Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 10

ShaiShy Level 310 Stories100 Comments500 Comments
April 25, 2017 10 Mins Read
64 Comments

އީތަންއަށް މަގުމަތިން އެއްވެސް މީހަކު ނުފެނުނެވެ. ނަމަވެސް އެގޭ ދޮރުބުޑުގައި އޮތް ކަކުންޏެއް ފެނިފައި އީތަންގެ ހިތުގައިވި ސުވާލުތަކަށް ޖަވާބެއް ލިބުނެވެ. އެތާ އެއޮތީ ޒިއަދަން ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އީތަން ގޭތެރެއަށް ބަލާލަމުން ކަނާތުފައި ނަގާފައި އެކަކުންޏާ ދިމާ މައްޗަށް އެފައި ހިއްލާލުމާއެކު އޭތި ގެއްލުނެވެ. އެވަގުތު އީތަން ނެގި ފައި ގޮސް ޖެހުނީ ބިންމަތީގައެވެ. ފާރުގައި ގޮށްމުށުގެ އެތިފަހަރެއް ޖަހާލަމުން އީތަން ގޭތެރެއަށް ވަނެވެ. ކައިޝާއަށް ޒިއަދަން ކުރިކަމެއް ނޭނގުނަސް އީތަންއަށް އެއް ކަމެއް ޔަޤީންވަނީ ކަނޑައިގެން ގޮސްފައިފާ ކައިޝާގެ ތުންފަތް ފެނިފައެވެ. އެވަގުތު އެހިތް ޝަކުވާއިން ފުރުނެވެ. ޒިއަދަންއަށް ގެއްލުމެއް ދޭން ބޭނުން ނުވިޔަސް އީތަންއަށް އެގޮތުގައި ކެތްކުރެވޭނީވެސް ވަކިވަރަކަށެވެ. އީތަން ކާހިތްކެނޑުމުން އެދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ.  އެތެރެއަށް ވަތްތަނާ އިރުކޮޅެއްފަހުން އެކޮޓަރީ ދޮރުގައި ޓަކި ޖަހެމުން އީތަން ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި ކައިޝާ ހުރީ ހިނިތުންވެލައިގެންނެވެ. ކައިޝާ ހީކުރާނީ ޒިއަދަން އެއީ އީތަން ކަމަށެވެ. ހަޤީގަތް ހާމަކުރަން އީތަން ކިތައްމެ ބޭނުމަސް އެކަން ކައިޝާއަށް ބުނެދޭނީ ކިހިނެއްކަމެއް ނުވިސްނުނެވެ.

 

“މީ..އަމް…މަންމަ ބުނީ ސައިބޯން ނާންނާތީވެ ގޮވާލާށޭ…”ލަދުރަކި ހިނިތުންވުމަކާއެކު ކައިޝާ ބުނެލިއެވެ. އެމޫނުމަތި ވަނީ އުޖާލާވެފައެވެ. އީތަން ފެނުނަސް އެހިތަށް ބާހާރު މޫސުން އަންނަކަހަލައެވެ. އެހާވެސް އުފާވެރިކަމެއް ކައިޝާއަށް އިހުސާސް ކުރެވެއެވެ. އީތަން ފަހުން ކާނެ ކަމަށް ބުނެ ދޮރުލައްޕާލީ ކައިޝާ ކުރިމަތީ ހުންނަން އުނދަގޫވާތީވެއެވެ. ޒިއަދަންގެ ސަބަބުން އޭނާގެ މޫޑުއެވަނީ ޚަރާބުވެފައެވެ. ކައިޝާވެސް އެތަނުގައި މަޑު ނުކޮށް ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. އީތަންގެ ކުއްލި ބަދަލުވުން ކައިޝާއަށް ނުވިސްނުނެވެ. ދާދި ދެންމެއަކާ ޖެހެންދެން އީތަންއާއެކު ހޭދަކޮށްލެވުނު މަދު ވަގުތު ކޮޅުގައި ކިހާ އުފާވެރިހެއްޔެވެ؟ ކައިޝާ އެވިސްނުމުގުގައި ހުރެގެން ކާގެއަށް ވަދެގެން ދިޔައެވެ.

 

**

ރޭގަނޑުގެ ވަގުތެވެ. ކައިޝާ އިނީ ބޭރު ޖޯލީގައިވެ. މޫނުމަތިން ހިތާމައިގެ ކުލަވަރު ފެންނައިރު ދެލޮލުގައި ވަނީ ކަރުނައެވެ. ކައިޝާ ކިތައްމެ ހަމަޖެހިލައިގެން އުޅުނަސް އެކަނިވާ ވަގުތުތަކުގައި އޭނާގެ ދޮންބެ މަތިން ހަނދާންކޮށް ރޮއެހަދައެވެ. އީޝަލްގެވެސް ޚަބަރެއް ވީއެއްނޫނެވެ. ހައްމާދުގެ ފަރާތުން އެނގުނު ގޮތުގައި އީޝަލްގެ ބޮޑުދައިތަ އޭނަ ގޮވައިގެން އިންޑިއާއަށް ހިނގައްޖެއެވެ. ކިތައްމެ ދުރުގައި ވީނަމަވެސް އީޝަލްއަށް އަވަސް ޝިފާއަކަށް ކައިޝާ ދުޢާ ކުރެއެވެ. ކައިޝާ ޖޯލީގައި އިންނަތާ ކުޑައިރުކޮޅެއްފަހުން ބޭރުދޮރުން ގެއަށް ވަދެގެންއައި އީތަން ފެނުމުން ގޮވާލިއެވެ. އީތަން ގޮސް އީށީނީ ކައިޝާއާ ޖެހިގެން ހުރި ޖޯލީގައެވެ.

