“މޯރނިންގް ލޭޑީސް..ރައިޑެއް ބޭނުންތަ؟ ހީވަނީ ވިއްސާރަވާން އުޅޭހެން..” އެއްއަތުން ހުންގާނުގައި ހިފަހައްޓާއިގެން އަނެއް އަތުން ކާރުގެ ކުރީ ޝީޓްގެ ދޮރު ހުޅުވާލަމުން ޖައިލާން އެހެން ބުނެލީ މައްޗަށް ބަލާލުމަށްފަހު ކައިޝާ ކައިރީގައި ހުރި އީޝަލްއަށް ބަލާލަމުންނެވެ. އެވަގުތު އެކާރުގެ ފަހަތު ޝީޓްގައި އިން ޒިއަދަންގެ ލޯ އަމާޒުވެފައިވަނީ ކައިޝާއަށެވެ. ކާރުގެ ބިއްލޫރިގަނޑު ކަޅުކަމުން ބޭރުން އެތެރެ ނުފެނުނަސް ޒިއަދަންގެ ތޫނު ނަޒަރުވަނީ ކައިޝާގެ މޫނަށް ހުއްޓިފައެވެ. ކައިޝާގެ ފަރާތުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގަ އިން ޒިއަދަންގެ ހިތްވަނީ […]
*** ތިން އަހަރު ފަސް*** އަހަރެންގެވެސް ކިޔެވުން ނިމި އިންތިޒާރު ކުރެވުމުން ދިޔައީ ގުރެޖްއޭޝަންއަށްށެވެ. ރާއްޖެ ދެވޭތީ އަހަރެން ހުރީ ނުހަނުއުފާ ވެފައެވެ. ހައިކަލްގެ ހަބަރެއް ނުވާތާ މިހާރު ތިން ދުވަސް ވަނީއެވެ. އަހަރެން މެސެޖް ކުރިޔަސް ރިޕްލައިވެސް ކުރަނީކީ ނޫނެވެ. ޒައިން ކައިރީ އަހާލުމުން ބުނީ ހައިކް މާ ބިޒީ ކަމަށް ވެދާނެކަމަށެވެ. އެހެން ކަމުން މާ ބޮޑަށް ހައިކަލްއަށް އުނދަގޫ ނުކޮއް އަހަރެންވެސް ކެތްކޮއްލައިގެން ހުރީ ރާއްޖެ ދެވެން ދެކަށެވެ. އޭރުން ކުރިމަތީ […]
ލަސްވި ލަސްވިހެން އަހަރެންގެ ހިތުގެ ތެޅުންދިޔައީ އަވަސް ވެގެންނެވެ. އެހެން ނުވާވަރެއް ހެއްޔެވެ؟ އޭރު އެއޮއްގެން ދިހައެއްޖެހީއެވެ.އަދިވެސް އިޔާންގެ ހަބަރެއް ވީކީއެއްނޫނެވެ.ގުޅާގުޅާ ފޯނުނެގިނަމަވެސް އެއްކަމެކެވެ. އަހަރެންގެ ބައްޕަ ފިޔަވާ ހުރިހާ ފިރިހެނުންވެސް ނުކުތީ އިޔާން ހޯދާށެވެ.ބައްޕަ މަޑުކުރީ އަހަރެމެން ކައިރީގައެވެ. ފުދޭވަރެއްގެ ނަލަ ހަނދުވަރެއް ދެމުންދިޔައީތީ ޕިކްނިކަށް ގެނައި ލައިޓުތަކުގެ ބޭނުމެއްނުޖެހުނެވެ.އަހަރެންނާއި ކުޑީއާ ތިއްތައްތަ ފިޔަވާ އެންމެންވެސް ޓެންޓުތެރެއަށް ވަދެއްޖެއެވެ.އިޔާންގެ މަންމަ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އަހަރެންގެ މަންމަވެސްވަނީ ޓެންޓަށެވެ.މަންމަވަންނަމުން އަންނާށޭ ބުނުމުންވެސް އަހަރުމެން އިރުކޮޅަކުން […]
