Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރެއް މަ ނުކުރާނަމޭ (2)

Psenhi Level 410 Stories100 Comments100 Login
April 27, 2017 6 Mins Read
39 Comments

އަހަންނަށް ލޯ ހުޅުވާލެވުނުއިރު ނަރުސް ކުއްޖަކު ކައިރީގައި ހަރަކާތްތެރިވަމުން ދިޔައެވެ. “އާހް” ބޮލަށް ބާރުވެފައި ހުރުމުން އަހަންނަށް ބުނެވުނެވެ. ނަރުސް ކުއްޖާގެ ނަޒަރު ވަގުތުން އަހަންނާއި ދިމާއަށް ހުއްޓުނެވެ. ދެން އަހަރެންގެ ގާތުގާ މަޑުމަޑުން އޮވެލުމަށް ބުނެ އަވެސް ފިޔަވަޅު ތަކެއްގާ ބޭރަށް ނިކުތެވެ.

އަހަރެން ގެއަށް ދޫކޮށްލެވުނީ ތިން ދުވަސް ފަހުންނެވެ. ފައިގެ ކަށިގަނޑެއްގާ ރެނދުއަޅާ ބޮލަށްވެސް ކޮންމެސްވަރަކަށް އަނިޔާ ވެފައިފާކަމަށް ޑޮކްޓަރ ބުނުއްވިއެވެ. އަހަރެންގެ ގައިގާ ޖެހުނު ސައިކަލްގާ އިން ޒުވާނާއަށް މާބޮޑު އަނިޔާއެއް ނުވުމުން އަހަރެން ހިތްހަމަޖައްސާލީމެވެ.

ހޮސްޕިޓަލުގާ އޮތްއިރު އާއިލާ މީހުންނާއި ރައްޓެހިން ހާލު އޮޅުންފިލުވަން އަހަރެންގެ ގާތަށް ޒިޔާރާތް ކުރިއެވެ. ޚަލަފްވެސް އޭނާގެ ހުސްވަގުތުގާ އައިސް ހާލު އޮޅުން ފާލުވާ ސަމާސާކޮށް ހަދައެވެ. އަހަރެން ބޭއްވީއްސުރެ ދޫކޮށްލަންދެންވެސް ޝަމްމު ހޮސްޕިޓަލުން ނިކުންނަ ޚިޔާލެއްވެސް ނުކުރެއެވެ. ބައެއް ފަހަރު ފެންވަރަން ދަނީވެސް ޚަލަފް އައިސް އާދޭސް ކޮށްގެންނެވެ.

އަހަރެން ބަލިވެ އުޅޭތީ ޝަމްމު އޮފީހަށް ނުދަން ގަދަހެދިއެވެ. ނަމަވެސް އެތަށް ފަހަރަކު ކިޔައިގެން އެއްބަސްވީ ޝަރުތެއް ކުރުވާފައެވެ. ގިނައިން ރެސްޓްކޮށް ބަރާބަރަށް ގަޑިން ގަޑިއަށް ކައިގެން ބޭސް ކެއުމަށެވެ. ޑިއުޓީގައި ކިތަންމެ ބިޒީވިއަސް އަހަރެންގެ ހާލު ބަލާ ކޭތޯ ބަލައެވެ. މިކަމުގެ ސަބަބުން ޝަމްމު އަހަރެންދެކެ ލޯބިވާވަރު އަހަންނަށް އިހްސާސްވެއެވެ. އެކަހަލަ ފިރިއަކު ލިބުނީތީ ހަމްދު ކުރެވެއެވެ. އަހަރެންނަށް އެންމެ މުހިއްމު މީހަކީ އެއީކަން އަބަދުވެސް ޤަބޫލްކުރެވެއެވެ.

ޝަމްމު އަކީ އަބަދުވެސް ގަޑި ޖެހުމުގެ ބައި ގަޑިއިރު ކުރިން އޮފީހަށް ދާ މީހެކެވެ. ކަސްޓަމްސްގައި ވަޒީފާ އަދާކުރަނީ ވަރަށް ޝައުގުވެރިކަމާއި އެކުއެވެ. ނަމަވެސް މިދުވަސްކޮޅު އޮފީހަށް ދާން ނިކުންނަނީވެސް ގަޑި ޖެހެން ދިހަވަރަކަށް މިނެޓްއަށް ވީމައެވެ. އެއީ މާލޭގެ ބާރުބޮޑު މަގުތަކުން ސައިކަލްގާ އޮފީހާއި ހިސާބަށް ކިރިޔާ ދެވޭ ވަރަށެވެ. ސަބަބަކީ އަހަރެން ބަލިކޮށް އުޅުމެވެ.

