Skip to content
އެސްފިޔަ

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން(13)

ޑްރާމާއަށް ހާއްސަ ކޮށްފައިވާ ހޯލަށް ވަތްއިރު ގިނަ ގުރޫޕުތައް ތިބީ ހަމަވެފައެވެ.މިފަހަރު ގުރުއަތު ނެގުމުން ޔުއާންމެން ގުރޫޕަށް ލިބުނީ ފަހަތުން ދެވަނައެވެ.އެކި ގުރޫޕުތަކުގެ ތަމްސީލްތަށް ނިމެމުން ގޮސް އެންމެފަހުން އެ މީހުންގެ ގުރޫޕަށްވެސް ޖެހުނެވެ.ޑްރާމާ ކުޅެން ފެށުމުން ޕްރެކްޓިސްއަށްވުރެ ދެގުނަ ރަނގަޅުކަން ހަމީހުންނަށްވެސް އިހުސާސްވިއެވެ.މިކަމުން އެ އެންމެންވެސް ތިބީ ޑްރާމާ ކުޅެމުން ދިޔައިރު އުފާވެ ހިތްހަމަ ޖެހިފައެވެ.

ޑްރާމާގެ އެކި މަންޒަރުތައް ނިމެމުންގޮސް ޔުއާންއާއި ދިމްރާގެ ލަވަކިޔުމުގެ ބާއި ޖެހުނެވެ.ދެމީހުންވެސް ގޮނޑިއެއްގައި އިށީންދެ ހަމަޖެހިލުމަށްފަހު ގިޓާއިން ރާގު ޖަހަން ފެށިއެވެ.މުޅިތަން ހަމަހިމޭންވެގެން ދިޔައީ ދެމީހުންގެވެސް ގިޓާ ޖެހުމުގެ ރީތީކަމުންނެވެ. ރާގަށްފަހު ފުރަތަމަ ލަވަކިޔަންފެށީ ޔުއާންއެވެ.

“ތީ އުއްމީދޭ މަގޭ، ނޭވާއޭ މަގޭ، ވިންދޭ ތީ މަގޭ، ހިތާ ފުރާނާއިގެ ދިރުމޭ، ތީ ނޫންހޭ ރޭދުއާ މަގޭ”

އެއާއެކު ދެން އިވިގެން ދިޔައީ ދިމްރާގެ އަޑެވެ.  “ތީ އުއްމީދޭ މަގޭ،މާޒީއޭ މަގޭ، ދެލޯ ފުރޭނޭ ދިިޔާމާ، ތީ ނޫންހޭ ލޯބިވާ މަގޭ، ހެޔޮނުވާނެ ރޮއްވާފާ ނުދާށޭ، ލޯބިވާއޭ އަންނާށޭ”

ދިމްރާ ލަވަ ކިޔަމުންދިޔައިރު ޔުއާން އިނީ އެ މޫނަށް ބަލަހައްޓައިގެންނެވެ.އޭރުވެސް ދިމްރާއާއި އެއްވަރަށް ޔުއާންވެސް ދިޔައީ ގިޓާ ޖަހަމުންނެވެ. ދެން އޮތީ ޔުއާން ކިޔަން ޖެހޭ ބައިކަން ހަނދާންވީ ދިމްރާ އެ މޫނަށް ބަލައިލުމުންނެވެ.

“އާދޭހޭ މީ ކުރާ، ހުއްޓޭށޭ، މާފު ދޭށޭ، ހީލާށޭ، ކުއްކުރެވިއްޖެޔޭ، ކުށްކުރީ މަށޭ..           ތީ ޔާރާއޭ މަގޭ، މިލްކޭ ތީ މަގޭ، ގޮވާނަމޭ ލޯބިވާތީ، ތީ ނޫންހޭ އާޝިގާ މަގޭ”

ދެމީހުން ލަވަ ކިޔަމުން ދިޔައިރު ހީވަނީ އެކަކު އަނެކަކަށް ނިސްބަތްކޮށް ހަޤީގަތުގައިވެސް ކިޔައި ދެމުން ދިޔަ ލަވައެއް ހެންނެވެ.އެހާވެސް ދެމީހުންގެ ރާގުގައިވެސް އެފަދަ އަސަރެއް އެކުލެވިގެންވިއެވެ. ޔުއާން އެހިސާބަށް ހުއްޓާލުމާއިއެކު އޭގެ ފަހަތުން ދިމްރާ ފެށިއެވެ.ލަވައާއި އެއްވަރަށް ރާގުވެސް ޖަހަމުންނެވެ.

“ހެޔޮނުވާނޭ ދޫކޮށްފާ ދިޔާމާ، ރޯލަ ރޯލަ ހުރެވޭނީ، އާދޭތޯ އިންތިޒާރު ކުރެވޭނީ، ހޯދަ ހޯދާ ހުރެވޭނީ، އިސްއުފުލާލަ ދީ، ހިތްމަގޭ ރޮނީ”         އެ ހިސާބަށް ކިޔާ ނިންމާލިއިރު ދިމްރާއަށްވެސް ބޭއިޙްތިޔާރުގައި ޔުއާންގެ މޫނަށް ބަލައިލެވުނެވެ. ޔުއާންގެ ލޮލުގައިވީ ނަޒަރަކުން ދިމްރާއަށްވެސް މިފަހަރު ނަޒަރު ވަކިކޮށެއް ނުލެވުނެވެ.

“ތީ މަންޒިލޭ މަގޭ، ރާސްތާއޭ މަގޭ، ނިޔާ އިިވޭތޯ ހުރީމޭ، ތީ ނޫންހޭ ސާހިބާ މަގޭ”

އެއާއެކު ދެން އޮތްބާއި ދިމްރާވެސް ޔުއާން އާއި އެއްވަރަށް ކިޔަން ފެށިއެވެ.ދެމީހުން އެއްރާގަކަށް ގިޓާ ޖަހަމުން ދިޔައީީ ފަރިތަކަމާއި އެކުއެވެ.

“ތީ ނޭވާއޭ މަގޭ، ވިންދޭތީ މަގޭ، ހިތާ ފުރާނާއިގެ ދިރުމޭ،ތީ ނޫންހޭ ރޭދުއާ މަގޭ، ތީ ނޫންހޭ ރޭދުއާ މަގޭ” ދެމީހުންވެސް އެކަކު އަނެކަކާ ނަޒަރު ވަކިކޮށްލުމެއްނެތި ފަހުބާއި ކިޔާ ނިންމާލިއިރު ހީވަނީ ހަމަ ލޯބީގެ ފިލްމެއްގެ މަންޒަރެއް ހެންނެވެ. އެހާވެސް އެ މަންޒަރު ފުރިހަމައެވެ. ދެމީހުންނަށްވެސް ހަމަހޭވެރިކަންވީ އެތައް ކުދިންނެއްގެ ހޫނު އަތްތިލަބަޑީގެ އަޑުއިވުމުންނެވެ. އެއާއެކު އަވަސްވެގަތީ ޑްރާމާގެ ދެންހުރި ބައިތަކާއިގެން ކުރިއަށް ދިއުމަށެވެ.

ހުރިހާ ޑްރާމާތަކެއް ތަމްސީލުކޮށް ނިމުމުން އަލީފްސާރ ބުރާސްފަތި ދުވަހު އޮންނަ އެސެމްބްލީގައި ނަތީޖާ އިއުލާން ކުރާނެ ވާހަކަ ބުންޏެވެ.އެހާލަހުން ކީއްވޭތޯ ސުވާލު ކުރުމުން ބުނީ އެހެން ކުލާސްތައްވެސް ޑްރާމާ ކުޅޭނެ ކަމަށެވެ.ނަތީޖާ އިއުލާން ކުރާނީ ހުރިހާ ކުލާހެއްގެ ޑްރާމާތައް ތަމްސީލުކޮށް ނިމުމުން ކަމަށެވެ.

ޑްރާމާތައް ތަމްސީލްކޮށް ނިމުމުން ހުރިހާ ކުދިންވެސް ކުލާހަށް ދިޔައީ ބާކީހުރި ގަޑިތަކުގެ ފިލާވަޅުތަށް ނެގުމަށެވެ.ގިނަކުދިންގެ ތައުރީފު ދިމްރާމެނަށް ލިބިގެން ދިޔައެވެ.ހާއްސަކޮށް ލަވައިގެ ރީތިކަމަށް ތައުރީފު ލިިބިގެން ދިޔައެވެ.

“އެހެންނޭނުން ވާނީ އެހާ ފީލިންގްސްގައޭ ދެމީހުންވެސް ލަވަކިޔާލީ..ހީވީ ހަމަ އެ ހާލާތުގަ ހުރެ ހިތުގެ ހާލު އެކަކު އަނެކަކަށް އިއްވަމުން ދިޔަހެން..ގޮވާނަމޭ ލޯބިވާތީ..ތީ ނޫންހޭ އާާޝިޤާ މަގޭ….ހީހީހީ” ރީމް ކުލާހުގައި އިނދެ ދިމްރާއާއި ދިމާކޮށްލިއެވެ.ބަދަލުގައި ދިމްރާ ރީމްއާއި ދިމާލަށް ދެލޯ އަޅާލިއެވެ.އެއާއެކު އުޝާއާއި ރީމް ޓަޗެއް ޖަހާލަމުން ފެށީ ހޭށެވެ.

ދިޔާންއާއި ޝާރިމްގެ ކަމަކަށްވެސް އޮތީ ޔުއާންއާއި ދިމާކުރުމެވެ.ކުލާހުގައި އިންއިރު އެތައް އަންހެން ކުދިންނެއްގެ ނޯޓުތައް ލިބެމުންދާތީ އެކަމާވެސް ޔުއާން އިނީ ބޯ ގޮވާ ވަރުވެފައެވެ. ގަޑިއަށް ބަލާލަ ބަލާލާ އިނީ އެތަނުން އަވަހަށް ސަލާމަތްވެގެން ނުކުންނަން ބޭނުންވެފައި އިން ވަރުންނެވެ.

