Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް… (13 ވަނަަބއި)

writer Level 310 Stories100 Comments
April 15, 2017 5 Mins Read
29 Comments

” މޯމް…ޑޭޑް…. ދިސް އޒް މާޔާ… މައި ވައިޕް..” ނަކީލް އެންމެނަށް މާޔާ ތައާރަފްކޮށްދިނެވެ.

ނިހާލް އައި ރުޅީގައި ނަކީލްކައިރިއަށް ޖެހިލާއި ނަކީލްގެ ކަންކަށިމަތީ ޖެހިއެވެ. މާޔާއަށް ބިރުން އަނގަމަތީ އަތްއަޅާލެވުނީ މި ވާނުވާ ނޭނގޭތީއެވެ. ސުވާލުގެ ނަޒަރަކުން ނަކީލްއަށް ބާލާލީ ޖަވާބު ބޭނުންވާފަދައިންނެވެ.

ނަކީލް ނިހާލްއާއި ހަތަރު ކަޅި ހަމަކުރިއިރު އެދެލޮލުގައިވަނީ ޝަކުވާއެވެ. “ޑޭޑް ޕްލީޒް.. ލިސެން ޓު މީ” ނަކީލް ބުނެލީ އާދޭހާއި އެކީގައެވެ.

“ނޮޕް… އަހަރުމެން ނަކީލް ބަލާއި ބޮޑުކުރީ..ކާންދީ ބޯންދީ ހަރަދުކޮށް ކިޔަވައިދީ މީހަކަށް ހަދައިދިނީ… މި މުއްސަދިކަން…ހުރިހާ ކުންފުންޏެއް މިއީ ހަމަ ނަކީލްއާއި ނީލްއަށް ހުރި އެއްޗެހި …ނޫންތަ… މިއާއި މެދު ވިސްނަން ޖެހެނީ ހަމައެކަނި އަހަރެންތަ…އޭން..” ނިހާލް ވާހަކަދައްކަމުންދިޔައީ ފުދޭވަރަކަށް ބާރަށެވެ.

“ސޯ އާއިލާގެ އިއްޒަތާއި ޤަދަރު ހިފެއްޓުމަކީވެސް ހަމައެކަނި އަަހަރެންކަމެއް ދޯ.. ތަނަކުން މީހެއް ފެންނަ އިރަށް ގޮސް އިނދެގެން ތިއައީ… އަހަރުމެން ދެން މީހުންނަށް ދައްކާނީ ކޮން މޫނެއް…ލަދުން ބޯ ހަލާކު…އިދެގެންވެސް އައީ ކާކާ.. އެއްވެސް އަގެއްނެތް ފަޤީރަކާއި..”މާޔާއާއި ދިމާލަށް މަލާމާތުގެ ގޮތަށް މިހެން ބުނެލިއިރު މާޔާ ހުރީ ވާނުވާ ނޭނގިފައެވެ.

ނަކީލްގެ ފަރާތުންނާއި ކޮރެއާ ބަސް އުގެނުމަށް ހުރި ޝައުޤަކުން މާޔާވަނީ ފުދޭވަރަކަށް ރަގަޅަށް ބަސް ދަސްކޮށްފައެވެ. އެހެންކަމުން ދެކެވެމުން ދިޔަވާހަކަ މާޔާއަށް ދޭހަވިކަމުގައި ވިޔަސް އެމީހުން މިކަމާއި އެހާ ރުޅިއައިސްގެން އުޅެނީ ކީއްވެކަމެއް ނޭނގުނެވެ. އެހެނީ މިކައިވެންޏަކީ ދެފަރާތުގެ ރުހުމުގައި ކުރި ކައިވެންޏެކެވެ.

” ޑޭޑް ކިޔާ އެއްޗެއް އަހަންނާއި ދިމާލަށްް ކިޔާ… އަހަރެންގެ އަންހެނުންގެ ކުށެއް ނެތް މިކަމުގަ..” ނަކީލްވެސް ހުރީ ނިހާލްގެ ވާހަކަތައް ހުރިގޮތުން ހިތްހަމަ ނުޖެހިފައެވެ.

