ލަސްވި ލަސްވިހެން އަހަރެންގެ ހިތުގެ ތެޅުންދިޔައީ އަވަސް ވެގެންނެވެ. އެހެން ނުވާވަރެއް ހެއްޔެވެ؟ އޭރު އެއޮއްގެން ދިހައެއްޖެހީއެވެ.އަދިވެސް އިޔާންގެ ހަބަރެއް ވީކީއެއްނޫނެވެ.ގުޅާގުޅާ ފޯނުނެގިނަމަވެސް އެއްކަމެކެވެ. އަހަރެންގެ ބައްޕަ ފިޔަވާ ހުރިހާ ފިރިހެނުންވެސް ނުކުތީ އިޔާން ހޯދާށެވެ.ބައްޕަ މަޑުކުރީ އަހަރެމެން ކައިރީގައެވެ. ފުދޭވަރެއްގެ ނަލަ ހަނދުވަރެއް ދެމުންދިޔައީތީ ޕިކްނިކަށް ގެނައި ލައިޓުތަކުގެ ބޭނުމެއްނުޖެހުނެވެ.އަހަރެންނާއި ކުޑީއާ ތިއްތައްތަ ފިޔަވާ އެންމެންވެސް ޓެންޓުތެރެއަށް ވަދެއްޖެއެވެ.އިޔާންގެ މަންމަ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އަހަރެންގެ މަންމަވެސްވަނީ ޓެންޓަށެވެ.މަންމަވަންނަމުން އަންނާށޭ ބުނުމުންވެސް އަހަރުމެން އިރުކޮޅަކުން […]
“ކުޑީ ޕްލިޒް،.. ޕްލީޒް މިހެން ނުކިޔައްޗެ މީހަކުކާރި… ޗޮކުލެޓް ވެސް ދޭނަަން ލޯބީ…” އިޔާންގެެ އަތުން ދޫވެގަނެވުމާއެކު އެއްމެ ފުރަތަމަވެސް އަހަރެން ބެލީ ލާނެތް ހިނިތުންވުމަކާއެކު ދެފަރާތަށް ބޯހޫރުވަމުން ދިޔަ ކުޑީއަށް ރިޝްވަތު ދީގެން ނަމަވެސް އެކަން ސިއްރުކުރެވޭތޯއެވެ. އެންމެ ފަހުން ޑެއިރީމިލްކް ބޮޑު ޗޮކުލެޓަކަށް ޝަރުޠުކޮށް ކުޑީ އެއްބަސްކުރުވީމެވެ. އެރޭ އިޔާން ގެއަށް ދިއުމުންވެސް އަހަރެންގެ ބޮލުތެރޭން އެކަންތައް ގަނޑު ފިލައިންނެއް ނުދިޔައެވެ. “ކަމޯން ޒީ… ޔޫ އާ އޮންލީ ފިފްޓީން ޔޫ ނީޑް ޓު […]
*ފްލެޝް ބެކް ތެރެއިން…* އެއްރެއެއްގެ ދެނަމާދުދޭތެރެ ވަގުތެވެ. އާދަޔާ ހިލާފަށް ގޭގައި މީހުން ގިނަވެފައި ހަލަބޮއްޔެވެ. އަހަރެންނަށް އަންގާނުލައި ގޭގައި މިވަނީ ކީއްތޯ ބަލާލުމުގެ ނިޔަތުގައި އަހަރެން އެދިިމާއަށް ހިނގައަގަތީމެވެ. ޒިމްބެ އިށީންދެ އިން ސޯފާގެ އެއް އަރިމަތީގައި އަހަރެން ގޮސް އިށީނީމެވެ. ވާނުވާގައެވެ. އަހަރެންނާ ދިމާ ކުރިމަތީގައި އިޔާން ވެސް އިނެވެ. އަހަރެން އިޔާން އަާ ދިމާއަށް ބުމަ އެއްލީ ކީއްވީހޭ އަހާލުމުގެ ގޮތުންނެވެ.އަހަރެންގެ އާއިލާގެ އިތުރުން އިޔާން ގެ ބޭބެއާ މަންމައާބައްޕަ ވެސް އެތާ […]
ދެމުން ދިޔަ ގަދަ އަވީގައި އަހަރެން ހިނގާފަ މިސްރާބު ޖެހީ ރަށުގެ ސާނަވީ މަދަރުސާައާ ދިމާއަށެވެ.މިއަދަކީ ހަމަ ގާއިމު ވެސް އަ.ހަންނަށް ވަރަށޮ ބޮޑު ދުވަހެކެވެ. ސަބަބަކީ އަހަރެންގެ ފަސް މަސްދުވަހުގެ މަސައްކަތުގެ ނަތީޖާ މިއަދު އަހަރެންގެ އަތަށް އަރާނެއެވެ. ތުއްތޮންބެގެ ފާޑު ކިޔުންތަކަށް މިއަދު އަހަންނަށް ރައްދު ޖަވާބު ދެވޭނެއެވެ. މާގިނަ މަސައްކަތަކާ ނުލައި ތޮއްޖެހިފައިވާ ގޭޓު ތެރެއިން އަހަންނާ އަހަރެންގެ ބެސްޓީ ގޭންގް ސްކޫލްތެރެއަށް ވަދެއްޖައީމެވެ.އެ ހަލަބޮލި ވަގުތުކޮޅަަށް ނިމުމެއް އައީ ޗީފް ގެސްޓް […]