ރޭގަނޑުގެ ވަގުތެވެ.ދިމްރާ ކޮޓަރީގައި އޮތީ ފޫހިވެފައެވެ.ދިޔާން އުޝާއާއި ބައްދަލުކުރަން ދިއުމުން ދިމްރާ އެމީހުންނަށް އެކަނިވެލަން ފުރުސަތެއް ދޭންވެގެން ދިޔާންއާއިއެކު ނުދިޔައީއެވެ. ނަމަވެސް މިހާރު ނުދެވުނު މޮޔަ ހިތަށް އެރިއެވެ. ގޭގާއި ޔުއާންގެ މަންމައެއްވެސް ނެތެވެ.އެހެންނޫންނަމަ ޔުއާންގެ މަންމައާއި ވާހަކަދައްކާލަން އިނދެވޭ ނަމަވެސް ފޫހިފިލާނެއެވެ. ކޮޓަރިންވެސް ނުނިކުންނަން ހުރީ ގޭގައި ޔުއާން އެކަނި އުޅޭތީއެވެ.ޔުއާންގެ ކުރި މައްޗަށް އަރާކަށް އޭނާ ބޭނުމެއްނޫނެވެ.ޔުއާންއާއިއެކު ގޭގައި އެކަނިވުމުންވެސް ދިމްރާ ހުރީ އެކަމާ ޖެހިލުންވެފައެވެ.އެކަނި ހުރުމުން ރުޅި ބާލާނެ ގޮތެއްވެސް އެނގެނީއެއް ނޫނެވެ.ސިޑިންވެސް ވައްޓާލަފާނެއެވެ.ޔުއާން ހުންނާނީ އެހާވެސް ދިމްރާދެކެ ރުޅިއައިސްފައެވެ

އާއި ނުބާއި ހިޔާލުން ދިމްރާ ރަނގަޅަށްވެސް ބިރުގަނެއްޖެއެވެ.އިތުރަށް އެންމެ މިނެޓެއްވެސް ޔުއާންއާއި އެއްފުރާޅެއްގެ ދަށުގައި ހޭދަ ކުރާކަށް ބޭނުމެއް ނުވިއެވެ.އެހެންކަމުން ދިމްރާ އަވަސް އަވަހަށް މަތިމަތިން ރީތީވެލައިގެން ކޮޓަރިން ނުކުތެވެ.އެއާއެކު ފުރަތަމަވެސް ބަލައިލީ އެއްވެސް ދިމާލަކުން ޔުއާންގެ ހިލަމެއް ވޭތޯއެވެ.ޔުއާން ފެންނަން ނެތުމުން ދިމްރާ މަޑުމަޑުން ސިއްރު ސިއްރުން ގޮސް ބޮޑުދޮރު ހުޅުވާލާފައި ބޭރަށް ނުކުތެވެ.ބޭނުމަކަށްވީ ރީމްގެ ގެއަށް ދިއުމެވެ. މަގުމައްޗަށް ނުކުމެވުމުން ދިމްރާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.ދެން ކުރިއަށް އޭނާ ހިނގައިގަތީވެސް އެއްވެސް ބިރެއްނެތި ހަމަޖެހިލައިގެން ހުރެއެވެ.ތުންފަތުގައި ހިނިތުންވުމެއްވެސް ވިއެވެ.

ނަމަވެސް ސިހުން ލިބި ހުއްޓެވުނީ ގޯޅިގަނޑުތެރޭ އޮންނަ ޤުރޫޕު ފެނުމުންނެވެ.އޭނާއަށް ކުރިން މިތަންކޮޅަށް ވިސްނާ ނުލެވުނީ ކީއްވެ ހެއްޔެވެ؟ ގެއިން ނުކުތްއިރު އޭނާ އެ ޤުރޫޕު މަތިން ކުޑަކޮންވެސް ހަނދާނެން ނެތެވެ.އެހެންކަމުން އެވަގުތު އެނބުރި އާއިކޮޅަށް ހިނގައިގަތީ އެމީހުންނަށް ފެނުމުގެ ކުރިން އެތަނުން ދެވޭތޯއެވެ.

“ހޭ ބޭބީ ގާލް..މަޑުކޮށްބަލަ” ދިމްރާއަށް ސިހުންލިބި ހުރިތަނަށް ހުއްޓިލެވުނީ ފަހަތުން ފިރިހެނަކު ވާހަކަ ދައްކާލުމުންނެވެ.މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.ބިރުންގޮސް އޭނާއަށް ހިތްވެސް ދިރުވާލެވުނެވެ.ނަމަވެސް ދެވަނަ ސިކުންތުގައި ހަލުވި ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގައިގަތުމަށް އަވަސްވެގަތެވެ.ނަމަވެސް ދެތިން ފިޔަވަޅު އަޅާލިތަނާ ފެނުނީ އެތަނުން އެކަކު އައިސް ދިމްރާގެ ކުރިމައްޗަށް އެރިތަނެވެ.

“ހާދަ އަވަހަކަށް ދާން ތިއުޅެނީ ސްވިޓީ”އެ ފިރިހެންކުއްޖާ އެއްމިޔަކަނުން ހީލަމުން އެހެން ބުނެލިއިރު ދިމްރާގެ މޫނަށް ވެރިވެގެން ދިޔައީ ހާސްކަމެވެ.

“ޕްލީޒް..ޕުލީޒް..އަހަރެން ދިޔަދީ” ހާސްވިވަރުން ދިމްރާއަށް ވާހަކަ ދެއްކުނީވެސް އަޅައިއަޅައި ގަންނަމުން ކަހަލަ ގޮތަކަށެވެ.

“އަދި ނެތޭނުން ނުދެވިފައެއް ދޯ ސްވިޓީ”ކައިރިން އިތުރު ފިރިހެނެއްގެ އަޑު އިވިގެން ދިޔައެވެ. އެއަޑަށް، ބަލައިލިއިރު ދެމީހުން އައިސް ދިމްރާ ވަށާލަނީއެވެ.އެވަގުތު ބިރައްވުރެ ދިމްރާގެ ގާތަށް އައީ ރުޅިއެވެ.އަންހެނަކަށް ވީތީ އެވަރުގެ މިނިވަން ކަމެއްވެސް ނެތީ ހެއްޔެވެ؟މަގަކީ ވަކި ފިރިހެނުންނަށް އެކަނި ހާއްސަ ކޮށްފައި އޮތް ތަނެއްނޫން ވިއްޔާއެވެ.ވީއިރު އަންހެނުންނަށްވެސް އަމާންކަމާއިއެކު ކޮންމެ އިރަކުވެސް އެމަގުތަކުން ހިނގެންޖެހޭނެ ނޫން ހެއްޔެވެ؟އަންހެންކުދިންނަށް އެކަނި ވަކި ދުނިޔެ ބިރުވެރި ތަނަކަށް ވާންވީ ކީއްވެ ހެއްޔެވެ؟

“ރީއްޗަށް މިބުނަނީ..އަހަރެން ދިޔަދީ..” ދިމްރާ އެހެން ބުނުމުން ފެނުނީ ބަދަލުގައި އެ އެންމެން ހޭންފެށި ތަނެވެ.ހީވީ ދިމްރާއަށް މާ މަޖާ އެއްޗެއް ބުނެވުނީ ހެންނެވެ.

“ލީވް ހާރ..ނައު” ދިމްރާ ދެވަނަ ފަހަރަށް އެއްޗެއް ބުނަން އަނގަ ހުޅުވާލުމާއިއެކު އިވިގެން ދިޔައީ ޔުއާންގެ އަޑެވެ.އެއަޑަށް ބަލައިލިއިރު ޔުއާން އެމީހުންނާ އަރާ ހަމަ ކުރަނީއެވެ.ޔުއާން ފެނުމުން އެމީހުންނަށް ދިމްރާއާއި ދުރަށް ޖެހެވުނު ގޮތްވެސް ނޭނގުނެވެ.އެމީހުންގެ އެ އަމަލުން ހައިރާންކަމާއިއެކު ދިމްރާއަށް ބަލައިލެވުނީ ޔުއާން އާއި ދިމާލަށެވެ.ޔުއާންދެކެ އެމީހުން އެހާ ޖެހިލުންވާންވީ ކީއްވެބާއޭ އެވަގުތު ދިމްރާގެ ހިތަށް އެރިއެވެ.

ޔުއާން އެވަގުތު އާއިގޮތަށް އައިސް ފެނުނީ ދިމްރާގެ އަތުގައި ހިފާލިތަނެވެ.ގެއާއި ދިމާލަށް ހިނގައިގަތްއިރު ޔުއާންގެ ހަރަކާތްތަކުގައިވީ ހަރުކަށިކަން ދިމްރާއަށް ނަގައިގަނެވުނެވެ.އެކަމާ ދިމްރާ ޖެހިލުންވި ނަމަވެސް ބޭނުންވީ އެވަގުތު ހިތަށް އާއި ކަންތައް ކޮށްފަ ދާށެވެ.

“ވެއިޓް ޔުއާން”ދިމްރާ މިހެންބުނެ ގަދަކަމުން ޔުއާންގެ އަތުން އޭނާގެ އަތް ނައްޓުވާލިއެވެ.އަދި އެނބުރި އެމީހުންނާ ދިމާލަށް ބަލައިލިއެވެ.އޭރު އެމީހުންވެސް ތިބީ އެދެމީހުންނަށް ބަލާށެވެ.

“އަހަރެންނަށް އެނގޭ އަހަރެން ބުނާ އެއްޗަކުން ތި ހިތްތަކަށް އެއްޗެއް އެރުމަށްވުރެ ގާތީ ނޭރުންކަން..އެކަމުވެސް ބުނެލަން ބޭނުން..މި މަގުތައް ހަމައެކަނި ފިރިހެނުންގެ ތަނަކަށް ވީ ކީއްވެ ހެއްޔޭ؟އަންހެނުންނަކީ ހަމަ އެހާ އަގެއް ނެތް ބައެއްގެ ގޮތުގަތަ ތި ދެކެނީ..ތި މީހުންނަށް ހިނގޭއިރު އަންހެނުންނަށް ވަކި މި މަގުތަކުން ބޭނުން އިރަކު ނުހިގެންވީ ކީއްވެ؟ތި މީހުން ޒައްރެއްގެ މިންވަރުވެސް ޤަދަރެއް ކުރާނަމަ އަންހެނަކު މަގުމަތިން ހިނގާލާފަ ދާއިރު ތިމީހުން ކުޑަމިނުން ދޭނީ ބަދަލުގަ ހިނިތުންވުމެއްކަން އަހަރެންނަށް ޔަޤީން..ތި މީހުން ފަދައިން ކޮންމެ އަންހެނަކީވެސް ބައެއްގެ ދަރިއެއް، ކޮއްކޮއެއް ނުވަތަ ދައްތައެއް..ނޫނީ ކުދިންތަކެއްގެ މަންމައެއް.ތި މީހުން ފަދައިން އަންހެނުންނަކީ ވެސް އިންސާނުން..އެހެންކަމަށް ވީއިރު އަންހެނުންނަކީ އަގެއް ނެތް އެއްޗެއް ފަދައިން ތި މީހުން ދެކެންވީ ކީއްވެ؟ބުނާތީ އަޑުއަހަން އަންހެންކުދިންނަކީ ބައްޕައެއް ސުވަރުގެއަށް ދިއުމަށް މަގު ކޮށައިދޭ ދަރިއެކޭ.މީހަކާ އިނުމަށްފަހު ފިރިމީހާއަށް ސުވަރުގެއަށް ދާން މަގު އަލިކޮށްދޭ އަންބެކޭ.އަދި މަންމައަކަށް ވުމަށްފަހު ދަރިއަކަށް ސުވަރުގެއަށް ދިއުމަށް މަގުފަހި ކޮށްދޭނެ މަންމައެކޭ..ކަމެއް ވީމައޭނުން މައިމީހާގެ ފައިތިލަ ދަށުންނޭ ސުވަރުގެއަށް ދެވޭނީ އެ ބުނަނީވެސް..އެވަރު ބަޔަކަށް ތި މީހުން ވެލިފުކެއްގެ މިންވަރުގެ އިއްޒަތެއްވެސް ދޭން ލަދުގަންނަ ކަމަކަށް ވެގެން ތިއުޅެނީ..ނޭނގި ނަމަވެސް އެހުރިހާ އަންހެންކުދިން ވެފައިވަނީ ތި މީހުންނަކީ ބޭބެމެންނަށް ވީ ފަދައިން ދައްތަމެން ތަކަކަށް..ސަބަބަކީ އަހަރެމެން އެންމެންނަކީވެސް އާދަމުގެ ދަރިންނަށް ވީމަ” ދިމްރާ އަސަރާއިއެކު ބުނެލި ވާހަކަތަކުން ހީކުރި ގޮތާއި ހިލާފަށް ފެނުނީ އެ އެންމެންވެސް އިސްދަށަށް ޖަހާލިތަނެވެ.އެ ބުނެލި ބަސްތަކުން ލަދުވެތިވެގެން ކަމެއް ނޫނީ އަޑު އަހަން ބޭނުން ނުވީމަ ކަމެއް ނޭނގެއެވެ.

