ކަޅުފޮއި އަނދިރި ރެއެކެވެ. ގަޑިން މެންދަމު އެކެއް ޖެހީއެވެ. ގަދަ ވިދުވަރަކާއިއެކު ޖަހާލި ގުގުރީގެ އަޑަށް އަހަރެންގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ކަކުލުގައި ދަތްދޮޅި ވިއްދާލައިގެން މިގޮތަށް އިންނަތާ މިހާރު ދެގަޑިއިރެއްހާއިރު ވެދާނެއެވެ. “ޚަލަފް! ނުނިދަންތަ އަދިވެސް؟” އަހަރެންގެ އަޑު އިވުމުން ޓީވީއަށް ގެއްލިފާއިން ޚަލަފް އަހަންނާ ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ. “ގުގުރި ޖަހާތީ ނުނިދިގެންދޯ ތިއުޅެނީ؟ ދާންވީތަ ނިންދަވަން؟” ކޮފީ ހުސްކުރި ޖޯޑު އަހަރެންގެ އަތަށްދެމުން ޚަލަފް ސަމާސާކޮށްލިއެވެ. އަތްދަނޑިމަތީ އުފުލާލައިގެން […]
ދިމްރާ ނައްޓުވަން ކުރި މަސައްކަތުގައި ފެނުނީ ދެމީހުންވެސް އެއްކޮން ވެލިގަނޑު މައްޗަށް ވެއްޓުނުތަނެވެ.ދިމްރާއަށް ޔުއާންގެ ގައިން ދޫކޮށްލެވުނީވެސް އެވަގުތުއެވެ. ދިމްރާ ކޮޅަށް ތެދުވިއިރުވެސް ޔުއާންއަށް ވެލިގަނޑުމަތީ ދިމްރާ ދަތް އެޅިތާ އަތްއަޅާލައިގެން އިނދެވުނީ އެތަނަށް ވަމުންދިޔަ ތަދުންނެވެ. “ތީ ވެމްޕަޔަރެއްތަ؟” “ހޫމް!ސަމްޓައިމްސް” ދިމްރާވެސް ޔުއާންހެން އެއްމިޔަކަނުން ހީލަމުން އެނބުރި ހިނގައިގަތެވެ. މަންޒަރު ބަލަން ތިބި ހަތަރު މީހުންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައި ތިބި ބައެއް ހެންނެވެ. “މީ އަޅެ ކުޑަކުދިންތަކެއްތަ..އާނ!އެހެންނޭނުން ބުނެވޭނީ..ނުވިސްނޭވަރު ކުޑަކުދިންގެ އުޅުން ހުންނަ […]
އެގޮތުގައި ފަނަރަ ވަރަކަށް މިނެޓް އިނުމަށްފަހު ޕާޓީއަށް އަނބުރާ ދިޔުމަށްޓަކައި ތެދުވެ ފައިވާނަށް އަރައިގެން ހިނގައިގަތެވެ.ޝަނާޔާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ލޯބިވެތި ފިރިހެން އަޑަކުން އޭނައަށް ގޮވާލުމުންނެވެ. ޝަނާޔާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ.ބޭއިޚްތިޔާރުގައި ފަހަތަށް އެނބުރި ބަލައިލެވުނެވެ.ކުރިމަތީގައި ހިނިތުން ވެލައިގެންހުރި ޒުވާނާއަކީ ޝަނާޔާ މީގެ ކުރިން ދެކިފައިނުވާފަދަ ރީތި ޒުވާނެކެވެ.އިސްކޮޅުން ދިގު،ހަމުގެ ކުލައަލި ވެފައި،ފިރިހެންވަންތަ ހަށިގަނޑެކެވެ.އެ މޫނުމަތީގައި އެވަނީ އަޖައިބެއްފަދަ ވިދުވަރެކެވެ.އެ ފެހި ވާދީއެއްފަދަ ލޮލުގައި އެވާ ޖާދޫއަކުން އާޝޯހުވާވަރު ވެއެވެ.ޝަނާޔާގެ ދުލުން ބަހެއް ބޭރުނުވިތާ، […]
” ވަރަށް ލޯބިދޯ ކޮކީ…؟ ” ފާޒިން ފިޒާންގެ ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރުމުން ވަދީފާ އައިސް ބުނެލިއެވެ. ފާޒިން އެއްބަހެއްވެސް ނުބުނެ ފޮޓޯގަނޑަށް ބަލަހައްޓައިގެން ހުރީއެވެ. ” އާމިރު… ވަރަށް އަވަހަށް އާދެބަލަ ގެއަށް..! ފަޒީލްވެސް އޮފީހުގައި އުޅޭނަމަ އޭނަވެސް ގޮވައިގެން އަންނާތި… ” އާމިރު ފޯނު ނެގުމާއެކު އަވަސް އަރުވާލާފައި ވަދީފާ ބުނެލިއިރު އުފަލުން ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. ” ކޮންކަމަކާ މާ އުފާވެފައި ތިހިރީ…؟ ” ކުޑަކޮއް ހީލަމުން އާމިރު އަހާލިއެވެ. ” ދެން […]
