Skip to content
އެސްފިޔަ

ލޯބި ވެވުމުން……4

ޝަނާޔާގެ މޭގަނޑު ގުން ގުން ލާފައި ތެޅެމުން ދެއެވެ.ހިތް ހީވަނީ މޭ ފަޅައިގެން ނިކުމެދާނެ ހެންނެވެ. \”ޖި…ޖިއާން\”. ބިރުންގޮސް ތުރުތުރު އަޅަމުން ދިޔަ ޝަނާޔާގެ ދުލުން ނިކުތްހާވެސް ބަހަކީ އެއީއެވެ.

ޖިއާން އިންތަނުން ތެދުވެގެން ގޮސް ހުއްޓުނީ ކޮޓަރީގެ އެއްފަރާތުގައި ހުރި ތިންދޮރުފަތް ލީ އަލަމާރި ކައިރީގައިހުރި ޑްރެސިން ޓޭބަލްގެ ކުރިމައްޗަށެވެ.އޭނާ މިރޭ އެ އައީ ޝަނާޔާގެ ހިތުގައި އުފެދެމުން އެދާ ސުވާލުތަކުގެ ޖަވާބު ހިފައިގެންނެވެ.ޖިއާންގެ ނަޒަރު ހުއްޓިފައިވަނީ ޑްރެސިން ޓޭބަލްގެ ލޯގަނޑަށެވެ.ޝަނާޔާއަށް މެސެޖެއް ދޭން އުޅޭ ކަހަލައެވެ.ޝަނާޔާއަށްވެސް އެދިމާ ބަލާލެވުނެވެ.ނަމަވެސް ދެލޯ ފޮހެލާފައި ދެވަނަ ފަހަރަށްވެސް އެދިމާ ބަލާލެވުނީ ލޮލަށްފެނުނު ކަންތައް ގަބޫލު ނުކުރެވުގެންނެވެ..

ބިރުގަނެފައިވި ޝަނާއަށް ޖިއާންއަށް ބަލާލެވުނީި ސުވާލުން ފުރިގެންވި ނަޒަރަކުންނެވެ.\”އާނ.އަހަންނަކީ ޝަނާގެ ކުއްވެރިއެއް\” ޖިއާން ވާހަކަ ދެއްކިއެވެ.\”އަހަންނަށް ފުރަތަމަ ޝަނާ ފެނުނީ ހުޅުމާލޭ ބީޗުން.އެއީ އަހަރެންގެ ހިތް އަހަރެންގެ ޖޮންޓްރޯލުން ނެއްޓި ވަގުތު.އަހަރެން ދުވަހަކުވެސް ޝަނާއަށް ދެރަގޮތެއް ވާކަށް ނޭދެން.އަދި ވިޔަކަ ނުވެސް ދޭނަން.އަހަރެން ބޭނުންވަނީ ޝަނާގެ ހިޔަނި ކަމުގައި ވުމަށް.އަހަންނަށް ޝަނާގެ ނަންވެސް އެނގުނީ ހަމަ އެދުވަހު.ވާހަކަދައްކާލަން ކިތަންމެ ބޭނުންވިޔަސް ޝަނާގެ ރައްޓެހިންނާއި އެކުގައި ވުުމުން އެ ފުރުސަތުނުލިބުނީ. އެގޮތުގައި ދުވަސްތައް ދަމުންގޮސް ޝަނާމެން ހުރަސްފަރަށް ދިޔަދުވަހު ފުރަތަމަ ފަހަރު ޝަނާއާއިވާހަކަ ދައްކާލަން ފުރުސަތު ލިބުނީ.އެރޭ ޝަނާއާއިއެކުގައި ހޭދަ ކޮށްލެވުނު ކުޑަކުޑަ ވަގުތު ކޮޅުންވެސް އަހަންނަށް ޝަނާގެ ހިތުގައި އޮތް އެއްޗެއް ދެނެގަންނާކަށް އުނދަގުލެއް ނުވި. ޢެހެންވެ ޝަނާގެ ކުރިމައްޗަށް ދެވަނަ ފަހަރަށްވެސް އަންނަން ހިތްވަރު ލިބުނީ.\”

ޝަނާޔާއަށް އިނދެވުނީ އިވެމުންދާ ވާހަކަތަކުން ގަނޑުވެފައެވެ.ކޮންފަދަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ؟ ޖިއާންގެ ހަގީގަތް އެރޭ އެނގުނުނަމަ ޝަނާޔާ އޭނައަށް ހިތް ދިނީސް ހެއްޔެވެ؟ ޝަނާޔާގެ ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އޭގެ މަޤާމުދޫކޮށްފައި އެރީތިކޯތާފަތް ތެތްމަމުން ދިޔައެވެ. ޖިއާންއަށް އެ މަންޒަރުބަލާކަށް ކެތެއްނުކުރެވުނެވެ. ޝަނާޔާގެ ގާތަށް ދިޔުމަށް ފިޔަވަޅެއް ނެގިތަނާ ރޫރޫ އަޅަމުންދިޔަ އަތަކުން އޭނައާއި ކައިރިނުވުމަށް އިޝާރާތް ކުރިއެވެ.

