Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 2

ShaiShy Level 310 Stories100 Comments500 Comments
April 13, 2017 5 Mins Read
39 Comments

ހުސްނާގެ ފައިގައި އެއްޗެއް ޖެހޭހެން ހީވެގެން ބަލާލިއިރު އޮތީ ކުޑަ ކަކުންޏެކެވެ. ފައި ކުޑަކޮށް ދުރުކޮށްލަމުން ދަރިފުޅުކޮބައިތޯ ބަލާލިއިރު ފެންނާކަށް ނެތެވެ um diese jungs herumblättern. ހުސްނާގެ ހިތުގެ ހިނގުން ނުހުއްޓުނީ ހަމަކިރިޔާއެވެ. ބިންމަތިން ތެދުވަމުން ދެކޮޅުހޯދަ ބަލާލާލީ އީތަން ފެނޭތޯއެވެ.އެވަގުތު ފެނުނު މަންޒަރުން ހުސްނާއަށް ހުރެވުނީ ގުޑިލާންވެސް ނޭނގިފައެވެ. މުޅި ދޮންވެލިގަނޑު ފުރާލާފައިއެވަނީ އެކި ސައިޒުގެ ކަކުނިންނެވެ.
” އީތަން!” ހުސްނާއަށް ރޮއެގަނެވުނެވެ.
ހުސްނާ ހުއްޓިހުރި ހިސާބާ ގާތްގަނޑަކަށް ދިހަ ވަރަކަށް ފޫޓު ދުރުން އީތަން ފެނި މެޔަށް ފިނިވެގެން ދިޔައެވެ. ކަކުނިތައް މަތީގައި ބާއްވައިގެން އީތަން ވަލާދިމާއަށް ގެންދަމުން ދިޔައެވެ. ހުސްނާއަށް އެއީ އާދައިގެ ކަކުނިތަކެއްނޫންކަން އެނގުނެވެ. ހަމައެވަގުތު ހިތައް ބިރުވެރިކަން ވަނެވެ. އޭނައަށް މިފަދަ ބޮޑު މުސީބާތެއް ޖެއްސެވީ ކީއްވެހެއްޔެވެ؟ ކުރެވުނު ކުށަކީ ކޮބައިބާވައެވެ؟ ހަޔާތުގައި ފުރަތަމަފަހަރަށް ވެވުނު ލޯބިވެސް ވެވުނުފަރާތަކީ އިންސާނަކަށް ނުވިއެވެ. ޒުއްނޫރު އޭނައަށް މިފަދަ ބޮޑު ތަކުލީފަކާއި ހިތާމައެއް އެދިނީ ހަމަ އެހާ ލޯބިވާތީވެ ހެއްޔެވެ؟ އޭނާ ދެން މީހުންގެ ކުރިމައްޗަށް އަރާނީ ކިހިނެއް ހެއްޔެވެ؟ ހަމަގައިމުވެސް މީހުން ސުވާލު ކުރާނެއެވެ. ކުއްލިއަކަށް ދަރިއެއް ލިބިފައި ފިރިމީހާ “ފިލައިގެން” ދިޔުން ޤަބޫލު ކުރާނީ ކާކުހެއްޔެވެ؟ ހުސްނާއަށް ނޭނގުނު ކަމަކީ މިވީހާދުވަހުވެސް އެރަށުގެ އެއްވެސް މީހަކަށް ޒުއްނޫރު ފެނިފައިވާ ނުވާކަމެވެ. އަބަދުވެސް ފެންނަނީ ހުސްނާއެކަނިކަމެވެ. ރަށު މީހުން ހުސްނާއާއި ދުރުދުރުން އުޅޭ ސަބަބަކީ އެއީކަކަން އެނގުނުނަމަ ކުރިންވެސް މީހުންގެ ތެރެއަށް އޭނާ ނުނިކުންނާއެވެ. ހުސްނާގެ ހިތުގައި އެތަށް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ. ކުޑަވަގުތުކޮޅަކަށް ނަމަވެސް އީތަން މަތިން ހަނދާން ނައްތާލެވުނީ ސިކުނޑިއަށް މާބުރަބޮޑު ވުމުންނެވެ.

