Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރެއް މަ ނުކުރާނަމޭ (1)

Psenhi Level 410 Stories100 Comments100 Login
April 26, 2017 3 Mins Read
20 Comments

ކަޅުފޮއި އަނދިރި ރެއެކެވެ. ގަޑިން މެންދަމު އެކެއް ޖެހީއެވެ. އިރުއޮއްސުނުއިރު ވާރޭވެހެން ފެށި ގޮތަށް އަދިވެސް ހުއްޓައެއް ނުލައެވެ. ގިނައިރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތައްވަނީ ފެންބޮޑުވެފައެވެ.

ގަދަ ވިދުވަރަކާއިއެކު ޖަހާލި ގުގުރީގެ އަޑަށް އަހަރެންގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ކަކުލުގައި ދަތްދޮޅި ވިއްދާލައިގެން މިގޮތަށް އިންނަތާ މިހާރު ދެގަޑިއިރެއްހާއިރު ވެދާނެއެވެ. ވިއްސާރަ ރެއެއްގާ އެކަނި ނިދަން ޖެހިއްޖެނަމަ މިއީ އަބަދުވެސް އަހަރެންގެ ހާލެވެ. ޝަމްމުވެސް މިކަހަލަ ވިއްސާރަ ރޭރޭ ނައިޓް ޑިއުޓީއަށް ދާންވޭހެއްޔެވެ؟ އަހަރެންނަށް ކުދިކިޔަން ފެށުނީ ގަނެފައިވާ ބިރެއްގެ ސަބަބުންނެވެ.

ވާރޭ ކޮންމެވެސް ވަރަކަށް ތުނިކޮށްލައިފިއެވެ. ގުގުރީގެ އަޑުވެސް ކެނޑުނީހެން ހީވެއެވެ. މާބޮޑަށް ފިނި ބޮޑުވެފައިވާކަމުގެ އިހްސާސް ކުރެވުމުން އަހަރެން ބޭނުންވީ ކޮފީ ތައްޓެއް ބޯލާށެވެ.

ބުރުގާ އަޅައިގެން ބޭރަށް ނިކުމެ ބަލާލިއިރު ސިޓިންރޫމް ސޯފާގައި ޚަލަފް އިނެވެ. އޭރު ޓީވިން ކްރައިމް ޕެޓްރޯލްގެ ކޮންމެވެސް އެޕިސޯޑެއް ދައްކަމުންދެއެވެ. އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

“ޚަލަފް! ނުނިދަންތަ އަދިވެސް؟” އަހަރެންގެ އަޑު އިވުމުން ޓީވީއަށް ގެއްލިފާއިން ޚަލަފް އަހަންނާ ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ.

“ކޮފީ!” އަހަރެން ގެނައި ދެކޮފީތަށީގެ ތެރެއިން އެއްތަށި ޚަލަފްގެ އަތަށް ދިއްކޮށްލުމުން އޭގެން ކޯވަރެއް ދަމާލަމުން ޚަލަފް އަހަންނަށް ޝުކުރު އަދާކުރިއެވެ. އަހަރެންވެސް ހިނތުންވުމެއް ރައްދުކޮށްލީމެވެ.

“ގުގުރި ޖަހާތީ ނުނިދިގެންދޯ ތިއުޅެނީ؟ ދާންވީތަ ނިންދަވަން؟” ކޮފީ ހުސްކުރި ޖޯޑު އަހަރެންގެ އަތަށްދެމުން ޚަލަފް ސަމާސާކޮށްލިއެވެ. އަހަރެންގެ އަތުން ޖޯޑު ދޫނުވީވެސް ކިރިޔާއެވެ. އަހަރެން އަވަސް އަވަހަށް ނޫނެކޭ ބުނީމެވެ.

ކޮޓަރިން ރަޖާގަނޑެއް ހިފައިގެން އައިސް އަހަރެން ހުސްކޮށްހުރި ސޯފާގާ އޮށޯވެލީ އަނެއްކާވެސް ވާރޭ ބޯކޮށްލުމުން އެކަނި އޮންނަން ބިރުންނެވެ.

“ކޮބާ ސަރާ؟ ހަވީރުއްސުރެ ނުދެކެން ނިކުމެއުޅެނިކޮށެއް.” އަހަރެން ޚަލަފްއާއި ވާހަކަ ދައްކަން މަސައްކަތްކުރީ ހިތުގައިވާ ބިރުވެރިކަން ފިލުވާލުމަށެވެ.