” ސީރިއަސްލީ… މިހާރު މީނަ އަހަންނަށް ވުރެވެސް މުހިންމީތަ…” މާޔާާާާއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން މެލީސާ ބުނެލިއެވެ.

” އައި އޭމް ވެރީ ޓަޔަޓް… އެން އިތުރަށް މިކަމާ މަންމަމެން ބަހުސް ނުކުރުން ރަގަޅީ… އަހަންނަށް މާޔާއާއި ނުލައި ނޫޅެވޭނެ… ޕްލީޒް” ނަކީލް މާޔާގެ  އަތުގައި ހިފައިގެން ހިގައިގަތީ ކޮޓަރިއަށް ދިއުމަށެވެ. މަންޒަރު ބަލަން ހުރި ނިހާލްގެ ލޮލުން އަލިފާންކަނީ ބުރާ ފަދައެވެ.

“ސުންޕާ އަންހެނާ…މިގޭގޭ ހުރިހާ އުފާތަކެއް ފޭރިގެންފި.. ހަމަޖެހުން ނަގައިލައިފި… އަހަރެންވެސް ބަލާނަން ކަލެއަށް މިގޭގައި ކިތަށް ދުވަހު އުޅޭވޭތޯ… ކަލޭގެ މުޅި ދިރިއުޅުން ބަރުބާދު ނުކޮށްފިއްޔާ މަށަކަށް މެލީސާާއޭ ނުކިޔާނެ.. ޖަސްޓް ވެއިޓް އެންޑް ވޮޗް.” މެލީސާ ހިތާހިތުން މާޔާއަށް އެތިވަރުގޮވަމުން ދިޔައީ ސިކުނޑީގައި މޮޅު ރޭވުމެއް ރާވަމުންނެވެ.

ނަކީލް ގޮސް އެނދުގައި އިށީންދެ އިނގިލިތަށް ފަން އިސްތަށިގަނޑުގެ ތެރެއަށް މަހައިލީ ކުޑަނަމަވެސް ލުޔެއް ލިބޭތޯއެވެ. މާޔާވެސް އައިސް ނަކީލް ކައިރީ އިށީންދެ ނަކީލްގެ ކޮޑުގައި ބޯއަޅައި ލޯމަރައިލިއެވެ. އެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެވުނެއް ކަމަކު ނަކީލްއަށް މާޔާގެ ހިތުގެ ހާލު އެނގޭ ފަަދައެވެ.

ނަކީލް މާޔާއާއި ދުރަށް ޖެހިލާ މާޔާގެ މޫނަށް ބަލައިލީ ކުށްވެރިއަކު ފަދައިންނެވެ. އެހެންނަމަވެސް މާޔާގެ ލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނަފެނި ނަކީލް މާޔާގެނެސް ގަޔާއި ލާ ބޮޑިކޮށްލިއެވެ.

” އައި އޭމް ސޮރީ… ސޮރީ… ނުރޮއި… އައި ކާންޓް ސީޔޫ ކްރައިން. ސޮރީ..” ނަކީލް މަޑުމަޑުން އެހެން ބުނި ކަމުގައިވިޔަސް މާޔާއަށް އެކިޔާ އެއްޗެހި ވަރަށް ސާފުކޮށް އަޑުއިވުނެވެ. އިތުރަށް ނަކީލްގެ މޭތެރޭ ބޮޑިވެ އެމޫނު ފޮރުވައިލީ ހިތްނުތަނަވަސް ވެފައި ހުރުމުންނެވެ.

” އަހަންނަށް އިނގޭ މައި ތިވިސްނަނީ ދެންމެ ވި ކަންތަކާއި ކަން.. އައިނޯ … މައި ބޭނުންވިކަހަލަ ވެލްކަމެއްވެސް ނުލިބުނުކަން… އަހަންނަށް އެނގޭ ކުރިންވެސް މިހެން ވާނެކަން… އައި ލައިޑް ޓު ޔޫ..” މާޔާ ނަކީލްއާއި ދުރަށް ޖެހިލާއި ނަކީލްއަށް ބަލާލީ ސުވާލުތަކަށް ޖަވާބުބޭނުންވާފަދައިންނެވެ.