\”ތީ އިންސާބެއް ނޫންތަ؟\” ޔަޤީންކުރަން ދަތިވެފައި އިނދެ ޝަނާޔާއަށް ސުވާލުކުރެވުނެވެ.ޖިއާން އިސްދަށަށް ޖަހާލިއެވެ. ޝަނާޔާއަށް އޭނާ ކުރި ސުވާލުގެ ޖަވާނބު ލިބުނުކަހަލައެވެ.އެވަގުތު ޝަނާޔާ ގަތީ އަމަށަކު ބިރެއް ނޫނެވެ.ރޯމަހެއް ތެޅޭހެން ތެޅެން ފަށައިފިއެވެ.ޖިއާންގެ ކުރިމަތީ އޭނާ މިދުނުޔެއިންވެސް އެންމެ ލޯބިވި ކުއްޖާ އޭނާދެކެ ބިރުން ތެޅިފޮޅެނީއެވެ.ރޮއިރޮއި ދެލޯ ރަތްވެފައި ވާއިރު އެ ރީތި މޫނުވަނީ ދުޅަވެފައެވެ.ބޮލުން ފެށިގެން ފައިތިލައާއި ހަމައަށް ރޫރޫ އަޅަނީއެވެ.ޝަނާޔާގެ ދުލުން ހާމަނުކުރި ކަމުގައިވިޔަސް އޭނާ ޖިއާންގެ ސޫރަވެސް އިތުރަށް ދެކެން ބޭނުން ނުވާކަން ޝަނާޔާގެ ހަރަކާތްތަކުން އެނގެއެވެ.އެހެނީ އެ ރީތި މޫނު އެވަނީ ބައްދައިގެން އިން ބާލީހުގެ ތެރެއަށްލާ ފޮރުވާފައެވެ.

\”ޝަނާ ބުނެފިއްޔާ އަހަރެން ދުވަހަކުވެސް ޝަނާގެ ކުރިމައްޗަށް ނާންނާނަން.އެކަމަކު ހަމަ އެންމެ ފަހަރަކު އަހަރެން ދައްކާ ވާހަކަ އަޑު އަހާދީ.\”ޖިއާންގެ އަޑުގައި ވަނީ އާދޭހާއި ރިހުމެވެ.ބާލީހުގެ ތެރެއިން މޫނުނަގާ އިސްދަށަށް ޖަހައިގެން އިނދެ ޝަނާޔާ ވާހަކަ ދެއްކިއެވެ.އަޑުގައި މިފަހަރުވެސް ތުރުތުރު ލުމެއް ހުއްޓެވެެ.\”ޖިއާން ގެ ހިތުގައި އަހަންނަށްޓަކައި ކުޑަނަމަވެސް ހަމްދަރުދީއެއް ވާނަމަ އަހަރެންގެ ދިރިއުޅުމުން ދުރަށްގޮސް ދީ…އެހެން ނޫނީ އަހަރެން މޮޔަވެދާނެ. ޢަހަރެންގެ ހާލަށް ދޫކޮށްލަދީ\”ޝަނާޔާ ވާހަކަ ދައްކަމުން ދިޔައިރު އެންމެ ފަހަރަކުވެސް އިސް އުފުލާ ޖިއާންއަށް ބަލާވެސް ނުލައެވެ.އޭނާ އިނީ އެއަށްވުރެ މާބޮޑަށް ބިރުގަނެފައެވެ.ޝަނާޔާގެ ބަސްތަކުން ޖިއާންގެ ހިތް ކުދިކުދި ކޮށްލިއެވެ. ފެންކަޅިވެފައިވާ ފެހިކުލައިގެ އެ ރީތި ދެލޮލުން އެންމެ ފަހުފަހަރަށް އެހިތުގެ ރާނީއަށް ބަލާލިއެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (25)

  1. Addu manje

    Varah reethi.. dhemme mi kiyaalee hurihaa parteh..
    🙂

    1. Noor
      Addu manje

      ?

  2. Shai?

    Salhi
    Next part avasskohlladheythi

    1. Noor
      Shai?

      ?

  3. IshXyf

    V Nice…bt haadha kurey…kurin part thakaa ehvvarah dhigu kohladhy…plx…eyrun adhi maa furihama vaane

    1. Noor
      IshXyf

      Thanx…will try

  4. Noor

    In sha Allah next part dhigu kolla dheynan…thanx for reading….???

  5. Reader

    V v v kuru mi part genesdhinleh. Dhen v baivaru mistakes eba huri. Misaalakah (nukurevugenneve, jonturoalun, insaabeh, javaanbu, dhunuyeinves,) hykuran dhen faharakun rangalhu kohlaane kamah.

    1. Noor
      Reader

      Thanx…..

  6. Noor

    Friends….as I’m typing from my phone…there might b mistakes…hope u will understand n help me to avoid it.

  7. Noor

    Abt this part..I know its v.short..but as readers r waiting I thought instead of not posting…it’s better to up.short even…..so within a limited time I wrote this part for daily readers…?

  8. Fathun

    Varah furihama adhi thankolheh dhigukohladheeba plz

    1. Noor
      Fathun

      Thanx

  9. Zzzaauuu

    ?? interesting……..

    1. Noor
      Zzzaauuu

      Thanx

  10. naxo

    wow varahreethi mi part vess well done noor but next part dhigukohlahchey

    1. Noor
      naxo

      Thsnx

  11. thoon

    yash ge hiyanihen gaathugaa vame story tha mee

    1. Noor
      thoon

      It’s not a copy story dear…..

  12. sheni

    wow its so nice plxx next part up kolhachey… kiyaahithun keimadhuvanii dhen vaane goth haadha reethi vaaney
    plx upkolhachey
    nice story…

    1. Noor
      sheni

      Thanx

  13. Anonymous

    Avahah upkoh dheche

    1. Noor
      Anonymous

      Thanx

  14. Thaa

    Wow very nice story waitless

    1. Noor
      Thaa

      ????

Comments are closed.