ދޮންވެލި ބީޗްމަތީގައި އިން ފަޒުނާއަށް ގެއްލިފައި އިދެވުނީ މޫދުން ފައިބައިގެން އެދިމާލަށް އަންނަ އަޝްފާންއާއި ދިމާލަށެވެ. އޭނާގެ ހަނދާނަށް އައީ އެއްމެ ފުރަތަމަ ދުވަހު އަޝްފާން ފެނުނު ދުވަހުގެ މަތިންނެވެ. އެހަމަ އެދުވަހާއި އެއްގޮތަށް އަޝްފާން ގެ އިޝްތަށިގަނޑު ވަނީ ހޭވިފައެވެ. އަދި ފެންތިކިތައް އޭނާގެ ތެމިފައިވާ ބޮލުން ކަދުރާއަށާއި މޫނަށް ފައިބަމުން ދިޔައެވެ. އެހެންނަމަވެސް މިއަދު އޭނާގެ ރީތިކަން މާ ފުރިހަމަކަން ފަޒުނާއަށް ފާހަގަވިއެވެ. އަޝްފާން އައިސް ފަޒުނާ ކައިރީ ވެލިގަޑު މަތީ އޮތްއިރު އޭނާގެ ހަށިގަނޑުން ފެންތިކިތައް އިރުގެ އައްޔާއި އެކީ ބަބުޅަމުން ދިޔައެވެ.
“އަހަރެން ފަތަން މޮޅުކަމުން ދޯ ތިހާވަރަށް އާޝޯހުވެފަ ތިއިނީ” އަޝްފާން ހެމުން ހެމުން ސަމާސާކޮށްލިއެވެ.
“ނޫން” ފަޒުނާގެ އަޑުގައި ވަނީ މަޑުމައިތިރިކަމާއި ލަދުވެތިކަމެވެ. އެވަގުތު ޖެހުނު ވައިރޯޅިއާއި އެކު ދޫކޮށް އައްސައިވާ ފަޒުނާގެ އިސްތަށިގަނޑު ވިހި އޭނާގެ މޫނުމައްޗަށް އެޅި އުނދަގޫ ކުރުވިއެވެ. އެހެންކަމުން ބޮލުގައި އައްސާފައިވާ ވޫލް ކޮޅު ނައްޓާލައި ބޯ ވިހުރާލިއެވެ.
“އޯ މައިގޯޑް. ތިއޮތް ރީތި އިސްތަށިގަނޑެއް. ޔޫ ޝުޑް ބީ މައި ވައިފް” ފަޒުނާގެ އިސްތަށިގަނޑު ފެނި އަޝްފާން ދިޔައީ އާޝޯހުވެގެންނެވެ.
“އޭން” ފަޒުނާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
“ޔާ.. އަހަރަމެން ދެމީހުން ކިހާ ގުޅޭ. އެހެންނޫނަސް ތިއޮތް ރީތިކަމެއް” އަޝްފާން ފަޒުނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ފަޒުނާއަށް ބަސްހުއްޓިފައި އަޝްފާންގެ މޫނަށް ބަލަހައްޓައިގެން އިދެވުނެވެ.
“އޯ އައި އޭމް ސޮރީ.. ފަޒޫއަށް ނޭނގެދޯ މިކޔާ އެއްޗެއް. އަހަރެން އެބަޖެހޭ ފުރެންޑެއްގެ ވެޑިންއަށްދާން. މާމޮޅުވާން ވެގެން އަހަންނަށް ބުނެވިފަ އޮތީ އަހަރެން މެރީކޮށްގެންނޭ އުޅެނީ. ސޯ އެނައިޓަށް ވިލްޔޫ ބީ މައި “ފޭކް” ވައިފް ” ވާނުވާ ނޭނގި ސިހިފައި އިން ފަޒުނާގެ ސުވާލުތަކަށް ޖަވާބުދެވޭތޯ އުޅުނެވެ.
“ވައި މީ” ފަޒުނާއަށް އިސްޖަހައިލެވުނީ އަޝްފާންގެ އެޖަވާބުންނެވެ.
“ޕުލީސް ފަޒޫ.. މިކަންކޮށްދީ.. ޔޫ އާރ މައި ބެސްޓު ފުރެންޑު. ދެމީހުންނަށް އެކަކު އަނެކަކު ވަރަށް ރަގަޅަށް އެނގޭ.. ދިމާވި ގޮތް ކުޑަކޮށް ޕުރެކްޓިސްކޮށްލަން ޖެހޭނީ” އަޝްފާން ހިޔާލީ ވާހަކައެއްގެ ތެރެއަށް ގެބުނެވެ. އަދި އެންމެ ފަހުން ފަޒުނާ އޭނާގެ ރޭވުމަށް އެއްބަސްކުރުވިއެވެ.
“ބޭބެ ވަރަށް ހޮޓް ބިޓެއް އެބަހުރި. އެކަމަކު މައްސަލައަކީ އެއީ ރުޝްގެ ފުރެންޑަކަށް ވީމަ. އެކަހަލަ ކަމެއް ހިތަށް އަރުވާލިއަސް ޝީވިލް ކިލްމީ” ބާބެކިޔުއަށް ފަރުމަސް ތައްޔާރު ކުރަން ހުރި އަޝްފާގާއި އަޝްފާން ވާހަކަދެއްކިއެވެ.
“ސާބަސް މަންމަ ބުނި ހަނދާންވޭ އަޝްފާން ތިގޮތްގަނޑު ދޫކޮށްލި ވާހަކަ. ފަޒޫތަ އަނެއްކާ؟”
“އަހަރެން ދޫކޮށްލިތާ ކޮން ދުވަހެއް. ފަޒޫއެއްނޫން. އެހެން ކުއްޖެއް. ޝީ އިޒް ސޯ ޑިފެރެންޓު އެހެން ކުދިންނާ ބަލާފަ. ދެން ވަރަށް ލޯބިވެސް ވާނެ. ފޮޓޯގަނޑެއް ހާސިބުވެސް ނެތް ބޭބެއަށް ދައްކާލާކަށް. އައި އޭމް ޝުއާ ޔޫ ވިލް ފޯލް ފޯ ހާ އެއްމެ ފުރަތަމަ ނަޒަރުންވެސް. އެކަމަކު ރުޝްގެ ފުރެންޑަކަށް ވީމަ އަހާލަން ނުކެރިފަ މި ހުންނަނީ” އަޝްފާން އެހެން ބުނި އިރު އޭނާއަށް ސިފަކުރެވެމުން ދިޔައީ އިޝާއެވެ.