“އަހަރެންނަށް އެނގޭ އަހަރެން މިބުނި ވާހަކަތަކަކީ ތި މީހުންނަށް އަލަށް އަޑުއިވިފަ ހުންނާނެ ވާހަކަތަކެއް ނޫންކަން..މާ ކުރިން އެނގޭނެ ވާހަކަ ތަކެއްކަންވެސް..އެކަމުވެސް ހޭއަރާ..އަދި ވަގުތު އެބައޮތް..އަންހެންކުދިން ރައްކާ ކޮށްދޭން ތިބި ބަޔަކީ ތި..ދެންވެސް އެ ޤަދަރު އަންހެންކުދިންނަށް ދޭން މަސައްކަތް ކުރޭ..ޔަޤީން ތި މީހުންނަށްވެސް ހިތްހަމަޖެހުން ލިބޭނެކަން”

“އިނަފް ނައު..ލެޓްސް ގޯ” ދިމްރާ އިތުރަށް އެއްޗެއް ބުނަން އުޅުމުން ޔުއާން އެކަން ހުއްޓުވިއެވެ.އަދި ދިމްރާގެ އަތުގައި އަނެއްކާވެސް ހިފައިގެން ގެއާއި ދިމާލަށް ހިނގައިގަތެވެ.ދެންމެ ދިމްރާ ދެއްކި ވާހަކަތަކުން އެހިތް ތައުރީފުން ފުރުނަސް ދިމްރާ އެގޮތަށް ގެއިން ނުކުމެގެން އައީމަ އޭނާ ހުރީ އިންތިހާއަށް ރުޅި ގަދެވެފައެވެ.ސެކިއުރިޓީ ކެމެރާތަކުގެ ފޫޓޭޖުތައް ނޭނގި ނަމަވެސް ބަލައިލެވުންކަން ނަސީބެވެ.އެހެން ނޫންނަމަ އޭނާއަށް މިރޭ ދިމްރާ ރަނގަޅަށްވެސް ގެއްލޭނެއެވެ.އެއާއެކު ދިޔާންގެ އިތުބާރުވެސް އޭނާއަށް އޮންނަ ގެއްލޭނެއެވެ.އަދި ހަމަ އެހެންމެ ދިމްރާއަށް ކަމެއްވިނަމަ ދިޔާން ކީއްކުރަން އިތުރު މީހަކުވެސް އޭނާއަކަށް މައާފެއް ނުކުރާނެއެވެ.އެކަން އެހެން އޮތްއިރު އޭނާއަށް ރުޅިނައިސް ހުރެވޭނެ ހެއްޔެވެ؟ދިމްރާ ކުރާ ކަންތައްތަކުން އޭނާއަށް ރުޅި އާދެވެނީވެސް އެހެންވެއެވެ.ދިމްރާ މުޅިންވެސް ކުރަނީ އޭނާ ރުޅިއަންނަވަރުގެ ކަންތައްތަކެވެ. އަމިއްލަ ނަފްސަށް ބަލައިލުމެއްވެސް ނޯވެއެވެ. އެހެންނޫންނަމަ އެ ގޮތަކަށް ގެއިން ނުކުމެގެން ދާކަށް ނުކެރުނީސްއެވެ.

ޔުއާން އެ ދިޔަގޮތަށްގޮސް ދިމްރާ ހޫރާލީ ސިޓިންރޫމަށެވެ.ހޫރާލިލެން ބާރުކަމުން ދިމްރާ ނުވެއްޓުނީވެސް ކިރިޔާއެވެ.އެއައްފަހު ދެން ފެނުނީ ޔުއާން އެ ފަން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލުމަށްފަހު އަނެއްފަރާތަށް އެނބުރިލިތަނެވެ. ޔުއާން މަސައްކަތް ކުރަމުން ދިޔައީ ރުޅިގަނޑު ކޮންޓްރޯލް ކުރެވޭތޯއެވެ.

“ޔުއާން ކިހިނެއް ވެގެންތަ ތިއުޅެނީ” ދިމްރާ ޔުއާންގެ އަތުގެ އުޅަބޮށީގައި ހިފާއި އޭނާއާއި ދިމާލަށް އަނބުރާލަމުން ބުނެލިއެވެ.

“އަހަރެންތަ ކަމެއް ވެގެން މިއުޅެނީ..ދިމްރާ ތިއުޅެނީ މޮޔަވެގެންތަ..އެކަނި ރޭގަނޑު ތަންތަނަށް ދާއިރު އެހެން މީހުންނަށް ވާނެ ގޮތެއް ވިސްނާލުމެއްވެސް ނެތްތަ” ޔުއާން ދިމްރާގެ ދެ ކޮނޑުގައި ހިފާއި ތަޅުވައި ގަތުމަށްފަހު ދުރަށް ކޮއްޕާލިއެވެ.

“ކޮބާތަ ޔުއާންގެ މައްސަލައަކީ..މީ އަހަރެންގެ އަމިއްލަ ނަފްސު..އެހެންވީމަ އަހަރެން އުޅޭނެ ގޮތެއް އެނގޭނީވެސް އަހަރެންނަށް.ޔުއާންއަކަށް ނޫން”

“ތިކަމެއް ތި ހެންނެއް ނުވާނެ..ދިމްރާ މިގޭގަ ހުރިހާ ހިނދަކު، ޔާން އަހަރެންނަށް ދިމްރާ ބަލަން ހަވާލުކޮށްފަ ހުރިހާ ހިނދަކު ތީ އަހަރެންގެ ޒިންމާއެއް” ޔުއާން ދެކުޅުގައި އަތްވިދެލަމުން އެހެން ބުނެލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.

“އޯވ!ތީގެ މާނައަކީ އަހަރެން މިގޭގަ އުޅޭތީވެސް ޔުއާންއަށް އުނދަގޫވަނީއޭދޯ..ބުނަން..އަހަރެންވެސް އަންނަ ހިތަކުންނެއް ނޫން މިގެއަށް މިއައީކީއެއް.. ދޮންބެ ބުނީތީ ނައިސް ނުވެގެން އަހަރެން މިއައީ.. އެނގޭ ޔުއާން އަހަރެންނަށް ނަފްރަތުކުރާކަން.. އެހެންވެ އަންނަން ބޭނުން ނުވަނީވެސް..އެކަމު ޔުއާން ތިހާ ރުޅި އަންނަން ޖެހޭވަރު ކަމަކަށް އަހަރެންނަށް ކީއްތަ ކުރެވުނީ” ދިމްރާ އަތް އުކައުކާފަ ވާހަކަ ދައްކަމުން ދިޔަ ގޮތުން އޭނާވެސް ހިތްހަމަނުޖެހިފައި ހުރިވަރު އެނގިގެންދެއެވެ.

“އަހަރެންނަށް ނުކުރެވޭ ޔުއާންއަށް ރަނގަޅުވާނެ ގޮތަށް އެއްކަމެއްވެސް..ޔުއާން އާ ކައިރިވިޔަސް ޔުއާން ރުޅިއާދޭ..ޔުއާން އާ ދުރުގަ ހުއްޓަސް ޔުއާން ރުޅިއާދެ..އަހަރެންނަށް ބުނެދީބަލަ ކޮބާކަން އަސްލު ޔުއާންގެ މައްސަލައައީ..ޔުއާންގެ އަޅެއް ނޫނޭ މީ” އޭރު ދިމްރާއަށް ހުރީ ޔުއާންއާއި ވަރަށް ގާތަށް އާދެވިފައެވެ.ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު ޔުއާން ހިތްހަމަނުޖެހިފައި ހުރިވަރު ދިމްރާއަށް އެނގިގެން ދިޔައެވެ.އެހާ ކައިރިން ޔުއާންގެ ރުޅިވެރި ނަޒަރު ފެނުނު ހިނދު މީހާ ދިޔައީ ފިނިވެގެންނެވެ.

“އެނގެން ބޭނުންތަ..އެހެނަސް ރަނގަޅަށް އަޑުއަހާ..ދިމްރާ ކިތަންމެ ރުޅި އަޔަސް އަހަރެން ދިމްރާ އުޅޭ ގޮތަށް ބަލާނަންވެސްމެ..ބުނަންޖެހޭ އެއްޗެއް ބުނާނަންވެސްމެ..ދިމްރާ އުޅޭ ގޮތުން، އަހަރެންނަށް އެއްޗެހި ކިޔެނީވެސް” ޔުއާންވެސް ދިމްރާއާއި އިތުރަށް ގާތްވެލާފައި ދަތްކުނޑި ވިކާލަމުން ބުނެލިއެވެ.

“މީ ޔުއާންގެ އަޅެއް ނޫނޭ ބުނެފީމޭނުން..އަހަރެން ދާން ބޭނުންތަކަށްވެސް ދާނަން..ކުރަން ބޭނުން ކަމެއްވެސް ކުރާނަން..ޔުއާން އަހަރެން ބަދުނާމު ކުރުމަށްފަހު އަދިވެސް ތިއުޅެނީ އަހަރެން ހައްޔަރުގަ ބަހައްޓަންތަ..ހުރިހާ ކަމެއްވެސް ވާންޖެހެނީ ޔުއާން ބޭނުންވާ ގޮތަށް ދޯ..ނޯ ޔުއާން..މީ އަހަރެންގެ ލައިފް..އަދިވެސް އެއްފަހަރު ބުނެލަން އެރޭ އަހަރެން ޔުއާންގެ ބޮލުގަ ވަގު ތުހުމަތު އެޅުވީ ނޭނގިހުރެ..އެކަމު ޔުއާން އެގޮތަށް ބަދަލުހިފާނެ ކަމަށް އަހަރެން ހުވަފެނެއްގަވެސް ހިއެއް ނުކުރަން..ވެދާނެ ޔުއާންގެ ތި ސްޓައިލް ހުރިއިރުވެސް އަހަރެންނަށް ޔުއާން އެތެރެފުށުން ރަނގަޅުކަމަށް ދެކެވުނީކަމަށްވެސް..ސޯ ޔުއާންވެސް އަހަރެންނާ ދުރުގަ ހުރެދީ..އަހަރެންވެސް މިހާރު މި މަސައްކަތް ކުރަނީ ޔުއާންއާ ދުރުގަ އުޅުމަށް”

ދިމްރާ މިހެންބުނެ އެނބުރި ހިނގައިގަތީ އަނެއްކާވެސް ގެއިން ނުކުތުމަށެވެ.އެއާއެކު ދިމްރާގެ ބަސްތަކުން ޝޮކެއް ލިބިފާއި ހުރި ޔުއާންއަށް ދިމްރާގެ އަތުގައި ހިފާއި ދަމާލުމަށްފަހު ގެންގޮސް ކައިރީ ހުރި ފާރުގައި ޖެއްސުނު ގޮތެއްވެސް ނޭނގުނެވެ.ޔުއާންގެ މި ކުއްލި އަމަލުން ދިމްރާވެސް ހުރީ ސިހުންލިބި ޝޮކެއްގައެވެ. ޔުއާންގެ ފަރާތުން މިފަދަ އަމަލެއް ފެނިދާނެކަމަށް ދިމްރާއަށް ހީކުރެވިފައިވެސް ނެތެވެ.

