Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ (9)

Psenhi Level 410 Stories100 Comments100 Login
April 14, 2017 4 Mins Read
42 Comments

“ޝުކުރިއްޔާ ދަރިފުޅާ” ކާރުން ފޭބުމަށްފަހު ހިނިތުންވެލަމުން އަދުނާނު ޝުކުރުވެރިވިއެވެ. ޖަވާބުގައި  ޝައިމްވެސްފުޅާ ހިނިތުންވުމެއް ރައްދުކުރިއެވެ. އެހިތުގެ ރާނީ ލޯމަތިން ގެއްލެންދެން ޝައިމްއިނީ ކަޅިވެސްިޖަހާނުލާ ބާށެވެ.

“ލައިބާ އަދުނާން މަންޒިލް އއ. ބޮޑުފުޅަދޫ”

ލައިބާ ސްޓޭޖް މައްޗަށް އަރައިގެން ދިޔަ މަންޒަރު ފެނުމުން އަދުނާނުގެ ހިތް އުފަލުން ފޮޅުނެވެ. އެތަކެއް ދުވަހުގެ ބުރަ މަސައްކަތުގެ ނަތީޖާ ނުހަނު ފޮނިކަން މިއަދު އަދުނާނަށް ޔަޤީން ވެއްޖެއެވެ. އަދުނާނުގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އުފާވެރިކަމުގެ ކަރުނައެވެ. އަވަސް އަވަހަށް އަތުާއޮތް ޓިޝޫއިން ލޯ ފުހެލީ އެހެންމީހަކަށް އެމަންޒަރު ފެނިދާނެތީއެވެ. ލައިބާގެ ސަބަބުން އެހެން މީހުންގެ ކުރިމަތީ އަދުނާނުގެ ޤަދަރު އުފުލިފާވެއެވެ.

ޢާއިޝަތު ސަމާ ނިޒާމްއަކީ މިއަދު އެންމެ ގިނަ މެހެމާނުންގެ ސަމާލުކަން ހޯދި އެއްކުއްޖެކެވެ. ރާއްޖޭގެ ޓޮޕްޓެން އެއްވަނައިގެ އިތުރުން ބަޔޮލޮޖީއިން މުޅި ދުނިޔޭން އެއްވަނަ ސަމާވަނީ ހޯދާފައެވެ. މިރޭ އުފަލުންގޮސް ލީލާގެ ލޮލުން ކަރުނަހިކިގެންދާ އެންމެ ވަގުތުކޮޅެއްވެސް ނާދެއެވެ.

ޖަލްސާގެ ކަންތައްތައް ނިމިގެން އެކުދިންނަށް ގެއަށް ދެވުންއިރު މެންދަމު އެކެއް ޖަހަން ކައިރިވެއްޖެއެވެ. އޭރު ސީމާ އިނީ ސިޓިންރޫމްގައި ތާއްޔާޖެހިޖެހިއެވެ. ދެކުދިން ވަންތަން ފެނުމުން ނިދި ފިލާ ގޮއްސިއެވެ. ވަރަށް ބާރަށް ދެކުދިންގެ ގައިގާ އޮޅުލައިގަތެވެ.

“ކޮންގްރާ ބޯތް” ޖަލްސާ ޓީވިން ވަގުތުން ދުރަށް ދެއްކުމުން ސީމާއަށްވެސް އެދެކުދިން ސްޓޭޖްމަތިން ފެނުންވާހަކަޔާއި ރީތިވާހަކަ ކިޔާ ސީމާ ވަރަށް ތަޢުރީފް ކުރިއެވެ.

ބައްޕަ އެނބުރި ރަށަށްދާން ހަމަޖެހިފާވަނީ ހޮނިހިރު ދުވަހުކަމުން ލައިބާ  ހަސަނުގާތުގައި ބުނެގެން އެދުވަހު ޗުއްޓީއެއް ނެގިއެވެ. ޝައިމްގެ ހިތުގެ ހަމަޖެހުން ނުފެނި ދެދުވަސް ހޭދަކުރަން ޝައިމްއަށްވީ އުނދަގޫ ކަމަކަށެވެ.

