Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ (8)

Psenhi Level 410 Stories100 Comments100 Login
April 12, 2017 4 Mins Read
23 Comments

“އަނީ” ގެއަށް ވަދެގެން އައި ޝާހިދު ގޮވާލިއެވެ. އެއަޑަށް ޝައިމްއަށް ދޮރުކަނީގައި ހިފައްޓައިގެން ހުރި އަތް ދަމައިގަނެވުނެވެ. އަނީސާ އަތުގައިއޮތް ބޭސްކާޑު ޝައިމްގެ އަތަށް ލައިދިނުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައިގޮސް ޝާހިދުގެ ގާތުގާ ހުއްޓުނެވެ.

“ކޮބާ އެމީހުން؟” ޝާހިދު ބުމައަރުވާލަމުން ސުވާލުކޮށްލިއެވެ.

“ކާ ކޮޓަރީގަ.” އަނީސާގެ ޖަވާބު ނުނިމެނިސް ޝާހިދު ކާކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ.

“އައްދެ! ދަރިފުޅު ހާދަ އަވަހަކަށް ތި ނިންމާލީ!” ސިޓިންރޫމަށް ވަދެގެން އައި ލައިބާފެނި ޝާހިދު ބުނެލިއެވެ. ލައިބާ ލަދުވެތި ގޮތަކަށް ހިނިތުާންވެލިއެވެ.

ކާކޮޓަރީގެ ދޮރުމައްޗަށް ޝާހިދުއަށް އެރުންއިރު އަދުނާނު ކައިނިމިގެން އަތް ދޮންނަނީއެވެ.

“ކިހިނެތްވީ މާ އަވަހަށް ނިންމާލީތި؟ ކަމުނުދަނީތަ؟” ޝާހިދުގެ އަޑު އިވުމުން އަދުނާނު ފަހަތް ބަލާލަމުން ހިނިތުންވެލިއެވެ.

“ނޫނޭ. ވަރަށް ފުރިހަމަ ކެއުމެއް. ޝާހިދު ނުދުރުވީމަ އަވަސްކޮށްލާފަ ދާން މިއުޅެނީ.” އަދުނާނު ކޮށްލީ ސަމާސާއެކެވެ.

ވަރަށް ބޮޑު ކަމެއް ދިމާވެގެން ހޮޓެލްގައ މަޑުކުރަން ޖެހުނީކަމަށް ބުނެ އަދުނާނުގެ ކޮނޑުގައި ހިފަހައްޓާލައިގެން ޝާހިދު އަދުނާނު ގެންގޮސް ސިޓިންރޫމް ސޯފާގައި ބޭންދިއެވެ.

އަދުނާނު ލައިބާއަށް ޝާހިދުމެން ދެމަފިރިން ތަޢާރަފްކޮށްދިނެވެ. އަދުނާނާއި ޝީހިދު ދިމާވިގޮތާއި ޝާހިދުގެ ރަނގަޅު ވާހަކައެވެ.

“ލައިބާއަކީ މަސައްކަތަށް ފަރުވާތެރި އަޚްލާޤް ރަނގަޅު ކުއްޖެއް. އަހަރެން ވަރަށް އުފާވެފަ މިހުންނަނީ ލައިބާ ކަހަލަ ކުއްޖަކު އެ ވަޒީފާއަށް ސިލެކްޓް ކުރެވުނީމަ.” ޝާހިދުގެ ބަސްތަކުން އަދުނާނު އިނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. “ބައްޕަ ކައިރި ނުބުނަންދޯ އަދި ދަރިފުޅެއް.” ޝާހިދު ލައިބާއާއި ދިމާއަށް އެނބުރިލަމުން ބުނެލިއެވެ.

“އަޅުގަނޑަކަށް ކުރިއަކުން ނޭނގެ” ލައިބާ ލަދުވެތިކަމާއެކު އިސްޖަހާލިއެވެ.