ހަމަހޭވެރިކަންވެ ހުސްނާ ވަށައިގެން ހޯދާބަލާލިއެވެ. އީތަން ފެންނާކަށްނެތެވެ. ގައިގައި އަޅާ ރިހުމަށް ބެލުމެއްނެތި ހުސްނާ ދުއްވައިގަތީ ވަލާ ދިމާއަށެވެ. އަނދިރިކަމުން ތަނެއް ދޮރެއް ވަކި ނުވެއެވެ. ގަސްތަކުގެ ހިޔަނިން ވަލުތެރެ އިތުރަށް ނާމާން ކަމަށް ދައްކައެވެ. ގަނޑިން ވީވަރެއްވެސް އިނގެނީއެއް ނޫނެވެ. މީހެއްގެ ހިލަމެއްވެސް ނުވާ އެބޮޑު ވަލުތެރޭ ހުސްނާ ދުވަމުން ދިޔައިރު ވަށައިގެން ފެންނަ ކަންތައްތަކުން ގައިން ހީބިހި ނަގާވަރުވެއެވެ. ނަމަވެސް އީތަންއަށްޓަކައި އޭނާ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. އޭނާގެ ލޯބީގެ ހައްޤުގައެވެ. އެކުޑަކުޑަ ފުރާނައަކީ އޭނާގެ ހަށިގަނޑުން އުފަންވި ފުރާނައެކެވެ. އިންސާނަކަށްވިޔަސް އަދި ޖިންނިއަކަށްވިޔަސް ހުސްނާގެ މޭތެރޭގައި މައިވަންތަކަމުގެ ލޯބި އުތުރި އަރަމުންދިޔައެވެ. އެތައް ދިމާއެއް ހޯދާ ބެލިއިރުވެސް އީތަންގެ ނިޝާނެއް ފެންނާކަން ނެތެވެ. އެންމެފަހުން ފަތިސްވާން އުޅޭކަމުގެ އަލާމާތްތައް ފެންނަން ފެށުމުން ހުސްނާ މިސްރާބު ޖެހީ ގެއާއި ދިމާއަށެވެ. ފަތިސްނަމާދަށް ގޮވަންވާއިރަށް މިސްކިތް ދޮށަށް ދާން ހިތުލައިގެން ހުރީ އެތަނުން މީހެއްގެ މަދަދަށް އެދުމަށެވެ. އޭރު އެދެލޯވަނީ ދުޅަވެފައެވެ. ކަރުނަ އޮހުނު ވަރު ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ. އީތަންގެ ސަލާމާތާއި ރައްކާތެރިކަމަށްއެފަރާތުގެ މަދަދަށްއެދި ދެންނެވުނު ވަރެއްވެސް ނޭގެއެވެ.

މަޑު ހިނގުމެއްގައި ގެއަށް ވަންނަން ދިޔަ ހުސްނާއަށް ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ. ދުވެފައި ގެއަށް ވަތްއިރު ގޭތެރޭގައި އަންހެނެއް ހުއްޓެވެ. ފަސްއެނބުރިގެން ހުރި އެއަންހެންމީހާ ހުސްނާއާއި ވީފަރާތަށް އެނބުރިލިއިރު އެއަތުތެރޭ ކުޑަ ކުޑަ އީތަން އޮތެވެ. ހުސްނާއަށް އެމީހަކު ވަކިކުރަން ނޭނގުނެވެ. ދުވަހަކުވެސް ފެނިފައިވާ ނުވާ މީހެކެވެ. މޫނުމަތިން އާދަޔާ ޚިލާފު އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. ނަމަވެސް ހުސްނާ އެންމެ ފަހަރަކުވެސް ތިރިއަށް ބަލާލިނަމަ އެއަންހެންމިހާގެ ފައި ބިމުގައި ނުޖެހި ހުރިތަން ފެންނާނެއެވެ.

“އާދެވިއްޖެ ދޯ…ކަލޭގެ އިންތިޒާރުގައި އަހަރެން ހުންނަތާކޮން އިރެއް..އަހަރެންގެ އާއިލާގެ ހުރިހާ އެންމެން މިހާރު ހިނގައްޖެ..ފަތިސް ވުމުގެ ކުރިން އަހަރެމެން އެނބުރި ގެއަށް ދާން ޖެހޭނެ..ކަލެއަށް އެކަމެއް ނޭނގޭތޭތަ؟” ހަމަހިމޭން އެގޭގެތެރެއިން ގުގުމާލި ބިރުވެރި އަޑަކުން ހުސްނާ ތުރުތުރުލައިގަތެވެ. އަޑު އައީ ކޮންދިމާއަކުން ބުނެދޭންނޭނގެއެވެ. އެހެނަސް އެއަންހެންމީހާގެ އަނގަ ހަރަކާތްކުރި ގޮތުން ހިވީ އޭނާ ބުނި އެއްޗެއްހެންނެވެ. ބަރުއަދި އެހެންމެ ބިރުވެރި އެއަޑުން ހުސްނާ ސިހިގެން ދިޔައރު އީތަންއަށް ކަމެއްވާހެނެއް ހިޔެއްނުވެއެވެ. އެއަންހެންމީހާގެ އަތުތެރޭ ނިދާލާފައި އޮތީ ނިކަން އަރާމުކޮށެވެ.