“ހޫން….. މާބޮޑަށް ދީވާނާނުވޭ”
އެވަގުތު އަމީރާ އައުމުން އަޝްފާން އެތަނުން ދިޔައީ ދެއްމެ ދައްކަމުން ދިޔަ ވާހަކަ އޭނާގެ މަންމަ އަށް އެދެން ބޭނުން ނުވާތީއެވެ.
“ދަރިފުޅާ އަޝްފާގު . މަންމަ ސުވާލެއް ކޮށްލަންތަ” އަމީރާ ހުރީ މޭޒުގެ އަނެއް ފަރާތު އަޝްފާގުގެ ކުރިމަތީގައެވެ.
“ލައްބަ . ކޮން ސުވާލެއްބާ”
“ކޮބާތަ ދަރިފުޅު ގެންގުޅޭ ކުއްޖާ. ކީއްވެ މަންމަމެނާއި ބައްދަލުކޮށްލަން ނުގެންނަނީ. އަނެއްކާ އެކުއްޖާ މަންމަމެންނާއި ދޭތެރޭ ހިތްހަމަނުޖެހެނީތަ” މަންމަ އެސުވާލު ކޮންމެވެސް އިރަކުން ކުރާނެކަން އަޝްފާގަށް ކުރިންވެސް އެނގެއެވެ.
“އަހަރެންގެ އާއިލާ ދެކެ ހިތްހަމަނުޖެހޭ މީހަކަށް އަހަރެންގެ ހަޔާތުން ޖާގައެއް ނުލިބޭނެ. އަހަރެން އޭނައާއި ވަކިވީ އޭނަގެ ބޭވަފާތެރިކަން އެނގުމުން. ސޮރީ މަންމަމެން ކައިރީ އެވާހަކަ ނުބުނެވުނީމަ. އަޅުގަނޑަށް އެނގޭ އެއީ އަޅުގަނޑުގެ އުމުރުން މިހާ ދުވަސްވީ އިރު ލޯބިވީ ހަމައެކަނި ކުއްޖާއަށް ވީމަ މަންމަމެން ވަރަށް ބޮޑު އުއްމީދެއް ކުރާނެކަން.”
“އަސްލުވެސްތަ. ދަރިފުޅާ މިޒަމާނުގަ ވަރަށް މަދު މީހަކު ނޫނީ ނުތިބޭނެ ވަފާތެރިން. އިން ޝާ ﷲ މަގޭ ދަރިފުޅަށް އަދި ތިއަށްވުރެ މާ ރަގަޅު ކުއްޖެއް ލިބޭނެ” އިސްޖެހިފައިވާ އަޝްފާގު އަތުގައި ހިފާލަމުން އަމީރާ އޭނާގެ ދަރިފުޅަށް ހިތްވަރު ދިނެވެ.
އުއްބައްތިތަކުން ޖަރީކޮށްފައިވާ ވެޑިން ހޯލަށް ވަނުމާއި އެކު ގިނަ މީހުންގެ ނަޒަރު ހުއްޓުނީ އެދިމާލަށް ހުއްޓުނެވެ.
“ބުރޯ.. ހާދަ ދުވަސްކޮށްލާފަ” ދެތިން ފިރިހެނުން އައިސް އަޝްފާނާއި ސަލާމްކޮށްލިއެވެ.
“މީ ވައިފްތަ” ފަޒުނާއަށް އިޝާރަތްކޮށްފައި އެމީހުން އަހާލިއެވެ. އެއާއެކު ދެމީހުންނަށް އެކަކު އަނެކަށް ބަލައިލެވުނެވެ. ފަޒުނާ ބުނާނެ އެއްޗެއް ނޭނގިފައި ހުރި އިރު އަޝްފާން އެދެމީހުން ދިމާވި ގޮތުގެ ހިޔާލީ ވާހަކައެއް ކިޔައިދިނެވެ. އަޝްފާންގެ އެހިޔާލީ ވާހަކައަކީ ދޮގެއްކަން ފަޒުނާއަށް އެނގުނު ނަމަވެސް އެހިތް އުފާވެފައި ހުރީ ހިޔާލީ ދުނިޔެއެއްގައި ނަމަވެސް އަޝްފާންގެ ހަޔާތުގެ މުހިއްމު މީހަކަށް އޭނާ ވެގެންދާތީއެވެ.
“ފަޒޫ” ފަހަތުން މީހަކު ގޮވާލި އަޑަށް ފަޒުނާ ބަލާލިއެވެ. އެއާއި އެކު ލިބުނު ސިހުމާއި އެކު ކައިރީގައި ހުރި އަޝްފާންގެ އަތުގައި ބާރަށް ހިފައި ސަލާމަތަށް އެދެވުނެވެ.
“މީ ކާކު.. އާދެބަލަ އަހަރެންނާއި އެކު ކޮފީއަކަށް ދާން. ވަރަށް މުހިއްމު ވާހަކައެއް ބުނަން އެބައޮތް”
“ފަޒޫ ކާކުތަ އެއީ” ކާކުކަން ނޭނގޭތީ އަޝްފާން ސުވާލުކޮށްލިއެވެ.
“އެއްކަލަ މީހާ. އޮފީހުގެ އެއްކަލަ…” ބިރުގަންފައިވާ ފަޒުނާގެ އަޑު ވަނީ ބެދިފައެވެ. ޖުމްލަ ފުރިހަމަ ނުކުރި ނަމަވެސް އަޝްފާނަށް އެއީ ކާކުކަން އެނގިއްޖެއެވެ.
“ފަޒޫއާއި ދުރުގަ ހުންނާތި. ” އަޝްފާން ފަޒުނާ އޭނައާއި ކައިރިކޮށްލަމުން ބުނެލިއެވެ.
“ކަލޭތީ ކާކު، މާ ފުއްޕާފަ ނޫޅެއްޗޭ” އާމިދު ފަޒުނާގެ އަތުގައި ހިފަންއުޅެނެވެ. އެހެންނަމަވެސް އޭނާއަށް އެކަން ކާމިޔާބު ނުވީ އަޝްފާން އޭނަ މޫނުމަތީ ޖެހުމުންނެވެ.
“ފަޒޫ އާއި ދުރުގަ ހުރޭ.. ޝީ އިޒް މައި ވައިފް. އޭނަގައިގަ އިގިލިކުރި ޖަހާލިއަސް އަހަރެންގެ ނުލަފާކަން ދައްކާލާނަން” އަޝްފާންގެ އަޑުގައި ވަނީ ރުޅިވަރިކަމެވެ. އެވަގުތު އަޝްފާންގެ ގައިގައި ބައްދާލާއިގެން ހުރި ފަޒުނާއަށް މުޅި އުމުރަށްވެސް އެހިމާޔަތުގެ ދަށުގައި އޮވެވޭނެ ނަމައޭ ހިތަށް އެރިއެވެ.