ޔުއާން ބޯ ތިރިކޮށްލީ ދިމްރާގެ މޫނާ އޭނާގެ މޫނު ސީދާ ވާނެ ވަރަށެވެ.އެވަގުތު ޔުއާންގެ އެ ކައިރިކަމުން ދިމްރާއަށް ހީވީ ނޭވާ ކަރުގާއި ތާށިވި ހެންނެވެ.އެތެރެއަށް ދަމާލި ނޭވާ ބޭރަށް ދޫކޮށްލާކަށްވެސް ހަނދާނަކަށް ނައެވެ.

“އައި ކާންޓް..ކިތަންމެ ބޭނުންވިޔަސް އަހަރެންނަކަށް ދިމްރާއަކާ ދުރުގައެއް ނުހުރެވޭނެ..ދިމްރާ ކިތަންމެ ރުޅި އަޔަސް ދިމްރާއަކަށްވެސް އަހަރެންނަކާ ދުރުގައެއް ނޫޅެވޭނެ” ދިމްރާއާއި ހަތަރުކަޅި ހަމަކޮށްގެންހުރެ ޔުއާން އިއްވަމުން ދިޔަ ބަސްތަކުން ދިމްރާއަކަށް އެކައްޗެއްވެސް ފަހުމެއް ނުވިއެވެ.ޔުއާންގެ އެ ބަސްތަކުގައި އެކުލެވިފައިވަނީ ކޮންކަމެއްކަމެއް ދިމްރާއަކަށް ނަގައިގަންނާކަށް ނޭނގުނެވެ. އެނގުނުހާވެސް އެއްޗަކީ އެ ބަސްތަކުގާއި ފުންމާނައެއް އެކުލެވިފާއި ވާކަމެވެ.ހުދު ޔުއާންއަށްވެސް އެބުނެވުނު ބަސްތައް އެބުނެވުނީ ވިސްނާފައި ހެންނެއް ހިއެއް ނުވެއެވެ.ޔުއާންގެ ލޮލުގައިވެސް ވީ އެފަދަ އަސަރެއް ކަމަށްވީއިރު އެ ލޮލުގައިވީ ތަފާތު ނަޒަރުފެނިވެސް ދިމްރާ ހުރީ ވިސްނަންވީ ކޯއްޗެއްކަން ނޭނގިފައެވެ.

“އަހަރެން މިއޮއްހާ ދުހު މި މަސައްކަތްކުރީ ދިމްރާއާ އެކަނިވެލާނެ ފުރުސަތެއް ނުލިބިގެން.. ކޯޒް އައި ވޯންޓް ޓު ސޭ ސޮރީ..ބަޓް ދިމްރާ އަހަރެންނަށް އެ ފުރުސަތު ދިނިންތަ..ޑެމިޓް.. ބަދަލުގަ ދިމްރާ އައީ އަހަރެން އިގްނޯރ ކުރަމުން.. އެދުވަހު އެކަން ކުރި މީހަކީ ލިމް..ބަޓް ޝީ އިޒް މައި ކަޒިން..އެހެންވެ އޭނަ ދިފާއު ކޮށްދޭން އަހަރެން އެ ކުށުގަ އެޅުނީ..އެއީ އަހަރެންނަށް މާފު ކުރިޔަސް ލިމް އަށް ދިމްރާ މާފު ނުކުރާނެތީ.. މިހާރު އެނގިިއްޖެއްތަ އެދުވަހު ކީއްވެކަން އަހަރެން އެގޮތަށް ކަންތައްކުރީ” ޔުއާން މިހެންބުނެ އަނެއްކާވެސް ދިމްރާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

ދެލޯ ބޮޑު ކޮށްލައިގެން ހުރި މައުސޫމު ގޮތް ފެނިފާއި ޔުއާންއަށް ވެގެން ދިޔައީ ތަފާތު ގޮތްތަކެކެވެ.ކުރެވެމުން ދިޔަ އިހުސާސްތަކުން ނަފްސު ކޮންޓްރޯލް ކުރަން އުނދަގޫ ވަމުން ދިޔައެވެ.ހަށިގަނޑުގައި ހިނގަމުން ދިޔަ ލޭ ދައުރުވުން އަވަސްވެގެން ދިޔައިރު ހިތް އާދަޔާ ހިލާފަށް ތަފާތު ވިންދެއް ޖަހަމުންދިޔަކަން އިހްސާސް ކުރެވުނެވެ.ދިމްރާގެ މޫނުގައި އަތް ޖައްސާލެވުނީވެސް އަމިއްލަ އިޙްތިޔާރަކު ނޫނެވެ. އޭރު ދިމްރާގެ ލޮލުންވެސް ޔުއާންއަށް ފެންނަމުން ދިޔައީ ތަފާތު އަސަރެކެވެ.

ޔުއާންގެ އެ ބީހިލުމުން ދިމްރާއަށްވެސް ކުރެވިގެން ދިޔައީ ބުނެދޭންދަތި އިހުސާސެކެވެ.ޔުއާން އެކޭ އެއްފަދައިން އޭނާގެ ރުޅިވެސް އެވަގުތު ދިޔަތަނެއް ނޭނގުނެވެ.ޔުއާންގެ އަތް ފޮޅުވާލާކަށްވެސް އެވަގުތު އޭނާގެ ހަނދާނަކަން ނައެވެ.ހުރެވުނީ ޔުއާންގެ އެ ބީހިލުމަށް އިޖާބަދޭ ފަދަޔަކުންނެވެ.ޔުއާންގެ އަތުގެ ތެރެއަށް އޭނާ ވަންނަން އެހިތް ބާރު އަޅަމުން ދިޔުމުން ދިމްރާ ހުރީ ގަބޫލު ނުކުރެވިފައެވެ. އެދެލޮލުން އޭނާއަށް ޖެއްސީ ކޮންފަދަ ސިހުރެއް ހެއްޔެވެ؟މިނޫނީ އޭނާއަށް މިފަދަ ތަފާތު އިހުސާސްތަކެއް ކުރެވިފައެއް ނެތެވެ.ހިތް ބިރުގަތީ އެހެންވެއެވެ.ނަމަވެސް އެ ބިރު ހިތުގާއި ވީ އިރުވެސް ޔުއާންގެ ނިއްކުރިމައްޗަށް ފައިބާފައިވާ އިސްތަށިކޮޅާއި އޭނާއަށްވެސް ކުޅެލެވުނީ ހިތް އެކަމަށް މަޖުބޫރު ކުރުމުންނެވެ.އަމިއްލަ އިޙްތިޔާރަކު ނޫނެވެ.

ދިމްރާގެ ފަރާތުން އެފަދަ އޯގާތެރިކަމެއް ލިބުމުން ޔުއާންއަށް ދެލޯ މަރާލެވުނީ ލިބުނު އާދަޔާހިލާފު ހިތްހަމަޖެހުމަކުންނެވެ.އިރުކޮޅަކު އެހެން ހުރެލުމަށްފަހު ޔުއާން ދެލޯ ހުޅުވާލީ ދިމްރާ އަތްދުރުކޮށްލުމުންނެވެ.ދިމްރާގެ މޫނަށް ނަޒަރު ހުއްޓާލެވިފައިވާއިރު އެހިތް ބާރު އަޅަމުން ދިޔައީ ދިމްރާއާއި އިތުރަށް ގާތްވެލުމަށެވެ.އެ ފިޔާތޮށި ތުންފަތުގައި ބޮސްދިނުމަށް އެހިތް ގޮވަން ފެށުމުން ޔުއާންއަށް އިތުރަށް ނަފްސު ކޮންޓްރޯލެއް ނުކުރެވުނެވެ.މަޑުމަޑުން ދިމްރާގެ މޫނާ މޫނު ގާތްކޮށްލެވެމުން ދިޔައެވެ.

“މަންމީ…..”                     ދިމްރާއަށް ހޭވެރިކަންވެ ސިހުން ލިބުނީ އުދުހިލާފަ އާއި ކުރައްޕެއް ޔުއާންގެ ކޮނޑުގައި އިށީންތަން ފެނުމުންނެވެ.ދިމްރާ ހަޅޭއްލަވައި ގަތުމުން ޔުއާންވެސް ދިޔައީ ސިއްސައިގެންނެވެ.ޔުއާންއަށް ލިބުން ސިހުމުގައި ފަހަތަށް ޖެހިލެވުނީ ވާނުވާވެސް ނޭނގި ހުރެއެވެ.ނަމަވެސް ދިމްރާ އަތުގެ އިޝާރާތުން ޔުއާންގެ ކޮނޑު ދައްކަން ފެށުމުން ޔުއާންއަށް ކޮނޑާދިމާލަށް ބަލައިލެވުނެވެ.ދިމްރާއަށް ވެގެން އުޅޭގޮތް ޔުއާންއަށް ނަގައިގަނުވުނީ ދެނެވެ.

ޔުއާން އަތުން އެ ފޮޅާލުމާއިއެކު ދެން ފެނުނީ ދިމްރާ ހުރި ދިމާލަށް ކުރަފި އުދުހިގަތްތަނެވެ. އެއާއެކު ކުރިއަށްވުރެ ބާރަށް ހަޅޭއްލަވައިގެންފާ ދިމްރާ ދުއްވައިގަތީ ސޯފާތަކާ ދިމާލަށެވެ.އެތާހުރެ ކަންފަތުގައި އަތްއަޅައިގެން ހުރެ ހަޅޭއްލަވަމުން ދިޔައިރު ދެލޯ ހުރީ މަރިއިގެންނެވެ.

ޔުއާންއަށް ދިމްރާގެ ކައިރިއަށް ދެވުނީ ދިމްރާ ހަޅޭއްލަވާވަރުން ބޮލަށް އުނދަގޫ ވީވަރުންނެވެ. ނަމަވެސް ޔުއާން އައިސް ކަންފަތުން އަތް ނައްޓާލުމުގެ ކުރިން ދިމްރާ ދެލޯ ހުޅުވާލިއެވެ. އެއާއެކު އަނެއްކާވެސް ދެލޯ ހުޅުވާލުމާއިއެކު ދިމްރާގެ ލޮލުގައި އަޅައިގަތީ އެދިމާލަށް އުދުހިފާއި އަންނަ ކުރައްޕެވެ.އެހެންކަމުން ޔުއާންގެ ގަމީހުގައި ހިފާ ދަމައި ގަނެވުނީީ އެ ކުރަފި އެ އަންނަ ގޮތަށް އައިސްފި ނަމަ އަނެއްކާވެސް އިށީންނާނީ ޔުއާންގެ ގައިގައި ކަމަށް ވީތީއެވެ.ނަމަވެސް ޔުއާންގެ ގަމީހުގައި ހިފާއި ދަމައިގަތުމާއިއެކު ސޯފާ ކޮޅުގާއި އަޅައިގެންފާ ދިމްރާ އަރިއަޅާލިއެވެ.މިކަމަށް ނުވިސްނާހުރި ޔުއާންވެސް ދިމްރާއާއިއެކު ވެއްޓެން ދިޔައެވެ.ދިގު ސޯފާ މައްޗަށް ދިމްރާ ވެއްޓުނުއިރު ޔުއާން އޮތީ ދިމްރާގެ ގައިމައްޗަށް ވެއްޓިފައެވެ.