“ދެންމެ މައްޗަށް އަރައިގެން އެދިޔައީނު ކުއްޖެއް. އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު. އޭނާގެ އޮފީހުގަ ލައިބާ ވޯކް ކުރަނީ ދޯ ލައިބާ” ޝާހިދުގެ ވާހަކަ ތެދުކަން ލައިބާ ބުނެދިނީ ބޮލުގެ ހަރަކާތުންނެވެ.

ލައިބާގެ ހިތަށް އެރިއެވެ. ޝައިމްގެ މަންމައާއި ބައްޕައަކީ ހާދަ އޯގާތެރި ހިތްހެޔޮ ދެމީހުންނެވެ. ޝައިމް އޭގެ އިދިކޮވެ. ކާކުގެ ބޮޑާކަމެއްބާއެވެ!

ޝައިމް މައްޗަށް އަރައިގެންގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. ބޮލުގާ ރިއްސާކަންވެސް ހަނދާންނެއްކަހަލައެވެ. ނޫނީ ކުއްލިއަކަށް ރިހުން ކެނޑުނީއެވެ. ބޭސްކާޑު މޭޒުމަތީ ބޭއްވުމަށްފަހު އެނދުމަތީ އޮށޯތެވެ. އަދި މަޑުމަޑުން ލޯމަރާލިއެވެ.

“ޝައިމް!” ޝައިމް ސިހިގެން ދިޔައީ ލައިބާގެ އަޑަށެވެ. ޝައިމްއަށް ހައިރާންކަމެއް ލިބުނީ އެނދުގެ އަނެއްފަރާތުގައި އޮށޯވެލައގެން ލައިބާ އޮތުމުންނެވެ. އެބޮޑު ދެލޯ ވަނީ ސީދާ ޝައިމްގެ ދެލޮލަށް ހުއްޓިފައެވެ. ދީވާނާ ވެފައިވާ މީހެއް ފަދައިން ޝައިމް ލައިބާގެ މޫނާމޫނު ގާތްކޮށްލިއެވެ. އެވަގުތު ދިޔަ ނުދިޔަ ތަނެއް ނޭނގި ލައިބާ ގެއްލިއްޖެއެވެ.

“ހެ ހެ ހެ ހެ ހެ” ލައިބާގެ ހުނުމުގެ އަޑު ކޮޓަރިތެރޭގެ ހަމަހިމޭންކަން ނަގާލިއެވެ. ޝައިމް ހައިރާންވެފާ ދެފަރާތް ހޯދާލިއެވެ. އެވަގުތު އެލޮލުގައި އަޅައިގަތީ ބެލްކަނީގައި ފުރަގަސްދީގެން ހުރި ރަތްހެދުމުގައިހުރި އަންހެން ކުއްޖާއެވެ. އެހިތުގެ މަލަކާއެވެ. ޝައިމް ލޯތްބަށް ފެންބޮވައިގެންފާވާ މީހަކު ފަދައިން ގޮސް ލައިބާގެ ގައިގާ ބައްދާލިއެވެ.

އަނެއްކާވެސް އެރީތި ސޫރަ ގެއްލުނީއެވެ. މިވަނީ ކިހިނެތް ހެއްޔެވެ؟ ނިދީގައި ހުވަފެނުން ފެންނަމުން އައިސް އެންމެފަހުން ހޭލާ ހުންނައިރުވެސް ހުވަފެން ފެންނަނީއެވެ. އެ ރީތި ސޫރަ ޝައިމްގެ ގާތުގައި ވީތީއެވެ.

“އޯ ގޯޑް.” ޝައިމްއަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގެއެވެ. ލައިބާގެ ސަބަބުން ޝައިމް މިވަނީ ހަމަ ރަނގަޅަށްވެސް މޮޔަވާންކައިރިވެފައެވެ.

އާދުވަހަކަށް އިރުއަރައިފިއެވެ. މިއަދަކީ ބައްޕަ ގޮވައިގެން ކަށީގެ ޑޮކްޓަރަކަށް ދައްކަން ދާން އެޕޮއިންޓްމެންޓް ލިބުންދުވަސްކަމުން ލައިބާ ހަސަންއަށް ގުޅާފަ އޮފީހަށް ދިއުންލަސްވެދާނެ ވާހަކަ ބުނެލިއެވެ.

