Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 3

ShaiShy Level 410 Stories100 Comments500 Comments
April 14, 2017 9 Mins Read
58 Comments

“އީތަން……!!!” ފަޒާގައި ގުގުމާލެވިފައިވަނީ ކައިޝާގެ އަޑެވެ. ވެއްޓެމުން ދިޔަ ކައިޝާ ދެލޯމަރާ ތަގުޅިކޮށްލީ މިއީ އޭނާގެ ފަހު ވަގުތުކޮޅުހެން ހީވުމުންނެވެ.

ވެއްޓުނު ގޮތަކުން ކައިޝާއަށް ވަރަށް ތަދުވިއެވެ. އެވަރުންވެސް ލޯހުޅުވާލަން ނުކެރިފައި އޮތީ ފެނިދާނެ އެއްޗަކުން އިތުރަށް ބިރުގަނެދާނެތީވެއެވެ. އޭރުވެސް ކައިޝާ ގޮވަމުން ދިޔައީ އީތަން އަށެވެ.
އީތަން!!…އީތަން!! ކައިޝާ އޭރު ތެޅިފޮޅެމުންދަނީއެވެ.

” ކައިޝާ…ލޯހުޅުވަބަލަ..ކައިޝާ…ކައިޝާ..” އެއިވުނީ އަންހެން އަޑެކެވެ. އެއަޑުން ހީވަނީ އޭނަގެ މަންމަހެންނެވެ. ނަމަވެސް މިގަޑީގައި މަންމަ އަންނާނެހެން ކައިޝާއަށް ހިޔެއް ނުވެއެވެ. އެވާނީ ކޮންމެވެސް އެހެން މީހަކަށެވެ. އަނެއްކާ………..؟

“ދަރިފުޅާ ލޯހުޅުވަބަލަ..ކައިޝާ..” މޫނުމަތީގައި ފިނިއެއްޗެއް ޖެހުނުހެން ހީވިއެވެ. އެހާގާތުން އެއިވެނީ އޭނާގެ މަންމަގެ އަޑުކަން ޔަޤީންވުމުން ކައިޝާ ދެލޯ ހުޅުވާލިއެވެ. އޮއެވުނީ އޭނާގެ ކޮޓަރީގައިއެވެ. އެނދުމަތިން ވެއްޓި ޓައިލްސް ތަކުގައި ޖެހުނު ގޮތަކުން ބޮލުން ތަންގަނޑެއް ދުޅަވެފައި ހުއްޓެވެ. އޭރުވެސް މީހާ ތުރުތުރު ލަމުންދިޔައެވެ. އެބޮޑު ދެލޮލުގައި ވަނީ ބިރާއި ސިހުން އެކުލެވިފައެވެ.

“ދަރިފުޅު ކުރުސި ނުކިޔާ ދޯ ނިދީ…އެހެންވީމަ ބިރުވެރި ހުވަފެން ފެންނަނީ..ދައްކަބަލަ މިތަން ދުޅަވެފަހުރި ވަރު ބަލާބަ..” މަޖުދާ ވާހަކަދެއްކީ އޭނަގެ ދަރިފުޅާއެވެ. އަތުގައި އޮތް އައިސް ކިއުބު ކުޑަފޮތިކޮޅަކަށްލާ އޮޅާލަމުން ކައިޝާގެ ނިންމަތީގައި ޖައްސާލިއެވެ.

“އާހް! ތަދުވޭ މަންމާ..ތަންކޮޅެއް މަޑުން ” ފިނިކަން އިހުސާސްވުމާއެކު ކައިޝާ ބުނެލިއެވެ. އޭރުވެސް އޭނާ އަށް އިނދެވުނީ ވިސްނުމެއްގައިއެވެ. އެފެނުނީ ހަމަ އަސްލުވެސް ހުފަނެއް ހެއްޔެވެ؟ އެކަމަކު ހަޤީގަތާއި ހާދަ އެއްގޮތެވެ. ހީވަނީ އަދިވެސް އެމަންޒަރުތައް ހިތަށް ސިފަވާހެންނެވެ. ކައިޝާ އޭނާގެ އަތަށް ބަލާލީ ކަމެއް ހަނދާން ވުމުންނެވެ. ތފާތުކަމެއް ފާހަގައެއް ނުކުރެވުނެވެ. އެވަގުތުވެސް އަތުގައި ލޮނދިކަމެއް ހުރިކަމުގެ އިހުސާސް ކުރެވެނީ ކީއްވެހެއްޔެވެ؟

” އީތަން އެއީ ކާކު؟ ދަރިފުޅު މަންމައަށް އެއްވެސް ކަމެއް ސިއްރު ނުކުރައްޗޭ އިނގޭ… “މަޖުދާގެ ސުވާލުން ކައިޝާ ސިހިގެންދިޔައެވެ. އެވަގުތު ކައިޝާވެސް ވިސްނަމުން ދިޔައީ އެކަމާއެވެ. އީތަން އެއީ ކާކުހެއްޔެވެ؟ އޭނާގެ އުމުރުން މިވީ 18 އަހަރުތެރޭގައި އެނަން ކިޔުނު އަދަދެއް ނޭނގެއެވެ. ޔަޤީނުންވެސް ގުޅުމެއްނެތި އެނަން ކައިޝާގެ ސިކުނޑިގައި ހަރުލާފައި ނުވާނެވެ. ކައިޝާއަށް ދިމާވާ ކޮންމެ މުސީބާތަކުން ސަލާމަތަށް އެދި ގޮވެނީ އީތަން އަށެވެ. އެއީ ހުވަފެނުގައި ވިޔަސްމެއެވެ.

” މަންމާ އަޅުގަނޑަށްވެސް އެއްޗެއް އެނގިގެންނު ސިއްރު ކުރާނީ..” ކައިޝާގެ އަޑުގައި މޮޅިވެރިކަން އެކުލެވިގެންވެއެއެވެ. އީތަން އެއީ ކާކުކަން އެނގެން އޭނާވެސް ބޭނުމެވެ. ނަމަވެސް މިއަދާޖެހެންދެން އަލިމަގެއް ފެނިފައިނުވެއެވެ.

“ދެންވެސް ކުރުސި ކިޔައިގެން ނިދާލާ އިނގޭ..މަންމަވެސް ނިދަން ދަނީ މި..” ކައިޝާގެ ނިތުގައި ބޮސްދިނުމަށްފަހު މަޖުދާ އެކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.

ކައިޝާވެސް އެނދަށްއަރާ ރަޖާގަނޑު ރީތިކޮށްލަމުން އޮށޯވެލީ ކޮންމެހެން ނިދިމުގެ ބޭނުމުގައެއް ނޫނެވެ. އޭނާގެ ބޮލުގައި ވަރަށް ގަދައަށް ރިހެމުންދާތީވެ އެކަމަށް ލުޔެއެއް ހޯދުމަށެވެ.

**
“މަންމާ!…މަންމާ!..ކޮންތާކު ތިހުރީ؟” އީތަން ގެއަށް ވަންނަމުން ގޮވާލިއެވެ. އަޑުންވެސް ކަމަކާ ހާސްވެފައިހުރިހެން ހީވެއެވެ. އޭނާ ކުރަން އުޅޭ ކަނތައް ކަމިޔާބުވެދާނެ ކަމާމެދު ޝައްކެވެ.

“ބަދިގޭގައޭ..އާދެބަލަ މިފަރާތައް..” ހުސްނާގެ އަޑު އައީ ފުދޭވަރަކަށް މަޑުންނެވެ. އީތަން މިސްރާބުޖެހީ ބަދިގެއާ ވީފަރާތަށެވެ.