“ސަރާ ބޭބީ ގޮވައިގެން ހަވީރު ދައްތަމެންގެއަށް ދިޔައީ. އިރުއޮއްސުނުއިރު ގުޅާފަބުނި މާބޮޑަށް ވިއްސާރަވީމަ މިރޭ ދެން އެކޮޅުގަ މަޑުކޮށްލާނީއޯ. ޝަމްމުވެސް ޑިއުޓީދޯ މިރޭ؟” ޚަލަފް ވާހަކަދެއްކީ މަޑުމައިތިރި ކަމާއި އެކުއެވެ. އަހަރެން ހޫނ އަޅުވާލުމަށްފަހު ނިދޭތޯ ލޯމަރާލީމެވެ.

އަތްދަނޑިމަތީ އުފުލާލައިގެން ގެންގޮސް ކޮޓަރީ އެނދުމަތީގައި ބޭއްވިކަން އަހަންނަށް އެނގުނެވެ. އަހަރެން ދެންވެސް އޮތީ ލޯމަރާލައިގެންނެވެ. އަހަރެންގެ ނިތްކުރީގާ މަޑުމަޑުން ތުންފަތް ޖައްސާލުމަށްފަހު ޚަލަފް އެނބުރިލީ ދޮރާދިމާއަށެވެ. އަހަރެން އަވަސް އަވަހަށް ޚަލަފްގެ އަތުގާ ހިފާލީ އަހަރެން އެކަނި ބާއްވާފައި ނުދާށޭ ބުނުމުގެ ގޮތުންނެވެ. ޚަލަފް އަހަންނާއި ދިމާއަށް އެނބުރި އެނދާދިމާއަށް ކުޑަކޮށް ގުދުވެލީ ކޮންމެވެސް އެއްޗެއް ބުނަންހެން ހީވެއެވެ. ނަމަވެސް އޭގެ ކުރިން އަހަރެން ޚަލަފްގެ ގައިގާ ބާރަށް ބައްދާލީމެވެ. ޚަލަފްވެސް އޭނާގެ އަތް އަހަރެންގެ ހަށިގަނޑު ވަށާލިއެވެ. ދުވަހަކުވެސް ދުރަކަށް ނުދާނަމޭ ބުނާފަދައިންނެވެ.

މިގޮތަށް ހޭދަވީ ކުޑަ ވަގުތުކޮޅެކެވެ. ޚަލަފް އޭނާގެ ހަށިގަނޑާ އަހަރެން ދުރުކޮށްލީއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގާ ގޮސް ދޮރުކައިރީ ހުއްޓިލިއެވެ.

ދޮރުގެ ތަންޑު ރަނގަޅަށް އެޅުވުމަށްފަހު ޚަލަފް އައިސް އެނދުގެ އަނެއް ފަރާތުގައި އަހަރެންގެ ދާދި ގާތުގާ އޮށޯވެލިއެވެ. އަހަންނަށް އެމޫނަށް ބަލަހައްޓައިގެން އޮވެވުނީ ޤަބޫލްކުރަންވެސް ދަތިވެފައެވެ. މީ އަހަންނާއި ދުރުދުރުން އުޅޭ ޚަލަފް ހެއްޔެވެ؟ މި ފަހަކަށް އައިސް މިހާ ކްލޯޒްކޮށް އުޅެނީ ކީއްވެހެއްޔެވެ؟ އަހަރެން އަމިއްލަ ނަފްސާ ސުވާލުކުރީމެވެ.އެތަށް ދުވަހަކަށް ފަހު ޚަލަފް އަހަރެންނާއި އެހާ ގާތްވުމުން އަހަންނަށް އާދަޔާ ޚިލާފް އުފާވެރިކަމެއް އިހްސާސްވިއެވެ. އެހެން ހުރިހާ ކަމެއް ހަނދާނުން ކައްސާލައިގެން ދިޔައެވެ.

ޚަލަފްގެ އެ އޯގާތެރި ދެއަތުން އަހަރެންގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ޚަލަފްގެ ހޫނު ނޭވާތައް އަހަރެންގެ މޫނުގާ ބިހޭވަރަށް މޫނު ކައިރިކޮށްލިއެވެ. އަހަރެންގެ  ހިތުގެ ވިންދު އަވަސްވިއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުވެ ދެލޯ މަރާލެވުނެވެ. ޚަލަފް އަހަރެންގެ ތުންފަތުގާ ބޮސްދޭންފެށިއެވެ. އަހަންނަށްވެސް އެކަމުގާ ބައިވެރި ވެވުނީ އެތައް ދުވަހެއް ވަންދެން ފެންފޮދެއް ނުބޮއި ކަރުހިއްކާގެންފައިވާ މީހަކު ފަދައިންނެވެ.

ހިތްހަމަ ޖެހޭވަރުވުމުން ދެމީހުން މޫނު ދުރުކޮށްލެވުނެވެ. ލިބުނު އުފާވެރިކަމާއިއެކު ޚަލަފްގެ މޭގައި ބޯއަޅާލީމެވެ. އެއާއިއެކު ޚަލަފްވެސް އަހަރެންގެ ގައިގާ ބައްދާލަމުން ގަޔާލާ ބޮނޑިކޮށްލިއެވެ.