ބައްޕަގެ ބައްޔަކީ އުނަގަނޑުގައާއި ފައިގާ ރިހުމެވެ. ޑޮކްޓަރ ވިިދާޅުވީ އެއީ މާ ބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުންވީ ކަމެއް ކަމުގައެވެ. އަދި ބޭސް ލިޔެދެއްވުމަށްފަހު ގިނައިން ކަސްރަތު ކުރާށާއި ކޮންމެ ދުވަހަކުވެސް މޫދަށްއެރި ފަތާލަން މަޝްވަރާދިނެވެ. އަދި ބެލްޓު އަޅައިގެން ބުރަމަސައްކަތުގައި އުޅުމަށް ނސޭހަތްތެރި ވަމުން ބޭސްސިޓީގައި ބެލްޓްވެސް ލިޔެދިނެވެ.

ބޭސްނަގައިގެން ބައްޕައާއިއެކު ގެއަށް ދެވުނުއިރު އަށްގަޑި ބައި ވެއްޖެއެވެ. ގެއަށް ވަނުމާއިއެކު ލީީލާ ސައިބޯން ގޮވުމުން ލައިބާ އޮފީހަށް ދިއުމުގެކުރިން ސައިބުއެވެ.

“މިއީ އައްޒަގެ އަމިއްލަ އޮފީހެއް ނޫނޭ ހިތަށް އެރިހާއިރަކު އައިއްސަ އުޅޭނެހާ ގޮތަކަށް އުޅޭކަށް. އައްޒައަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ވަރަށް ހިތްހަމަ ނުޖެހޭ ކަމެއްކަން މީޓިންއަށް ގަޑިޖެހިގެން އައުމަކީ.” ޝައިމްގެ އަޑުގައިވީ ހަރުކަށިކަމާއި ހިތްހަމަނުޖެހުމެވެ.

“ސޮރީ ސާރ. ދެން ފަހަރަކުން…” އައްޒަ ބުނަންއުޅުން ޖުމްލަ މެދުކަނޑާލީ ޝައިމްއެވެ.

“ކޮން ދެންފަހަރަކުންނެތް؟ މީގެފަހުން އައްޒަ މިކަހަލަ މީޓިންތަކަށް އަންނާނެކަމެއް ނެތް. އައްޒަ ކުރިންވެސް ކުރަމުން އައި މަސައްކަތް އައްޒަ ކުރޭ!” ޝައިމްގެ އަޑު ކުރިއަށްވުރެވެސް ބާރެވެ.

ޝައިމް މިގޮތަށް މީޓިންގާތިބި އެންމެންގެ ކުރިމަތީ އެއްޗެތިކިޔުމުން އައްޒަ އިނީ ވަރަށް ލަދުގަނެ ދެރަވެސް ވެފައެވެ.

ލައިބާ އޮފީހަށް ވަދެގެން ގޮސް އޭނާގެ މޭޒުގެކައިރިއަށް ހުއްޓެމުން ދެލޯ ބޮޑުކޮށްލިއެވެ. އެތަނުގައި އިނީ އައްޒައެވެ.

“ބަލާނެކަމެއްނެތް. ކަލޭގެ ކަންތައްމީ. ދެން ދާންވީނުން ނުލިބިގެން އުޅޭ މޭޒުކޮޅަށް. ހަނދާންކުރާތި. މީގެ ބަދަލު ހިފާނަން.” އައްޒަ އިނީ ވަރަށް ރުޅިގަދަވެފައެވެ.

ވާނުވާ ނޭނގޭހާލު ލައިބާ އަވަސްއަވަހަށް ހަސަނަށް ގުޅާލިއެވެ.