“މަންމާ! އަޅުގަނޑު އެހެން ރަށަކަށް ބަދަލުވުމަށް މިއަދު އަންގައިފި…މަންމައަށްވެސް އިނގޭނެ ޕޮލިހުންނަކީ މިފަދަ ބައެއްކަން…މިކަމަށް މަންމަ އެއްބަސްވާނަންދޯ؟…ބުނެބަލަ އާނއެކޭ..ޕްލީޒް..” އާދޭހުގެ ރާގެއްގައި އީތަން ބުނެލިއެވެ. ހުސްނާއަށް ވެގެންވަންޏާ ފަޅި ސިކުންތަކަށްވެސް އީތަން ލޯމަތިން ގެއްލުނަ ނުދޭނެއެވެ. ނަމަވެސް މިހާރު އެއީ ކުޑައިރުގެ އީތަން އެއް ނޫނެވެ. އަމިއްލަ ކަންތައްތައް ނިންމުމުގެ ބާރު ލިބިގެންވާ ތޫނުފިލި ކުއްޖެކެވެ. ނަމަވެސް މިއަދުވެސް ހުސްނާގެ ހިޔާލަށް އެދި އެހީތީވެ އެހިތަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ.

“ދެން މަންމަ ކީކޭ ބުނާނީ؟..ދަރިފުޅު ނެތީމަ މަންމަ ވަރަށް އެކަނިވެރިވާނެ..އެކަމަކުވެސް މަންމައަށް އިނގޭ ދަރިފުޅު ދާންޖެހޭނެކަން..އެހެންވީމަ ދެން އެއްޗެހި ޕެކް ކުރަންވީދޯ..” އުނދުންމަތީގައި ހުރި ބަތްތެލި ބާލަމުން ހުސްނާބުނެލިއެވެ.

“ދެން މަންމަ ތިހާ އަންނަން ބޭނުމިއްޔާ އަޅުގަނޑު މަންމަ ގޮވައިގެން ދާނީ އޯކޭއެއްނު؟.. އެހެން ނޫނަސް އަޅުގަނޑު ވަރަށް މިސްވާނެ މަންމަގެ މޮޅު ކެއްކުންގަނޑު މަތިން..” ހުސްނާގެ ކޮނޑުގައި ހިފަހައްޓާލަމުން އީތަން ހިނިތުންވެލިއެވެ. ހުސްނާވެސް ހިނިތުންވެލިއެވެ.

“މަންމަ ނުދާނަން…އިނގެއެއްނު މިރަށަކީ ދަރިފުޅުގެ ކުޑައިރުގެ ހަނދާންތައް ވާތަނަކީ ދަރިފުޅުގެ ބައްޕަވެސް ވަކިވެފައިވަނީ ހަމަ މިރަށުން އެހެންވީމަ މަންމަ ދާހިތެއް ނުވޭ…ދެން ބުނެބަލަ ކިތައް ދުވަހަށްތަތިދަނީ؟..އޭރުންނެއްނު އިނގޭނީ ޕެކް ކުރަންވެސް” ސިންކުކައިރިއަށް ޖެހިލަމުން ހުސްނާ ބުނެލީ ލޮލަށް ޖަމާވަމުންދާ ކަރުނަތައް އީތަން އަށް ފޮރުވުމަށެވެ. އެހެންނަމަވެސް އީތަންގެ އެތޫނު ދެލޮލަށް އެކަން ސިއްރެއް ނުކުރެވުނެވެ.

” މަންމަވެސް ދެން ވަރަށް އިމޯޝަނަލް ވާނެ…މާދަމާ ފުރަނީ ދެން އަޅުގަނޑު އަންނާނަން ތިންމަސް ފަހުން…އަސްލު މިދަނީ އެކޮޅުގައި ބަޔަކު ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން..މާލެއާއި އެކި ރަށްރަށުން ޕޮލިހުންގެ ޓީމެއް އެކުލަވާލިއިރުގަ އެލިސްޓުގައި އަޅުގަނޑުވެސް ހިމެނުނު..ދެން މަންމައަށްވެސް އިނގޭނެ އައްޑޫއަކީ އާދައިގެ ތަނެއް ނޫންކަން އެހެންވެ މިފަހަރު ވަރަށްގިނަމީހުން އެކޮޅަށްދާގޮތަށް ހަމަޖެހިފައިއޮތީ..” އީތަން އޭނާގެ ކުރު އެހެނަސް މުހިއްމު އެދަތުރާއި ބެހޭ މައުލޫމާތު އޭނަގެ މަންމައާއި ހިއްސާކޮށްލިއެވެ.

ސިންކުކައިރީގައި ހުރި ހުސްނާގެ ހިތުގެ ހިނގުންވެސް މަޑުޖެހިލިއެވެ. އީތަން ހަމަ އަސްލުވެސް އައްޑުއަށް ދަނީ ހެއްޔެވެ؟ ހުސްނާގެ ހަޔާތުގެ އެއްބައި ހޭދަކުރި އުފަން ރަށަށް ހެއްޔެވެ؟ ހުސްނާ އޭނާގެ ބައްޕަ އާއި މަންމަ މަތިން ހަނދާންވުމުން އެހިތް ރުޔެވެ. މަންމަ ނިޔާވިތާ ދޮޅުއަހަރުވާން ކައިރިވެފައިވަނިކޮށް ބައްޕަވެސް ވަނީ ދުނިޔެ ދޫކޮށްފައެވެ. ހުސްނާއަށް އެޚަބަރު ދިނީ މަޖުދާއެވެ. ހަމައެދުވަހު އޭނާގެ ނަމްބަރު ބަދަލުކުރީ ދެން އެނބުރި އެދުނިޔެއަށް ދާން ބޭނުން ނުވީމައެވެ. އޭނަގެ މަންމައާއި ބައްޕަގެ މަރުގެ އިލްޒާމު އަމިއްލަ ބޮލުގައި އަޅުވައިގެން މިއަދާހަމަށް ހުސްނާ އެދަނީ އެކަމުގެ ހިތާމަ ކުރަމުންނެވެ.

“ކީކޭ؟…އައްޑޫއަށޭ؟…ދެން މިހާދުރުގައި ދަރިފުޅު ހުއްޓާ އެމީހުން ކިހިނެއް ދަރިފުޅުގެ ނަން އެލިސްޓުގައި ހިމެނީ..؟ ހުސްނާ ޝައްކުގެ ނަޒަރުން އީތަން އަށް ބަލާލަމުން ބުނެލިއެވެ. އެހިތް ބުނާކަހަލައެވެ. އީތަން ކޮންމެވެސް ކަމެއް ސިއްރު އެބަކުރެއެވެ.

“އަޅުގަނޑަކަށް ނޭނގެ ތިއެއް..މިރަށުން ހައްމާދުވެސް ދާނެ..މަންމަ ކޮންކަމާ ހާސްވަނީ ތި؟..އަޅުގަނޑު އުޅޭނީ ވަރަށް ބަލައިގެންނޭ..” އީތަން އޭނަގެ މަންމަ ހިތްހަމަޖެއްސޭތޯ އުޅުނެވެ.

“ނޫން..ނޫން..ދަރިފުޅު އެކަނި އެހާދުރަށް ދާކަށް މަންމަ ހިތްހަމަ ނުޖެހޭ..އެހެންވީމަ މަންމަވެސް ދާނަން އިނގޭ..އެގޮތަށް ނިންމީ މި…ފުރުމުގެ ކުރިން ކުރަންޖެހޭ ވަރަށް ބައިވަރު ކަންތައް ކުރަން އެބަހުރި..” ބަދިގެއިން ނިކުންނަން ހިނގައިގަތް ހުސްނާގެ މޫނުމަތިން ހާސްކަން ފިލާ ނުދެއެވެ. ހުސްނާގެ އެނިންމުމުން އީތަންއަށް ބަޔާންކުރަންދަތި ހިތް ހަމަޖެހުމެއް ލިބުނެވެ. އެއީ އޭނާ އުއްމީދުކޮށްގެން ހުރި ގޮތެވެ. ހުސްނާ މިދަތުރުގައި ބައިވެރިވުން ވަރަށް މުހިއްމެވެ. އެހެނީ އީތަންގެ މިދަތުރަކީ ވަޅުލެވިފައިވާ ސިއްރުތަކެއް ހޯދުމަށް ކުރާދަތުރެކެވެ. ހުރިހާކަމެއްގެ ފެށުން އައި ހިސާބަށް ދިޔުމަށް ދެން މާގިނަ ވަގުތެއް ނެތެވެ.

