*7 އަހަރު ކުރި* އަހަރަކީ 2010ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 8ވަނަ ދުވަހެވެ. ސްކޫލް ބޮޑު ބަންދު ނިމެން ގާތްވެފައިވާތީ، އާއަހަރަށް ސްކޫލަށް ބޭނުންވާ އެއްޗެހި ގަންނަން މަސްއޫލުވެ މަގުމަތީގައި އުޅުނު މީހުން މަދެއް ނޫނެވެ. އޭގެ ތެރެއިން އެކަކަކީ ހައިފާއެވެ. ހައިފާއަކީ އިސްކޮޅުން ދިގު ނޫނަސް ބައްޓަން ރީތި، ހަމުގެ ކުލަ އަލި، ބޮޑު ކަޅު ދެލޮލެއް ލިިބިފައިވާ ދިގު އެސްފިޔަތަކެއްގެ ވެރިއެކެވެ. ކޮނޑާ ހަމަޔަށް އަންނަ އެ ރާޅުބާނީ އިސްތަށިގަނޑު ފަހަތަށް އައްސާލެވިފައިވާއިރު، ލައިގެން […]
ދެމުން ދިޔަ ގަދަ އަވީގައި އަހަރެން ހިނގާފަ މިސްރާބު ޖެހީ ރަށުގެ ސާނަވީ މަދަރުސާައާ ދިމާއަށެވެ.މިއަދަކީ ހަމަ ގާއިމު ވެސް އަ.ހަންނަށް ވަރަށޮ ބޮޑު ދުވަހެކެވެ. ސަބަބަކީ އަހަރެންގެ ފަސް މަސްދުވަހުގެ މަސައްކަތުގެ ނަތީޖާ މިއަދު އަހަރެންގެ އަތަށް އަރާނެއެވެ. ތުއްތޮންބެގެ ފާޑު ކިޔުންތަކަށް މިއަދު އަހަންނަށް ރައްދު ޖަވާބު ދެވޭނެއެވެ. މާގިނަ މަސައްކަތަކާ ނުލައި ތޮއްޖެހިފައިވާ ގޭޓު ތެރެއިން އަހަންނާ އަހަރެންގެ ބެސްޓީ ގޭންގް ސްކޫލްތެރެއަށް ވަދެއްޖައީމެވެ.އެ ހަލަބޮލި ވަގުތުކޮޅަަށް ނިމުމެއް އައީ ޗީފް ގެސްޓް […]
ރަށުތެރެޔަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. ދެނަމާދު ދޭތެރެ ކަމުން މަގުމަތީގައި މީހުން ވެސް ވަރަށް މަދެވެ. ރަށުގެ ބޮޑު މަގު ހުރިގޮތަށް ހިނގަމުން އައި އަލާންގެ ފިޔަވަޅުތައް އަވަސް ވެފައި ވީއިރު އޭނަގެ މޫނުމަތިން ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިކަން އެނގެއެވެ. އޭނަ ފެނުނު ކޮންމެ މީހަކަށް ވެސް އެކަން ފާހަގަ ކުރެވޭނެއެވެ. “އެކަމެއްގެ ވަގުތުގައި އެކަމެއް ނުކުރެވޭ ގޮތްވަނީ ކީއްވެތަ؟ މިއީ ޤުރުޢާން ކިޔަވާގަޑި…. މިގަޑީގަ އިތުރު އެއްވެސް ކަމެއް ކޮށްގެންނުވާނެ…. ދޭ…. ޚަތިމް ހިފައިގެން […]
ހުސްނާގެ ފައިގައި އެއްޗެއް ޖެހޭހެން ހީވެގެން ބަލާލިއިރު އޮތީ ކުޑަ ކަކުންޏެކެވެ. ފައި ކުޑަކޮށް ދުރުކޮށްލަމުން ދަރިފުޅުކޮބައިތޯ ބަލާލިއިރު ފެންނާކަށް ނެތެވެ . ހުސްނާގެ ހިތުގެ ހިނގުން ނުހުއްޓުނީ ހަމަކިރިޔާއެވެ. ބިންމަތިން ތެދުވަމުން ދެކޮޅުހޯދަ ބަލާލާލީ އީތަން ފެނޭތޯއެވެ.އެވަގުތު ފެނުނު މަންޒަރުން ހުސްނާއަށް ހުރެވުނީ ގުޑިލާންވެސް ނޭނގިފައެވެ. މުޅި ދޮންވެލިގަނޑު ފުރާލާފައިއެވަނީ އެކި ސައިޒުގެ ކަކުނިންނެވެ. ” އީތަން!” ހުސްނާއަށް ރޮއެގަނެވުނެވެ. ހުސްނާ ހުއްޓިހުރި ހިސާބާ ގާތްގަނޑަކަށް ދިހަ ވަރަކަށް ފޫޓު ދުރުން އީތަން ފެނި މެޔަށް […]