އެވަގުތަކީ ދޮރު ހުޅުވާފައި ޔުއާންގެ މަންމަ ގެއަށް ވަތް ވަގުތެވެ.ފަހަތުން ދިޔާންވެސް ވަދެގެން އައެވެ.ފެނުނު މަންޒަރުން ދެމީހުންގެވެސް ދެލޯ ދިޔައީ ބޮޑު ވެގެންނެވެ.ހުރިތަނަށް ގާވެފާއި ހުއްޓާ ފަހަތުން އުޝާއާއި ރީމް އަދި ޝާރިމްވެސް ވަދެގެން އައެވެ.ދިޔާންއާއި ޔުއާން މަންމަ ހުރިގޮތުން އެމީހުން ފުރަތަމަ ތިބީ ވާނުވާ ނޭނގިފައެވެ.އެމީހުންނަށްވެސް ދިޔާންމެނަށް ފެނުނު މަންޒަރު ފެނުނީ ދިޔާންމެން ކައިރިއަށް އައިސް ހުއްޓިލުމުންނެވެ.އެ ތިން މީހުންނަށްވެސްވީ ދިޔާންމެނަށް ވީ ވަރެވެ.ހުރިތަނަށް ހުއްޓި ލެވުނީއެވެ.ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވިއެވެ. އޭރު އަދި ޔުއާންއާއި ދިމްރާއަކަށް އެތާ ބަޔަކު ތިބި ކަމެއްވެސް ނޭނގެއެވެ.އެކަމަށް ވިސްނޭ ވަރަށްވުރެ ދެމީހުންވެސް ތިބީ އަމިއްލަ ދުނިޔެއެއްގައެވެ.

“ޔުއާން” ދިޔާންގެ ބާރު ހަޅޭކުގެ އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ހަމަހޭވެރިކަން ވުމާއިއެކު ދެމީހުންނަށްވެސް ފުންމައިގެން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.އޭރު ދިޔާންވެސް ބާރު ހިނގުމުގައި އެމީހުން ކައިރިއަށް އައިސް ހުއްޓިލަނީއެވެ.ހީނުކޮށް ހުއްޓާ ޔުއާންގެ މޫނު މައްޗަށް އަރައިގެން ދިޔައީ ދިޔާންގެ އަތުގެ ހޫނު ހަމަލާއެކެވެ.ޔުއާންއަށް ސިހުންލިބިގެން ދިޔައިރު ދިމްރާއަށް ދެލޯ ބޮޑު ކޮށްލަމުން އަނގަމަތީ އަތްއަޅާ ލެވުނެވެ.ދިޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.ދެވަނަ ފަހަރަށްވެސް ދިޔާންގެ އަތް އުފުލާލެވުނީ ޔުއާންގެ މޫނުމަތީ ޖެހުމަށެވެ.

ދިޔާންގެ އަތް އުފުލުނީ ޔުއާންގެ ގައިގަ ޖަހަންކަން އެނގުމުންވެސް ޔުއާންއަށް ދުރަށް ޖެހިލާކަށް ހިތަކަށް ނައެވެ.ނަމަވެސް ހީކުރި ގޮތާއި ހިލާފަށް އެ އަތުގެ ހޫނު ހަމަލާއެއް ޔުއާންގެ މޫނު މައްޗަކަށް މިފަހަރަކު ނޭރިއެވެ.މިފަހަރު އެ ހަމަލާ އެރީ ޔުއާންގެ ދިފާއުގައި އެދެމެދަށް ވަތް ދިމްރާގެ މޫނު މައްޗަށެވެ.ދިޔާން ޖެހިލެން ބާރުކަމުން ދިމްރާގެ ހެއަށްވެސް ގޮތްވެގެން ދިޔައެވެ.ރުޅީގައި ދިޔާންއަށް އަތުން ޖެހުނީ އެހާވެސް ބާރަށެވެ. ދިމްރާގެ މޫނުމަތީގައި ޖަހާލެވުމުން ދިޔާންއަށްވެސް އެހެންމީހުންނެކޭ އެއްފަދައިން ލިބިގެން ދިޔައީ ޝޮކެކެވެ.ފަހަތަށްވެސް ޖެހިލެވުނެވެ.އެވަގުތު ޔުއާންއަށް ދިމްރާގެ ދެކޮނޑުގައި ހިފާއި ގައިގައި ޖައްސާލެވުނީ ދިމްރާ ވެއްޓިދާނެހެން ހީވުމުންނެވެ. ނޭނގުމެއްގައިވިޔަސް ދިޔާންއަށް ޖެހުނީ އެހާވެސް ބާރަށެވެ.

“ޔާން..ޔާންއަށް ތި ހީކުރެވުނީ އަދި ރަނގަޅަކަށް ނޫނޭ..ޔުއާން އުޅުނީ ތި ހީކުރާ ކަހަލަ ގޯސްކަމެއް ކުރާކަށް ނޫން..އުދުހޭ ކުރައްޕެއް ފެނިގެން އަހަރެންނަށް ޔުއާން ގައިގަ ނޭނގި ހުއްޓާ ހިފާއިގަނެވުމުން އަހަރެންނާއެކު ޔުއާންވެސް ވެއްޓުނީއޭ” ދިމްރާއަށް ވާހަކަ ދެއްކުން ވެގެން ދިޔައީ އުނދަގޫ ކަމަކަށެވެ.އަނގައިގަ ލޭ ރަހަ ލީ ހެންވެސް ހީވިއެވެ.ބާރުގަދަ ފިރިހެނަކު ރުޅި އައިސްގެން ޖަހާއިރު ކިހާ ބާރަކަށް ޖަހާނެ ހެއްޔެވެ؟

ދިޔާންގަތީ ލަދެވެ.އޭނާއަށް އެންމެ ގާތް ރަހުމަތްތެރިޔާއަށް އިތުބާރެއް ނެތޭ ޔުއާން މިހާރު ހީކުރާނެއެވެ.އަނެއްކޮޅުން ޔުއާންގެ މަންމަ ހުއްޓަ މޫނުމަތީ އެގޮތަށް ޖެހުމުން ޔުއާންވެސް ކިހާ ލަދެއް ގަންނާނެ ހެއްޔެވެ؟އޭނާއަށް ފެނުނު މަންޒަރަށް އެހާ އަވަހަށް ގޮތް ނިންމުނީ ކީއްވެ ހެއްޔެވެ؟ފުރަތަމަ ރީއްޗަށް އަހާލެވުންނަމަ މިހެންނެއް ނުވީސްއެވެ.އެދެމީހުންނަކީ އެވަރަށް ފައިޓްކޮށް އުޅޭ ދެ މީހުންނަށްވީއިރު އެފަދަ ކަންތައް ހިނގާފާނެ ކަމަށް ކުރިން އެ ސިކުނޑިއަށް ނުވިސްނުނީ ކީއްވެ ހެއްޔެވެ؟ މަންޒަރު ބަލަންތިބި އެންމެންވެސް މިހާރު އޭނާއާއި ދޭތެރޭ ދެކޭގޮތް ބަދަލުވާނެކަން ޔަޤީނެވެ.އޭނާއަށް އަމިއްލަ ނަފްސު ދެކެވެސް ރުޅި އާދެވިއްޖެއެވެ.

ގާތް މީހުންނަށްވެސް އޭނާއަށް ފުރިހަމަ އިތުބާރު ނުކުރެވެނީ ހެއްޔެވެ؟ނޫނެކެވެ.އޭނާއަށް އެ މަންޒަރު ބަލަން އުނދަގޫވީ ދިމްރާ އޮތީމައެވެ.ޔުއާން އެ މަޤާމުގައި އޮތީމަކާ ނޫނެވެ.ދިމްރާއަށް ގޮތެއް ވެއްޖެނަމަ އޭނާއަކަށް ދުވަހަކުވެސް އަމިއްލަ ނަފްސަކަށް މައާފެއް ނުކުރެވޭނެއެވެ.ޔުއާންގެ މަގާމުގާ ކޮންމެ މީހަކު އޮތް ނަމަވެސް އޭނާއަށް އަތް އިސްކުރެވުނީހެވެ.އެހާވެސް އޭނާ ދިމްރާދެކެ ލޯބިވެއެވެ.ޖެއްސުންކޮށް ހެދިޔަސް އޭނާގެ އަމަލުތަކުގައި ދިމްރާއަށް ލޯބިނޫން އެއްޗެއް ނުވާނެއެވެ.

ހިތަށް ވެރިވެގެން ދިޔަ ހިޔާލުތަކުން ދިޔާންއަށް ދެއަތުން ބޮލުގައި ހިފަހައްޓާ ލެވުނެވެ.ދުވެފާއި ޓެރަހަށް އަރަން ދެވުނީ އެއްވެސް މީހަކާ މޫނު ދިމާކުރަން ނުކެރިގެންނެވެ.ދިޔާން ޓެރަހަށް އެރިގޮތަށް ދިޔައީ މަގުމަތި ވެންނަ ފަރާތުގެ ރެއިލިން ކައިރިއަށެވެ.ރެއިިލިންގައި އެ އަތުން ތަޅަމުން ދިޔައީ އެއަތުން އެންމެ ލޯބިވާ ދެފަރާތަށް އަތްއިސްކުރެވުމުންހެން ހީވެއެވެ.ފަހަރަކަށްވުރެ ފަހަރެއް ރެއިލިންގާއި އަތުން ޖަހާލާލެން ބާރެވެ. ނަމަވެސް ފަސް ހަބުރު ޖަހާލުމުންވެސް އެ ހިތަށް ހަމަޖެހުން ލިބުނު ކަމަކަށް ނުވިއެވެ.އެހެންކަމުން ދެންވެސް އަތްނެގީ ރެއިލިންގައި ޖަހާލުމަށެވެ. ނަމަވެސް އޭގެ ކުރިން މީހަކު އޭނާގެ އަތުގައި ހިފިއެވެ.

“ޔާން ސްޓޮޕިޓް” ޔުއާން ދިޔާންގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ބުނެލިއެވެ.

“އާން..އައިމް ސޮރީ..ޖަސްޓް ސޮރީ..އަހަރެންނަށް މާއަވަހަށް އަތް އިސްކުރެވުނީ..އެވެސް އަދި ޒީނައްތަ ކުރިމަތީ..ޕްލީޒް..އާންއަށް ޓްރަސްޓް ނެތީއޭ ހީ ނުކުރައްޗޭ..އަސްލު ދިމްއަށް ގޮތެއް ވެދާނެތީ އަހަރެންނަށް އަބަދުވެސް ހުރެވެނީ ބިރުން..އެހެންވެ ކަންނޭނގެ ސިކުނޑިއެހާ ރަނގަޅަށް މަސައްކަތްނުކުރީ..އަހަރެން….” ދިޔާންއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އިތުރަށް އެއްޗެއް ބުނަން އުނދަގޫވެގެން ދިޔައިރު ލޮލުން ވެއްޓިގެން ދިޔައީ ކަރުނަ ތިއްކެކެވެ. އެހާވެސް އޭނާ މިރޭ ދެރަވެއްޖެއެވެ.ޔުއާންއަކީ އޭނާގެ އެންމެ ދުވަސްވީ އެކުވެރިޔާއެވެ. ދެގޮތެއްނުވެ މިއަދާ ހަމަޔަށް އޭނާކައިރީ ހުރެދިން އެއްފަރާތެވެ.އެފަދަ މީހަކަށް ކުޑަވަގުތު ކޮޅަކަށްވިޔަސް އިތުބާރު ގެއްލިގެން އަތް އަތްއިސްކުރެވުނީތީ އޭނާ ލަދުގަނެއްޖެއެވެ.އެހާމެ ދެރަވެސް ވެއްޖެއެވެ.

