Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 4

Aishasha
April 8, 2017
5 Mins Read
55 Views
14 Comments

ލޫކަސް ބާރަށް ހޭންފެށީ އަނާނީގެ މޫނުމައްޗަށް އައިސްފައި ހުރި ކުލަވަރު ފެނިފައެވެ. “ކިހިނެއްވީ؟”

“ޑިސްގަސްޓިންގ!” ބާރު ވައިރޯޅިއެއް ހެން އަނާނީ އެތަނުން ނުކުމެގެން ދަމުން މިހެން ބުނެލީ ލޫކަސްއަށް އިވޭނެ ވަރަށެވެ. އަދި އެއައްފަހު، ސޯފާގައި އިން އަޒްކާ ކައިރީ އިށީނދެ، އޭނާއަށް ބުށްތަށި ބޯންދޭންފެށީ، ފަހަތުން އައި ލޫކަސްއަށް ބަލައިވެސް ނުލައެވެ. އޭނާ ހުރީ އެހާވެސް ރުޅިގަދަ ވެފައެވެ. އޭނާ ހުންނަ ގޭގެ ވެރިމީހާގެ ކޮއްކޮއަށްވިޔަސް، އޭނާއާ އެގޮތަށް ވާހަކަ ދެއްކުމުގެ ހައްގެއް ނޯންނާނެއެވެ. އަމުދުން އަނާނީ އަކީ ލޫކަސް އެ ހީކުރާފަދަ ކުއްޖެއް ނޫނެވެ. ލޫކަސް އެއްޗެހި ނުލައި ހުއްޓައި ދޮރު ހުޅުވީކީ އަނާނީ ގަސްދަކުނޫނެވެ. ލޫކަސްއަށް އެހެން ގޮތަކަށް ހީކުރެވޭ ނަމަ އެއީ ބޮޑު ކުށް ހީ އެކެވެ. މިއީ ހަމަ ރާއްޖޭން ބޭރުން ކިޔަވައިގެން ތިބޭ ކުދިންގެ ވައްތަރެވެ. އުޅޭނީ ތިމާ ވަރުގެ މޮޅު، ރީތި މީހެއް ނެތްކަމެއް ހެދިގެންނެވެ. ގައިގައި ހިފައިފައި ހުންނާނީ ހުޅަނގުގެ މީހުންގެ ގޮތްގަނޑެވެ.

ލޫކަސް އިށީނީ ހުހަށް ހުރި ސޯފާ ގޮނޑީގައެވެ. އޭނާގެ ނަޒަރު ހުރީ އަނާނީއަށެވެ. މިކަން އަނާނީއަށް އެނގުނަސް، ސަމާލުކަމެއް ނުދީ އިނުމުން ލޫކަސް ބޭނުންވީ އަނާނީގެ ސަމާލުކަން ހޯދާށެވެ. އޭނާ ކަރުކެހެލީ އެ ބޭނުމުގައެވެ. ނަމަވެސް އަނާނީއަށް އިވޭ ކަމަށްވެސް ނުހެދިއެވެ.

އަޒްކާ ބުއި ތަށި ހިފައިގެން އަނާނީ ގޮސް ބަދިގެއަށް ވަނެވެ. އަދި ލިއުދައްތަ އަންގައިފައި އޮތްގޮތަށް، ލޫކަސްއަށް ސައި ހަދަން ފެށިއެވެ. އެހެނަސް، ކުރާ ހިތަކުންނެއް ނޫނެވެ. ލިއުދައްތަގެ އަމުރަށް ކިޔަމަންވުމުގެ ގޮތުން ކުރަން މަޖުބޫރުވީއެވެ.