“އެބަދަން.” ހަސަނު ވަރަށް އަވަހަށް އައިސް ކަންތައްވީގޮތް ލައިބާއަށް އޮޅުންފިލުވާދިނެވެ. ލައިބާގެ ދެބުމަ ގޮށްޖެހިގެންދިޔައެވެ. ހަސަނު ދިއުމުން އޭނާއަށް ހާއްސަ ކުރެވިފާވާ މޭޒުގެ ކައިރީގައި އިށީނދެ ލިއެވެ.

ލައިބާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ދެން ވާނެ ގޮތަކާއިމެދު ވިސްނާލެވުމުންނެވެ. ޝައިމްގެ ކައިރީގައި ހުންނަން ލައިބާއަކަށް ފަސޭހައެއްނޫނެވެ.

ޝައިމްގެ ކެބިނެޓާއި ދިމާއަށް ލައިބާއަށް ބަލާލެވުން ވަގުތު ފެނުން މަންޒަރުން ލައިބާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކަޅިޖަހާނުލާ ލައިބާއާއި ދިމާއަށް ބަލަން ޝައިމްއިނެވެ. މިމޭޒު ބަހައްޓާފައިވާގޮތުން ޝައިމްގެ މޭޒުކައިރީގައި އިންނައިރު ލައިބާކުރާ ހުރިހާކަމެއް ޝައިމްއަށް ފެންނާނެއެވެ. ލައިބާ ގޮތް ހުސްވެފައިވާ މީހެއްފަދައިން ދެލޯ މަރާލީ ދެން އަންނާނެ ތޫފާނަކަށް ޖެހިލުންވެ އިނދެއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް މިރެއަކީ ލައިބާ އަދި ސަމާއަށް ވަރަށް ހާއްސަ ރެއެކެވެ. އޯލެވެލްް ނެޝަނަލް ޓޮޕްޓެންއަށް ހޮވުން ކުދިންނަށް ބާއްވާ ހާއްސަ ޖަލްސާ އޮންނަރެއެވެ.

ލައިބާއަށް ޓޮޕްޓެންގެ ހަތަރުވަނަ ލިބުންއިރު ސަމާ ވަނީ ފަޚުރުވެރި އެއްވަނަ ހޯދާފައެވެ.

ދެކުދިންވެސް މިރެއަށުޓަކާ އެއްކުލައަކުން  އެއްގޮތަކަށް ހެދުން ފެހިއެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް ދެކުދިންވެސް ކޮންމެވެސް ވަރަކަށް މޭކަފްކޮށްލީ ސީމާގެ އެދުމުގެ މަތިންނެވެ.

ދެކުދިން ތައްޔާރުވެގެން ނިކުތްއިރު އަދުނާނު އާއި ލީލާވެސް ތައްޔާރުވެގެން ނިކުމެ ތިއްބެވެ. ނިޒާމްވީ އޮފީސް ދަތުރެއްގާ ބެންކޮކަށް ގޮހެވެ.

“ހާދަ ރީއްޗޭ! މާޝާ الله ” އަދުނާނާއި ލީލާއަށް އެއްފަހަރާ ބުނެވުނެވެ.

ދެކުދިން ލާފައިހުރި ކަޅުކުލައިގެ ދޫ ހެދުމުން ފައިތިލަ ފޮރުވިފާވެއެވެ. ރަން ކުލައިގެ އެހާއި ގޮށުން ހެދުން ޑިޒައިން ކޮށްފާ ރަންކުލައިގެ ޝޯލްއެއް އަޅާފަ ތިބިއިރު ހީވަނީ ކާޓޫންތަކުގައި އުޅޭފަދަ ޕްރިންސަސް އިން ހެންނެވެ. ތުންފަތުގައި މަޑު އޮރެންޖް ކުލައެއް ޖައްސާފާވާއިރު ދެކުދިންވެސް ތިބީ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލައިގެންނެވެ. އަރަން ނެގީވެސް އެއްވައްތަރެއްގެ ގޯލްޑް ކުލައިގެ ބޫޓެވެ.

