Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން ލޯބި (29)

Mimmi ❤️
April 13, 2017
5 Mins Read
53 Comments

 

ހަޔާތުގެ ދުވަސްތައް މާޒީގެ ސަފްހާތަކާ އެކުވަމުން ދެއެވެ. މަންމައާ ބައްޕައާއެކު އުފާވެރި ދިރިއުުޅުމެއް ހޭދަ ކުރަމުން އަހަރެންވެސް ދިޔައީމެވެ. މަންމައާ ބައްޕަ ނިންމާފަ އޮތީ ޕާކިސްތާނުން އަހަރެން ޑޮކްޓަރކަން ކިޔަވާށެވެ. އޭރުން އެމީހުން ކައިރީ ހުރެ އަހަރެންނަށް ކިޔެވޭނެތީއެވެ. ކޯސް ފެށެން މާގިން ދުވަސް ނެތްކަމުން އަހަރެންގެ އެދުމަށް ކޯސް ފެށެންދެން ރާއްޖޭ މަޑުު ކުރަން ބައްޕަ ނިންމީއެވެ. ހައިކަލްއާ ދުރުގަ އެހާ ގިނަ ދުވަސް ހޭދަ ކުރަން ޖެހޭތީ އަހަރެން ހުރީ ނުހަނު ދެރަވެފައެވެ. މާލޭގަ ހުރި ދުވަސް ތަކުގަ ވީހާވެސް ގިނައިން އަހަރެންނާއެކު ވަގުތު ހޭދަ ކުރެވޭތޯ ހައިކަލް ބަލައެވެ.

ރާއްޖޭގަ ހަލުވި ކަމާއެކު ފެތުރެމުން ދާ ސުވައިން ފުލޫގެ ސަބަބުން ޗުއްޓީގަ ތިބި ޑޮކްޓަރުންވެސް ޑިއުޓީއަށް ނިކުންނަން ޖެހުނެވެ. އެހެންކަމުން ޒައިންވެސް ހަނީމޫން ކުރުކޮއްލާފަ އައިޝާ ގޮވައިގެން ރާއްޖެ ބަދަލުވިއެވެ. ޒައިންމެން އައުމުން އަނެއްކާވެސް ހައިކަލްމެންްގެ ހަލަބޮލިވެގެން ދިޔައެވެ. ހަތަރު މީހުން އެކީގަ މަޖާ ވަގުތުތައްް ހޭދަ ކުރަމުން ދިޔައީމެވެ. ނަމަވެސް ޒައިންމެން އައުމުން ހައިކަލްއާ އެކު ހޭދަކުރާ ވަގުތުތަށް މަދުވިއެވެ. އަބަދުވެސް ޒައިން ނޫނީ އައިޝާ ހުންނާނެވެ. ދުވަސްތައް މާޒީގެ ސަފްހާތަކާ އެކުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އެންމެފަހުން ފުރާ ދުވަސްވެސް އައިސް ޖެހުނީއެވެ.

” ބޭބީ ލެޓްސް ގޯ ހުޅުމާލެ.. މާދަން މޯނިންގަ ފުރަން ޖެހެއެއްނު.. ގޭގަވެސް މިހާރު ޔަލްއާ އެކު ޓައިމް ސްޕެންޑް ކޮއްލެވެނީއެއް ނޫން ވިއްޔާ ޒައިންއާ ހެދި..” ސޯފާގަ އިށީންދެގެން އިން ޒައިންއަށް ބަލާލަމުން ހައިކަލް އަހަރެންނާ މުހާތަބުކޮއް ބުނެލިއެވެ.

” އޯން ބޭބީ.. ލެޓްސް ގޯ…” ޒައިން ހައިކަލްއަށް ޖެއްސުން ކޮއްލިއެވެ.

ފޯނުނަގައިގެން މަންމައަށް ގުޅާލާފަ ހައިކަލްއާ އެކު ހުޅުމާލެ ދާން ހުއްދަ ހޯދީމެވެ. މިހާރު ކޮންމެތާކަށް ދާންވެސް އަހަރެން މަންމަމެންގެ ހުއްދަ ހޯދަމެވެ.

” މަންމަ ބުނީ ޓެންގަ ގެޔަށް އަންނަށްޗޭ… ސޯ ލެޓްސް ގޯ..” އަހަރެން ފޯނު ބާއްވަމުން ބުނެލީމެވެ.