ދެ ދުވަހުގެ ބަންދަކަށްފަހު މިއަދު މިއީ އަނެއްކާވެސް ސުކޫލް ހުޅުވުނު ދުވަހެވެ. މިއަދުވެސް ހަމީހުން ސުކޫލަށް ވަދެގެން އައިއިރު އަންހެންކުދިން އުފާވެލާފައި ލޯތްބާއިއެކު ޔުއާންމެނަށް ހިނިތުންވެލާއިރު ދިމްރާމެނާއި ދިމާލަށް ބަލައިލަނީ ރުޅިވެރި ކަމާއި އެކުއެވެ. ހީވަނީ ދިމްރާމެން ތިބެންނުވާ މަޤާމެއްގައި ތިބީ ތީ އެކަމާ ރުޅިއައިސްފައި ތިބި ހެންނެވެ. އާއެކެވެ. ވާނީވެސް އެހެންތާއެވެ.ސުކޫލް ގިނަ އަންހެންކުދިންގެ “ޕްރިންސް” އަށް އެ ތިން ފިރިހެނުން ވެފައިވާއިރު ދިމްރާމެން އަބަދު އެމީހުންނާއިއެކު އުޅޭތީ ހަސަދަ ނުވެއެއް ނުދާނެ ތާއެވެ. މިއަދު […]
ހަޔާތުގެ ދުވަސްތައް މާޒީގެ ސަފްހާތަކާ އެކުވަމުން ދެއެވެ. މަންމައާ ބައްޕައާއެކު އުފާވެރި ދިރިއުުޅުމެއް ހޭދަ ކުރަމުން އަހަރެންވެސް ދިޔައީމެވެ. މަންމައާ ބައްޕަ ނިންމާފަ އޮތީ ޕާކިސްތާނުން އަހަރެން ޑޮކްޓަރކަން ކިޔަވާށެވެ. އޭރުން އެމީހުން ކައިރީ ހުރެ އަހަރެންނަށް ކިޔެވޭނެތީއެވެ. ކޯސް ފެށެން މާގިން ދުވަސް ނެތްކަމުން އަހަރެންގެ އެދުމަށް ކޯސް ފެށެންދެން ރާއްޖޭ މަޑުު ކުރަން ބައްޕަ ނިންމީއެވެ. ހައިކަލްއާ ދުރުގަ އެހާ ގިނަ ދުވަސް ހޭދަ ކުރަން ޖެހޭތީ އަހަރެން ހުރީ ނުހަނު ދެރަވެފައެވެ. […]
“އަނީ” ގެއަށް ވަދެގެން އައި ޝާހިދު ގޮވާލިއެވެ. އެއަޑަށް ޝައިމްއަށް ދޮރުކަނީގައި ހިފައްޓައިގެން ހުރި އަތް ދަމައިގަނެވުނެވެ. އަނީސާ އަތުގައިއޮތް ބޭސްކާޑު ޝައިމްގެ އަތަށް ލައިދިނުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައިގޮސް ޝާހިދުގެ ގާތުގާ ހުއްޓުނެވެ. “ކޮބާ އެމީހުން؟” ޝާހިދު ބުމައަރުވާލަމުން ސުވާލުކޮށްލިއެވެ. “ކާ ކޮޓަރީގަ.” އަނީސާގެ ޖަވާބު ނުނިމެނިސް ޝާހިދު ކާކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. “އައްދެ! ދަރިފުޅު ހާދަ އަވަހަކަށް ތި ނިންމާލީ!” ސިޓިންރޫމަށް ވަދެގެން އައި ލައިބާފެނި ޝާހިދު ބުނެލިއެވެ. ލައިބާ ލަދުވެތި ގޮތަކަށް ހިނިތުާންވެލިއެވެ. […]
ޒެއިނާ ތައްޔާރު ވަމުން ދިޔައީ އާމިރާ ގެ އެދުމުގެ މަތިން އެގެއަށް ދިޔުމަށެވެ. ކަކުލާ ހަމައަށް އަންނަ ޗޮކްލެޓް ކުލައިގެ ހެދުމަކާ އެކު ކަޅު ކުލައިގެ ސްކިނީއެއް ލައިގެން އާދައިގެ ގޮތަކަށް އައްސާލިއެވެ. އެ އިސްތަށިގަނޑުވަނީ ގެންގޮސް މޭ މައްޗައް ވައްޓާލާފައެވެ. “ކޮންތާކަށްތަ ދަރިފުޅު” ޒާހިދާ ސުވާލު ކުރީ ސިޑިން ފައިބައިގެން އަންނަ ޒެއިނާ އަަށެވެ. “މަންމަ ބުނެގެން އެގެއަށް.” ޒެއިނާ ޒާހިދާ ކައިރި ހުއްޓިލަމުނަ ބުނެލިއެވެ. “މަންމަ ވެސް ދަންތަ. ކުރާނެ ކަމެއްނެތި ފޫހި ވެގެން […]
މަންމައަށް އަހަރެންގެ މޫނު މަތިން ހާސްކަމުގެ ކުލަވަރު ފާހަގަ ވާކަށް މާގިނަ ވަގުތެއް ނުނެގިއެވެ. ދެނަމާދު ދޭތެރޭގައި ވަރަށް މުހިންމު ކަމެއް ދިމާވުމުން ނޫނީ އަހަރެން ގެއަށް ނާންނާނެކަން އަހަރެންގެ މަންމައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު ކައިވެންޏަށް ފަސްއަހަރު ވެގެން ދިޔައިރު އެކަން އަދިވެސް މިޝާ އަކަށް ނޭނގެއެވެ. އަހަރެން ކޮންމެހެންވެސް މިގަޑީގައި މަންމައާ ބައްދަލު ކުރަން މިއައީ މަޖުބޫރު ވެގެންނެވެ. މިނޫން އިތުރު ގޮތެއް އަހަރެންނަށް ނެތީމައެވެ. އަޒާން އަށް ފަސްމަހަށް އޮއްވައި މިދިމާވި […]