އިންސާނެއްގެ ސިފައިގައި ޝަނާޔާގެ ޙަޔާތަށް އައި އެ ރީތި ސޫރަ މިވަގުތު ލޮލަށް ފެނިއްޖެ ކޮންމެ މީހެއްގެ ހިއްސުތަކުގެ ބާރު ކަނޑުވާލާ ދުނިޔެއިން މޮޔަކޮށްލާހާ ވެއެވެ.ބިރުވެރިކަމުގެވެސް އިންތިހާ އެވެ. ޙަތަރުމޮއްގަނޑު ޖަހާފައި ބިރުވެރި ސިފައެއްގައި ޝަނާޔާގެ ކުރިމަތީ އެއޮތީ ހަމަ ޖިއާން ހެއްޔެވެ؟ ގައިން ހީބިހި ނަގަމުންދިޔަ ޝަނާޔާ ހުރީ ކުރިމަތީއޮތް ބިރުވެރި ސޫރައަށް ބަލާލަންވެސް ނުކެރިފައި ހުރި ފިޔަވަޅު މަތީ ގަނޑުވެފައެވެ.މިވަގުތު ޝަނާޔާގެ ހިތަށް ކުރެވެމުންދާ ބިރުވެރި އިހުސާސް މީހެއްގެ ދުލަކުން،އަދި ގަލަމަކުންވެސް ބަޔާނެއް ނުކުރެވޭނެއެވެ.އެއީ […]
” ޔޫ ހޭވް ނޯ ރައިޓް ޓު ސޭ ދެޓް..” މާޔާގެ އަޑު ތުރުތުރު އަޅަމުންދިޔައެވެ. ” އަހަރެން އެހާ ނަފްރަތު ކުރަނަމަކަ އެކުދިންނެއް ނުވެސް ވިހާނަންދޯ… އަދި އަމިއްލަ ނަފްސަށް އެކަމުން ނުރައްކާއެއް އޮތްކަން އެނގޭއިރުވެސް … ނަކީލްއަށް ނޯންނާނެ އެއަށް އެއްޗެއް ބުނުމުގެ ހައްޤެއް އެނގިއްޖެތަ..” މާޔާ އަޑަށް ބާރުލާފައި ބުނި އިރު ލޮލުން ކަރުނަ ފައިބަމުންދިޔައެވެ. ނަކީލްއަށް ހުރެވުނީ މާޔާ ބުނި އެއްޗެއްގެ މާނަ ނަގައިންނާނެ ގޮތެއްވެސް ނޭނގިފައެވެ. ” ދަރީން…ވަޓް ޑުޔޫ […]
“އަހަރެންގެ ކޮއްކޮއެއް އެފަދަ ދަށު ދަރަޖައަކަށް ނުވެއްޓޭނެ..އެނގިހުރެ އެއްގޭ ދެކުދިންގެ ހަޔާތާ ކުޅެލިއިރު ދިމްރާގެ ލަދު ކޮބާ..އަދި އެވެސް އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ އާއިލާއާ..ޗީ..އަހަރެން މިއަދު ތީ އަހަރެންގެ ކޮއްކޮއެކޭ ބުނަންވެސް ލަދުގަނެއްޖެ..އަދި ބުނަން.. މިއަދަށްފަހު އަހަރެންގެ ކޮއްކޮ ދިމްރާ އަހުމަދު މަރުވެއްޖެ..އަހަރެންގެ ކޮއްކޮއަކީ އެފަދަ ލަނޑެއް ބަޔަކަށް ދޭން ކެރޭނެ ކުއްޖެއް ނޫން” ދާނިޝް ހީވީ ހަމައިން ނެއްޓިފާއި ހުރި ހެންނެވެ.ތެދަށް ބުނަންޏާ އެގަޑީ އޭނާ ހުރީ ރަނގަޅަށްވެސް އަމިއްލަ އިހްތިޔާރުން ބޭރު ވެވިފައެވެ.އެހިތަށް […]
ވަރަށް ދުރު ސަރަހައްދެގައި އުޅުނު ދެމަފިރިންނަށް ވަރަށް ލޯބި އަންހެން ކުއްޖަކު ލިބުނެވެ. ސިންދުރެއްލާއަކީ ކަޅު މުށި ކުލައަކަށްދާ އިސްތަށިގަނޑެއްގެ ވެރިއެކެވެ. ސިންދުރެއްލާ ބޮދުވަމުން އަންނަނީ ނުލާހިކު އުފާވެރި ދިރިއުމަކުންނެވެ. ދެ އަހަރު ފަހެވެ. ސިންދުރެއްލާ ސްކޫލަށް ދާން ފެށިއެވެ. ސިންދުރެއްލާ ސްކޫލަށް ލާންދަނީ ސިންދުރެއްލާގެ މަންމައެވެ. އެއްދުވަހަކު………….