އަނާނީ ސައިތަށި ހިފައިގެން އައިސް ލޫކަސްގެ ކުރިމަތީގައި ހުރި ކުޑަ ކޮފީޓޭބަލް މަތީ ބަހައްޓަން ފެށުމުން، ލޫކަސް ވަރަށް ނޫންކަމަށް ހަދައިފައި އަނާނީގެ އަތުގައި ބީހިލިއެވެ. އެވަގުތު އަނާނީ އަވަސްއަވަހަށް އަތް ދަމައިގަތެވެ. އޭރު އައިސްފައި ހުރި ރުޅިން ލޫކަސްގެ މޫނުމަތީ ނުޖެހުނީވެސް ކިރިޔާއެވެ. އެތާ އެވަގުތު އަޒްކާ އިންކަމުން އެއްޗެއް ބުނާކަށްވެސް ނުކެރުނެވެ. އަޒްކާއަކީ އޭނާގެ މަންމަގާތު ހުރިހާ ވާހަކައެއްވެސް ބުނާ، އަނގަގަދަ ކުއްޖެކެވެ. އުމުރުން އެންމެ ފަސް އަހަރަސް، އަނގަގަދަ ކަމުން ބޮޑު މީހެކޭ އެއްފަދަވާނެއެވެ.

ކޮޓަރިއަށް ވަދެ ދޮރުޖެހި އިރުވެސް އަނާނީ ހުރީ ދަތްކުނޑި ވިކައިލައިގެނެވެ. ލޫކަސް މި އުޅޭ ގޮތް އޭނާއަށް އެއްވެސް ވަރަކަށް ކަމަކުނުދެއެވެ. ލިއުދައްތަ ކައިރީ ބުންޏަސް ކުށްވެރި ވާނީ އަނާނީއެވެ. އެހެންކަމުން، ސިއްރު ކޮށްގެން ހުރުން ނޫންގޮތެއް ނެތެވެ. ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ލޫކަސްގެ ފަރާތުން ކުރިމަތިވާނެ އުނދަގޫތައް ހިތަށް ވެރިވުމުން، ބޯހާސްވާން ފެށިއެވެ.

އެ ބޯހާސްކަމުން ދުރުވުމަށްޓަކައި، އަނާނީ ބޭނުންވީ ކިޔެވުމުގައި ވަގުތު ކޮޅެއް ހޭދަކޮށްލާށެވެ. އެހެންކަމުން، ފޮތްތައް ނަގައި، ފިލާވަޅުތައް މުޠާލިޔާކުރަން ފެށިއެވެ. ނަމަވެސް، މިހެން މާގިނައިރަކު ނީނދެވުނެވެ. ރީޝާ ގުޅައިފައި، ރީތިވާން ބުނުމުން އަނާނީ ދެން ދިޔައީ ފެންވަރައިލާށެވެ. އޭރު ގަޑިން 7 ޖަހައި އެތައް މިނިޓެއް ހިނގައިފިއެވެ. ރީޝާ އެންގީ ބަރާބަރު 8 ޖަހާއިރަށް ރީތި ވެގެން ތިރިއަށް ފޭބުމަށެވެ.

ކަޅުކުލައިގެ ހެދުމެއްގައި ހުރިއިރު، އަނާނީގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ތުންފަތުގައި ޖައްސައިފައި ހުރި ގަދަ ރަތް ކުލައެވެ. މިއީ އަނާނީއާ އެންމެ ގުޅޭ ދެކުލައެވެ. އަނާނީ މިހައި ރީތި މިވީ އެތައް ޒަމާންތަކަކަށްފަހު ކޮލެޖު ނޫން އެހެން ތަނަކަށް ބޭރަށް ދެވޭތީއެވެ. އެހެންނޫނަސް، އޭނާގެ ކިބައިގައި ކުރިން ހުރި ހެދުން އެޅުމުގެ ސާދާކަން މިހާރު ވަނީ މަޑުމަޑުން ބަދަލުވާން ފަށައިފައެވެ. މިއީ ރީޝާއާއި، ކޮލެޖުގެ އެހެން ކުދިންގެ ނުފޫޒުން ވީ ކަމެކެވެ. ނަމަވެސް އަނާނީ ގަބޫލުކުރާ ގޮތުގައި، މިއީ އޭނާ މާލެއަށް ހޭނެންފެށުމުން އައި ބަދަލެކެވެ. ޒަމާނާ އެއްގޮތަށް އުޅެން ދަސްވާން ފެށީ ކޮލެޖަށް ދާން ފެށިފަހުންނެވެ.