ހުސްނާ ދިޔުމުން އީތަން އޭނާގެ ޖީބުން ފޯނު ނެގުމަށްފަހު ނަމްބަރަކަށް ގުޅާލިއވެ.

“ހަލޯ ސަރ…މަންމަ އެއްބަސްވެއްޖެ..ތޭންކްޔޫ ސޯ މަޗް..އަސްލުވެސް އަޅުގަނޑުގެ އެދުން ޤަބޫލުކުރީތީވެ ސަރ އަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން..” އީތަން ބުނެލިއެވެ. ހަޤީގަތުގައި މިދަތުރު އީތަން ރޭވީ ހާއްސަ މަޤުސަދެއް އޮތީމައެވެ. އައްޑޫއަށް ދާން އީތަން ނުހަނު ބެނުމެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކަންތައް އޮތީ ހުވަފެނެއްގެ ސިފައިގައެވެ. މިއަދު އެހުވަފެނުގައި ކުލަޖެއްސުމަށް އީތަން އެވަނީ އަތުކުރި އޮޅާލާފައިއެވެ. އީތަން އޭނާގެ އޮފީހުގެ ބޮޑު މީހާއަށް އަދިވެސް އެއްފަހަރު ޝުކުރުވެރިވަމުން ފޯނު ކަނޑާލިއެވެ. އެއަށްފަހު އެހެން ނަމްބަރަކަށް މެސެޖެއް ކޮށްލުމަށްފަހު ބޭރަށް ނިކުތެވެ.

**
އީތަން ގޭ ދޮރުމަތީގައި ހުއްޓި ހުންނަތާ ފަނަރަ ވަރަކަށް މިނެޓް ފަހުން މަގު ކޮޅުން ސައިކަލެއްގެ އަޑު އިވުނެވެ.

“ހޭ މޭން..ކޮންކަމެއްތަ މީ؟ މިއަދު ހަލީމް ސަރ ބުނުއްވި އަހަރެމެން ދެމީހުން އައްޑުއަށް ފުރަން ރެޑީވާށޭ..އަހަރެންނަކަށް ނުވިސްނުނު ރާއްޖޭގެ އުތުރުން ދެކުނަށް ދާންޖެހޭވަރަށް ކަމެއް ގޯސްވަމުންދާކަމެއް…ސުވާލު ކުރުމުން ޖަވާބެއް ވެސް ދިނީއެއް ނޫން…ކަލޭގެ މެސެޖެއް ލިބުމުން މަށަށް ޔަޤީން ކުރެވިއްޖެ މީ ހަމަ ކަލޭގެ ކަމެއްކަން…ކުޑައިރުއްސުރެ މަގޭ ބޮލަށް އުނދަގޫ ކުރާނެ އައްޑޫއޭ ކިޔާފަ..” ސައިކަލު ޕާރކް ކޮށްލަމުން ހައްމާދު ފައްޗަކަށް އަމުނާލިއެވެ.

“ހަހަ..ކަލެއަށްވެސް އިނގޭނެ މަމީގޮތެއް ނިންމައިފިއްޔާ އެކަމެއްގައި ދެމިހުންނަ މީހެއްކަން..މަ ނުބުނަންތަ މިއަހަރު ނިމުމުގެ ކުރިން އައްޑޫ އަށް ދާނަމޭ؟..ކޮބާ ހީވޭތަ ކަމެއްހެން؟ އަދި މި ފެށެނީ އޮކްޓޯބަރ މަސް..” އީތަން ފޮނިވެލިއެވެ.

“އޯކޭ އޯކޭ ސާހިބާ ތިޔައީ ފިސާރި ފިރިހެނެއް…މައަސްލު ދާން އެއްބަސްވީ ދެން އެތަނުން ނަމަވެސް ސަޅި ބިޓެއް ފެނިދާނެކަމަށް..މަގޭ މަންމަ އެކަނި ވީމަ ފޫހިވެގެން އުޅޭނެ ވަރަށް..ދެން އެކޮޅުން މީހަކާ އިނދެގެން އައީމަ ބޮލަށް ފަސޭހަ ވާނެ..ކަލޭވެސް އުޅެބަލަ ނިންމަން ތި ހުވަފެނުގެ ރާނީގެ އިންތިޒާރުގައި ހުއްޓާ މުސްކުޅިވެދާނެ” އީތަންގެ ކޮނޑަށް އަތް ވައްޓާލަމުން ހައްމާދު ދިމާކޮށްލިއެވެ.

ހައްމާދު ޤަބޫލު ނުކުރިޔަސް އީތަން އަށް އޭނައަށް އެފެންނަ ހުވަފެންތަކުގައި ފޮރުވިފައިވާ ހަޤީގަތެއްވާނެކަން ޤަބޫލު ކުރެވެއެވެ. ހުވަފެނުގައި އެފެންނަ އަންހެން ކުއްޖާގެ ހަޤީގަތް ހޯދަން އޭނާ އައްޑޫއަށް ދާންޖެހޭނެއެވެ. މިފަހަރު އީތަން ހަމަނޭވާލާނީ އެކަން ހާސިލްކޮށްފައެވެ. ކޮންމެފަދަ ގޮންޖެހުމަކާ ކުރިމަތިލުމަށް އޭނާ އެހުރީ ތައްޔާރަށެވެ. ނަމަވެސް އީތަން އަށް ނުވިސްނުނު ކަމަކީ އޭނާ އެދަނީ މަރުގެ ތުންފަތް މައްޗަށް ކަމެވެ. ސަލާމަތް ވާނެކަމުގެ ޔަޤީން ކަމެއް ނެތެވެ.

**

މާލޭގެ މެދުގައި ހުރި ޒަމާނީ ފެންވަރުގެ ގޭގެ ބޭރުން މުއްސަނދިކަން ފާޅުވާން ހުއްޓެވެ. އެގެ ފަސްދީފައިދާ ކޮންމެ މީހަކުވެސް އެގެއަށް ނުބަލައި ނުދާހާ ރީތިކޮށްފަރުމާކޮށްފައި އެވާ ގޭގެ ވެރިޔާ އަކީ މާލޭގެ ހުރިހާ އަންހެން ކުދިންގެ ހުވަނުގެ “ޕްރިންސް” އެވެ. ނަމަވެސް ޒިއަދަންގެ އެ ހުންނަ ސިއްރުވެރި ގޮތަކުން އޭނައާއި އެކު އެއްވެސް އަންހެން ކުއްޖަކަށް އުޅެވޭގޮތްވަނީ ނުވެފައެވެ. މާއަވަހަށް ރުޅިގަދަ ވެދާނެއެވެ. ޒިއަދަންއަށް ކަމުދާ އެއްވެސް ކަމެއް ނޯންނަ ކަހަލައެވެ. އޭނައާއި އެކު އުޅޭ ކުދިން އަބަދުވެސް ތިބެނީ ސިހިސިހިއެވެ. ސަބަބަކީ ޒިއަދަން ރުޅިގަދަ ވެއްޖިއްޔާ ހުރިހާ ރުޅިއެއް ބާލާނީ އަބަދުވެސް އެއިރެއްގައި އުޅޭ ކުއްޖަކަށެވެ.

