Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އާވާ ހަނދާން 16

maroon Level 710 Stories100 Comments500 Comments100 Login1K Comments100 Stories
April 26, 2017 10 Mins Read
28 Comments

“މަޑުން ހުރެބަލަ. މަ ކީއްކޮށްގެންތަ ތި އުޅެނީ” އަޝްފާންގެ ރުޅިގަނޑުވެސް މަތަކުރެވޭ ގޮތް ނުވިއެވެ. ހިތުގައި ބަދަލް ހިފުމުގެ ރޫހު އާލާވިއެވެ.

……..

“ކޮން އަޑެއްތަ އެއިވެނީ” އޮފީހަށް އަލަށް ވެއްދި ދެކުދިންނަށް އޮފީހުގެ މާހައުލު ކިޔާދެމުން ގޮސް އަޝްފާންގެ ކެބިންއާއި ހަމަވި އިރު އިވުނު އަޑުފައްގަނޑަކުން ކޮންމެވެސް ކަމެއް ވެއްޖެކަމުގެ  އިހުސާސް އަރޫޝާއަށް ވިއެވެ. އަވަސް އަވަހަށް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރުން ހަޅޭއްލަވައި ނުގަނެވުނީ ކިއިރާއެވެ. އަޝްފާގު ބިންމަތީ ބަނޑުގައި އަތް އަޅައިގެން ވޭނުގައި ދެކޮޅަށް ތެޅިފޮޅި އޮތް އިރު  ކައިރީގައި ހުރި އަޝްފާން އަތް އުފުލާގެން ހުރީ ހަމަލާއެއް ދޭން ތައްޔާރާށެވެ.

“އޭ ހުއްޓާލާ” އަޝްފާން އަޝްފާގު ގައިގައި ޖަހަން އުޅުމުން އަރޫޝާ އެ ދެމެދަށް އަވަހަށް ވަދެ އެކަމަށް ހުރަސްއެޅިއެވެ. މާނޭވާ ލަމުން ދިޔަ އަޝްފާނަށް ރުޅިވެރިކަމާއި އެކީ އަރޫޝާއާއި ދިމާލަށް ބަލާލެވުނެވެ. އަދި އަރޫޝާގެ ކޮނޑުގައި ހިފައި އެއް ފަރާތްކޮށްލުމަށް ފަހު އަނެއްކާވެސް އަޝްފާގު ގައިގައި ޖެހުމަށް އަތް އިސްކުރިއެވެ.

“ދޮންބޭ ޕްލީސް.. ބޭބެ އަށް ތިހެން ނުހަދާ” ވީދިފައިވާ އަޝްފާންގެ ގަމީހުގައި ހިފާލަމުން އަރޫޝާ ރޮވިފައިވާ އަޑަކުން ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު އަރޫޝާއާއި އެކީ އެތަނަށް އައި ދެކުދިން އޮށޯވެގެން އޮތް އަޝްފާގަށް ކޮޅަށް ތެދުވުމަށް އެހީތެރިވިއެވެ. ކެބިން ގެ އެތައް މިތަނުގައި ކަރުދާސް އުކާލެވިފައި ހުއްޓެވެ. އަދި ފަޒުނާގެ ޕީސީގެ މޮނީޓަރާއި ކީބޯޑު އޮތީ ބިން މައްޗަށް ވެއްޓިފައެވެ.

އެތައް ނަސޭހަތަކަށް ފަހު ދެމީހުން ހަމައަކަށް އެޅޭ ވަރު ވެއްޖެއެވެ. އެހެންނަމަވެސް ދެމީހުންގެ ނަޒަރު ބައްދަލުވާ ކޮންމެ އިރަކު ރުޅީގެ ކަނިތައް ބުރައިގެން ދާ ކަހަލައެވެ. ދެމީހުންގެ މޫނުމަތިން އެތައް ތަނެއް ވަނީ ޖެހުމުގެ ސަބަބުން ފާރުވެ ލޭ އަންނަ ވަރު ވެފައެވެ. އަޝްފާންގެ މޭމަތިން ކަޑައިގެން ލޭ އަންނަމުން ދާއިރު އަޝްފާގުގެ ކަކުލުގައިވެސް ބޮޑު ފާރެއް ހުއްޓެވެ. އަދި ބަނޑުގައި ރިއްސާވަރުން ކޮޅަށް ނުހުރެވޭތީ ސޯފާގައި އޮށޯވެލައިގެން އޮތެވެ. އޮފީހުގައި އޮތް ފަސްޓު އެއިޑު ބޮކުސްއިން ފަރުވާ ދެވޭވަރަށް ވުރެ ލިބިފައިވާ ޒަހަމްތައް އެތައްހާސް ގުނަ އިތުރެވެ. އެހެންކަމުން ލަސްނުކޮށް ހޮސްޕިޓަލަށް ދާން އަރޫޝާއާއި ފަޒުނާ އަވަސްވެގަތެވެ.

 


 

އިޝާ މިއަދު ގެޔަށް ސައި ބޯން އަންނަ ވާހަކަ ބުނެފައި އޮތުމުން ފަރީދާ ހުރީ އިޝާއަށް އެއްމެ މީރުކޮށް މަސްހުންޏާއި ހުނިރޮށި ހަދައިދީފައެވެ. ކާން ފުރަތަމަ ރޮށިކޮޅު އަގަޔަށް ލީތަނާ އަރޫޝާ ގުޅާފައި ވެގެން އުޅޭގޮތް  ކިޔާދިނުމުން އިޝާގެ ހަރަކާތްތައް އަވަސްވިއެވެ. ކައިރީގައި ހުރި ފެންތަށިން ކޯވަރެއް ބޯލުމަށްފަހު ދަބަސް ކޮނޑުގައި އަޅުވައިގެން ދާން ހިގައިގަތެވެ.

“ދަރިފުޅާ ކޮންތާކަށް ، ސައިބޮއި ނިއްމާލުމަށްފަހު އެއްނު ދާންވާނީ” އިޝާގެ ތަށިން އެއްވެސް ވަރަކަށް ކައިފައި ނެތްކަން އެނގި ފަރީދާ ބުންޏެވެ. އިޝާ ވެގެން އުޅޭ ގޮތް މަންމައަށް ކުރު ގޮތަކަށް ކިޔާދިނެވެ. އަދި ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ދާން ބޭނުންވާ ވާހަކަ ބުންޏެވެ.

“އެކޮޅަށްގޮސް މަންމައަށް އެއްމެންގެ ހާލު އަންގާލައްޗޭ. އިރާދަކުރެއްވެއްޖެއްޔާ އަޝްފާނަށް ދެރަގޮތެއް މެދުވެރި ނުކުރައްވާށި” ފަރީދާ އަޝްފާނަށް ހެޔޮގޮތް މެދުވެރިކޮށްދެއްވުން އެދި ދުއާކުރިއެވެ. އަދި ދޮރުން ނުކުންނަމުން ދިޔަ އިޝާއަށް ލުއި ހިނިތުންވުމަކާއި އެކީ ބަލައިލީ ހުރިހާ ކަމެއް ރަގަޅުވާނޭ ބުނާ ފަދައަކުންނެވެ. ނުތަނަވެސްވެފައިވާ އިޝާގެ ހިތަށް ހިތްހަމަޖެހުން ގެނެސްދިނުމަށެވެ.