“ޔާން!ކަމޯން..އަހަރެން ރުޅިއެއް ނާދެޔޭ.. އަހަރެންނަށްވެސް ޔާންގެ މަޤާމުގަ ހުރިނަމަ އެފަދަކަމެއް ކަންނޭނގޭ ކުރެވޭނީ..މޯމްވެސް ނާންނާނެ ރުޅިއެއް..ސޯ ޖަސްޓް ލީވްއިޓް. އަހަރެން ހަމަ ކޫލްއޭ” ޔުއާން މިހެންބުނެ ދިޔާންގެ ގައިގަ ކުޑަކޮން ބައްދާލިއެވެ.އަދި ކުޑަކޮށް ދިޔާންގެ ގުދުގައި ތަޅާލިގޮތުން ދިޔާން މަޑުމަޑުން ހޭންފެށިއިރު ޔުއާންގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ.އޭރު ދިމްރާމެންވެސް އައިސް ޓެރަހަށް އަރައިފިއެވެ.

“އަހަރެންނަށްވެސް ދީބަލަ ތިކަހަލަ ހަގެއް” ދިމްރާ އެދެމީހުންނާ ކައިރިއަށް އަންނަމުން ބުނެލިއެވެ. ދިމްރާގެ އަޑަށް ދިޔާންއަށް ދުރަށްޖެހިލެވުނެވެ.އަދި އަވަސް ހަރަކާތަކާއިއެކު ދެންފެނުނީ ދިޔާން ދިމްރާގެ ގައިގައި އޮޅުލައިގަތްތަނެވެ.ހީވީ ބެއިޙްތިޔާރުގައި ދިޔާންއަށް ކޮށްލެވުނު ކަމެއް ހެންނެވެ.ދިޔާންގެ މި އަމަލުންވެސް ދިޔާން ދެރަވެފައިވާ ވަރު ހާމަކޮށްދިނެވެ.އަދި ހަމަ އެހެންމެ ކޮއްކޮއަށްޓަކައި އެ ހިތުގައިވާ މަތިވެރި ލޯބިވެސް ސިއްރެއް ނުވެއެވެ.

“އޭ ސުޕަރމޭން..ތިހެން މާ އިމޯޝަނަލްވީމަ ނުވެސް ގުޅޭނުން..ދެން އެއްކަލަ ލޯބިލޯބި ރީތި ހިނިތުންވުން ދީބަލަ..އެ ނުފެނިގެން މިރޭ ހޯދާތާ ކޮންއިރެއް” ދިމްރާ އެހެންބުނުމުން ދެރަވެފަ ހުރި ނަމަވެސް ދިޔާންއަށް ހެވުނެވެ.އަދި ބޮޑަށް ދިމްރާ ގާތް ކޮށްލިއެވެ.

“ސޮރީ ޕްރިންސެސް”               “އިޓްސް އޯކޭ އޭ ޔާން..އެހެންނޫނަސް ތިކަހަލަ ޕްރޮޓެކްޓިވް ބޭބެމެން ތިބެންޔާ އެކަހަލަ ހަމަލާތައް ލިބޭނެތާދޯ..އަހަރެންތާ އެހެންވީމަ ހޭނެއް ޖެހޭނީ” ދިޔާން ދެރަވެފައި ހުރީތީ ދިމްރާ ބެލީ ވީހާވެސް މަޖާ މާޙައުލެއް ޤާއިމު ކުރެވޭތޯއެވެ.ހަޤީގަތުގައި ދިޔާން ދެރަވީތީ ދިމްރާވެސް ދެރަވެއްޖެއެވެ. ދިޔާންއަކީ އޭނާގެ ހަޔާތަށް ވަރަށް މުހިންމު މީހެކެވެ.ދިޔާން އޭނަދެކެ ވާ ލޯބި އޭނާއަށް ސިއްރު ވެފައެއް ނެތެވެ.އެހެންމެ އޭނާވެސް ދިޔާންދެކެ އިންތިހާއަށް ލޯބިވެއެވެ.

“އެ އޯކޭއޭ ހީރޯ..މިހާރު ތިއުޅެނީ އަހަރެންގެ ކަށިކޮޅުވެސް އުފުރާލަންހެން ހީވަނީ..ތީ އާދައިގެ ލޯތްބެއް ނޫން އެނގޭ” ދިމްރާ މިހެންބުނެ ހޭންފެށިއެވެ.ދިޔާންއަށްވެސް ދުރަށްޖެހިލެވުނީ އޭނާއަށް ދިމްރާގެ ގައިގައި ހިފަހައްޓާލެވިފައިވަނީ ވަރަށް ބާރަންކަން އިހުސާސްވުމުންނެވެ.އޭރު އެ ތުންފަތުގައިވެސް ވަނީ ހިނިތުންވުމެވެ.

“ލާނެއްގަނޑު” ދިޔާން ދިމްރާގެ އިސްތަށިގަނޑު ހާވާލަމުން ބުނެލިއެވެ.

“ލަވް ޔޫ ޓޫ ޔާންބޭ” ދިމްރާ ރުޅިއައުމުގެ ބަދަލުގައި ކުރިއަށްވުރެ ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން ބުނެލިއެވެ.

“ހީހީ..ލަވް ޔޫ ބޭބް” ދިމްރާ އެހެން ބުނުމުން ދިޔާން އެއްމިޔަކަނުން ހީލަމުން ބުނެލިއެވެ.އެތާ ހުރި އުޝާވެސް ދިޔާންގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ.ހަތަރުކަޅި ހަމަވެގެން ދިޔުމާއިއެކު ދިޔާންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ.ވީގޮތް އެންމެންނަށްވެސް ނަގައިގަނެވުނެވެ.އެހެންކަމުން އުޝާއާއި ދިޔާންއަށް ވަގުތުކޮޅެއް ދީފައި އެމީހުން އެތަނުން ނުކުންނަން ހިނގައިގަތެވެ.ދިޔާން ހުރި ފިޔަވަޅު މަތީ ހުއްޓިލައިގެން ހުރިއިރު ކުރިއަށް ހިނގައިގަތީ އުޝާއެވެ.މަޑުމަޑުން ދިޔާންއާއި ދިމާލަށް ފިޔަވަޅު އަޅަމުން ދިޔައިރު އެ އެދެލޯ ސީދާވެފައި ހުރީ ދިޔާންގެ ލޮލަށެވެ.ކައިރިއަށް ހުއްޓުނު އިރުވެސް ނަޒަރު ވަކިކޮށެއް ނުލައެވެ.

“ލަވްޔޫއޭ”                     “ބޭބީއޭ” އުޝާ ކޮންމެ ލަފުޒެއް ބުނަމުން ދިޔައީ ދިޔާންގެ މޭގައި އަތްއަޅާ މަޑުމަޑުން ކޮއްޕާލަމުންނެވެ.ފަހަތަށް ފިޔަވަޅު އެޅެމުން ދިޔައިރު ދިޔާން މަސައްކަތްކުރީ އަނގައިން އެއްޗެކޭ ބުނެވޭތޯއެވެ.

“ޕްރިންސެސް އޭ”                 “އުޝް..އަހަރެން…”                 “އަހަރެން ކޯއްޗެއް ޔާން؟”             “އުޝް އެއީ އަހަރެން ލޯބިވާތީއޭ..ކޯޒް ޝީ އިޒް މައި ބޭބީ ސިސް” ދިޔާން އެހެން ބުނުމާއިއެކު ފެނިގެން ދިޔައީ އުޝާ ދިޔާންގެ ގައިގައި ބައްދައިގަތްތަނެވެ.ހީނުކޮށް ހުއްޓާ އުޝާގެ ފަރާތުން ފެނިގެން ދިޔަ އަމަލުން ދިޔާންއަށް ލިބިގެން ދިޔައީ ސިހުމެކެވެ.

“ލަވްޔޫ ސޯ މަޗް..ތިވަރުގެ ޕްރިންސެއް ދުވަހަކުވެސް ދެން އަހަރެންނަކަށް ނުލިބޭނެ.. އަހަރެން ވަރުގެ ލަކީގާލްއެއް ހުރި ކަމަކަށް އަހަރެން ނުވެސް ދެކެން..ކޯޒް ޔާން އަހަރެންގެ ލައިފްގަ ހުރީމަ..އިރާދަކުރެއްވިއްޔާ މި ގުޅުން އަބަދު މި ގޮތުގަ ލަހައްޓަވާނެ” އުޝާ މިނޫނީ އިސްވެ “އައިލަވްޔޫ” ބުނެފަކާއެއް ނެތެވެ.އެހެންކަމުން ދިޔާންއަށް އެވަގުތު ކުރެވުނު އުފާވެރި އިހްސާސް ބަޔާންކުރަންވެސް ދައްޗެވެ. މަޑުމަޑުން ދިޔާން އުޝާގެ ގައިގައި ދެއަތް ވަށާލިއެވެ.ލޯބިވެތި ކަމާއި އެކުއެވެ.

“އަހަރެން ދުވަހަކުވެސް ރުޅިއެއް ނާންނާނެ ޔާން ދިމްއަށް ކިތަންމެ ވަރަކަށް ލޯބިދިނަސް..އޭގެ ބަދަލުގަ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް ތިފަދަ ބޭބެއެއް ލިބުނީތީ އަހަރެން އުފާކުރަން.. އަހަރެންވެސް އެހާ ވަރަށް ދިމްދެކެ ލޯބިވޭ..ހަމަ ކޮއްކޮއެއް ގޮތަށް އަބަދުވެސް ދެކެވެނީ..ރީ އާ ދިމް އެއީ އަހަރެންގެ ހަޔާތުން ދުވަހަކުވެސް ބަދަލު ނުކުރެވޭނެ ދެމީހުން..ސޯ އަހަރެންނަށް ދޭ ވަރަށް ދިމްއަށް ލޯބިދީގެން އަހަރެން ޕްރައުޑް ވާނީ” އުޝާ އިތުރަށް ދިޔާންގެ މޭގައި ބޮނޑިވެލަމުން ބުނެލިއެވެ.އުޝާގެ ކޮންމެ ބަހަކުން ދިޔާންގެ ހިތް އުފަލުން ފޮޅިގެން ދިޔައެވެ.އުޝާ އޭނަދެކެ ވާ މަތިވެރި ލޯބި އެކަމުންވެސް އޭނާއަށް ހާމަ ކޮށްދީފިއެވެ.

“ލަވް ޔޫ ޓޫ މައި ޖާން” ދިޔާން މިހެންބުނެ އުޝާ އުރާލަމުން އެނބުރިގަތެވެ.އެއާއެކު ފަޒާގާއި އެކުވެގެން ދިޔައީ އުޝާއާއި ދިޔާންގެ ހުނުމުގެ އަޑެވެ.އުޝާ ތިރި ކޮށްލަމުން ދިޔާން ބިންމަތީ ބަހައްޓާލިއިރު ދިޔާންގެ ލޮލުން އުޝާއަށް ފެނިގެން ދިޔައީ އުޝާއަށްޓަކާ ދިޔާންގެ ހިތުގައިވާ ސާފު ލޯތްބެވެ.