“އޯހް ޕްލީޒް ޑޯންޓް ސޭ ދެޓް އެމް ގޮއިން ޓް ބިލީވް ޔުއަރ ނޮންސެންސް…” ޒިއަދަން ހީވަނީ ރުޅިންގޮސް ފަޅައިގެންދާން އުޅޭހެންނެވެ. ކޮޓަރީގެ އެތަނަވަސް އެނދުގައި އޮށޯވެގެން އޮތް ޒިއަދަންގެ ދެފައި އޮތީ އެނދުން ބޭރަށްވާގޮތަށް ތިރިއަށެވެ.

” އާދޭސް ކުރަން ޒިއަދަން…އަހަރެން ވަރަށް ލޯބިވޭ..ހުވާ ކޮށްފައި މި ބުނަނީ އަހަރެންގެ ބަނޑުގައި މިއޮތީ ޒިއަދަންގެ ދަރިއެއްކަން..ދެން އަހަރެން ކިހިނެއް ހަދާނީ؟…މައިންބަފައިން ބަދުނާމުވެ މުޅި އާއިލާ ލަދެއްގައި ބެދޭނެ..މިއަދު ޒިއަދަން އަހަރެން ބަލައި ނުގަތިއްޔާ އަމިއްލައަށް މަރުވާނަން..އަހެރެންގެ އާއިލާ ބަދުނާމުވާތަން ދެކެން ދުނިޔޭގައި ހުރުމުގެ ބޭނުމަކީ ކޮބާ.؟” ރޮމުން ގިސްލަމުން ދިޔަ ނީޝާ އިނީ ޒިއަދަންގެ ފައިބުޑުގައެވެ. ނީޝާއަކީ ޒިއަދަންގެ މިހާރުގެ ލޯބިވެރިޔާއެވެ. ޒިއަދަންގެ ރީތިކަމުގައި ޖެހި ނީޝާ އަމިއްލަ އިތްފަތްތެރިކަން ހަދިޔާ ކުރީ އެލޯބީގާ އާވާރާ ވެފައި ހުރުމުންނެވެ. އާއިލާ އާއި ރަހުމަތްތެރިންގެ އެތައް ނަސޭހަތެއް ދިނުމުންވެސް އެކަމަށް ނީޝާ ދިނީ ބީރު ކަންފަތެކެވެ. ޒިއަދަން ވަނީ ނީޝާގެ ލޮލުގައި ވަރުގަދަ އަނދުނެއް އަޅުވާފައެވެ. ނަމަވެސް މިއަދު ނީޝާ އެވަނީ އޭނާގެ ހަޔާތް އަމިއްލަ ދެއަތުން ބަރުބާދުކޮށްލާފައެވެ.

ޒިއަދަންގެ ފައިން ޖަހާ ނީޝާ ކޮށްޕާލުމާއެކު ބިންމަތީގައިވާ ކުނިކޮޅެއް ފަދައިން ނީޝާ ވިއްސައިގެން ދިޔައެވެ. އެކަމުންވެސް ޒިއަދަންގެ ބާރުގަދަކަން ހާމަވެގެން ދިޔައެވެ. ޒިއަދަން އޭނާގެ އެފުޅާ ހަށިގަނޑު ދަމާލަމުން އެނދުން ތެދުވެލިއެވެ.

“ގޯ އެން ޑައި..އައި ޖަޒް ޑޯންޓް ގިވް އަ ޑޭމް އަބައުޓް ޔޫ..ނީޝާގެ އަމިއްލަ ކަމެއް އެއީ މަރުވުމާއި ނުވުން..އަހަރެން ބޭނުންވެގެންތަ ތިކަމެއް ވީ؟ އަހަރެން އެއްއިރެއްގައިވެސް ކަލޭދެކެ ލޯތްބެއް ނުވޭ…އެކަން އެނގިހުރެ މަގޭ އުނގުތެރެއަށް ކަލޭ އައީ ދެން އޭސް ޔޫ ނޯ އައި އޭމް އަ މެން އެން އައި ޑޫ ހޭވް ފީލިންގްސް..” ޒިއަދަން އޭނާގެ އެފިރިހެންވަންތަ އަޑުން ބުނެލި ރަހުމު ކުޑަ ބަސްތަކުން ނީޝާގެ ހިތުގައި ލެވިފައިވާ ޒަހަމުތަކުގައި ލޮނުމިރުސް އެޅުނުފަދައެވެ. އިތުރަށް އެތާ މަޑުނުކޮށް ނީޝާ ދުވެފައި އެކޮޓަރިން ނިކުމެގެން ހިގައްޖެއެވެ.

ޒިއަދަންގެ މޫނުމަތިން ނުލަފާ ހިތުންވުމެއް ފާޅުވިއިރު އެހިތަށްވަނީ ހަމަޖެހުމެއް ލިބިފައެވެ. ނަމަވެސް ހިނދުކޮޅެއްގެތެރޭގައި އެހިނިތުންވުން ފިލާ ރުޅިވެރިކަން ފާޅުވިއެވެ. ކޮން ކަހަލަ އިންސާނެއް ހެއްޔެވެ؟ އެއްވެސް މީހަކަށް ޒިއަދަން ދެނެގައްނާކަށް ނޭނގޭނެއެވެ.

” ވަޓް ދަ…..އަގެއިން ޔޫ ކޭމް ބި*..” އަތުގައި އޮތް މާވަށިގަނޑު ދޮރާއި ދިމާއަށް ހޫރުވާލަމުން ޒިއަދަން ހަޅޭލަވާގަތެވެ. ހަމަ އެއާއިއެކު ބިއްލޫރިތަކެއް ފުނޑުފުނޑުވި އަޑުފައްގަނޑެއްވެސް އިވުނެވެ. ޒިއަދަންގެ ކޮޓަރީ ދޮރުމަތީ ހުއްޓި ހުރި ޖައިލާންގެ މޫނުމަތިން ސިހުމާއި ބިރު ފެންނަން ހުއްޓެވެ. ދެންމެ އެމާވަށިން އޭނާގެ މޫނުގައި ނުޖެހުނުކަން އެއީ ހަމަ ނަސީބެކެވެ. ޖައިލާންގެ ގުދުވެ ނުލި ނަމަ މިހާރު އޭނާ އޮންނާނީ އައި ސީ ޔޫގައި ކަން ޔަޤީނެވެ.

“އޯހް ޑޫޑް ކާމް ޑައުން..” އެތެރެއަށް ވަދެގެން އައި ޖައިލާންގެ އަޑަށް ޒިއަދަން ފަސްއެނބުރި ބަލާލިއެވެ. އޭރުވެސް އެމޫނުމަތީން ރުޅިވެރިކަން ފިލާނުދެއެވެ.

“މިއުޅޭ އަންހެންކުދިންގެ ކަންތައް ބޮޑުވީމަ އެހެންވެސް ވާނެ..ދޭ އޯލް ނޯ ދެޓް އައި އޭމް އަ ޕްލޭ ބޯއީ..ބަޓް ސްޓިލް ދޭ ފޯލް ފޯ މީ..މިއުޅޭ ނީޝާ އާއި ތަންކޮޅެއް ކްލޯޒް ވެލުމުން މިހާރު އިންނަން އާދޭސް ކުރަނީ..ދެން އަހަރެން ލޯބި ނުވާ މީހަކާ އިނދެގެން ކޮން އުފަލެއް ލިބޭނީ.. އެން އައި ޑޯންޓް ވޯންޓް ޓް ރުއިން މައި ލައިފް..” ޒިއަދަން ދަތްތަކަށް ބާރުލަމުން ބުނެލިއެވެ.