އަޝްފާނާއި އަޝްފާގަށް ލިބިފައިވާ ޒަހަމްތަކަށް އައިސީޔޫގައި ފަރުވާދެވުނެވެ. މިޒަހަމްތަކުގެ ބޮޑު މިނަށް ބަލައި ދެމީހުންވެސް ހޮސްޕިޓަލުގައި އެއްދުވަސް ވަންދެން މަޑުކޮށްލުމަށް ޑޮކްޓަރު ލަފާދެއްވިއެވެ. އެހެންކަމުން ބަލިމީހުން ތިބޭ ދެ އެނދުގެ ޖާގަ ހުރި ރޫމަކަށް ދެމީހުން ބަދަލްކުރެވުނެވެ.

ކާރުން ފައިބައިގެން އެކޮޓަރިއާއި ހަމައަށް އިޝާ ދިޔައީ ނުލާކިހު އަވަސް ފިޔަވަޅުތަކެއްގައެވެ. ނަމަވެސް ދޮރު ހުޅުވާލައި އެތެރެއަށް ވަނުމާޢި އެކު އިޝާގެ ފިޔަވަޅުތަކަށް ހުއްޓުން އަޔެވެ. އެތެރޭގައި ތިބި އެއްމެނަށް ވަކިވަކިން އިޝާ ބަލާލި އިރު އެއްމެންގެ ނަޒަރު ހުރީ އިޝާއަށެވެ. ދޮރާއި އެއްމެ ކައިރީގައި އޮތް އެނދުގައި އޮތީ އަޝްފާގެވެ. އެޔާއި ޖެހިގެން އަނެއް ފަރާތުގައި ހުރި އެނދުގައި އަޝްފާން އޮތެވެ. އަޝްފާން ކައިރީ ހުރި ހުދު ކުލައިގެ ގޮނޑީގައި ފަޒުނާ އިށީދެގެން އިނެވެ. ދެއެނދުގެ މެދުގައި ހަކަލަ ގޮތަކަށް ހުރި އިޝާގެ ސިކުޑީގައި އެތައް ހާސް އިހުސާސެއް ފުރި ބަންޑުންވަމުން ދިޔައެވެ. ދާން ވީ ކޮން ފަރާތެއްކަން ނޭނގިފައެވެ. ހިތް އެދި ގޮވަމުން ދިޔައީ އެހިތުގެ ވެރިޔާ އަޝްފާގު ގާތަށް ދިޔުމަށެވެ. އެޔާއި ހިލާފަށް ސިކުޑި ބުނަމުން ދިޔައީ އަޝްފާންގެ ހާލު ބަލާލަން ދިޔުމަށެވެ.

“އަޅޭ.. ދޮންބެ އުޅޭ ގޮތް ފެނިފަ އިޝާ އެހެރީ ބިރުން.. އާދޭ ދޫންޏާ. ބޭބެ ކާލިޔަސް ދޮންބެއަކަށް ނުކެރޭނެ ނުރުހުމުގަ އިޝާގައިގަ އެއްމެ އިގިލިކުރި އެއްވެސް ޖަހާލާކަށް.. ނުލާހިކު ލޯބިވެޔޯ ކުރިން ދުވަހަކުވެސް ބުނި” އަރޫޝާ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. އަދި ގަބުވެފައި ހުރި އިޝާގެ އަތުގައި  ހިފައި އަޝްފާން ގާތަށް ގެންދަން އުޅުނެވެ. އިޝާވެސް މިކަމާ ދެކޮޅު ނުހަދައި ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން އަރޫޝާ ގެންދާ ދިމާލަކަށް ގެންދިޔުމަށް ދޫކޮށްލިއެވެ. ނަމަވެސް ފަސް އެބުރި އަޝްފާގާއި ދިމާލަށް ބަލައިލީ ހަމްދަރުދީ ބެލުމަކުންނެވެ. އިޝާ އޭނާއާއި ފަސްދީފައި ދާތަން ބަލަން އޮތް އަޝްފާގުގެ ހިތް ދެރަކުރުވިއެވެ. އޮޔާއި ވާއިގެ ތެރޭގައި ކިތައްމެ ވަރަކަށް ފެތިއަސް އެހިތް އަބުރާ ލިބޭނެބާވައޭ ހިތަށް އެރިއެވެ.

ފަޒުނާ އިން ގޮނޑިން ތެދުވެ އިޝާއާއި އަޝްފާން އެކަނިވެލުމަށް ފުރުސަތު ދިނެވެ. އަދި ދެ އެނދު ދޭތެރޭގައިވާ ކާޓެއެން ކަހާލިއެވެ.  އިޝާ އަޝްފާން އޮތް އެނދުގެ ބޮލާއިވީ ފަޅީގައި އިސްޖަހައިލައިގެން ހުރި އިރު އެދުގައި އޮށޯވެގެން އޮތް އަޝްފާންގެ ނަޒަރު ހުއްޓިފައި ވަނީ އޭނާއަށެވެ. އޭރު އައިވީ އިން ދެމުންދިޔަ ހަކަތައިން އަޝްފާންގެ ހަށިގަނޑުގައި ދިޔައީ ވަރުޖެހެމުންނެވެ.އަޝްފާން ގައިމަތީ އޮތް ފޮތިގަނޑު ނަގާލައި ދެފައި ތިރިކޮށްގެން އިށީނެވެ. އަދި އިޝާގެ އަތުގައި ހިފައި އޭނަ ކައިރީ ބޭންދިއެވެ.

“އިޝާ، އައި އޭމް ސޮރީ” އަޝްފާން އިސްޖެހިފައިވާ އިޝާގެ މޫނު އޭނަޔާއި ދިމާލަށް އަބުރާލިއެވެ. ދުލުން ބަޔާން ކުރެވެން ނެތް އެތައް އިހްސާސެއް އަޝްފާން އިޝާއަށް އަންގަދޭން ބޭނުންވިއެވެ.

“ކިހިނެތްވީ ދެމީހުން ފައިޓުކުރީ” އިޝާގެ އަޑުގައި ވީ މަޑުމައިތިރިކަމެވެ.

“ނޭނގެ އަހަރެން ކޮންމެވެސް ކަމެއް ކުރިއްޔޭ ކިޔާފަ ޖަހައިގަތީ” އެހެން ބުނެލުމަށްފަހު އަޝްފާން ހިނިތުންވެލިއެވެ. އިޝާވެސް އޭގެ ބަދަލުގައި ގަދަކަމުން ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ގެނައެވެ.

“ބަދަލް ހިފާކަށް ނުވާނު”

“ބޭބެ އައިސްޖަހައިގަތީމަ ތަދުވި ވަރުން ކެތް ނުވެވީ” އަޝްފާން ވީ ގޮތް ކުރު ގޮތަކަށް ކިޔައިދީ ނިމުނު އިރު އިޝާއަށް އަޝްފާގު ދެކެ ކުޑަކޮށް ރުޅި އަންނަގޮތް ވިއެވެ. އިރުކޮޅެއް ވަންދެން މިހެން ވާހަކަ ދެއްކުމަށް ފަހު ދެމީހުންގެ މެދަށް ހަމަހިމޭންކަން އަޔެވެ. ކިތައްމެ ވާހަކައެއް ކުރިން ދައްކާ އުޅުނު ނަމަވެސް މިހާރު އެގޮތަށް ވާހަކަ ނުދެއްކޭނެކަން ދެމީހުންނަށް ވެސް އެގެއެވެ.