 

“ކައި ކިހިނެއްތަ؟…ހީވޭ ކަމަކާ ދެރަވެފައި އިންހެން..” ކައިޝާގެ މޫނަށް ބަލާލަލަމުން އީތަން ސުވާލުކޮށްލިއެވެ. އެވަގުތު ކައިޝާ ހިނިތުންވެލަމުން ކަމެއް ނުވެޔޭ ބުނެލީ ލޮލުގައި ބޮނޑިވެފައވާ ކަރުނަތައް ހިންދާލަމުންނެވެ. “އަހަންނަށް އިނގޭ ކައި ތި ވިސްނަނީ ކައިގެ ދޮންބެ މަތިންކަން…އަހަރެންވެސް ވަރަށް ދެރަވޭ އަހުނަފު ކަހަލަ ގާތް ރަހުމަތްތެރިއަކު ކުއްލިއަކަށް ވަކިވެގެން ދިޔުމުން..އެކަމަކު އަހަރެން ކުރިންވެސް ބުނިހެން އެމީހެއްގެ ވަގުތު ޖެހުމުން ދާނެ.. އެކަމާ އަހަރެމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ..އިނގޭ މިހެން ބުނަން ވަރަށް ފަސޭހާވާނެކަން ހަމައެފަދައިން އެކަންތައް ހަނދާން ނައްތާލަން ކައިއަށް އަދި މަޖުދައްތައަށްވެސް ވަރަށް އުނދަނގޫވާނެކަންވެސް…އެކަމަކުވެސް އަހަރެމެން އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދިޔުމުން މަޑުމަޑުން ހުރިހާކަމެއް ހަމައަކަށް އެޅިދާނެ..” ކައިޝާގެ އަތުގައި ހިފާލަމުން އީތަން ބުނެލިއެވެ. ކައިޝާ ބޯޖަހަލާމުން ކޯތާފަތްމަތީގައިވާ ކަރުނަ ފޮހެލިއެވެ. އީތަންގެ ހިތާއި ސިކުނޑީގައި ތޫފާނެއް އައިސްގެން އުޅޭކަހަލައެވެ. އެހިތް އެދިގޮވަމުންދިޔައީ ކައިޝާއަށް ލޯބި ހުށައަޅަންށެވެ. އޭރުން އޭނާ އެކުރާ ހިތާމައަށް ކުޑަނަމަވެސް ލުޔެއް ލިބޭނެއެވެ. ނަމަވެސް ސިކުނޑިން އިންޒާރުދެމުން ދަނީ އީތަން ކައިޝާއާ ގުޅިއްޖެ ނަމަ ކައިޝާއަށް ހިތްދަތިކަން ނޫން އެއްޗެއް ނުދެވޭނެކަމެވެ. އީތަން ވިސްނާ ވިސްނާވެސް ހައްލެއް ނުލިބުނުކަމަކަށް މިކަން ވެއްޖެއެވެ. އޭނަވެސް ލޯބިން ހަޔާތެއް ފަށަން ބެނުމެވެ. އުފަލުގައި އުޅެން ބޭނުމެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި އުފާވެރި ދުވަސްތަކެއް ހޭދަކޮށްލަން ބޭނުމެވެ. ނަމަވެސް އޭނަ ކަހަލަ މީހަކާ އެއްކޮށް އުޅޭނީ ކާކު ހެއްޔެވެ؟ ކައިޝާއަށްވެސް އިތަންގެ ހަޤީގަތް އިނގޭނެނަމަ މިހާރު އެހިތުގައި ވާނީ ބިރުވެރިކަމެވެ. އީތަން އެހެން ވާކަށް ނޭދެއެވެ. އެންމެ ރަނގަޅުވާނީ ދެމީހުންވެސް މިހާރު އެތިބި ގޮތަށް އެކުވެރިކަންމަތީތިބުމެވެ.

 