“އެންޑް ލަވް ޔޫ ސޯ މަޗް..ފޯރ އެވާރ އެން އެވާރ” ދިޔާން މިހެންބުނެ އުޝާގެ ނިއްކުރީގައި ދިޔާންގެ ނިއްކުރިވެސް މަޑުމަޑުން ޖައްސާލިއެވެ.އެއާއެކު ދެމީހުންގެ މޫނު މަތިންވެސް ފެނިގެން ދިޔައީ އުފާވެރި މާނަފުން ހިނިތުންވުމެކެވެ.ޓެރަހުގެ ބޭރު ދޮރުކައިރީ ތިބި ހަތަރު މީހުންނަށްވެސް ފުން ނޭވާއެއް ލެވުނީ ލިބުނު ހިތްހަމަޖެހުމުންނެވެ. އިތުރަށް އެތާ މަޑުކުރަން ނުހަދާ ހަތަރު މީހުންވެސް އަވަހަށް ބެލީ ތިރިއަށް ދެވޭތޯއެވެ.އެއީ އެމީހުންގެ ސަބަބުން އެދެމީހުންގެ އެ އުފާވެރި ވަގުތު ކޮޅަށް ހުރަސް އެޅެން ނޭދޭތީއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (132)

  1. luhan

    V salhi..???

    1. ithoo
      luhan

      Thanxx Luhan ?

  2. luhan

    Nxt prt avas kohdheythi ingey..V v v reethi..?

    1. ithoo
      luhan

      Thanxx once again luhan ?

  3. ReeXa

    Mi part vx varah varah reethi… just don’t know what to say… obinex to the max. .. ReethiNess to the max…. and so on… keep it up… nowadays this is the best story I am reading in esfiya…

    1. ithoo
      ReeXa

      Awwhh..dear..really really really happy to hear that..v happy vehje hama aslah vx..hehe..hykuran thigothah abadhu vx stry kiyaane kamah..thanxx ReeXa???

  4. Kitty

    How many parts more n whn next part I love this story plx reply

    1. ithoo
      Kitty

      Thanxx kitty..neynge dear adhi bunaakah..adhi varah bodu baai eba oih stry ga..☺

  5. Cherry

    V v rythi
    Egadyga ethanah kurafi ves annan vejje Viyya
    Ithuu ah igeytha v v v rythi
    V furihama
    Just love your work ???

    1. ithoo
      Cherry

      Thanxx cherry..dww..ekamu yuaan hithah araane dww naseebekey a kurafi ethanah a gady aai kan..haha..thanxx once again cherry ???

  6. Aki

    vvv reethi…. mirey adhi one part up kohla dheebaa

    1. ithoo
      Aki

      Thanxx Aki.. Ithoo vx v v v beynunve hurihaa kudhin up kohdheyshey kiyaathy kohdheyn..ekamu kyhkuraany dear..ithoo ah evaru hama vaan nethy..sry dear.n hykuran understand vaane kamah ?

  7. Cherry

    Btw komme dhuvahakuves second dhw milibeny
    Hehhe

    1. ithoo
      Cherry

      Hehe..ithoo bunymeynun thivaru rangalheyy..?

  8. Man J

    Please aammukoh up kuraa gadiyah mirey adhi eh part upkoddhyba
    Plz
    Plz
    Plz
    Plz

    1. ithoo
      Man J

      Alhe dearr..ithoo vx v beynunve up kohdheyn.. Ekamu ithoo ah hama evaru vaan nethyma..hope u all will understand..so stry ah inthixaaru kohdheefihyaa varah happy vaane ingey dear..really sry dear dissapoint kohlevun kamah takaa

  9. Chum Handi

    Ithoo ge fans ah dhuvahaku kameh koddhenya adhi one part mirey up koddhyba
    Cox ithoo bunymennu liyefa oi vaahaka ekey
    You just need uploading only
    So dhuvahakuves kameh koddhenya koddhyba
    Aaaadheys kuran
    Dhefaiga ves hifaa aadheys koffaaanan

    1. ithoo
      Chum Handi

      Alhey ithoo dhera vejje chum handi..fans ah takaa v v v up kohdheyn beynun..bt ithoo ah hama vaan nethy..yes stry nimifa ohnaanee..bt ithoo adhi ehaa fasteh noon liyaakah vx..kurukoh gennaakah vx beynumeh nuvey..mihaaru vx kudhin eba buney kuru vaahaka..ehenve dear..hope u will understand chum handi..aslu vx srryy dear n my all fans???????

    2. Civilians
      Chum Handi

      Right !!!!!
      Ithooooooo please!!!!!!!!!!!

    3. ithoo
      Chum Handi

      Plxx ok dww maadhamaa rey up kohdhineema..evaru rangalhu dww

    4. Chum handi
      Chum Handi

      What the hell… meekon thaaku chum handi eh…. ithoo… it’s totally not me… a new one… and don’t you dare write my name and write a comment again… not only you… anyone… ekakuves nuvaane chum handi ge namuga comment koh genneh… plus that’s not the style I comment… mi aslu chum handi ah heyo ithoo garuneh fahun up kurias…. ithoo ekagneh noon…. ok konme writer eh viyas… ehen ve kayashandy sorry ey buneema ves it’s ok ey bunee… I love all the writers… I appreciate the hard work they do… dhuvahaku ves dhefaiga hifaa aadheyheh nukuraanan… and another difference is aslu chum handi innaanee Chum handi liyaa iru ‘C’ fiyavaa ehen hurihaa akureh simple koh liyefa… and I hope I would never see a comment like this… i mean alhugandu ge agu vattaalaa adhi alhugandu ge namuga comment koh fa writers dhera kuraa than dhen fenijjeyaa comment report kuraanan… login vegen nama ves…. and ithoo I love this very very much… chum esfiya balaalee ves dhenme… ithoo ge kuree part ah innaane ‘top’ jahaafa konmes arrow eh jahaafa comment thakeh kohfa… after that esfiya ah vai handhaa neh nuvey…

    5. ithoo
      Chum Handi

      Plxxx eh vx kujjaku thigothah ithuru kujjakah nisbaih vaa name eh ga cmnt nukurun ithoo v edhen.. Vedhaane hama beynun nameh jahaaly kamah vx..bt aamukoh kujjaku gengulhey nameh jahaifihyaa a aslu cmnt kuri kujjaa nuvisni ithoo ah hykurevidhaane aew ehen kujjeh kamah..so plxx all try to understand..eh vahtharu name eh viyya thafaathu kohleveythw balaa ingeyy..

    6. Anonymous
      Chum Handi

      Hey ithoo…. chum ah ehaa baivaru ehchis liye vunee ithoo sad face thakeh jahaafa hureema…. and ithoo ah hee vedhaane dho aee aslu chum handi ehaa varah kurin support kohfa ithoo dherakohlee kamah dho… ehen ve high per v… but know ok… namaadh koh leema rulhi gossi…. I love this sto and I even love you too ithoo❤? Are you happy now? Well, I hope you are??

    7. ithoo
      Chum Handi

      Heheh chum handi.. Ithoo kurin vx rulhi eh naadhe deare dheke ingey..n thanxx for always supportin me..ithoo hama varah faahaga kuraa kujjeh chum handi thy..seriously happy ve chum handi ge habaru ithoo ah vaathy..thanxx for that dear…tc..luv u too..thanxx once again???

    8. Chum handi
      Chum Handi

      Dang it! ?? ipad inn comment kurangnaa abadhuves haalu… name jahaafa comment kuriyas irukolheh nuve nan dhaane… BTW your welcome ithoo?❤

    9. ithoo
      Chum Handi

      Hehe..a ok vaane chum handi..?

  10. Azli

    Wow… V v v v v v salhi.. Waiting for the next part ???

    1. ithoo
      Azli

      Awwhh..thanxx Azli??

    2. Chum handi
      Azli

      Is this azil? Chum ge baby brother ah ves kiyanee Azil… but he is just 4 months… ??

  11. Ish

    V gina kudhin ithuru bayakah edhifa eba in
    Ish ves v edhen ithoo ah vanya koddhinun
    Vaahaka v rythi vefa v furihama

    1. ithoo
      Ish

      Alheyy Ish..ithoo maadhama ah maadhanaa kohdhevidhaane..evaru k vaane dww..n thanxxx Ish??

  12. julie

    ithoo plx mirey adhi one part plx plx…heyonunaane adhi one part mirey up kohdheeba plx plx dhuvahakukolhunvx kameh kohdhenyaa plx

    1. ithoo
      julie

      Alhe dearr ithoo ah dhy maadhamaa ah furusathu…aee ithoo ah vaane varakee .hope u all will understand..

  13. YammYoon

    Yaaaaah… v v reethi… obinesss ingey hama…. ????????

    1. ithoo
      YammYoon

      Mi dhey therey yammyoon gehlifa dwq mi dhiyaee..thanxxx dearr…??

  14. Sharu

    Omg omg omg.. seriously miulhey firihnverin vehje mihaaru anhenunah respect kuran dhaskuran.. dhim ge a lecture v habeys hama… n yuan n dhim ge parts hama obiness to d max :* keep it up grl.. bala bala mi iny vx up veythw… i luv u grl 😉 ur d best writer

    1. ithoo
      Sharu

      Awwhh..thanxx sharu..glad to hear that..luv u too n thanxxxx ???

    2. Sweetie
      Sharu

      Firihenveringe edhunverikan kandanvee dho?????????

  15. mnnm

    ithoo???????.. my dear haadha reechey story.. keep it up.. v v beynun next part.. this is the best story ever..??

    1. ithoo
      mnnm

      Awwhh..v happy vejje..dearr ah ehme kamudhaa stry ah v ma..thank u so much mnnm??????

  16. Civilians

    Dhen hama Monday gatha????
    Nehyyyyyyyy!!

    1. ithoo
      Civilians

      Noonnn..maadhamaa ah up kohdheyn mi visnanyy..evaru k dww dearr

  17. ithoo

    Alhe..ithok ah hurihaa kudhin dheyn v nun eh dhuhuge muhdhathah..eyrun In sha Allah maadhama up kohdheynan..plxx rply all..

    1. Ish
      ithoo

      Sure love
      Hama kiyaa hithun nuhureveny

    2. ithoo
      ithoo

      Thanxx Ish?

    3. Chum handi
      ithoo

      Ish ge comment copy kohlaa hih vany… sure love❤️… hehe

  18. Dhimra and Yuan shipper

    Omg..Can’t wait 4 dhe next prt..Mi prt ves v rythi..ithoo ur dhe best..Next prt maadhan genesdhyba..Luv u..

    1. ithoo
      Dhimra and Yuan shipper

      Awwhh..thanxx dearr..happy to hear that..luv u too ??

  19. Mimmi

    Alhey please ithoo next part mirey up koh dheeba varah reethi mi vaahaka alhey dhe faaga hifaafa mi buny? alhey pls pls pls pls pls ithoo ???

    1. ithoo
      Mimmi

      alhey dear..sryy to say..bt mire aku ithoo akah nueh vaane..bt In sha Allah maadhen rey up kuraanan..wait kohdheyne kamah ummedhu kuran..