އަނާނީ ބޭރަށް ދާން ހުއްދަ ހޯދީ ލިއުދައްތައަށް ފޯނުން ގުޅައިގެނެވެ. ލިއުދައްތަ ބުނީ އެމީހުން ގެއަށް އައުން ކުޑަކޮށް ލަސްވެދާނެކަމަށާއި، އަނާނީ ބޭރަށް ދިޔުމުގެ ކުރިން އަޒްކާ ނިންދެވުމަށެވެ. އެހެންކަމުން، އަނާނީ ރީޝާއަށް ގުޅައިފައި، އޭނާއަށް އިތުރު 10 ވަރަކަށް މިނިޓު ދިނުމަށް އެދުނެވެ. އަޒްކާ ނިންދެވުމަކީ މާ ފަސޭހަ ކަމަކަށް ނުވާތީއެވެ.

ސިޓިންގ ރޫމުގައި އަޒްކާ ފެންނަން ނެތުމުން، އަނާނީ އަޒްކާގެ ކޮޓަރިއަށް ވަން އިރު އަޒްކާއަށް އޮތީ ނިދިފައެވެ. އަނާނީއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަދި، ރީޝާއަށް ގުޅަމުން، ތިރިއަށް ފޭބީ އެޕާޓުމަންޓު ރަނގަޅަށް ތަޅުލައިހަދާފައެވެ. އަޒްކާ އެކަނި ބާއްވާފައި ދާން އޭނާގެ ހިތް ކުޑަކޮށް ބިރުގަތެވެ. ނަމަވެސް ދެރަ ގޮތެއް ނުވާނެކަމަށް ދުޢާ ކުރަމުން، ގޭދޮރުމަތީ މަތީ މަޑުކޮށްލިއެވެ.

“އޭ މަ އަދި މިހުރީ ތަންކޮޅެއް ދުރުގަ ހުރި ފިހާރައަކަށް އައިސް ގިފްޓެއް ގަންނަން! އަނާ އަދި 10 މިނިޓްސް ވާނެ އޭ ބުނީމަ.” ފޯނު ނަގައިފައި ރީޝާ ބުންޏެވެ.

“އަޅޭ އަސްލުތަ؟ އަޒްކޮ އޮތީ ނިދާފަ މާކުރިން. ދެން އޯކޭވާނެ، ރީޝަށް އާދެވޭ އިރަކުން އާދޭ. އައި ވިލް ބީ ވެއިޓިންގ.” މިހެން ކިޔައި ފޯނު ކަނޑާލައިފައި، ރީޝާގެ އިންތިޒާރުގައި އެތާ މަޑުކޮށްގެން ހުރިއިރު، ފޭސްބުކަށް ވަދެލިއެވެ. އެވަގުތު ފެނުނު އެއްޗަކުން ހިތްނަށަންފެށި ކަހަލައެވެ. ޔާނިއު އިނީ އޭނާގެ ރިކުއެސްޓު ކޮންފާރމް ކޮށްފައެވެ. މިކަން ވީ އަނާނީއަށް ވަރަށް އުފާވެރި ކަމަކަށެވެ. އަދި، ބޭއިޚްތިޔާރުގައި މަގުމައްޗަށް ބަލަން ފެށުނީ ވެސް ޔާނިއު އެމަގުން ސައިކަލުގައި ނަމަވެސް ހުރަސްކޮށްލަފާނެ ކަމަށެވެ. އެ މޫނު ހަމަ ލޮލުން ނުފެންނަތާ މާ އިރުވެއްޖެއެވެ.

އެހެނަސް، އެގޭ ދޮރުމަތީގައި ސައިކަލުގައި އައިސް މަޑުކޮށްލީ އޭނާ ދެކެން ބޭނުންވި މީހާއެއް ނޫނެވެ. އެ މީހެއް ދެކެ އޭނާ އެންމެ ފޫހިވާ މީހާއެވެ. އަނާނީގެ ދެބުމަ ވަގުތުން ގޮށްޖެހުނެވެ.