ޝަމްމު ޑިއުޓީއަށް ދިއުމުން މިއަދުވެސް އަހަރެން މިއޮތީ ފޫހިވެފައެވެ. ވޭތުވެދިޔަ ދެހަފްތާ ވަންދެން ގިނަވަގުތު އަހަރެން ހޭދަކުރީ ކޮޓަރީގައެވެ. ނަމަވެސް މިއަދު ބޭނުންވީ ބޭރަށް ނިކުމެލާށެވެ.

“އަފްނާން! ރަނގަޅުތަ؟” ކާމޭޒު ދޮށުގާ ކުޑަމީހާއަށް ކާންދެން އިން ސަރާ އަހަރެން ފެނުމުން ގޮވާލީ ހިނިތުންވަމުންނެވެ. އަހަރެން ޖަވާބުގައި ހިނިތުންވެލަމުން ބޯޖަހާލީމެވެ. އަހަރެން ބަލިވި ފަހުން ސަރާގެ ފަރާތުން އޯގާތެރިކަން އިހްސާސް ކުރެވެއެވެ. ކުރީގާ އަހަރެން ފެނުމުން ދެބުމަ ގޮށްޖެހި ރުންކުރުކޮށް ވާހަކަ ދެއްކި ނަމަވެސް މިހާރު އެއީ މުޅިން އެހެން މީހެކެވެ. އަހަރެން މިކަމާ ވަރަށް އުފާވެއެވެ.

“ކޮޓަރިއަށް ސައި ގެންގޮސްދޭން އުޅުނީ. އެކަމް އަފްނާން ސައިބޯން މިއަދު ބޭރަށޭ އަންނާނީ ބުނެފަ އޮތީމަ” ސަރާ އޭނާގެ ނުވަމަހުގެ ކުޑަކުޑަ ޔާންކޮ އަށް ކާންދެމުން ވާހަކަދެއްކިއެވެ. އަހަރެން އިއްޔެ ހަވީރު ސައި ގެންގޮސް ދިނުމުން ސަރާ ގާތުގާ އެހެން ބުނީމެވެ. ވޭތުވެދިޔަ ދެހަފްތާވެސް އަހަރެން ސައިބޮން ބޭރަށް ނުނިކުތީ ޝަމްމު އަހަރެން ބޭރަށް ނިކުމެ ހިނގާ ހަދާނެކަމަށް ބުނެ އެކަން މަނާކުރުމުންނެވެ.

ސައިބޮއިގެން ޓީވީ ބަލަން ސޯފާގައި އޮށޯވެލީމެވެ. ކަމުދާ ޗެނަލް އަކާއި ޖެހޭތޯ ފަހަރަކު ޗެނަލް އަކަށް ލަމުންގޮސް ސޮނީއަށް ލެވުނުއިރު ވަރަށް ރީތި ހިންދީ ފިލްމެއް ދައްކަމުން ދިޔައެވެ. އެއީ އަހަރެން އަދި ބަލާފައިވާ ފިލްމެއް ނޫންކަމުން އެފިލްމު ބަލަން އޮތީ ވަރަށް ޝައުގުވެރިކަމާއި އެކުއެވެ.

ސަލްމާން އާއި ކެޓްރީނާގެ ގައިގޯޅި ހަރަކާތްތައް ދައްކަން ފެށުމުން އަހަރެން ފިލްމު ބަލަން ފޫހިވެއްޖެއެވެ. ޓީވީ ނިއްވާލުމަށްފަހު ކޮޓަރިއަށް ވަދެ އެނދުގާ އޮށޯވެލީމެވެ. ދެންމެ ވީ ކަމެއްހެން އެ ވިއްސާރަރޭގެ ހާދިސާތައް އަހަރެން ހިތުގާ އަބަދުވެސް ހަރުލާފާވެއެވެ. އަމިއްލަ ނަފްސް ކުއްވެރި ކުރެވެނީ ޝަމްމުއަށް ވެވުނު ބޭވަފާތެރި ކަމެއްކަން އިހްސާސްވާތީއެވެ. އަހަރެން ޝަމްމު ދެކެ ވަރަށް ލޯބިވަމެވެ. ދުވަހަކުވެސް ޝަމްމުއާއި ދުރަށް ދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް އަހަރެންގެ މާޒީ އަހަރެންގެ ހިތަށް ގޯނާކުރަނީއެވެ.