“އީތަން..އަހަރެންދެކެ ލޯބިވޭތަ..؟ ކައިޝާ ކޮށްލި ސުވާލަކުން އީތަންގެ ޚިޔާލީވާފަށް ކެނޑިގެންދިޔައެވެ. ދާދި ކައިރީގައި އިން ކައިޝާގެ މޫނަށް ފުންކޮށް ބަލާލުމަށްފަހު އީތަން ދުރުބަލާލިއެވެ. އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ އާއެކޭ ބުނަން ކިތައްމެ ބޭނުމަސް މިއަދު މަޖުބޫރުވެފައި އެވަނީ ކައިޝާއާ ދުރުގައި ހުރުމަށެވެ. ޒިއަދަންއަށް މިކަންތައް އެނގުމުން ކައިޝާއަށް ކޮށްލާނެ ވަރެއް އެނގެނީއެއް ނޫނެވެ. ކައިޝާގެ ހަށިގަނޑުގައި އެންމެ ކޫރުމެއް އެޅެންވެސް އީތަން ބެނުމެއް ނޫނެވެ. އަދި އަމުދުން އޭނާޔާހެދި ކައިޝާއަށް ތަކުލީފެއް އުފުލަންޖެހެން އެހިތެއް ނޭދެއެވެ. އިތަންގެ ދުރުކަން ކައިޝާގެ ހިތް ނުތަނަވަސް ކޮށްލިއެވެ. އޭނާ ކިހާ ހުވެފެނެއް ދެކެފި ހެއްޔެވެ؟ އީތަންއާއެކު ލޯބީގެ ބަގީޗާއެއްގައި އުޅެލަން އެހިތް އެދިގޮވަމުންދެއެވެ. އެގޮވުންތަކަށް އިޖާބަދޭން ކައިޝާވެސް ބޭނުމެވެ. ނަމަވެސް އީތަންގެ ފަރާތުން ފެންނަ ކަންތައްތަކުންއ ކައިޝާ ނަގަންވީ މާނައެއް ނޭނގެއެވެ. އެއްފަހަރު ލޯބިން އުޅެލައިފިއްޔާ އަނެއްފަހަރު ފެންނަނީ ބިރައްޓެހިކަމެވެ. ކައިޝާއަށް ޒިއަދަންގެ ހަޤީގަތް އެނގޭނަމަ އީތަންގެ ފަރާތުން ފެންނަ ބަދަލުތަކުގެ އަސްލު އެނގުނީހެވެ.

 

ކައިޝާގެ ސުވާލަށް ޖަވާބު ދިނުމެއްނެތި އީތަން ހިނގައި ގަތީ ގޭތެރެއަށް ވަންނާށެވެ. ދަމުން ކައިޝާ ކައިރީގައި އެދުނީ ލަސްނުވެ އެތެރެއަށް ވަނުމަށެވެ. އީތަންދެކެ އައިސްފައިވާ ރުޅިން ކައިޝާ ހަމައެވަގުތު ޖޯލިން ތެދުވެގެން އެތެރެއަށް ދުއްވައިގައިތެވެ. އީތަން ދެފާރަތަށް ބޯހޫރާލަމުން އެތެރެއަށް ވަންނަން ހިގައިގަތެވެ. ސިޓިންރޫމާ އަރާ ހަމަވިއިރު އިވުނުއަޑަކުން އީތަން ސިހިގެންދިޔައެވެ. ސޯފާގައި ތިބި މަޖުދާ އާއި ހުސްނާވެސް ތިބީ ސިޑިއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ކައިޝާ ކޮޓަރީގެ ދޮރު ބަންލާފައި ޖެހި އަޑު މުޅި ގޭތޭތެރޭގައި ގުގުމާލާފައިވެއެވެ. ހުސްނާ އީތަން އަށް ބާލާމުން ބުމައަރުވާލީ ވެގެން އުޅޭގޮތެއް އަހާލުމަށެވެ. އީތަން ހީލަމުން އޭނާގެ ކޮޓަރިއާ ދިމާއަށް ދިޔައީ މަންމަގެ ސުވާލުތަކާ ކުރިމަތި ނުލާންވެގެންނެވެ.

 

“މަޖޫ އަހަންނަށް ހީވަނީ އީތަންއާ ކައިޝާއާ ދެމީހުން ކޮންމެވެސް ކަމެއް އެބަ ހިންގައޭ..” ހިނިތުން ވެލަމުން ހުސްނާ ސޯފާގައި ހަމަޖެހިލިއެވެ. މަޖުދާގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވަމުން ދިޔައެވެ. އީތަން ކަހަލަ ރަނގަޅު ކުއްޖަކު ކައިޝާގެ ދިރިއުޅުމަށް އައުމަކީ މަޖުދާ އެދިއެދި ހުރި ކަމެކެވެ. އަނެއްކޮޅުން އަހުނަފުގެ ހަނދާންތަކާ ދުރުވެލަންވެސް ދަރިއެއްގެ ގޮތުގައި އީތަން ހުންނާނެނަމައޭ މަޖުދާ ހިތަށް އެރިއެވެ. ދެއެކުވެރިން ވަރަށް އިރުވަންދެން ވާހަކައިގައި ތިބުމަށްފަހު ނިދަންވަނެވެ.

 