“މަންމަގެ ދެ ކުދިންނޭ.. ކިހިނެތްވީ އަނެއްކާ” އެތެރެއަށް ވަދެގެން އައި އަމީރާގެ އަޑުގައި ވަނީ ނުތަނަވަސްކަމެވެ. އަމީރާގެ ދެމަފިރިން މިއަދު އާއިލާއާއި ބައްދަލުކޮށްލަން ހުޅުމާލެއަށް ދިޔަ ދުވަހެއް ކަމުން ހޮސްޕިޓަލަށް އަންނަން އިރުތަކެއް ނެނގިއެވެ.

“މަންމާ އެވަރު ކަމެއް ނޫނޭ” މޫނުގައި ބޮސްދިން މަންމައަށް ވެރިވެފައިވާ ހާސްކަން ފިލުވާލުމަށްޓަކައި އަޝްފާގު ބުނެލިއެވެ.

“އެވަރު ކަމެއް ނޫން. އެކަމަކު އަހަރެންނަށް ކޮށްލާފަ އޮތް ވަރު ބަލާބަލަ” އަޝްފާން އަދިވެސް ރުޅިއައިސްފައިވާ ކަން ހާމަކޮށްލިއެވެ.

“ވަރަށް ދުވަސްވެއްޖެ އެއްނު ދެމީހުން ނުތޮޅޭތާ، ހަނދާން އާކޮށްލީ ކަންނޭނގެ” ޝާހިދު ކޮށްލީ ސަމާސާއެކެވެ.

“އާން މަންމަ ވަރަށް ހަނދާންވޭ.. އަޝްފާން ކިޔަވަން މެލޭޝިޔާއަށް ދިޔުމުގެ ކުރިން. އޭރު އަޝްފާން ގެންގުޅޭނެ ކުޑަ ކުޑަ ދެ ގުރާ. އެއްދުވަހަކު އަޝްފާން ސްކޫލަށް ދިޔަ ވަގުތު އަޝްފާގު އެއަށް ކާން ދޭން އުޅެން ހަދައިން ކޮށީގެ ދޮރު ހުޅުވާލިތަނާ ދެދޫނި ވެސް ބޭރަށް އުދުއްސައިގެން ދިޔައީ. ހޯދާ ހޯދާ އެއްވެސް ތާކުން އެއްވެސް ދޫންޏެއްގެ ހިލަމެއް ނުވި. އެކަމާ އޭނަ  މަހެއް ވަންދެން ކޮންމެ ދުވަހަކު ހެދުނު ސުކޫލަށް ދަމުން އަޝްފާގު ނިދާފައި އޮންނަ އިރު ކޮންމެވެސް އުދަގުލެއް ނޫނޫ ގޯނާއެއް ކޮށްލާފަ ދާނީ.. އަޝްފާގުވެސް އޭނަ ގަޔަށް އައިމަ ހުންނާނެ ނިކަން ފޯރި. އެކަމަކު އަދި މިވަރު ކޮށްލިތަން ނުދެކެން. އަޝްފާން ކޮންކަމެއް ކޮށްގެންތަ ބޭބެ މިވަރު ކޮށްލީ” އާމިރާ ކުރީގެ ހަނދާންތައް އާކޮށްލިއެވެ.

“އޭނަ ކައިރީ އަހާބަލަ. ހަމަ އައިސް ޖަހައިގަތީއޭ” އަޝްފާން ބޭބެ ކިޔާކަށްވެސް ބޭނުމެއް ނުވިއެވެ. އަޝްފާގު ދެކެ ރުޅި އައިސްފައިވާ ވަރުން ހޮސްޕިޓަލަށް އައިފަހުން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ. ދެމީހުން އެކަކު އަނެކަށް މޫނުކުނި ކޮށްގެން ބަލާއިރު އަރޫޝާއާއި ފަޒުނާއަށް މިކަން ވީ މަޖަލަކަށެވެ. ދޭތެރެއަކުން ދިމާކޮށްލާވެސް ހަދައެވެ.

އަޝްފާންގެ ނުސީދާ ސުވާލަށް އަޝްފާގު ޖަވާބު ނުދިނުމުން އަމީރާ އަޝްފާގު ކައިރީ އިދެ ސިއްރުން ކަހަލަ ގޮތަކަށް ކީއްވެގެންކަން ސުވާލުކޮށްލިއެވެ. ފުރަތަމަ ހަމަހިމޭންކަމުން ޖަވާބު ދިން ކަމުގައި ވިޔަސް މަންމަ ދެވަނަ ފަހަރަށް އެހުމުން ކަމެއް ނުވެޔޭ ބުނެ އިޝާއާއި ދިމާލަށް ބަލައިލިއެވެ. އެވަގުތު ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފެށުމުން އިސްޖަހައިލީ މަންމައަށް ޝައްކު ވެދައިނެތީއެވެ. އެހެންނަމަވެސް މަޔަކަށް ވުމުން ދަރިއެއްގެ އިހްސާސްތައް ދެނެގަތުމުގެ ބާރުން އަމީރާއަށް އެކަން ފާހަގަވިއެވެ. އަޝްފާގު އަކީ ނުލާހިކު ހިތްވަރުގަދަ ދަރިއެއްކަމުން އެލޮލުން ކަރުނަ ހިލިލާލީ ކޮންމެވެސް ބޮޑުކަމެއް ދިމާވުމުންކަން އަމީރާއަށް އެނގުނެވެ. މިވަގުތު އެވާހަކަ ނުދައްކާ މަޑުކޮށްލީ މާމީހުން ގިނަވުމުން ސުވާލު ކުރިއަސް ޖަވާބު ނުލިބޭނެތީއެވެ.

ކައި ނިމުމަށްފަހު ފަޒުނާ އާއި އަރޫޝާ ކޮޓަރި ކުޑަކޮށް ސާފުކޮށްލިއެވެ. އަރޫޝާ އަޝްފާގު ނިދަންވާ އިރަށް އެނދުމަތި ފޮޅައި ސާފުކޮށްލިއެވެ. ފާހަނާއިން ނުކުމެގެން އައިސް އެންމެ ފުރަތަމަވެސް އަޝްފާގު އެނދުގެ މެދުގައި ހުރި ކާޓެއިން ބާރަށް ދަމާލީ އަޝްފާން ފެނި އަދިވެސް އޭނާގެ ލޭ ކެކިގެން ދާތީއެވެ.