…

ހަތް އަހަރު ކުރި

އަހަރެން ތަޢުލީމް ހާސިލް ކުރަމުން ދިޔައީ ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ޖީސީއީ އޯލެވެލް އިމްތިހާންގައި ބައިވެރިވާންޖެހޭ އަހަރުކަމުން ވަރަށް ފޯރީގާ ކިޔަވަމުން ދިޔައީމެވެ. އަހަންނަކީ އަބަދުވެސް ކިޔެވުމަށް ލޯބިކުރާ ކުއްޖެކެވެ.

ބޮޑު ޢީދަށް ސްކޫލްތައް ބަންދުކުރުމުން މަންމަމެން ކުރިންވެސް ހަމަޖައްސާފަރި އޮތީ ޢީދު ކުޅިވަރު ބަލަން ނ. ހޮޅުދޫއަށް ދާގޮތަށެވެ. ޤައުމީ ފެންވަރުގާ މިއަހަރު ޢީދު ފާހަގަ ކުރެވެނީ ނ. ހޮޅުދޫގައި ކަމަށް ވާތީއެވެ. އަހަރެން ހުރީ މިދަތުރު ދާހިތުން ކެތް މަދުވެފައެވެ. މީގެ ކުރިންވެސް ހޮޅުދޫއަށް މަދުން ނަމަވެސް ދިޔައެއްކަމަކު އަދި އޯވަނައިޓަކަށް އެރަށަށް ދެވޭ މީ ފުރަތަމަ ފަހަރުކަމުންނެވެ. މަންމަމެން ރާވާފައިވާގޮތުން މިފަހަރު އެރަށުގައި ތިން ދުވަސް ހޭދަކުރާނެއެވެ.

“ވާވް. އަމް ސޯ އެކްސައިޓެޑް. ހިނގާބަލަ ފާރިވެސް އަހަންނާއެކު ދާން. މިރަށުގާ އެއްވެސް ކުޅިވަރެއް ނެތެއްނު މިފަހަރު” އަހަރެންގެ ބެސްޓް ފްރެންޑް ފާރިޝާގެ އަތުގާ ހިފާލަމުން ބުނެލީމެވެ. އޭރު އަހަރެން އުޅުނީ އަންނައުނުތައް ދަބަހަށް އެޅުމުގާ އަވަދިނެތިއެވެ. މާދަމާ ހެނދުނު ޢީދު ނަމާދުން ފައިބާގޮތަށް އެރަށަށް ދާން ޝެޑިއުލް ކޮށްފާވުމުން ރޭގަނޑު ދަބަސް ތައްޔާރުކުރާށެވެ.

“ޔޫނޯ މައި ޑޭޑް. ޑޭޑް ނުދާ އެއްވެސް ތާކަށް މީ އެއް ނުފޮނުވާނެކަން ނާން އަށްވެސް އެނގެއެއްނު. އެންޑް އަހަރެން ގޮއްސިއްޔާ މާމައާއި ކާފަވެސް ވަރަށް އެކަނިވާނެ. އެމީހުން ދެރަކޮށްލާފަ އަހަރެން ޢީދު މަޖާނެގީމަ ފެއަރ އެއް ނުވާނެދޯ؟” އެއީ އަބަދުވެސް ފާރިގެ އާދައެވެ. އަމިއްލަ އުފާ ޤުރުބާން ކޮށްފައިވެސް އެހެންމީހުން ހިތްހަމަ ޖައްސަދެވޭތޯ އޭނާ ބަލައެވެ.

މިއަދުގެ އިރުއެރީވެސް އެހެން ދުވަހާ ތަފާތުކޮށްހެން އަހަންނަށް ހީވިއެވެ. ދަތުރު ދާހިތުން ރޭގައި ރަނގަޅަށް ނުވެސް ނިދެއެވެ. ފަތިސް ނަމާދު ބަންގީގެ އަޑަށް ފުންމައިގެން ތެދުވެވުނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ފަތިސް ނަމާދަށް ގޮވަން އައިސް މަންމަވެސް އަހަރެން ނަމާދަށް އަރަން ތައްޔާރުވެފައިވާތަން ފެނި ލުއި ހިނިތުންވުމެއްގެ އަޑު އިއްވާލީ އަހަރެން ދަތުރަށް ފޯރިހުރިވަރު ފެނުމުންކަން ޔަޤީނެވެ.