**

މޫދުގެ ރާޅުތަށް ކަފަމުން ދިޔަ ލޯންޗުގެ ކޮޅުގައި އީތަން އިނީ ހަމަޖެހިލައިގެންނެވެ. ފެނުން މައްޗަށް އަރަމުންދާ ގަދަ އޮރެންޖުކުލައިގެ އިރުން ދުނިޔެމަތި އަލިކުރަމުންދެއެވެ. ސާފު ނޫއުޑުގައި އެންމެ ވިލާ ރޮއްޖެއްވެސް ފެންނާކަށް ނެތެވެ. ފަތިހުގެ ފިނި ރޯޅިތަށް ގައިގައި ބީހިލުމުން އެލިބޭ އުފާ ބަޔާން ނުކޮށްދެވޭނެއެވެ.  ފެހި ކުލައިގެ ސޯޓަކާ އަޅި ޓީޝާޓެއްގައި އީތަން އިން އިރު އެޓީޝާޓު ވަނީ ގަޔަށް ފިޓްކޮށެވެ. އަތުގައިވާ ވަރުގަދަ މަސްތަށް އިތުރުވެފައިވާއިރު ބައިމަތި ފުޅާ އެހަށިގަނޑުގެ ބައްޓަން ކިތައްމެހާވެސް ރީއްޗެވެ. އިރުގެ ރަންދޯދިތަށް އެމުށި އިސްތަށިގަނޑަށް އެޅިފައިވާއިރު ވަރަށްވެސް ހިތްގައިމެވެ. ބޭރުގެ މޮޑެލްއަކަށް ދޫކުރާވަރެއް ނޫނެވެ. އެހާވެސް ހިތްތަކާ ކުޅެލާފަދަ ރީތިކަމެއް އީތަންއަށް ލިބިފައިވިއެވެ. އީތަންގެ ކޮންމެ ހަރަކާތެއް ފޯނުގައި ރައްކާ ކުރަމުން އެލޯންޗުގެ ފަހަތު ޝީޓުގައި ކައިޝާ އިނީ އީތަންގެ އެރީތިކަމަށް ފިދާވެފައެވެ. ލޯންޗު ރަށާ ކައިރިކޮށްލުމުން ކައިޝާ ފޯނު އަތްދަބަސްތެރެއަށް ލަމުން ގޮނޑިން ތެދުވެލިއެވެ. އޭރު ހައްމާދުއާ އީތަންވެގެން ސާމާނުތައް ލޯންޗުން ބާލަނީއެވެ. ކައިޝާ މަޑުކޮށްލައިގެން ހުރީ އޭނާގެ މަންމައާ އީތަންގެ މަންމަ ފައިބަންދެނެވެ. ހުރިހާއެންމެން ފޭބުމުން އެލޯންޗް އަނބުރާ ދިޔައީ ހަވީރު ފަހެއް ޖަހާއިއިރު ބަލާ އަންނާނެ ކަމަށް ބުނެފައެވެ.

 

“އަޅޭ ހާދަ ރީތި ބީޗެކޭ ދޯ މަންމާ..މިތަނުގައި އުޅޭހިތް ވަނީ..” ހުވަފެނީ ގޮތަކަށް ކައިޝާ ބުނެލިއެވެ. އެވަގުތުވެސް ސިފަކުރެވުނީ އީތަންއާ ދެމީހުން މިފަދަ ފަޅު ރަށެއްގައި އެކަނި އުޅޭތަނެވެ. ހާދަ ހިތްހަމަޖެހޭނެއެވެ. “ދަރިފުޅު ބޭނުމިއްޔާ ހަމަ އުޅެންވީ..ބައްޕަ ކައިރީ ބުނެގެން މިރަށުގައި ގެއެއް އަޅަންވީނު..އޭރުން ވަރަށް މަޖާ ވާނެ..މިހެން އަންނަ އިރެއްގައިވެސް ނުޖެހޭނެ ޓެންޓް ޖަހައިގެން ތިބެން..”ހިނިގަނޑެއް ޖަހާލަމުން މަޖުދާ އެހެން ބުނެލީ ކައިޝާއަށް ޖެއްސުމަށެވެ. އެވަގުތު ހުސްނާ ދެކޮފީތަށި ހިފައިގެން އީތަންމެން ޓެންޓް ޖަހަން ތިބި ދިމާއަށް ހިނގައިގަނެފިއެވެ. ކައިޝާވެސް ހުރީ އެދިމާއަށް ބަލަހައްޓައިގެގެންނެވެ. ދަލުން ފޯވެފައިވާ އީތަންގެ މޫނުމަތިން ދާތިކިތައް ބަބުޅަމުންދިޔައެވެ. ހިންދެމިލަމުން އީތަން އޭނާގެ މަންމަ ދިން ކޮފީތަށި ތުނބުގައި ޖަހާލަމުން ކައިޝާއާ ދިމާއަށް ބަލާލިއެވެ. އޭރުވެސް ކައިޝާ ހުރީ އެދިމާއަށް ބަލަހައްޓައިގެންނެވެ. އީތަން އެއް ލޯ މަރާލަމުން ހީނލިއެވެ. އެވަގުތު ކައިޝާ ނޫންކަމަށް ހެދެމުން މަޖުދާ ކައިރީ ތިރީގައި އަޅާފައިވާ މެޓް މަތީގައި އިށީނެވެ. ކައިޝާއަށް ވީގޮތް ފެނިފައި އީތަން އަށް މަޖާވިއެވެ. އެހެން ކަމުން އިތުރަށް ޖެއްސުން ކޮށްލަންވެގެން ކައިޝާއަށް ބަލަހައްޓައިގެން ހުރީއެވެ. ކައިޝާވެސް ސިއްރު ސިއްރުން އީތަންއަށް ބަލާލައެވެ. ދެމިހުންގެ ކުޅިގަނޑު ބަލަން ތިބި މަޖުދާއާ ހުސްނާ މަޢުނަވީ ގޮތަކަށް ހީނލަމުން ސޭންޑްވިޗް ތައްޔާރު ކުރުމަށް އުޅުނެވެ.