” އަހަރެން މަންމަމެން ކައިރީ މާޔާގެ ވާހަކަ ދެއްކީވަރަށް އުއްމީދާއި އެކީ… އެއީ އެހެން ހުރިހާ ކަމެއްވެސް ކޮށްދޭތީ އަހަރެން ހީކުރީ މަންމަމެންނަށް އަހަރެންގެ އުފަލަށްވުރެ އެހެންކަމެއް މުހިއްމެއް ނުވާނެކަމަށް… އެކަމަކުވެސް ކަންވީ އެހެންނެއް ނޫން… މަންމަމެން އޮތީ ކުރިންވެސް އެހެން މީހަކާއި އަހަރެންގެ ކައިވެނި ހަމަޖައްސާފައި…” ނަކީލް ވާހަކަ މެދުކަނޑާލީ މާޔާ ވާހަކަ ދައްކަން ފެށުމުންނެވެ.

” ދެން ކީލް ކީއްވެ މަންމަމެން ޤަބޫލޭ ބުނީ… ބުނިނަމަ އަހަރެން…” މާޔާގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ނަކީލްކޮށްލި ކަމަކުންނެވެ.

“އަހަރެން …” އަނެއްކާވެސް ނަކީލް މާޔާގެ ތުންފަތަށް ބޮސްދިނީ މާޔާގެ ޖުމްލަ ފުރިހަމަ ވިޔަ ނުދިނުމަށެވެ.

” ޑޯންޓް ސޭ ދެޓް… އެނގޭ ބުނި ނަމަ މައި އަހަންނާއި ނުވެސް އިންނާނެކަން.. އަހަންނާއި ހުރިހާ ގޮތަކުން ގުޅުން ކަނޑާލާނެކަން… އެކަމް  އައި ޑޯންޓް ވޯންޓް އިޓް ދެޓްވޭއި… މިހެންވެ އަހަންނަށް މަޖްބޫރުވީ… އަހަރެން މައި ބޭނުން.. ވަރަށް ބޭނުން… ދުވަހަކުވެސް އަހަރެން ދޫކޮށްފަދާން ނުވިސްނައްޗޭ..” ނަކީލް މާޔާގެ ލޮލަށް ބަލަން އިނދެ ބުނެލިއެވެ.

” އެކަމް މިހާރު މައި ހާ ހުރެ ކީލްގެ މަންމަ އާއި ބައްޕަ އެތިބެނީ ހުރިއައިސް…  މައި ބޭނުންވަނީ އެންމެނާއެކީ އުފަލުގަ އުޅެން..” މާޔާ އެހެން ބުނާނެކަން ކުރިންވެސް ނަކީލްއަށް އިނގެއެވެ. މިވީ ކުޑަ ދުވަސްކޮޅު ތެރޭ ނަކީލްއަށް ވަނީ މާޔާ ވަރަށް ރަގަޅަށް ދަސްވެފައެވެ. މާޔާގެ ހުންނަ ހިތްތިރިކަމާއި މަޑުމައިތިރިކަމުގެ ސަބަބުން ނަކީލްގެ ހިތުގައި މާޔާއަށް ވަނީ ހާއްސަގަދަރެއްދެވިފައެވެ.

” އިޓްސް ނޮޓް ޔުރާ ފޯލްޓް… ދެން އަމިއްލަ ނަފްސު ކުށްވެރިކުރާނީކީ ނޫން… މޮޔަ ކަންތަކާއި ނުވިސްނަބަ…” މާޔާގެ ބޮލުގައި މަޑުމަޑުން ނަކީލް ޖަހާލީ މާޔާގެ މޫޑް  ރަގަޅުވޭތޯއެވެ.

” ކީލް … މައި ވަރަށް ބަނޑުހައި…” މާޔާގެ ބަނޑުން އަނޑެއް އިވުމުން މާޔާ ބުނެލީ ކޮންމެވެސް އެއްޗެއް ކާހިތްވެފަ ހުރި ވަރުންނެވެ.

” ލެޓްސް ގޯ އައުޓް … އެކަމް  ސާވިސް ޗާޖް އިންނާނެ އިނގޭ..” ދެމާނައެއް އެކުލެވޭގޮތަށް ނަކީލް ބުނެލި އެއްޗަކުން މާޔާ ލަދުން މޫނު ރަތްވެގެން ދިޔައެވެ.