ހައިކަލްއާއެކު ފެރީ ޓާރމިނަލްއަށް ދިޔައިރު ފަހެއް ޖަހަނީއެވެ. ފެރީގަ އިން އިރުވެސް ހައިކަލް  އިނީ އަހަރެންގެ އަތުގަ ހިފާލައިގެންނެވެ. މީ  ހައިކަލްއާ އެކު ހޭދަ ކުރެވޭ ފަހު ވަގުތުކޮޅުކަން އިހްސާސްވުމުން ފެންކަޅިވެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގަ ނަފްސް ހަމަޔަކަށް އަޅުވާލީމެވެ. މިވަގުތަށް ހައިކަލްއާ ދުރަށް ދާން ޖެހުނުނަމަވެސް މުސްތަޤްބަލު ބިނާވެފަ އޮތީ ހައިކަލްއާ އެކުގައެވެ. ކުލަ ރީތި ހުވަފެންތައް ދެކެމުން މިދަނީވެސް ހަމަ ހައިކަލްއާ އެކުގައެވެ. އިރާދަކުރެއްވިއްޔާ ކިޔަވާ މޮޅު ކުއްޖަކަށްވެގެން އެ ހުވަފެން ތަކުގަ ހަޤީޤީ ކުލަ ޖައްސަން އަހަރެން އަދި އަންނާނަމެވެ. ހައިކަލްއާ އެކު އުފާވެރި ދިރިއުޅުމެއްގެ ކުލަރީތި ހުވަފެންތައް އަބަދުވެސް އަހަރެން ދެކެމެވެ.

” ބޭބީ.. ކޮން ވިސްނުމެއްގަ..” ހައިކަލް އަހަރެން ވިސްނުމަކަށް ގެއްލިފަ އިންތަން ފެނިގެން ސުވާލު ކޮއްލިއެވެ.

” ޑޭ ޑްރީމިންގް އެބައުޓް ޔޫ..” އަހަރެން ސަމާސާ އަކަށް ހަދާފަވެސް ތެދަށް ބުނެލީމެވެ.

” ހެހެ.. މިއަދު ދެން ޑޭ ޑްރީމް ކުރާނެ ކަމެއްނެތް.. ކުރިއަށް އޮތް ފަސް އަހަރަށް ބާއްވާ.. ” ހައިކަލް ކުޑަކޮށް އަހަރެންނާ ކައިރިވަމުން ބުނެލިއެވެ. ރަކި ހިނިތުންވުމެއް ހައިކަލްއަށް ހަދިޔާ ކޮއްލަމުން ހައިކަލްއާ ކުޑަކޮށް ދުރުވެލީ ބައެއް މީހުންގެ ސަމާލުކަން އަހަރެމެންނާ ދިމާލަށް ހުއްޓިފަ ހުރީމައެވެ. ވިއްސަކައް މިނެޓްގެ ދަތުރަކަށްފަހު ހުޅުމާލެ ދެވުނު އިރު ހުރީ ކުޑަކޮށް ބޮލަށް  ބަރުވާ ގޮތްވެފައެވެ. ފެރީއަށް އަރައިފިއްޔާ އަބަދުވެސް އަހަރެންގެ ހާލަކީ އެއީއެވެެ. ނަމަވެސް ހުޅުމާލޭގެ ހިތް ފަސޭހަ މަގުތަކުގަ ހައިކަލްއާ އެކު ސައިކަލް ދުއްވަން ފެށުމުން ހިތްހަމަ ޖެހުން ލިބުނެވެ. އަހަރެންވެސް ސައިކަލް ނުދުއްވާތާ ގިނަދުވަސް ވީމަ ދުއްވާލާ ހިތުން ހައިކަލް ފަހަތައް އަރުވައިގެންވެސް ދުއްވީމެވެ.

” ހިނގާ ސަބް ކާންދާން.. ވަރައް ބަނޑުހައިވެއްޖެ…” އަހަރެން ޑައިނަމޯ ކައިރީ ސައިކަލް ޕާކް ކޮއްލަމުން ބުނީމެވެ.

” އޭސް ޔޫ ވިޝް ޕްރިންސެސް..” ހައިކަލް ބުނެލިއެވެ.  ޑައިނަމޯއަށް ވަދެ އޯޑާ ދިނުމަށްފަހު ދެމީހުންވެސް ހަމަ ޖެހިލައިގެން ވާހަކަ ދައްކަން ތިބީމެވެ. ކުއްލިއަކަށް ހައިކަލް ގޮނޑިން ތެދުވުމުން  ހައިރާންވެފަ ބަލަން އިނީމެވެ.  ” ވިލް ޔޫ ބީ މައި ފޯރއެވާރ..؟” ހައިކަލް އެއްކަކޫ މައްޗަށް ތިރިވެފަ ޖީބުން އަނގޮޓިއެއް ނަގާ ދިއްކޮއްލަމުން ބުނެލިއެވެެ. އަހަރެން ހައިރާންވެފަ އަދިވެސް ބަަލަން އިނީމެވެ.