ޢީދު ނަމާދުންފައިބައިގެން ތިމާގެ މީހުންގެ ގޭގެއަށް ގޮސް ޢީދު ސަލާމް ކުރުމަށް ފަހު އަހަންނާއި މަންމަވެސް ގެއަށް އާދެވުނީ ބައްޕައާއި ދޮންބެ ގެއަށް އައިތަނާއެވެ. އޭރު ހަތަރު މީހުންގެ ބަނޑުގައިވެސް ގެއިން ސައިބޯނެ ހުސްޖާގައެއް ހުރިކަމަކަށް ނުވެއެވެ. އެހެންކަމުން ފުރުމުގެ ކުރިން ގޭގައި ތައްޔާރުކުރި ހެދިކާތައް އަވަށްޓެރިންނަށް މަންމަ ގެންގޮސްދިނެވެ. މަންމައަކީ އަބަދުވެސް އަވަށްޓެރިންނާއި ގާތް ގުޅުމެއް ބާއްވާ މީހެކެވެ.

ހޮޅުދޫގެ ފަސްގަނޑުގާ ފައި ޖެހުމާއިއެކު އަހަންނަށް ބަލާލެވުނީ ރަށް ޒީނަތްތެރި ކޮށްފައިވާ މިންވަރެވެ. އެއާއި އެކު އަހަރެން ދެލޯ ބޮޑުކޮށްލެވުނެވެ. މުޅި ރަށް ވަނީ މިއަދަށް ތައްޔާރުކޮށްފައެވެ.

ރަށުގެ މަގުތަކުން ހިނގާފައި ދިޔައިރު އެރަށު މީހުން މިއަދަށްޓަކާ އުފުލާފައިވާ ބުރަ ތަސައްވަރު ކުރެވުނެވެ. ރަތާއި ހުދުން ތައްޔާރުކޮށްފައިވާ ދިދަފަތިތައް، ދިދަފައްޗަކާއި ޖެހި ދިދަފައްޗެއް މަގުގެ އެއްފަރާތުން އަނެއް ފަރާތައް ދަމާފައިވީއިރު ހުސް އެންމެ ތަންކޮޅެއްވެސް ފެންނާކަށް ނެތެވެ. ސަރުކާރުގެ އޮފީސްތަކުގެ ބޭރުގައި ދިވެހި ދިދަ ޖަހާފައިވެއެވެ. އަދި ގިނަ ގޭގޭގެ ބޭރުގައިވަނީ ކުލަލާ ރީތިކޮށްފައެވެ. މަގެއްގެ މަތިން ފަތެއްހާ ހިސާބުވެސް ވެއްޓިފައި ވަނިކޮށް ފެންނަނީ ވަރަށް މަދުންނެވެ.

އެދިޔަގޮތަށް އަހަރެމެން ދިޔައީ މަންމަގެ ރައްޓެއްސެއް ކަމަށްވާ ހައްވަދައިތައާއިއެކު އޭނާގެ ގެއަށެވެ. އަހަރެމެން ތިބެން ހަމަޖައްސާފައިވާ ކޮޓަރިއަށް ދަބަސް ލުމަށްފަހު އަހަރެންވެސް މަންމަގެ ފަހަތުން ބޭރަށް ނިކުތީމެވެ. ހައްވަދައިތަ ސައިބޯން ގޮވުމުން ބަނޑުގާ އަތް ހާކާލަމުން “ފުލް” އޭ އަހަރެން ބުނެލީމެވެ. އަހަރެންގެ ބަނޑުގައި ހަޤީޤަތުގާވެސް އިތުރު އެއްޗެއްލާނެ ތަންކޮޅެއްނެތެވެ. ނަސީބަކުން ހައްވަދައިތަ މަންމަ ގޮވައިގެން އެތެރެއަށް ވަނީ އިތުރަށް އަހަރެންގެ ކައިރީ ސައިބޯން އަންނަން ނުބުނެއެވެ.

ތަންކޮޅެއް ދުރުގާހުރި ޖޯއްޔެއްގާ އޮށޯވެލަމުން އަހަރެން ގޯތިތެރެއަށް ނަޒަރު ހިންގާލީމެވެ. އަހަރެމެން ރަށުގެ ގޯތިތަކާއި އަޅާބަލާއިރު ތަންކޮޅެއް ކުޑަ ނަމަވެސް ގިނަ އަދަދެއްގެ ބަގީޗާގަސް އިންދާފައި ހުއްޓެވެ. ގޯތިތެރޭ އިންދާފައިހުރި ބޮޑު ޖަމްބްރޯލް ގަހުގެ އަފިތައް ގޭގެ ފުރާޅާއި ހަމައަށް ފެތުރިފާވެއެވެ. ޖަމްބްރޯލް ގަހުގެ ދަށުގާ ދޫނި ކޮށްޓެއް ހުއްޓާ ފެނުމުން އަހަރެން ޖޯލިން ތެދުވެގެން އެދިމާއަށް ހިނގައިގަތީމެވެ.

