Skip to content
އެސްފިޔަ

ހާޞިލް ނުވި ލޯބި

*7 އަހަރު ކުރި*

އަހަރަކީ 2010ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 8ވަނަ ދުވަހެވެ. ސްކޫލް ބޮޑު ބަންދު ނިމެން ގާތްވެފައިވާތީ، އާއަހަރަށް ސްކޫލަށް ބޭނުންވާ އެއްޗެހި ގަންނަން މަސްއޫލުވެ މަގުމަތީގައި އުޅުނު މީހުން މަދެއް ނޫނެވެ. އޭގެ ތެރެއިން އެކަކަކީ ހައިފާއެވެ.

ހައިފާއަކީ އިސްކޮޅުން ދިގު ނޫނަސް ބައްޓަން ރީތި، ހަމުގެ ކުލަ އަލި، ބޮޑު ކަޅު ދެލޮލެއް ލިިބިފައިވާ ދިގު އެސްފިޔަތަކެއްގެ ވެރިއެކެވެ. ކޮނޑާ ހަމަޔަށް އަންނަ އެ ރާޅުބާނީ އިސްތަށިގަނޑު ފަހަތަށް އައްސާލެވިފައިވާއިރު، ލައިގެން ހުރީ ނޫކުލައިގެ ޓިޝާޓަކާއި ކަޅު ކުލައިގެ ޖިންސްއެކެވެ. އުމުރުން އެންމެ ނުވައަހަރު ކަމުގަވިޔަސް ހައިފާއަކީ ވިސްނުންތޫނު ކުއްޖެކެވެ.

މަންމައާއިއެކު ސްކޫލަށް ބެނުންވާ އެއްޗިހިގަންނަން ނިކުމެ އުޅޭތާ މިހާރު ގަޑިއެއްހާއިރުވެ ބޮޑު ވެއްޖެއެވެ. އަދިވެސް ހައިފާއަށް ކަމުދާ ދަބަހެއް ނުފެނުނެވެ. “މިހާރު އެއޮތް ނުވަގަޑި ބައިވަނީ…ތިދެން ރީތި ދަބަހެއް ނަގާބަލަ ދަރިފުޅާ…ދިހައެއް ޖަހާއިރަށް ފިހާރަތަށް ބަންދު ކުރާނެޔޭ” ހައިފާގެ މަންމަ ބަދޫރާ ބުނެލިއެވެ. “މަންމާ އަޅުގަނޑަށް ރީތި ދަބަހެއް ނެތޭ” ހައިފާ ބުނިއެވެ.

މިއީ ކޮންމެ އަހަރަކުވެސް ކުރިމަތި ލާންޖެހޭ ކަމެކެވެ. ހައިފާއަށް ރީތި ދަބަހެއް ފެންނާނީ މަޖީދީ މަގުގެ އެއްކޮޅުން އަނެއް ކޮޅަށް ހިނގީމައެވެ. އެންމެ ފަހުން ހައިފާ އެތާ ހުރި ރަތްކުލައިގެ އެޑިޑާސް ދަބަހެއް ނެގީ އޭގެ ނޫކުލަ ނަގައިފިއްޔާ އެހެން ކުދިން މަލާނާތް ކުރާނެތީއެވެ. އަދި މި ދަބަސް އެންމެ ރަނގުޅު ކަމަށް ބުންޏެވެ. ދަބަހަށް ލާރި ދެއްކުމަށްފަހު ދެމައިންނަށް އެރޭ ގެޔަށް ދެވުނީ ދިހައެއް ޖަހަނިކޮށެވެ. ވެފައި ހުރި ވަރުބަލިން ހައިފާ ބޭޭނުންވީ އަވަހަށް އޮށޯންނާށެވެ. ނަމަވެސް ފާޚާނައަށްވަދެ ގައި ދޮވެލީ އަރައިފައިވާ ހޫނެއްގެ ބޮޑުކަމުން ނުނިދޭނެކަން ޔަޤީންވީތިއެވެ. އެރޭ ހައިފާއަށް ނިދުން އިރު ގަޑިން ދިހަގަޑި ބައިވެ ބޮޑުވެއްޖެއެވެ.

* 6 ދުވަސްފަސް *

ދުވަހަކީ ދިރާސީ އާއަހަރު ފެށޭ ދުވަހެވެ. ހައިފާ ހެނދުނު އަށެއް ޖެހިއިރު ތެދުވިގޮތަށް ފެންވަރަލައިގެން ތައްޔާރުވެލައިގެން ނުވައެއް ޖަހާއިރަށް ދިޔައީ ޓިއުޝަނަށެވެ. ޓިއުޝަން ނިންމާލާފަ އައިސް ސައިބޮއިގެން ފެންވަރައިލައިގެން ސްކޫލަށް ދާން ތައްޔާރުވިޔެވެ. މަންމައެކީ ސްކޫލަށް ދިޔައީ ބާރަގަޑި ފަންސާހަށެވެ.

ހައިފާއަށް ކުލާހަށް ދެވުންއިރު ގަޑިޖެހެން އަދި ފަސް މިނެޓު އޮތެވެ. ކުލާސް ޓީޗަރާއި ކުދިން ބައްދަލުވާނީ ހޯލުގައި އޮންނަ އެސެމްބްލީ އިންކަން ވަނީ ހުރިހާ ކުދިންނަށްވެސް އެންގިފައެވެ. ހައިފާ ގޮސް ކުލާހުގެ އެންމެ ފަހަތުން ކަނެއްގައި ހުރި ސީޓުގައި އިށީންދެ ހަމަޖެހިލިޔެވެ. ހައިފާއިން ސީޓުން މުޅި ކުލާސް ފެނުމުގެ އިތުރުން ކުޑަދޮރުން ބޭރުވެސް ފެނެއެވެ. މި ސީޓުގައި އޭނާއަށް މުޅި އަހަރު އިނދެވޭނެ ނަމައޭ އެވަގުތު ހައިފާގެ ހިތަށްއެރީ އެއީ އޭނާއަށް އެތާ އިނުމުން ހިތަށް ހިތްހަމަޖެހުން ލިބޭނެކަން އިނގޭތީއެވެ.