ހެނދުނު އޮފީހަށް ވަންގޮތައް ލައިބާ ބަލާލީ ޝައިމް ފެންނަން ހުރިތޯއެވެ. ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މަޑުމަޑުން ގޮސް މޭޒުކައިރީގާ ހުއްޓެމުން ލައިބާގެ ދެލޯބޮޑުކޮށްލިއެވެ.

މޭޒުމަތީގައި ރަތް ފިނިފެންމާބޮނޑިއެއް ބާއްވާލާފަ އޮތްއިރު ކައިރީގައި ކުޑަ ކާޑެއް އޮތެވެ. “ކާކުގެ ކަމެއްބާ!” ލައިބާއަށް މަޑުމަޑުން ބުނެވުނެވެ. ދެން މާބޮނޑިނަގާ ވަސްބަލާލިއެވެ. ފިނިފެންމަލުގެ މީރުވަސް ދުވުމުން ލައިބާގެ ހިތަށް އާރޯކަން ވެރިވިއެވެ. ރަތް ފިނިފެންމަލަކީ އަބަދުވެސް ލައިބާގެ ފޭވްރިޓްއެވެ.

“ކޮންގްރާ. އަމް ވެރީ ހެޕީ ފޯރ ޔޫ ބިއުޓިފުލް” ކާޑު ހުޅުވާލުމަށްފަހު އޭގައި އިނގިރޭސިބަހުން ލިޔެފައިވާ ޢިބާރާތްކޮޅު ލައިބާ މަޑުމަޑުން ކިޔާލިއެވެ. އަދި ތިރީގައިވާ ނަމަށް ނަޒަރު ހިންގާލިއެވެ. އިނގިރޭސިން “ބޮސް” ޖަހާލާފަވެއެވެ. ލައިބާއަށް ހަރާކާތް ހުއްޓިފާ އިރުކޮޅަކު ހުރެވުނެވެ.

އެއީ ލައިބާ އޮފީހާ ޖޮއިންވި ފުރަތަމަ ދުވަހެވެ. “ބޮސް! ލައިބާ އަހަންނާ މުހާތަބު ކުރަންވާނީ ބޮސް ކިޔައިގެން. އޭރުންދޯ ލައިބާގެ ފެންވަރު ހަނދާން ހުންނާނީ” ޝައިމް ސަރ އޭކިޔާ ވާހަކަދައްކަން ފެށުމުން ޝައިމް ލައިބާ ހުއްޓުވަމުން ބުނެލި ޖުމްލަ ލައިބާގެ ހަނދާނަށް އައެވެ.

“މިހެންވާނީ ކިހިނެތް ހެއްޔެވެ؟ ޝައިމްއާއި ލައިބާއާއި ދެމެދުގައިވަނީ ނަފްރަތުގެ ފާރެއް ލެވިފައެވެ. އެފާރު ކުދިކުދިވީ ކޮންއިރަކު ހެއްޔެވެ؟ ޝައިމްގެ ހިތުގައި ލައިބާއަށްޓަކާ ނަފްރަތުނޫން އެއްޗެއް ނުވާއިރު މިއީ ކިހިނެތް ވާނެކަމެއް ހެއްޔެވެ؟” ޤަބޫލް ނުކުރެވިގެން ލައިބާ އަދި އެއްފަހަރު އެބަސްކޮޅު ކިޔާލިއެވެ. މިއީ ހުވަފެނެއް ނޫންބާއޭ ލައިބާގެ ހިތަށް އެރުމުން ކުޑަވާއިނގިލީ ދަތް އަޅާލެވުނެވެ. “އައުޗް!” ދަތް އެޅުންލެއް ބާރުކަމުން ލައިބާއަށް ބުނެވުނެވެ.

ބިއްލޫރިގަނޑުގެ އަނެއްފަރާތުން ލައިބާގެ ހަރަކާތްތައް ބަލަމުންގެންދިޔަ ޝައިމް ހިނިތުންވެލިއެވެ. ލައިބާގެ ކޮންމެ ހަރަކާތެއްވެސް މިހާރު ވެފާވަނީ ޝައިމް ފޫހިނުވެ ބަލާ މަންޒަރުތަކަކަށެވެ.

