Skip to content
އެސްފިޔަ

ނޭދެން ވަކިވަާކަށް…..

ދެމުން ދިޔަ ގަދަ އަވީގައި އަހަރެން ހިނގާފަ މިސްރާބު ޖެހީ ރަށުގެ ސާނަވީ މަދަރުސާައާ ދިމާއަށެވެ.މިއަދަކީ ހަމަ ގާއިމު ވެސް އަ.ހަންނަށް ވަރަށޮ ބޮޑު ދުވަހެކެވެ. ސަބަބަކީ އަހަރެންގެ ފަސް މަސްދުވަހުގެ މަސައްކަތުގެ ނަތީޖާ މިއަދު އަހަރެންގެ އަތަށް އަރާނެއެވެ. ތުއްތޮންބެގެ ފާޑު ކިޔުންތަކަށް މިއަދު އަހަންނަށް ރައްދު ޖަވާބު ދެވޭނެއެވެ.

މާގިނަ މަސައްކަތަކާ ނުލައި ތޮއްޖެހިފައިވާ ގޭޓު ތެރެއިން އަހަންނާ އަހަރެންގެ ބެސްޓީ ގޭންގް ސްކޫލްތެރެއަށް ވަދެއްޖައީމެވެ.އެ ހަލަބޮލި ވަގުތުކޮޅަަށް ނިމުމެއް އައީ ޗީފް ގެސްޓް ހޯލު ތެރެއަށް ވަނީމައެވެ.އެހެން ހާޒިރީންނެކޭ އެއްފަދައިން އަހަރެން ވެސް ކޮޅަށް ތެދުވެތީމެވެ.

“އައިޝަތު ޒީޝަން އަލީ ފަސްވަނަ.،..” ނާހި މޭމްގެ ޖުމްލަ ނިމުމުގެ ކުރިން ކުރިން އަހަރެން ގޮނޑިން ތެދުވެގެން މިސްރާބު ޖެހީ ސްޓޭޖާ ދިމާއަށެވެ. މިއީ އަހަރެން މިއަދު ހަތަރުދަމު ކުރި އިންތިޒާރެވެ.

މަދަރުސާއިން ނުކުތް އިރު އެކިކުދިންގެ މަރުހަބާކިޔުންތައް އަހަރެންނަށް އަމާޒު ވަމުން ދިޔައެވެ. އަހަރެން އެކުދިންނާ ހިނިތުންވަމުން ދިޔައިރު ހިތުގައިވަނީ މުޅީން އެހެންކަމެކެވެ.މިދުވަސް ދެކެން އަހަރެން އުންމީދު ކޮއްގެން ހުރިގޮތާ މިދުވަސް ވަރަށް ތަފާތެވެ.މިއަދު އަހަރެންނާ އެކު މިދުވަސް ފާހަގަ ކުރާކަށް އޭނާއެއް ނެތެވެ.

ނަމަވެސް ގެއަށްދިޔަ މަގުމަތިން އަހަރެންނަށް އޭނަ ފެނުނެވެ. އެޒުވާނާގެ ނަޒަރު ހުއްޓިފަައި ހުރީ އަހަރެންގެ މޫނާދިމާއަށެވެ. އަހަރެންނަކަށްވެސް ވަކި އެހެން ދިމާއެއް ބެލޭވަރެއް ނުވިއެވެ.އެފުން ދެލޮލާ އަހަރެން ހަތަރުކަޅިވާ ކޮންމެފަހަރެއްގެ ވެސް ހާލެވެ.އަހަރެން ގަދަކަމުން ލޯމަރާލާފައި އެހެންދިމާއަކަށް ބަލާލީމެވެ.މާޒީގެ އެ ވިހަ ހަނދާންތައް ބޮލުތެރޭ އެނބުރެންފެށީ ހަމައެއް ލަމައެއް ބަލާފައެއް ނޫނެވެ.