“ވާއު! ވަރަށް ހޮޓު! އަދި ތިހިރަ ލިޕްސް..” ލޫކަސް އައިސް އަނާނީގެ ކުރިމަތީގައި ސައިކަލު ހުއްޓައިލައިގެން އިނދެ ވާހަކަ ދައްކަންފެށިއެވެ. “ހިއެއް ނުކުރަން މިތަނުން ފެންނާނެ ކަމަކަށް. އަދި އެވެސް ތިހާ ޗާލުވެލައިގެން ހުއްޓާ. އެއޮއް ދުރުން ވެސް ތިރީތިކަން ލޮލުގަ އަޅައިގަނެއްޖެއޭ! އެހެންވެ މިހާ ބާރަށް މިއައީވެސް.”

އަނާނީ ހަށަންބަނދެލައިގެން ހުރެ، އެހެން ދިމާއަކަށް ބަލަން ހުރިއިރު، ކުރިމަތީގައި އިނދެގެން މީހަކު ވާހަކަ ދައްކާކަންވެސް ނޭނގޭ ފަދައެވެ. އެހާވެސް އޭނާގެ ސަމާލުކަން ލޫކަސްއަށް ކުޑައެވެ.

“ތިހާ ރީތި ވެގެން ދާނީ ބިޓެއް ކައިރިއަށް ކަން އިނގޭ. ބަޓް އޮނެސްޓްލީ، ޔޫ ލުކް ޑޭމް ސެކްސީ! ހަމަ ކިސް އެއް ދޭ ހިތްވަނީ!” އަނާނީގެ ސަމާލުކަން ނުލިބުނަސް، ލޫކަސް ކުރިއަށް ގެންދިޔައެވެ. “ޔޯ އިގްނޯ ގޭމް އިޒް ޕްރިޓީ ސްޓްރޯންގް. އެކަމަކު ދެން އެއްފަހަރަކަށް މަށާ ދިމާއަށް ބަލާލަބަ. ކައެއް ނުލާނަމޭ. އެހެންނޫނަސް ބިޓު ވެސް ތި ކެނޑީ ދޯކާއެއް ކަންނޭނގެ. އަދިވެސް މަންޖެ ބަލައެއް ނާދެއެންނު. ހިނގާ މަށާ އެއްކޮށް. އަރާ ފަހަތަށް. އަނާނީ ބޭނުން ތަނަކަށް ގެންގޮސްދޭނަން.”

“ކިހާ ބޮޑުވެއްޖެ ކަމެއް ދޯ؟” އެންމެފަހުން އަނާނީއަކަށް މަޑަކުން ނުހުރެވުނެވެ. “ތިގޮތަށް ވާހަކަ ދައްކާއިރު އެނގޭ ދޯ މަށަކީ ކަލެއާ އެއްގެއެއްގަ އުޅޭ މީހެއްކަން؟ ލަދެއްވެސް ނުގަނޭތަ؟”

“ކޮންކަމަކާ ލަދު ގަންނަންވީ؟ އަނާނީ މަގޭ ކޮޓަރި ދޮރު ހުޅުވި އިރު ނުގަތް ލަދެއް މަށެއް ވެސް ނުގަންނާނެ ދޯ” ލޫކަސް މަލާމަތުގެ ރާގަކަށް ހޭންފެށިއެވެ.

“ލުކް މިސްޓާރ! އެއީ މަ ގަސްދުގަ ކުރި ކަމެއް ނޫންކަން ކަލެއަށް ހަމަ ރީއްޗަށް އެނގޭނެ. މަ އެބައުޅެންތަ މޮޔަ ވެގެން ކަލޭގެ ހަށިގަނޑު ބަލާހިތުން. ރީތި ހަށިގަނޑެއް ނަމަވެސް ރަނގަޅޭ!” މިފަހަރު އަނާނީ ހުރީ ލޫކަސް ކިޔާ ކޮންމެ އެއްޗަކަށް ހައެތި ބުނެލަން ތައްޔާރަށެވެ. އޭނާއަކީ ލޫކަސް ކިޔާހާ އެއްޗެއް އަޑުއަހަން މަޑުން ހުންނާނެ މީހެއް ނޫންކަން އަންގާލަން ބޭނުންވިއެވެ. އޭނާގެ ކެރޭކަން މިފަހަރު ލޫކަސްއަށް ފެންނާނެއެވެ. މިއީ ކުރީގެ އަނާނީއެއް ނޫނެވެ. އެ މަޑުމައިތިރި ކަމާއި ބަސްމަދުކަން އޭނާ ދޫކޮށްލިތާ ކިތަންމެ ދުވަހެކެވެ. މިހާރު މީހަކު ހެދިހައި އެއްޗެއް ހެދިގެނެއް އޭނާއެއް ނުހުންނާނެއެވެ.