ހަވީރުގެ ފިނިފިނި ވައިރޯޅިން ޖައްވުވަނީ ހަމަހެމޭންކަން ގެނުވާފައެވެ.ނަވިން ރަށުތެރެ ބަލާލުމުގެ ނިޔަތުގައި ނުކުތީ ސައިކަލުގައި ބުރެއް ޖަހާލުމަށެވެ.އެހެންކަމުން ވަކި މިސްރާބެއް ނެތި ދުއްވަމުންދަނިކޮށް އަތިފަރާތުުގައި ވަރަށް ރީތިކޮށް އެލުވާލައިފައިވާ ޖޯލިފަތި ތަކެއްފެނުނެވެ.ސައިކަލުން ފައިބައިގެން އައިސް ޖޯލިފަތީގައި ޖައްސައިލީ ފިނިކޮށްލުމަށެވެ.އިރުކޮޅއްނުވެ ގާކޮޅެއް އައިސް ޖެހުނީ ނަވިންގެ ބޮލުގައެވެ.ތަދުވި ވަރިން ނަވިން ކައިރިއަށް ރުޅިއައިސް ފަހތަށް ބަލަލެވުނެވެ.ފެނުނު މަންޒަރުން ވަކިން ބޮޑަށް ރުޅިއައެވެ.ތެދުވެގެން ބާރު ހިގުމެއްގައި އައިސް ދޮންވެލި ގަނޑު މަތީގައި އިން އަފްރިން އަތުގަ ހިފައި ކޮޅަށް ނެގިއެވެ.އެއްޗެއް […]
“އާހް.. ތަދުވެޔޭ ދައްތާ…” “ކޮންމެހެން މަށާދިމާލަށް ދައްތާއޭ ކިޔާ ގޮވާނެކަމެއް ނެތް.. ހަމަމިހާރު މިހިރަ އެއްޗެހިތައް ދޮންނާން ދޭ..!” މާޝާގެ ކަންފަތުގައި ބާރަށް ހިފާ ކޮއްޕާލަމުން ނަފީސާ ބުންޏެވެ. އުމުރުން މިހާރު 16 އަހަރަށްދާ މާޝާ ދޮންމަންމަ ގާތައް ދިރިއުޅުން ބަދަލުކުރީ އޭނާގެ އުމުރުން 9 އަހަރުގައި މަންމަ ނިޔާވުމާ ގުޅިގެނެވެ. ލިބެމުންދާ އަނިޔާތަކަށް ކެއްކޮއްގެން މިއަދާ ހަމައަށްވެސް މާޝާ އުޅެމުން އަންނަނީ އޭނާގެ މަންމަގެ ވަސިއްޔަތައް ޓަކާއެވެ. ” ދަރިފުޅާ..! މަންމަ ނެތް ދުނިޔެ އެއްގައިވެސް […]
“ކުޑީ ޕްލިޒް،.. ޕްލީޒް މިހެން ނުކިޔައްޗެ މީހަކުކާރި… ޗޮކުލެޓް ވެސް ދޭނަަން ލޯބީ…” އިޔާންގެެ އަތުން ދޫވެގަނެވުމާއެކު އެއްމެ ފުރަތަމަވެސް އަހަރެން ބެލީ ލާނެތް ހިނިތުންވުމަކާއެކު ދެފަރާތަށް ބޯހޫރުވަމުން ދިޔަ ކުޑީއަށް ރިޝްވަތު ދީގެން ނަމަވެސް އެކަން ސިއްރުކުރެވޭތޯއެވެ. އެންމެ ފަހުން ޑެއިރީމިލްކް ބޮޑު ޗޮކުލެޓަކަށް ޝަރުޠުކޮށް ކުޑީ އެއްބަސްކުރުވީމެވެ. އެރޭ އިޔާން ގެއަށް ދިއުމުންވެސް އަހަރެންގެ ބޮލުތެރޭން އެކަންތައް ގަނޑު ފިލައިންނެއް ނުދިޔައެވެ. “ކަމޯން ޒީ… ޔޫ އާ އޮންލީ ފިފްޓީން ޔޫ ނީޑް ޓު […]