“ފަޒޫ ހަނދާން ކުރާތި އަދި މިއަދު ތިހެން ދެވުނަސް އަހަރެންގެ މީހަކަށް ފަޒުނާ ހަދާފަ ނޫނީ ދޫކޮށްނުލާނަން” އާމިދު ހިތްހަމަނުޖެހިފައި އެތަނުން ނިކުންނަމުން ދިޔަ ފަޒުނާ އާއި އަޝްފާނަށް އަޑު އިވޭވަރަށް ބުނެލިއެވެ.
“ފަޒޫ އައި އޭމް ސޮރީ.އަހަންނަށް އޭނަ ދާނެކަން އެނގުނު ނަމަ” ގެއަށް ވަނުމާއި އެކު އަޝްފާން ބުނެލިއެވެ.
“އިޓްސް އޯކޭ. ސުޕަހީރޯ ހުރީމެއްނު ” ދެރަވެފައި ހުރި އަޝްފާނަށް ފަޒުނާ މައާފުކޮށްދިނެވެ.
“ހެހެހެ.. އަބަދުވެސް ހުންނާނަން އިނގޭ. ދެން ދޭ ނިދަން. ވަރަށް ޓަޔާޑް ވެފައެއްނު ތިހިރީ”
އޮފީހަށް ވަދެގެން އައި އިޝާއަށް ފެނުނީ ތަފާތު މަންޒަރަކެވެ. އެންމެ ފަހުން އޮފީސް ފެނުނު ފަހަރާއި ހިޔާފަށް މިއަދު މުވައްޒަފުން ގިނައެވެ.އެ އެންމެވެސް އުޅުނީ މަސައްކަތުގަ އެވެ.
“ގުޑް މޯނިންގ” ފަޒުނާ އަދި އަރޫޝާއިން މޭޒާއި ހަމަވުމުން އިޝާ ބުނެލިއެވެ.
އިޝާއައުމުން އެންމެންވެސް ތިބީ ވަރަށް އުފާވެފައެވެ. އޮފީހުގެ ކަންތަކާއި ދަތުރުގެ ކަންތައް ހިއްސާކުރިއެވެ.
“މިހިރީ އެންމެނަށް ގެނައި ހަދިޔާ” ތިން އަނބު ކޮތަޅު އިޝާ މޭޒު މަތީ ބެހެއްޓިއެވެ.
“ކޮން ތިން ކޮތަޅެއް.. ދޮންބެއަށް ދޯ.. ގޮސް ދީބަލަ. އެބައިން ކެބިންގަ. ވަރަށް މީރުވާނެ އަނބު”
“އަރޫ ދީބަލަ” އިޝާ ދެކޮޅުހެދިއެވެ.
“ސާބަސް. އެއް އޮފީހެއްގަ މަސައްކަތްކުރާ އިރު ޖެހޭނެ ވާހަކަ ދައްކަން.. އެހެން ނޫނަސް ތި ދެމީހުން ރުޅިގަނޑު ތަންކޮޅެއް މަޑުވާނެއެއްނު ހަދިޔާއެއް ދިނީމާ” އަރޫޝާ ސަމާސާކޮށްލިއެވެ.
އިޝާ އަޝްފާންގެ ކެބިންއަށް ވަންތަން ފެނި އަޝްފާނަށް ކޮޅަށް ތެދުވެވުނެވެ.
“އަން” މަޑު ހިނދުމެއްގައި އައިސް އިޝާ އަނބު ކޮތަޅު މޭޒުމަތީ ބަހައްޓާފައި ދިޔަ އިރުވެސް އަޝްފާނަށް އެސްފިޔަ ޖަހައިނުލައި ބަލަހައްޓައިގެން ހުރެވުނެވެ. އެތައް ދުވަހަކަށްފަހު އިޝާގެ މޫނު ފެނުމުން ހިތަށް ވެރިވެފައިވީ ނުތަނަވަސްކަން މަޑުވިއެވެ.
އިޝާގެ އެމަޑުމައިތިރިކަމުން އަޝްފާންގެ ހިތް ފަތަހަކޮށްލި ގޮތާއިމެދު އޭނާ ހައިރާންވިއެވެ. ދެން އެހިތަށް ކެތްނުވާނެ ފަދައެވެ. ހިތުގައި ވަނީ އެނަމެވެ. ދޫ މަތީ ވަނީ އެނަމެވެ. ކޮންމެ ގޮތަކުން ވެސް އޭނާގެ ހިތުގެ ހާލަތުގެ އިޝާއަށް ކިޔާ ދިނުމަށް އަޒުމް ކަނޑައެޅިއެވެ.
އިރުގެ އަލިކަން މަޑުވެ މުޅި ފަޒާ އަށް ފިނިކަން ގެނެސްދީފިއެވެ. ކާރު ގަރާޖުގައި ޕާކުކުރުމަށްފަހު ސިޑިން މައްޗަށް އަރަމުން ދިޔަ އަޝްފާންގެ ހިތްވަނީ އަވަސްކުރުވާފައެވެ. ގެއަށް ވަދެ ހޯދާލިއިރު ފަޒުނާ ފެންނަން ނެތުމުން މަންމައާއި ސިވާލު ކުރިއެވެ.
” މަންމާ ކޮބާތަ ފަޒޫ. ވަރަށް ބޮޑު..”
“އެބައިން ޓެރަހުގަ” ޖުމްލަ ނުނިމެނީސް ހޯދަން އުޅުނު ޖަވާބު ލިބިއްޖެއެވެ.
އަވަހަށް ދުއްވާފައި ގޮސް ޓެރަހުގެ ތަށިމުށިމަތީ ވާހަކަ ފޮތެއް ކިޔަން އިން ފަޒުނާ ފެނި ހިތަށް ހަމަޖެހުން ލިބުނެވެ.
“ހާދަ ހޯދައިފީމޭ. ފިލައިގެން ނޫޅެބަލަ” އަޝްފާން ފަޒުނާގ އުގުމަތީ ބޯއަޅާލައިގެން އޮންނަމުން ބުނެލިއެވެ.
“ކހިނެއްވީ.އޮފީހުގަ ކަމެއް ދިމާވީތަ ނޫނީ މަންމަ ތިބޯ ކޮށާލަން ބުނީތަ” ފަޒުނާ ސަމާސާކޮށްލިއެވެ.
