Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގޭ ގޮތެއްވޭ 10

Pinkish Level 5100 Comments10 Stories100 Login500 Comments
April 12, 2017 4 Mins Read
36 Comments

ޒެއިނާ ތައްޔާރު ވަމުން ދިޔައީ އާމިރާ ގެ އެދުމުގެ މަތިން އެގެއަށް ދިޔުމަށެވެ. ކަކުލާ ހަމައަށް އަންނަ ޗޮކްލެޓް ކުލައިގެ ހެދުމަކާ އެކު ކަޅު ކުލައިގެ ސްކިނީއެއް ލައިގެން އާދައިގެ ގޮތަކަށް އައްސާލިއެވެ. އެ އިސްތަށިގަނޑުވަނީ ގެންގޮސް މޭ މައްޗައް ވައްޓާލާފައެވެ.

“ކޮންތާކަށްތަ ދަރިފުޅު” ޒާހިދާ ސުވާލު ކުރީ ސިޑިން ފައިބައިގެން އަންނަ ޒެއިނާ އަަށެވެ. “މަންމަ ބުނެގެން އެގެއަށް.” ޒެއިނާ ޒާހިދާ ކައިރި ހުއްޓިލަމުނަ ބުނެލިއެވެ. “މަންމަ ވެސް ދަންތަ. ކުރާނެ ކަމެއްނެތި ފޫހި ވެގެން މިއުޅެނީ” ޒާހިދާ މިހެން ބުނުމުން ޒެއިނާ ހިނިތުންވެލާފަ ބޯޖަހާލިއެވެ. އެއަށްފަހު ދެމީހުން ނިކުމެގެން ދިޔައެވެ.

ޒެއިނާ މެން އާމިރާ މެން ގެއަށް ވަންއިރު އާމިރާ ހަލުވި ކަމާއެކު ކާން ތައްޔާރު ކުރުމަށް އުޅުނެވެ. “ހާދަ އަވަސް އަރުވާލައިގެން މަންމަ” ޒެއިނާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އާމިރާ އަށް ޒެއިނާ އާއި ޒާހިދާ ފެނުމުން ކުރަން އުޅުނު މަސައްކަތް ނޯކަރަކާ ހަވާލު ކޮށްފައި އެމީހުން ކައިރިއަށް ދިޔައެވެ. “ތިއައީ ދޯ. ހިނގާ ކާން ދާން އަވަހަށް. ޒާހިދާ ވެސް ހަބަރެއްވެސް ނުވެ” އާމިރާ ތުން އޫކޮށްލާފައި ބުނެލިއެވެ. ތިން މީހުންގެ ހުނުމުގެ އަޑު އޭރު އިވިގެން ދިޔައެވެ.

“ކޮބާ ބައްޕަ. ނުވެސް ފެނޭ” ޒެއިނާ މުޅި ގެއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. “ރިސޯޓަކަށް ގޮސް ވީ. ބުނިން ނުދާށޭ ވެސް. އެކަމް މަސައްކަތެއް ވިއްޔަ މަންމަ ބުނާ އަޑު ވެސް ނާހާނެ ކަން ދަރިފުޅަށް އިނގޭނެ” ޒެއިނާ ބޯ ޖަހާލީ ހިނިގަނޑެއް ޖަހާލަމުންނެވެ.

ޒެއިނާ މެން ގެއަށް އާއިރު ހުރީ ރޭނގަޑު ވެފަ އެވެ. އޭރު ޒޭން ވެސް އައިސްގެން އުޅެއެވެ. ޒެއިނާ ފުރަތަމަ ވެސް ވަރުބަލި ފިލުވާލުމުގެ ގޮތުން އެނދުގައި އިށީއިނެވެ. ޒެއިނާގެ ބަނޑަށް ހުންނަނީ މިހާރު އަބަދުވެސް ތަދެއް އަރާފައެވެ. “ކައިފިންތަ ދޮންކަނބުލޮ” ޒޭން މޭޒުމަތިން ފައިލެއް ހޯދަމުން ބުނެލިއެވެ. ޒެއިނާ ހޫމް އޭ ލައްވާލިއެވެ. “މިރޭ ކީއްވެ އޮފީސް މަސައްކަތެއް ކުރަން ތިއުޅެނީ. އަހަރެ އަޖައިބުވެ އަންތަރީސް ވެއްޖެ” ޒެއިނާ މިހެން ބުނީ ޒޭން ލެޕްޓޮޕާ ކުޅެން އިނަސް ފައިލެއް ނަގައިގެން އުޅޭތަން ނުފެންނާތީއެވެ. “ހެހެ. ބައްޕަ ބުނެގެން ފައިލް ގެންގޮސްދެން މިއުޅެނީ އެ ރޫމް އަށް” ޒޭން ފައިލް ދައްކާލަމުން މިހެން ބުނެ ނިކުމެގެން ދިޔައެވެ.