ދެބަޔަކަށް ހުރި އެކޮށީގެ އެއްބައިގާ ކުދިކުދި މުނިޔާތައް އަޑުލައްވަލައްވާ ތިއްބެވެ. އަހަރެން ފެނުމުން އެސޮރުމެންގެ އަޑު އިހުނަށްވުރެވެސް ބާރުވިއެވެ. އަނެއް ފަރާތުގައިއިނީ ވަރަށް ބޮޑު ގުރައެކެވެ. ފެހިކުލައާއި، އޮރެންޖު ކުލައާއި، ރީނދޫކުލަ އަދި ހުދުކުލައިން ފިޔަފަތްތައް ހުރިއިރު ކަރުދޮށުގައި މަޑު ނޫކުލައިގެ ފަތްތަކަކުން ރިންގެއްގޮތައް ހުއްޓެވެ. އަހަރެން ވަރަށް ގަޔާވެފައި އެއާއި ދިމާއަށް ބަލަހައްޓައިގެން ހުރީމެވެ. އެގުރާ ލޯބިކަމުން ފިރުމާލާހިތްވިއެވެ. ނަމަވެސް މާ ދުރުގާ އިނުމުން ނަރުދާގަނޑުގާ ހިފަހައްޓާލީމެވެ.

“ތި ދަތް އަޅާފާނެ!” އަހަރެން ސިއްސައިގެން ގޮސް ތެޅިގަނެވުނީ ކަންފަތްބުޑުގާ މީހަކު ބާރަށް އެއްޗެއް ބުނުމުންނެވެ. މޭގާ އަތް އަޅާލަމުން ގުރައާއި ދިމާއަށް ބަލާލުމުން ފުރަތަމަވެސް ލޮލުގާ އަޅައިގަތީ ގުރައިގެ ދިގު ރަތް ތުންގަނޑެވެ. ދެން އަވަސް އަވަހަށް އެމީހަކު ކޮބައިތޯ ބަލާލީމެވެ.

ބަނޑުގާ އަތް އަޅައިގެން ބާރަށް ހެމުން އެގެންދަނީ ދެންމެ އަހަންނަށް ޖެއްސުންކުރި ޒުވާނާކަން ޔަޤީނެވެ.

ކޮޅަށް ނަގާ ސްޓައިލް ކޮށްލެވިފައިވާ މާކުރުނޫން ފަން އިސްތަށިކޮޅެކެވެ. ތަނަވަސް ނިތްކުރިއަކާއި ފިރިހެންވަންތަ ފަލަ ދެބުމައެވެ. ހިމަ ދިގު ދެލޮލާއި ދިގު އެސްފިޔަތަކެއްގެ ވެރިއެކެވެ. ލޮލުގެ ތެރެއިން ފެންނަންހުރި މަޑުނޫކުލައިގެ ކަޅީގެ  ސަބަބުން އެކަޅިރަވައިގެ ތޫނުކަން އިތުރުވެފާވެއެވެ. ކުޑަކޮށް ދިގުކޮށްފާ ހުރި ތުނބުޅިކޮޅު އަދި ފުރިހަމައަކަށް ނުފަޅައެވެ. ގައިގެ ކުލަ އަލިވެފާ ދިގު އިސްކޮޅެއް ލިބިފާވެއެވެ. ބާމަތިފުޅާ ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑެކެވެ. ދެލޯ ތަންމިނަށް ހުޅުވައިގެން ކަޅިވެސް ޖަހާނުލާ އަހަންނަށް ހުރެވުނީ އެޒުވާނާގެ ސްމާޓް ކަމުންކަންނޭނގެއެވެ. ނަމަވެސް އެއީ ކާކު ހެއްޔެވެ؟ އަހަރެން މީގެ ކުރިން ދުވަހަކުވެސް އެޒުވާނާއާ ބައްދަލުވެފައެއް ނުވެއެވެ.

“މަވެސް ފެންނަނީ ގުރައެއްގެ ސިފައިގަތަ؟” އަނގައަށް ވައްތަރެއް ޖައްސާލަމުން އެޒުވާނާ ބުނެލިއެވެ. އަހަރެން އެއްޗެކޭ ނުބުނުމުން ދެންވެސް ވާހަކަދެއްކީ އޭނާއެވެ.