” އޯ މައި ގޯޑް.. ޑިޑް ހައިކް ޖަސްޓް ޕުރޮޕޯސްޑް މީ…” އަހަރެންނަށް އަދިވެސް އިނީ ގަބޫލް ނުކުރެވިފައެވެ.

” ބޭބީ ސޭ ސަމްތިން.. ” ހައިކަލް އަހަރެން ޖަވާބެއް ނުލިބުމުން ބުނެލިއެވެ.

” ޔެސް.. ޔެސް..” އަހަރެން އުފަލުން ބުނެލީމެވެ. ހައިކަލް އަތުގަ އިން އަނގޮޓި އަހަރެންގެ އިނގިލީގަ އަޅުވަދިނުމުން އަހަރެން ކުޑަކޮއް ހައިކަލް ގައިގަ ބައްދާލީމެވެ.

”  ބޭބީ ފަހުން ހަގް ކުރާނީ.. ވަރަށް މީހުން އެބަ ބަލާ..” އަހަރެން ދުރުކޮއްލަމުން ލާނެއް ގޮތަކަށް ހައިކަލް ބުނެލިއެވެ.  އަހަރެމެން ތިބީ  ތަންކޮޅެއް އެތެރޭ އަނދިރިކޮއް ހުރި މޭޒެއްގަ ކަމުން ގިނަ ބައެއްގެ ސަމާލުކަން ނުހުއްޓުނުކަން ކަން އެއީ ނަސީބެކެވެ. ނަމަވެސް ކައިރި މޭޒް ތަކުގަ ތިބި ދެތިން މީހަކު ހެވިފަ ބަލަން ތިބީ މަރުހަބާ ކިޔާފަދަ ގޮތަކަށެވެ.

” އޯވން.. ހާދަ ކިއުޓް ރިންގެކޭ.. އައި ލަވް އިޓް…” އަހަރެން އަތުގަ އިން އަނގޮޓިއާ ކުޅެކަމުން ބުނެލީމެވެ.

” ކިއުޓް ކުދިންނަށް ދޭންވާނީ ކިއުޓު އެއްޗެއްސެއްނު..” އަހަރެންގެ ކޮލުގަ ހިފާލަމުން ހައިކަލް ބުނެލިއެވެ.

” ބޭބީ ރަނގަޅަށް ކިޔަވައްޗޭ.. އިނގެ އެންނު ބޭބީ ރަނގަޅަށް ކިޔަވައިގެން އައިމަކަން މެރީ ކުރެވޭނީ.. އެއްވެސް ކަމަކާ ނުވިސްނާ ޖަސްޓް ކޮންސެންޓްރޭޓް އޮން ޔުއާ ސްޓަޑީސް..” އަހަރެންގެ އަތުގަ ހިފާލައިގެން އިނދެ  ހައިކަލް ނަސޭހަތް ދިނެވެ.

” ޔެސް އިން ޝާ ﷲ..”

ދެމީހުން ތަފާތު ވާހަކަ ތަކުގަ ތިބެ ކައި ނިންމާލީ ހިތްހަމަ ޖެހިގެންނެވެ.  ޑައިނަމޯއިން ނިކުމެ މާލެ ދިޔުމުގެ ކުރިން ދިޔައީ އަދި ބުރެއް ޖަހާލަންށެވެ. އެރޭ ގެޔަށް އާދެވުނު އިރު ދިހައެއް ޖަހަނީއެވެ. ހައިކަލް އާ އެރޭ ވަކިވީ އެތަކެއް ވައުދުތަކަކާ އަހުދުތަކަކުން ދެމީހުންގެ ގުޅުން ވަރުގަދަ ކުރަމުންނެވެ.