 

“އޭއް..ކަލޭ ތިއުޅެނީ އެމަންޖެ ކާލަންތަ؟ ހޫމް ދެން ބުނެބަ ކީއްވެ ކުއްލިއަކަށް ދަތުރެއް ރޭވުނީ..” އީތަންގެ ކޮނޑުގައި ޖަހާލަމުން ހައްމާދު ސުވާލުކޮށްލިއެވެ.

 

“މީދެން އެންމެން މާ މޫޑިވެފައި ތިބޭތީވެ އަހަރެން ހިތައްއެރީ މާހައުލު ބަދަލުވެލީމަ މީހާ ހަމަޖެހިލާ ސިކުނޑި ތާޒާ ވެލާނޭ…ސޯ ކިހިނެއްވަނީ..؟ހައްމު އަށް ހިތްހަމަޖެހުމެއް ނުލިބޭތަ…..؟” އީތަންއާއި ހައްމާދު ވާހަކަދައްކަމުން އަތިރިމަތިން ދުރަށް ހިނގަމުން ދިޔައެވެ. ކައިޝާ ސިއްރު ސިއްރުން އެމީހުން ފަހަތުން ދިޔައީ ޖެއްސުމެއް ކޮށްލާށެވެ. ފޯނުވެސް ހިފައިގެން ދިޔައީ ގުދުރަތީ މަންޒަރުކޮޅެއް ރައްކާ ކޮށްލުމަށެވެ. ވަކި ހިސާބަކުން ކައިޝާއަށް އެމިހުން ގެއްލުނެވެ.  ފަހަތަށް ބަލާލިއިރުގައި އީތަންމެން ޖަހާފައި ހުރި ރަތް ކުލައިގެ ޓެންޓް ދުރުން ފެންނަން ހުއްޓެވެ. ފުދޭވަރަކަށް ދުރަށް ހިނގުމުން ކައިޝާގެ ފަޔަށް ތަދުވާތީވެ އެތަނުގައި އިށީނދެލީ ވަރުބަލިކަން ފިލުވާލުމަށެވެ. ރާޅުޖަހާފަށުގައިއިން ކައިޝާގެ ފައި ވަނީ މޫދު ތެރޭގައެވެ. ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތައް އެފައިގައި ބޮސްދީފައި އަނެއްކާވެސް ދުރައް ޖެހިލައެވެ. މިކަމަކީ ކައިޝާ ވަރަށް ގަޔާވާ ކަމަކަށް ވިއެވެ. އެމޫނުމަތިގައިވާ ހިނިތުންވުމުން އެކަން ސާފުކޮށް އެނގެއެވެ. އިރުގެ އަލި މުޅިތަނަށް ފަތުރާލަމުން ހޫނު ވާންފެށުމުން ކައިޝާ އެތަނުން ތެދުވިއެވެ. ހޭޅިފަށުގައި ހުރި ގަސްތަކެއް ކައިރީގައި ބޭއްވި ފޯނު ނަގަން އެދިމާއަށް ދަމުން ކައިޝާ ލައިގެންހުރި ދޫ ހަރުވާޅުގެ ފައިކުރި ކުޑަކޮށް ތަޅުވާލިއެވެ. ފޯނު ކައިޝާ ބޭއްވިތަނުގައި ނެތުމުން ކަންބޮޑުވިއެވެ. މިތަނުގައި އޭނަ ފިޔަވާ އިތުރު މީހެއްވެސް ހުރީ އެއް ނޫނެވެ. އަނެއްކާ ބުޅަލެއް ގެންދިޔައީބާ އެވެ. ކުކުޅެއްވެސް ގެންގޮސްފާނެއެވެ. ކައިޝާގެ ހިތައް އަރަމުން ދިޔައީ އެފަދަ ޖަނަވާރެއް ގެންދިޔައީކަމަށެވެ. އެފޯނަކީ އޭނާގެ ދޮންބެ ދިން ހަދިޔާއެކެވެ. ކައިޝާއަށް އެފޯނު ވަރަށް މުހިއްމެވެ. އަގު ބޮޑުވީމައެއް ނޫނެވެ. އޭނާގެ ދޮންބެގެ އެންމެ ފަހުގެ ހަދިޔާއަކަށް ވީމާ އެފޯނު ހަލާކުވިޔަސް އެއްލާލާކަށް ބޭނުމެއް ނޫނެވެ.  އެތަން މިތަން ހޯދާ ބެލިއިރުވެސް ފޯނު ނުފެނުމުން އެންމެފަހުން ކައިޝާއަށް ރޮވެން ފެށިއެވެ. މޫނުގައި ދެއަށް އަޅާ ވެލިގަނޑުމައްޗަށް ތިރިވިއިރު ކައިޝާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. ރާޅުޖަހާ އަޑުގެ އިތުރަށް ކައިޝާގެ ގިސްލުމުގެ އަޑުވެސް އިވެމުން ދިޔައައެވެ.

