ސާދަވިލޭރޭގެ ފުރިހަމަ ހަނދުވެސް މިރޭ އިތުރަށް ފުރިހަމަވެފައިވިކަހަލައެވެ. ރިހިދޮންވެލި ތުނޑިއެއްގައި ހުރި ހުސްނާގެ މޫނުމަތި އުޖާލާވެފައިވާއިރު އެހިމައަތްތިލަ ގުޅުވާލެވިފައިވާ ވެރިޔާ ޒުއްނޫރުގެ ތުންފަތުގައިވެސް މާނަފުން ހިނިތުންވުމެއްވިއެވެ. ކައިވެނީގެ އެސާދާ ހެދުމުގައި ހުސްނާ ފެންނަނީ ހޫރުޕަރީއެއްހެންނެވެ. ޒުއްނޫރުގެ ލޯ ހުސްނާގެ މޫނުން ވަކި ނުވެއެވެ. އަލަތު ލޯބި ކާމިޔާބު ކުރެވުމުން އެހިތްވަނީ އުފަލުން ފޮޅިފައެވެ. ތުނޑިމަތީގައި އަޑުގަދަކޮށްލައިގެން އުޅޭ މީހުން ފެނިފައި ހީވަނީ ރަށު ރައްޔިތުން އެއްވެގެން އުޅޭހެންނެވެ. ހައްތަހާވެސް ޒުއްނޫރުގެ އާއިލާގެ މީހުންނެވެ. ހުސްނާގެ މައިންބަފައިން ފިޔަވައެވެ. […]
ހުދު ޓީޝާޓަކާއި ނެވި ބުލޫ ޖިންސެއް ލައިގެން އެ އަންނަނީ އިތުރު އެހެން މީހެއް ނޫނެވެ.އޭނާގެ ޔުއާންއެވެ.ޒީނަތުއަށް އޭރުވެސް ހުރެވުނީ ފެންނަ މަންޒަރު ޤަބޫލު ނުކުރެވިފައެވެ. އެތައް ބައެއްގެ އާދޭހަށްވެސް ޔުއާން މީގެ ކުރިން ވަނީ ޓީޝާޓް ލާން އިންކާރު ކޮށްފައެވެ.އެވަރަށް ޔުއާން އެކަމަށް އިންކާރު ކުރާއިރުވެސް ޒީނަތު އެކި ވައްތަރުގެ އަގު ބޮޑެތި ޓީޝާޓް ޔުއާންގެ ވާރޑްރޯބަށް ލާފައި ބަހައްޓަނީ ކޮންމެސް ދުވަހަކުން އެ ދަރިފުޅު އެ އެއްޗިސް ލާނެ ކަމުގެ އުއްމީދުގައެވެ.ނަމަވެސް މިވީހާ ތަނަށްވެސް […]
ސީމާއަށް ގެއަށް އާދެވުންއިރު ލައިބާއާއި ސަމާ ނިދަން އޮޝޯވެއްޖެއެވެ. ސީމާވެސް ހެދުން ބަދަލު ކޮށްލުމަށްފަހު އެނދުގައި އިށީނދެލިއެވެ. އަދި އޭނާގެ އަތުގައިވާ ކުޑަ ފޮށި ހުޅުވާލިއެވެ. “ވާއު. ތީ ކޮންކަމެއް” ސަމާ އަނގަގަދަ ކުރިއެވެ. އެއާއިއެކު ސީމާގެ މޫނު ރަތްވެގެން ދިޔަތަން އެދިމާއަށް އައި ލައިބާއަށްވެސް ފެނުނެވެ. “ލުކް ޝީއިޒް ބްލަޝިން. ދެޓް މީންސް” “ހީ ޕްރޮޕޯޒްޑް މީ” ލައިބާގެ ޖުމްލަ ފުރިހަމަ ކޮށްދިނީ ސީީމާއެވެ. އެއާއިއެކު ތިންކުދިންގެ ހަޅޭކާއި ހުނުމުގެ އަޑު ގޭގައި ގުގުމާލިއެވެ. ސިޓިންރޫމްގައި […]
މިއީ ޚިޔާލީ ވާހަކައެކެވެ. ލޯބީގެ ބިރުވެރި މިވާހަކައަކީ އަޅުގަނޑު ލިޔާ ފުރަތަމަ ބިރުވެރި ވާހަކައެވެ. “އެކަމަކު ބައްޕާ…” “ބައްޕައަށް އެނގޭ އަދިވެސް ދަރިފުޅަށް އިއުނާސްގެ ހަނދާންތަކާ ދުރަށް ނުދެވޭކަން. އެކަމަކު ތިގޮތަށް ބޭކާރު ގޮތުގައި ދަރިފުޅުގެ އުމުރު ނަގާލާކަށް ބައްޕަ ބޭނުމެއް ނޫން. ކިތަންމެ ވަރަކަށް އެހަނދާންތައް އާކުރިޔަސް އިއުނާސް އެނބުރިއެއް ނާންނާނެ. ދަރިފުޅަށްވެސް އެކަން އެނގެއެއްނު.” މާހިރު މިއުވާންއަށް ވިސްނައިދޭފަދަ ގޮތަކަށް ބުންޏެވެ. “ލައްބަ ބައްޕާ. އެކަމަކުވެސް އަޅުގަނޑަކަށް ނޭނގެ ކީއްވެކަމެއް އެހަނދާންތަކާ ދުރަށް ނުދެވިގެން މިއުޅެނީ. އަޅުގަނޑު […]
