ދުވަމުން ދިޔަ އަފްރީންގެ މިސްރާބު ހުރީ ގޮނޑުދޮށާދިމާލަށެވެ. އުުޑުމަތި ބައްދަމުން ދިޔަ ކަޅުވިލާތަކަށް ސަމާލުކަމެއް ނުދީ އަފްރީން ގޮސް ގޮނޑުދޮށުގައި މަޑުކޮއްލިއިރު ފުންކޮށް ނޭވާލަމުންދިޔައެވެ. މުޅިމީހާ ތުރުތުރު އަޅަމުން ދިޔައިރު ދެލޯވަނީ ފެންކަޅިވެފައެވެ. ވައިބާރުވެ ކަނޑުގެ ރާޅުތައް ރުޅިވެރިކަމާއެކު ބިންދަމުން ދިޔަ އިރު ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެންނެވެ. ހިތް ހަލާާކުވެފައި ވާއިރުވެސް ނުރޯންވެގެން ކުރަމުން ދިޔަ މަސައްކަތް ފެނި ހިތެއް ހުރި މީހެއް ވެއްޖިޔާ އަސަރުނުކޮއް ނުދާނެކަން ޔަގީނެވެ. އެވަގުތު ވާރޭވެސް ވެހިގަތީ އަފްރީންގެ […]
“އަވްފް….ހެހެ..ވޫޕްސް.. ތަދުވި؟..ދެމް ކޮން ތަދެއް ވާނީ. ކަލެޔަކަށް ނޭންގޭނެ މިހާރު އެއީ ކޯޗެއް ކަމެއް. ހިއް. ހެހެ..އަވްފް” ކޮޓަރި ތެރެއިން އިވެމުން ދިޔައީ މީހަކު ހީހީފައި އެއްޗެއް ކަފަމުން ދިޔަ އަޑެވެ. ކުއްލިޔަކަށް މުޅިތަމުގައި ވަރުގަދަ އެލާމެއްގެ އަޑުހިފާލިއެވެ. ދެން ފެނުނީ ފުލުހުންގެ ވަރުގަދަ ތީމެއް އައިސް އެކޮޓަރިތެރެއަށް ވަދެގަތް ތަނެވެ. ފެނުނު މަންޒަރުން ގިނަ ފުލުހުންނާ ސިފައިން ތިބީ މޭ ނުބައި ކޮށްފައެވެ. މާސްކެއް އަޅައިން އިން މީހެއްގެ ކައިރީ އެއޮތީ މަރުވެ ކުނިވެފައިވާ މީހެކެވެ. […]
މިއުވާންއަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އޭނާގެ ހަގަށް ދެ އަންހެންކުދިން ތިބެއެވެ. އާއިލާގައި އޭނާގެ އިތުރަށް ތިބީ ދެ އަންހެންކުދިންނަށްވެފައި އެކުދިންނާ އުމުރުގެ ފަރަޤު ބޮޑުކަމުން އޭނާއަށް އަބަދުވެސް އެކަނިވެރިކަން އިހުސާސްވެއެވެ. އެހެންކަމުން އޭނާގެ މަންމަ މުނީޒާއާއި ބައްޕަ މާހިރުއަށް އޭނާއާ ދޭތެރޭ ޚާއްސަ ގޮތެއް ބެހެއްޓެއެވެ. ދޮށީ ދަރިއަށްވެފައި ހުރި ހަމައެކަނި ފިރިހެން ދަރިއަށް ވާތީވެސްމެއެވެ. ނަމަވެސް ދެން ތިބި އެކުދިންނަށް އެކަން އިހުސާސް ނުވާނެހެން އެކުދިންނަށްވެސް ލޯބިދެއެވެ. ދަރިން ތަފާތުކުރުމަކީ […]
ދުވަހަކީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހެވެ. ފުއްޓަރުފުށީގެ މަދަރްސާގައި އެކަން ފާހަގަކުރެވެމުން ދިޔައިރު، އެމަދަރުސާގެ ގޯތިތެރެވަނީ، އެކި އުމުރުފުރާތަކުގެ މީހުންތަކުން ފުރާލެވިފައެވެ. އެތަނުގައި ގިނައީ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިންނެވެ. ” ޕައްއްއްއް ” ކުއްލިއަކަށް އެއްޗެއް ފަޅައިގެންދާފަދަ ބާރުއަޑެއް ކަންފަތްދޮށުގައި އިވުމުން، ސިހިފައި މާހާއަށް ބަލާލެވުނެވެ. އޭރު، އޭނާއާއި ޖެހިގެން ހުރި ގޮނޑީގައި އިން ޝިމާޒް އިނީ އަނގަޔަށް ވަރަށް ހެއްވާ ވައްތަރެއް ޖައްސައިގެން، މަލެއްދޭ ފަދައިން ޕިނެއް ދިއްކޮށްގެންނެވެ. ފަޅައިގެން ގޮސްފައިއޮތް މާހާ ގެންގުޅުނު ރަތް ފުއްޕާހަމުގެ […]