“ނޫން ތިއަށްވުރެ ބޮޑުކަމެއް. އައި ތިންކް އައި އޭމް އިން ލަވް”
“އޭން” ފަޒުނާއަށް ދެލޯބޮޑުކޮށް އަހާލެވުނެވެ.
“ފަޒޫއަށް އެނގޭނެ އެކުއްޖާ..އަހަރެންނަކަށް ނުކެރޭނެ އަހަރެން ލޯބިވާ ވާހަކަ ބުނަން. ކޭން ޔޫ ހެލްޕް މީ” ފަޒުނާގެ މޫނަށް އަޝްފާން ބަލައިލީ އާދޭހުގެ ބެލުމަކުންނެވެ.
“ކާކުތަ” އަޝްފާންގެ އެބަސްތަކުން ފަޒުނާގެ ހިތް އަވަސްކުރުވިއެވެ. އޭނާގެ އަޝްފާން ކާކު ދެކެ ލޯބިވެވުނީބާ ހިތާއިވެސް ސުވާލުކޮށްލެވުނެވެ.
“އިޝާ” އަޝްފާންގެ އަޑުގައި ވަނީ އުއްމީދެވެ.
“ވަޓް” ފަޒުނާގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. އަތުގައި އޮތް ފޮތް ވެއްޓި މީހާ ގަބުވިއެވެ.
“ޔެސް ޑިޔާ… އަޅެ އިޝާ ލޯއްބެއް ނޫންތަ. ޝީ އިޒް އެވްރީތިން އައި ނީޑު. ވަރަށް ދުވަސްވެއްޖެ އިޝާއާއި މެދު ވިސްނޭތާ” އަޝްފާން ކިޔާދެމުންދިޔައެވެ.
” އޭ ފަޒޫ.. ކިހިނެތްވީ. ޕްލީސް އަހަންނަށް އެހީވެދީބަލަ. ދުވަހަކުވެސް އެއްވެސް މީހެއް ދެކެ ލޯބި ނުވާވަރަށް އަހަރެން އިޝާދެކެ ލޯބިވޭ” އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައި އިން ފަޒުނާގެ މޫނުމަތިން އަޝްފާން އަތް ހޫރުވާލިއެވެ.
އެތައް އިރެއްގެ އާދޭހަކަށްފަހު ފަޒުނާގެ ފަރާތުން “އާއެކޭ” ޖަވާބަކަށް އަޝްފާން ހޯދިއެވެ. އެހެންނަމެސް ފަޒުނާގެ މުޅި ހަށިގަނޑާއި ސިކުޑިވަނީ ސިހުމެއްގެ ތެރޭގައެވެ.
“އިޝާ ވަރަށް ރުޅި އަންނާނެ އޭނައަށް މާދޭމީހުންދެކެ. އެއީ ދުވަސްކޮޅަކުން މާ މިލާނެތީ..ސޯ ކުޑަކުޑަ ގަހެއް ދޭނީ. ވަރަށް އުފާވާނެ. ދެން އެއްމެ ފުރަތަމަ މާ ގާތްވެގެން ވާހަކަ ނުދައްކާތި. ދުރުދުރުން ވާހަކަ ދައްކާނީ ފުރަތަމަ. އޭރުން އިޝާގެ އިތުބާރު ހޯދަން ފަސޭހަވާނީ” ފަޒުނާ އިޝާއާއި ބެހޭ މައުލޫމާތު އަޝްފާނަށް ކިޔައިދެމުންދިޔައެވެ.
“ވިޝް މީ ގުޑް ލަކް” އެންމެ ފަހު ފަހަރަށް ސެންޓު ބުރުވާލަމުން އަޝްފާން ބުނެލިއެވެ.
“ގުޑް ލަކް” ގަދަކަމުން ހިނިތުންވެލައިގެން ހުރި ފަޒުނާގެ ހިތުގައި ވަނީ ރިހުމެވެ. އޭނާގެ ހިތުގެ މިލްކުވެރިޔާ ލޯބިވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ދެކެއެވެ. އޭނާ ކިހާ ބަދު ނަސީބު ހެއްޔެވެ؟
“ތެންކުޔޫ މީޓުކޮށް ދިނީމަ” ދެމީހުން ބައްދަލުކުރީ ރާޅުގަނޑު ސަރަހައްދުންނެވެ. އިޝާގެ ގެއާއި ކައިރިވުމުންނެވެ.
“ކިހިނެތްވީތޯ” އިޝާ ކަނޑަށް ބަލަން އިދެ އަހާލިއެވެ.
އަޝްފާން އޭނާގެ ހިތުގެ ހާލަތު އިޝާ ކުރިމަތީ ބަންޑުންކޮށްލިއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ދިމާވި ހުރިހާ ކަމެކެވެ.
“ވިސްނާލާނަން” އަޝްފާންގެ ވާޙަކަތަކުގެ ޖަވާބަކަށް އިޝާގެ ބުނެލިއެވެ. އެއަށްފަހު ދެމީހުންވެސް އެތަނުން ހިނގައިގަތެވެ. އިޝާ ގެއަށްލުމަށްފަހު އަޝްފާން ގެއަށް ދިޔައެވެ.
އެތައް އިރެއްގެ ވިސްނުމަށްފަހު ދެމީހުންނަށް ވެސް ނިދުނީ ދަންވިފަހުންނެވެ.
“އާދެ ބަލަ” އަވަސް ހިނގުމެއްގައި އޮފީހަށް ވަދެގެންއައި އިޝާ ފަޒުނާ އާއި އަރޫޝާގެ އަތުގައި ހިފައި ސައި ކޮޓަރިއަށް ގެންދިޔައެވެ.
“އޭ ހަމަޖެހިބަލަ. ކިހިނެތް ވެގެންތަ ތިއުޅެނީ” އިޝާގެ ހަރަކާތްތައް އަވަސްވެފައި ހުރުމުން އަރޫޝާ ބުނެލިއެވެ.
ފަޒުނާ އަދި އަރޫޝާ މޭޒުކައިރީގައި ހުރި ގޮނޑީގައި ބޭންދުމަށްފަހު އައިސްއަލަމާރި ހުޅުވާލިއެވެ. އަދި އޭގެން ކުޑަ ފެންފުޅިއެއް ނަގައި އެއް ފަހަރުން އެއްކޮށް ހުސްކޮށްލިއެވެ. މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. މިމަންޒަރު ބަލަން ތިބި ފަޒުނާ އަދި އަރޫޝާ ތިބީ ވާނުވާގެ ތެރޭގައެވެ.
