކުވެސް ހުންނަހާ ހިތްވަރެއް ނެތެވެ.


 

އިރުގެ ދޯދިތައް ފަޒުނާގެ މޫނަށް އެޅުމުން އޭނާ ހޭވުނެވެ. އަވަހަށް ފޯނަށް ބަލާލެވުނީ ގަޑިން ވީ އިރެއްބެލުމަށެވެ. އެއްމެން ހޭލުމުގެ ކުރިން މިގެއިން ދާން އޭނާ ބޭނުންވެއެވެ. ހާއްސަކޮށް އަޝްފާނަށް ފެންނަން ބޭނުމެއް ނޫނެވެ. އެކަމަކުވެސް އޭނާގެ ނަސީބު މިއަދު އެކަމަށް ތަންނުދިނެވެ. ގަޑިން އަށްގަޑި ބައި ވަނީއެވެ. މިއީ އެއްމެން ސައިބޯން ބަދިގެއަށް ދާނެ ވަގުތެވެ. މިގަޑީ ބޭރަށް ނުކުމެއްޖެއްޔާ ގައިމުވެސް އަޝްފާން ކުރިމައްޗަށް އަރަންޖެހޭނެއެވެ. އެހެންކަމުން ފަޒުނާ ފެންވަރާލައިގެން މީހުން ސިޓިންރޫމުންނާއި ބަދިގެއިން ހުސްވާނެ އިރެއްގެ އިންތިޒާރުގައި ހުއްޓެވެ.

“ފަޒޫ…” ބެލްކަނިން ބޭރު ބަލަން ހުރި ފަޒުނާއަށް ފަހަތް ބަލާލެވުނީ މީހަކު އޭނާއަށް ގޮވައިލިހެން ހީވެގެންނެވެ.

“އަޝްފާން.” އަޝްފާން ފެނި ފަޒުނާއަށް ސިހުން ލިބުނެވެ. އަދި ބެލްކެނީގެ ދަގަޑުގައި ޖެހޭވަރަށް ފަހަތަށް ޖެހެވުނެވެ.

“ތިހާ ފަހަތަށް ދަންޏާ ވެއްޓިދާނޭ… އަހަރެން މިއައީ ވަރަށް ބޮޑު ވާހަކައެއް ބުނަން.. ރޭގަ ފަޒޫ ދިޔަފަހުން ރުޝް އަހަރެންނަށް ވީގޮތް ސާފުކޮށް ކިޔައިދިން.. އަހަރެންނަށް ރުޅި އިސްކުރެވުނީތީ މާފަށް އެދެން” އަޝްފާން ރޭގަ ފަހުން ކަންތައް ވީ ގޮތް ކިޔައިދިނެވެ. އަދި އޭނާއަށް ކުރެވުނު ކުށަށް މާފަށް އެދުނެވެ.

އިސްޖަހައިލައިގެން ހުރި ފަޒުނާއަށް ގިސްލުމާއެކު ރޮވެވެމުން ދެވުނެވެ. އަޝްފާންއަށް މިމަންޒަރު ފެނި ފަޒުނާ ކައިރިއަށް ދެވުނުވެ. އަދި މަޑު މަޑުން ފަޒުނާގެ ދަތްދޮޅިގައި ހިފައި އެދެލޮލުން އޮހެރެމުން ދިޔަ ކަރުނަތައް ފޮހެދިނެވެ.

“އަހަންނަށް މާފުކޮށްދީ. އަހަރެންނަށް ފަޒޫއަށް ތަދު ކުރެވުނީމަ” ފަޒުނާގެ ކޯތާފަތުގައި ހިފައި ހަތަރުކަޅިހަމަ ކޮށްލަމުން އަޝްފާން ބުންޏެވެ.