“މަންމަނެއްހެން ނުހުރެ ދެންވެސް މީނަގައިގައި ހިފާބަލަ..” ދެވަނަފަހަރަށް އެއަންހެންމީހާ ބުނެލިއެވެ. ހުސްނާ ބިރުން ހުރެ ނަމަވެސް ކުރިއަށް ޖެހިލާފައި އީތަން އުރާލިއެވެ. އެވަގުތު އެތުއްތު މޫނުމަތިން ހިނިތުންވުމެއް ފެނުނުހެން ހުސްނާއަށް ހީވިއެވެ. ވާނީވެސް އެހެނެއް ނޫންހެއްޔެވެ؟ ކިތައްމެ ކުޑައަކަސް މަންމަގެ ހޫނުކަން އިހުސާސް ކުރެވޭނެއެވެ.

“އަހަރެންގެ މާމަ ދަރިފުޅުގައިގައި ކުޑަނަމަވެސް ކޫރުމެއް އެޅުނަސް ކަލޭގެ ފުރާނަ ހަށިގަނޑު ދޫކޮށްފައި ދާންޖެހޭވަރު ކުރާނަން..ތިދަރިފުޅު ބަލައިގަތަސް ކަލޭތީ އަހަރެން އެއްވެސް އިރެއްގައި ގަޔާވި މީހެއް ނޫން…ހަމައެކަނި އަހަރެންގެ ދަރިފުޅުދެކެވާ ލޯބިން ކަލޭ މިއަދާ ހަމައަށްވެސް ދުނިޔޭގައި ތިހުރީ..އަހަރެން ޒުއްނޫރުހާ ހިތްހެވެއް ނުވާނެ..” އީތަންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރި ހުސްނާ ސިހިގެންދިޔައެވެ. އެވަގުތު ވަށައިގެން ހޯދާލެވުނީ އެއަންހެންމީހާ ފެންނަން ނެތުމުންނެވެ. ގޭގެ މައި ދޮރާދިމާއަށް ބަލާލިއިރު ބޮޑުކަކުންޏެއް ނިކުމެގެންދާތަން ފެނުނެވެ.

އެއަންހެން މީހާގެ ވާހަކަތަކުން އެއީ ޒުއްނޫރުގެ މަންމަކަން ޔަޤީންވިއެވެ. ހުސްނާގެ ހިތުގައި ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް އެނބުރެމުންދިޔައެވެ. މިރޭ އޭނައަށް ލިބެމުންދަނީ ހުސް އިންޒާރުތަކެވެ. އެއީ ކީއްވެހެއްޔެވެ؟ އެމީހުން އެއުޅެނީ ކީކޭ ހިތައް އަރައިގެން ހެއްޔެވެ؟ އީތަންއެއީ އޭނާގެވެސް ދަރިއެއް ނޫންހެއްޔެވެ.؟ ވީއިރު އެމީހުން އެވަރަށް އޭނާ ބިރުގަންނުވަންޖެހޭ ހެއްޔެވެ؟ ހުސްނާ ވަރަށް ވިސްނިއެވެ. ތަފާތު ގޮތްގޮތަށް ވިސްނުމުންވެސް އެއްވެސް ކަމެއްގެ އަސްލާއިހަމަށް ނުވިސްނުނެވެ. އޭނާގެ ހަޔާތަށް މިއައި ކުއްލި ބަދަލު ޤަބޫލުކުރަން އޭނައަށް ވަގުތު ބޭނުމެވެ.