ގޭގެ ދޮރުމަތީ ޓެކްސީއެއްގެ އިންތިޒާރުގައި ހަތަރުމީހުން ތިއްބެވެ. އިރުކޮޅަކުން އެމީހުންނާއި ދިމާއިން މަގުމަތީގައި ކާރުގައި އައިސް މަޑުކޮށްލީ ލައިބާއަށް އާމޫނެއްނޫނެވެ.

އެއްވައްތަރުން ހެދުން އަޅާފަވުމުން އެއްގޮތްކަމެއް ހުއްޓަސް ލައިބާއާއި ސަމާ ވަރަށް ތަފާތެވެ. ޝައިމްއަށް ކަޅިޖަހާނުލާ ލައިބާއަށް ބަލަން އިނދެވުނީ އާށޯހުވެފައެވެ. އެހިތުގެ މަލަކާ މިރޭ އެތަށް ހާސް ގުނައެއް ރީތިކަމަށް ހުދު އޭނާގެ ހިތްވެސް ބުނަމުންދެއެވެ. ސާދަވިލޭރޭގެ ހަނދުފަދަ އެ ޗާލުމޫނުފެނި އެތަށް ފިރިހެން ކުއްޖެއްގެ ހިތް ފިދާވާނެކަން ގައިމެވެ.

ރޭގަނޑު އަށެއްގެ ޚަބަރު ނިމުމުން ޓީވީ ނިއްވާނުލާ އަނީސާ ބެހެއްޓީ މިރޭގެ ޙާއްސަ ޖަލްސާ ބަލާލަން ހިތްއެދޭތީއެވެ. އަނީސާގެ ގާތުގައި ސޯފާގައި ޝާހިދުވެސް މިރޭ މަޑުކޮށްލީ އަނީސާ އެހާ އަވަހަށް ނިދަން ނުދާނެކަން އެނގޭތީއެވެ.

އޯލެވެސް އިމްތިހާނުގެ ރަންވަނަތަކަށް ދިޔަ ކުދިން މިރޭ ޖަލްސާއިން ފެންނާނެއެވެ. އެކުދިންގެ އާއިލާތައް އެކުދިންނާއިމެދު ފަޚުރުވެރިވާނެއެވެ.

އަނީސާވެސް އޭނާގެ ހުރި ހަމައެކަނި ދަރިފުޅާއިމެދު އެފަދަ ހުވަފެންތަކެއް ދުށްޓެވެ. ނަމަވެސް. . .

“އަހަންނަށް މާފުކުރޭ!”

ޚިޔާލުތަކަކަށް ގެއްލިފާއިން އަނީސާއަށް ޝާހިދުގެ ހަމްދަރުދީން ފުރިގެންވާ އަޑު ކަންފަތުގައިޖެހުނެވެ.

އެއާއެކު ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި ކޯތާފަތް ތެއްމަމުންދިޔައެވެ.

“އަހަންނަށް އެހެން ކަންތައް ކުރެވުނީމަ މިހާރު ވަރަށް ދެރަވޭ. ޝައިމްގެ އުމުރުން އެންމެ އަށް އަހަރުގާ އެކުއްޖާ އަނީ އާއި ދުރަށް ގެންދެވުނީ މަންމަ އެގޮތް ބޭނުންވީމަ. އެދުވަހު އެހެން ނުހެދުނު ނަމަ އަނީއާއި ޝައިމްގެ ގުޅުން މިހާރަށްވުރެ ރަނގަޅުވީސް. ޚުލްޤުހެޔޮ ދީންވެރި ކުއްޖަކަށް އަނީ އެކުއްޖާ ހަދާނެ. އަދި އަހަރެމެން އުންމީދުކުރި ފެދައިން ފަޚުރުވެރި ކާމިޔާބީތައް ހޯދީސް.” ޝާހިދުއަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.

އެވަގުތު އެދެމީހުންގެ މާޒީ އެދެމީހުން ވަށާލިއެވެ.