” ޔޫ އާރ ބްލަޝިން…ހަހަހަ.. ދެން މިހާރު ނުފެންނަ އެއްޗެއްވެސް ނެތެއްނު.. ނުކުރެވޭ ކަމެއްވެސް ނެތެއްނު މާ ލަދުގަންނަން..” މާޔާ އިތުރަށް ލަދުގަންނުވަން ނަކީލް ބޭނުންވިއެވެ. އެކަން ކާމިޔާބުވެސް ވިއެވެ.

މާޔާ އެދުން ތެދުވެ ނަކީލްއާއި ދުރަށް ދާން އުޅުމުން ނަކީލް މާޔާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

” ދަނީތަ…” ނަކީލް މާޔާގެނެސް އުނގުގައި ބައިންދަމުން ކަނދުރާގައި ތުންފަތްޖައްސާލިއެވެ.

އެދެމެދުގައި ލޯބީގެ ވަގުތުކޮޅެއް ވޭތުވެ ދިޔުމަށްފަހު ދެމަފިރިން އެކީ ފެންވަރައިގެން ތައްޔާރުވަމުންދިޔައީ ބޭރަށް ދިޔުމަށެވެ. މާޔާގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ފެނިފައި ނަކީލްގެ ހިތަށްވެސް ހަމަޖެހުން ލިބިފައިވި ކަހަލައެވެ.

………………………………………………………………………………

މާޔާ ސިއްސައިގެން ދިޔައީ ނިދާފައި އޮތް ނަތީޤް ރޯންފެށުުމުންނެވެ. ބާރުބަރަށް ގިސްލަގިސްލާފައި ރޮމުން ދިޔައިރު އަދިވެސް ލޯ ނުހުޅުވައެވެ.ބިރުވެރި ހުވަފެނެއް ފެނިގެން އުޅޭ ފަދައެވެ، މާޔާ ދުވެފައި އައިސް ނަތީޤް އުރާލައިގެން ހޭލެއްވޭތޯ އުޅުނެވެ.

” ދޫނި…މަންމީ މިހިރީއޭ… ލޯހުޅުވަބަ… އެއްކަމެއްވެސް ނުވާނެ…” މާޔާ ނަތީޤް އުރާލައިގެން ދެކޮޅަށް ހިނގަންފެށީ ބުރަކަށީގައި ފިރުމަމުންނެވެ.

ނަތީޤް ރޯއަޑު ކޮޓަރިއަށް ވަންނަން އައި ނަކީލްއަށް އަނޑުއިވުނެވެ. ނަކީލްވެސް ފަޔަށް ބާރުލާފައި ދުވެފައި އެތެރެއަށް ވަނީ ބޮޑުކަމެއް ވީއޭ ހިތައިއެވެ. ނަތީޤް އުރާލައިގެން ދެކޮޅަށް ހިނގަ ހިނގާހުރި މާޔާ އޭރުވެސް އުޅުނީ ނަތީޤް ހަމައަކަށް އަޅުވާށެވެ.

ނަކީލް އައިސް މާޔާގެ އަތުން ނަތީޤް ނަގައިގަތީ އިތުރަށް ބަލަން ނުހުރެއެވެ. މާޔާއަށް ވިޔަސް މިގޮތަށް ރޮއްވަން ޖެހޭ ހެއްޔެވެ.ނިދާފައި އޮތް ކުއްޖަކަށް އުދަނގޫ ކުރަންވެސް ކެރޭތާއެވެ. އެހެންނޫން ނަަމަ މިހާވަރަށް ނުރޯނެތާއެވެ. އަދި މަސަލަސް ކުރާ ގޮތްވެސް ދެކިބަލާށެވެ. ހިތާހިތުން މާޔާއަށް ކުދިކިޔަމުން ދަރިފުޅު ހަމައަކަށް އެޅުވޭތޯ ނަކީލް މަސައްކަތްފެށިއެވެ.