ހޭލެވުމާއި އެކު ދެލޯ ބޮޑުކޮށްލަމުން ކައިރީގައި މީހަކު އޮތްތޯ ބަލާލީމެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ހިތްހަމަ ޖެހުނެވެ. ރޭގައިވެސް އެފެނުނީ ހުވަފެނެއްކަން ޔަޤީންވުމުންނެވެ. ގަޑި ބަލާލުމަށްފަހު ފަތިސް ނަމާދު ކުރުމަށް އަވަސްވެގަތީމެވެ.

“ނާން! ރޭގަ ލިބުން ކަހަލަ ކޮފީއެއް ލިބިދާނެތަ؟ ވަރަށް ފިނިވޭ އެބަ.” ޚަލަފްގެ އަޑު އެހާ ކައިރިން އިވުމުން އަހަރެންގެ ގައިން ހީބިހި ނަގައިގަތެވެ. ރޭގަ އަހަރެން ޚަލަފްއަށް ކޮފީ ދިނިން ހެއްޔެވެ؟ ހުވަފެން ފެނުނީ އޭގެ ފަހުން ހެއްޔެވެ؟ އަހަރެން އެނދަށް ގެންދިޔައީ… އަހަންނަށް  ދެވަނަ ފަހަރަށް ހުވަފެނާއި ދޭތެރޭ ވިސްނާލަން މަޖްބޫރުވިއެވެ. ޚަލަފްގެ ކައިރީ އަހަންވެސް ބޭނުމެވެ. އެކަމަކު ކީީކޭ ކިޔާފަ ހެއްޔެވެ؟

އަހަރެން ކޮފީތަށި ތައްޔާރު ކުރުމަށްފަހު މޭޒުދޮށުގައި އިށީނދެއިން ޚަލަފްގެ އަތަށް ދިއްކޮށްލީމެވެ. އޭރު އަހަރެންގެ އަތް ތުރުތުރު އަޅަމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ޚަލަފްއަށް ވެސް މިކަން ފާހަގަ ކުރެވުނެވެ.

“ހޭ އިޒް އެވްރިތިންގ އޯކޭ؟” އަހަރެން ނުވިސްނާ ހުއްޓާ ޚަލަފް އަހަރެންގެ އަތުގާ ހިފާލަމުން ބުނެލިއެވެ. އަހަންނަށް އަތް ދަމައިގަނެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. އަހަރެން ޚަލަފްގެ މޫނަށް ބަލާލީމެވެ. ޚަލަފްގެ ނަޒަރު ހުއްޓިފައިވަނީ އަހަރެންގެ ދެލޮލަށެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު އަހަންނަށް އިހްސާސްވީ މީގެ ކުރިންވެސް އެތައް ފަހަރަކު އެބެލުމުން ކުރާ ގޮތްނޭނގޭ އިހްސާސެކެވެ.

ކުޑަ ވަގުތު ކޮޅަކަށް އަހަރެންގެ ހިތް ހުއްޓުންހެން ހީވިއެވެ. އަހަރެން އިސްޖަހާލީ ދެން އިތުރަށް އެދެލޮލަށް ނުބަލަން ވެގެންނެވެ.

“އަމް ސޮރީ! ބަޓް ތި ހީކުރާ ކަހަލަ ގުޅުމެއް އަހަރެމެން ދެމީހުން ދޭތެރޭ ރޭގަ ނުހިނގައޭ. ނާން ޚަލަފްގެ މޭމަތީ ބޯ އަޅައިގެން އެއޮތް ގޮތަށް ނިދީ. ރަނގަޅަށް ނިދުންކަން ޔަޤީންވީމަ ޚަލަފްވެސް ކޮޓަރިއަށްގޮސް ނިދީ.” ޚަލަފް އެއްފައްޗަކަށް އަމުނާލިއިރު އަހަރެން ހުރީ ޤަބޫލް ނުކުރެވިފައެވެ. “ސޮރީ އަސްލު ސޯފާގަ ނިދަން އޮތީމަ ކޮޓަރިއަށް ލައިދޭން އުޅުނީ އެންޑް… އަމް ރިއަލީ ސޮރީ!” އަހަރެން ބަލަހައްޓައިގެން ހުރުމުން ޚަލަފް އަނެއްކާވެސް މާފަށް އެދުނެވެ.

އަހަންނަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. މިއޮއް ހުރިހާއިރު ހުވަފެނެއް ކަމަށް ދެކިގެން މިއުޅުނީ އެއީ ހަޤީޤަތެއް ހެއްޔެވެ؟ ޚަލަފްގެ ފަރާތުން އެހާ ގާތްކަމެއް ލިބުމުން އަހަރެން އުފާކުރަންވީ ހެއްޔެވެ؟ ނުނީ އެފަދަ ގޮތަކަށް ކަންތައް ކުރެވުމުން ވާންވީ ދެރަ ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުމަށް ދެން އަންނާނީ ކޮންފަދަ ތޫފާނެއް ހެއްޔެވެ؟

މުޅި ދުވަސް ފާއިތުވީ ފުނި ޖެހިފައިވާ ސުވާލުތަކާއި އެކުއެވެ. ސްކޫލްގައި ބިޒީކޮށް ގަޑިތައް ނަގައިދެމުން ދިޔަ އިރު ކުޑަ ވަގުތު ކޮޅެއް ހުސްކޮށް ލިބުނަސް ރޭގަވީ ކަންތަކާއި ދޭތެރޭ ވިސްނެއެވެ. އެންމެފަހުން ބޮލުގާ ރިއްސާތީ ކެތްނުވެގެން ގަޑިތައް ނިމުމުން އިތުރަށް މަޑުކުރަން ނުހަދާ ގެއަށް ދިޔައީމެވެ. ވިސްނުމުގާ އޭރުވެސް ވަނީ ޚަލަފްއެވެ.

ހިތް އަވަސްވެފާހުރި ވަރުންކަމެއް ނޫނީ ބޮލުގާހުރި ރިހުމުގެ ސަބަބުން ކަމެއް ނޭނގެއެވެ. މަގުހުރަސް ކޮށްލެވުނީ ދުއްވާ އެއްޗެއްސަށް އެއްވެސް ސަމާލުކަމެއް ނުދެވިއެވެ.

ބާރު ސްޕީޑެއްގާ ދުއްވާފައިދިޔަ ހޮންޑާ ސައިކަލުން އަހަރެންގެ ގައިގާ ޖެހުނުކަން އެނގެއެވެ. އެއާއިއެކު ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ދެން ވީގޮތެއް ނޭނގެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ކަކުނި 10

Next

ފުން ލޯބި (35)

Next
April 26, 2017

ފުން ލޯބި (35)

Previews
April 25, 2017

ކަކުނި 10

20 Comments!

  1. Mary says:
    April 26, 2017 at 1:31 am

    Wow…..v rythi vaane hen hyvey…

  2. Mary says:
    April 26, 2017 at 1:33 am

    Kon dhuvas thakehga up kurany? Waitingggg

    1. cenhi says:
      April 26, 2017 at 5:45 am

      thnkx mary. Sry mifahar hyvany 2dhuhun ehdhuhuhen up kureveyny. BT time libijjeya dailykohves up kureveytho balaanan

  3. ainthu says:
    April 26, 2017 at 7:27 am

    Superb keep it up

  4. lara says:
    April 26, 2017 at 7:45 am

    v salhi.

  5. Rai says:
    April 26, 2017 at 9:55 am

    I like this story.and i hope this story will succesful for everyone . Good job.

  6. black prince says:
    April 26, 2017 at 10:04 am

    not bad..ekam kury..

  7. xim says:
    April 26, 2017 at 11:04 am

    wow nice ingey keep it up sis?

  8. Naan says:
    April 26, 2017 at 11:25 am

    Wow

  9. silver mist says:
    April 26, 2017 at 11:55 am

    Vrh salhi

  10. shafu says:
    April 26, 2017 at 12:55 pm

    nice

  11. cenhi says:
    April 26, 2017 at 1:38 pm

    Thank u

  12. ravupinky says:
    April 26, 2017 at 2:56 pm

    wow

  13. Cherry says:
    April 26, 2017 at 5:06 pm

    V v rythi vaanehen hyvey. Shaim ah moya kolli gothah mifaharu halaf ah kanneyge dhw. Hehehhe
    Btw salhi igey. Dhedhuvahun eddhuvaves ok ey dear. Thihaavarah visnaa eccheh nooney. Myga othy thi kudhinnah time vaa varakun rest ves koffa baaky gadyga vyvarennu ????❤️

    1. Cenhi says:
      April 26, 2017 at 6:30 pm

      He he. Thankx cherry. Yagyn mifahar moyavane khalaf aa

    2. Cherry says:
      April 27, 2017 at 10:37 am

      Y cenhi ge comment green nuvyyyyyy

  14. cenhi says:
    April 27, 2017 at 11:13 am

    No idea

  15. cenhi says:
    April 27, 2017 at 11:16 am

    Vedhane log out vefa iny kamah. Any ways miadh vahaka kiyalan libeyne In Sha Allah

    1. Cherry says:
      April 27, 2017 at 11:24 am

      Ohkay bbe ?
      Thank you ??

  16. Aisha says:
    April 27, 2017 at 3:51 pm

    Nice

Comments are closed.


All Right Reserved!