“އަން” ހެދުނުއްސުރެ ލައިގެން ހުރި ޓީޝާޓު ދާވެފައި ވާތީ ފަޒުނާ އަޝްފާން އަތަށް ދަބަހުން ޓީޝާޓެއް ނަގައި ދިއްކޮށްލިއެވެ. އަޝްފާން ލައިގެން ހުރި ޓީޝާޓު ބޭލިއެވެ. އޭރު އެ ފުޅާ މޭމަތީގެ އެއްފަރާތުގައި  މަލަންގަނޑު ފެނި ފަޒުނާ ހިތަށް ހަމްދަރުދީ ވަނެވެ. ބޭއިހްޔާރުގައި އެތާ އަތް ފިރުމާލެވުނީ އަޝްފާން އޭނާގެ ހަރަކާތްތައް ބަލަން ހުރިކަން ނޭނގިއެވެ. ސިއްސައިގެން ގޮސް ދުރަށް ޖެހިލެވުނީ އަޝްފާން އެއަތުގައި ހިފުމުންނެވެ. ހަމަހޭގައި އޭނާއަށް މިކުރެވެނީ ކޮންފަދަ ކަމެއް ބާވައެވެ. އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ހިތަށް ވިސްނައިދެމުން ފަޒުނާ އެތަނުން އަވަހަށް ބެލްކަންޏާއި ދިމާލަށް ދިޔައީ ލަދުވެސްގަނެ ހުރެއެވެ.

“ލަދުގަތީތަ” އަޝްފާންގެ އަޑު ފަހަތުން އިވުމާއި އެކު ފަޒުނާ ދިޔައީ ސިއްސައިގެންނެވެ. އަޝްފާން ފަހަތުން އައިސްދާނެ ކަމާއި މެދު އެއްވެސް ވަރަކަށް އުއްމީދުކޮށްފައި ނެތުމުންނެވެ.

“ނޫން. އެކަމަކު އަޝްފާން ކީއްވެ ތެދުވެ ތިއުޅެނީ. ދޭ އޮށޯންނަން. ރެސްޓު ކުރީމައެއްނު އަވަހަށް ރިކަވާވެގެން ގެޔަށް ދެވޭނީ” ފަޒުނާ ނަސޭހަތްތެރިވިއެވެ.

“މިތާ އޮށޯންނަ ހިތެއް ނުވޭ. ” އަޝްފާން އެތެރެއަށް ބަލާލަމުން ބުންޏެވެ.

“ކުޑަ ކުއްޖެއް ދޯތީ.. ގެޔަށް އަވަހަށް ދެވޭނީ ރަގަޅުވެގެންނެއްނު.. ހިނގާ ދާން” ފަޒުނާ އަޝްފާންގެ އަތުގައި ހިފައި އެތެރެއަށް ގެންދާން އުޅުނެވެ. ނަމަވެސް އަޝްފާން އެކަމާ ދެކޮޅު ހެދިއެވެ. އަދި ފަޒުނާ ހިފި އަތުގައި ހިފައި އޭނާ ކާއިރިއަށް ގެނައެވެ.

“ޝަރުތެއްގެ މަތިން ގޮސްދާނަން އެތެރެއަށް. އޯކޭ؟” އަޝްފާން ފަޒުނާއާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުންޏެވެ. ފަޒުނާ ކޮން ޝަރުތެއްތޯ އަހާލުމުން އަޝްފާން މިދަނޑިވަޅުގެ ބޭނުން އެންމެ ފުރިހަމައަށް ކުރެވޭތޯ މަސައްކަތް ކުރިއެވެ.

“މާދަން ތިގެއިން އަހަރެމެން އުޅޭ ގެޔަށް ބަދަލްވާނެ ކަމަށް ވައުދުވޭ” އަޝްފާން ޝަރުތު ކިޔާދީ ނިމުނު އިރު ފަޒުނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުއްލިއަކަށް އަޝްފާން އެވާހަކަ ދައްކަފާނެ ކަމަށް އޭނަ ހީވެސް ނުކުރެއެވެ.

“ތިނޫން ކަމެއް ޕްލީސް” ދޭނެ ޖަވާބެއް ނޭގުމުން ޝަރުތު ބަދަލްކުރުމަށް ފަޒުނާ އެދުނެވެ.

“ނޫން ހަމަ މިކަންތައް، ވަރަށް އަވަހަށް ޖަވާބުދީ އެހެން ނޫނީ އަހަރެން ބޯ އަބުރާގެން ވެއްޓިދާނެ ކަންނޭނގެ” އަޝްފާން ދޫދޭކަށް ބޭނުންނުވިއެވެ.

“އެކަމަކު އަޝްފާން.. ކީކޭ ކިޔާފަ އަހަރެން ތި ގެޔަށް ބަދަލުވާންވީ. ކީކޭ ދައްތައާއި އަރޫ ކައިރީ ބުނާނީ.. އެހެންނޫނަސް އަހަރެން ކީއްވެޔޯ އަޝްފާން ބުނެގެން ބަދަލުވާންވީ. އޭރުން އިޝާ ހިތަށް އަރާނީ ކީކޭ” ފަޒުނާ އުފެދުނު ހުރިހާ ސުވާލެއް އަޝްފާނާއި ކޮށްލިއެވެ.

“ބުނޭ އެކަނި އުޅެން ބޭނުން ނުވާތީ އޭ ބަދަލުވާން ބޭނުންވަނީ.. ޔޫ އާރ މައި ބެސްޓު ފުރެންޑު . މިހާ ބަލިވެ އުޅޭ އިރު ކައިރީގަ ހުންނަން ވާނެ އެއްނު” އަޝްފާން ފަހު ޖުމްލަ ބުނެލަމުން އެއްލޯ މަރާލިއެވެ.

“އޯކޭ ދެން އިޝާ އޯ.. ކިތައް މީހުން ބޭނުންވޭތަ އަޝްފާނަށް ކެއާކުރަން” ފަޒުނާ ކުޑަ ހިނިގަނޑެއް ޖަހާލިއެވެ.

“އިޝާ ކެއާ ކުރާނަ ފަޒޫގެ ބަދަލުގަ އަހަރެން ކައިރީ ހުންނާނެ ދޯ މިރޭވެސް. އެހެންނޫނަސް ފަޒޫ އާއި ދެމީހުންގެ މިރައްޓެހިކަމަށް އިޝާއަށް ވިޔަސް ހުރަހެއް ނޭޅޭނެ” އަޝްފާން ފުންމާނަ އާއި އެކީ ބުނެލިއެވެ.

“ދެން އިޝާއަށް މިރޭ ނުހުރެވުނީއެއްނު.. އޯކޭ ފަޒޫ ބަދަލުވެދާނަން އަރޫއާއި ޓޯކު ކޮށްފަ. ހިނގާ ދާން އަވަހަށް އެތެރެއަށް ނިދަން” ފަޒުނާ އަޝްފާން ގޮވައިގެން އެތެރެއަށް ވަނެވެ. އަޝްފާނަށް އެދުގައި އޮށޯވެލިތަނާ ނިދުނު އިރު ފަޒުނާ އިރުކޮޅަކު ގޮނޑީގައި އިދެފައި އަޝްފާންގެ އެދުގައި ބޯ އަޅާލާއިގެން ނިދާލިއެވެ.