” ދަރިފުޅާ ޕެކްވެސް ނުކޮއްށެއްނު ތިއުޅެނީ.. ދޭ އަވަހަށް ޕެކް ކޮއްލަން.. ” ސިޓިންގް ރޫމްގަ އިން މަންމަ އަހަރެން ފެނިގެން ބުނެލިއެވެ. އަހަރެން ގޮސް މަންމަ ގައިގަ ބައްދާލީމެވެ. އަހަރެންނަށް ކެތްކުރެވުނީ އެހިސާބައްށެވެ. ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

” ދަރިފުޅާ މަންމައަށް އިނގޭ ދެރަވާނެކަން ހައިކްއާ އެހާ ގިނަ ދުވަހަށް ދުރުގަ ހުންނަން ޖެހޭތީ.. އެކަމް ދަރިފުޅުގެ ކެރިއާ ބިލްޑް ކުރުމެއްނު މިވަގުތަށް މުހިންމީ.. ކިޔަވައިގެން އައިސް ދެކުދިން ކައިވެނި ކޮއްލައިގެން މާ އުފަލުގަ އުޅެވޭނެ.. ދެން ހުއްޓާލާ އަވަހަށް.. ހިނގާ ޕެކް ކުރަން ދާން..” މަންމަ އަހަރެންނަށް ވިސްނަދެމުން ކަރުނަ ފޮހެލަދިނެވެ. އަހަރެން އަތުގަ އޮތް އަނގޮޓި މަންމައަށް ދައްކާލީމެވެ. މަންމަ އުފަލުން އިނދެ އެ އަނގޮޓިއަށް ތައުރީފް ކޮއްލިއެވެ. މަންމައާއެކު ކޮޓަރިއަށް ގޮސް މާދަމާ ފުރަން ވާއިރަށް އެއްޗެހިތައް ޕެކް ކުރީމެވެ. އަހަރެންނާއެކު އުޅެފަ މަންމަވެސް ކޮޓަރިއަށް ދިޔައީ އަހަރެން ފެންްްްވަރަން ވަނުމުންނެވެ. ފެންވަރައިގެން ނިކުތްއިރު ހައިކަލް ގުޅަނީއެވެ.

” ހެލޯ… ހާދަ ވަރަކަށް ގުޅައިފީމޭ.. ޔަލް ނިދަނީތަ..” ފޯނު ނެގުމާއެކު ހައިކަލް ބުނެލިއެވެ.

” ނޫން.. ފެންވަރައިގެން މިއައީ.. މަންމައާ އެކު ޕެކް ކުރަން އުޅެފަ.. އަންނައްޗޭ މާދަން ހުޅުލެއަށް ދާން..” އަހަރެން އެނދުގަ އޮށޯވެލީމެވެ.

ހައިކަލްއާ ވާހަކަ ދައްކަން އޮއްވާ ނިދުނު އިރެއްވެސް ނޭންގެއެވެ. ހެނދުނު ހޭލެވުނީ އިރުގެ ރަން ދޯދިތަށް މޫނަށް އެޅެން ފެށުމުންނެވެ.

” ގުޑް މޯނިންގެ ސްލީޕިންގް ބިއުޓީ..” ދޮރު ފޮތިތައް ކަހާލައިގެން ހެވިފަ ހުރެ ހައިކަލް ބުނެލިއެވެ. މިހާ ހެދުނާ މިގެޔަށް އައިސް އަހަރެން ހޭލައްވާލީތާއޭ ހިތައް އެރިއެވެ. އެހެނަސް ހައިކަލްގެ އެ ރީތި ސޫރަ ފެނުމުން އަހަރެންގެ މުޅި ދުވަސް އުޖާލާވެގެން ދިޔަ ކަހަލައެވެ.

” ހައިކް.. މިގަޑީގަ މިގޭގަ ކީއްތިކުރަނީ..” އަހަރެން ކަންނެތް ކަމާއެކު ތެދުވެ އެނދުގަ އިށީންދެލަމުން ބުނެލީމެވެ.

” އަޅެ ރޭގަ ޔަލްއެއް ނޫންތަ ބުނީ މިއަދު އަންނައްޗޭ ހުޅުލެއަށް ދާން.. އެހެންވެ މި އައީ.. ރޭގަވެސް ވާހަކަ ދައްކަ ދައްކާ އޮއްވާ ނިދީ ވިއްޔާ..” ހައިކަލްއައިސް އެނދުގަ އިށީންނަމުން ބުނެލިއެވެ.

” ސޮރީ.. ޓަޔަޑް ވެފަ ހުރީމަ ނިދުނީ.. ” އަަހަރެންގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ހައިކަލް ކޮއްލި ކަމަކުން އަހަރެން ހައިކަލްއާ ދުރަށް ޖެހިލީމެވެ.