ލޫކަސް އަނެއްކާވެސް ހޭންފެށިއެވެ. “އަނާނީ ތިހެން ބުންޏަސް އިނގޭ މަގޭ ބޮޑީ ތިހާ ހަޑިއެއް ނުވާނެކަން. އަދި ރީއްޗަށް ނުފެންނަނީ ކަންނޭނގެ. ލެޓްސް ގޯ އަޕްސްޓެއާސް؟ ތަންކޮޅެއް ރީތިކޮށް ދައްކާލަފާނަމޭ! އެއަށްފަހު ގޮތެއް ނިންމާނީ. ހައު އެބައުޓް ދެޓް؟”

“އައްޗީޑި! ކުޑަކުޑަ ރީތިކަމެއް ލިބުނީމަ ތިމާ ހިތުން ތީ ދެން ބްރެޑް ޕިޓްތަ؟ މަގޭ ގާތަށް އަންނަނީ ހިނި. ތިޔަށްވުރެ ރީތި މީހުން މަށަށް ހުރީ ފެނިފަ. އައި އޭމް ނޮޓް އީވަން އަ ބިޓް އިންޓެރެސްޓެޑް އިން ޔޫ އޯ ޔޯ ބޮޑީ. ތި އޮފާރ އެހެން ކުއްޖަކަށް ހުށަހަޅާ.” އަނާނީ ވާހަކަ ދެއްކީ ލޫކަސްއަށް މަލާމަތް ކުރާ ފަދަ ރާގެއްގައެވެ.

“އެހެންވީމަ އަނާނީ ގަބޫލު ކުރަން ދޯ މަ ރީތިކަން؟ ދެން މާ އިނޮސެންޓު ވާން އުޅޭނެ ކަމެއް ނެތް، މަށަށް އިނގޭ އިންޓެރެސް އެބަހުރިކަން. އަދި ތިބުނި ރީތި މީހުންނާ އެއްކޮށްވެސް ގަނޑު ގަނެވިފަތާ ހުންނާނީ.” މިހާ ހިސާބަށް ދިޔައިރު ލޫކަސް ވެސް ހުރީ ރުޅި އަންނަން ފަށައިފައެވެ. މި އަނާނީ މިއީ ހާދަ ފޮނި ކަމެއް އަރައިފައި ހުރި ކުއްޖެކެވެ. އެއީ އެގޭގައި ގެންގުޅޭ ކުއްޖެއްކަން ހަނދާން ނެތުނީ ބާއެވެ. މިހާރުވެސް ލޫކަސް ބޭނުން ނަމަ އަނާނީއަށް ބޭނުން ގޮތެއް ހަދައިލެވޭނެއެވެ. އަދި އޭނާ އެކަން ކުރާނެވެސްމެއެވެ. އޭނާއާ މިގޮތަށް ޖަދަލު ކުރުމުގެ ނަތީޖާ ހިތިވާނެއެވެ.

ދެމީހުންގެ ޒުވާބު ހުއްޓައިލަން ޖެހުނީ، ތަންކޮޅެއް ދުރުން އެ މަގުން އަންނަން ފެށި ރީޝާ ފެނިގެން އޭނާއާ ދިމާއަށް އަނާނީ ހިނގައިގަތުމުންނެވެ. ދަމުން ދިޔައީ ލޫކަސްއަށް މެދުވައި އިނގިލި ވެސް ދައްކައިލައިފައެވެ. އެވަގުތު ލޫކަސްއަށް ގޮށްމުށްކަވައިފައި ސައިކަލުގައި ޖަހައިލެވުނީ އާދެވުނު ރުޅިއަކުންނެވެ. އޭނާގެ ލޭ ކެކެން ފެށިއެވެ. އަދި އަނާނީގެ ދިރިއުޅުން “ނަރަކަ” އަކަށް ހަދައިލުމަށް ހިތުގައި އަޒުމު ކަނޑައެޅުނެވެ.