“ތިވާހަކަ ދައްކަން މަވެސް މިއައީ…ދެންމެ މިގޭ ކުރިމަތިން ދަނިކޮށް ނީޝާ އާއި ދިމާވި..ވަރަށް ރޮއެފައި ހުރިހެން ހީވަނީ..މަ އެހީމަ ބުނީ ޒިއަދަން މެރީ ނުކުރަންޏާ މަރުވާނަމޭ..އަހަރެން ވަރަށް ނަސޭހަތް ދިނިން އެހެން ނުހަދަން..އެކަމަކު ހިޔެއް ނުވޭ މަދެއްކި ވާހަކަ އަޑުއެހިހެނެއް..” ޖައިލާން ކަންބޮޑުވުން ފާޅުކުރިއެވެ.

” ކަމޯން ޖައްލޭ…ދެން ތިބުނަނީ މަ އެ ނާސި އަންހެނާއާ މެރީ ކުރާށޭތަ؟ ނުވާނެ ތިކަމެއް ހެޔޮ މަރުވިޔަސް..މަށަށް ކީއް؟” ޒިއަދަން ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ.

“މަ ނުބުނަން ޒިޑޭ އޭނަ އާއި އިންނާށޭ..މަގޭ މައިންޑްގަ އެބައިން ވަރަށް ސަޅި ހިޔާލެއް..ހިނގާ އައްޑޫ އަށް ދާން…ވަރަށް ހޮޓް ޗިކުން ތިބޭނެ..ދެން ތިހާ ސްމާރޓް މީހަކަށް ކާމިޔާބު ނުވެ ނުހުންނާނެ.. މަގޭ މަންމަމެން އެބައާދޭ މާލެއަށް..ހީވަނީ މިފަހަރު ވަރަށް ގިނަދުވަހު މިކޮޅުގައި ތިބޭނެހެން…ސޯ އަހަރެންގެ ގެ ހުންނާނީ ހުސްކޮށް..ވީ ކޭން އެންޖޯއީ މޭން..ވަރަށް މަޖާވާނެ..ހިނގާބަލަ އޭރުން މީހާ ތަންކޮޅެއް ފްރެޝްވެސް ވެލާނެ..ދެން އަނެއްކާ މި ނީޝާއެއް ދަންޖެހިގެން މަރުވިއްޔާ ޒިޑޭ ބްލޭމް ކުރާނެ ކޯޒް އޭނަ ފެމިލީއަށް އިނގޭ ޒިޑޭއާ ރައްޓެހިވެގެން އުޅޭކަން..” ޖައިލާން އޭނާގެ މޮޅު ޕްލޭން ޒިއަދަން އާއި ހިއްސާކޮށްލިއެވެ.

“މަށަށް ޔަޤީން ނީޝާ އަކަށް ނުކެރޭނެކަން އެހެން ބުންޏަސް.. އެކަމަކުވެސް މިހާރުގެ ކުދިންގެ ގޮތެއްވެސް ނޭނގޭނެ..ސޯ ދެން އެ ޗެޕްޓަރ ނިންމާލާފަ އަލުން ފަށަމާ…ލެޓްސް ގޯ ޓް އައްޑޫ..” ޖައިލާންގެ އަތުގައި އަތް ޖަހާލަމުން ޒިއަދަން ހިނިގަނޑެއް ޖަހާލިއެވެ.

**
ރޭގަނޑުގެ ވަގުތެވެ. ޒިއަދަން އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ މައިންބަފައިންނަށެވެ. ދުވާލުގެ ގަޑިތަކުގައި ބުރަކޮށް އުޅުމަށްފަހު ތިން މީހުން އެއްކޮށް ދިމާވާނީ ރޭގަނޑުގެ ކެއުމަށެވެ. އިންތިޒާރުގެ ނިމުން އައީ ޒިއަދަން އެހެން އިންނަތާ ބައިގަޑިއިރުވީ ފަހުންނެވެ.

“ހެލޯ މޯމް..” ޒިއަދަން އޭނާގެ މަންމަ ގައިގައި ބައްދާލަމުން ބުނެލިއެވެ. ކައިރީގައި ހުރި އޭނާގެ ބައްޕަ އެއީ ނެތްފަދަ މީހެކެވެ.

ކެއުމަށް އިންސާފު ކުރަމުން ދިޔަ ޒިއަދން އޭނޭގެ ރޭވުންތައް ހުރިގޮތް ކިޔަމުން ދިޔައެވެ. ޖައިލާން އާއި އެކު އައްޑުއަށް ދާކަމާއި އެކޮޅުގައި ވާނެ ދުވަހެއް ބުނެދޭން ނޭނގޭކަންވެސް ބުނެލިއެވެ.

” ނުދެވޭނެ! އައްޑޫ ނޫން އެހެން ކޮންމެތަނެއްވެސް މަށަށް ވަރިހަމަ..އެކަމަކު އެތަނަކަށް ނުދެވޭނެ..” ޒިއަދަން ސިހިގެންދިޔައީ އޭނާގެ ބައްޕަގެ ބަރު އަޑުންނެވެ.

” ކަމޯން ޑޭޑް އަހަރެން ނާހަން ދޯ ހުއްދައަކަށް…މިބުނީ މާދަމާ އަހަރެން ފުރަމޭ…ހަމައެކަނި ބުނެލީ މި އެވެސް މޯމް ކައިރީގައި..އެމް ޝުއަރ ޝީ އިޒް ފައިން ވިތް އިޓް…އެން ޑޭޑް އައި ނޯ ޔޫ ވިލް ނެވަރ ސޭ އެނީތިންގ ވިޗް ވިލް މޭކް މީ ހެޕީ ސޯ އައި ޑޯންޓް އެކްސެޕެޓް އެނީތިންގް ފްރޮމް ޔޫ..” ގޮނޑި ދުރައްޖައްސާލަމުން ޒިއަދަން ކާމޭޒު ދޫކޮށްފައިދިޔައެވެ. ޒިއަދަންގެ ފަހަތުން އޭނާގެ ބައްޕަވެސް ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ހުއްޓެން މަޖުބޫރު ވީއެވެ.

“ނޫރު! ތީދެން ކޮންކަމެއް؟…އަބަދު ޒިއަދަންގެ ގޯސް ކަންތައް ފާހަގަކޮށް އުޅެނީ ކީއްވެތަ؟ އެހެން ހަދާތީވެ އޭނަ ނޫރު އާއި އެހާ ދުރުވެފައި އެހުރީ..” ޒުއްނޫރުގެ އަތުގައި ހިފަހަޓަމުން ޒިމްރީނާ ބުނެލިއެވެ.

“ކިތައް ފަހަރު ބުނަންވީ މަށަށް ނޫރު ނުކިޔާށޭ…ޒިމްރީނާ އަބަދުވެސް އުޅޭނީ މަ ރުޅިއަރުވަން..” އަތް ފޮޅުވާލަމުން ޒުއްނޫރު ބުނެލީ ރުޅިވެރިކަމާއެކުއެވެ. އިތުރަށް އެތާ މަޑުނުކޮށް ދާން ހިނގައިގަތް ވަގުތު ޒިމްރީނާ ވާހަކަދައްކަން ފެށިއެވެ.

“ހުސްނާ އެކަނި ދޯ ނޫރު ކިޔަން ޖެހޭނީ؟ ޒިއަދަން ދިޔަ ނުދޭން ތިއުޅޭނީ އެރަށަށް ގޮސްފިއްޔާ އޭނައަށް ހަޤީގަތް އެނގިދާނެތީވެ ދޯ؟ މަށަށް އެއްވެސް ކަމެއް ސިއްރެއް ނުވާނެ..ޒުއްނޫރަށް އެކަން ރަނގަޅަށް އެނގޭނެ..” ޒިމްރީނާ އޭނާގެ ބާރުގަދަކަން އެވަގުތުވެސް ހާމަކޮށްލިއެވެ.