އަޖައިބެއްފަދަ ފުރިހަމަ ރީތިކަމެއް ލިބިފައިވާ އެކޮޓަރި ތެރެއަށް ބަލަމުންދިޔަ ޝަނާޔާ ސިހުނީ ޖިއާން އޭނާގެ އެ ބާރުގަދަ އަތްދަނޑި މައްޗަށް ޝަނާޔާ ނަގައިގަތުމުންނެވެ. ދެލޯބިވެރިން އެކުގައި އުފާވެރި ވަގުތު ކޮޅެއް އެ ރީތި ގަނޑުވަރުގައި ހޭދަ ކުރުމަށްފަހު ޖިއާން އެރޭ ޝަނާޔާ ކޮޓަރިއަށް ގެނައި އިރު ހުރީ ގަޑިން މެންދަމު ދޭއް ޖަހަން ކައިރިވެފައެވެ.ޝަނާޔާއަށް މިރޭ ލިބިގެން އެދިޔައީ އޭނާ ކުޑަކޮށްވެސް އުއްމީދު ކުރި އުފަލެއް ނޫނެވެ.ޖިއާންގެ ދުނިޔޭގައިި ޝަނާޔާއަށްޓަކައި ބިނާކުރެވިފައި އެވާ ގަނޑުވަރުވެސް އޭނާ ޝަނާޔާދެކެ […]
ދިޔާންމެން އުޝާމެންވެސް ހާލަތަށް ހޭނިފާއި ވީ ނަމަވެސް އެމީހުންގެ ހަނދާނުންވެސް ދިމްރާގެ ނަން ފިލާ ނުދެއެވެ.އެ އެންމެންވެސް އުއްމީދުގައި ތިބީ ދިމްރާގެ ހަބަރެއްވާނެ ދުވަހަކަށެވެ.އެމީހުން ދިމްރާ ވީތަނެއް ހޯދަން ވަރަށް މަސައްކަތްވެސް ކުރޭމެއެވެ.ދިޔާންވެސް ދާނިޝްމެންނާ ސިއްރުން ދިމްރާގެ ހަބަރެއް ލިބޭތޯ މަސައްކަތް ކުރަމުން ދިޔައިރު އުއްމީދީ އަލިމަގެއް އަދިވަނީ ނުފެނިފައެވެ.ނަމަވެސް އެމީހުން އަދި އުއްމީދު ކަނޑައެއް ނުލައެވެ.ކޮންމެސް ދުވަހަކުން ދިމްރާއާއި ދިމާވެ ހުރިހާ ކަމެއް ހައްލުވާނެކަމަށް އެމީހުން އުއްމީދު ކުރެއެވެ.ދިމްރާގެ ހަނދާންތައް ނުވާކަމަށް ހަދައިގެން ޔުއާން އުޅުނަސް […]
\”ޝަނާ ބޭނުންވަނީ ތިގޮތަށް އަހަރެންގެ ކުރިމަތީގައި އިނދެ އަހަރެންގެ ހިއްސުތަށް ހޭލައްވަންތަ؟\”ލާނެއް ރާގެއްގައި ޝަނާޔާގެ ފިނިފެން މަލެއްފަދަ އެރީތި ތުންފަތަށް ނަޒަރު ހުއްޓާލައިގެން އިނދެ ޖިއާން ބުނެލިއެވެ. އެވަގުތު ޝަނާޔާގެ މުޅި ހަށިގަނޑު ފިނިވެގެން ގޮސް ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށްޖެހުނެވެ.އަދި އޭނާއަށް މިއޮއް ހުރިހާއިރު ޖިއާންގެ ކުރިމަތީގައި އެހާ ނިވާކަން ކުޑަގޮތެއްގައި އިނދެވުނަތީ އަމިއްލަ ނަފްސަށް ލަދުވެތި ވިއެވެ.އަދި އަވަސް އަވަހަށް ފާޚާނައަށް ދިޔުމަށްޓަކައި އަވަސްވެގަތެވެ.ހަމަ އެވަގުތު ޖިއާންވެސް ތެދުވެ ހުށިޔާރުކަމާއިއެކު ޝަނާޔާގެ އުނަގަނޑުގައި ހިފާ […]
ވިދުވަރެއްހާ ހަލުވި މިނެއްގައި އީތަން މައްޗަށް އަރައިގެން ދިޔައިރު އީތަން ދިޔަ ހިސާބުން އަލިފާންކަނި ބުރަމުންދިޔައެވެ. ޒިއަދަން ރުޅިވެރިމާއެކު އީތަންއަށް ބަލާލިއެވެ. އެދެލޮލުން ދުން އަރަމުންދާއިރު ގައިން ފައިބަމުންދާ ލޮނދިތަކުން އަލިފާންގަނޑު އިތުރަށް ކެކިއުތުރި ގަނެއެވެ. އީތަން ނުދަންނަ ބަހަކުން ޒިއަދަން އޭނަ ވަށައިގެން ތިބި މީހުންނާ ދިމާއަށް ހަޅޭލަވަމުން ދިޔައެވެ. އީތަންއަށް ނޭނގުނަސް ޒިއަދަން އޭނާގެ ވަށައިގެން ތިބި މީހުންނަށް އަމުރުކުރީ އީތަންގެ ދުވަސް ދުއްވާލުމަށެވެ. ޒިއަދަންގެ އަމުރަށް އެމީހުންތަށް އަޑުގަދަކުރަމުން އީތަންއާ ދިމާއަށް އަންނަން […]