ރަށުތެރޭގައި ހުސްނާއޭ ކިޔައިގެން ތަފާތު ވާހަކަތައް ދައްކަމުން ރޭދުވާ ތަކުރާރުވަމުން ދިޔައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް ނުވިސްނާ ހުސްނާގެ ހުރިހާ ވަގުތެއް ހުސްކުރަނީ ލޯބިވާ ދަރިފުޅަށްޓަކައިއެވެ. ކުރިއެކޭ އެއްފަދައިން އެގެއަށް ބޭނުންވާ ހުރިހާ ސާމާނެއް އެތެރެކޮށްފައި ހުރެއެވެ. ކާކުކަމެއް ޔަޤީންނުވިޔަސް އެކަމުގައި ޒުއްނޫރުގެ އަތެއް ވާނެކަން ހުސްނާއަށް އެނގެއެވެ. އެމޫނު ދެކިލުމަށް ހުސްނާ ހިތް އެދޭވަރެއް ބުނެދޭން ނޭނގެއެވެ. ކިތައްމެފަހަރަކު ގޮވާލަން ހިތަށްއެރި ނަމަވެސް ދުލުގައި ތަޅެއް ލެވެނީ ޒުއްނޫރުގެ ކެހިވެރިކަން ހަނދާންވުމުންނެވެ. އުފަލާ ހިތާމައިގައި އުޅެމުންދާ ހުސްނާއަށް ރޭކާނުލާ ކަމަކީ ކޮންމެރެއަކު އޭނާ ނިދުމުން އެގެއަށް އިތުރު ބަޔަކު އަންނަ ކަމެވެ. އަދި އީތަން އާއި އެއްކޮށް ވަގުތު ހޭދަކުރުމަށްފަހު އެބަޔަކު ފަތިސް ވުމުގެ ކުރިން އީތަން ގެނެސް ހުސްނާ ކައިރީގައި ބާއްވާކަމެވެ.

އެހެން ކުދިންނެކޭ އެއްފަދައިން އީތަން ބޮޑުވަމުން އަންނަނީ ހަމަ އާދައިގެ ކުއްޖެއްގެ ގޮތުގައެވެ. ހުސްނާއަށް ވެސް ޔަޤިން ނުވާ ކަމަކީ އީތަން އެއީ އިންސާނެއް ކަމެއް ނުވަތަ ޖިންނިއެއް ކަމެވެ. ތަފާތު ކަމެއް ހުސްނާއަކަށް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް ބޮޑުވަމުން އައި ވަރަކަށް މޫދަށާއި މޫދުގައި އުޅޭ ތަކެއްޗަށް ވަރަށް ފޯރި ހުރެއެވެ. އީތަންގެ އުމުރުން ވަރަށް ތުއްތުއިރުވެސް ކަކުނި ހޯދަން އުޅޭނެއެވެ. އަތިރިމައްޗަށް ދެވިއްޖިއްޔާ އބަދުވެސް ކަކުންޏެއް ހޯދަން ހޮރުތައް ކޮންނާނެއެވެ. ހުސްނާގެ ހިތް ނޭދުނަސް އީތަންގެ އެބައި ރަނގަޅު ނުކުރެވުނެވެ. އޭނާ ނިންމައިގެން ހުރީ ބޮޑުވީމަ ރަނގަޅުވާނެކަމަށެވެ. އެހެން ނަމަވެސް ހުސްނާ އިތުރަށް މަޔޫސް ވުން ނޫންގޮތެއް ނުވެއެވެ. ބޮޑުވަމުން އައި ވަރަކަށްވެސް އީތަންގެ އެ “މޫދު ފޯރި” ހުއްޓުވޭނެ ގޮތެއް ނުވިއެވެ. ހަޅޭލަވާ އަޑުގަދަ ކުރިޔަސް އީތަންއަށް ފަރުވާލެއް ނެތެވެ.
**

ތަފާތު އެކި ކުލަޖެހެމުން ދުނިޔެ ބަދަލުވަމުންދެއެވެ. މިއަދު ހުސްނާގެ ދިރިއުޅުމުގައިވެސް ވަނީ އެތައް ކުލައެއް ޖެހިފައެވެ. މީހުންގެ މަލާމާތާއި ފުރައްސާރަތަކާއި ކުރިމަތި ލަމުން ހަޔާތުން 20 އަހަރު ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މިއަދު އޭނާގެ ދިރިއުޅުމުގައި ޝަކުވާކުރާނެ އެއްވެސް ކަމެއް ނެތެވެ offizielle website. އޭނަދެކެ އިންތިހާއަށް ލޯބިވާ ފިރިހެންދަރިއެއް އެބަހުއްޓެވެ. ނަމަވެސް އަދިވެސް އީތަންގެ ރަނގަޅު ނުކުރެވޭކަމެއް އެބައޮތެވެ. ހުސްނާ އެކަމަށް އަތުކުރި އޮޅާލައިގެން ހުންނަނީ ކޮންމެސް ދުވަހަކުން އެކަން ކާމިޔާބު ކުރުމަށެވެ.
” މަންމާ…އަހަރެން މީ ކުޑަކުއްޖެއް ނޫން ..ދެން މަންމަ އަބަދު އަޅުގަނޑު ހިފަހައްޓަނީ ކީއްވެތަ؟ އަޅުގަނޑު ފްރެންޑް ކުދިންވެސް ވަރަށް މަލާމާތް ކުރޭ މަންމަ ތިގޮތަށް އުޅޭތީވެ…އެކަމާ އަޅުގަނޑު ލަދުވެސް ގަނޭ…މަންމާ ޕްލީޒް ތިހެން ނޫޅޭބަލަ…އަޅުގަނޑަށް ކަމެއް ނުވާނެއޭ..” އާދައިގެ މަތިން އީތަން ޝަކުވާ ކުރަމުން ދިޔައެވެ.