“ސޮރީ! މަހީކުރީ މަހީކުރީ ޝެލީކަމަށް. އެކަމަކު ތިއޮއް ވީ ވީގޮތެއްދޯ؟ ހީ ހީ ބަނޑަށް ބަނޑަށްވެސް ތަދުވެއްޖެ.” އެޒުވާނާ ވާހަކަދެއްކިި އިރުވެސް ހުނުން ކޮންޓްރޯލެއް ނުވެއެވެ. އަހަރެން ގަތް ލަދުން މޫނުގާ އަތްއެޅީމެވެ. އަދި ގޭތެރެއާއި ދިމާއަށް ދުއްވައިގަތީމެވެ.

އެނދުގާ އޮށޯވަލައިގެން އަހަރެން އޮތްއިރު އަހަރެންގެ ނަޒަރު ހުއްޓިފާހަރީ ސީލިންގްގައި ހަރުކޮށްފާހުރި ފަންކާއަށެވެ. އަހަރެންގެ ޚިޔާލުތައް ގުޅިފައިވީ ދެންމެ އެފެނުނު ޒުވާނާއަށެވެ. “އޭނަ ހާދަ ހޭންސަމްއޭ!” އެލަފްޒުތައް އެނިކުތީ ހަމަ އަހަރެންގެ އަނގައިން ހެއްޔެވެ؟

އަހަންނަކީވެސް ހިމަ ތޮޅި ހަށިގަނޑެއްގެ ވެރާއެކޭ ރައްޓެހިކުދިން ކިޔާއުޅެއެވެ. މޫނުގެ ކުލަ އަނދިރި މީހަކޭ ދުވަހަކުވެސް މީހަކު ބުނާއަޑެއް ނާހަމެވެ. އަހަރެންގެ ފަހަތުން މުގޯލިއަޅާ ކިތަންމެ ފިރިހެން ކުއްޖެއް އަހަރެންގެ ރަށުގައިވެސް އުޅެއެވެ. އަދި ބީރައްޓެހި ރަށްރަށުން ކިތަންމެ ކުދިންނެއްގެ ހުށައެޅުންތައްވެސް ލިބެއެވެ. އެހެން ނަމަވެސް އެއިން އެއްވެސް މީހަކަށް އަހަރެންގެ ހިތާއި ކުޅެލެވޭވަރެއް އަދި ނުވެއެވެ. އެފަދަ ފުރުސަތެއްދޭން އަހަރެން ބޭނުންވެސް ނުވަނީއެވެ.ި

“ތިދެމީހުން ނޫނީ މިކްލާހުގަ މިހާރު ބިޓުކަޓުވަން ނުދާ އެއްވެސް މީހަކުނެތް؟ ދެން ތީނަވެސް އޭނައަށް އާނ ބަސް ދޭންވީނުން.” އަހަންނާއި އެކު ކްލާހުގާ އުޅޭ ގާތްކުދިން އަބަދުވެސް އަހަންނަށާއި ފާރިއަށް ދިމާކުރުމުގެ ގޮތުން ބުނެއުޅެއެވެ. ނަމަވެސް އަހަރެމެންގެ ޖަވާބަކީ އަބަދުވެސް “ފަސްޓް ސްޓަޑީސް ދެން ލަވް”އެވެ.

“ނާން! ހިނގާބަލަ ޝެލީއާއިއެކު  މާމަގައަށް. އެކަނިން ފޫހިވާނެނުން.” ޝެލީއަކީ ހައްވަދައިތަގެ އެންމެ ހަގުދަރިފުޅެވެ. ޝެލީ އައިސް ކިޔާވަރުން އަހަރެން ބޭރަށް ނުކުތީމެވެ. އެކިކޮޅުކޮޅު ހޯދާ ބަލާލެވުނީ އެޒުވާނާގެ ހިލަމެއްވޭތޯއެވެ. ނަމަވެސް އޭނާ ފެންނަން ނެތުމުން އެހަރެން ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލީމެވެ. ދެން މަންމަގެ ހުއްދައާއިއެކު ޝެލީގެ ފަހަތުން ހިނގައިގަތީމެވެ.