ޝާހިދުގެ ދައްތަ އޭނާގެ ދެދަރިންނާއި އެކު ފިރިމީހާގެ އެދުމުގެމަތިން އިންޑިއާއަށް ދިރިއުޅުން ބަދަލުކުރީއެވެ. ޝާހިދުގެ ބައްޕަގެ ބަލިހާލުގެ ސަބަބުން މަންމަވެސް ބޭނުންވީ އެމީހުންނާއެކު ދާށެވެ. އަދި ދަމުން ޝައިމްވެސް ގެންދާށެވެ. މަންމަ ޒުލޭޚާ ދެކޭގޮތުގާ ރާއްޖެއިން ލިބޭ ތަޢުލީމުގެ އެތައް ގުނައެއް ރަނގަޅު ތަޢުލީމެއް އިންޑިޔާއިން ޝައިމްއަށް ދެވިދާނެއެވެ. ނަމަވެސް ޝާހިދު އެކަނިވާނެތީ އަނީސާ ގެންދާކަށް މައިދައިތަ ބޭނުމެއް ނުވިއެވެ.

އަނީސާ ރޮއިރޮއި އޮއްވާ އަށް އަހަރުގެ ކުޑަ ދަރިފުޅު އެ މައިމީހާއާއި ދުރަށް ޝާހިދު ފޮނުވާލީ މަންމަގެ ބަހަށް ތާއީދު ކުރަމުންނެވެ.

“އެއީ ދެން މިހާރު ނިމިފައޮތް ކަމެއްނުން. އަހަރެންގެ ހިތުގާ އެއްވެސް ހިތްބުރަކަމެއް އެއްވެސް މީހަކާ ދޭތެރެއަކުނެތް. އަހަންނަށް ވެސް އެނގެއޭ އެންމެންވެސް އެގޮތަށް ކަންތައްކުރީ ޝައިމްދެކެވާ ލޯތްބެއްގެ ބޮޑުކަމުންކަން.” އަނީސާ ވާހަކަދެއްކީ ޝާހިދުގެ ކޮނޑުގާ ބޯއަޅާލައިގެން އޮވެއެވެ.

“މިހާރުު ކިހިނެތްތަ ޝައިމް އޮސްޓްރޭލިއާ އަށް ކިޔަވަން ދިއުމުގެ ކަންތައް އޮތީ؟” މިފަހަރުވެސް ވާަކަދެއްކީ އަނީސާއެވެ.

“ހުރިހާކަމެއް ހަމަޖެހިއްޖެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޝައިމް ފުރާނެ.” ޝާހިދު އަނީސާގެ ބޮލުގައި ފިރުމާލިއެވެ.

ޝައިމް ކާރަށް އަރަން ދައުވަތު ދިނުމުން އަދުނާނު ހުރިހާ އެންމެންނަށް އެރުމަށް އިޝާރާތް ކުރިއެވެ. ލައިބާ ސަމާ އަދި ލީލާ އެރީ ފަހަތު ސީޓަށެވެ. އަދުނާނު  އެރީ ކުރީ ސީޓަށެވެ. އޭރު ކާރުތެރެ އެއްވަސްކޮށްލާފައިވަނީ ޝައިމް ޖަހާ ޝެލިސް ސެންޓުގެ މީރު ވަހުންނެވެ.

ލައިބާގެ ހިތް އަވަސްވެފާވެއެވެ. ސިއްރުސިއްރުން ކުރީސީޓާއި ދިމާގައިވާ ލޯގަނޑަށް ބަލާލިއެވެ. އޭރު ޝައިމްގެ ލޯވަނީ ލައިބާއަށް އަމާޒުވެފައެވެ. ލައިބާ އިތުރަށް ފިނިވެގެންދިޔައެވެ. އަވަހަށް ނޫންކަމަށް ހަދާ ސަމާއާއި ވާހަކަ ދައްކަން ފެށިއެވެ.

”ޔޫ ލުކް  ގޮއުޖަސް.” ލައިބާގެ ފޯނަށް އައި މެސެޖް ކިޔާލިއެވެ. އެއީ ޝައިމްގެ މެސެޖެކެވެ. ލައިބާއަށް ހިނިތުންވެލަންވެސް ހަނލާންނެތުނެވެ. އަދި އެއްފަހަރު ސޭވްކޮށްފައިން ނަމާއި ދިމާއަށް ބަލާލިއެވެ. ބޮސް ޖަހާލެވިފާވެއެވެ.

