ނަމަވެސް ތަޤްދީރު ނިޔާކުރި ފަދައިން ޝާހިދުގެ މަންމަ ފާޅުގާ އެ ކާވެންޏަށް ދެކޮޅުހަދިއެވެ. ދަރިފުޅުގެ އުފަލަށްވުރެ ބޮޑަށް އިސްކުރީ ގާތް ރަޙުމަތްތެރިއާގެ އުފަލެވެ. “ދަރިފުޅާއި ފަރީދާގެ ކައިވެނި މަންމައާއި ފަރީދާގެ ބައްޕަ ވާހަކަދައްކައިގެން ވާނީ ހަމަޖައްސާފަ. ދަރިފުޅު ކިޔެވުން ނިމެންދެން މިވާހަކަ ނުދައްކާ މިތިބީ. ދަރިފުޅަށްވެސް އެނގޭނެ ޤާސިމްބެއަކީ މަންމަގެ އެންމެ ކުޑައިރުއްސުރެ ރައްޓެއްސެއް. އޭނާ ދަރިފުޅުގެ ކާވެނި އޭނާގެ ދަރިފުޅު ފަރީދާއާ ކޮށްދޭށޭ ކިއާތާ ދައަހަރުވަނީ މިއޮއް. މަންމަ އަބަދުވެސް ބުނަމުންއައީ އެކަން ވާނެއޭ. ދެން […]
” ޔަލް އަހަރެންނަކަށް ނޭންގެ މިވާހަކަ ފަށާނެ ގޮތެއްވެސް…” ހައިކަލް އިސް ޖަހައިގެން އިނދެ ބުނެލިއެވެ. ހައިކަލްގެ އެ އަމަލު ތަކުން ހިތް ނުތަނަވަސް ވާން ފެށިއެވެ. ހައިކަލް އެ ދައްކަން އެ އުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެތައް ސުވާލް ތަކެއް ހިތުގަ ފުނިޖެހެމުން ދިޔައިރު އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ހައިކަލް ފަރާތުން މިވެގެން އުޅޭގޮތް އޮޅުން ފިލާނެ އިރަކަށެވެ. ” ޔަލް އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ދެމިއެއްނޯންނާނެ.. އިންސަނާގެ ހިތަކީ އެނބުރޭ […]
ލޫކަސް ވަދެ ދޮރުވެސް ތަޅުލި އަޑު އިވިފައި އަނާނީއަށް ތެޅިގަނެވުނެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި އޭނާ ހުރީ ލޫކަސްގެ އަތުތެރޭގައި ހައްޔަރުވެފައެވެ. އަނާނީ ފަދަ ލޫޅާފަތި ހަށިގަނޑެއްގެ ވެރިއަކަށް، އެ ބާރުގަދަ އަތުތެރެއިން ސަލާމަތްވުމަކީ ކިތަންމެ އުނދަގޫ ކަމެއްކަން އެނގިހުރެ ވެސް، ހަރަކާތްކުރަން ފެށީ ސަލާމަތްވާށެވެ. އޭރު އޭނާ ގަނެފައި ހުރި ބިރަށްވުރެ ބޮޑަށް އައިސްފައި ހުރި ރުޅި މާގަދައެވެ. އޭނާގެ ބާރު ހުރި ނަމަ ލޫކަސް ގައިގައި ތަޅައިގަތް ގަތީނުން ނުވެސް ތެދުވެވޭ ވަރު ކޮށްލީހެވެ. […]
ދިމްރާ އަނެއްކާވެސް އަމިއްލަ ސިކުނޑިއަށް ވިސްނައިދިނީ ޔުއާންއަށް އެ ފުރުސަތު ނުދިނުމަށެވެ.އެހެންކަމުން އިތުރު ހިތްވަރަކާއިއެކު ޔުއާންގެ އަތު ތެރެއިން ސަލާމަތްވާން ގަދަހަދަން ފެށިއެވެ.ދިމްރާ އެންމެ އަޖައިބުވީ ހިތުގެ އެއްކަނަކުން ވިޔަސް ޔުއާންގެ އެ އަމަލުތަކަށް ރުހެވޭކަންވެސް އިހްސާސްވާތީއެވެ.ދިމްރާ ގަދަހަދަން ފެށުމުން ޔުއާންވެސް ބެލީ ގަދަކަމުންވެސް ދިމްރާގެ ތުންފަތުގައިި ބޮސްދެވޭތޯއެވެ.އޭރު ދިމްރާގެ އަމަލުތައް ހުރިގޮތުން ޔުއާން ހުރީ ރަނގަޅަށްވެސް މަޖާވެފައެވެ.އެވަރަށް ގަދަހަދަހަދާފައިވެސް ދިމްރާއަށް ބަލި ގަބޫލު ކުރަން ޖެހުނީ ޔުއާންގެ މޫނު ވަރަށް ކައިރީގައި ވާކަން އިހްސާސް ވުމުންނެވެ.އޭރު […]