“ވަރަށް ބޮޑޫ ވާހަކައެއް… އަހަރެންނަށް ވަރަށް އުނދަގޫ އޭޝް މަތިން ހަނދާން ނައްތާލަން. އަދި އަހަންނަކަށް ނޭނގެ އަހަންނަށް އެކަން ދުވާހަކުވެސް ކުރެވޭނެހެން. އިޝާއަށް އެނގޭ އަރޫ ދޮންބެއަކީ ރަގަޅު މީހެއްކަން. އެކަމަކު އެހެން މީހަކަށް ޓުރަސްޓު ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ. ހީވަނީ އެންމެންވެސް ކަންތައް ކުރާނީ އެހެން ހެން. ސޯ އައި ޑޯންޓް ނޯ ކީއްކަމެއް ކުރާނީ. ދެރަވެސްވޭ. ބިރުވެސް ގަނޭ. ޖެހިލުންވެސް ވޭ. ރުޅިވެސް އާދޭ. އައި ރިއަލީ ޑޯންޓް” އިޝާ ބަސްތައް އަވަސް އަރުވާލައިފައި އަމުނާލިއެވެ.
“އަސްލުވެސް. ތިކީ އެއްޗެއް މަށަކަށް ނޭނގުނު. ތަންކޮޅެއް ހަމަޖެހިބަލަ. ނޭވާ ލައިގެން ވާހަކަ ދައްކަބަލަ. ދޮންބެ ކިހިނެތް ވީތަ. ކޮން ކަމަކާތަ އިޝާ މާ ހާސްވެގެން ތިއުޅެނީ. މީހަކު އެއްޗެކޭ ބުނީތަ….” އިޝާ ދެއްކި ގިނަ ވާހަކަތައް އަރޫޝާއަށް ދޭހައެއް ނުވިއެވެ. ނަމަވެސް އޭނާ ކައިރީ އިން ފަޒުނާއަށް ވެގެން އުޅޭގޮތް ފަހުމް ވިއެވެ. އެހެންކަމުން އެއްވެސް އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ.
“އަޝްފާން އެހީ ރައްޓެހިވާން. ބުނީ ލޯބިވެޔޭ. ބަޓް އަހަންނަށް ހިޔެއް ނުވޭ މާޒީގައި ވި ކަންތަކަށް ބަލާފަ އެހެން މީހަކަށް އިތުބާރު ކުރެވޭނެހެން. ވަޓް އިފް އަޝްފާންވެސް އެހެން.. ދެން ނޭނގެ.. މި ވީކްގަ އޮފީހަށް ނައީވެސް އަޝްފާން ކުރިމައްޗަށް އަރަން ޖެހޭނެތީ. ސޯ އަރޫ ޕުލީސް އަޝްފާން ކައިރީ ބުނެބަލަ އަހަންނަކަށް ނުވާނޭ” މޭޒު މަތީ އޮތް އަރޫޝާގެ އަތުގައި ހިފާލަމުން އިޝާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
“ހިޔެއް ނުވޭ ބުނަންޖެހޭނެ ހެން” ސައި ކޮޓަރީގެ ދޮރު ކައިރީ ހުރި އަޝްފާނަށް ބަލާލަމުން އަރޫޝާ ބުނެލިއެވެ.
އޭރު އަޝްފާންގެ މޫނުމަތިން ނުތަވަސްކަން އޭގެ އެންމެ ފުން މިނުގައި ފެންނަން ހުއްޓެވެ. ދެންމެ ދެކެވުނު ހުރިހާ ވާހަކައެއް އޭނާއަށް އަޑު އިވިއްޖެއެވެ. ރުޅި އައިސްގެން އޭނަގެ ކެބިންނާއި ދިމާލަށް ހިނގައިގެން އިރު އިޝާ އޭނަގެ ފަހަތުން އަންނަމުން ދިޔައެވެ.
“އައި އޭމް ސޮރީ” ޖެހިލުންވެ އިޝާ އެހެން ބުނީ އަޝްފާންގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެންނަމުން ދިޔަމުންނެވެ.
“އެންމެނޭ.. އިޝާ ކިތައް މީހުން ޓުރައި ކޮށްފަ ތިބުނީ އެންމެން އެއްގޮތޭ. އެކަކު ކަމެއް ކުރީމަ އޭގެ މާނައެއްނޫން އެންމެން އެއްގޮތެއް ވާނޭ. އިބުނާ އޭޝްމަތިން ހަނދާން ނައްތާލަން ވެއްޖެއެއްނު. މާ ރޮމޭންޓިކް ސްޓޯރީއެއް ނޫނޭތީ. ޖަސްޓް ފޭސް ދަ ރިއަލިޓީ” އަޝްފާން ރުޅިގަނޑު ބޭލީ އޭނާގެ މޭޒުމަތީ ހުރި ތަކެއްޗަށެވެ. ފައިލްތަކާއި ގަނޑުތައް އެތަންމިތަނަށް އުކާލިއިރު ކީބޯޑުވެސް ހޫރާލިއެވެ.
“އަޝްފާން. ހަމަޖެހިބަލަ. ” އިޝާ އަޝްފާންގެ ކޮނޑުގައި ހިފައި އޭނާގެ ރުޅިގަނޑު މައިތިރިކުރެވޭތޯ އުޅުނެވެ.
“ބަލާބަ އަހަރެންގެ މި ދެލޮލަށް. އަހަރެން އެތައް އަންހެންކުދިން ފަހަތުން ދުވިން. އެކަމަކު ގަބޫލްކުރޭ ދުވަހަކުވެސް އިޝާ ފެނި މިވާވަރެއް އަހަރެންގެ ހިތަކަށް ނުވޭ. ވަރަށް މަސައްކަތްކޮށްފިން ތިހިޔާލާއި ދުރުވެވޭތޯ. އެކަމަކު ނުވި އެކަމެއް. އިހުސާސްތައް ހުއްޓުވޭތޯ އުޅުނަސް .. އިޝާ ވީކްގަ ނައިމަ އަހަރެން ހުރީ ވަރަށް ބިރުން. ދެން ދުވަހަކުވެސް ތި މޫނު ނުފެނިދާނެ ކަމަށް. އޮފީހުގެ ދޮރު ހުޅުވާލާ ކޮންމެ ފަހަރަކުވެސް ހިތަށް އަރާ އިޝާ ނަމައޭ. ޖަސްޓު އެންމެ ޗާންސެއް ދީ. އޭރުން އަހަރެން ތި އޭޝް މަތިން އިޝާ ހަނދާން ނައްތާލާ ވަރަށް އިޝާ އުފާކޮށް ލޯބިދޭނަން. ޕުރޮމިސް ދުވަހަކުވެސް ތި އިތުބާރަށް ކުޑަ ނަމަވެސް ގެއްލުންދޭ ފަދަ ކަމެއް ނުކުރާނަން. ” އިޝާގެ ދެ ކޯތާފަތުގައި ހިފައި އަޝްފާން އެހެން ބުނިއިރު އެއަޑުގައި ވަނީ އަދޭހެވެ. ފެންކަޅި ވެފައިވާ ދެލޮލުގައި ވަނީ އުއްމީދެވެ. އިޝާގެ ލޯތްބަށް އެހިތް ވަނީ ފެންބޮވައިގަނެފައެވެ. ދެމީހުންނަށް އެކަކު އަނެކެއްގެ ލޮލަށް ބަލައިގެން ތިބެވުނު އިރު އެދެމެދުގައި ވަނީ ހަމަހިމޭންކަމެވެ.