 

ކައިޝާ އިން ހިސާބާއި ތަންކޮޅެއް ދުރުގައި ހުރި އީތަން ހުރީ ކައިޝާގެ ފޯނުން ނަގާފައިވާ ފޮޓޯތަކަށް ބަލާށެވެ. އޭނާގެ އެތައް ތަސްވީރެއް ކައިޝާއެވަނީ ރައްކާ ކޮށްފައެވެ. ކައިޝާ އޭނަ ދެކެ އެހާ ލޯބިވާއިރު އެވަރަށް ތަޅުވަން ވާނެހެއްޔެވެ؟ އީތަން ސިހިގެންދިޔައީ ކައިޝާ ރޯއަޑަށެވެ. ފޯނުން ނަޒަރު ވަކިކޮށްލަމުން ކައިޝާއިން ދިމާއަށް ބަލާލިއިރު ގިސްލަ ގިސްލާފައި ކައިޝާ ރޮމުން ފޯނު ހޯދަނީއެވެ. ހަލުވި ފިޔަވަޅުތަކެއްގައި  އީތަން އެދިމާއަށް ދިޔައެވެ.

 

“މިއޮތީ ފޯނު..މިވަރުގެ ކަމަކާ މީހަކު ތިހާވަރަށް ރޯނެ ކަމަށް އަހަރެން ހިޔެއް ނުކުރަން..” އީތަން ކައިޝާގެ ކުރިމައްޗަށް ހުއްޓެމުން ބުނެލިއެވެ. ކައިޝާ އެފޯނު ޖަހައިގަތް ގޮތުން އީތަން ކައިރިއަށް ހިނިއައި ނަމަވެސް އެކަން ނުދައްކާ ހުރީއެވެ. އެފޯނު ދެއަތުތެރޭ ފޮރުވާލަމުން ކައިޝާގެ މެޔާ ގާތް ކޮށްލިއެވެ. ” މއީ ދޮންބެ ދިން ފޯނެއް..” ކައިޝާގެ އަޑުވެސް ވަނީ ކުރެހިފައެވެ. ކައިޝާ ބުނިއެއްޗެއް ވިސްނުމުން އީތަން ދެރަވިއެވެ. މަޖަލަކަށް ނަމަވެސް ކައިޝާ ދެރަކޮށްލެވުނީމަ އެހިތް ރޮމުން ދިޔައެވެ. ކައިޝާއަށް އެފޯނު މުހިއްމުވާނެ ވަރު އީތަން އަށް އިހުސާސް ކޮށްލެވުމުން އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.

 

” އެހެންވާނެ ސިއްރުން އަހަރެންގެ ފޮޓޯ ނަގަންޏާ…ހުއްދަނެތި ކީއްކުރަން ފޮޓޯ ނަގަނީ..”  ކައިޝާއާ ދިމާއަށް ކުޑަކޮށް ގުދުވެލަމުން އީތަން ބުނެލިއެވެ. އޭނާގެ މަޤުސަދަކަށްވީ ކައިޝާގެ މޫޑު ރަނގަޅު ކޮށްލުމެވެ. ވީވެސް އެހެނެވެ. ކައިޝާގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނުނުއިރު އެމޫނުމަތިން ލަދުވެތިކަންވެސް ފެންނަމުން ދިޔައެވެ. އީތަން ކުއްލިއަކަށް ކައިޝާއަތުން ފޯނު އަތުލަމުން ދޮންވެލިގަނޑުމައްޗަށް ވައްޓާލިއެވެ. ކައިޝާ ދެލޯ ބޮޑުކޮށްލަމުން އީތަންއާ ދިމާއަށް ބަލާލަމުން ފޯނު ނެގުމަށް ގުދުވެލިވަގުތު އޭނާގެ ކަނާއަތުގައި ހިފާ އީތަންއާ ދިމާއަށް ދަމާލިއެވެ. ފޯނު އެތާބާއްވާށޭ ބުނަމުން ކައިޝާ އަތްދަނޑިމައްޗަށް އުފުލާލަމުން އީތަން ދުއްވައިގަތީ މޫދާ ދިމާއަށެވެ. އެވަގުތު ކައިޝާ ހަޅޭލަވަމުން ދިޔައީ ދޫކުރާށޭ ގޮވަމުންނެވެ. ދެމީހުން