އޭރު ލައިބާގެ ހިތް ތެރޭވަރުން ހީވަނީ މޭފަޅާލާފާ ނިކުންނަން އުޅޭ ހެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ނޭނގޭ ގޮތެއްވޭ 10

Next

ހެއްލުމުގެ ތެރޭގައި ވެވުނީއެވެ…….

Next
April 12, 2017

ހެއްލުމުގެ ތެރޭގައި ވެވުނީއެވެ…….

Previews
April 12, 2017

ނޭނގޭ ގޮތެއްވޭ 10

23 Comments!

  1. mine says:
    April 12, 2017 at 3:27 pm

    Vvvv reethi,but thankolheh kuree???

  2. Shaa says:
    April 12, 2017 at 3:28 pm

    wow… v v varah reethi mi part ves.:) <3

  3. Afy says:
    April 12, 2017 at 3:37 pm

    Maadhan avahah up koddhecchey
    Afy v wait kuran mi story ah

  4. Maree says:
    April 12, 2017 at 4:10 pm

    asluves dho Afy Maree ves v inthizaarukuraa vaahaka ekey mee reethi kamun

  5. ReeXa says:
    April 12, 2017 at 4:17 pm

    Reethi

  6. Anonymous says:
    April 12, 2017 at 4:42 pm

    Thankolheh dhigukoh liyebala haadha kiyaahithunney mihiree

  7. isha says:
    April 12, 2017 at 5:17 pm

    Alhey next part avahah up kohdheebala plx thankolheh dhigu koh liyebala ? varah salhi mi story keep it up ?

  8. Kittiy. says:
    April 12, 2017 at 5:53 pm

    V v rythi…..❤

  9. Saadu says:
    April 12, 2017 at 6:09 pm

    Asluvs vvvv reethi…next part Avas kohlachey….

  10. ssss? says:
    April 12, 2017 at 6:10 pm

    Varah rythi…. When is next part

  11. cenhi says:
    April 12, 2017 at 7:18 pm

    Thankx ol. V happy thiha Gina kudhin mivahaka kiyahivvathy. Asl kiyalairu kiras fonun type kuran v dhigu mivaruves. So dhigukureveneyeke mifaharvs nubunevene. Ekm try kuranan hihama jehe gothaka story genesdhevetho

  12. Xaan says:
    April 12, 2017 at 7:20 pm

    V salhi<3

  13. Lenora says:
    April 12, 2017 at 8:37 pm

    Vrh vrh vrh salhi… Mi story nimmahche anekkaa mhr miah aadhavejje… Assu vs vrh love!! <3

  14. Areesha says:
    April 12, 2017 at 9:18 pm

    Vvv salhi…

  15. Ina says:
    April 12, 2017 at 11:21 pm

    Vvvv reethi story eh heevanee v interesting vaanehen. Wating for next part

  16. xim says:
    April 13, 2017 at 9:45 am

    story reethii? keep it up sis

    1. cenhi says:
      April 13, 2017 at 9:50 am

      Thank you bro

  17. xim says:
    April 13, 2017 at 11:00 am

    u’r wlc hidhoo sis……?

  18. Inna says:
    April 13, 2017 at 3:14 pm

    Hey koba miadhuge part

  19. cenhi says:
    April 13, 2017 at 7:12 pm

    Sorry ol readers. Now I’m v bxy on Thursdays so miadhge part adhi nunimey liye

  20. haja says:
    April 13, 2017 at 7:49 pm

    He he v reethi mi story waiting for the next part

  21. Maree says:
    April 13, 2017 at 8:26 pm

    Mi rye vaanetha v kiyaahithun

  22. Aki says:
    April 13, 2017 at 10:08 pm

    cenhi dhooni koba miadhu ge episode avahah up kohla dheebaa

Comments are closed.

Next Episodeހިތް އެދެނީ (9)←


All Right Reserved!