މާގިނަ އިރުތަކެއް ނުވެ ނަތީޤް މަސަލަސް ކުރެވުނެވެ. ނަތީޤް ގެނެސް އެނދުގައި ބާއްވައި ބާލިސްތަށް ރަގަޅުކުރުމަށް ފަހު ނަކީލް މާޔާ ވީތަނެއް ބަލަން ވެގެން ކޮޓަރިތެރެ ހޯދިއެވެ. މާޔާއަތުން ނަތީޤް ނެތިގާގައި އަދިވެސް މަޑުކޮށްގެން ހުރުމުން ނަކީލް އެނދުން ތެދުވެ މާޔާ ކައިރިއަށް ދިޔައެވެ. އަދި މާޔާގެ އަތުގައި ހިފައިގެން ބެލްކަންޏަށް ނިކުމެވެގޮތަށް ހުންނަދޮރު ކަހާލުމަށް ފަހު ބޭރަށް ނިކުތެވެ. މާޔާވެސް އެއްވެސް ދެބަސްވުމެއްނެތި ދިޔައީ ނަތީޤް ހޭލައްވަން ބޭނުންނުވާތީއެވެ. ވަރަށް ފަރުވާތެރިކަމާއިއެކު ދޮރު ލައްޕާލަމުން މާޔާ އަތުން ދޫކޮށްލިއެވެ.

” ހައު ކުޑް ޔޫ… ހައު ކުޑް ޔޫ އީވެން ތިންކް އޮޕް … ” ނަކީލް މާޔާގެ ކޮނޑުގައި ހިފައި ތަޅުވައިގަތީ އައިސްފައިވާ ރުޅިންނެވެ.

” ތިންކް އޮފް ވަޓް..” ވާނުވާ ނޭނގޭ ހާލު މާޔާ ނަކީލްއާއި ސުވާލުކުރީ ހަމަ އެބީދައިންނެވެ. އަދި ފަހެ މީހަކު ރުޅިއަންނަ ވަރުގެ ކަމެއް ކުރެވުނީކީވެސް ނޫންވިއްޔާއެވެ. ވަރެއްގެ ފިރިހިނެކެވެ.  މާޔާ ހިތާހިތުން ނަކީލްއަށް ކުދިކިޔަމުންދިޔައީ އެގޮތަށް ތެޅުވުމުން ހިތްހަމަ ނުޖެހުނު ވަރުންނެވެ.

” ދެން މާ މާތް މީހަކަށް ވާން އުޅޭނެ ކަމެއްނެތް… އަހަރެން ދެކެ އަންނަ ހުރި އަހަރެންގެ ދަރިފުޅަށްތަ ބާލަން އެނގެނީ…އޭން…” ނަކީލްގެ އަޑުވެސް ބާރުވަމުންދިޔައީ މާޔާ އެކްޓްކުރަންވެސް މޮޅީއޭ ހިތައިއެވެ.

” މީހަކު އަޖައިބެއް ނުވާނެތަ… ބަލަ އެއީ އަހަރެންގެވެސް ކުއްޖަކޭ..ނަކީލް އަށް ފެނުމުގެ މާކުރިންވެސް ގެންގުޅުނީ އަހަރެން… ތިކިޔޭ އެއްޗެއްވެސް އެބަ އެނގޭތަ..” މާޔާގެ ވެސް އަޑުގަދަވިއެވެ.

” ހެވޭ ކޮންމެ މީހަކު ގެންގުޅުނަސް… ހީނުކުރާތި ބޭނުންގޮތަކަށް އަހަރެންގެ ދަރިއަކަށް ހެދޭނެ ކަމަށް…” ނަކީލްވެސް ބުނެލިއެވެ. ކުރެވުނު ކަންތަކާއި ދެރަވެ މާފަށް އެދިއްޖިއްވާ ވަކި ގެއްލުމެއްނުވާނެތާއެވެ.

” މިހާރު ކޮން ގޮތެއްތަ ހެދީ އަަހަރެން..” މާޔާ އުނަގަނޑުގައި އަތް އަޅުވާލަމުން ބުނެލީ ސީދާ ނަކީލްގެ ލޮލަށް ބަލަން ހުރެއެވެ.