ކައިޝާގެ ކޮޓަރީގެ ކުޑަދޮރުކައިރީ ހުރި މީހަކަށް މިމަންޒަރު ވަރަށް ރީތިކޮށްފެނުނެވެ. އެވަގުތު އީތަންވެސް މަތި ބަލާލަމުން ކަނާއަތުގެ ޝަހާދު އިނގިލި ތުންފަތާކައިރިކޮށްލިއެވެ. އަނދިރީގެތެރެއިން އެދެލޯވިދާލިއެވެ. “ޝްޝްޝްޝް”………………………………. އަނދިރީގެ ތެރެއިން ވިދާލި އީތަންގެ ލޯ ފެނުމާއެކު އީޝަލް ހެޔަށް ގޮތް ވެގެން އަނބުރައިގަތެވެ. އެވަގުތު އެކޮޓަރީގެ ފާޚާނާއިން ނިކުތް ކައިޝާއަށް ވެއްޓިފައި އޮތް އީޝަލް ފެނުމުން ދުވެލާފައި އެދިމާއަށް ދިޔައެވެ. ކައިޝާ ހާސްވެފައިހުރި ވަރުން އަތްވެސް ތުރުތުރުލަމުން ދިޔައެވެ. އީޝަލްގެ މޫނަށް ފެންފޮދެއް ބުރުވާލުމުން ދެލޯ ހަރަކާތް ކޮށްލިތަން […]
އާޒިމް އަށް ހޭލެވުނީ ފުދޭވަރަކަށް ލަސްވީ ފަހުންނެވެ. ހަމަ ހޭލެވުމާއެކު ރޭގެ ހާދިސާ މަތިން ހަނދާން ވިއެވެ. އެއާއެކު ތެދުވެ އެނދުމަތި ބަލާލިއެވެ. ނަމަވެސް އީނާ އެއް ނެތެވެ. ކުޑަކޮށް ހާސްވި ނަމަވެސް ފަހުން ގުޅާލަން ނިންމާފައި ގޮސް ފެންވަރަން ވަނެވެ. ފެންވަރައިން ނިކުމެ ރީތިވެލައިން ބޭރަށް ނިކުމެނިކުމެ ހުރެ ފޯނުމަތިން ހަނދާން ވެގެން “ސައިޑްކަބަޑް”އާ ދިމައަށް ބަލާލިއެވެ. އެއާއެކު ފޯނަށް ހުއްޓެންވީ ނަޒަރު ގޮސް ހުއްޓުނީ ފޯނު ކައިރީ އޮތް ކުޑަ ގަނޑުކޮޅަކަށެވެ. ހިތަށް ވެރިވި […]
އެކަމަކު މިޝާ އަކީ އަބަދުވެސް ދުނިޔޭގެ ޒީނަތާއި އަރާމަށް މާލޯބި ކުރާމީހެކެވެ. އަހަރެންގެ ގޭގައި އަހަރެންގެ މަންމަމެންނާއިއެކު ނޫޅެ އަމިއްލަ ގޭގައި ދިރިއުޅެން ނިންމީވެސް އެހެން ވެގެންނެވެ. އަހަރެންގެ މަންމަމެން ކައިރީ އުޅެގެން އޭނަ ބޭނުން ގޮތަކަށް ނޫޅެވިދާނެތީ ވެސް ކަންނޭނގެއެވެ. މިޝާ އަކީ މިޝާ މަންމަގެ ދޮންކަނބުލޮއެވެ. އެހެން ދަރިޔަކު ނެތުމުން މައިދައިތަ މިޝާ ގެންގުޅެނީ ލޮލުގެ ކޮއި ފަދައިންނެވެ. ކިތައްމެ ގޯސްކަމެއް ކުރިޔަސް އަދި ކިތައްމެ ގޯސްކޮން އުޅުނަސް މައިދައިތަޔަށް އެއީ އެއްވެސް ކަމަކަށް […]
“ކޮބާތަ ތި ރާވައިގެން އުޅޭ ޕްލޭންއަކީ” ދާން ބޭނުންވާ މަންޒިލާ ދިމާއަށް އެންމެން ހިނގައި ގަތްއިރު އެ ސުވާލު ކުރީ ދިމްރާއެވެ. “ޕްލޭންއަކީ މިރޭ އޯވަ ނައިޓަކަށް ގެއަށް ދިއުން..ބާބާކިއު އަކަށް..ސޯ ހުރިހާ ކުދިން މިރޭ ތިބޭނީ އަހަރެމެން ގޭގަ” ދިޔާން އުފާވެފައި ހުރެ ދިމްރާގެ ކޮނޑަށް އަތް ވައްޓާލާ ގާތް ކޮށްލައިގެން ހުރެ ވާހަކަ ދެއްކިއެވެ tienda. “މިރޭ ނޫނީ ރެއެއް ތި މީހުންނަށް ނުފެނުނީތަ.. ބަލާބަލަ އުޑުމަތި..ތަރިއެއްހާ ހިސާބުވެސް ނެތްއިރު ކަޅުވިލާތައް އެ އޮތީ” […]
ކަަންފަތް ބުޑުގައި އޮތް ފޯން އެލާމް ވާ އަޑަށް އަޝްފާނަށް ހޭލެވުނެވެ. އަދި ކަންނެތްކަމާއި އެކު ތެދުވެ އޮފީހަށް ދާން ތައްޔާރުވާން ފެށިއެވެ. ޓައީ އަތަށް ނަގައިގެން ގޮސް ދޮރުހުޅުވާލުމަށް ފަހު “ފަޒޫ އާދެބަލަ” އޭ ކިޔާ ބާރަށް ގޮވާލެވުނެވެ. މިއަޑު ބަދިގޭ ސައި ތައްޔާރުކުރަން ހުރި އަމީރާއަށްވެސް އިވުނެވެ. “ދަރިފުޅާ.. ފަޒޫ މިގެއިން ދިޔަތާ އެއްހަފުތާ މިވަނީއޭ. އެކަމަކު ދެދުވަހުން އެއްދުވަހު ގޮވާނެ ފަޒޫ އޭކިޔާފަ. ” “ހަނދާން ނެތެނީ އޭ މަންމާ. އެހެން ނޫނަސް […]