ކުޑަހިދުކޮޅަށް އެހެން ތިބެވުނަސް ދެމީހުންނަށް އެއްފަހަރާ ކޮޓަރީގެ ދޮރާ ދިމާލަށް ބަލައިލެވުނީ އެތަނަށް އަރޫޝާ އައުމުންނެވެ.
“ދޮންބޭ. އިޝާ އަށް ފޯސްނުކުރާތި އެއްވެސް ކަމަކަށް. ދެން އިޝާ ޔޫ ޝުޑު ގެޓް އޯވާ އޭޝް. އެހެންމީހުންވެސް އެބަ ތިބި. އަދި އެއްމެން އެއްގޮތެއް ނުވާނޭ އަބަދުވެސް އިޝާ ބުނަމެއްނު. ސޯ ޑޯންޓް ލޫސް ހޯޕް އިނގޭ. ކޮންމެހެން ދޮންބެގެ ވާހަކައެއްނޫން މިދައްކަނީ އިނގޭ. އެކަމަކު ތިދެމީހުން ވަރަށް ގުޅޭ. އަދި އަހަރެން ދުވަހަކުވެސް ނުދެކެން ދޮންބެ އަންހެން ކުއްޖެއް ދެކެ ތިވަރަށް ލޯބިވި ތަނެއް. އެހެންނޫނަސް އަހަރެން ވަރަށް ލަކީ ވާނެ އަހަރެންގެ ބެސްޓް ފުރެންޑު އަހަރެންގެ ފަހަރިއަށް ވީމަ. ” އަރޫޝާ ބުނެލިއެވެ. އިޝާއަށް އެއްމެނަށް އަދި އެއްފަހަރު ބަލައިލެވުނެވެ. އަޝްފާން ހުރީ އޭނާގެ ޖަވާބަކަށް އިންތިޒާރުގައި ކަން އިޝާއަށް އެނގެއެވެ. އަރޫޝާ ހިނިތުންވެފައި ހުރި އިރު އޭނާގެ ފަހަތުގައި ހުރި ފަޒުނާގެ މޫނުމަތިން ފެންނަމުން ދިޔައީވެސް ހިނިތުންވުމެވެ. އެއްމެން ތިބީ އޭނާގެ ޖަވާބެއްގެ އިންތިޒާރުގައެވެ.
“އޯކޭ” އެތަނަށް ވެރިވެފައި ވީ ހަމަހިމޭންކަން ނަގައިލީ އިޝާގެ މި ބަހުންނެވެ. އަޝްފާނަށް އުފަލުން އިޝާގެ ގައިގައި ބައްދާލެވުނެވެ.
“ތެންކުޔޫ.. އައި ލަވް ޔޫ” އިޝާގެ ފުން ދެލޮލަށް އަޝްފާން ބަލައިލީ ލޯތްބާއެކީގައެވެ.
“އަޅޭ.. ހިނގާ ސެލެބުރޭޓް ކުރަން ދަމާ ، ދޮންބެ ވާނެ ކާންދޭން” އަރޫޝާ ހުރީ އުފަލުންފޮޅިފައެވެ.
ހަތަރު މީހުން އެއްކޮށް ކާން ރެސްޓޯރެންޓުގައި އިން އިރު އަޝްފާނަށް ހުއްޓުމެއްނެތި ބެލެމުން ދިޔައީ އިޝާއަށެވެ. އެތައް ދުވަހަކަށްފަހު އިޝާ އޭނާގެ މީހަކަށްވީއެވެ. އެއްމެން އެކި ވާހަކައަށް ގެއްލިފައި ވީނަމަވެސް ފަޒުނާ އިނީ ހިމޭނުންނެވެ. އަޝްފާން އޭނައިގެ ނަސީބުގައި ނެތް ނަމަވެސް އެހިތް ވަނީ އަޝްފާނަށް އެއްކޮށް ދެވިފައެވެ. އެކަމަކުވެސް ހިތްވަރާއި އެކީ ހިނިތުންވެލައިގެން ހުރީ އެންމެ ގާތް އެކުވެރިޔާގެ އުފަލައްޓަކައެވެ.
“ކީއްވެ މާމަޑުން ތި އިނީ.. ދޮންބެ ގެއްލުނީމަތަ” އަރޫޝާ ސަމާސާކޮށްލިއެވެ.
“އިޝާއަށް އިނގޭތަ މި ދެމީހުން މާ ކުލޯސް މިހާރު. އަހަރެން ނުލާ ވަރަށް ގިނައިން ކާންވެސް ދާނެ. އަބަދު އެއްކޮށް އުޅެނީ. މަންމަ އަދި އެހިއޭ ކަމެއްހޭ މިދެމީހުން އުޅޭގޮތުން. ހީވަނީ…”
“ކޮއްކޯ. އޭދޮގެއް އިޝާ. އަހަރެންގެ ނުތިބޭނެ އަންހެން ފުރެންޑުންނެއް. ދެން ފަޒޫ އާއި ދިމާވިފަހުން ޝީ އިޒް ލައިކް އަ ބެސްޓުފުރެންޑު. ” އަޝްފާން ފަޒުނާއި ދެމީހުންގެ އޮތް ގުޅުން ކިޔާދިން އިރު ފަޒުނާގެ ހިތުގެ ރިހުން ގަދަވަމުން ދިޔައެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމާއި ހަމަޖެހުމުން އެހިތުގެ ހާލަތު ބަޔާންކުރަން އުނދަގޫވިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް މިހާރު އިޝާއާއި އަޝްފާންގެ ގުޅުމަށް 3 ހަފުތާ ވަނީއެވެ. އަޝްފާން އިޝާއަށް ކޮންމެ ކަމެއް ވެސް ކޮށްދެމުން ދިޔައީ ލޯއްބާއި އެކީގައެވެ. އިޝާގެ އިތުބާރު އޭނާއަށް ލިބޭނެ ފަދަ ގޮތަށެވެ.