” އިޔޫ.. ދަތްވެސް ނޫގުޅައޭ މިހިރީ..” އަހަރެން ބުނެލީމެވެ.

” އައި ޑޯންޓް ކެއާ.. ތިހާ ލޯބިކޮށް އިންނައިރު ކިހިނެތްތަ ބަލަން އެކަނި ހުރެވޭނީ.. ” ހައިކަލް އިތުރަށް އަހަރެންނާ ކައިރިވަން ފެށުމުން އަހަރެން ދުވެފަގޮސް ވަނީ ފާހާނާއަށެވެ. ފެންވަރާ ތާޒާ ވެލައިގެން ނިކުތްއިރު ނަސީބަކުން ހައިކަލްއެއް ނެތެވެ. ތައްޔާރުވެލައިގެން ސިޓިން ރޫމަށް ދިޔައިރު ބައްޕައާ ކޮންމެވެސް ވާހަކައެއް ދައްކަން ހައިކަލް އިނެވެ.

” ދަރިފުޅާ ހިނގާ ސައިބޯން.. ދަރިފުޅު ނައިސްގެން މިތިބީ މަޑު ކޮއްލައިގެން..” އަހަރެން ފެނުމުން ބައްޕަ ބުނެލިއެވެ. ހައިކަލްވެސް އަހަރެންމެންނާއެކު ސައިބޯން ބައިވެރި ވުމުން އަހަރެން ހުރީ ނުހަނު އުފާވެފައެވެ. ސައިބޮއެ ނިމިގެން ހައިކަލް ދިޔައީ ބައްޕައާއެކު ފުރުމުގެ ކުރިން ގަންނަންޖެހޭ ބައެއް ސާމާނު ގަންނަންށެވެ. އަހަރެން މަންމައާއެކު ތަށިތައް ދޮންނަން އުޅުނީމެވެ.

” ދެން ބައްޕަ ހަމަ އެމީހުނަށް ގެ ކުއްޔަށް ދެނީތަ..” ތަންކޮޅެއް ކުރީ ދުވަހަކު ގެ ބަޔަކަށް ކުއްޔައް ދީފަ ދާވާހަކަ މަންމައާ ދެއްކި އަޑު އިވުމުން އަހަރެން ސުވާލުކޮއްލީމެވެ.

” ނޫން ކުއްޔަށް ދެނީކީ ނޫން.. އެއީ ދަރިފުޅު ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް.. އޭނަ އުޅެނީ އޭނަގެ ދެ ކުދިން  ގޮވައިގެން މާލެ ބަދަލުވަން އެކުދިންނަށް ކިޔަވަދެން.. ދަރިފުޅު ބައްޕަ ކައިރީ ބުނީ ކުއްޔައް ހިފަން ތަނެއް ހޯދަ ދީބަލާށޭ..  ދެން ބައްޕަ ބުނީ މިގޭގަ ހިލޭ ތިބެވޭނެޔޭ.. މީހަކަށް އެހީ ވުމަކުން އެއީ ގޯސް ކަމެއް ނޫނެއްނު ދަރިފުޅާ..”  މަންމަ އަހަރެންނަށް ވިސްނަދޭ ފަދަ ގޮތަކަށް ބުނެލިއެވެ.

” އެހެންތަ.. ޔަލް އަކަށް އަދި ތިކަމެއް ނޭންގެޔޭ..   އެކަމް ޔަލްގެ ރޫމް ނުލިބޭނެ އެކަކަށްވެސް..” އަހަރެން އެއްވެސް އިރެއްގަ ރޫމް ޝެއާ ކުރަން ބޭނުން ނުވާތީ ބުނެލީމެވެ.

” ސާބަސް ދަރިފުޅަށް.. ދަރިފުޅު ކޮޓަރީގަ ނޫޅޭނޭ މީހަކު.. މިގޭގަ އަދި އިތުރު ދެ ކޮޓަރި އެބަހުއްޓެއްނު.. ” މަންމަ ބޯ ހޫރުވާލަމުން ބުނެލިއެވެ.

” ހެހެ އެހެންވިއްޔާ އޯކޭ..”

ބަދިގޭ މަސެއްކަތް ނިންމާލާފަ ދިޔައީ ބައްޕަމިން އަންނަންވާއިރަށް ފުރަން ރެޑީވާށެެވެ. ތައްޔާރުވެލައިގެން ނިކުތް އިރު ބައްޕައާ ހައިކަލްވެސް އައިސް ގެޔަށް ވަންނަނީއެވެ.