“މަންމަ ބިރުގަނޭ ދަރިފުޅު ގެއްލިދާނެތީވެ..ދަރިފުޅަށް އަނިޔާއެއް ވެދާނެތީވެ..އެނގެއެއްނު މަންމަ ވަރަށް ލޯބިވާކަން..އަދި މަންމަ ވަރަށް ބިރުގަނޭ ދަރިފުޅު ތިގޮތަށް މާގިނައިން ބޭރުގައި އުޅޭތީވެ..” އީތަންގެ ބޮލުގައި ފިރުމާލަމުން ހުސްނާ ބުނެލިއެވެ.

މަންމަވެސް ދޯ…މަންމަ އަސްލު ބިރުގަންނަނީ އަޅުގަނޑު ބޭރުގައި އުޅޭތީވެއެއް ނޫން.. މޫދުކައިރިއަށް ގޮސްފަ ކަކުންޏެއް ހޯދަފާނެތީވެ ދޯ..ހެހެހެ” ހީލަމުން އީތަން ބުނެލިއެވެ.

‘ މަންމަ އަށް އިނގޭނެ އަޅުގަނޑު އެންމެ ކުޑައިރުވެސް ވަރަށް ލައިކްވޭ ކަން އެކަހަލަ އެއްޗެހި ދެކެ..ދެން މަންމަ ތިގެންގުޅޭ ބޯދާ ހިޔާލުގެ ފަތުވާ ނުފައްޓާތި އިނގޭ..އަޅުގަނޑުގެ ހުރިހާ އެކުވެރިންނަށްވެސް އިނގޭނެފަދައިން މަންމައަށްވެސް އިނގޭނެ އަޅުގަނޑު ކަކުނި ދެކެ ވަރަށް ލޯބިވާކަން…ހުދު އަޅުގަނޑަށްވެސް ނޭނގެ ކީއްވެކަން އެކަހަލަ އެއްޗެއް ފެނުމުން އެނަގަން ބޭނުންވަނީ…ފަހަރެއްގަ ވެދާނެ އަޅުގަނޑުގެ ބައްޕަވެސް ލައިކް ވާތިވެ ކަމަށް..” ހުސްނާގެ މޫނަށް ބަލަހައްޓައިގެން އިން އީތަންގެ ފަހު ބަސްކޮޅުން ހުސްނާއަށް ތެޅިގަނެވުނެވެ.

“ކީކޭ…ބައްޕަ އޭ؟ ދަރިފުޅު ކީކޭ ތިކިޔަނީ” ހުސްނާއަށް ރަނގަޅަށް ވާހަކައެއްވެސް ނުދެއްކުނެވެ. އެހެނީ އީތަން އެބުނެލި އެއްޗަކުން އޭނާ ހަމަރަނގަޅަށްވެސް ބިރުގަނެއްޖެއެވެ.