އެއްކޮށް މޫދުގެ ލޮނުގަނޑުގައި ޖެހުމުން އީތަން ކައިޝާ ދޫކޮށްލިއެވެ. ކައިޝާ އޭރުވެސް ހަޅޭލަވަމުން އީތަންއާ ދިމާއަށް އަތުން ލޮނު ބުރުއްސަމުން ދިޔައެވެ. އީތަންވެސް ހެމުން ކައިޝާއާ ދިމާއަށް ލޮނުފެން އުކަމުން ދިޔައެވެ. އެންމެ ފަހުން ދެމީހުން ވަރުބަލިވެގެން ހުއްޓާލިއެވެ. އޭރުވެސް ކައިޝާގެ ހުނުން މައިތިރިއެއް ނުވެއެވެ. އީތަންއަށް ކައިޝާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެފަން އިސްތަށިގަނޑު ފެނުން ތަތްވެފައިވާއިރު ދަތްދޮޅިން ފެންތިކިޖަހަމުންދެއެވެ. ހެމުން ދިޔަ ކައިޝާގެ އެބޮޑު ދެލޮލުން އުފާވެރިކަން ފިޔަވާ އިތުރު އެއްޗެއް އީތަންއަކަށް ނުފެނެއެވެ. ލައިގެން ހުރި ތުނި ތީޝާޓުން އެހިމަ ހަށިގަނޑުގެ ވަނާތައް ފާޅުވާން ހުއްޓެވެ. ކައިޝާގެ އެރީތިކަން ފެނި އީތަންއަށް ދުރުގައެއް ނުހުރެވުނެވެ. މަޑުމަޑުން ކައިޝާއާ ކައިރިވަމުން ދިޔައެވެ. އީތަންގެ އެބެލުމުން ކައިޝާއަށް ތަފާތު އިހުސާސެއް ކުރުވިއެވެ. ހުނުން ކޮންޓްރޯލް ކުރަމުން ކައިޝާ އިސްދަށަށް ޖަހާލިއެވެ. އެވަގުތު އޭނާ ހުރި ހާލަތު އެނގުމުން ލަދުންހުރެ މެއާ ދިމާއިން ދެއަތް ހުރަސް ކޮށްލަމުން އީތަންއަށް ފުރަގަސް ދިނެވެ. ކައިޝާގެ ގައިގައި ޖެހޭ ހިސާބަށް އާދެވުނު އިރު އީތަންގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުންދިޔައެވެ. ކައިޝާގެ ހާލަކީވެސް އެއީއެވެ. ކައިޝާގެ ދެކޮނޑުގައި ހިފާ އީތަންއާ ވީފަރާތަށް އަނބުރާލިއެވެ. އޭރު ކައިޝާ ހުރީ ދެލޯ މަރާލައިގެންނެވެ. ތުރުތުރުލަމުން ދިޔަ އެތުންފަތާ އީތަންގެ މޫނު ގާތްކޮށްލި ވަގުތު ކައިޝާ ލޯހުޅުވާލައިފާ އީތަންގެ މޭގައި އަޅާ ކޮށްޕާލިއެވެ. ނުވިސްނާހުރި އީތަން މޫދުގެ ލޮނުގަނޑުތެރެއަށް ޖެހިގަތެވެ. “އެއީ ފޯނު ފޮރުވުމުން އެކަމުގެ އަދަބު..” ދޫ ނެރެލަމުން ކައިޝާ އެއްގަމާދިމާއަށް ދުވަމުން ދިޔައެވެ. އީތަން ބޯކަހާލަމުން ހިނިތުންވެލިއެވެ. އެއަށްފަހު އަވަސްއަވަހާ މޫދުން ތެދުވެގެން ކައިޝާގެ ފަހަތުން ދުއްވައިގަތެވެ. އެއްގަމަށް އަރަންދިޔަ ކައިޝާގެ މެދުހަށީގައި ހިފާ އީތަން އުފުލާލިއެވެ. އެވަގުތު ފައި އެޅުނު ގޮތަކުން ދެމީހުން އެއްކޮށް ދޮންވެލިގަނޑު މައްޗަށް ވެއްޓުނެވެ.