  20. Maly

    Ithoo.. mi vaahaka v v v reethi.. nw konme dhuvahaku inthizaaru kurevey mi vaahaka ah.. next part adhi mi part ah vure reethi vaane kamah unmeedhu kuran… keep it up ithoo.. love u.. ??

    1. ithoo
      Maly

      Awwhh..glad to hear that dearr..thanxx a lot Maly..luv u too?

  21. Naash

    Ok ithoo… story is v nice and intresting . Can understand. Take ur time.???

    1. ithoo
      Naash

      Awwhh…thanxxx Naash..?

  22. Axee

    Dhen ithoo viyya dhoo..kyhkuraany.hehe..ok waitin……story is awsome…thanks ithooo

    1. ithoo
      Axee

      Hehe..thanxx Axee..???

  23. Iman

    Maasha Allah… V reeethii … Waiting for next part..

    1. ithoo
      Iman

      Thanxxx Iman?

  24. Saandy

    V salhi… Kurafi scene haadha majaley… Naseebehnu Yuaange kanfaiy salaamathun hurikan… Hehehe… Next partah eba v inthizaaru kurevey… Keep it up dear 🙂

    1. ithoo
      Saandy

      Hahah..ithoo ah vx v majaa a scene..thanxxxx saandyyyy ?

  25. Eanal

    Ithooo..? This Part Is Mind Blowing..❤? Actually I Dnt Knw What To Sayy About This Part..?? Its Awesome..??
    Hope Tmwrw Nyt Anehpart Kiyaalan Libeyne Kamah..?? Aslu Beynun Mirey..☺? But I Understand..?
    Love Yuh And Keep It Up Dearie..❤?
    Love This Story Aswell..??
    And Plus Yuaaan..?❤?

    1. ithoo
      Eanal

      Awwhh.thanxx for understandin dearr..yaa In sha Allah maadhen up kuraanan..thanxx a lot??

    2. ithoo
      Eanal

      N luv u too dearr..thanx thanxx thanxx ?

  26. Meesh

    Pls pls Maadhama up kohdheythi. Story hama buneveyny obiness to the maxx… Ummmmmmmmmmmmuax ithoo. Love u. ? ? ?

    1. ithoo
      Meesh

      In sha Allah up kuraanan..n thanxx for ur luvly support dear ..Meesh..luv u too ???

  27. lin

    the story is awesome…waiting for the next part…hope you will upload it soon

    1. ithoo
      lin

      Thanxxx lin..In sha Allah maadhen kuraanan

  28. Amyy

    V v v v v v v salhi mi part. Nxt prt maadhamaa reahveema maa lasvany tomorrow morning ga nufonuveynetha

    1. ithoo
      Amyy

      Thanxxx Amyyy… Hieh nuvey bt try kuraanan ingey..ekamu maadhamaa re ah inthixaaru kohdhehchey las vegen??

  29. Kiara

    Salhi varah..
    Kudhin kiyaa hithun ulheykan eba ingey comment thakun..heheh..inthixaary kuran vs dhaskuran vaanu..
    Maadhan rey vma okay ey evaru..?

    1. ithoo
      Kiara

      Hehehe..dww.aslu hieh nikuran mi stry akah mihaa support libeyne kamakah..gaboolu kuran vx dhathi vefa hureveny..hehe..ekamu vz hurihaa kudhin thidhey supportah v v v bodah thanxx..thanxx kiara..thank u so much??

  30. Aki

    haadha reethi vaahaka ekey mee …

    1. ithoo
      Aki

      Thanxx Aki?

  31. Rose

    Nice story! Love it

    1. ithoo
      Rose

      Thanxxx Rose?

  32. nazu

    It’s really nice Waiting for next part​

    1. ithoo
      nazu

      Thanxxx nazu..?

  33. ssss?

    Oooh…. Haadha reechey….I understand ithoo…Next part maadhan up kohladheythi ??

    1. ithoo
      ssss?

      Thanxx dearr..n thanxx for understandin me..dearr..In sha Allah up kohdheynan maadhamaa..??

  34. aff

    adhi alah ingey mi story ah mi comment kohlly . kurafi scene kiyaafa hama kehnuvegen mi comment kollyves . . ??? haadha majaey . aslu aharen ves varah biruganey kurafi dheke . hafootu fhurun kuraiypeh fenunas halhey lavan . . hama ebai hithah ery comment kohllaany ey . aslu ithooge mi story feshigen kiyan ingey n varah inthixaaruves kurevey mi story . ithoo varah varah molhu . liyuntherikamuge kamuge rongun ithuru kaamiyaabah edhen . aameen . best of luck ithoo . ithoo ge sababun miadhu aharen ge life ah ves kudakuda ufaaverikameh aisfi e scene kiyaafa . thankyou ithoo. ☺☺☺☺

    1. ithoo
      aff

      Awwh..aff aa dhimaa v ma happy vejje ingey..n aff ge ufaaveri momenteh hadhaan kohdhevunythy vx happy ve..wc dearr n thanxx to u also..hope kuran aff aa mi stry nimendhen vx dhimaavaane kamah..??

  35. Shahu

    Amazing. I just love it.❤
    I wish dhiyaan kahala bro eh hunnanama eyy.? heheh ☺

    1. ithoo
      Shahu

      Ithoo v inthixaaru kurin shahu ah..hykury dhn nufehnaane kamah..so v v happy vejje dhimaa v ma..n thanxx a lot dearr..yaa ithoo vx hithah araa dhiyaan kahala bro eh libeyne nama eyy..??

    2. Shahu
      Shahu

      Happy to hear that?
      In Shaa Allah, fenaane nimen dhn story. Shahu me hithugaa ohna ehcheh bunaa kuhjjeh. Ehenve kuree part ga vx e gothah comment kurevunee. Fahun e kameh nuhunaane. Love your story. Keep up the good work. Love you dear ithoo ?❤

    3. ithoo
      Shahu

      Awwhh..thanxx my deare???

  36. Sanu

    Wow! Mi parts hama ehaa reethi. Vvvv dhigukoh genes dhaythee thanx n v happyvay. Allah thibaage mashekathugai barakaaeh lahvaashi eve. Luv u???

    1. ithoo
      Sanu

      Awwhh..thanxx sanoo..luv u too dearr ????

  37. Shaa

    Reeethi inge ..

    1. ithoo
      Shaa

      Thanxx shaa?

  38. shafu

    vvvvvv reethi…… waiting for next part….

    1. ithoo
      shafu

      Thanxx shafu??

  39. haw shia shaba shi r

    Mashaa Allah v reethi mi part ves,keep it up,48 hours ge dhigu inthixaarakah fahu mi part up kureema 10 minits nunagaa kiyaalaakah,BT haw ves gaboolu kuran ithoo v Gina vaguthu heydha kuran jeheyne kan write koh up kuran,so Kehtherikamaaeku inthixaaru kuran

    1. ithoo
      haw shia shaba shi r

      Thanxx dear for understandin…In sha Allah madhamaa up kuraanan..?

  40. haja

    Wow v v nice seriously v interesting story

    1. ithoo
      haja

      Awwhh…thanxxx dearr..haja..happy to hear that??

  41. Azu

    Ouch……haadha thadheh vehjeyey……vaahaka hama obi ingey….??

    1. ithoo
      Azu

      Hehe..Azu…thanxx dearr???

  42. Elsaa

    Awlheyy.. This story is love hama❤❤.. Please next part awahah up kohdhehchey ..

    1. ithoo
      Elsaa

      Thanxx Elsaa.. In sha Allah maadhamaa up kohdheynan?

  43. Nana

    Alhey e kujjaa ah mirey up nukoh dheveyne thy dhw ebuny maadhan rey kohdheynamey.. Understand vebala.. N ithoo this story is just awesome.. N mi vai vrh majaa.. Luv u?

    1. Nana
      Nana

      Bai*

    2. ithoo
      Nana

      Thanxx Nana? n luv u tooo ??

  44. Samee

    Wow wow.. Neyge bunaane ehche ves.. V v nycc… Neygi namaves yuaan luved dhim dhww.. Ushaa n yaan ves ulhenee haadha romantic dhuniye eh gaey dhww.. Ithoo keep it up.. Luv u more

    1. ithoo
      Samee

      Aaann dww..hehe..thanxxx samee for ur support..n luv u more n more ???

  45. THoo

    ❤????

    1. ithoo
      THoo

      Thanxx THoo?

  46. lara

    wow v salhi

    1. ithoo
      lara

      Thanxx lara?

  47. Kamana

    Maa sha Allah… V nice story eh mee.. Vfahun mi kiyan feshee… V salhi. Last episode adhi v habeys . Its mind blowing? Ithoo keep it up

    1. ithoo
      Kamana

      Ehentha…ehkon kiyaalahchey nimendhen..thanxxx dearr ?

  48. Pink handi

    V v v obi
    Waiting for today’s part
    Iruirukolhaa eba beley up kuri tho

    1. ithoo
      Pink handi

      Awwhh..thanxx pink handi?

  49. Shuja

    Good luck sithu…

    1. ithoo
      Shuja

      Thanxxx shuja?

  50. sannu

    varah reethi mi part. haadha molhey ithoo…

    1. ithoo
      sannu

      Thanxx sannu?

  51. Dhimyu

    Ithooooooooo…… this story is awesome….. mind blowing hama…. ???

    1. ithoo
      Dhimyu

      Awwhh..dhimra eh noon tha dearr..hehe..thanxx dhimyu..happy to hear that??

    2. Dhimyu
      Dhimyu

      I just mixed their names ???

  52. Kennukbee

    Mi stry hama gavaidhun kiyan… n varah wait kurevey stry eh miee☺☺☺☺☺☺… hama buneleveyny awesome ey… mi stry ah adhi miee furathama comment… kurin varah gadhayah comment kuran bt fahun fahun vaahaka nuves kiyeythy comment koh nuleveny…. again bunelan othy stry hama varah rychey.. ithoo… today onwards u r one of the my favourite writer… luv u ??? n waiting for tonight ???

    1. ithoo
      Kennukbee

      Awwhh…dearr..ehentha..so nimendhen kiyaalaathi thi v gothun..n happy to hear that dear..thanxxx a lot?

  53. Maureen

    Nice mi story

    1. ithoo
      Maureen

      Thanxxx Maureen?

  54. Afy

    V salhi mivaahaka all the best

    1. Afy
      Afy

      ☺???????????????????????????????????????????????????????????? waiting and than you mihaa reethi veema

    2. ithoo
      Afy

      Thanxxx Afy?

  55. Rose

    Waiting waiting waiting……. thank you 4the awesome story…. ur the best writer ithoo☺❤❤??

    1. ithoo
      Rose

      Thanxxx Rose..happy to hear that??

  56. ??

    Furathama faharah ithoo dhogu hedhyma v dhera vejje
    Miadhu hatharudhamu eba beley mi page ????????????????

    1. ithoo
      ??

      Ithoo kon dhogeh hedhy..ithoo hedhi dhogeh buneba…v v dhera vejje thihen bunyma..ithoo buny miadhu up kuraanamey vaki time eh nubunan..n nw ihnaanee up vx kohfa stry deare..

  57. Faxoo

    ithuu mibai vx vrh reethi MaShaAllah. <3

    1. ithoo
      Faxoo

      Awwwhhh..thanxx Faxoo ??

Comments are closed.