އޮފީހުގެ ގިނަ މުއައްޒަފުންވެސް ލައިބާގެ ކާމިޔާބީ ފާހަގަކޮށް މަރްހަބާ ކިއެވެ. ލައިބާވެސް އުފާވެރި މޫނަކާއިއެކު އެމީހުންނަށް ޝުކުރުއަދާކުރިއެވެ.

މިއަދަކީ ލައިބާއަށް ހާއްސަ ދުވަހެކެވެ. އެމޫނުން މިއަދު ފެންނަންހުރީ އެހެން ދުވަސްދުވަހާ ތަފާތު ކުލަވަރެކެވެ. ހެނދުނުއްސުރެ ލައިބާ އިންތިޒާރު ކުރަމުން އެދަނީ އޮފީހުގެ މަސައްކަތްތައް ނިންމާލާފައި ހުރިހާ މުއައްޒަފުން ނިކުމެގެން ދާނެ ވަގުތަކަށެވެ. އެހެނަސް ކަންތައްވީ ލައިބާ އުންމީދުކުރި ގޮތަކަށްނޫނެވެ. އޮފީސްގަޑި ނިމުމާއިއެކު ޝައިމް ބޭރަށް ނިކުމެގެން ދިޔައީއެވެ.

ހުރިހާ މުއައްޒަފުން އޮފީހުން ނިކުތްއިރުވެސް ލައިބާ މިއަދު ގެއަށްދާހިތެއްނެތެވެ. އެމޫނުގައިހުރި އުފާވެރިކަންވެސް މިހާރުވަނީ ފަނޑުވެފައެވެ.

“އަހަންނަށް މިވަނީ ކިހިނެއްބާ؟ އަބަދު ޝައިމްގެ ޚިޔާލުތައް ސިކުނޑިތެރޭ އެނބުރެނީ. ކިތަންމެ ވަރަކަށް އެޚިޔާލްތަކާ ދުރަށްދާން އުޅުނަސް އެއްވެސް ކަމަކަށް ކަންސެންޓްރޭޓްއެއް ނުކުރެވޭ. އިނތިޒާރު ކުރެވެނީ ފެންނާނެ ވަގުތަކަށް. އެސޫރަ ފެންނަ ހިސާބުގައި ހުންނަން އަބަދުވެސް ހިތް އެދެނީ”

“މިއަދު ގެއަށްވެސް ނުދަންތަ؟” ޚިޔާލުތަކުގެ ތެރެއިން ލައިބާއަށް ނިކުމެވުނީ ޝައިމްގެ އަޑަށެވެ.

“ނު ނޫން. ބޮސް ގަ ގާތު ވަ ވާހަކައެއް…” ލައިބާއަށް ބުނެވުނީ އެހާވަރަށެވެ. ޝައިމް އެތެރެއަށް އައުމަށް އިޝާރާތް ކުރަމުން ޝައިމް ގޮސްވަނީ އޭނާގެ ކެބިނެޓަށެވެ. ޝައިމްގެ ފަހަތުން ލައިބާވެސް ވަނެވެ.

ލައިބާ އެތެރެއަށް ވަނުމާއިއެކު ޝައިމް ދޮރު ލައްޕާލިއެވެ. އަދި މަޑުމަޑުން ކުރިއަށް ޖެހިލިއެވެ.

“އައައި ޖަސްޓް ވާންޓެޑް ޓު ސޭ ތެންކްޔޫ ފޮ ފޯ ދަ ފްލާވާރސް” ލައިބާއަށް ބުނެވުނީ އަޅައަޅައިގަންނަމުންނެވެ. ޝައިމް ލައިބާއާ ކައިރިވީ ވަރަކަށް އެހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ.

ޝައިމް ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު ލައިބާއަށް ފަހަތަށް ޖެހެވުނެވެ. އެންމެފަހުން ލައިބާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ލައިބާގެ ހަށިގަނޑު ފާރުގާ ތަތްވުމުންނެވެ. އޭރު ޝައިމް ހުރީ ލައިބާއާއި ނުހަނު ގާތުގާ ކަމަށްވުމުން ލައިބާ ކުރިއަށް ދުއްވައިގަންނަން ނެގި ފިޔަވަޅު މަޑުޖެހުނީ ޝައިމްގެ އަތް ލައިބާގެ ދެފަރާތުން ފާރުގައި ޖެއްސުމުންނެވެ. އެއާއި އެކު ގޮތް ހުސްވެފައިވާ މީހެއްފަދައިން ދޫކޮށްލާށޭ ބުނާފަދަ ބެލުމަކުން ޝައިމްއަށް ބަލަންފެށިއެވެ.