 

އަޝްފާންގެ އެދުމުގެ މަތިން ފަޒުނާ އެގެއަށް ބަދަލުވިއެވެ. އަދި ގޭތެރޭގެ ކަންތަކުގައި ކުރިއެކޭ އެއްގޮތަށް މަޝްއޫލުވާން ފެށިއެވެ. މިވީ ދެތިން ދުވަސް ތެރޭގައި އަޝްފާގާއި އަޝްފާން އޮފީހަށް ނުދެއެވެ. އެހެންކަމުން ފަޒުނާ ގޭގައި ގިނަ ވަގުތު ދެމީހުންނާއި އެއްކޮށް އޮފީސްގެ ކަންތައް މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރިއެވެ. ދީނާ ވެސް އަޝްފާގު ބަލިވެ އުޅޭކަން އެނގުމުން އޮފީސް ނިއްމާލުމަށްފަހު ކޮންމެ ދުވަހަކު އެގެޔަށް އާދެއެވެ. އަޝްފާގު ތަކުރާރުކޮށް ނައުމަށް އެދުމުންވެސް ދީނާ އައުން ހުއްޓާނުލައެވެ. އިޝާވެސް އޮފީހުގެ މަސައްކަތް ނިމުމަށްފަހު ކޮންމެ ދުވަހަކު އެގެޔަށް އާދެއެވެ. ދީނާ އަޝްފާގު ފައިބުޑުގައި އަދި ފަޒުނާ އަޝްފާން ކައިރީ އުޅޭތަން ފެނި ކިތައްމެ ދެރައެއް އެހިތަށް އިހުސާސް ކުރުވިޔަސް އެކަން ފޮރުވޭތޯ ވަރަށް މަސައްކަތް ކުރެއެވެ. ނާކާމިޔާބު ދެގުޅުމަށްފަހު ފިރިހެނުންނާއި އިމެދު ހިތުގައިވާ ފޫހިކަން އެތައްގުނަ އިތުރުވެއްޖެއެވެ.

ހުރިހާ ކުދިން އެއްވަގުތެއްގައި މިހެން ބައްދަލުވެ އުޅޭތީ އަމީރާ މިއަދު ހަވީރަށް ސައި ތައްޔާރުކުރިއެވެ. އަދި އެއާއިލާގެ ކުއްޖެއްކަމުގައި ބަލައިގެން އުޅޭ ލާމިއުއަށްވެސް ހަވީރު ސަޔަށް ދައުވަތު ދިނެވެ. މޭޒުމަތި ވަނީ ކާތެކެތިން ފުރާލާފައެވެ. ކުޅި ކާތަކެތިންނާއި ފޮނިކާ ތަކެތިންނެވެ. ކޮފީގެ އިތުރުން ބޯން ހުރީ އަނބު ފަންޏެވެ. މޭޒު ކައިރީ ހުރިހާ ކުދިން ހަމަވެ އިށީންއިރު އާމިރާ ދިޔައީ ތަށިތަކަށް ޖޫހާއި ފަނި އަޅާދެމުންނެވެ.

“ދަރިފުޅާ އަޝްފާނަށް ކޮފީ ތައްޓެއް އަޅާދީބަލަ” އާމިރާ ފަޒުނާ ކައިރީ އެދުނެވެ.

“އިޝާއަށް އެނގޭތަ، އަޝްފާނަށް މިހާރު އެއްމެ މީރީ ފަޒޫ ކޮފީ ގިރާލާގޮތް. ދެކުދިން އިނުމުގެ ކުރިން ޖެހޭނެ އިނގޭ ފަޒޫ ކައިރިން ކޮފީ ގިރަން ދަސްކުރަން، އެނޫން އެއްޗެއް އޭނަ އަރުތެރޭން މިހާރު ދާކަމަކަށް ނުވޭ” އާމިރާ ހެމުން ބުނެލިއެވެ.

އިޝާއަށް އަޝްފާނަށް ބަލައިލެވުނީ އާމިރާގެ ވާހަކައަށް ދޭނެ ރައްދެއް ނޭނގުމުންނެވެ. ދެމީހުން ވަކިވިޔަސް އެކަން ދެމީހުން ކުރެ އެކަކުވެސް އެއްވެސް މީހަކު ކައިރީ އެވާހަކަ ނުބުނެއެވެ. އަޝްފާން އެވާހަކަ ދައްކާނެ ގޮތެއް ނޭގިފައި ހުރެވެނީއެވެ. އިޝާ އެވާހަކަ ބުނާނީ ކާކު ކައިރީބާވައެވެ. އަރޫޝާގެ ދޮންބެ ވާހަކަ އަރޫޝާ ކައިރީ ދައްކާނީ ކީކޭ ކިޔާފަބާވައެވެ. ފަޒުނާ އަކީ އޭނާގެ ބަދަލުގައި އެހިތުގައި ލިޔެވެމުންދާ ނަމެވެ. ދެން ހުރީ އަޝްފާގެވެ. އެއީ އެއްވެސް ހައިސިއްޔަތަކުން އަންގަން ބޭނުންނުވާ މީހެކެވެ.

ލުއި ހިނިތުންވުމަކާއި އެކީ ކުރިމަތީ އިން އިޝާގެ ހާލަތު އަޝްފާގަށް ރަގަޅަ ދެނެ ހުއްޓެވެ. ކުރިން ދުވަހު އޮފީހުގެ ސައިކޮޓަރީގައި

ސިއްރުން ދެއްކީ އެވާހަކަ ކަމުގައި ވީ ނަމަވެސް އަޝްފާގުގެ ކަންފަތާއި ހަމައަށް އެބަސްތައް ވަނީ އައިސްފައެވެ. އެއްފަހަރު އޭނާގެ ކުށަކުން އިޝާއަށް ވޭން ތަހަމްމަލް ކުރަންޖެހުނަސް އެދަވަނަ ފަހަރަށް އެކަން އަމިއްލަ ކޮއްކޮ ތަކުރާރު ކުރުމުން ލޭކެކިގެން ދިޔައީއެވެ. އަމިއްލަ ނަފުސަށް ނުކުރި މާފެއް ކޮއްކޮއަކަށްވެސް ނުކުރެވޭނެއެވެ.

ސައި ބޮއި ނިއްމާލީ އެއްމެންވެސް މަޖަލާއި އުފާވެރިކަމުގެ ތެރޭގައެވެ. އެހެންނަމަވެސް އިޝާއާއި އަޝްފާން ދޭތެރޭވީ ބީރައްޓެހިކަން އަރޫޝާއަށް ފާހަގަވިއެވެ. ތަށިތައް ދޮއެ ނިއްމާލުމަށްފަހު އިޝާ ކައިރީ އެކަން އަހާލުމަށް ދިޔއިރު އިޝާ ގެޔަށް ގޮއްސިއެވެ. އަދި އަޝްފާންވެސް ކޮޓަރިއަށް ގޮސް އޮށޯވެލިތަނާ ނިދުމުން އެހޭ ގޮތެއް ނުވިއެވެ.


 

ރެއަކީ ހުކުރުވިރޭލޭއެވެ. މާދަމާ ވެޑިން ޝޮޕިންއަކަށް ދާން އަރޫޝާވަނީ ފަޒުނާ އަދި އިޝާ ކައިރީ ދެތިން ދުވަސް ކުރިން އެދިފައެވެ. ހަނދާންކޮށްލަ ދިނުމުގެ ގޮތުން މެސެޖެއް ކޮށްލާނަމޭ ހިތައި އަރޫޝާ ފޯން ހުޅުވާލިއެވެ. އެވަގުތު އައިސްފައިވާ ދީނާގެ މެސެޖު ފެނުމުން އޮތް ތަނުން ކޮޅަށް ޖެހި އަރޫޝާ ބާރު ހިގުމެއްގައި އަޝްފާންގެ ކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ. އަޝްފާން ކޮޓަރީގައި ނެތްކަން އެނގި އަރޫޝާ ބެލްކަންޏާއި ދިމާލަށް ދިޔައެވެ. އޭރު އަޝްފާން ބެލްކަނީގެ ރޭލުގައި އަތް އަޅާލައިގެން ބޭރު ބަލަން ހުއްޓެވެ.