ޒެއިނާ މަޑު މަޑުން އެނދުގައި އޮށޯއޮވެލިއެވެ. ޒެއިނާ އަށް ނިދެން އުޅުނު ތަނާހެން ޒޭން ގެ އަޑު އިވުނެވެ. “އޭ އޭ. އަދި މިރޭގެ ކެއުން އޮތީއޭ ތި ނިދަނީ . ތެދުވޭ” “ސާބަސް.” ޒެއިނާ މިހެން ބުނި އިރު ހަމަރަގަޅަށް ހުރީ ހިތްހަމަނުޖެހިފައެވެ. ނިދި ނިދި އޮއްވަ ގޮވަންޏާ ވާނީވެސް އެހެންތާއެވެ. “ޒެއީ އަހަރެ މިއުޅެނީ ހުދާ ބުނެގެން އެގެއަށް ކާން ދާން. އެކަމް ޒެއީ ކައިގެން ނޫނީ ނުނިދާތި” ޒޭން މިހެން ބުނުމުން ޒެއިނާ އަށް ހީވީ ހޫން ފެންތެއްޔެއް ގަޔަށް އޮއްސާލިހެންނެވެ.

“ކިހާ ދެރަކަމެއް” ޒެއިނާ އަޑުގެ ކޮޅަށް މިހެން ބުނެ ދިޔަގޮތަށް ގޮސް ޒޭންގެ ގަމީހުގެ ގިރުވާނުގައި ހިފާލިއެވެ. އެއަށްފަހު އަނެއްކާ ވާހަކަ ދައްކަން ފެށިއެވެ. “އަބަދު ހުދާ ހުދާ ހުދާ. އެހެން ކަމެއް ނޯވެ. މިރޭ ނުދާނެ. ދިޔަޔަކަ ނުދޭނަން ވިއްޔަ. ނޭނގޭތަ އަހަރެ” ޒެއިނާގެ ވާހަކަ މެދު ކެނޑުނީ އެނދުމަތީ އޮތް އޭނާގެ ފޯނު ރިންގް ވާން ފެށުމުންނެވެ. ވަގުތުން ދަތްކުނޑިވިކާލާފަ ޒޭން ކޮށްޕާލުމަށްފަހު ފޯނާ ދިމާލަށް ދިޔައެވެ. ޒޭން ހުރީ ހިނިގަނޑު މަތަކޮށްގެންނެވެ.

ޒެއިނާ އަށް ހަލޯއޭ ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ. ނަމަވެސް އެކޮޅުން ދިން ހަބަރުން ޒެއިނާ ގެ ގައިން ވަރުދޫވެ އެނދުމަތީ އިށީއިނެވުނެވެ. ޒޭން އަށް ވެސް ވަގުތުން ޒެއިނާ ކައިރިއަށް އައިސް ވި ކީއްތޯ އެހިއެވެ. ނަމަވެސް ޒެއިނާގެ ފަރާތުން އެއްވއސް ޖަވާބެއް ނުލިބުނެވެ. ޒޭން ވަގުތުން ފޯނު ޒެއިނާ އަތުން އަތުލާފަ ވާހަކަ ދެއްކިއެވެ. އާމިރާގެ ފޯނެކެވެ. އާމިރާ ބުނީ ޒެއިނާގެ ބައްޕަ ޒަރީރު ވެއްޓި ބޮޑު ދަނގަޑު ގަޑެއްގަ ޖެހި ބޯ ފަޅައިގެން ގޮސް އަދިވެސް ހޭނާރާ ކަމަށެވެ. އަދި މިހާރު ހޮސްޕިޓަލަށް ގެންގޮއްސިކަމަށެވެ.