” އަނހާ ދަރިފުޅު ރެޑީވީތަ.. ކޮބާ މަންމަ.. ބައްޕަވެސް މި ނިކުންނަނީ ތައްޔާރު ވެލައިގެން..” ބައްޕަ އަހަރެން ފެނުމުން ބުނެލިއެވެ.

” މަންމަ ފެންވަރަންށޭ ކިޔަފަ ދިޔައީ..” އަހަރެން އެހެން ބުނުމުން ބައްޕަގޮސް ކޮޓަރިއަށް ވަނެވެ.

” އައި ވިލް މިސް ޔޫ ސޯ މަޗް ބޭބީ ގާލް..” ހައިކަލް އައިސް އަހަރެންނާ ޖެހިގެން އިން ސޯފާގަ އިށީންނަމުން ބުނެލިއެވެ. އަހަރެން ހައިކަލް ކޮނޑުގަ ބޯ އަޅާލީމެވެ.  ކުއްލިޔަކަށް މަންމަ ދޮރު ހުޅުވާލުމުން ދެމީހުނަށްވެސް ސިހިފަ ދުރަށް ޖެހިލެވުނެވެ.

” ހިނގާ ނައްޓާލަން އަވަހަށް.. މިހާރު ޗެކިން ގަޑިވެސް އެ ޖެހުނީ..” ބައްޕަވެސް ފޮށިތަށް ހިފައިގެން ނިކުންނަމުން ބުނެލިއެވެ.

ހުޅުލެއަށްގޮސް ޗެކިން ކުރަން ވަނުމުގެ ކުރިން އަހަރެން ހައިކަލް އަތުގަ ހިފާލީމެވެ. ލޯބިން ފުރިގެންވާ ނަޒަރަކުން ހައިކަލް އަހަރެންނަށް ބަލާލާފަ ވައި އަޑުން ލަވް ޔޫ އޭ ބުނެލިއެެވެ.

” ދަރިފުޅާ.. އާދޭ އަވަހަށް.. ދެން ނޭންގެ ޗެކިން ކުރެވޭނެ ކަމެއްވެސް.. ގަޑި ޖެހެނީ އެ..” ފަހަތް ބަލާލަމުން ބައްޕަ ބުނެލިއެވެ.

” ޕްރޮމިސް މީ ކޮންމެ ދުވަހަކު ޔަލްއަށް ގުޅާނެ ކަމަށް.. ޕްރޮމިސް މީ ހައިކް ތިގޮތުގަ ތިހާ ލޯބިން އަހަރެން އަންނަންދެން އިންތިޒާރު ކުރާނެކަމަށް..” ރޮވިފަވާ އަޑަކުން އަހަރެންނަށް ބުނެލެވުނެވެ. ދެރަވެފަ ހުރި ވަރުން ކިޔޭ ނުކިޔޭއެއްވެސް ނޭންގުނެވެ.

” ބޭބީ.. އައި ޕްރޮމިސް.. އައި ވިލް ވެއިޓް ފޯ ޔޫ.. ނަތިންގްސް ގޮނާ ޗޭންޖް މައި ލަވް ފޯ ޔޫ.. ދެން ސްމައިލް ކޮއްލަބަ.. މެސެޖް ކުރައްޗޭ ދެވުނީމަ.. ދެން ދޭ އަވަހަށް..” ހައިކަލް އަހަރެންގެ އަތުގަ ހިފައިގެން ހުރެ ބުނެލިއެވެ. ބަސް އަހާ ކުއްޖެއް ފަދައިން އަހަރެން ބައްޕަ ފަހަތުން ހިނގައިގަތީމެވެ.  ފެންކަޅިވެފާވާ ދެލޮލުން ހައިކަލްއަށް ބަލާލަމުން އަތުން ބާއި ކިޔާލަމުން މަންމަމިނާއެކު އެތެރަށް ވަނީމެވެ.

? ނުނިމޭ ?

 

 

 

 

45
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mimmi ❤️

? ? Inspired by reader's comments ? ?

Other Articles

Previous

ހެއްލުމުގެ ތެރޭގައި ވެވުނީއެވެ…….

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (16)

Next
April 13, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (16)

Previews
April 12, 2017

ހެއްލުމުގެ ތެރޭގައި ވެވުނީއެވެ…….

53 Comments

  1. ❤️ Mimmi ❤️ says:
    April 13, 2017 at 1:39 am

    Hai lovely Readers ?
    Sorry for the delay ?
    Here is 29th part. Hope you all will like it ?
    Miss you all ?