ޒިއަދަން އާއި އީތަން އެކަކު އަނެކަކާ ދިމާ ނުވުމަށް ޒުއްނޫރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެއެވެ. އެދެމީހުން ދިމާވެއްޖެނަމަ ވަރުގަދަ ތޫފާނެއް ކުރިމަތި ކުރުވާނެ ކަމުގެ ސިގުނަލް މިހާރުވެސް ޒުއްނޫރަށް ލިބެމުން ދިޔައެވެ. ޒުއްނޫރު އެހާވަރުން ޒިއަދަން އާއި އީތަން ބައްދަލު ނުވޭތޯ މިއުޅެނީ ކީއްވެހެއްޔެވެ؟ އެކަމުގައި ފޮރުވިފައިވަނީ ކޮންކަހަލަ ސިއްރެއް ހެއްޔެވެ؟
**

އާދުވަހަކަށް އިރުއަރައިގެން އައީ އީތަން އޭނާގެ މަންމަ އާއި އެކުވެރިޔާ ހައްމާދުއާއި އެއްކޮށް ފެށިދަތުރުންނެވެ. ހަމަ އެހެންމެ ޒިއަދަންވެސް ޖައިލާން އާއި އެއްކޮށް ދަތުރު ފަށާފައިވަނީ އެއް މަންޒިލަކަށެވެ.

ދެބައިމީހުންނަށްވެސް އައްޑޫއަށް އާދެވުނީ ދާދި އެކުއެކީ ކަހަލަ ގޮތަކަށެވެ. ނަމަވެސް ތަޤުދީރުގައި ދިމާވާން ނެތުމުން ޒިއަދަންއާއި އީތަން ބައްދަލުވާގޮތެއް ނުވިއެވެ.

“ހޭއި އީތަން! މިތާ ކީއްކުރަނީ؟ ޓްރާންސްފަރ ކުރީތަ؟ ކަލޭ އެންމެފަހުން އައްޑޫއަށް އައީއޭ ދޯ..ހެހެ..ހައްމާދު ކަލޭވެސްތަ؟ މިފަހަރު ވާނެ މަޖާ ދަތުރަކަށް އިނގޭ..ހިނގާ ދާން..ކޮންތާކަށްދާނީ..މަގޭ ކާރު އޮންނާނެ މަޑުކޮށްގެން” އީތަންގެ ކޮނޑުގައި ޖަހާލަމުން ފަސް އެބުރުނުއިރު ކުރިމަތީގައި މިހުރީ އޭނައާއި އެއްކޮށް މާލޭގައި ކިޔަވަން އުޅުނު އަހްނަފްއެވެ. އަހުނަފަކީ ވެސް ޕޮލިހެކެވެ. ނަމަވެސް ވަޒީފާ އަދާކުރަނީ މާލޭގައެވެ. މިވަގުތު ޗުއްޓީއަކަށް ރަށަށް އައީއެވެ.

“އާނ…މީ މިކޮޅުގަ ކުޑަކަމެއް އޮތީމަ އެހެންވެ..ތަންކޮޅެއް ދުވަސްވާނެތީވެ މަންމަވެސް ގޮވައިގެން މިއައީ…އަހަރެމެން މިކޮޅުން ކުއްޔަށް ހިފާފައިހުރި ގެ ލިބެނީ މާދަމާ އެހެންވެ މިތާ މިތިބެނީ އަދި ހޮޓަލަކުން ޖާގައެއް ލިބޭތޯ..” އީތަން ބުނެލިއެވެ.

“ތިކަމާ ހާސްނުވެ ހިނގާބަލަ އަހެރެންގެ ގެއަށް ހުންނާނެ އެކްސްޓްރާ ރޫމެއް.. ޔޫ ކޭން ސްޓޭ ދެއަރ..ދެން ފަހުން ޗޭންޖް ވާނީ..މިރޭ ދެން މާ ލަސްވީމަ ހިޔެއް ނުވޭ ތަނަކުން ފޯނު ނަގާނެހެނެއްވެސް..” އަހުނަފު ހިޔާލުފާޅުކުރިއެވެ.

އީތަންއަށްވެސް އެހިޔާލު ކަމުދިޔައީ އޭނާގެ މަންމައަށްވެސް ވިސްނާލަމުންނެވެ. އެހެންކަމުން އަހުނަފާއި އެއްކޮށް އެގެއަށް ދިޔުމަށް އެއްބަސްވިއެވެ.

އަހުނަފްގެ ކާރުފަހަތުން ދުއްވާފައިދާ ކާރުގައި އިން ޒިއަދަން އިނީ ފޯނަށް ނަޒަރުހުއްޓާލައިގެންނެވެ. ދެ ވެހިކަލްވެސް އެއްހަމައަށް އެރި ވަގުތުގައި ވިދާލި ވިދުވަރުން މުޅިތަންއަލިވެގެން ދިޔައެވެ. އެވަގުތު މަގުމަތީގައި ތިބި ކަކުނިތަކެއް ކޮޅުކޮޅަށް ދުވަމުން ދިޔަގޮތުން ހީވަނީ ބިރުވެރިކަމެއް ފެނުނީހެންނެވެ. ވައިވެސް ބާރުވާން ފެއްޓީ ދެނެވެ. ގަސްތައް ހީވަނީ މުލުން ލުހިގެން އަންނަން އުޅޭހެންނެވެ.

“ޕިސް ޕިސް…ކާކުތަ މަގުމައްޗަށް ކަކުނި އަޅަނީ؟…ހުވާ މިބުނީ ޖެއްސުން ކުރުމަށޭ އެއީ..ޔަޤީން އެއީ މިހިސާބުގައި އުޅޭ ކުދި ގުރޫޕުން ކުރިކަމެއްކަން..” ހުންގާނުގައި ހިފަހައްޓައިގެން އިން އަހުނަފް ކުއްލިއަކަށް ބުރެކި ޖައްސާލުމުން ދެން ތިބި މީހުން ސިހިގެންދިޔައެވެ. ހުސްނާ ބިރުންގޮސް އީތަންގެ އަތުގައި ހިފައްޓާލިއެވެ. ހުސްނާއަށް ހީވީ މާޒީގެ ރެއެއް ތަކުރާރުވަނީހެންނެވެ.
“ޒިޑޭ ބަލާބަ އެއޮށް ކަމެއް..ހާދަ ގިނަ ކަކުނިތަކެއް..މިވަރުން ނުވެސް ދުއްވޭނެދެން..ހިޔެއް ނުވޭ އެއެއްޗެހިތައް ދާން އުޅޭހެނެއް..އެކި ކޮޅުކޮޅަށް ދުވަނީ ވާނުވާނޭނގި އުޅޭ ބުރާންތިތަކެއްހެން..” ޖައިލާންގެ އަޑަށް ޒިއަދަން ފޯނުން ނަޒަރު ވަކިކޮށްލަމުން ބޭރުބަލާލިއެވެ. ދޮރުގެ ކަނާތް ފަރާތު ބިއްލޫރިގަނޑު ތިރިކުރަމުން ޒިއަދަން ބޯދިއްކޮށްލިއެވެ. ހަމައެވަގުތު އީތަންވެސް އޭނަ އިން ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން ބޭރު ބަލާލިއެވެ. އީތަން މެން ތިބި ކާރު އޭރު އޮތީ ކުޑަތަންކޮޅެއް ކުރީގައެވެ. ހަމަ އެހެންމެ ދެ ވެހިކަލުގެވެސް ހެޑްލައިޓްގެ އަލިކަން ފިޔަވާ އިތުރު އަލިކަމެއް ފެންނަން ނެތުމުން ދެމީހުންނަށް އެކަކު އަނެކަކު ފެންނަގޮތެއް ނުވިއެވެ. އެހެންނަމަވެސް ދެމީހުން އެކަކުނިތަކަށް ބަލާލުމުން އެއެއްޗެހިތައް މަގުގެ ދެފަރާތަށް ޖެހިލިއެވެ. ހީވީ އަމުރަކަށް ކިޔަމަންވީހެންނެވެ.