އިޝާއަށް ވަނީ އަޝްފާންގެ ލޯބިން ދިރުން ގެނެސްދީފައެވެ. އަޝްފާގުގެ ހަނދާންތައް މަޑުވެ އަޝްފާންގެ އޯގާތެރިކަން އޭނާގެ ހިތުގައި ގަދަވަމުން ދިޔައެވެ. ކޮންމެ ކަމެއް ވިޔަސް އަވަހަށް ހޯދެނީ އަޝްފާނެވެ. ދުވަސްތައް ފާއިތުވާ ވަރަކަށް ހީވަނީ އަޝްފާނަށް އޭނާގެ ހިތުގެ އަޑު އިވޭހެންނެވެ. އެއިހުސާސްތައް އެނގޭހެންނެވެ.
ދެލޯބިވެރިން އުފަލުގައި ދުވަސްތައް ގުނަމުން ދިޔައިރު ފަޒުނާ ހިތް ދިޔައީ މިލަމުންނެވެ. އޭނާ އަޝްފާންއާއި އެކީ އުޅުމަށް ކުރި ހުރިހާ ހުވަފެނެއް ފަސްއަޅައި ފޮރުވާލި ނަމަވެސް އަދިވެސް އެހިތް އެދި ގޮވަމުން ދިޔައީ އަޝްފާނަށެވެ. ކުރިން އަޝްފާންއާއި ހޭދަކުރި ވަގުތުތައް މިއަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ގިނަ ދުވަސްދުވަހު ފެންނަނީ ހަމައެކަނި އޮފީހުންނެވެ. ގެއިން ފެނުނަސް ފަޒުނާ ބަލަނީ އަޝްފާނާއި ދުރުގައި އުޅެވޭތޯއެވެ. އެއީ މިހާރު އަބަދުހެން އަޝްފާން އުޅެނީ އިޝާއާޢި އެކީގައި ކަމަށްވާތީ އެ މަންޒަރު ދެކެން އޭނާގެ ހިތަށް ކެތްނުވާތީއެވެ. އަޝްފާން ދެކެ ލޯބިވުމަކީ ކުށެއް ކަމަށް އެހިތަށް ވިސްނައިދޭން އުޅުނަސް އެކަން ގިނަ ފަހަރު އޮންނަނީ ނުވެފައެވެ.
މިގޮތުގައި އުޅުމަށް އޭނާއަށް ކެތްނުވާވަރަށް ދަތިވިއެވެ. އެހެންކަމުން ކުރިން އުޅުނު ގެއަށް ބަދަލްވާން ފޮށި ތައްޔާރު ކުރިއެވެ.
“ދަރިފުޅާ ފަޒޫ” ފޮށި ހިފައިގެން އަމީރާ ކުރިމަތީ ހުއްޓިލި ފަޒުނާ ފެނުމުން އަމީރާ ބުންޏެވެ.
“ކޮންތާކަށް ދާން ތިއުޅެނީ. އޮފީސް ދަތުރެއް އޮތީތަ”
“ނޫން ދައްތާ. އަޅުގަނޑު ކުރިން އުޅުނު ގެއަށް ބަދަލުވާން މިއުޅެނީ. މިގޭގަ ވަރަށް ގިން ދުވަހު އުޅެވިއްޖެއެއްނު” ފަޒުނާ ބުނެލިއެވެ.
“ކީކޭ.. ނޫން . ދަރުފުޅު ގޮސްގެން ނުވާނެ މިގެއިން. ތި މިހާރު މިގޭ ކުއްޖެއް. އެހެން ނޫނަސް އަރޫޝާ އާއި އަޝްފާން ކީކޭ ބުނީ. އަނެއްކާ އެދެކުދިންނަށް އެނގޭތަ. ހިތްހަމައެއް ނުޖެހޭނެކަން ޔަގީން.. ދަރިފުޅާ އަޝްފާން.. އަރޫޝާ” އަމީރާ ބާރަށް ގޮވާލިއެވެ.
” ދައްތާ” ފަޒުނާ އަމީރާ ހުއްޓުވަން މަސައްކަތް ކުރަން އުޅުނެވެ.
“ކީކޭ މަންމާ.. ފަޒޫ ކޮންތާކަށް ދާން” އަޝްފާން ހުރީ ވާނުވާގައެވެ.
” ފަޒޫ އެއުޅެނީ ކުރިން އުޅުނު ގެއަށްދާން. ބުނެބަލަ ނުދާށޭ.” ފަޒުނާއާއި ކޮށްލި ސުވާލުގެ ޖަވާބު ދިނީ އަމީރާއެވެ.
“ގޮސްގެން ނުވާނެ މިގެއިން. ތި ގެ ހުންނަ ސަރަހައްދަކީ އެންމެ ޕާޓޭން ގިނަ ސަރަހައްދު. އެހެންނޫނަސް އެރޭ ޕާޓީއިން ދިމާވި މީހާގަނޑު އެއުޅެނީ ފަޒޫ ފަހަތު އަޅުވާލައިގެން. އެއްވެސް ސަލާމަތެއް ނެތް ތިގެއަށް ދިޔުމުން.މިގޭގަ ހުރޭ” އަޝްފާން ފަޒުނާއަށް ވިސްނައިދެވޭތޯ އުޅުނެވެ.
“ނޫން އޯކޭވާނޭ.. ބައްޕަ އެއުޅެނީ އަހަރެން އެގެއަށް ބަދަލުނުވަންޏާ އެގެ ކުއްޔަށްދޭން” ދޮގު ހަދާފަ ނަމަވެސް ފަޒުނާ ބޭނުންވީ އަޝްފާނާއި ދުރަށްދާށެވެ. އެތައް އިރެއްގެ އާދޭހަކާއި އެކުވެސް ފަޒުނާގެ ނިއްމުން ބަދަލުވާ ގޮތެއް ނުވިއެވެ. އޭނާގެ ކޮޅުގައި ބާރަށް ހިފެހެއްޓިއެވެ.