ޝައިމް އިތުރަށް ގާތްވެލުމުން ޝައިމްގެ ހޫނު ނޭވާތައް ލައިބާގެ މޫނަށް އެޅެމުންދިޔައެވެ. ލައިބާއަށް އެވަގުތު ގޮތް ނޭނގޭ އިހްސާސްތަކެއް ކުރެވުނެވެ. އެދެލޯ މަޑުމަޑުން މެރިގެން ދިޔައެވެ.

އެރީތި ދިގު އެސްފިޔަތަކަށް ބަލަހައްޓައިގެން ޝައިމްއަށް ހުރެވުނީއެވެ. އެދޮން މޫނަށް ރަތްކުލަ އަރަމުންދިޔަ މަންޒަރު ނުހަނު ގާތުން ޝައިމް ދުށްޓެވެ. ޝައިމްއަށް ކުރެވުނުހާވެސް ކަމަކީ އެމޫނާއި އިތުރަށް ކައިރި ވެލުމެވެ.

“މިސްޓާ ޝާހިދު” ލައިބާގެ އަޑު އިވުމާއިއެކު ޝައިމްއަށް ހީވީ ކަރަންޓްގަ ޖެހުނު ހެންނެވެ. ކުއްލިއަކަށް ދެއަތް ފާރުން ނައްޓުވާލަމުން ލައިބާއާ ދުރަށްޖެހިލިއެވެ. އަދި ހިތް ނުތަނަވަސްވެފައިވާހާލު ދޮރާ ދިމާއަށް އެނބުރިލިއެވެ.

ލައިބާގެ ރޭވުން ކާމިޔާބުވުމުން ލަސްނުކޮށް ވަގުތުގެ ބޭނުން ހިފިއެވެ. ދުވެލާފަގޮސް ދޮރާ އަރާ ހަމަވުމުން ނިކުތުމުގެ ކުރިން ފަހަތް ބަލާލިއެވެ. އަދި ލާނެއް ހިނިތުންވުމެއް ޝައިމްއަށް ރައްދުކޮށްލީ ކުރެވުނު މޮޅު ކަންތަކުގެ ސަބަބުންނެވެ.

ދޮރުމަތީ އެއްވެސް މީހަކު ނެތުމުން ޝައިމްއަށް ލައިބާގެ މަޤްސަދު ފަހުމްވިއެވެ. ހިނިތުންވުމެއް ހަދިޔާކޮށްފާ ލައިބާ ގޮސް އޮބާލިއިރުމުވެސް ޝައިމްއަށް އެދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ގެއަށް ވަދެވުނު އިރުވެސް ލައިބާގެ ހިތް ނެގިނެގިފާ ޖެހެއެވެ. ޝައިމް މިއަދު އެކޮށްލި ކަމަކުން ލައިބާއަށް ކުރެވެމުން ދިޔައީ އާދަޔާ ޚިލާފް އިޙްސާސެކެވެ.

“ލައި! އާދެބާ. ވީހޭވް އަ ގުޑް ނިއުސް” ގެއަށް ވަދެގެން އައި ލައިބާއަށް ގޮވާލީ ސަމާއެވެ. އޭރު ތިންމައިން ކޮންމެވެސް ކަމަކާ މަޝްވަރާ ކުރަނީއެވެ.

“ކޮބާތަ ގުޑްނިއުސްއަކީ؟” ސޯފާގައި އިށީންނަމުން ލައިބާ ސުވާލުކޮށްލިއެވެ.

“ދޮންތިގެ މެރީޑް ގޭޓް ފިކްސްޑް. އިޓްސް އޮން ނެކްސްޓް މަންތް” ސަމާ ފޯރީގައި ހުރިހާ ވާހަކައެއް އެއްނޭވައިން ކިޔާދޭންފެށިއެވެ.

