ދިމްރާއަށް ނޭނގުނަސް ކާގެ ބޭރު ފާރުގައި ލައްގަނެގެން ހުރި ޔުއާންއަށް ރަނގަޅަށް އެ ބަސްތައް އަޑު އިވުނެވެ.ދިމްރާ އެގޮތަށް މާޔޫސްވެފައި އިނުމުން ދިމްރާ ކައިރިއަށް ދާން ޔުއާން ކިތަންމެހާވެސް ބޭނުންވިއެވެ.ނަމަވެސް ކުރި އަޒުމުގައި ހުންނަންވެސް ބޭނުންވެއެވެ.ހިތް ރޮއެރޮއެ އޮތް ހާލުގައިވެސް އެހެންކަމުން ޔުއާން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ.އެދިޔަ ގޮތަށް ކޮޓަރީގެ ބެލްކަންޏަށް ޔުއާން ނުކުމެލީ މީހާ ހާސްވާކަމުގެ އިހްސާސެއް ކުރެވޭތީއެވެ. އުނދޯލީގައި އޮށޯވެލަމުން އުޑުގައި ހުރި ފުރިހަމަ ހަނދަށް ޔުއާން ނަޒަރު ހުއްޓާލިއެވެ. ހިތުގައި އުފެދެމުން ދާ […]
” މޯމް…ޑޭޑް…. ދިސް އޒް މާޔާ… މައި ވައިޕް..” ނަކީލް އެންމެނަށް މާޔާ ތައާރަފްކޮށްދިނެވެ. ނިހާލް އައި ރުޅީގައި ނަކީލްކައިރިއަށް ޖެހިލާއި ނަކީލްގެ ކަންކަށިމަތީ ޖެހިއެވެ. މާޔާއަށް ބިރުން އަނގަމަތީ އަތްއަޅާލެވުނީ މި ވާނުވާ ނޭނގޭތީއެވެ. ސުވާލުގެ ނަޒަރަކުން ނަކީލްއަށް ބާލާލީ ޖަވާބު ބޭނުންވާފަދައިންނެވެ. ނަކީލް ނިހާލްއާއި ހަތަރު ކަޅި ހަމަކުރިއިރު އެދެލޮލުގައިވަނީ ޝަކުވާއެވެ. “ޑޭޑް ޕްލީޒް.. ލިސެން ޓު މީ” ނަކީލް ބުނެލީ އާދޭހާއި އެކީގައެވެ. “ނޮޕް… އަހަރުމެން ނަކީލް ބަލާއި ބޮޑުކުރީ..ކާންދީ ބޯންދީ ހަރަދުކޮށް […]
ދޮންވެލި ބީޗްމަތީގައި އިން ފަޒުނާއަށް ގެއްލިފައި އިދެވުނީ މޫދުން ފައިބައިގެން އެދިމާލަށް އަންނަ އަޝްފާންއާއި ދިމާލަށެވެ. އޭނާގެ ހަނދާނަށް އައީ އެއްމެ ފުރަތަމަ ދުވަހު އަޝްފާން ފެނުނު ދުވަހުގެ މަތިންނެވެ. އެހަމަ އެދުވަހާއި އެއްގޮތަށް އަޝްފާން ގެ އިޝްތަށިގަނޑު ވަނީ ހޭވިފައެވެ. އަދި ފެންތިކިތައް އޭނާގެ ތެމިފައިވާ ބޮލުން ކަދުރާއަށާއި މޫނަށް ފައިބަމުން ދިޔައެވެ. އެހެންނަމަވެސް މިއަދު އޭނާގެ ރީތިކަން މާ ފުރިހަމަކަން ފަޒުނާއަށް ފާހަގަވިއެވެ. އަޝްފާން އައިސް ފަޒުނާ ކައިރީ ވެލިގަޑު މަތީ އޮތްއިރު އޭނާގެ […]
