ދަންވަރުގެ ހަމަހިމޭން ވަގުތެވެ.ޝަނާޔާ އޮތީ ފުންނިންޖަކަށް ގެނބިފައެވެ. ކޮޓަރިތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. ބަލާލަން ރީތި މާބޮޑުނޫން އެހިތްގައިމު ކޮޓަރިތެރެ ދިއްލިފައިވަނީ ނިދާބޮކީގެ ފަނޑު ނޫކުލައިންނެވެ. ޝަނާޔާއަކީ ހަމުގެ ކުލަ އަލި ބަލާލިކޮންމެ މީހެއްގެ ހިތަށް އަސަރުކުރުވާފަދަ ރީތިކަމެއް ޤުދުރަތުން ލިބިފައިވާ ރީތި ކުއްޖެކެވެ.އެ ދޮން އޮމާން މޫނުމަތީގައިވަނީ މައުސޫމް ކަމެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް ޝަނާޔާއަށް ހޭލެވުނީ………
“އައި..އައިމް ސޮރީ” ދިމްރާ އެހެންބުނެ އަވަސްވެގަތީ އެތަނުން ނުކުންނާށެވެ.ޔުއާންއަށް ވީގޮތްފެނިި ދިމްރާއަށް ޔުއާންއާއި ދިމާލަށް ބަލައިލަންވެސް ނުކެރުނެވެ.އެހެންކަމުން ހަލުވި ފިޔަވަޅުތަކެއްގައި ނުކުމެ އެ ކޮޓަރި ދޮރުވެސް އޭނާ ލައްޕާލިއެވެ.ދެއަތް ޖޯޑުކޮށްލާފައި މޭގާ ޖައްސާލައިގެންހުރެ ދިމްރާ އެދިޔަގޮތަށް ގޮސް ނުކުތީ ބެލްކަންޏަށްށެވެ.އޭނާ އެ ދިޔަ ބާރުމީނުގައި ގޮސް ހުއްޓިލީވެސް ބެލްކަނީގެ ރެއިލިންގ ކައިރިއަށް ދެވުމުންނެވެ.އެއައްފަހު ފެނުނީ ދެއަތުން ރެއިލިންގައި ހިފަހައްޓާލާފައި ފަޒާ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލިތަނެވެ. ވާރޭ ކަނި ކުޑަކުޑަ ކޮށް ޖަހަމުން ދިޔަނަމަވެސް މީހާ ހަމަޔަކަށް […]
“ޝައިމް! ޔެސް. އައި ލަވްޔޫ ޓޫ.” ލައިބާވެސް ބުނަން ބޭނުންވިއެވެ. އެފިރިހެންވަންތަ ހަށިގަނޑުގާ ބައްދާލަން ބޭނުންވިއެވެ. އެ ކޮނޑުގާ ބޯއަޅާލައިގެން އޮވެ ރޯލަން ބޭނުންވިއެވެ. ނަމަވެސް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަމުން ފަހަތަށް ޖެހިލިއެވެ. ލައިބާއަށް މިއަދުވަނީ ގޮތް ހުސްވެފައެވެ. އެއްކޮޅުން މިއޮއްހުރިހާ ދުވަހު އެކަމަކަށް އިންތިޒާރުކުރި ލޯތްބެވެ. އެނެއްކޮޅުން ބައްޕައެއްގެ އުންމީދުތަކެވެ. އެއްކޮޅުން ލައިބާގެ ދިރިއުޅުމެވެ. އުފާތަކެވެ. އަނެއްކޮޅުން ބައްޕަގެ ރަހްމަތްތެރިޔާއެވެ. އޭނާގެ އިހްސާންތެރިކަމާ އިތުބާރެވެ. ކުޑަކުޑަ ދަރިއެއްގެ މުސްތަގްބަލެވެ. އަމިއްލަ އުފަލަށްޓަކާ އެހެންމީހުންގެ އުންމީދުތަކަށް […]
އަދި އެންމެ ފަހަރަކު އެ ރީތި މޫނަށް ބަލާލަނަމޭ ހިތައި ބަލާލި ހިނދު ދެމީހުންގެ ނަޒަރު ބައްދަލުވި ވަގުތު ދެމީހުންގެ ހިތުގައި އާގޮތަކަށް ވިންދެއް ޖަހާލައިގެން ދިޔައެވެ. މިކަން އެދެމީހުންނަކަށް ރޭކައެއްނުލައެވެ. އެވަގުތު ސްކޫލުގެ ރަނގަބީލު ޖެހިގެން ދިޔުމުން ހައިޝަމް ހައިފާއަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ހޯލަށް ދާން ލައިން ހަދަން ދިޔައެވެ. ހައިފާ ދެންވެސް އިނީ މަސްތުގައި ޖެހުންގޮތަށް އެއިންތަނުން ގުޑިލަންވެސް ނޭނގިފައެވެ. މަސްތު ނުވާންވީ ސަބަބެއްވެސް ނެތެވެ. ހައިޝަމްއަށް ލިބިފައިވަނީ އަންހެންކުދިންގެ ހިތްތަށް އެއަކަށް އަބަދުމެ […]