“ހާ..ހާ..ހާ…ބަލާބަ މަންމަގެ މޫނު ހުރި ގޮތް..އެއީ އަޅުގަނޑު މަޖަލަށް ބުނި އެއްޗެއް..މަންމަ ބުނީމެންނު ބައްޕަ މަރުވީ މޫދަށް ގެނބިގެންނޭ..ސޯ އެހެންވެ ހިތަށް އެރި އެއްޗެއް ބުނެލީ..ހިހިހި” ހުސްނާގެ ކޮލުގައި އަތުން ޖަހާލަމުން އީތަން ގޮނޑިން ތެދުވިއެވެ. އެއަށްފަހު ހުސްނާ ކައިރީގައި އެބައަންނަން ކަމަށް ބުނެ ދޮރާ ދިމާއަށް ހިނގައިގަތެވެ. ހުސްނާ ފަސްދީފައި ދިޔަ އީތަންގެ މޫނުމަތީގައިވި ހިނިތުންވުން ފިލާ ސީރިއަސް ކަމަށް ބަދަލުވިއެވެ. ދޮރާ ހަމައަށް ދިޔުމަށްފަހު އީތަން ފަހަތަށް ބަލާލިއިރު އަދިވެސް ހުސްނާ ހުރީ އެގޮތަށެވެ.

“އަހަރެންނަށް މަންމަގެ ހުރިހާ ސީކްރެޓްސް އިނގޭ…އެކަމަކު މަންމައަށް އަހަރެންގެ ހަޤީގަތެއް ނޭނގޭނެ..” އީތަންގެ ދެލޮލުގައި ވިދަމުން ދިޔައީ ކަރުނައެވެ. އޭނާގެ ލޯބިވާ މަންމަ އޮޅުވާލުމެއްގެ ތެރޭގައި ބަހައްޓަން ހުދު އޭނާގެ ޒަމީރުވެސް އެއްބަސް ނުވެއެވެ. އެހެނަސް މިއަދު އީތަންއަށްވަނީ މަޖުބޫރުވެފައެވެ.

**
ވަށައިގެންވަނީ އަނދިރިކަމެވެ. ވަލުތެރޭން ދުވަމުން ދިޔަ އަންހެން ކުއްޖަކު އިރުކޮޅަކާ ފަހަތް ބަލާލައެވެ. ލައިގެން ހުރި ހެދުމުގެ ބައެއް ތަންތަން ވީދިފައިވާއިރު އެމޫނު ވިދަމުންދަނީ ދަލުންނެވެ. ގައިގެ އެތަން މިތަން މަށައިގެންގޮސް ލޭ އޮހޮރިފައިވާވެއެވެ. އެހާ ބާރަށް ދުވަމުން ދިޔުމުގެ ސަބަބުން ދާހިއްލާ ފޯވެފައިވާއިރު މާނެވާ ލެވެމުންދިޔައެވެ. އެހެން ނަމަވެސް ދެވޭ ނުދެވޭ ދިމާއެއް ނޭނގި އެކުއްޖާ ދުވަމުން ދިޔައީ އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ.

“ކައިޝާ..ކައިޝާ…ކައިޝަތޫ…” ކުއްލިއަކށް ޖެހުނު ވައިރޯޅިއެއްގެ ތެރެއިން ފިރިހެންވަންތަ އަޑެއް އިވުނެއެވެ. ދުވަމުން ދިޔަ ކައިޝާ ހުއްޓުނެވެ. އަދި ވަށައިގެން ހޯދާ ބަލާލިއެވެ. އެވަގުތު ދާދި ކައިރިން ފެނުނު ސޫރައަކުން ކައިޝާ ފަހަތަށް ދެފިޔަވަޅު އެޅިއެވެ. މުޅި މީހާ ތުރުތުރުލަމުން ދިޔައެވެ. ކުރިމަތީގައި ހުރި މީހާގެ މޫނުގެ އެއްފަޅި ފިހިފައިވާއިރު އަނެއްފަޅިން އިންސާނެއްގެ ސިފަ ފާޅުވެއެވެ. ފިހިފައިވާ ފަޅީގެ ލޯވެސް ފެންނާކަށް ނެތެވެ. އަތުގެ ނިޔަފަތިތަށް އާދަޔާ ޚިލާފަށް ދިގުވެފައިވިއެވެ. އުޅަބޮއްޓާއި ދިމާއިން އިތުރު ކަށިތަކެއް ނިކުމެފައިވިއެވެ. ފައިގެ ބަދަލުގައި ވަނީ ބޯވައިގެ ފައިތަކެއްކަހަލަ ދިގު އެއްޗެހިތަކެކެވެ. އެއެއްޗެހިތައް ކައިޝާގެ ގައިގައި ކޭތެމުން ދިޔައެވެ. މަޑުމަޑުން ކައިޝާގެ ގައިގާ އެފައިތައް އޮޅާލުމަށްފަހު ލުއްކެއް ޖަހާލީ އެމީހާ އާއި ދިމާއަށެވެ.