“އަހަރެންގެ ދަރިފުޅުވެސް ބޮޑުވީއޭ ދޯ!” ލީލާގެ ދެލޯ ފެންކަޅިވިއެވެ. ސީމާ މަންމަގެ ގައިގާ ބާރަށް ބައްދާލިއެވެ.

“އަހަރެމެންވެސް ބައިވެރި ކޮށްބަލަ ދޯ!”ސަމާ މިހެންބުނުމުން ދެން ފެނުނީ ސަމާއާއި ލައިބާވެސް އެދެމީހުންގެ ގައިގާއޮޅުލައިގަންތަނެވެ.

“އަހަރެން މިއަދު މިހިރީ ވަރަށް އުފަލުން. ޝައިމް ކިޔަވާ ނިމިގެން އައީމަ ޝާހިދުގެ ދެން އެއްވެސް ކަމަކާ މާބޮޑަށް ހާސްވެގެން އުޅޭކަށް ނުޖެހޭނެ ދޯ؟ އެހިސާބަށް ކިޔެވުމުން ހުންނާނީ ބިޒްނަސްގެ ހުރިހާ ކަމެއް ދަސްވެފައެއްނުން. މިހާރު ޝައިމް ކައިރީ ފުރާދުވަސް ބުނެފިންތަ؟” އަނީސާ ވާހަކަދެއްކީ ޝާހިދުއާއެވެ.

“މާސްޓާރސް ނިމޭއިރު އަހަރެންގެ ދަރިފުޅު ދެން އަހަރެންނާ ނުލާވެސް ވިޔަފާރި ކުރިއަށް ގެންދެވޭވަރު ވާނެކަމަށް މިބަލަނީ. ޝައިމް ކައިރީ އެވާހަކަ ދައްކަން އޮފީހަށް ޖައްސާލާނަން މިއަދު. އަނީ އަށްވެސް އެނގެއެއްނުން އަހަރެމެންގެ ދަރިފުޅު ބޭނުމެއްނުވާނެ އިތުރަށް ކިޔަވާކަށް.އެކަމަކު ނިކަން ބައްޕަގެ ބަސްޤަބޫލްކުރާ ކުއްޖެއް އެއީ” ޝާހިދު ހިނިތުންވެލަމުން ބުނެލިއެވެ.

ގަޑިން ރޭގަނޑު އެގާރަޖެހިއިރު ނިދަން އޮށޮތް ނަމަވެސް ލައިބާގެ މިރޭ ނިދިވަނީ ލައިބާގެ ލޮލާއި މާދުރުގައެވެ. ހަނދާނަށް އަންނަމުންދަނީ ޝައިމްގެ ސަމާސާތަކެވެ. އެމޫނު އެހާ ގާތުން ފެނުމުން ލައިބާގެ ހިއްސުތަކާ ކުޅެލަިފާއެވެ. ލޯމަރާލާއިރަށް ފެންނަނީ އެ ފިރިހެންވަންތަ ސޫރައެވެ. އެފުން ދެލޮލާއި މަސްތުން ފުރިގެންވާ ނަޒަރެވެ. އެހިޔާލު އަންނަ ކޮންމެ ފަހަރަކު ނޭނގޭ އޮއިވަރެއް ހިތުތެރޭ ހިނގާލައެވެ. މިހެން ފުރުޅިލަ ފުރުޅިލާ އޮއްވާ ނިދުނު އިރެއްވެސް ލައިބާއަކަށް ނޭނގެއެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް ފަތިސް ނަމާދުކޮށްގެން ލައިބާ އޮށޯވެލީ އިތުރަށް ނިދާލާށެވެ. ރޭގައި މާލަހުން ނިދުމުން ނިދި ނުފިލާތީއެވެ.

ލޯހުޅުވާލެވުމާއިއެކު ލައިބާއަށް ފޯނުން ގަޑި ބަލީލެވުނެވެ. ގަޑިން އަށްގަޑި ތިރީސް ފަހެކެވެ. އޮފީހަށްދާ ގަޑިޖެހުނީއެވެ. މިއަދު ނުވައެއް ޖަހާއިރު މީޓިން އެއްވެސް އޮންނާނެއެވެ. ލައިބާ ދުވެލާފާގޮސް ފާޚާނާއަށް ވަނެވެ.