“ޒެއީ ހިތްވަރު ކުރަން ވާނޭނު. ހިނގާ ހޮސްޕިޓަލް އަށް ދާން.” ޒޭން މިހެން ބުނުމުން ޒެއިނާ ޒޭން ގެ ގައިގައި ބައްދާލާފައި ރޯން ފެށިއެވެ. “ޒެއީ ރޮންޏާ މަންމަ އަށް ހިތްވަރު ދޭނީ ކާކު. ބޭބީ ވެސް ދެރަވާނޭނު. ހުއްޓާލާގެން ހިނގާބަލަ ދާން.” ޒެއިނާ ލޯ ފޮހެލަމުން ތެދުވެ ޒޭން އާއެކީ ނިކުމެގެން ދިޔައެވެ.

ޒޭން ޒެއިނާ ގެ އިތުރުން ޒާހިދާ އާއި އުމަރު ވެސް ހޮސްޕިޓަލް އަށް ދިޔައެވެ. އޭރު އާމިރާ ހުރީ ރޯށެވެ. ޒެއިނާ ގޮސް މަންމަ ހަމައަކަށް އެޅުވޭތޯ ބެލިއެވެ. އެއްމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ޑޮކްޓަރުގެ ހަބަރެއް ވޭތޯއެވެ. އިރުކޮޅެއް ފަހުން ޑޮކްޓަރު ނިކުތުމުން އެއްމެން އެއްފަހަރާ އެދިމާލަށް ދިޔައެވެ. އެއްމެންގެ މޫނުން ހިތްހަމަޖެހުން ލިބުނީ ޒަރީރު ގެ ހާލަތު ރަގަޅުވެ ހޭއަރާފި ކަމަށް ބުނުމުންނެވެ. އެއްމެންވެސް ޒަރީރުއާ ބައްދަލު ކުރަން ދިޔައެވެ.

ޒަރީރު ދޫކޮށްލީ 2 ދުވަސް ފަހުންނެވެ. ޒެއިނާ ގިނަ ވަގުތު ހޭދަކުރަނީ ޒަރީރު ކައިރިއެވެ. މިދެދުވަހު ޒެއިނާ ގެ ބަނޑަށް އުނދަގޫވި ނަމަވެސް ކެތްކުރެވޭތީ އެކަކު ކައިރިވެސް ނުބުނެ ހުންނަނީއެވެ. ޒޭން އަބަދުވެސް ހުދާ ކައިރިއަށް ދާކަން ޒެއިނާ އަށް އިގެއެވެ. އެކަމާ އެއްޗެކޭ ބުނަން ޒެއިނާ ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް ކޮންމެސް ކަމެއް ވެގެން އެވާހަކަ ނުދެއްކުނީއެވެ.

ޒެއިނާ ޒަރީރު މެން ގެއިން އައިސް ކޮޓަރިއަަސް ވަންހެން ހީނުވެ ޒާހިދާ އައިސް ވާހަކަ ދެއްކިއެވެ. “ކޮބާތަ އެ ޒޭން. މިއަދު ގައިމު އޮފީހަށްވެސް ދާދުހެއް ނޫން މީ. އެކަމު ހެދުނުއްސުރެ ނުފެނެ. މިހާރު އެޔޮށް ރޭނގަޑު އަށެއް ޖަހަނީ ވިއްޔަ” “ނޭނގެ މަންމާ. މިއަދު ހެދުނުން ފަށައިގެން މެންދުރަށް އުޅުން އަޅުގަނޑު މެން ގޭގަ. އޭގެ ފަހުން ދިޔަ ތަނެއް ނޭނގެ. މަންމަ ކަންބޮޑު ނުވޭ. އަޅުގަނޑު އެބަ ބަލަން ކޮބާތޯ” ޒެއިނާ މިހެން ބުނި އިރު ވެސް ޒޭން ވާނީ ހުދާ މެން ގޭގަ ކަން އިނގެއެވެ. ޒާހިދާ ނުކުމެގެން ދިޔައެވެ.