**

“މަންމާ އަދިވެސް ނޫޅޭތަ އެ ދޮންބެގަނޑު އަންނާކަށް..” ކައިޝާ ކުސްތަޅުވާލިއެވެ. އެތައް ދުވަހެއްފަހުން މިއަދު އޭނާގެ ލޯބިވާ ދޮންބެއަންނަނީ އެވެ. އެހެންކަމުން ކައިޝާ އުފަލުން ފޮޅިފައިވިއެވެ. ގޭގެ ދޮރުމައްޗައް ކާރު މަޑުކޮށްލުމާއެކު ކައިޝާ ދުވަމުން ނިކުތެވެ. ދޮރު ހުޅުވާލިއިރު ކުރިމަތިން ފެނުނު ސޫރައަކުން ކައިޝާއަށް ހުއްޓުން އެރިއެވެ. އެތުންފަތް ފޫއްދުވަލާފައި ނިކުތީ އެންމެ ނަމެކެވެ.
“އީތަން!”
އީތަން ސިހިގެންދިޔައީ މި ނުދަންނަ އަންހެންކުއްޖާގެ މޫނުން ދެކެފަރިތަ ގޮތެއް ފެންނަން ހުރުމުންނެވެ. ނަމަވެސް މިއީ އޭނަ އައްޑުއަށް އައި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދުވަހަކުވެސް އައިސްފައިވާނުވާ ރަށަކުން ފުރަތަމަ ބައްދަލުވި އަންހެން ކުއްޖާ އޭނާގެ ނަން ބުނުމުން އީތަން ހައިރާންވިއެވެ.

“ދަރިފުޅާ އަހުނަފް..ހާދަލަސްވީ..އަހާނ މީ ކޮންކުދިންނެއް؟” ކައިޝާގެ ފަހަތުން ހުއްޓުނު މަޖުދާގެ އަޑަށް ސިހިގެންދިޔައީ ކައިޝާ އެކަންޏެއްނޫނެވެ. އީތަން ގެ ފަހަތުން ހުއްޓުނު ހުސްނާއަށް އެއަޑު ދެނެގަންނަން އުނދަގުލެއް ނުވިއެވެ.

“ހުސްނާ!” މަޖުދާއަށް ރޮއެގަނެވުނީ އެތައް ޒަމާނަކަށްފަހު އެންމެގާތް އެކުވެރިޔާ ފެނުމުންނެވެ. ބާކީތިބި މީހުން ވަނުވަ ނޭނގި ތިބިއިރު ކައިޝާ އިރުކޮޅަކާ އޭނައާއި ދިމާއަށް ބަލަމުންދާކަން އީތަންއަށް ފާހަގަކުރެވުނެވެ.

“މަންމާ މިތާ ދޮރުމަތީގައި ނުތިބެ އިހަށް އެތެރަށް ވަދެބަލަ” ފޮށިތަށް ދަމަމުން އައި އަހުނަފު ބުނެލިއެވެ.

“ކައިވެސް ދެން ވަދެބަލަ..ހީވަނީ ވިއްސާރަ އަންނަން އުޅޭހެން..” ކައިޝާގެ ކޮނޑުގައި ޖަހާލަމުން އަހުނަފު ބުނެލިއެވެ. އެހެން ނަމަވެސް އެތެރެއަށް ވަންނަ ހިޔާލެއް ކައިޝާ ނުކުރެއެވެ. ދެންމެ އެފެނުނު ސޫރައަކުން ހިތުގައި އެތައް ސުވާލެއް އުފަން ކުރުވަމުން ދިޔައެވެ.

ކައިޝާ އެގޮތުގައި ދޮރުމަތީގައި ހުއްޓާ ޒިއަދަން އިން ކާރު އެގޭ ދޮރު ހުރަސް ކޮށްލިއެވެ. އެމަދު ސިކުންތުކޮޅުތެރޭވެސް ޒިއަދަންގެ ތޫނު ދެލޮލުން ކައިޝާގެ ރީތި ކަމުގެ ސްކޭންއެއް ކޮށްލިއެވެ.

” މޭން އައި ތިންކް އައި ހޭވް އޯލްރެޑީ ފައުންޑް މައި ގާރލް..” ޒިއަދަން ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިއެވެ.

“ނުވާނެ ތިކަމެއް..ދުވަސްކޮޅަކުން ފޫހިވޭދާނެ..އައި ނޯ ޔޫ ވެރީވެލް..” ޖައިލާން ޖެއްސުމުގެ ރާގުގައި ބުނެލިއެވެ.

“އެއަންހެން ކުއްޖާ ފެނުމުން އަހަރެންނަށް ތަފާތު ގޮތެއް އިހުސާސް ކުރެވުނު..އަދި ދުވަހަކުވެސް މިފަދަގޮތެއް ނުވޭ…އަހެރެން އޭނަ ހާސިލް ކުރާނަން..އިޓްސް އަ ޕްރޮމިސް..” ޒިއަދަންގެ އަޑުގައި ވަނީ ޔަޤީންކަމެވެ. ވަގުތު ޖެހުމުން އެބުނި ބަހުގެ ހުރި ބާރެއްވެސް އެނގިދާނެތާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ހިތް އެދެނީ (9)

Next

ފުން ލޯބި (30)

Next
April 15, 2017

ފުން ލޯބި (30)

Previews
April 14, 2017

ހިތް އެދެނީ (9)

58 Comments!

  1. kayashandy says:
    April 14, 2017 at 7:32 pm

    surprised??? well here is the 3rd part..hope u all will enjoy it…i may not b able to upload tmrw nyt so ehenve upkohlee mi..but if i get time dn for sure i ll upload 4th part on tmrw nyt…love u all ..

    feel free to express ur views…i feel v happy after seeing all comments..n will b lookinga forward for more..:) :*

    gnyt lvly pll 🙂 :*

    1. ??? says:
      April 15, 2017 at 10:11 am

      God mi part kiyaafa heebihi vea gainn nagaafi..so interesting

    2. kayashandy says:
      April 15, 2017 at 12:07 pm

      m glad dat u liked it?

  2. Luju says:
    April 14, 2017 at 7:33 pm

    Oh my god !! Its interesting ummmmah ummah ummmah .. Habeys hama ??????

    1. kayashandy says:
      April 14, 2017 at 7:39 pm

      hehehe…thank u sooooo much Luju..:) :* :* :*

  3. Luju says:
    April 14, 2017 at 7:36 pm

    Yey im the first ..maa gina kakuni ulheythy varah biruveri hehe but varah happy hynukoh hurts up kohdhinyma thnkxxxx ..waiting fr the next part … ????

    1. kayashandy says:
      April 14, 2017 at 7:40 pm

      heheh..yeah dhw..grt job dear…:) :* kakuni ehaa ginain noolheyneye..hehehe…mglad dat u liked it so much …:* next part soon insha allah…may b on tmrw nyt..:)

  4. Kittiy. says:
    April 14, 2017 at 7:44 pm

    Salhi…❤

    1. kayashandy says:
      April 14, 2017 at 9:03 pm

      thank u kitty..?

  5. Jjeyツ says:
    April 14, 2017 at 7:51 pm

    Interesting.! Kuriah huri parts miahvureh vs interesting vaane kamah ummeedhu kuran?. Thanks for the suprise Kayashandy?.