“ލީލާއްތަ އަޅުގަނޑަށް ގޮވާނުލީ ކީއްވެތޯ؟” ލައިބާ ބޫޓަށް އަރަމުން ސައި ހަދަންހުރި ލީލާއާ ވާހަކަދެއްކިއެވެ.

“ސޮރީ. ދައްތަ ހީކުރީ ދަރިފުޅު ބަލިވެ އޮފީހަށް ނުދަނީކަމަށް. ސަމާ ބުނިވިއްޔަ އޭނާ ސްކޫލަށްދާން ހޭލިއިރު ދަރިފުޅު ނަމާދުކުރަން އުޅެޔޭ. ނޭނގޭނެނުން އެހެންޏާ ނަމާދުކޮށްގެން ނިދާކުއްޖެއް ނޫންވިއްޔަ” ލީލާ ދެރަވެލާފާ ބުންޏެވެ.

ލައިބާ އޯކޭވާނެ ކަމަށްބުނެ ހީލަމުން ސައިވެސް ނުބޮއި ނިކުމެގެން ދިޔައެވެ.

ލައިބާ އޮފީހަށް ވަދެ ސައިން އިން ވެލިއެވެ. އަދި މީޓިން ރޫމާއި ދިމާއަށް މިސްރާބ ޖެހިއެވެ. މީޓިން ރޫމް ދޮރު ހުޅުވާލުމާއިއެކު ލައިބާގެ ނުތަނަވަސްކަން އިތުރުވިއެވެ. ހާސްވިވަރުން ހީވީ ނޭވާވެސް ބަންދުވީހެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ހާޞިލް ނުވި ލޯބި

Next

ކަކުނި 3

Next
April 14, 2017

ކަކުނި 3

Previews
April 14, 2017

ހާޞިލް ނުވި ލޯބި

42 Comments!

  1. cenhi says:
    April 14, 2017 at 7:04 am

    Sry 4 da delay. Thikudhin thihaa inthixar kurathy avahah liyevun thankolhu up kohlymi. Hop u like it

    1. Mash says:
      April 14, 2017 at 7:53 am

      Yeah its a very interesting story i liked it waitin for the next part

  2. Ary says:
    April 14, 2017 at 7:58 am

    Love this story.. Keep going..

  3. Rose says:
    April 14, 2017 at 7:59 am

    Story vvv reethi…. avahah up kohdhechey

  4. ReeXa says:
    April 14, 2017 at 8:34 am

    Mi part vx varah reethi….

  5. cenhi says:
    April 14, 2017 at 8:57 am

    10Q 10Q 10Q Mash Ary Rose Reexa

  6. kiyaa says:
    April 14, 2017 at 9:09 am

    Nice…one more part up kohdhyba miadhu plxx??

  7. Maree says:
    April 14, 2017 at 9:28 am

    vvvv reethi

  8. Kittiy. says:
    April 14, 2017 at 9:56 am

    Vvv salhi….❤

  9. Ana says:
    April 14, 2017 at 10:07 am

    Miadhu adhi eh part upload kohladheeba ?

    1. cenhi says:
      April 14, 2017 at 12:20 pm

      Trying inge

  10. kiya says:
    April 14, 2017 at 10:30 am

    Mi part ves v salhi

  11. Mal says:
    April 14, 2017 at 10:44 am

    Jobah nikumeveyni 18 yrs v ma ehnu……anywax, vaahaka salhi ingey. ❤

    1. cenhi says:
      April 14, 2017 at 12:21 pm

      Trying ingebaeh office thakah nagaa 18nuvias

  12. Buttercup says:
    April 14, 2017 at 11:26 am

    Wowo varah salhi
    When next part??

  13. Khajja says:
    April 14, 2017 at 11:53 am

    Masha allah v rythi miadhu adhi eh part up kolladhybala pls pls pls

  14. Nana says:
    April 14, 2017 at 12:13 pm

    Salhi❤

  15. Reader says:
    April 14, 2017 at 12:16 pm

    Pis pis

  16. Aneedha Abdulla says:
    April 14, 2017 at 12:46 pm

    Mi vaahaka var rythi

  17. Aneedha Abdulla says:
    April 14, 2017 at 12:47 pm

    Thankolheh ginain episode genesdhinun edhen

  18. Aki says:
    April 14, 2017 at 2:01 pm

    miadhu adhi one part up kohla dheebaa pls pls

  19. xim says:
    April 14, 2017 at 2:38 pm

    mihaaru nubalaa 18 yrs veethoa…..hama naganee beynunn vaaiarah…anyway sotory v v nice ingey sis…keep going?