ޒެއިނާ ގާތަށް ވަރަށް ރުޅި އައެވެ. ބުނެފަ ދާނަމައޭނުން ހެއްޔެވެ. މިއަދު ރަގަޅަށް ހުދާ އަށް ބަވާލާނަމޭ ޒެއިނާ ހިތައް އެރިއެވެ. ޒެއިނާ ބަލަން ނުހުރެ ހުދާ މެންގެއަށް ދިޔައެވެ. ޒެއިނާ ހުދާމެން ގެއަށް ވަންއިރު ޒޭން އާއި ހުދާގެ އިތުރުން ފިރިހެނެއް ކުޑަކުއްޖެއް ގޮވައިގެން އިނެވެ. ނަމަވެސް ޒެއިނާ އަޅާނުލައެވެ. “ކަލޭ ކީކޭ ހިތާތަ އަހަރެ ފިރިމީހާ އަށް އަޅައިގަނެގެން ތިއުޅެނީ. ލަދެއްވެސް ނުގަނޭތަ. އެހެން ފިރިހެނެއް ނުފެނުނީ. ފެންނަހާ މީހަކަށް އަޅާގަތަސް އަހަރެ ފިރިމީހައަށް އަޅާގަންނާކަށް ނުޖެހޭނޭ. ހަދާން ކުރާތި ދެން ޒޭން އަށް ބާލާލިޔަސް މި ކާކުގެ ދަރިއެއްކަން އަންގާލާނަން.” ޒެއިނާ ހަޅޭ ލަވައިގެންފައި ޒޭންގެ އަތުގައި ހިފާގެން ދާން އުޅުނެވެ.

ހުދާއަށް އެއްވެސް އަސަރެއް ނުކުރެއެވެ. އޭނައަށް މީގެ ކުރިން ވެސް މިބަސްތައް އިވޭނެކަން އިނގޭތީއެވެ. ޒޭން ޒެއިނާ ހުއްޓުވިއެވެ. “ޒެއީ އަށް ކޮންކަމެއް އަހަރެ ކޮންމެމީހާކާއެކީ އުޅުނަސް. އަހަރެ ކޮންމެ ތާކު އުޅުނަސް. ކޮންމެ ކަމެއް ކުރިޔަސް. އަހަރެމެން ދޭތެރޭ އެކަހަލަ ގުޅުމެއް ނެތޭނުން. ދެން ކީއްވެ މިރޭ މިތަނަށް ތި އައީ.” ޒެއިނާ އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “އައި ލަވް ޔޫ ޒެއީ. އެހެންވެ މިހެން އުޅެން ޖެހުނީ” ޒެއިނާގެ ދެލޯ ބޮޑުވިއެވެ. ނަމަވެސް ނޭނގޭ އުފާވެރިކަމެއް ހިތަށް ލިބުނެވެ. “އަދި އެއްވާހަކަ. ހުދާ އެޔަކީ ތި ހީކުރާކަހަލަ މީހެއް ނޫން. މިހިރީ އޭނަގެ ފިރިމީހަ އިޔާން ދެން މިހިރީ އެމީހުންގެ ދަރިފުޅު” ޒޭން ބުނެލިއެވެ. ޒޭން މަޑު މަޑު ފިޔަވަޅެއްގައި ނިކުމެގެން ދިޔައެވެ.

ޒެއިނާ ހުރީ ކުއްވެރިއެއްހެން އިސްޖަހާގެންނެވެ. ހުދާ އައިސް ޒެއިނާގެ ކޮނޑުގައި ހިފާލިއެވެ. “ޒެއިނާ އަށް އިނގޭތަ ޖެލަސް ވުމަކީ ލޯބިވުން. ޒެއިނާ ވެސް ޒޭން ދެކެ ލޯބިވާތި ތިހެން އައިސް ބަވާލާނީ” ޒެއިނާ ބޯ ހޫރުވާލަން އުޅުނެވެ. “ޝޫޝް. ޒެއިނާ އަމިއްލެއިން ވިސްނާލާ. ތިއަކީ ހަމަ ލޯބި” ހުދާ އަނެއްކާ ބުނެލިއެވެ. އަދި އެދެމީހުންގެ މެދުގައި އެކަހަލަ ގުޅުމެއް ނޯންނަކަމާ މިހެން އުޅެން ޖެހުނީ ޒެއިނާ އަށް ޒޭންދެކެ ލޯބިވާކަން ރިއަލައިޒް ކުރުވަން ކަމަށް ބުންޏެވެ. ޒެއިނާ ހިތަށް އަރަމުން ދިޔައެވެ. އަހަރެން ހަމަ ޒޭން ދެކެ ލޯބިވަނީ ހެއްޔެވެ. “ހޫމް ތި ހަމަ ލޯބި” ހުދާ ހީވީ ޒެއިނާގެ ހިތުގެ އުފެދުން ސުވާލަށް ޖަވާބު ދިން ހެންނެވެ. ޒެއިނާ އަށް ހިނިތުންވެލެވުނެވެ.