“ދޮންބޭ މީ ތެދެއްތަ” އަރޫޝާ ފޯނަށް އައި ދީނާގެ މެސެޖު އަޝްފާނަށް ދައްކާލަމުން އަހާލިއެވެ.

އަޝްފާން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލުމާއި އެކު އަރޫޝާގެ މޫނުމަތީގައި ވި ނުތަނަވަސްކަން ބޮޑުވިއެވެ.

“ދެން ދޮންބޭ ކީއްވެތަ.. ކިހާ ދުވަހެއް ވެއްޖެތަ” އަރޫޝާ ގެ އަޑުގައި ވީ ނުރުހުމެވެ.

“2 ވީކްސް ވަރަކަށް މިވަނީ” އަޝްފާން ނިތްކުރީގައި އަތް ހާކާލަމުން ބުންޏެވެ.

“އެކަމަކު ހިޔެއްވެސް ނުވޭ. ވާހަކަވެސް ދައްކާ . ހޮސްޕިޓަލުގަވެސް ގޭގެވެސް ނުލާހިކު ހަމަޖެހިލައިގެން ތިއުޅެނީ.. އޯ މައި ގޯޑް.. އެހެންވެ ދޯ ހޮސްޕިޓަލުގަވެސް ދޮންބެ ކައިރިއަށް ނުދެވި ހުއްޓުން އަރާފަ އިޝާ ހުރީ. ދެން ކުރިން ދުވަހު ފިލްމު ބަލަންވެސް.. ސައި ހެދި ދުވަހުވެސް” އަރޫޝާ ވާހަކަ ދެއްކި ވަރަކަށް ކުރީގެ ހަނދާންތަކުން އެކަންތައް ފާހަގަކުރެވިގެން ދިޔައެވެ.

“އެކަމަކު ކީއްވެ ދުރުވީ..އިޝާ ބޭނުންވެގެންތަ ނޫނީ ދޮންބެ ބޭނުންވެގެންތަ”

“ދޮންބެ ބޭނުން ވެގެން. ޑޯންޓް އާސްކު މީ ވައި. އައި ހޭވް މައި ރީޒަންސް” އަޝްފާން އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވާކަން ހާމަކޮށްލިއެވެ. ނަމަވެސް އަރޫޝާ ކުރިމައްޗަށް އަރައި އިތުރަށް ސުވާލުކުރަން ފެށިއެވެ.

“ރީޒަންސްއޭ.. އަހަންނަށް ހެޔޮ ކޮންމެ ރީޒަނެއް ވިޔަސް ޔޫ ޑޯންޓު ހޭވް ދަ ރައިޓް ޓު ހާރޓު ހާ..އެހާ ވަރަށް ދޮންބެއަށް ޓުރަސްޓުކޮށްފަ ގުޅުނީ.. މިވީ ކުޑަ ދުވަސްކޮޅު ތެރޭ އިޝާ ދޮންބެއަށް ކެއާ ކުރާވަރު ފެނޭތަ. އޭޝް އެހެން ހެދީމަ އަހަރެން ހިޔެއްވެސް ނުކުރަން އިޝާ ދޮންބެއަށް ފީލިންގްސް ހުރެދާނެއޭ. އެކަމަކު އިޝާ އެވަރުން ދޮންބެއަށް ފީލިންގުސް ޑިވެލޮޕް ކުރީމަ ތީތަ ހަދަންވީ ގޮތަކީ” އަމިއްލަ ދޮންބެއެއް ކަމަކު އިޝާއަށް އެހެން ހެދީމަ އަރޫޝާ ގާތަށް ރުޅިއަންނަ ގޮތް ވިއެވެ.

“ޕްލީސް ރުޝް ހުއްޓާލަބަ. އިޝާ އޯކޭ. ދޮންބެ އޯކޭ” ކުރިމަތީ ހުރި އަރުޝާ އެއްފަރާތް ކޮށްލުމަށްފަހު އަޝްފާން ކޮޓަރިއަށް ވަނެވެ. ދެމީހުން ވަކިވުމުން އިޝާގެ ފަރާތުން ކުޑަކޮށް ނަމަވެސް ހިތާމައިގެ އަސަރު ފެންނަން ނެތުމުން އަޝްފާން ދެރަކުރުވިއެވެ. ބައެއް ފަހަރު އިޝާ އޭނަ ދެކެ ލޯބި ނުވަނީއޭ ބާވެސް ހިތަށް އަރައެވެ. އިޝާ ދެރަވާނަމަ އިޝާ އެކްޓުކުރަން ނުލާހިކު މޮޅެވެ. އަދި އެވެގެން ދާނީ އިޝާއާއި ދުރުވުމަށް އަޝްފާނަށް ލިބޭ އެހީ އަކަށެވެ.

“ނޫން އަހަރެން ނުދާނަން ތި ސަބަބެއް ނުދައްކަނީސް” އަރޫޝާ އަޝްފާންގެ ފަހަތުން ކޮޓަރިއަށް ވަނެވެ. އަދި ހަށަމްބަދެ ފައި ވިއްދާލީ ބޭނުންވާ ޖަވާބު ހޯދުމަށެވެ.

އަޝްފާން އެނދުގައި އިށީދެ އަރޫޝާއާއި ދިމާލަށް ބަލާލިއެވެ. އަރޫޝާގެ މޫނުމަތިން ދޫދޭން ބޭނުން ނުވާކަން އެނގުމުން އަޝްފާން އޭނާގެ ވޮލެޓު ހުޅުވާލިއެވެ. އަދި އޭގެން ތެލެސީމިއާ ކާޑު ނަގައި އަރޫޝާއަށް ދައްކާލިއެވެ.

“ނޯ” ކާޑުގައި ހިފަމުން އަރޫޝާއަށް ބުނެވުނެވެ.

“ދޮންބޭ.. އައި އޭމް ސޯ ސޮރީ.. އިޝާވެސް ދޯ.. އިޝާއަށް އެނގޭތަ” ހަމްދަރުދީ ވެގެން އަރޫޝާ އަޝްފާން ކައިރީ އިށީނެވެ. ނޫނެކޭ ބުނުމުގެ ގޮތުން އަޝްފާން ބޯ ހަލުވާލިއެވެ.

“ނުބުނާތި އިޝާ ކައިރީ. އެހެންނޫނީ އޭނަ ވަރަށް ދެރަވާނެ. އަދި އުޅެފާނެ ދޮންބެއާއި ގުޅެން އަލުން. ތަންކޮޅެއް މޮޔަ ކުއްޖެއް އެއީ” ހީލާފައި އެހެން ބުނިކަމުގައި ވިޔަސް އަޝްފާންގެ ހިތުގެ ރިހުން އޭނާގެ ކުރަކިވެފައިވާ އަޑުންނާއި ލޮލަށް ޖަމާވި ކަރުނަތަކުން އަރޫޝާއަށް އިހުސާސް ކުރެވުނެވެ.