  20. Areesha says:
    April 14, 2017 at 2:42 pm

    One more part eh miadhu..plxx

    1. sonum says:
      April 14, 2017 at 6:40 pm

      Nufeney :'(

  21. cenhi says:
    April 14, 2017 at 4:50 pm

    Yes. Next episode finished. Ull get 2 read 2nyt I wish. Up kohlaifin now. Hop u like it. Thank u so much 4 da comments

  22. Hajja says:
    April 14, 2017 at 6:39 pm

    Mi part ves v reethi avahah aneh part ves kiyaalan beynun

  23. sonum says:
    April 14, 2017 at 7:23 pm

    Nufeney aneh part
    Up koffa eh nei :'(

    1. cenhi says:
      April 14, 2017 at 7:37 pm

      Adhi approve nukoh iny. Mirey fennanehen hyvany

  24. Bleh says:
    April 14, 2017 at 8:17 pm

    Alhey kobarthaaaaa???

  25. Shaya says:
    April 14, 2017 at 8:55 pm

    Thedheh kobaatha… Haadha varakah belihjjey vaahaka inthoa

  26. cenhi says:
    April 14, 2017 at 9:04 pm

    Sry ol. Even I’m searching. Its not uploaded yet

  27. aira says:
    April 14, 2017 at 9:23 pm

    Kobaatha?

  28. cenhi says:
    April 14, 2017 at 10:17 pm

    Mi episode eha lahun upvany kyve kameh nenge asl Ehenya miha lasnuve. 🙁 sorry 4 da delay

  29. Aki says:
    April 14, 2017 at 10:20 pm

    vaahaka kiyaahithun mihaaru inthizaaru koh halaaku vehje

  30. Aisha says:
    April 14, 2017 at 10:27 pm

    Pls avahah up kohdhyba… pls pls pls pls pls pls

  31. cenhi says:
    April 14, 2017 at 10:31 pm

    .ނޫނެކެވެ. އަހަރެން ލައި އާ ދުރަށް ދާކަށް ބޭނުމެއްނޫނެވެ. ހަތަރު އަހަރު އެ ސޫރައާއި ދުރުގާ ހުންނާނީ ކިހިނެތް ހެއްޔެވެ؟ އަހަރެން ދިއުމަށްފަހު ލައި އެހެން މީހަކާ…ނޫން!” ޝައިމް އެނދުގާ އޮށޯވެލައިގެން އޮވެ ވިސްނަމުންދިޔައެވެ.
    Next partge therein

    1. sonum says:
      April 14, 2017 at 10:38 pm

      Thihen no need
      Alun up kuran try kuran vynu
      Ehn noony admin team aa contact kuran v nu
      Hagygathuga up koffymey bunyma belunu vareh ves neyge :'(

    2. Aisha says:
      April 14, 2017 at 10:51 pm

      Dhen keeve alhe up nuvany. Alun up kohdhyba pls

  32. Blah says:
    April 14, 2017 at 11:23 pm

    Admin alhe mi story ge Andy part keevve tha up nuvanyyyyy????

  33. xim says:
    April 14, 2017 at 11:44 pm

    konme kamakah vx vagutheh ovey dhww ……kehkhobala up vandhnn?

  34. saidha says:
    April 15, 2017 at 3:40 am

    Varah foohi vey
    Hama husdhogu
    Ehen noon nama up koffymey buni fahun story thakehh publish nuvaane dhw
    Kakuni ves funloabi ves up vy mistory up koffymey buni fahun

  35. Afy says:
    April 15, 2017 at 4:08 am

    Cenhi up nukuraa eccheh esfiya in publish nukuraane. Saidha ebunihen ahannah ves hyvaan fashaifi

Comments are closed.

Next Episodeހިތް އެދެނީ (10)←


All Right Reserved!