“އަށްގަޑި ބައި ވެއްޖެ ދޯ! ސޮރީ އިނގޭ.” ލަހުން އާދެވުމުން ރީޝާ މާފަށް އެދުނެވެ. އަދި އަހައިލިއެވެ. “އޭނީ ކާކު ތިގޭ ދޮރުމަތީ ސައިކެއްގަ؟”

“ލޫކަސް. ފައިސަލްބެގެ ކޮއްކޮ” ފަރުވާ ކުޑަ ގޮތަކަށް އަނާނީ ބުނެލިއެވެ.

“ކީއްވެ އޭނަ ކައިރީ ނުބުނީ ޑްރޮޕެއް ދޭން؟ އޭރުން އަވަސްވެސް ވީހެއްނު!” ރީޝާ ބުންޏެވެ.

“މަށެއް ވާހަކައެއް ނުދައްކަމޭ އޭނައަކާ. އޭނަވެސް ނުދައްކާ.” އަނާނީ ހަދައިލީ ދޮގެކެވެ.

“ދެން ކީއްވެ އަނާ ކައިރީ ސައިކު ހުއްޓައިގެން އިނީ؟ އައި ތޯޓް ޔޫ ގައިސް ވާރ ހެވިންގ އަ ކޮންވަޒޭޝަން!” ދުރުން ރީޝާއަށް ހީވި ގޮތް އޭނާ ބުނެލިއެވެ.

“ހަހަ ނޯ.” އަނާނީ އެ ވާހަކަ އޮއްބައިލިއެވެ. އޭރު ދެކުދިންގެ މިސްރާބު ހުރީ ރީޝާގެ ރައްޓެހި ކުއްޖާގެ ގެއަށްދިއުމަށެވެ.

ޕާޓީ އޮތީ ޓެރަސް މަތީގައެވެ. އެތަން ޒީނަތްތެރިކޮށްފައި އޮތް ގޮތް ވަރަށް ހިތްގައިމެވެ. އަދި ހަމައެހެންމެ، ތަނުގެ ޖާގައާ އެއްވަރަށް ގިނަ މީހުން ވެސް ތިއްބެވެ. ހުސް އެއުމުރު ފުރައިގެ ދެޖިންސުގެ ކުދިންނެވެ. ރީޝާ އޭނާގެ ރައްޓެހިންނަށް އަނާނީ ތަޢާރަފް ކޮށްދިނެވެ. އެ އެންމެންވެސް އަނާނީގެ ރީތި ކަމަށް ތަޢުރީފު ކުރިއެވެ. އަނާނީ ކުޑަކޮށް ލަދުވެސް ގަތެވެ. ކޮލެޖުގެ ބައެއް ކުދިން ތިއްބަސް، ގިނައީ ނުދަންނަ މީހުންނެވެ.

އަނާނީ އިނީ އެހެން އެންމެންނާ ތަންކޮޅެއް ދުރުގައި، ގޮނޑިއެއް ގެނެސް އޭގައި އިށީނދެލައިގެނެވެ. އޭނާގެ އަތުގައި ފިނި ކޯކު ތަށްޓެއް ހުއްޓެވެ. ތަނުގައި ޖަހައިފައި ހުރި އަޑުގަދަ މިއުޒިކާ އެއްވަރަށް އެއްބައި މީހުން ހަރަކާތް ކުރަނީއެވެ. ރީޝާވެސް އެވަގުތު އަނާނީގެ މަތިން ހަނދާންނެތިފައި ހުރިކަހަލައެވެ. އޭނާގެ އެހެން ރައްޓެހި ކުދިންނާ އެއްކޮށް ސަކަރާތްޖަހަން ހުރިތަން އަނާނީއަށްވެސް ފެނުނެވެ. ނަމަވެސް އަނާނީ މިވަގުތު ބަލަން އިނީ ބޭރަށެވެ. ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ހަޤީގަތުގައި ލޫކަސްއާ ދިމާވި ހިސާބުން އޭނާގެ މޫޑު އެއްކޮށް ގޯސްވެއްޖެއެވެ. އެއީ ކޮންމެފަދަ ކަމެއްވެސް ކުރަން ޖެހިލުން ނުވާނެ އިންސާނެއްކަން ފުރަތަމަ މި ދިމާވި ދުވަހުންވެސް އަންގައިލައިފިއެވެ. އަނާނީ ދެން އެގޭގައި އުޅެން ޖެހޭނީ ވަރަށް ވިސްނައިގެނެވެ. ވީހާވެސް ލޫކަސްއާ ދުރުންނެވެ.