“ދެންވެސް ދޭ. ގޮސް ޒޭން ކައިރި ބުނޭ ޒެއިނާ ވެސް ލޯބިވެޔޭ” ހުދާ ބުނެލިއެވެ. ޒެއިނާ ވަގުތުން ދުއްވާގަންނަން އުޅުނެވެ. “މަޑުން” ހުދާ ބުނެލިއެވެ. ޒެއިނާ އެނބުރި އައިސް ހުދާ ގައިގައި ބައްދާލިއެވެ. “ތެންކްޔޫ ސޯ މަޗް. ދެންމެ ވަރަށް އެއްޗިހި ކީއްޖެ ދޯ. އައިމް ސޮރީ” ހުދާ އެ އޯކޭ އޭ ކިޔާފަ ހިނިގަނޑެއް ޖަހާލިއެވެ. ޒެއިނާ އިޔާން އަށް ބަލާލާފައި ހިނިތުން ވެލުމަށް ފަހު ބާރު ހިނގުމެއްގައި އެ ގެއިން ނިކުތެވެ.

“އޭ” ޒެއިނާ ގޮވާލީ މަގު ހުރަަސް ކޮށް ކޮށް ހުރި ޒޭން އަށެވެ. ޒޭން ފަހަތް ބަލާލިއެވެ. ޒެއިނާ ފެނުމުން ޒެއިނާ ކައިރިއަށް ދާން ހިނގާގަތެވެ. ނަމަވެސް ކުއްލިއަކަށް އައި ކާރެއްގެ ޒޭން ޖެހި ޒޭން ގޮސް ޖެހުނީ ހޮޅި ދަނޑިއެއްގައެވެ. އެވަގުތު ހޯސް ލާފައި ޒޭން ގެ ބޮލުން ލޭ އަންނަން ފެށިއެވެ. “ޒޭން” ޒެއިނާ އަށް އަޑު ގެ ނެތްކޮޅަށް ހަޅޭލަވާގަނެވުނެވެ. އޭރު ޒޭން ކައިރިއަށް މީހުން އެއްވަމުން ދިޔައެވެ. ޒެއިނާ ވެސް ދުއްވާގަތީ ރޮވިފާ ހުރެއެވެ. ނަމަވެސް އެވަގުތު ކުއްލިއަކަށް ޒެއިނާ ގެ ބަނޑަށް މީން ދުހާކު ނުވާވަރަށް ތަދުވާން ފެށިއެވެ. ނަމަވެސް ޒޭން ކައިރިއަށް ދެވޭތޯ މަސައްކަތްކުރިއެވެ. އެކަން ވީ ބޭކާރެވެ. ވީ ތަދުން ޒެއިނާ އަށް ބިންމަތީ އިށީ އިނެވުނެވެ. ޒޭން ކައިރިއަށް ދާން އެންމެ ބޭނުން ވަގުތު އެހެން ވުމުން ޒެއިނާ އަށް އިތުރަށް ރޮވުނެވެ.

ނުނިމޭ

Share Article

Follow Me Written By

Pinkish

Level 5100 Comments10 Stories100 Login500 Comments

...

Other Articles

Previous

މާފުކުރާށޭ… – ޓުރެއިލަރ

Next

ހިތް އެދެނީ (8)

Next
April 12, 2017

ހިތް އެދެނީ (8)

Previews
April 12, 2017

މާފުކުރާށޭ… – ޓުރެއިލަރ

36 Comments!

  1. Pinkish says:
    April 12, 2017 at 3:18 pm

    Dhn othyy atory ge last part.. hurihaa kudhin vx kiyaafa comment kohlahcheyy… Keep waiting.. ??

  2. Pinkish says:
    April 12, 2017 at 3:18 pm

    story**

  3. hteuy says:
    April 12, 2017 at 3:25 pm

    alhey haadha kurey… zeina ge dream true vy dhw

  4. Pinkish says:
    April 12, 2017 at 3:33 pm

    Hehe.. yeah dww… thankx so much hteuy ??