ހަތަރު އަހަރުފަސް. މިއަދަކީ ގ. ލޮޓަސްއަށް ޢީދެއް އައިސްގެން އުޅޭ ދުވަހެކެވެ. އަނީސާގެ ހުރި ހަމައެކަނި ދަރިފުޅު ހަތަރު އަހަރު އޭނައާއި ދުރުގާ ހުރުމަށްފަހު އަނެއްކާވެސް ފެންނަން އުޅެނީއެވެ. ޝައިމްއަށް އާދެވެނީ މެންދުރު ކަމުން ހެނދުނުއްސުރެ އަނީސާ އުޅެނީ ބަދިގޭގައެވެ. ޝައިމްއަށް މީރުވާނެހެން ހީވާހާ އެއްޗެއް އޭނާ ތައްޔާރުކުރިއެވެ. ކައިރީގައި އަތްގާތް ކޮށްދެން ލައިބާވެސް އުޅުނެވެ. ނަމަވެސް ލައިބާއަށް ކަމެއް ކުރެވެނީ އަލްސަން ބައްޕަގެ ގާތުގާ ހުންނަ ވަގުތުތަކުގައެވެ. އެހެންނޫނީ އަލްސަން ހުންނާނީ އަބަދުވެސް ލައިބާގައިގާ ތަތްވެގެންނެވެ. […]
ދޮންވެލިގަނޑުގައި ފައި ޖެހުމާއެކު ގައިން ހީބިހި ނާގާހާވެއެވެ. ނަމަވެސް މަޑުފިޔަވަޅުގައި ގޮސް އަހަރެންނަށް ފުރަގަސްދީގެން މޫދަށް ބަލަހައްޓައިގެން، ހުދުކުލައިގެ އަތްދިގު ގަމީހަކާއި މަޑުނުކުލައިގެ ޖިންސުގައި ހުރި ޒުވާނާއާއި އަރާ ހަމަކޮށް މަޑުކޮށްލީމެވެ. އަދި، ހާސްވެފައި ހުރި ނަމަވެސް ބަހެއް ބުނެވޭތޯ އުޅުނީމެވެ. “މިއައީ” . ސިއްސައިގެން ގޮސްފައި އޭނާ އެނބުރިލީ އުފަލުން ފޮޅިފައިވާ މޫނަކާއި އެކުގައެވެ. “އާހް…” ދެތިން ފުންނޭވާލުމަށްފަހު އަހަރެންގެ ދެއަތްތިލަ ނަގާ އޭނާގެ ދެއަތުން ވަރަށް ލޯތްބާއެކު ފިތާލިއެވެ. އަދި ކުރިއަށްވުރެ ބޮޑަށް އަހަރެންނާއި […]
“އެއަންހެން ކުއްޖާ ފެނުމުން އަހަރެންނަށް ތަފާތު ގޮތެއް އިހުސާސް ކުރެވުނު..އަދި ދުވަހަކުވެސް މިފަދަގޮތެއް ނުވޭ…އަހަރެން އޭނަ ހާސިލް ކުރާނަން..އިޓްސް އަ ޕްރޮމިސް..” ޒިއަދަންގެ އަޑުގައި ވަނީ ޔަޤީންކަމެވެ. ވަގުތު ޖެހުމުން އެބުނި ބަހުގައި ހުރި ބާރެއްވެސް އެނގިދާނެތާއެވެ. ** “ދެން ހުސްނާ މިވީހާ ދުވަހު މިކޮޅަށް އަންނަ ހިޔާލެއްވެސް ނުކުރަން ދޯ..؟ އަހަރެން ވަރަށް ދެރަވި ހުސްނާ ކުއްލިއަކަށް އެގޮތަށް ވަކިވުމުން…އަހަރެން ހީކުރީ މަނިކުބޭގެ މޫނު ދެކިލަން ނަމަވެސް ހުސްނާ އަންނާނެކަމަށް… މިވާހަކަ ދެން މިހާރު ދެއްކުމުގެ […]