  2. zee says:
    April 13, 2017 at 2:05 am

    miss u 2 mimmi… me first dhw… ??????

    1. ❤️ Mimmi ❤️ says:
      April 13, 2017 at 9:11 am

      Yes Zee first ?

  3. Nana says:
    April 13, 2017 at 3:14 am

    Salhi?

    1. ❤️ Mimmi ❤️ says:
      April 13, 2017 at 9:12 am

      Thankx Nana ?

  4. Kittiy. says:
    April 13, 2017 at 3:46 am

    Rythi…❤

    1. ❤️ Mimmi ❤️ says:
      April 13, 2017 at 9:15 am

      Thankx Kittiy ?

  5. mai says:
    April 13, 2017 at 3:51 am

    Dhen abadh marry nukoh thibegen demafirin ulheyhen ulheny.. dhen keeh kurantha marry kurany.. hehe.. ehen noonas mihaar raajeyge haalath dhw.. goheh noon dhn

    1. ❤️ Mimmi ❤️ says:
      April 13, 2017 at 9:16 am

      Yah dhw. Storyves mihaaruge haalathaa gulheygothah liyevifa e iny ?

  6. tui says:
    April 13, 2017 at 6:16 am

    wow vv salhi mihar mivahakaya inthizaar kuratha kon dhuvahe thank you so mutch mimmi

    1. ❤️ Mimmi ❤️ says:
      April 13, 2017 at 9:18 am

      Thankx tui ? Happy to know that ?

  7. Esfiya says:
    April 13, 2017 at 7:00 am

    Vara reethi ehkam dhen gina dhuvas nukoh up koh dheythi

    1. ❤️ Mimmi ❤️ says:
      April 13, 2017 at 9:19 am

      Thankx Esfiya ? Yah in sha allah dhen ginadhuvaheh
      nuvaane ?

  8. ssss? says:
    April 13, 2017 at 7:09 am

    Varah rythi… When is next part

    1. ❤️ Mimmi ❤️ says:
      April 13, 2017 at 9:20 am

      Thankx sss ? In Sha Allah tomorrow ?

  9. Hajja says:
    April 13, 2017 at 7:15 am

    V reethi…dhen oey bai avas kollaathi

    1. ❤️ Mimmi ❤️ says:
      April 13, 2017 at 9:20 am

      Thankx hajja ? Yes will try ?

  10. Maree says:
    April 13, 2017 at 7:23 am

    VV reethi

    1. ❤️ Mimmi ❤️ says:
      April 13, 2017 at 9:21 am

      Thankx Maree?

  11. Any says:
    April 13, 2017 at 7:41 am

    Kiyala faseyha vaahakaeh

    1. ❤️ Mimmi ❤️ says:
      April 13, 2017 at 9:21 am

      Thankx Any ?

  12. black rose says:
    April 13, 2017 at 7:55 am

    Masha Allah v v reethi..

    1. ❤️ Mimmi ❤️ says:
      April 13, 2017 at 9:22 am

      Thankx black rose ?

  13. Almaa says:
    April 13, 2017 at 8:18 am

    Wowooo v v salhiey. Waiting for next part thanks

    1. ❤️ Mimmi ❤️ says:
      April 13, 2017 at 9:23 am

      Thankx Almaa ?

  14. Amm says:
    April 13, 2017 at 9:24 am

    V reethi mi part
    Ekam naa gina dhuvas kohlaafa kiyaaleema hadhaan kuran jehunee kuree ge bai thah ??
    Dhen thankolheh avahah up kohlahchey…….

    1. ❤️ Mimmi ❤️ says:
      April 13, 2017 at 9:27 am

      Thankx Amm ? Yah sure dhen ehneh nuvaane in Sha allah ?

  15. Faathee says:
    April 13, 2017 at 9:29 am

    Wow. Perfect hama. Wen next part? Happy to read ur story

    1. Mimmi ❤️ says:
      April 13, 2017 at 9:32 am

      Thankx Faathee ? In Sha Allah maadhan ?

  16. lara says:
    April 13, 2017 at 9:53 am

    wow v salhi konme dhuvahaku balan up kureythw owhhhhhhhhhhhh haadha inthixaareh kuravijjeyey………….

    1. Mimmi ❤️ says:
      April 13, 2017 at 11:00 am

      Thankx Lara ? Happy to know that ?

  17. Chum handi says:
    April 13, 2017 at 9:57 am

    Amazing ? waiting for the next part…?