ޒެއިނާ އަށް ބަނޑަށް ތަދުވާވަރުން ރޮއިގަނެވުނެވެ. މީހުންގެ އަޑު މާވަރަކަށް އިވޭތީ ގޭގަ އޮތް ޒާހިދާ އާއި އުމަރު ބޭރުބަލާލަން ނިކުތެވެ. އެމީހުންނަށް ފެނުނު މަންޒަރުން އެމީހުންގެ ހެޔަށް ގޮތެއް ނުވީ ކިރިޔާއެވެ. މީހުންތަށް ޒޭން އޭ ކިޔާތީ އުމަރު އެމީހުން ތެރެއަށް ދުއްވާގަތެވެ. ޒާހިދާ ވެސް ދުއްވާގަންނަން އުޅުނެވެ. ނަމަވެސް އެތާ މަގުމަތީ ބަނޑުގައި އަތް އަޅައިގެން ރޯން އިން ޒެއިނާ ފެނުމުން ޒެއިނާ އާ ދިމާލަށް ދުއްވާގަތެވެ. “މަގޭ ދަރި. ދަރިފުޅާ ބަނޑުގައި ރިއްސަނީ […]
*ފްލެޝް ބެކް ތެރެއިން…* އެއްރެއެއްގެ ދެނަމާދުދޭތެރެ ވަގުތެވެ. އާދަޔާ ހިލާފަށް ގޭގައި މީހުން ގިނަވެފައި ހަލަބޮއްޔެވެ. އަހަރެންނަށް އަންގާނުލައި ގޭގައި މިވަނީ ކީއްތޯ ބަލާލުމުގެ ނިޔަތުގައި އަހަރެން އެދިިމާއަށް ހިނގައަގަތީމެވެ. ޒިމްބެ އިށީންދެ އިން ސޯފާގެ އެއް އަރިމަތީގައި އަހަރެން ގޮސް އިށީނީމެވެ. ވާނުވާގައެވެ. އަހަރެންނާ ދިމާ ކުރިމަތީގައި އިޔާން ވެސް އިނެވެ. އަހަރެން އިޔާން އަާ ދިމާއަށް ބުމަ އެއްލީ ކީއްވީހޭ އަހާލުމުގެ ގޮތުންނެވެ.އަހަރެންގެ އާއިލާގެ އިތުރުން އިޔާން ގެ ބޭބެއާ މަންމައާބައްޕަ ވެސް އެތާ […]
ޝައިމްގެ ރުޅިވެރި ނަޒަރު ހުއްޓިފާވަނީ ސީދާ ލައިބާގެ މޫނަށެވެ. މީހާ ދާހިއްލާ ފޯވާން ނެގީ ކުޑަ ވަގުތުކޮޅެކެވެ. ވާނީވެސް އެހެންތާއެވެ. ލައިބާ އަދި މިހާތަނަށްވެސް ދުވަހަކުވެސް ގަޑިޖެހިފައެއްނުވެއެވެ. ގަޑި ޖެހުނު ދުވަހުވެސް މިދިމާވީ މުހިއްމު މީޓިންއެއް އޮތް ދުވަހަކާއެވެ. މީޓިންއަށް ގަޑިޖެހިގެން އައުމުން ޝައިމް އަންނަ ރުޅި ލައިބާއަށް އޮޅިފައެއް ނެތެވެ. އައްޒަ ލައިބާދެކެ ރުޅި އައިސްގެން އުޅުން ދުވަހެއްގައި ހަސަން ވަނީ ޝައިމްގެ އެ ހަރުކަށި މިޖާޒު ލައިބާއަށް އޮޅުންފިލުވާދީފައެވެ. ޓިޝޫއެއްގެ އެހީގާ ނިތްކުރިމަތިން ދާތިކިތައް […]