“ހޭ.. ނުރޮއި.. ރުޝް ނުބުނާނަން ޕުރޮމިސް އިނގޭ.. ” އަރޫޝާ އަޝްފާނަށް ހިތްވަރު ދިނުމުގެ ގޮތުން ބުރަކަށީގައި ލޯބިން ފިރުމާލިއެވެ.


 

“ދަރިފުޅާ މަންމަ އަޑުއެހިން. އެއީ ތެދެއްތަ ދަރިފުޅާއި އިޝާ” ހުކުރަށް ދާން ތައްޔާރުވާން ހުރި އަޝްފާނާއި އަމީރާ ސުވާލުކޮށްލިއެވެ.

އަޝްފާން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“މަންމަ ހީކުރީ ދަރިފުޅު އެގޮތް ގަނޑު ދޫކޮށްލީ ކަމަށް.. ނަސީބެއް ދޯ މަންމައަށް ފަޒޫގެ ވާހަކަ ދަރިފުޅު ކައިރީ ނުދެއްކުނުކަން” ހުދު ކުލައިގެ ގަމީހުގައި ގޮށް އަޅުވަމުން ދިޔަ އަޝްފާނަށް މަންމައާއި ދިމާލަށް ބަލައިލެވުނީ ހައިރާން ކަމާއި އެކީގައެވެ.

“ފަޒޫއޭ.. ފަޒޫގެ ކޮން ވާހަކައެއް” އަޝްފާން ހުރީ ވާނުވާގައެވެ.

“ދަރިފުޅު އިޝާއާއި ގުޅުމުގެ ކުރިން މަންމަ ހީކުރީ ދަރިފުޅާއި ފަޒޫއާއި ދޭތެރޭ ކޮންމެވެސް ކަހަލަ ގުޅުމެއް އޮންނަކަމަށް. ދަރިފުޅު އަބަދު އޭރު އުޅޭނީ ފަޒޫއާއި އެކީ. ގޭގަވެސް އޮފީހުގަވެސް. ދެން ފަޒޫވެސް ދަރިފުޅުގެ ކަންތަކަށް ބަހައްޓާ ޝައުގު މަންމައަށް ފެނޭ ވިއްޔާ.. މާފަހުން އިޝާ ގެނައީމަ މަންމައަށް އެނގުނީ އެއީ ރައްޓެހިކަން” އަމީރާ އޭނާއަށް ހީވި ހީވުންތައް އަޝްފާނަށް ކިޔައިދިނެވެ. އަޝްފާންގެ މޫނުމަތިން ހައިރާންކަން ފާޅުވަމުން ދިޔައިރު އޭނާގެ ހިތް ބޭއިހުތިޔާރުގައި ނަމަވެސް ނަށާލިއެވެ.

“ތިދެން މަންމައަށް ހީވި ގޮތް. ވީ އާ ޖަސްޓު ފުރެންޑްސް އޭ…ދަނީއޭ މަމް” އަޝްފާން އަމީރާގެ ކޮލަށް ދޮނެއް ދިނުމަށް ފަހު ހުކުރަށް ދާން ބޭރަށް ހިގައިގަތެވެ. ނޭނގޭ އުފާވެރިކަމެއް އޭނާ ވަށައިލައިފާވާ އިރު މޫނު މަތީ ފަޑުވުމެއް ނެތި ވަނީ ލުއި ހިނިތުންވުމެކެވެ.


 

 

ވެޑިން ޝޮޕިން ކެންސަލް ކުރުމަށްފަހު އަރުޝާ އާއި ފަޒުނާ އިޝާ ގޮވައިގެން ކާން ދިޔައެވެ. ބުރޭކަޕަށް ފަހު އިޝާއަށް ލިބަފައިވާ ހިތާމަކަށް ހިއްސާކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ.

“އިޝާ އަހަރެންގެ ބޭބެއަކަށް ވުމުން ނޫނީ ފަޒޫގެ ފުރެންޑަކަށް ދޮންބެ ވުމުން ޔޫ ޑޯންޓު ހޭވް ޓު ބޮޓުލް އަޕް ޔޯ ފީލިންގްސް އިންފުރޮންޓް އޮފު އަސް.. ދޮންބެ އާއި ދިމާލަށް ބޭނުން އެއްޗެއް ކިޔަންވީ. ވީ ވިލް ނޮޓް ޖަޖް ޔޫ” އަރޫޝާގެ ވާހަކައަށް ތާއީދު ކުރާކަން ފަޒުނާ ބޯޖަހާލަމުން ބުންޏެވެ.

“އައި އޭމް ފައިން އޭ” އިޝާ ފުޅާ ހިނިތުންވުމަކާއި އެކީ ބުނެލިއެވެ.

“އެއްވެސް މީހެއް ފައިނެއް ނުވާނެ ސަބަބު ނުބުނެ ވަކިވުމުން” ފަޒުނާ އިޝާގެ މޭޒުމަތީ އޮތް އިޝާގެ އަތުގައި ހިފާލިއެވެ.

“ސަބަބު އެގެއޭ. އިޝާއަށް މާބޮޑަށް ނީޑީ ވެވުނީއެއްނު. އެހެން ނޫނަސް ހީ ހޭސް ފީލިންގްސް ފޯ ސަމްވަންއެލްސް” މިލްކްޝޭކުން ކޯވަރެއް ބޯލަމުން އިޝާ ބުނި ޖުމްލައިން ކުރިމަތީ އިން ފަޒުނާއާއި އަރޫޝާގެ ލޯ ތަންމިނަށް ހުޅުވާލެވުނެވެ.

“ވަޓް” އަވަސް އަވަހަށް ދެމީހުނަށް އެއްފަހަރާ އަހާލެވުނެވެ.

“ކާކު ތަ” ކުރިން ދޮންބެ ނުބުނާ ސަބަބެއް އޮތުމުން އަރޫޝާ ހުރީ ހައިރާންވެފައެވެ.

“ނޭނގެ ކާކު ކަމެއް. އެކަމަކު އެ ކޮންމެ މީހަކަށް ވިޔަސް އިޝާ ބޭނުމެއްނޫން ހުރަހަކަށް ވާކަށް” އިޝާ ދައްކަމުން ދިޔައީ ކުރިމަތީ އިން ފަޒުނާގެ ވާހަކަ ކަމެއް ހުދު ފަޒުނާއަށްވެސް ނޭނގޭ ކަހަލައެވެ.


 

 

ފާއިތުވެ މިދިޔަ ދެ ހަފުތާއަކީ އިޝާގެ ހަށިގަނޑާއި ސިކުޑިއަށް ވަރަށް ބުރަ ދުވަސްތަކަކަށެވެ. އެހެންކަމުން ފެންވަރާލައިގެން ނިދަން އޮށޯތީ އެވަރުބަލިކަން ފިލުވާލުމަށެވެ. ފޯނުން ލަވައެއް ޖަހާލައި ލޯމަރާލީ އަރާމް ނިންޖަކުން ނިދާލުމަށެވެ. އެކަނިވެރިކަން ލިބިފައިވާ އެހިތަށް ޅެމުގައި އެބުނާ ބަސްތަކާއި މެދު ފުންކޮށް ވިސްނާލެވުނެވެ.