“ހައި! ހާދަ އެކަނިން؟” ކުއްލިއަކަށް ދާދި ކައިރިން މީހަކު ބުނެލި އަޑު އިވިގެން، އަނާނީއަށް ސިހިފައި ބަލައިލެވުނެވެ. “އިޓްސް އަރީން. ރީޝް ނުދައްކާތަ މަގޭ ވާހަކަ؟” އަނާނީ ސިއްސައިގެން ދިޔަތަން ފެނުމުން އަރީން އަވަސްއަވަހަށް ބުނެލިއެވެ.

“އޯ! ރީޝްގެ ގާއީ ބެސްޓުފްރެންޑު ދޯ!” އަރީންގެ ނަން ބުނުމުން އަނާނީ ހަމަޖެހިފައި ވާހަކަދެއްކިއެވެ. “ހެލޯ. އައިމް އަނާނީ.”

“އިނގޭ! އަނާ އެކަނި އިންތަން ފެނިގެން ހަމަ ހިތަށް އެރީ އައިސް ވާހަކަ ދައްކާލާނީއޭ.” އަރީން އޭނާ ގެނައި ގޮނޑީގައި ޖައްސައިލިއެވެ.

އަނާނީ ހިނިތުންވެލިއެވެ. އަދި ދުރުގައި ތިބި މީހުންތަކުގެ ތެރެއިން ރީޝާ ފެނޭތޯ ބަލައިލިއެވެ. އެވަގުތު އަނާނީގެ ލޮލުގައި އަޅައިގަތީ ކުރިން އެތަނުން ނުފެންނަ މޫނެކެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވިއެވެ. އަދި، އެންމެންގެ ތެރެއަށް ނަޒަރު ހިންގަންފެށިއެވެ.

(ނުނިމޭ)

71
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Aishasha

Other Articles

Previous

އާވާ ހަނދާން 8

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން(13)

Next
April 8, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން(13)

Previews
April 8, 2017

އާވާ ހަނދާން 8

14 Comments

  1. Maree says:
    April 8, 2017 at 9:05 am

    vvv reethi

  2. Cherry says:
    April 8, 2017 at 9:56 am

    Lukas aai Anaany gulhuvadhy bw..

  3. Chum handi says:
    April 8, 2017 at 10:02 am

    wow

  4. Layaal ali says:
    April 8, 2017 at 10:11 am

    Woohoo v salhi

  5. Jaina says:
    April 8, 2017 at 10:12 am

    v salhi … keep it up…wen next part up kohdheni

  6. Eeam says:
    April 8, 2017 at 10:13 am

    v vv vvv vv nice.. waiting…..

  7. Kiara says:
    April 8, 2017 at 10:40 am

    Lukas..besharam ladka..?

    Waiting next part ah..salhi mi part vs..?

  8. kiyaa says:
    April 8, 2017 at 11:05 am

    V nice ..bt it’s too short..

  9. shafu says:
    April 8, 2017 at 11:30 am

    nice ….. when next part …… waiting …

  10. Reader says:
    April 8, 2017 at 1:52 pm

    Kon baeh meege lead kuranee

  11. Saandy says:
    April 8, 2017 at 2:09 pm

    V salhi… Adhives thankolheh dhigukolladheyne kamah ummeedhu kuran… Next part avahah up kohdhehchey… Keep it up!! 🙂

  12. mnnm says:
    April 8, 2017 at 2:52 pm

    nice story

  13. Anonymous says:
    April 8, 2017 at 4:31 pm

    nice story

  14. lara says:
    April 9, 2017 at 9:06 am

    reeeeeeeeeeeeeeeeeethi

Comments are closed.

All Right Reserved!