    1. kayashandy says:
      April 14, 2017 at 9:02 pm

      heheh..ur welcome dear..n thanks to u for ur love n support ??❤ insha allah i ll make it interesting in de upcoming parts too…atleast i ll try…hope u ll support until de end?

  6. Saandy says:
    April 14, 2017 at 8:21 pm

    V salhi mibaives… V suvaaluthakeh ufahdhamu in’gey eba… Esuvaaluthakah javaabu libeyne irakah mi inthizaaru kurany… Keep it up dear!! 🙂

    1. kayashandy says:
      April 14, 2017 at 8:59 pm

      dhw saandy…v gina suvaaluthakei…hope kuranee vaahaka nimenvaairah hurihaa suvaaluthakeige javaabu libeythw…hehe…keep waiting ☺ ❤ i really appreciate ur support ☺ lv

  7. Wahy says:
    April 14, 2017 at 8:40 pm

    Superb

    1. kayashandy says:
      April 14, 2017 at 8:56 pm

      thank u so much???

  8. Amyy says:
    April 14, 2017 at 8:42 pm

    Vvvvvvvvv salhi mi part ves .thankolhe avaha next part genesdheyche v inthizaaru kurevey .

    1. kayashandy says:
      April 14, 2017 at 8:56 pm

      thank u so much…m tryn my best to upload ASAP…keep waiting ☺ ❤

  9. Jaan says:
    April 14, 2017 at 8:53 pm

    WOW. Intresting
    Waiting for next part.

    1. kayashandy says:
      April 14, 2017 at 8:55 pm

      thank u jaan…insha allah v soon ?

  10. ssss? says:
    April 14, 2017 at 9:03 pm

    V salhi… Waiting for next part?

    1. kayashandy says:
      April 14, 2017 at 9:05 pm

      thanku dr?? keep waiting ☺ ❤ ?

  11. Afy says:
    April 14, 2017 at 9:22 pm

    V salhi???????????????????????????????????????

    1. kayashandy says:
      April 14, 2017 at 9:24 pm

      thank u afy❤❤❤❤❤

  12. nee says:
    April 14, 2017 at 9:25 pm

    varah reethi

    1. kayashandy says:
      April 14, 2017 at 9:33 pm

      thank u nee?

  13. Saadhu says:
    April 14, 2017 at 9:36 pm

    Alhey haadha reethi vaahakaye eky.v v interesting.kiyaahithun hutaa thinimaali.?

    1. kayashandy says:
      April 14, 2017 at 9:38 pm

      ehentha? thank u so much…? dn faharakun kiyaahithun huttaa ninmaa nulaanan..? hehe…?❤

  14. Azu says:
    April 14, 2017 at 10:26 pm

    Wow…..vaahaka innaane kamakah noon balaaleekee ves….ekam vaahaka ineema v ufaa vehje….miadhakee azu ge b’day…kayasandy ge faraathun mi libunee v best gift eh….thanQ so much….love u….as usual vaahaka is vvvv nice…???

    1. kayashandy says:
      April 15, 2017 at 12:03 pm

      happy bday azu? so happy dat i cud afford a gift on ur happy day…hehhe…n thank u so much for de sweet comment❤❤❤

  15. Maree says:
    April 14, 2017 at 10:38 pm

    vv reethi ehenveema maadhamaa adhi kiyaalan libeyne dho 1 part hehehe v inthizaarukuran mi vaahakayah aslu biruveri vaahakaehveema inthizaarukurumakee v undhagookaneh abadhuves beynunvanee vaahaka nimendhen kiyaalan ekam kayaa ineebunefa viyyaa up kohdheyne dhuvas tha ehenveemaa nonnaane aadheys kureveykah ves ❤❤❤❤❤❤❤❤❤❤❤

    1. kayashandy says:
      April 15, 2017 at 12:14 pm

      heheh…thanku sooo much…dn ehenbunyas sometimes i may giv surprises..hehhe…n tonyt may b i can upload..keep looking ? ? ? ? ❤ ❤ ❤

  16. Kudaa says:
    April 14, 2017 at 10:49 pm

    Wow. So cute. ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
    I LOVE IT…

    1. kayashandy says:
      April 15, 2017 at 12:12 pm

      thanku kudaa?❤❤❤❤❤❤❤❤

  17. Nana says:
    April 14, 2017 at 11:05 pm

    Half brothers dhw Ziadhan aa Eethan.. Nice?

    1. kayashandy says:
      April 15, 2017 at 12:12 pm

      dhw nana…heheh…thanku??

  18. Chum handi says:
    April 14, 2017 at 11:42 pm

    i like this…. eethen n zidhaan ge bappa akee ekaku dho…. waiting for the next part… Good night… Ly… tc…

    1. kayashandy says:
      April 15, 2017 at 12:12 pm

      thanku chum..? btw its ziadhan..n yeah may b dhw…hehe..keep waiting ☺ ❤

  19. maanu says:
    April 15, 2017 at 12:08 am

    salhi..when you can up next part.

    1. kayashandy says:
      April 15, 2017 at 12:10 pm

      thank u maanu? i cnt promise but may b tonyt…keep waiting ☺ ❤

  20. Zee says:
    April 15, 2017 at 12:20 am

    This story is interesting… waiting for the answers to the questions created.. this story is different from the stories i ve read so far..

    1. kayashandy says:
      April 15, 2017 at 12:09 pm

      thank u so much…ummeedhu kuranee hurihaa suvaalakahves javaabu dheveythw..?

  21. Sammi says:
    April 15, 2017 at 1:17 am

    Wowoww interesting.. ❤

    1. kayashandy says:
      April 15, 2017 at 12:09 pm

      thanku sammi…???

  22. who am i? says:
    April 15, 2017 at 6:43 am

    wow

    1. kayashandy says:
      April 15, 2017 at 12:08 pm

      ???

  23. Ibbe 22 says:
    April 15, 2017 at 10:00 am

    Wow! Superb! The story is obbiest to the max. But, the symptoms show that it is going to meet its END too soon! Am I right?

    1. kayashandy says:
      April 15, 2017 at 12:08 pm

      thank u…? well adhi neynge ehen bunaakah..cux thrz so much to knw…hehe…hope u ll follow until u get all de answers?❤

  24. Raahi says:
    April 15, 2017 at 10:38 am

    Wow adhi furathama faharu mi kiyaali varah kiyaa hihkey.

    1. kayashandy says:
      April 15, 2017 at 12:06 pm

      ehentha…thank u dear…i hope u ll follow until de end…???❤

  25. Ibthi says:
    April 15, 2017 at 11:44 am

    wow loved the story <3 waiting for the next part 😀

    1. kayashandy says:
      April 15, 2017 at 12:05 pm

      thank u soooo much…???????

  26. Misha says:
    April 15, 2017 at 1:08 pm

    Alhey..mi part vc vrh rythi..hyve mee vrh interesting story akah vaane hn..❤??

    1. kayashandy says:
      April 15, 2017 at 2:58 pm

      thank u misha…? insha allah it will b…?

  27. i sher says:
    April 15, 2017 at 2:41 pm

    Vrh vrh salhi….❤❤❤

    1. kayashandy says:
      April 15, 2017 at 2:59 pm

      thank u❤❤❤

  28. sheni says:
    April 28, 2017 at 12:28 am

    salhi egey story… did it a copy??? or ……..???
    ?

  29. Kaishaa says:
    May 22, 2017 at 4:28 pm

    Addu kuhjjaka Kaisha keema its funny. eyee Addu bahun Kaahta kiyaa nan vihyaa..ahahaha.. anyway m in lv with this story. Great job Kayashandy

  30. SIREY says:
    May 2, 2025 at 6:35 pm

    Wow

Comments are closed.

Next Episodeކަކުނި 4←


All Right Reserved!