    1. Mimmi ❤️ says:
      April 13, 2017 at 11:01 am

      Thankx Chum handi ?

  18. zoaee says:
    April 13, 2017 at 10:46 am

    knme dhuvahaku kiyan libeyne dhw .. ????

    1. Mimmi ❤️ says:
      April 13, 2017 at 11:09 am

      Will Try to upload daily ?

  19. Axee says:
    April 13, 2017 at 11:03 am

    Dhen haik ehaa ehaa varah loabivefa chanj vany kyhvetha…? Dhen foohi haik ehen hadhanyaa…..anyway v salhi mi part ves…kon dhuhuku vaahaka up kohdheny? Kohme dhuhuku up kohdhentha?

    1. Mimmi ❤️ says:
      April 13, 2017 at 11:11 am

      Thankx Axee ? Keep on reading eyrun ingeyne haik change v kyhvekan. Life is so unpredictable. Anyways
      will try to upload daily ?

  20. Axee says:
    April 13, 2017 at 11:22 am

    Thankoooooo mimmi……ok waitin waitin….☺☺…….e hisaabah dhiyaaba auto in hama mimmi r dhimaa ah ehchehi ki idhaane egey mimmi haik maa foni vanyaa…..??….haik dheke ahna rulhi mimmi ah beyleyny.?? hehehehy???

    1. Mimmi ❤️ says:
      April 13, 2017 at 11:54 am

      Hehe ehnviyyaa varah rulhigadha vaan jehey dhuvaskolheh annaane kanneynge ?

  21. axu says:
    April 13, 2017 at 1:02 pm

    V v v ..v ..salhi ..dhn in part kiyaahiyy vejje….v avahah vaane next part up kuran ….thankx

    1. Mimmi ❤️ says:
      April 13, 2017 at 9:58 pm

      Thankx axu ?

  22. Aff says:
    April 13, 2017 at 2:28 pm

    Welcome back sweet heart (mimmi ❤) u know what, I was curious to read this story n finally I got it.? this part is masha allah very awesome. Keep it up darling. Plx next part avas kohladhybala. Love u ?

    1. Mimmi ❤️ says:
      April 13, 2017 at 9:59 pm

      Awwwn Thank you So much Aff ? Yes In Sha Allah
      maadhan upkoh dheynan ?

  23. niminee says:
    April 13, 2017 at 5:49 pm

    28 vana part ga oie vaahaka numunee kamah ….mi v kihineh 29 …vana part ma aiee???

    1. Mimmi ❤️ says:
      April 13, 2017 at 10:01 pm

      Yes eyru story medhu kandaalanvegen ae due to my exam. I have explained everything 28th partge comments baiga..?

  24. ReeXa says:
    April 13, 2017 at 7:39 pm

    After a long time one of the best story for me is uploaded. . Mi part vx reethi… when next part..

    1. Mimmi ❤️ says:
      April 13, 2017 at 10:02 pm

      Thankx ReeXa ? Tomorrow in sha Allah ?

  25. Reen says:
    April 13, 2017 at 8:33 pm

    vaahaka v reethi Avahah next part up kola dhechey pls pls pls

    1. Mimmi ❤️ says:
      April 13, 2017 at 10:03 pm

      Thankx Reen ? In Sha Allah will upload tomorrow ?

  26. A says:
    April 13, 2017 at 8:36 pm

    Obi

    1. Mimmi ❤️ says:
      April 13, 2017 at 10:04 pm

      Thankx A ?

  27. Kiara says:
    April 14, 2017 at 1:30 am

    Iyye mi vahaka ekko mi kiyaalee.. v salhi..
    vaahaka dhakkaigen vee goih balaafa understand vaathy v salhi vaahaka aslu..
    V gina vaahaka thaku ga gina dhuvas thakeh vandhn thibedhaane misundersatnd vegen dhn..
    Ehn vma v hurt vey kiyan..

    Varah hih dhathi vey ehaa loabin ulhefa innan ready vfa dhn dhurah gosgen knmevs majubooru kameh viyye kiyaafa dhe meehun dhuru kuruvanyaa..
    Ehn nuhadhahcheyy..

    Haikal ulhey goih haadha laoibey..
    Hithah araa hama mi kahala haikah eh libeyne nama ey..❤

    1. Mimmi ❤️ says:
      April 15, 2017 at 12:42 am

      Awwwn Thank you so much ? Asluves dhw.. Haikal
      kahala loabi kujjeh adhi libeyne in sha Allah ?

Comments are closed.

All Right Reserved!