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ޝަނާޔާ އޮތީ ފުން ނިންޖަކަށް ގެނބިފައެވެ.ކޮޓަރި ތެރޭގައިވަނީ ހަމަހިމޭން ކަމެވެ.ބަލާލަން ރީތި މާބޮޑުނޫން އެ ހިތްގައިމު ކޮޓަރި ތެރެ ދިއްލިފައިވަނީ ނިދާބޮކީގެ ފަނޑު ނޫކުލައިންނެވެ.ޝަބާޔާއަކީ ހަމުގެ ކުލަ އަލި، ބަލާލި ކޮންމެ މީހެއްގެ ހިތަށް އަސަރުކުރުވާފަދަ ރީތިކަމެއް ޤުދުރަތުން ލިބިފައިވާ ރީތި ކުއްޖެކެވެ.އެ ދޮން، އޮމާން މޫނުމަތީގައި ވަނީ މަޢުސޫމް ކަމެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް ޝަނާޔާއަށް ހޭލެވުނީ ފޯނު އެލާމްގެ އަޑަށެވެ. ޢަވަސް އަވަހަށް ގަޑި ބަލައިލިއިރު ހަތެއްޖަހާ ދިހަ މިނެޓް […]
އިޝާ ބޭބެ އާއި ހަވާލުކުރުމަށްފަހު އަޝްފާންގެ މިސްރާބު ހުރީ ފަޒުނާ ގެ ގެއާއި ދިމާލަށެވެ. 10 މިނެޓުގެ ދަތުރަކަށް އެގެއާއި ހަމަވި އިރު ފަޒުނާ ކޮނޑުގައި ދަބަސް އަޅުވައިގެން އޭނާގެ އިންތިޒާރުގައި ގޯޅިގަނޑު ކުރިމަތީ ހުއްޓެވެ. ފަޒުނާ ކާރުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލުމާއި އެކު އަޝްފާން ބާރު ސްޕީޑުގައި ކުރިއަށް ދުއްވާލިއެވެ. ތުލުސްދޫ ބަދަރަށް ފައި ބީއްސާލުމާއި އެކު ދެމީހުންނަށް މަރުހަބާކީ އަޝްފާންގެ ކުރީގެ ރަހުމަތްތެރިއެއް ކަމަށްވާ ނާފިއުއެވެ. ނާފިއުއަކީ އޭލެވެލް ގައި އަޝްފާނާއި އެއްމެ […]
” ރާޔާ..” ކާމިޔާބު ހިނިތުންވުމަކާއެކު އަހަރެންނަށް ބަލަން ރާޔާއިނެވެ. އަހަރެން އެތާނގަ އެންމެ ހިނދުކޮޅަކަށްވެސް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. ” ކޮކީ ޔަލް ދައްތި ހޮސްޕިޓަލަށް ދާން ޖެހިއްޖެ.. އިޓްސް އޭން އެމަޖެންސީ.. އެހެން ދުވަހަކު އަންނާނީ ދޯ… މިއަދު ދެން ދޮންބެ އާ ދެކުދިން ޕިއްޒާ ކާލާ އިނގޭ.. ސީޔޫ ލޭޓަރ…” ޝާން ބޮލުގަ ފިރުމާލަމުން އަހަރެން އެހެން ބުނެލާފަ ބެލީ އަވަހަށް އެތަނުން ނިކުމެވޭތޯއެވެ. ޝަމްމު އިނީ ކަޅި ޖަހާނުލާ އަހަރެންނާ ދިމާލަށް […]
އީތަންއާ ޒުއްނޫރުގެ ފަހަތުން އެނބުރެމުން ދިޔަ ކަކުންޏަކުން ދުންއަރަމުން ދިޔައެވެ. އެދުންތަކުގެ ތެރެއިން ފާޅުވީ މީހެއްފެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އީތަންގެ ފަހަތުން އައިސް އެމީހަކު ހުއްޓުމާއެކު ޒުއްނޫރާއި އީތަން އެކުއެކީގައި ފަހަތަށް ބަލާލިއެވެ. އާދައިގެ ކަޅުހެދުމެއްގައި ހުރި އަންހެނަކު ހުރުމުން އެއީ ކާކުކަމެއް އީތަންއަށް ނޭނގުނަސް ޒުއްނޫރަށް އެނގުނެވެ. އެމީހުންގެ ފަހަތުގައި ހުރި ޒިމްރީނާގެ ދެބުމަ ގޮށްޖެހިފައިވާއިރު އީތަންއަށް ކަޅިއަޅާލިއެވެ. ” މީދޯ ކަލޭ ކުރާ ކަމަކީ..މަގޭ ދަރި ފަރީކު ހަލާކުވެގެން ދާއިރުވެސް ކަލޭ […]