” އައިވިލް ފޮލޯ ޔޫ އެވްރީ ވެއަރ..” އަނގަފުޅާކޮށްލަމުން އެމީހަކު ބުނެލީ ތޫލިއެހެނަސް ބިރުވެރި އަޑަކުންނެވެ. އެވަގުތު އެއަނގަތެރޭގައިވާ ދިގު ދޫ ކައިޝާގެ މޫނުގައި ކޭތިލިއެވެ. ފަކުރުން ހޮޑު ނުލެވުނީ ހަމަ ކިރިޔާއެވެ. އެއަށްވުރެ ކައިޝާ ވަނީ ބިރުގަނެފައެވެ.

ކައިޝާއަށް އޭނާގެ ފައި ބިންމަތިން އުފުއްލެމުންދާހެން ހީވުމުން ތިރި ބަލާލިއެވެ. ކަމަކުދާކަށް ނެތެވެ. އެމީހަކު ކައިޝާ ގޮވައިގެން ގަސްތަކުގެ މަތިން އަރައިގެންދަނީއެވެ. ވަލުތެރޭގައި ހުރި އެންމެ އުސް ގަހުގެ ކޮޅަށް އެރި އިރުވެސް އެފައިތަކުން ކައިޝާ ހައްޔަރު ކުރެވިފައިވިއެވެ. ކުއްލިއަކަށް އެފައިތަށް ދޫވަމުން ދާހެން ހީވިއެވެ. އެވަގުތު ކައިޝާ އެމީހާގެ އަތުގައި ހިފެހެއްޓުމަށް އަތް ދަމާލީ އޭނާ ވެއްޓިދާނެކަމުގެ ބިރަށެވެ. އެހެން ނަމަވެސް ކައިޝާއަށް އެމީހެއްގެ އަތުގައި ހިފޭގޮތެއް ނުވީ އޭނާ އެއްލިއަތުގައި ހުރި ލޮނދި ކަމަކުންނެވެ. ކުޑަހިނދުކޮޅެއްގެތޭރޭގައި ކައިޝާ އެގަސްމަތިން ތިރިއަށްވެއްޓެން ދިޔައެވެ. އެގަތު އަޑުގެ ކޮޅަށް ކައިޝާއަށް ގޮވާލެވުނީ އޭނާ އަދި ދުވަހަކުވެސް ނުދަންނަ ފަރާތަކަށެވެ.

“އީތަން……!!!” ފަޒާގައި ގުގުމާލެވިފައިވަނީ ކައިޝާގެ އަޑެވެ. ވެއްޓެމުން ދިޔަ ކައިޝާ ދެލޯމަރާ ތަގުޅިކޮށްލީ މިއީ އޭނާގެ ފަހު ވަގުތުކޮޅުހެން ހީވުމުންނެވެ.

Share Article

Follow Me Written By

ShaiShy

Level 310 Stories100 Comments500 Comments

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (16)

Next

މާފުކުރާށޭ… 01

Next
April 14, 2017

މާފުކުރާށޭ… 01

Previews
April 13, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (16)

39 Comments!

  1. kayashandy says:
    April 13, 2017 at 10:16 pm

    thnk u for de lovely comments..plx feel free to express ur views..thanku all…hav agood nyt :*

  2. Nana says:
    April 13, 2017 at 10:30 pm

    Salhi?

    1. kayashandy says:
      April 13, 2017 at 10:33 pm

      thanku 🙂 :*

  3. Azu says:
    April 13, 2017 at 10:30 pm

    Oh…fakuru ganehje e fenunu ehchakun…..sifa kohfa hurileh v best…..vaahaka vv reethi….mihaaru miadhu mi vaahaka up vitho belunu adhadheh ves neynge…..waiting for next part…..best of luck….????

    1. kayashandy says:
      April 13, 2017 at 10:33 pm

      awwwnn…:* so sweet of u.. next time plx check only @ nyt times between 8.30 n 10.30 hopefully i ll upload..n thank u so much for ur support..:) insha allah next part on saturday nyt…keep waiting..:) nytzz:*

  4. Baby says:
    April 13, 2017 at 10:31 pm

    Nice story. Next part konirakun.