“ނިދާފަ އޮތް ކުއްޖަކަށް އުދަނގޫކުރަންޖެހޭތަ…އެހާވަރަށް ރޮއްވަން ޖެހޭތަ…އޭން… މާޔާ ހީކުރަނީ އަހަންނަކީ މޮޔައެއް ކަމަށް ދޯ ….  މާޔާ ކޮންމެވެސް ގޯނާއެއް ކުރީ …އެހެންވެތާ އެވަރަށް ރޯނީ… ދަރިއަކު ބަލަންވެސް އެނގެނީކީނޫން… ނޭނގެ އެކުއްޖާފުޅަށް އަނިޔާ ނުކުރާ ކަމެއްވެސް…އެއީ ހަމަ އަހަރެންގެ ދަރިއަކަށް ވީމަތަ…ފާރިލްގެ ނަމަ އެވަރެއްނުވާނެ ދޯ… ހާދަ ނަފްރަތެކޭ ދޯ ތިކުރަނީ…ތިކަހަލަ އަންހެނުންނަށް މަންމައަކަށް  ވުންވެސް ހައްގެއް ނޫން ކަންނޭނގެ” ނަކީލް ބޭނުންވީ މާޔާ ދެރަކުރާށެވެ. އައިސްފައި ހުރި ރުޅިން ކިޔޭނުކިޔޭއެއްވެސް ނޭނގޭފަދައެވެ. އެކަން ނަކީލްއަށް ކިތަންމެ ރަގަޅަށް ކާމިޔާބުވެސް ވިއެވެ. ރުޅީގައި މިބުނެވުނީ ކިހާވަރުގެ އެއްޗެއްކަން ނަކީލްއަށް ވިސްނޭނެނަމަވެެއެވެ.

އުނަގަނޑުގައި އަތްވިއްދައިގެން ހުރި މާޔާއަށް ނަކީލް ބުނި އެއްޗަކުން ވަރަށް އަސަރުކުރިއެވެ.ހިތުގައި ފޮރުވާފައިވާ ޒަހަމްތަކެއް ތާޒާވިފަދައެވެ. މަޑުމަޑުން ފިޔަވަޅެއް ފަހަތަށް ޖައްސާލެވުނީ ނަކީލްއާއި ނަޒަރުވަކިކުރުމެއް ނެތިއެވެ.

” ޔޫ ހޭވް ނޯ ރައިޓް ޓު ސޭ ދެޓް..” މާޔާގެ އަޑު ތުރުތުރު އަޅަމުންދިޔައެވެ.

” އަހަރެން އެހާ ނަފްރަތު ކުރަނަމަކަ އެކުދިންނެއް ނުވެސް ވިހާނަންދޯ… އަދި އަމިއްލަ ނަފްސަށް އެކަމުން ނުރައްކާއެއް އޮތްކަން އެނގޭއިރުވެސް … ނަކީލްއަށް ނޯންނާނެ އެއަށް އެއްޗެއް ބުނުމުގެ ހައްޤެއް އެނގިއްޖެތަ..” މާޔާ އަޑަށް ބާރުލާފައި ބުނި އިރު ލޮލުން ކަރުނަ ފައިބަމުންދިޔައެވެ.

ނަކީލްއަށް ހުރެވުނީ މާޔާ ބުނި އެއްޗެއްގެ މާނަ ނަގައިންނާނެ ގޮތެއްވެސް ނޭނގިފައެވެ. ” ދަރީން…ވަޓް ޑުޔޫ މީން… ކޮން ނުރައްކަލެއް… ކޮން ދަރީންނެއް…؟ ” މާޔާއާއި ނަކީލް ސުވާލުކޮށްލީ ހަމަޖެހެން މަސައްކަތްކުރަމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

އާވާ ހަނދާން 11

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (17)

Next
April 15, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (17)

Previews
April 15, 2017

އާވާ ހަނދާން 11

29 Comments!

  1. ????? says:
    April 15, 2017 at 6:18 pm

    Vvv Rythi…..

  2. Maly says:
    April 15, 2017 at 6:21 pm

    Wow..v v v reethi.. . me first dhw.. keep it up.. next part kon irakun..

    1. Yasa says:
      April 15, 2017 at 10:10 pm

      Wow vary nice

  3. Nana says:
    April 15, 2017 at 6:28 pm

    Whoa.. Nice.