ޝެލީގެ މާމަގެއާއި ވަރަށް ކައިރިވެފާ ވަނިކޮށް ޝެލީ ފަހަތަށް އެނބުރިލި ވަގުތު ފެނުނު މަންޒަރަކުން ދުއްވައިގަތެވެ. އަހަރެންވެސް ވާނުވާ ނޭނގިހުރެ ދުއްވައިގަތީމެވެ. ދުވަމުންދިޔަ ސްޕީޑަށް ބަދަލް ގެނައުމެއްނެތި އަހަރެން ފަހަތް ބަލާލީމެވެ. އޭރު ތިން ކުއްޖަކު ފެންކޮތަޅުތަކެއް އަތަށް ލައިގެން އަހަރެމެންގެ ފަހަތުން ދުވެފާ އާދެއެވެ. އަހަރެން ކުރިއަށް ނެގި ފިޔަވަޅާއިއެކު މީހެއްގެ ގައިގާ ވަރަށް ބީރަށް ޖެހުނުކަން އިހްސާސްވިއެވެ. ދެން ފެނުނީ ދެމީހުން އެއްކޮށް ބިންމައްޗަށް ވެއްޓުނުތަނެވެ.

އަހަރެންގެ ބުރަކަށި ބިންމަތީ ޖެހުނުގޮތުން ތަދުވިއެވެ. ނަމަވެސް އެތަދު ކެނޑިގެންދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެންގެ ގައިމައްޗަށް ވެއްޓުނު މީހާ ބޯހިއްލާ އަހަންނަށް ބަލާލުމާއިއެކު އަހަރެންގެ ދެލޯ ބޮޑުކޮށްލެވުނެވެ. އެހާކައިރިން އެ ފިރިހެންވަންތަ މޫނު ފެނުމުން އަހަރެންގެ ހަށިގަނޑުގައިވާ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވައިފިއެވެ. އެހޫނު ނޭވާތައް އަހަރެންގެ މޫނުގައި ބޮސްދޭން ފެށުމުން އަހަންނަށް އިޚްތިޔާރަކާއި ނުލާ ލޯ މަރާލެވުނެވެ. ޚިޔާލީ ދުނިޔެއަކަށް ފީނައިގަނެވުނެވެ.

ސިއްސައިގެންގޮސް ލޯ ހުޅުވާލެވުނީ އަހަރެންގެ މޫނަށް ފިނިވެގެންނެވެ. މިއޮވެވުނީ މަގުމެދުގައިކަންވެސް ވިސްނުނީ ދެނެވެ.

“ޝެލީ! ނާންއަށް އޭނާގެ ކޮޓަރި ދައްކަން ގެންދެބަލަ. އަޅެ މިތާއޭ ނިދަންވެސް އެއޮތީ.” ދޮންބެގެ އަޑު އިވިގެން ބަލާލިއިރު ކައިރީގައި ހެވިފާ ދޮންބެ ހުއްޓެވެ. ޖެހިގެން ހުރިގޭ ފާރުމަތިން ބޯދީގެން ބަލަން ޝެލީހުރީ ހިނިއައިސްފައެވެ.

އަހަރެންތެދުވެ އަތް ފޮޅާލުމަށްފަހު ލައިގެންހުރި ހެދުމަށް ބަލާލީމެވެ. އަހަރެން ހުރީ ތެމި ފޯވެފައެވެ. ފެން ކޮތަޅުތައް އަހަރެންގެ ގަޔަށް ޖެހުމަށްފަހު އެކުދިންތައް ފިލައިފިއެވެ. މަގުމަތިން ހިނގާފައިދާ ކޮންމެ މީހަކުވެސް އަހަރެން ހުރި ހާލަތުފެނި ހިނިތުންވެލައެވެ. އަހަރެން މަގުގެ ދެކޮޅަށް ބަލާލީމެވެ. އަހަރެންގެ ގައިމަތީ ވެއްޓިފައިއޮތް ޒުވާނާ ކޮބާހެއްޔެވެ؟ ޖެހުނުތާ ލަކުނުވެސްނެތެވެ.

“ކޯޗެއްތި ހޯދަނީ؟ ޚަލަފްތަ؟ އޭނަގަޔަށް އެމީހުން ފެންޖެހީމަ ރުޅިއައިސްގެން ވަދެއްޖެ ފެންވަރަން” ޝެލީ އަހެރެން އުޅުނުގޮތުން ބުނެލިއެވެ.

”ޚަލަފް” އަހަރެން އަމިއްލަ ކަންފަތައްވެސް އަޑުނީވޭނެހާ ސިއްރުން އެނަން ކިޔާލީމެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ފުން ލޯބި (36)

Next

ފުން އިހުސާސެކޭ 8

Next
April 27, 2017

ފުން އިހުސާސެކޭ 8

Previews
April 27, 2017

ފުން ލޯބި (36)

39 Comments!

  1. silver mist says:
    April 27, 2017 at 1:47 pm

    Me first dhw

    1. cenhi says:
      April 27, 2017 at 3:00 pm

      Ya u r first

  2. zzzzaaaaauuuu says:
    April 27, 2017 at 1:53 pm

    vvvvv salhi ngeyz☺?????