    1. kayashandy says:
      April 13, 2017 at 10:38 pm

      insha allah saturday nyt..keep waiting…thanku:)

  5. raf says:
    April 13, 2017 at 10:32 pm

    mi vaahaka ge name v thafathu

    1. kayashandy says:
      April 13, 2017 at 10:37 pm

      dhw…ehehe.. :)thanku

  6. Chum handi says:
    April 13, 2017 at 10:41 pm

    wow… i like this… but plz teel us which days are you gonna upload the story…. waiting for the next part… Good night… Ly…

    1. kayashandy says:
      April 13, 2017 at 11:08 pm

      thank u chum chum:* as i said b4 story will up on SUNDAY TUESDAY THURSDAY SATURDAY…hope u ll keep waiting..:) lym :* nyttttzzzz…:*

  7. Mary says:
    April 13, 2017 at 11:02 pm

    V rythi vahaka. Avahah up kohdhehchey plx plxxx….

    1. kayashandy says:
      April 13, 2017 at 11:11 pm

      insha allah..:) ennme avahahves up vaanee saturday nyt ga..keep waiting dr..:) thanku 🙂

  8. Aishath Sharumeela Sharu says:
    April 13, 2017 at 11:08 pm

    V salhi

    1. kayashandy says:
      April 13, 2017 at 11:28 pm

      thank u so much :*

  9. Maree says:
    April 13, 2017 at 11:16 pm

    VVV reethi anehkkaves kudha inthizaareh dho kohllan mijehunee

    1. kayashandy says:
      April 13, 2017 at 11:26 pm

      dhw…aslu beynunvaagothah liyan it takes time dhw..hope evry reader will understand..thank u 🙂

  10. Shahu says:
    April 13, 2017 at 11:30 pm

    Varah thafaathu reethi vaahaka akah vaane henn heevanee. All the best.

    1. kayashandy says:
      April 14, 2017 at 2:10 pm

      INSHA ALLAH…thanku so much dr 🙂

  11. Saandy says:
    April 13, 2017 at 11:53 pm

    V salhi… V fakkaa sifakurunthah… Next partge inthizaaruga… Keep it up Kayashandy 🙂

    1. kayashandy says:
      April 14, 2017 at 2:11 pm

      thank u so much saandy…m glad dat u liked it..:)

  12. firu says:
    April 14, 2017 at 12:39 am

    obiness to the max ❤???

    1. kayashandy says:
      April 14, 2017 at 2:11 pm

      thanku so much..happy to knw dat 🙂

  13. Nadha says:
    April 14, 2017 at 12:44 am

    Vvv reethi vaahaka eh.. dhen vaanegotheh balaalan keith madhuvefa mi hiry

    1. kayashandy says:
      April 14, 2017 at 2:12 pm

      thank u so much nadha..keep waiting…:)

  14. ssss? says:
    April 14, 2017 at 9:48 am

    Wow… Varah rythi… Varah thafaath

    1. kayashandy says:
      April 14, 2017 at 2:12 pm

      thank u so much ..:)

  15. Yaa says:
    April 14, 2017 at 11:06 am

    Next part Thankolheh dhigukohlla dhinun edhen. Story reethi vaane hen heevey.

    1. kayashandy says:
      April 14, 2017 at 2:13 pm

      ill try…thnk u so much..:)

  16. Cute handi says:
    April 14, 2017 at 11:17 am

    Nice kaya.waiting for the saturday night and your stry.?different name eh kakuni story akah kian…hehehe.well done good job.waiting 4 ur stry impatiently.???????????????

    1. kayashandy says:
      April 14, 2017 at 2:14 pm

      thank u so much for de lovely comment..happy to knw dat u liked it so much..n yeah dhw v thafaathu namei..heekuran vaahakavesa thafaathuvaanekamah..heheh 🙂

  17. Reen Hayaa says:
    April 14, 2017 at 11:51 am

    Thankolheh ginain episode genesba plss

    1. kayashandy says:
      April 14, 2017 at 2:16 pm

      wil try for it…ekam yageen kamei nudheveyne.. kurin ves bunefa in days thakuga up kohdhayenee..insha allah…..thanku 🙂

  18. imagination says:
    April 14, 2017 at 11:52 am

    oohh.. v cool.. hehehe

    1. kayashandy says:
      April 14, 2017 at 2:16 pm

      thanku sooooo much…:)

  19. shiu says:
    April 14, 2017 at 12:40 pm

    Nice ???❤

    1. kayashandy says:
      April 14, 2017 at 2:17 pm

      thank u so much…:)

  20. Jjeyツ says:
    April 14, 2017 at 1:54 pm

    V nice and interesting. Waiting for next part kayashandy.?

    1. kayashandy says:
      April 14, 2017 at 2:17 pm

      thank u so much…:* keep waiting 🙂

Comments are closed.


All Right Reserved!