  4. Aki says:
    April 15, 2017 at 6:42 pm

    v reethi mi vaahaka dhen konirakun up kohla dhey nee

  5. Rose says:
    April 15, 2017 at 6:45 pm

    Nice story… mayaa ahlibuny twins kanneynge dw one is die

  6. Maree says:
    April 15, 2017 at 7:10 pm

    mi baives v reethi dhen konirakuntha up kohdheynee

  7. ainthu says:
    April 15, 2017 at 7:10 pm

    Hadha kurey miyavure dhigukolabala v reethi vaahaka konirakun Next part up kuraanee

  8. she says:
    April 15, 2017 at 7:25 pm

    Mi vahaka v kuru up kureveneeves ehaa lahun ???

  9. reader says:
    April 15, 2017 at 8:27 pm

    Anehkaa haadha kureyy

  10. Writer says:
    April 15, 2017 at 8:43 pm

    I am actually v busy vaahaka liyaa hiyvaathy liyany..Week aku eh faharu ekan thankolheh free week eh viyya twice or thrice… kurutha..but that is 5 page? then i ll try dhigu kureveytho

  11. Aki says:
    April 15, 2017 at 9:29 pm

    vv reethi mivaahaka..konme dhuvahaku ves one part up kohla dheebaa pls pls

  12. niky says:
    April 15, 2017 at 9:36 pm

    Haada bxy writer eakey dhw..eakamu ves bunealan beynuvany
    Story nimendhen geaneasdhenjey ..mi story v v v reethi.and kiyan varan beynun

  13. ReeXa says:
    April 15, 2017 at 9:51 pm

    Reethi

  14. ifaa says:
    April 16, 2017 at 12:10 am

    varah loabi

  15. sh says:
    April 16, 2017 at 12:14 am

    plx plx avahah genes dhee bala plx aharn adhi nukiyan mihaa reethi vaahakaeh

  16. writer says:
    April 16, 2017 at 11:28 am

    thankyou all… then next part next week sundayga…:)

    1. liu says:
      April 16, 2017 at 5:37 pm

      Alhey thiyan vuren avahen nentha kureaveykan.writer

    2. writer says:
      April 16, 2017 at 6:57 pm

      sorry .. i have exams 🙁

  17. Kiara says:
    April 16, 2017 at 4:39 pm

    Mi vaahaka ehaa lahun up kuraathy kiywa hitheh neh..
    Mi vaahaka ekkoh nimunyma kiyaalaanan dhn..

    1. writer says:
      April 16, 2017 at 6:59 pm

      upload kuran fashamun ves bunin week aku ehfaharah upload kuraanamey… i study medicine so most of the time i am very busy… then this is something i do as a hobby.. feel free to do that :)… time libunu varakun liyany…understand viyas nuwiyas i have no issue with that
      thank you

    2. limsha says:
      April 17, 2017 at 1:38 pm

      Haha

  18. Aki says:
    April 22, 2017 at 10:28 pm

    vaahaka up kuraairu dhigukon up kohla dheebaa pls pls… week ga one faharu thi up kohla dhenee

  19. kiyaameeha says:
    April 23, 2017 at 2:00 pm

    vaahaka …. vaahaka…. inthizaarugai

  20. Reen says:
    April 23, 2017 at 11:13 pm

    Kobaatha vaahaka konirakutha up kuraany pls pls pls Avahah up kohladheebala

  21. Aki says:
    April 24, 2017 at 7:18 am

    alhe kobaatha vaahaka ???

  22. ssss? says:
    April 24, 2017 at 2:28 pm

    Kon irakun tha next part up kohlanii… Waiting waiting waiting……..

  23. Aki says:
    April 25, 2017 at 8:50 pm

    alhey mivaahaka up kohla dheebaa pls pls

  24. Writer says:
    April 25, 2017 at 9:54 pm

    Varah bodah maafah edhen… vaahaka upload nukurevigen miulheny esfiyaige site ah laptop in nuwadhevigen…website unavailable ey arany… i have been trying almlst everyday. Ekam solve v avahakaa kuraanan… writer akah neygey phn in vaahaka liyaakah?

Comments are closed.

Next Episodeދުރުގައިވިޔަސް… (14 ވަނަ ބައި)←


All Right Reserved!