އެވަގުތު ޔާލާގެ ކައިރީ ހުރި އައިދަންއަށްވެސް، އެއަންހެންކުއްޖާ ފެނުނެވެ. ” އޭ.. އައިދަން.. ކިހިނެއްވެފަ ތިހިރީ.. ” “ޔާލާ ދަންނަ ކުއްޖެއްތަ އެއީ؟.. ” ފިރާޝްކުރި ސުވާލަށް ޖަވާބުނުދީ ހުރި އައިދަން ސުވާލުކުރީ ޔާލާއާއެވެ. “ތިބުނީ ދެންމެ ހީލާފައި ދިޔަ ކުއްޖާގެ ވާހަކަތަ؟ ” ޔާލާ ސުވާލުކޮށްލިއެވެ. “އާނ..” އައިދަން ހުރީ އޮޅުންފިލުވަން ބޭނުންވެފައެވެ. ” އޯހްހް.. އަޅައިގަތީދޯ.. އެއީ އަހަރެންގެ ކިލާހު ކުއްޖެއް.. ވަރަށް ހިތްވެސް ހެޔޮ ކުއްޖެއް އެއީ.. ” ވެގެން އުޅޭގޮތް ޔާލާއަށް […]
“ދަރިފުޅާ މިގަޑިގައި ކީއްކުރަން…މިއީ ހާދަ ދަންގަޑިއެކޭ..” ނިދިއަޑަކުން މަޖުދާ ބުނެލީ ދޮރު ބޮޑަށް ހުޅުވާލަމުންނެވެ. “މަންމާ ޕްލީޒް މިހާރު ސުވާލު ނުކޮށްބަ..މި ރޫމްގަ މިރޭ ނިދާނީ..” އެތެރެއަށް ދެމިގަންނަމުން ކައިޝާ ބުނެލިއެވެ. އެވަގުތު ކައިޝާގެ ފަހަތުން އެކޮޓަރިއަށް ކަކުންޏެއް ވަތްކަމެއް ދެމީހުންނަށްވެސް ރޭކާނުލައެވެ. މަޖުދާ ދޮރުލައްޕާލިއެވެ. ފާހާނާއަށް ވަދެ އެއްޗެހި ބަދަލުކޮށްލާފައި މޫނު ދޮވެލަންވެގެން ކައިޝާ އިސްކުރި ދޫކޮށްލިއެވެ. މޫނަށް ދެތިން ފެންގޮށި އަޅާލަމުން ލޯ ހުޅުވާލާފައި މޫނުގައި ދެއަތް ކާތާލިއެވެ. ކުރިމަތިން ފެންނަން ހުރި […]
“ބޭބޭ އިޝާ ބާތްޑޭ އެބައާދެއެއްނު ހިގާބަލަ ކަމެއް ރާވަން” ހެދުނު ސައި ބޯން އިން އަރޫޝާއާއި ދިމާލަށް ހައިރާންކަމާއި އެކު ބަލައިލެވުނީ ކުއްލިއަކަށް އޭނަ ކައިރީ އިޝާގެ ވާހަކަ ދައްކަން ފެށުމުންނެވެ. “ކީއްކުރަން… އިޝާ. އަމްމް. ބޭބެ” އަޝްފާގަށް ބުނެވުނު ނުބުނެވުނު އެއްޗެއް ނޭނގި އަނގައޮޅޭ ގޮތްވިއެވެ. “ހާދަ ވަރެއް ތިވަނީ. އަނެއްކާ ކޮށި އެރީތަ” އަޝްފާގަށް ވީ ގޮތް ފެނި އަރޫޝާއަށް ހެވުނެވެ. “ނޫނޭ.. ކީއްކުރަން ބޭބެ ކައިރީ އިޝާގެ ވާހަކަ ތިދައްކަނީ އައުޓް އޮފު […]
” އައި ނޯ ހައިކް.. އެކަމް ހައިކްއަށް ކަންތަށް އިނގިފަ ތިއޮތީ މުޅިން ރަނގަޅަކަށް ނޫން.. ދެއާއިޒް ސަމްތިންގް ޔޫ ނީޑް ޓް ނޯ..” އަހަރެން ބުނެލީމެވެ. ހައިކަލްގެ ހުރިހާ ސަމާލުކަމެއް ހުއްޓިފަވަނީ އަހަރެންނަށްށެވެ. ބުނަން މިއުޅޭ ވާހަކައިގެ ގޮތުން އަހަރެން ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ. އިތުރަށް ހައިކަލް ދެރަ ކުރަން ބޭނުން ނުވިނަމަވެސް މިހަޤީގަތް ކޮންމެހެން ހައިކަލްއަށް އިނގުން މުހިންމު ކަމުގަ އަހަރެންނަށް ވިސްނުނެވެ. ” ހައިކް އަހަރެންނަށް ޓްރަސްޓް ކުރަންތަ.. މިހެން މި […]
އާމިލް ކޮޓަރިން ނުކުމެ ތިރިއަށް ފޭބިއިރު ސިޓިންރޫމް ސޯފާގައި ގާތްގާތުގައި އިިށީންދެލައިގެން ޔުއާންއާއި ދިމްރާ ތިއްބާ ފެނުނެވެ.”ތަންބްސް ފައިޓް” ގޭމް ކުޅެމުން ދިޔައިރު ދިމްރާ އިނީ ހީހީ ހަލާކުވާ ވަރުވެފައެވެ.ޔުއާންގެ މޫނު މައްޗަށް ބަލައިލުމުން ޔުއާންވެސް އިނީ މަޖާ ވެފައިކަން ހާމަ ކޮށްދެއެވެ.އެފޯރީގައި ތިބި ދެމީހުންނަށް ދުރަށް ޖެހިލެވުނީވެސް އާމިލު އައިސް އެތަނުން ސޯފާއެއްގައި އިށީންދެލުމުންނެވެ. “އަނހަ!ސައިބޯންތަ ތިއައީ..ވަރަށް ދޮރުގަ ޓަކިވެސް ޖެހިން..ނުހުޅުވީމަ ހީކުރީ ނިދީކަމަށް” ދިމްރާ ފުޅާ ހިނިތުންވުމަކާއިއެކު އާމިލުއާއި ވާހަކަ ދެއްކިއެވެ.އޭރު މަޖާ މޫޑެއްގައި […]