“މަންމީ! މަންމީ! ކެބެއް ކެބެއް މިއޮތީ..” 3 އަހަރުގެ ކުޑަ ކުޑަ އީތަން އުފަލުން ފޮޅިފައިވިއެވެ. “ދަރިފުޅާ މަންމަ ބުނަމެއްނު ކަކުނި ނުހޮވާށޭ…ދަތް އަޅާނެއޭ..” އީތަންގެ އަތުގައި އޮތް ކަކުނި އެއްލާލަމުން ހުސްނާ ބުނެލިއެވެ. އެވަގުތު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ** އީތަން ! އޭތް ބަލާބަ މިފުޅި..ޔުއަރ ފެވަރިޓް” ހައްމާދު ދިއްކޮށްލި ފުޅި ހިފައިގެން އީތަން ގެއަށް އެޅި ފުރަތަމަ ފިޔަވަޅު މަޑުޖެހުނީ ކުރިމަތީގައި ހުރި ހުސްނާ ފެނިފައެވެ. ” ސާބަސް! މިހާރު […]
އިކުރާމުގެ އަތްދަނޑި މައްޗައް ސީމާ ނެގުމަށްފަހު އެތާހުރި އެނދުމަތީގައި ބޭއްވިއެވެ. އަދި އޭނާ ގެންގުޅޭ ސާމާނުތަކުން ކަތުރެއް ހިފައިގެން އައިސް ސީމާގެ އަންނައުތައް ކަފާ ކުދިކޮށްލިއެވެ. “ވާއު….ޖަޒް ވާއު..ޒީ އަށްވުރެވެސް ފުރިހަމަ..އަހަރެންގެ ބޭނުން ފުދުނީމަ ކަލޭވެސް ދާނެ އެ ޒީ އޮތްތަނަށް..އަހަރެން އޮންނާނެ އޭނަގެ ޕޯސްޓް މޯޓަމް ހަދާފަ ކަލެއާ އެއް ވަޅެއްގައި ވަޅުލަން ބާއްވާފަ..” ސީމާގެ ގައިމައްޗައް ޖެހިގަންނަމުން އިކުރާމު އޭނަ ލައިގެން ހުރި ފަޓުލޫނު ބޭލިއެވެ. ކުއްލިއަކަށް އެކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަތް ޝަމާން […]
“ ނަވާ… އޭބަލަ ނަވާ….. ހާދަ ވަރަކަށްށޭ ތި ރީތި ވަނީ . ތިހާ ރީތި ނުވިޔަސް އިނގެއޭ ތި ރީތި މީހެއްކަން . “ ހުއްދަ އަކާއި ނުލާ ކޮޓަރިޔަށް ވަދެގެން އައި ލީނާ ބުނެލި އެވެ . “ ސާބަހޭ. މީ ވަރެއްގެ އަންހެނެއް. މި ނިމުނީ އޭ. “ ލޯގަނޑުން ލީނާގެ މޫނަށް ބަލާލި ނަވާ ހިނި އައިސް ހުރެ ބުނެލިއެވެ. “ ދެން ހިނގާ ދާން ނަވާ ގަނޑާ . މިހާރު […]
ޒޭން ހިނފާލާފަ ގޮސް ޒެއިނާ އާ ޖެހިގެން އިން ގޮނޑީގައި އިށީއިނެވެ. ޒެއިނާ ޒޭން އަށް އެއްވެސް ސަމާލުކަމެއްނުދީ ކެއުމުގައި އުޅުނެވެ. “އައިމް ސޮރީ” ޒޭން މަޑު މަޑުން ބުނެލިއެވެ. ނަމަވެސް ޒެއިނާ އަޅާނުލިތާ ބަލާވެސް ނުލާ މޭޒުގެ ތަންކޮޅެއް ދުރުގައި ހުރި ފެންފުޅި އަތުޖެހޭތޯ އުޅުނެވެ. ޒޭން ފެންފުޅި ނަގާ ޒެއިނާ އަތަށް ދެމުން އައިމް ސޮރީއޭ އަނެއްކާވެސް ދަމާލާފަ ބުނެލިއެވެ. “އަހަރެ ކީއްވެ ރުޅި އަންނަން ވީ. ނާދެ” ޒޭން އަތުން ފެންފުޅި ދަމާގަންނަމުން […]
“އަހަންނަށް މާފުކޮށްދީ. އަހަރެންނަށް ފަޒޫއަށް ތަދު ކުރެވުނީމަ” ފަޒުނާގެ ކޯތާފަތުގައި ހިފައި ހަތަރުކަޅިހަމަ ކޮށްލަމުން އަޝްފާން ބުންޏެވެ. ފަޒުނާއަށް އިސްޖަހައިލެވުނެވެ. އަޝްފާންގެ އެތޫނު ބެލުމަށް އޭނާއަށް ކެތްނުކުރުވުނީއެވެ. އަދި އަޝްފާނަށް ފުރަގަސްދީ ބެލްކަންޏާއި ދިމާލަށް އެބުރެވުނެވެ. “އަހަންނަށް މާފްނުކުރިއަސް ޕްލީސް ނުރޮއެއި. އަހަރެނަށް ވެސް ރޮވިދާނެ އަންހެން ކުއްޖެއް ރޯތަން ފެނިފަ. އަދި އަމުދުން އަހަރެންނާއި ހެދި ނަމަ. އަހަރެން ދުވަހަކުވެސް އެއްވެސް މީހެއްގައިގަ ޖަހާފައެއް ނޯންނާނެ. އެކަމަކު ރޭގަ ކޮއްކޮ ލާމިއު އާއި އެއްކޮށް ފެނުނީމަ […]