އެއީ މީގެ އަށްވަރަކަށް މަސް ކުރިއެވެ. ތުއްތޮންބެއާ ތިއްތައްތަބެ ފަރުމަހަށް ގޮސް އާސް ގޭގެ ބިއްދޮށްފަރާތުގައި ނާށި އަންދައިގެން މަސްފިހަން ރެޑީ ވަމުން ދިޔައެވެ. އަހަރެންވެސް އިނީ މަސް ފިހެވޭނެ ވަގުތެއްގެ އިންތިޒާރުގައި އަލިފަާން ގަނޑު ކައިރި އިށީންދެލައިގެންނެވެ.

ދިހަ ވަރަކަށް މިނިޓް ފަހުން ޒިމްބެ އާއި ޒިމްބެގެ ރައްޓެއްސެއް ގެއަށް އައެވެ. އެއީ ހަމަ އެޒުވާނާއެވެ. އޭރުވެސް އަހަރެން އޭނާ ދަންނަމެވެ.ނަމަކީ އިޔާންއެވެ.އަހަންނަށްވުރެ އޭނާ ބޮޑުވާނީ ދެތިން އަހަރެވެ.އޭރު އަހަރެންވެސް ރައްޓެއްސެއްގެ ގޮތުން އޭނަ އާ ވާހަކަ ދައްކަމެވެ.އެރޭވެސް  އަހަރެމެން ވާހަކަދެއްކީމެވެ.އެތައް ދުވަހެއް ފަހުގައެވެ. އެރެއަށް ފަހު އަނެއްކާވެސް އޭނާ އަހަރެންގެގެއަށް އާދަ ކޮށް އަންނަންފެށިއެވެ. އަހަރެމެންގެ ވާހަކަތައް އިތުރުވިއެވެ. ދުވާލު ދެެއިރަށް ކާ ބޭހެއްހެން އަހަންނަށް އޭނަ ފެންނެއެވެ.އޭނަ ލަސްވާ ދުވަސްދުވަހު އަހަރެންގެ ހިތް އަވަސްވެއެވެ…..

 

Comments (23)

  1. Mash

    V rythi rkm kuru

    1. Lenora
      Mash

      Thnx ekm vrh undhagu a liyan phn in… Bt will try to…

  2. Maureen

    ??

  3. lovegirl

    vvv reethi stry eh. waiting for the next part.?

  4. ReeXa

    Reethi.. vaahaka ga sifakurun ithuru kohfinama mi ah vure mi vaahaka reethi vaane

    1. Lenora
      ReeXa

      Thnx… I’ll try to improve…

  5. Maree

    V reethi

  6. Kiara

    Mi vaahaka vs reethi vaane kamah balamaa dhw..
    Next part ah waiting….

  7. eyenee

    vrh reethi . kuriah huri baithah vs reethi vaane kamah mibalany … ekm dhigu kuraathi ige next part

    1. Lenora
      eyenee

      Thnx eyenee….Okeii Ekm vrh undhaguley dhivehi type kuran phn ga…

  8. Manje

    Varah rythi, Dhn in irakun next part

    1. Lenora
      Manje

      Mirey veytho mi try kurany

  9. Aneedha Abdulla

    Var rythi thi vaahaka

  10. Samee

    Nycc strwyy… Bt its too short.. Gud luck

    1. Lenora
      Samee

      Thnx samee… Its gonna b really useful…

  11. bestie

    vrh rythi vaahaka…. waiting for the next part.. good luck..

    1. Lenora
      bestie

      Thnx bestie….

  12. shafu

    nice… but too short ……. next part dhigu kohdechey…

  13. hac

    haadha reethi vaahakaekeyy.

    1. Lenora
      hac

      Thnx brw…..???

  14. Mikk

    Thi hagee gee vaahaka eh tha

    1. Lenora
      Mikk

      Not really… Next part kiyahche…

  15. aya

    nice…

Comments are closed.