    1. cenhi says:
      April 27, 2017 at 3:02 pm

      Thnk u

  3. Naan says:
    April 27, 2017 at 1:58 pm

    V reethi

    1. cenhi says:
      April 27, 2017 at 3:03 pm

      Thnk u Naan. Thy girl naan eh tha mivahakaiga ulhey kahala?? Hehe

  4. halaf says:
    April 27, 2017 at 2:09 pm

    Cenhi holhudhoo tha??

    1. Cenhi says:
      April 27, 2017 at 2:36 pm

      Nop. Y?? Me khiyaly vahakaeh. Haha. Khalaf GE life aa gulhun hurytha anekka mi story 😉

    2. cenhi says:
      April 27, 2017 at 2:39 pm

      Cenhi holhudhooehnoon. Ekm holhudhooah dhiyain. Khalaf holhudhootha anekka

    3. cenhi says:
      April 27, 2017 at 2:40 pm

      Thankx ol 🙂

  5. Yaana says:
    April 27, 2017 at 2:25 pm

    Wow.. when next part

    1. cenhi says:
      April 27, 2017 at 3:01 pm

      In Sha Allah Saturday

  6. Cherry says:
    April 27, 2017 at 2:34 pm

    Salhi ??

    1. cenhi says:
      April 27, 2017 at 3:01 pm

      Thnkx

  7. xim says:
    April 27, 2017 at 3:15 pm

    ehmm ehmm ???

  8. xim says:
    April 27, 2017 at 3:50 pm

    keep going sis?

    1. Cenhi says:
      April 27, 2017 at 5:52 pm

      Haha

  9. Rai says:
    April 27, 2017 at 4:02 pm

    Vvvvv reethi . Waiting for next part.

    1. cenhi says:
      April 27, 2017 at 5:54 pm

      Thnkx Rai

  10. shafu says:
    April 27, 2017 at 4:24 pm

    vvvv reethi

    1. cenhi says:
      April 27, 2017 at 5:54 pm

      Thnkx shafu

  11. Nas says:
    April 27, 2017 at 4:26 pm

    Rah mathin handhaan vany mikahala sifa kurunthah genesdhineema.. magumathy dhuve sakaraai jahan ulhunu dhuvas thah… vaahaka varah reethi.. sifa kurun ves ?

    1. cenhi says:
      April 27, 2017 at 5:55 pm

      Cenhi vs liyun iru v handhanvi rahmathin. Thank you

  12. Aisha says:
    April 27, 2017 at 4:58 pm

    V V reethi ☺

    1. cenhi says:
      April 27, 2017 at 5:56 pm

      Thnkx Aisha

  13. Some one says:
    April 27, 2017 at 6:55 pm

    V v v riiithi !!

  14. Axu says:
    April 27, 2017 at 8:13 pm

    V reethi

  15. Saana says:
    April 27, 2017 at 9:24 pm

    Nice story hehehe me ge rahviya miothy stry ga miss u

    1. cenhi says:
      April 27, 2017 at 9:47 pm

      Anekka thirashuga khalaf eh ulheytha?

    2. Saana says:
      December 31, 2017 at 7:45 pm

      Yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes yes????????????????????????????????

  16. Cenhi says:
    April 27, 2017 at 9:25 pm

    Thnkx ol. Holhudhoo kudhin dhw

  17. black prince says:
    April 27, 2017 at 11:56 pm

    hadi ekey nubunevene..ekam ehaa ryhchekey vx nubune veyne..bt v interesting

    1. Cenhi says:
      April 28, 2017 at 9:32 am

      Adhi rangalhuvane 😉

  18. IshXyf says:
    April 28, 2017 at 6:58 am

    Nice…waiting 4 nxt part…

    1. Cenhi says:
      April 28, 2017 at 9:33 am

      Thnkx ish

  19. " " says:
    April 28, 2017 at 12:23 pm

    Dhen on bayah ves inthizaaru ” ” kuraanan

  20. Mal says:
    April 28, 2017 at 9:46 pm

    Waiting for the next part ?

  21. Cherry says:
    April 29, 2017 at 10:50 pm

    Inthizaareh ma nukuraamey bune nimmaaalan kithamme ulhunas hama inthizaaru kureveny dear ??

    1. Cenhi says:
      April 30, 2017 at 11:34 am

      Sry cherry. V v bxy kamun iyye vahaka v kudakoh liyevuny. Miadh upkohdheynan In Sha Allah

Comments are closed.


All Right Reserved!