  5. Isha says:
    April 12, 2017 at 4:11 pm

    Plx zeyn ah gotheh nuhadhahchey eyrn story varah hadi vaane plx dheragotheh nahadhahchey

    1. Pinkish says:
      April 12, 2017 at 4:18 pm

      Lets see dww dear..thankx Isha dhoni.. ??

  6. Maree says:
    April 12, 2017 at 4:17 pm

    v reethi

    1. Pinkish says:
      April 12, 2017 at 4:19 pm

      Thankx maree.. ??

  7. ReeXa says:
    April 12, 2017 at 4:33 pm

    Alhey haadha dhera gothekey mi v but zeyn ah dhera gotheh nahadhahchey… mi part vx varah reethi… keep it up

    1. Pinkish says:
      April 12, 2017 at 4:41 pm

      Thankx ReeXa.. ????

  8. Maureen says:
    April 12, 2017 at 5:10 pm

    ?

    1. Pinkish says:
      April 12, 2017 at 5:19 pm

      Hehe.. ??

  9. Reader. says:
    April 12, 2017 at 5:10 pm

    I knew this was coming.

    1. Pinkish says:
      April 12, 2017 at 5:20 pm

      Haha nice… thankx reader.. ??

  10. ithoo says:
    April 12, 2017 at 5:30 pm

    Alhe..zeyn maraa nulahcheyy pinkish..btw nice dear..kyp it up☺

    1. Pinkish says:
      April 15, 2017 at 3:33 pm

      thankx ithoo.. ??

  11. Kiara says:
    April 12, 2017 at 5:35 pm

    Pis..haadha foohi gotheh e vi..

  12. Pinkish says:
    April 12, 2017 at 5:39 pm

    Yeah dww.. ?

  13. Aashoo says:
    April 12, 2017 at 6:21 pm

    Aharen kiyaairu nuunu sukun nujahaa innaathy vvv bolah undhagoo. And adhives ithuru kuhthah ebahuri

    1. Pinkish says:
      April 12, 2017 at 7:26 pm

      I will try to improve.. thankx mistakes bunedhinyma Aashoo.. ???

  14. Jjeyツ says:
    April 12, 2017 at 6:27 pm

    Nice?

    1. Pinkish says:
      April 12, 2017 at 7:29 pm

      Thankx Jjey ??

  15. zey says:
    April 12, 2017 at 7:37 pm

    Galhi vaahaka eh

    1. Pinkish says:
      April 13, 2017 at 6:03 pm

      Mistakes thah buneliyyaa i will try to solve.. ??

  16. rim says:
    April 12, 2017 at 8:17 pm

    V v v v reethi maa avahii nimmaalileh

    1. Pinkish says:
      April 12, 2017 at 8:23 pm

      Aww.. Thankx rim ??

  17. Lenora says:
    April 12, 2017 at 8:54 pm

    Vrh lwbi… Ekm kihineh thihedhy???? Knmx knmx zeyn maraanulahche… ///// adhi maa avaheh nun tha nimmaakah… Mi mage 2nd fav story a…

    1. Pinkish says:
      April 12, 2017 at 9:04 pm

      Lets see dww.. alheyyy so happy to here that lenora… thankxxxxxxxx…. ??

  18. axu says:
    April 12, 2017 at 10:29 pm

    Wow…nice ….ekam thankolheh kuree dhw

  19. Pinkish says:
    April 12, 2017 at 10:53 pm

    Yeah i knw dear… thankx axu.. ??

  20. haw shia shaba shi r says:
    April 13, 2017 at 10:25 am

    Mashaa Allah v reethi mi part ves,haadha avahakah ninmaalan thiulhenee,keep it up

  21. Pinkish says:
    April 14, 2017 at 1:49 pm

    Thank you so much haw shia shaba shi r ??

  22. Maahy❤ says:
    April 14, 2017 at 4:16 pm

    Kba tha last part v kiyaa hithun mihury… Avahah up kohba

    1. Pinkish says:
      April 15, 2017 at 3:34 pm

      miadhu dear..

  23. shiu says:
    April 15, 2017 at 10:34 am

    Kba tha last part pinkish.. V kiyaa hithun mihunnany… Avahan up kohdhybala..

    1. Pinkish says:
      April 15, 2017 at 12:52 pm

      Miadhu insha allah..

Comments are closed.


All Right Reserved!