ފެންކަޅިވެފާވާ ދެލޮލުން ހައިކަލްއަށް ބަލާލަމުން އަތުން ބާއި ކިޔާލަމުން މަންމަމިނާއެކު އެތެރަށް ވަނީމެވެ. ޕާކިސްތާނަށް ދެވުނު އިރު ގަޑިން އަށެއް ޖަހަނީއެވެ. ” ޔަލް ޑިއާރ..” ސިޓީން ރޫމް ސޯފާގަ ޓީވީ ބަލަން އިން ކުޑާއްތަ އަހަރެން ފެނުމުން އައިސް ބައްދާލަމުން ބުނެލިއެވެ. ” ދޮންތަ ނުވެސް ބުނަމެއްނު އަންނަ ވާހަކައެއް… ޒާ ދަރިފުޅާ..” މަންމައާ ޝަކުވާ ކޮއްލަމުން ކުޑާއްތަ ޒާއަށް ގޮވާލިއެވެ. ” ޒާވެސް މިކޮޅުގަތަ..” ޒާއަށް ގޮވާލީމަ އަހަރެން ހިތުގަ އުފެދުނު ސުވާލު ކޮއްލީމެވެ. […]
“އީތަން……!!!” ފަޒާގައި ގުގުމާލެވިފައިވަނީ ކައިޝާގެ އަޑެވެ. ވެއްޓެމުން ދިޔަ ކައިޝާ ދެލޯމަރާ ތަގުޅިކޮށްލީ މިއީ އޭނާގެ ފަހު ވަގުތުކޮޅުހެން ހީވުމުންނެވެ. ވެއްޓުނު ގޮތަކުން ކައިޝާއަށް ވަރަށް ތަދުވިއެވެ. އެވަރުންވެސް ލޯހުޅުވާލަން ނުކެރިފައި އޮތީ ފެނިދާނެ އެއްޗަކުން އިތުރަށް ބިރުގަނެދާނެތީވެއެވެ. އޭރުވެސް ކައިޝާ ގޮވަމުން ދިޔައީ އީތަން އަށެވެ. އީތަން!!…އީތަން!! ކައިޝާ އޭރު ތެޅިފޮޅެމުންދަނީއެވެ. ” ކައިޝާ…ލޯހުޅުވަބަލަ..ކައިޝާ…ކައިޝާ..” އެއިވުނީ އަންހެން އަޑެކެވެ. އެއަޑުން ހީވަނީ އޭނަގެ މަންމަހެންނެވެ. ނަމަވެސް މިގަޑީގައި މަންމަ އަންނާނެހެން ކައިޝާއަށް ހިޔެއް ނުވެއެވެ. އެވާނީ […]
“ޝުކުރިއްޔާ ދަރިފުޅާ” ކާރުން ފޭބުމަށްފަހު ހިނިތުންވެލަމުން އަދުނާނު ޝުކުރުވެރިވިއެވެ. ޖަވާބުގައި ޝައިމްވެސްފުޅާ ހިނިތުންވުމެއް ރައްދުކުރިއެވެ. އެހިތުގެ ރާނީ ލޯމަތިން ގެއްލެންދެން ޝައިމްއިނީ ކަޅިވެސްިޖަހާނުލާ ބާށެވެ. “ލައިބާ އަދުނާން މަންޒިލް އއ. ބޮޑުފުޅަދޫ” ލައިބާ ސްޓޭޖް މައްޗަށް އަރައިގެން ދިޔަ މަންޒަރު ފެނުމުން އަދުނާނުގެ ހިތް އުފަލުން ފޮޅުނެވެ. އެތަކެއް ދުވަހުގެ ބުރަ މަސައްކަތުގެ ނަތީޖާ ނުހަނު ފޮނިކަން މިއަދު އަދުނާނަށް ޔަޤީން ވެއްޖެއެވެ. އަދުނާނުގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އުފާވެރިކަމުގެ ކަރުނައެވެ. އަވަސް އަވަހަށް އަތުާއޮތް […]