“ދެން އޯކޭ.. އެކަމަކު ވަރަށް މިސްވާނެ އިނގޭ.. އަހަރެން އަބަދުވެސް ފަޒޫ ގެއިން އޮފީހަށް އަދި އޮފީހުން ގެއަށް ލައިދޭން ދާނަން. މީހަކު ދޮރުގައި ޓަކި ޖެހިއަސް ހަނދާންކޮށް ދޮރު ނުހުޅުވާތި ކާކުކަން ނޭނގޭންޏާ. އަދި އެކަނި ބޭރަށް ގޮސްގެން ނުވާނެ. އެވަރިހަމަ ކައިރީ ހުރި ފިހާރައަކަށް ވިޔަސް..އޯކޭ؟” އަޝްފާންގެ އަޑުގައި ހަރުކަށިކަން ހުއްޓަސް އެހިތުގައި ވަނީ އޯގާތެރިކަމެވެ.
ފަޒުނާ ގެއަށް ލުމަށްފަހު އަޝްފާން އޭނާއަށް ބޭނުންވާ ހުރިހާ އެއްޗެއް ގެއަށް ހޯދައިދިނެވެ.
ކަންފަތް ބުޑުގައި އޮތް ފޯން އެލާމް ވާ އަޑަށް އަޝްފާނަށް ހޭލެވުނެވެ. އަދި ކަންނެތްކަމާއި އެކު ތެދުވެ އޮފީހަށް ދާން ތައްޔާރުވާން ފެށިއެވެ. ޓައީ އަތަށް ނަގައިގެން ގޮސް ދޮރުހުޅުވާލުމަށް ފަހު “ފަޒޫ އާދެބަލަ” އޭ ކިޔާ ބާރަށް ގޮވާލެވުނެވެ. މިއަޑު ބަދިގޭ ސައި ތައްޔާރުކުރަން ހުރި އަމީރާއަށްވެސް އިވުނެވެ.
“ދަރިފުޅާ.. ފަޒޫ މިގެއިން ދިޔަތާ އެއްހަފުތާ މިވަނީއޭ. އެކަމަކު ދެދުވަހުން އެއްދުވަހު ގޮވާނެ ފަޒޫ އޭކިޔާފަ. ”
“ހަނދާން ނެތެނީ އޭ މަންމާ. އެހެން ނޫނަސް ރޭގެ އޮފީހުގަ ވަރަށް ދަންވަންދެން އުޅުނީމަ ނިދި އައިސްފަ އަދިވެސް މިހިރީ”
“ހެހެހެ.. ދެން ތިހާ ބުރަކޮށް އުޅޭކަށް ނުޖެހޭނެއޭ.. ބޭބެ ގުޅި މަންމައަށް ރޭގަ. ބުނި މިއަދު އަންނަ ވާހަކަ. އޭރުން ދަރިފުޅަށް ތަންކޮޅެއް ފަސޭހަވާނެ އެއްނު” އަމީރާ އަޝްފާންގެ ޓައީ އަޅުވައިދެމުން ބުންޏެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.







Dear readers i am very sorry for the late upload. I was admitted in the hospital for the past week. Hope u all will like the story.
If u like it plz leave a comment. If there is anything to correct plz help me out. (Since this is my first story there will be mistakes)
Love u all ?❤❤?
emmeh fahun hama ashfaan n isha dhww.. waiting foe nxt part
emmeh fahun hama ashfaan n isha dhww.. waiting for nxt part… swii to hear, hope yhu are fyn now MAROON
Thedhah buyanya i have no idea what will happen. M trying to figure it out thank u rimu. ❤
First vaahaka aa balaafa hiyy hama jehey
Thanku reexa
Konkameh ragalhukohlan vy? ?
v reethi dhen konirakun up kohlaanee
Thanku AKI❤
V nice mi part vas.waiting for next part
Thanku lucky ?
?
Thanku for reading. Plz tell me what i am doing wrong. It wuld be very helpful ?
V rythi. Kihineh tha maroon now?
GWS igehhhhh ?
And dhn hama fazu ah Ashfaan nulibeyne tha? Ehen nuhadhaanan dhw
Maadhan ash aima alun ash aa isha aa gulhuvadhyfa fazu ah ashfaan hoadha dhy plz
Cox fazu aky evves ufaleh libunu kujjeh noon. V nikamethi kujjeh. Ekujja fakeeru athuga ashfaan byvejjeyaa kihaa hiydhathi vaane ?
Thanku CHERRY. It is always nice to see your comment. Neyge adhi ash aima vaane gotheh… thinking ??
❤
Nice
❤?❤
Next part whennnnn
Maadhan upkohdheynan ngey ❤
V rythi kihineiybaa vaany ashfaag aima adhi ashfaan aee eynage kokko kan engunyma vaagotheh balailan v beynun vey eba nxt prt kon irakun mirey up kolladhybala 1 more prt pls can’t wait
Thanku KHAJJA
Maroon akahves neyge dhn vaane gotheh.. mirey visnaalaafa maadhan upkohdheynan. ? ❤
Happy to see ur comment
V nice mi part safaag aeema dhen kihine vaanebaa
Salhi?
Thanku NANA and AINTHU.
Maadhamaage partves kiyaalahchey ❤
V v v reethi mi part ves.. Isha ah ishage ash libeynebaa?? dhen hama ash mathin handhaan nahthaalanytha?? Mee hama hithah eri suvaalu thakaky..
waiting for next part..
Thanku MAlY ❤❤
Thedhuveri loaybakee hadhaan nethey ehchehbaaa?..
alhe mirey next part up kohlabah plx plx plx plx plx plx plx plx plx plx plx plx cant wait
Try koffaanan. Ekamaku yageen kameh neiy ngey.
Thanku for reading ❤
vvvv reethi
First story aa balaafa really nice. Good job. Best of luck.
Thanku MAREE & ZYLMAA.
Konkameh ragalhukohlanvy?
Comment kuraa iru bunelahchey hurihaa kudhinves.
Salhi..
Ahfaq male aissi ennu..Bbq hedhi iru ashfaq huttennu..
Dhn ekm mamma ebuny beybe anna vaahaka..?
Fazu ah erey offihuga kanthah vi goih ashfan ah egeytha..arusha ah ekani ennu kiyaa dhinee.. ?
Ashfaq male.aee kuda chutty akah adhi eburi dhaa vaahakaves onnnaane. E anna dhuvaskolhu isha ehen rashakah dhaan jehunyma they ddnt meet.
Dhn ashfan ah ekan eguny cox they are like bestfriends(they will share everything like egeyah ai goives )
Alhey..Faxoo aai Ashfaan gulhuvadhybw..e dhemyhun ves v gulhey..Isha aai Ash maadhulhey..
Maroon v improve eba vey..