“އޭ މިއީ އަދި އެކުއްޖާއެއް ނޫން! މިއީ މިއަދު ދިމާވި ކުއްޖެއް.” ހިނިގަނޑެއް ޖަހައިލަމުން ޔާނިއު ބުނެލިއެވެ. އަނާނީއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް، މި މީހުން މި ދައްކަނީ ކޮން ކުއްޖެއްގެ ވާހަކައެއް ހެއްޔެވެ؟ ޔާނިއު ލޮލުގެ އިޝާރާތުން، އެތާ ތިބި އެންމެން ކައިރީ އަނާނީއަށް ބެލުން ހުއްޓައިލުމަށް އަންގައިލިއެވެ. މިކަމެއް އަނާނީއަކަށް ނޭނގެއެވެ. އެހެނަސް، އެންމެންގެ ނަޒަރު އޭނާއާ ވަކިވުމުން ހިތަށް ފުދޭވަރެއްގެ ހަމަޖަހުމެއްލިބުނެވެ. “އަމާނީ! ހިޔެއް ނުވޭ އަވަހަށް ވާރޭ ހުއްޓާލާނެ ހެނެއް. މިތާތަ ތިބޭނީ، […]
އަހަންނަށް ލޯ ހުޅުވާލެވުނުއިރު ނަރުސް ކުއްޖަކު ކައިރީގައި ހަރަކާތްތެރިވަމުން ދިޔައެވެ. “އާހް” ބޮލަށް ބާރުވެފައި ހުރުމުން އަހަންނަށް ބުނެވުނެވެ. ނަރުސް ކުއްޖާގެ ނަޒަރު ވަގުތުން އަހަންނާއި ދިމާއަށް ހުއްޓުނެވެ. ދެން އަހަރެންގެ ގާތުގާ މަޑުމަޑުން އޮވެލުމަށް ބުނެ އަވެސް ފިޔަވަޅު ތަކެއްގާ ބޭރަށް ނިކުތެވެ. އަހަރެން ގެއަށް ދޫކޮށްލެވުނީ ތިން ދުވަސް ފަހުންނެވެ. ފައިގެ ކަށިގަނޑެއްގާ ރެނދުއަޅާ ބޮލަށްވެސް ކޮންމެސްވަރަކަށް އަނިޔާ ވެފައިފާކަމަށް ޑޮކްޓަރ ބުނުއްވިއެވެ. އަހަރެންގެ ގައިގާ ޖެހުނު ސައިކަލްގާ އިން ޒުވާނާއަށް މާބޮޑު އަނިޔާއެއް […]
” ހައިކް އަހަރެންނަށް އިނގޭ ހައިކް އަހަރެންނަށް ވަރަށް ބޮޑު ކަމެއް ސިއްރުކުރާކަން.. އަހަރެންނަށް ތެދަށް ހުރިހާއެއްޗެއް ކިޔާދީބަ..” އޯޑާރ ދިނުމަށްފަހު ހަމަ ޖެހިލަމުން އަހަރެންވެ މައުލޫއާގެން ކުރިޔަށްދިޔައީމެވެ. ” ޔަލް ވަޓް އާ ޔޫ ޓޯކިންގް އެބައުޓް..؟” ހައިކަލް ނޭންގޭ ކަަމަށް ހަދާލާފަ ސުވާލު ކޮއްލިއެވެ. ” ހައިކް އެއްވެސް ކަމެއް އަބަދު ސިއްރުކުރެވިފައެއް ނޯންނާނެއެއްނު.. އައި ނޯ އެވްރީތިންގް ޖަސްޓް ޓެލް މީ ދަ ޓްރޫތު.. އަހަރެން ބޭނުމީ ހައިކަލް ކިޔާދޭ އަޑުއަހަން..” […]
“މަޑުން ހުރެބަލަ. މަ ކީއްކޮށްގެންތަ ތި އުޅެނީ” އަޝްފާންގެ ރުޅިގަނޑުވެސް މަތަކުރެވޭ ގޮތް ނުވިއެވެ. ހިތުގައި ބަދަލް ހިފުމުގެ ރޫހު އާލާވިއެވެ. …….. “ކޮން އަޑެއްތަ އެއިވެނީ” އޮފީހަށް އަލަށް ވެއްދި ދެކުދިންނަށް އޮފީހުގެ މާހައުލު ކިޔާދެމުން ގޮސް އަޝްފާންގެ ކެބިންއާއި ހަމަވި އިރު އިވުނު އަޑުފައްގަނޑަކުން ކޮންމެވެސް ކަމެއް ވެއްޖެކަމުގެ އިހުސާސް އަރޫޝާއަށް ވިއެވެ. އަވަސް އަވަހަށް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރުން ހަޅޭއްލަވައި ނުގަނެވުނީ ކިއިރާއެވެ. އަޝްފާގު ބިންމަތީ ބަނޑުގައި އަތް އަޅައިގެން ވޭނުގައި […]