ދެއަތް ދެއަތާއި މޮޑެމުން ދިޔައިރު އިސްޖެހިފައި އިން ރިއުމާންގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. އަތުގައި އަޅާފައި އޮތް ރަން ކެވެލިފަށަށް އިރުއިރު ކޮޅުން ދަމާލާއިރު އެ އިނގިލިތަކުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. އޭނާ ވަށައިގެން އެކި މީހުން ހަރަކާތް ތެރިވާކަން އިނގޭ އިރުވެސް ރިއުމާންއަށް އިހުސާސް ކުރެވެނީ އެކަނިވެރިކަމެވެ. އިވޭ ކޮންމެ އަޑަކާއި ފެންނަ ކޮންމެ މަންޒަރެއް ފޭދެމުން ދިޔަހެން ހީވެއެވެ. “ރިއު..” ކުއްލިއަކަށް އޭނާގެ އަތުގައި ހިފާލަމުން އެނަން ގޮވާލި […]
ހައްމާދުއާއި އީތަންއަށް އެމަގުގެ ކޮޅާހަމައަށް އާދެވެނު ވަގުތު ފެނުނު މަންޒަރުން ހައިރާންވިއެވެ. ދާދި ދެންމެއަކާ ޖެހެންދެން ކައިޝާ ދޮރުމަތީގައި ހުރެގެން ކުރި ކަމެއް އީތަންމެންނަށް ފެނުނަސް އެހާ ދުރުން އެފިރިހެނެއް ވަކި ކުރާކަށް އީތަންއަށް ނޭނގުނެވެ. އަދިއެހެންމެ ކައިޝާ އެހެން ފިރިހެނަކާއެއްކޮށް އެފަދަ ގޮތަކަށް ފެނިދާނެ ކަމަށް އީތަން ހީކޮށްފައިނެތެވެ. މިރޭ ކައިޝާގެ ހިތުގައި ޖެއްސުމުން އެކަމުގެ ބަދަލު ދިނީ ހެއްޔެވެ؟ ކައިޝާއަކީ އެހާ ރަހުމު ކުޑަ ކުއްޖެއް ހެއްޔެވެ؟ އެވަގުތު އީތަންގެ ހިތުގައި އެމީހެއް ދެކިލުމުގެ […]
“އިޝާން ދެން އާދެބަލަ ފެންވަރައިގެން ނިދަން ދާން” “އިޝާން އިޝާން …” މަންމަ ގޮވާ އަޑު އިވެމުން ދިޔަޔަސް ޓީވީ އިން ދައްކަމުންދިޔަ ކާޓޫނަށް ޝައުގުވެރިވެފައި ހުރިލެއް ބޮޑުކަމުން އެ ނުނިމެނީސް ފެންވަރަން ދާކަށް އިޝާން ބޭނުމެއް ނުވިއެވެ. އިޝާންގެ ހަބަރެއް ނުވުމުން ނާފިޔާ އެންމެ ފަހުން ކޮޓަރިން ނުކުމެގެން އައިސްފިއެވެ. “އެކަމަކުވާ ދަރިފުޅާ! ކޮން އިރެއް މަންމަ ގޮވާތާ” “މި ކާޓޫން ނިމުނީމަ މަންމާ” “ތި ނިމެންދެން މަންމަ އަކަށް ނުހުރެވޭނެ. ދޮންތިއާ އެއްކޮށް ސްކޫލް […]
ޔާނިއުގެ ލޮލުގައި، އެކަނިމާއެކަނި އިން އަނާނީ އަޅައިގަންނާކަށް މާ ވަގުތެއް ނުނެގިއެވެ. އޭނާ ދުރުން އަނާނީއަށް ހަނާއަޅާލައިފައި، މަޑު ހިނގުމެއްގައި އައިސް އަނާނީގެ ކުރިމައްޗަށް ހުރި ގޮނޑީގައި ޖައްސައިލިއެވެ. “ލަސްވެއްޖެ ދޯ. އިރުއޮއްސުނު ގަޑީ ނިދުން ގޮތަށް ދެންމެ ހިއްލައިލެވުނީ.” ޔާނިއުގެ މޫނުމަތީގައި ވަނީ ކަންނެތް ހިނިތުންވުމެކެވެ. “ހްމްމް އޯކޭ ވާނެ.” ހާސްވެފައި ހުރި ވަރުން ދައްކާނެ ވާހަކައެއް އަނާނީއަކަށް ނޭނގުނެވެ. ކުރިމަތީގައި މީނީ ހަމަ ހަގީގަތުގައިވެސް ޔާނިއުކަން އޭނާއަށް ގަބޫލެއް ނުކުރެވެއެވެ. މިއީ ހުވަފެނެއްބާއޭ ވެސް […]
“އާހް.. ތަދުވެޔޭ ދައްތާ…” “ކޮންމެހެން މަށާދިމާލަށް ދައްތާއޭ ކިޔާ ގޮވާނެކަމެއް ނެތް.. ހަމަމިހާރު މިހިރަ އެއްޗެހިތައް ދޮންނާން ދޭ..!” މާޝާގެ ކަންފަތުގައި ބާރަށް ހިފާ ކޮއްޕާލަމުން ނަފީސާ ބުންޏެވެ. އުމުރުން މިހާރު 16 އަހަރަށްދާ މާޝާ ދޮންމަންމަ ގާތައް ދިރިއުޅުން ބަދަލުކުރީ އޭނާގެ އުމުރުން 9 އަހަރުގައި މަންމަ ނިޔާވުމާ ގުޅިގެނެވެ. ލިބެމުންދާ އަނިޔާތަކަށް ކެއްކޮއްގެން މިއަދާ ހަމައަށްވެސް މާޝާ އުޅެމުން އަންނަނީ އޭނާގެ މަންމަގެ ވަސިއްޔަތައް ޓަކާއެވެ. ” ދަރިފުޅާ..! މަންމަ ނެތް ދުނިޔެ އެއްގައިވެސް […]