ރޯލާނަމޭ ދެން ކީކޭ ބުނާނީ އިތުބާރު ލީހޭ އޮޔާ،

ދުނިޔޭގަ ކެހި ދެން ވެގެން ލޯ ފުރާނީ ހިތް މޭގަ ރޯލީ އެހާ،

ސާހިލް ކޮބާހޭ ގެބެމުން ދަނީއޭ ލޯބީގައި ޖެހިފައި އޮޔާ،

………………..

ތޫފާނެކޭ މީ ކިސްތީ ބެހޭ އިރު ފެނުމެއް ނުވާއިރު ކިނާރާ،

ހަމަހޭ ނުވާތީ ލޯބީގައި އަނިޔާ ދިން ރޭ ނުވީ ހަނދުމަ ޔާރާ،

ޒަހަރޭ މީ އިނގޭ ބޭހެއް ނުވާނޭ ގިސްލުންތަކުން ފޭދިފާ،

ދުނިޔޭގަ ކެހި ދެން ވެގެން ލޯ ފުރާނީ ހިތްމޭގަ ރޯލީ އެހާ،

ފެނިލާފަ ދާއިރު ލޯބިން އުޅެންވީ މަންޒިލް ހެ ނޭނގޭ މިހާރު…

ލަވައިގައި ބުނާ ކޮންމެ ލަޒުފެއް އިޝާގެ އެއްމެ ހިމަ ނާރުގައިވެސް ވާ އިހުސާސްތައް ބުނެދޭ ފަދައެވެ. ތަކުރާރުކޮށް އެލަވަ އަހުނީ އޭނާގެ އިހްސާސްތަކުގެ ބައިވެރިއަކަށް އެލަވަ ވެގެން ދިޔުމުންނެވެ.

Share Article

Follow Me Written By

maroon

Level 710 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ލޯބި ވެވުމުން……4

Next

ފުން ލޯބި (36)

Next
April 27, 2017

ފުން ލޯބި (36)

Previews
April 26, 2017

ލޯބި ވެވުމުން……4

28 Comments!

  1. Aisha says:
    April 27, 2017 at 12:00 am

    Thank u maroon

  2. Aisha says:
    April 27, 2017 at 12:01 am

    Ma first dhw mifaharu

    1. maroon says:
      April 27, 2017 at 12:09 am

      Yes u r dear..❤❤. kihinei vanee vahaaka?

  3. maroon says:
    April 27, 2017 at 12:07 am

    Thi kudhinhen maroon ah ves varah inthizaaru kurevijje vahaka up vaane irakah ?
    Thanku for waiting. ILY all varah bodah ❤
    V support libey ngey ..
    Plz mistakes huredhaane considering it is my first story.. if there is anything u guys want me to correct plz do tell so i can improve.
    Offyhah dhamun kiyavamjn vaahaka daily koh up nukureveythy v dhera vey.. m trying my best. Mi episode lasvaathy nunidhaa ove eba liyan maadhama ah kuda episodeh. Goodnight.

  4. Yoonii says:
    April 27, 2017 at 12:10 am

    Me 2 nd dhw…. V upveythoa balabala indha thi up kuree… Thnkuuu????adhi nuves kiyan…. kiyaafa adhi comenteh kohlaanan

    1. maroon says:
      April 27, 2017 at 12:14 am

      So happy to hear that. Waiting for ur comment ?

  5. reader says:
    April 27, 2017 at 12:58 am

    v nice story,rangalhu kohlan bunelan othy dhen furathama gendhaa gothah icu ah varah nulaane, emergency room ga faruvaadheyny, konme faharak vx ethankolhu faahaga kureveythy bunely☺☺☺??

    1. maroon says:
      April 27, 2017 at 1:01 am

      thanku for pointing out. will correct that.. thanku for reading

  6. Rock ? says:
    April 27, 2017 at 1:04 am

    Nice story.. !! ☺☺☺
    Adhi mi vaahakaige kithah episode ebain.. ?? ?

    1. maroon says:
      April 27, 2017 at 1:19 am

      thanku rock. Mee aneh hen liye nimifa in story eh noon. So lets say around 25 or less

  7. mary says:
    April 27, 2017 at 3:59 am

    Wow superb ????

  8. Amm says:
    April 27, 2017 at 5:12 am

    Wow v reethi ???
    Waiting 4 next

    1. maroon says:
      April 27, 2017 at 2:38 pm

      ❤

  9. Chum handi says:
    April 27, 2017 at 7:23 am

    vrh reethi … mi story ge title aa vrh gulhey gothah story thi gennanee…. wating fr the nxt prt…

    1. maroon says:
      April 27, 2017 at 7:27 am

      Thanku chum handi.
      If u know the lyrics of the song varah reehchah egeyne. It is my alltime fav. Thanku

  10. daily reader (,) says:
    April 27, 2017 at 8:28 am

    Yes so i was right. They are carriers. Still ashfan varah goas reason nubunakvakivun. Isha abadhu dhera kanthah vani sad :(i. Plxddheena side akah laafa isha ash aa gulhuvadhy. Loveit. Varah inthixaru kurevey.

    1. maroon says:
      April 27, 2017 at 7:19 pm

      Yes dear carriers ow… thanku for reading…
      ❤ loves

  11. Khajja says:
    April 27, 2017 at 8:44 am

    Wow masha allh v rythi v obinex thanks maroon keep it up luv u n waitin nxt??????❤❤❤❤

    1. maroon says:
      April 27, 2017 at 9:51 pm

      Thanku khajja?

  12. Sidhu says:
    April 27, 2017 at 12:48 pm

    Maasha Allah. .nice.
    1st story aa balaafa vvvv habeys….v wait kurevey next part ah

  13. shafu says:
    April 27, 2017 at 12:56 pm

    wow v reethi…..

  14. haw shia shaba shi r says:
    April 27, 2017 at 1:36 pm

    Mashaa Allah v reethi mi vaahaka,yesterday onwords continue koh read koh mi ninamaalee ,v v v v happy vejje kiyaalevuneema v reethi mi part ves,next part soon plx

  15. Saran says:
    April 27, 2017 at 4:41 pm

    25 part left ? dhigukuran adhaagen vaahaka hadivaany ?

    1. maroon says:
      April 27, 2017 at 6:02 pm

      No my bad i said 25 parts left. Assu Less than 9 parts left. Sorry for the misunderstanding.. thanku for pointing out

  16. Rysh says:
    April 27, 2017 at 9:20 pm

    Molhu ingey story liyan. i used to watch hindhi dramas.. it’s kind of same . can picture the story. each episode gets intresting.. looking forward for another beautiful episode…

    1. maroon says:
      April 27, 2017 at 9:29 pm

      N i dnt watch any hindi dramas. Hindi evves neyge ? thanku

  17. blume says:
    April 28, 2017 at 11:51 am

    Kon iraku dhen onna prt up kuraany?Plx plx miadhu up kohdhey ba..Mi stry v rythi..v obi..

    1. maroon says:
      April 28, 2017 at 2:45 pm

      Sure blume

Comments are closed.


All Right Reserved!