ޝަނާޔާގެ މޭގަނޑު ގުން ގުން ލާފައި ތެޅެމުން ދެއެވެ.ހިތް ހީވަނީ މޭ ފަޅައިގެން ނިކުމެދާނެ ހެންނެވެ. \”ޖި…ޖިއާން\”. ބިރުންގޮސް ތުރުތުރު އަޅަމުން ދިޔަ ޝަނާޔާގެ ދުލުން ނިކުތްހާވެސް ބަހަކީ އެއީއެވެ. ޖިއާން އިންތަނުން ތެދުވެގެން ގޮސް ހުއްޓުނީ ކޮޓަރީގެ އެއްފަރާތުގައި ހުރި ތިންދޮރުފަތް ލީ އަލަމާރި ކައިރީގައިހުރި ޑްރެސިން ޓޭބަލްގެ ކުރިމައްޗަށެވެ.އޭނާ މިރޭ އެ އައީ ޝަނާޔާގެ ހިތުގައި އުފެދެމުން އެދާ ސުވާލުތަކުގެ ޖަވާބު ހިފައިގެންނެވެ.ޖިއާންގެ ނަޒަރު ހުއްޓިފައިވަނީ ޑްރެސިން ޓޭބަލްގެ ލޯގަނޑަށެވެ.ޝަނާޔާއަށް މެސެޖެއް ދޭން އުޅޭ […]
” އަނދިރިކަން އެކުލާ ވަށާ ޖައްވު ނާމާން ކޮށްފިޔޭ އަދު ހަޔާތް މި މިސާލުގަ ބީވެދާހެން ހީވެޔޭ އިންތިޒާރުގަ އަދު މިތާ ވޭނުގާ ހުރުމެއް ނެތޭ ޖާނުދީ ގުރުބާން ވުމުން ވީ މޮޅެއްވެސް ހަމަ ނެތޭ ” ޔާޝާވެސް ދިމާވެލަން ކިޔާފަ ގުޅީ އޭގެ ދެރޭ ފަހުންނެވެ. ސައިކަލްގަ ދެމީހުން ދިޔައީ ބުރުޖަހާލަންށެވެ. ރަސްފަންނަށް އަލަށްވެސް ނާންނަ ވާހަކަ ބުނުމުން އަހަރެން ރަސްފަންނު ކައިރީ ސައިކަލް ޕާކްކޮއްލީމެވެ. އަދި ހިނގާލާފަ ގޮސް އެތަނުން ހުސްކޮށްހުރި […]
ކަޅުފޮއި އަނދިރި ރެއެކެވެ. ގަޑިން މެންދަމު އެކެއް ޖެހީއެވެ. އިރުއޮއްސުނުއިރު ވާރޭވެހެން ފެށި ގޮތަށް އަދިވެސް ހުއްޓައެއް ނުލައެވެ. ގިނައިރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތައްވަނީ ފެންބޮޑުވެފައެވެ. ގަދަ ވިދުވަރަކާއިއެކު ޖަހާލި ގުގުރީގެ އަޑަށް އަހަރެންގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ކަކުލުގައި ދަތްދޮޅި ވިއްދާލައިގެން މިގޮތަށް އިންނަތާ މިހާރު ދެގަޑިއިރެއްހާއިރު ވެދާނެއެވެ. ވިއްސާރަ ރެއެއްގާ އެކަނި ނިދަން ޖެހިއްޖެނަމަ މިއީ އަބަދުވެސް އަހަރެންގެ ހާލެވެ. ޝަމްމުވެސް މިކަހަލަ ވިއްސާރަ ރޭރޭ ނައިޓް […]
އީތަންއަށް މަގުމަތިން އެއްވެސް މީހަކު ނުފެނުނެވެ. ނަމަވެސް އެގޭ ދޮރުބުޑުގައި އޮތް ކަކުންޏެއް ފެނިފައި އީތަންގެ ހިތުގައިވި ސުވާލުތަކަށް ޖަވާބެއް ލިބުނެވެ. އެތާ އެއޮތީ ޒިއަދަން ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އީތަން ގޭތެރެއަށް ބަލާލަމުން ކަނާތުފައި ނަގާފައި އެކަކުންޏާ ދިމާ މައްޗަށް އެފައި ހިއްލާލުމާއެކު އޭތި ގެއްލުނެވެ. އެވަގުތު އީތަން ނެގި ފައި ގޮސް ޖެހުނީ ބިންމަތީގައެވެ. ފާރުގައި ގޮށްމުށުގެ އެތިފަހަރެއް ޖަހާލަމުން އީތަން ގޭތެރެއަށް ވަނެވެ. ކައިޝާއަށް ޒިއަދަން ކުރިކަމެއް ނޭނގުނަސް އީތަންއަށް […]