އިރުކޮޅަކު ބޭރު ބަލަން އިނދުމަށްފަހު ހައިފާ ކުލާސް ތެރެއަށް ނަޒަރު ހިންގާލިއެވެ. އަދި އެވަގުތު ކުލާހަށް ވަދެގެންއައި އަހުޝަމް ހައިފާގެ ލޮލުގައި އަޅައިގަތެވެ. ހައިފާއަށް އަހުޝަމްއިން އޭނަގެ ނަޒަރު ވަކިކުރަން އުނދަގޫވިއެވެ. އަދި ހިތާހިތުން އަހުޝަމްގެ ސޫރައަށް ތައުރީފް ކުރެވުނެވެ.

އަހުޝަމް ގޮސް ގޮނޑިއެއްގައި ހަމަޖެހިލަމުން ކުލާސްތެރެއަށް ބަލާލިއެވެ. ހަމައެޔާއެކު ކުލާހުގެ އެންމެ ފަހަތުން ކަނެއްގައި އިން އަންހެންކުއްޖެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އަދި އެކުއްޖާއަށް ފުން ނަޒަރަކުން ބަލާލެވުނެވެ. އަދި އެ ރީތިކަމަށް ހިތުގެ ފުންމިނުން ތައުރީފުތަށް އޮއްސާލެވުނީ އޭނާގެ އިޙްތިޔާރަކާއި ނުލައެވެ. އަދި އެންމެ ފަހަރަކު އެ ރީތި މޫނަށް ބަލާލަނަމޭ ހިތައި ބަލާލި ހިނދު ދެމީހުންގެ ނަޒަރު ބައްދަލުވި ވަގުތު ދެމީހުންގެ ހިތުގައި އާގޮތަކަށް ވިންދެއް ޖަހާލައިގެން ދިޔައެވެ.

-ނުނިމޭ

Comments (31)

  1. Mash

    V nice hope kuran ehkon up kuraane kamah keep it up

    1. Lamm
      Mash

      Thankew insha allah up kohdheynan weekly koh☺

  2. Maahy❤

    V salhi… Ekm suvaaleh koyla tha??
    Ummm… Haifaa ge age Aky kihaa vareh… Mihen mi ehy vaahakaiga jahaafa othy 9yrs ey ekm ehaa kuda iru loabyge gulhun fetteytha ☺

    1. Mash
      Maahy❤

      Aslu vx e ee mi vaahaka ky iru ufedhun suvaaleh

    2. ReeXa
      Maahy❤

      Ragalhu suvaaleii thy…

    3. Anonymous
      Maahy❤

      Ey meege 7 aharu kuri…vaahaka rangalhah balaaba..
      =Tinkerbell=

    4. Lamm
      Maahy❤

      Thankew..its 9…lets see dhw kihineh thw vany

  3. Maree

    dhoonyaa 9 aharuge kudhin thibeynee gr 3 nuvatha 4 ga eumuruge kudhinnakah adhi neyngeyne ekahala ihusaaseh kohllan

    1. Mash
      Maree

      I agree with maree

    2. Lamm
      Maree

      They are in grade 4.. lets see what happens… weekly koh up kohdheynan

  4. Isha

    Kiya hihvanee haasil va loabi

    1. Lamm
      Isha

      Hehe☺

  5. Romeo

    Eyru 10 fihaara bandheh nukuraane 11 jahaairu kuraanee

    1. Lamm
      Romeo

      Hmm good point☺

  6. aira

    Aslu ehaa kuda iru loabyge ihsaas ves kureveytha.

    1. Lamm
      aira

      In my point of view love doesnot have an age

  7. Kiara

    Grade 4 ga ulhey iru reethi kujjeh fenunyma hama ehn vedhaane.. ?
    Mihaaru kudhin maa awahah bodu vegen ulheny..
    Next part kiyaaleema egeynee mi vaahaka continue kuran..

    1. ReeXa
      Kiara

      I agree that too

    2. Lamm
      Kiara

      Hehe…will try my best to make this story a great one☺

  8. mary

    lammge story v reethi kiyaa hithun kiyaalevay ehaavess furihama ???????all the best lamm but next part dhigukohlaathi

    1. Lamm
      mary

      Yeah will try..and thankew☺

  9. ?Nua?

    Lamm vrh salhi vaahaka thah all thi best..

    1. Lamm
      ?Nua?

      Thankew this is my first story though☺

  10. Abdulla

    coment kura kudhinnah… mihr 9yrs ge kudhinnah neygey kameh kaleymennakahves neygeyne… eyee loabi fasha hisaabu… mihr mi rajjeyge kudhin e umuruga loabive meetves kurey…

    1. Lamm
      Abdulla

      True?☺

    2. siru
      Abdulla

      mihaaru kujjehge vaahaka nooney mi vaahakaiga othy. 7 years kureege vaahaka.. eyruga ves haalathu othy hama thihentha?
      i don’t think so

  11. Lamm

    Siru srry but i didnt get yuh?

  12. Lamm

    Yh mihaaraa ehaaru varah thafaathu but this is all a fantasy so anything will happen

    1. siru
      Lamm

      Aan dho

    2. Lamm
      Lamm

      Yes☺

  13. Maiha

    varah varah loabi vaahaka eh mi.. keep it up

Comments are closed.