(ވާހަކައިގައި ނުހުމެނޭ: ކުރިން ކޮމެންޓުކުރި ކުދިން ، އަދި ނޭނގޭ ވާހަކަ ލިޔާ އެއްކޮށް ނުލިޔަން ، އެހެންވީމަ ނޭނގެ ވާނެގޮތެއް އަޅުގަނޑަކަށްވެސް. ؛) ކުރިއަށް ހުރި ބައިތަކަށް އިންތިޒާރުކޮށްލަވާ)

29
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

maroon

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ހިތް އެދެނީ (4)

Next

ދުރުގައިވިޔަސް…. 12 ވަނަ ބައި

Next
April 9, 2017

ދުރުގައިވިޔަސް…. 12 ވަނަ ބައި

Previews
April 9, 2017

ހިތް އެދެނީ (4)

23 Comments

  1. Ish says:
    April 9, 2017 at 9:45 am

    Ashfaan aa fazu aa gulhuvadhy plz
    Dhn isha and her ash

    1. maroon says:
      April 9, 2017 at 12:37 pm

      hehe thanku for reading
      50% chance dheefaanan 😉

  2. summer says:
    April 9, 2017 at 9:54 am

    Mi part ves v v salhi?☺

    1. maroon says:
      April 9, 2017 at 12:32 pm

      Thanku SUMMER <3

  3. Maree says:
    April 9, 2017 at 11:06 am

    vvvv reethi

    1. maroon says:
      April 9, 2017 at 12:31 pm

      thanku MAREE

  4. Aai says:
    April 9, 2017 at 12:49 pm

    Vv slhi

    1. maroon says:
      April 9, 2017 at 4:01 pm

      Thanku AAI ❤

  5. shafu says:
    April 9, 2017 at 1:12 pm

    REETHI.. WAITING

    1. maroon says:
      April 9, 2017 at 4:03 pm

      Thanku SHAFU

  6. shelly says:
    April 9, 2017 at 1:34 pm

    umm ashfaan and fazu ashfaq and ishaa pls varah salhi

    1. maroon says:
      April 9, 2017 at 4:07 pm

      Thanku SHELLY

  7. Dhimra and Yuan shipper says:
    April 9, 2017 at 1:56 pm

    Ashfaan aai Fazu gulhuvadhyba..Mi bai v rythi..

    1. maroon says:
      April 9, 2017 at 8:49 pm

      Thanku dear ❤
      Plz read the upcoming episodes. They might happen ?

  8. maroon says:
    April 9, 2017 at 4:45 pm

    If u read the story please leave a comment..
    Ragalhukohlan oiy kameh vaanamaves faahaga kohlun edhen…. ❤❤❤

  9. RiMu says:
    April 9, 2017 at 4:52 pm

    kiya kiya indhaa enimuny… soo sad.. salhi igeyy.. kyp it up 🙂

    1. maroon says:
      April 9, 2017 at 4:54 pm

      Thanku RIMU ❤

  10. Ithuu says:
    April 9, 2017 at 5:32 pm

    Stry dhigu kolla dhybaa pls …. n itx gud ash ge baa genes baa y is isha always sad since the stry was started. …y

    1. maroon says:
      April 9, 2017 at 5:34 pm

      Thanku for reading
      Will try to improve ?

  11. Amm says:
    April 9, 2017 at 11:40 pm

    Ashfaag e ee aroosha men ge beybe dhoa… mee hama heeva ehcheh
    Story v salhi ??
    Waiting 4 next ………………
    Ehaaa las nukurahchey

    1. maroon says:
      April 10, 2017 at 7:18 am

      Thanku AMM
      Dhn eposidun answers libeyne … ❤

  12. Kiara says:
    April 10, 2017 at 2:08 am

    M new.. ?
    Mi vaahaka kiyaalaifin..
    V salhi..
    Ehn vma next episode ah inthixaaru kuran..

    Ashfaq ah ishaa kaakaa eku hutta fenigen tha v goih vs balaa nulaa furaigen dhiya ee..?

    Dhn ashfan isha dheke loabi vma kanne ashfaq annaanee..?

    1. maroon says:
      April 10, 2017 at 7:20 am

      Thanku KIARA
      Ashfaq v keiy madhu meeheh dhw ?
      Read next episodes for answers ❤

Comments are closed.

All Right Reserved!