 

އީތަންގެ ގައިމަތީގައި އޮތް ކައިޝާގެ އިސްތަށިގަނޑުން ޖަހަމުންދާ ފެންތިކިތައް އީތަންގެ މޫނުގައި ޖެހެމުންދެއެވެ.  ގައިމަތިން ތެދުވަން އުޅުނު ކައިޝާގެ އުނަގަނޑުގައި ހިފާ އީތަންއާ ބޮޑަށް ކައިރިކޮށްލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިވަގުތު ދެހިތުގައިވެސް ޖަހައިލީ އެއްވިންދެކެވެ. ކައިޝާގެ ތުންފަތުގައި އީތަންގެ ތުންފަތް  ބީހިލިއިރު ދެހިތްވެސް އުފަލުން ނަށަނީއެވެ. ކައިޝާގެ އަތް ވަނީ އީތަންގެ އިސްތަށިގަނޑަށް މަހާލެވިފައެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުން މަޑު މިއުޒިކެއް ކުޅެމުންދާއިރު ގަސްތަކުގެފަތްތަށްވެސް ހެލެމުންދާގޮތުން ދެލޯބިވެރިންނާ ބައިވެރިވާހެން ހީވެއެވެ.

 

 

ލޯބީގެ އުފާވެރި ވަގުތު ކޮޅަކަށްފަހު ދެމިހުންވެސް ދުރުވެލީ ދުރުވާހިތަކުން ނޫނެވެ. ދޮންވެލިގަނޑުމަތީގައި އޮށޯވެގެން މައްޗަށް ބަލަހައްޓައިގެން އޮތް އީތަން އާއި ކައިޝާގެ ހިތަށް ބަޔާން ކުރަންދަތި އުފަލެއް ލިބިފައިވިއެވެ. “އައި ލަވް ޔޫ ކައި..” ނޭވާ ހަމައަކަށް އެޅުމުން އެގޮތުގައި މައްޗަށް ބަލަހައްޓައިގެން އޮވެ އީތަން ބުނެލިއެވެ. ކައިޝާގެ އެސްފިޔަތަށް ފޫދުވާލާފައި ކަރުނައިގެ ރޮގެން ފޭދިގެން ދިޔައީ ކަންފަތުގެ ކުޑަފޫޅު ކައިރިއަށެވެ. ދެލޯ މަރާލަމުން ހެއްދެވިފަރާތަށް ޙަމްދު ކުރެވުނެވެ. އެންމެ ފަހުން ކައިޝާ އެދެމުން އެދާ ލޯބި އޭނާގެ ނަސީބުގައި ލައްވަވައިފިއެވެ. އީތަންގެ ދުލުން ބުނެލި އެފޮނި ބަސްތަކުން ކައިޝާގެ ހިތުގައި ބިންވަޅުނެގިފައިވާ ލޯބި އިތުރަށް ފުންވެގެން ދިޔައެވެ. އީތަން އޭނަ ހާދަވަރަކަށް ތަޅުވައިފިއެވެ. ލޯބިވާއިރުވެސް ހާމަނުކޮށް އެގޮތުގައި ހުރުމުން ކައިޝާއަށް ހީކުރެވުނީ އީތަންގެ ދުލުން ދުވަހަކުވެސް އެފަދަ ބަސްތަކެއް ނީވޭނެކަމަށެވެ.އެއްވެސް އަޑެއް ނީވުމުން އީތަން ބޯ ހިއްލާލަމުން ބަލާލިއެވެ. ކައިޝާގެ މޫނުގައި ތަތް ވެފައިވާ އިސްތަށިތަށް އެއްފަރާތް ކޮށްލަމުން އެމަޑު ކޯތާފަތުގައި  އީތަންގެ ތުންފަތް ޖައްސާލިއެވެ. ” އައި ނޯ އަހަރެންނަށް ވަރަށް ބޮޑަށް ހާރޓް ކުރެވިއްޖެކަން…އައި އޭމް ސޯ ސޮރީ..ވަރަށް ލޯބިވޭ..” އީތަން ބުނެލިއެވެ. ކައިޝާ ދެލޯ މަރާލައިގެން އޮތީ ލޯހުޅުވާތަނުން އެއީ ހުވަފެނެކަށް ވެދާނެކަމަށެވެ. އީތަންގެ މޫނު ދުރުކޮށްލުމުން ކައިޝާ ލަސްލަހުން ލޯ ހުޅުވާލިއެވެ.ކައިޝާއާ ދިމާއަށް ބަލަހައްޓައިގެން އޮތް އީތަންގެ ކަނދުރާގައި އަތް އަޅުވާލަމުން  ކައިޝާ އީތަންގެ ގައިގައި ބައްދާލިއެވެ. ދެމީހުންނަށްވެސް ހީނލެވުނީ އެކުއެކީއެވެ. ލޯބީގެ އެތަށް ވަޢުދަކާ އަހުދެއް ވަމުން ދެމިހުން އެގޮތުގައި އެތައް އިރަކު ތިއްބެވެ.

 

 

“ހިނގާދެން އެދިމާއަށް ދަމާ…އަހަރެމެން ދެމީހުން ލަސްވެގެން މަންމަ މިހާރު ހޯދާނެ..ވަރަށް ކަންތައް ބޮޑުވެސް ކޮށްލާނެ ކަންނޭނގެ..” ވެލިތައް ފޮޅަމުން ދޮންވެލިގަނޑުމަތިން ތެދުވަމުން ކައިޝާބުނެލިއެވެ. ޓީޝާޓް ގައިގައި ތަތްލާފައި ހުރުމުން އުނދަގޫވެގެން ކައިޝާ ކުދިކިޔަމުން ދިޔައެވެ. އޭނަ މޫދަން އެރެން ވަކި ހެދުމެއް ގެނައެވެ. އީތަން ކުރިކަމަކުން އެއެއްޗެހި ލައިގެން މަންމަމެން ކައިރިއަށް ދާނީވެސް ކިހިނެއް ހެއްޔެވެ؟ އެތަނުގައި ހައްމާދުވެސް ހުންނާނެއެވެ. އެހުރިގޮތަށް ދާން ލާހިކެއް ނޫނެވެ. ކައިޝާގެ އަތަށް އެއްޗެއް ލުމުން ކުރިމަތި ބަލާލިއިރު ހާމައަށް ފެންނަންހުރި އީތަންގެ ހަށިގަނޑު ފެނި ހިތުގެ ހިނގުންވެސް މަޑުޖެހިލިއެވެ. މޭމަތީގައިވާ މަސްތަކުން އިނގެނީ ޤަވައިދުން ކަސްރަތު ކުރާކަމެވެ. ކައިޝާގެ އަތުގައި އޮތީ އީތަންގެ ޓީޝާޓެވެ.  ހަރަކާތެއް ގެންނަން ނޭނގިފައި ކައިޝާއަށް ހުރެވުނީ އީތަންއަށް ބަލަހައްޓައިގެންނެވެ. އެންމެފަހުން އީތަން އެޓީޝާޓް ނަގާ ކައިޝާގެ ބޮލަށް މަހާލިއެވެ.

 

“ކޮބާ އަހަރެން ބުނީމެއްނު ސިކްސް ޕެކް ފެންނަ ދުވަހަކުން ފެއިންޓްވެސް ވާނޭ…އަނެއްކާ މޮޔަ ނުވައްޗޭ” ބަނޑާދިމާއިން އަތް ކާތާލަމުން އީތަން ހީނލިއެވެ. ކައިޝާ އީތަންގެ ޓީޝާޓް ލަމުން ލޯއަޅާލިއެވެ. މިގޮތަށް އީތަންގެ ކުރިމަތީހުންނަން ވެއްޖިއްޔާ ހަމަ ރަނގަޅަށްވެސް މޮޔަވެދާނެއެވެ. “އައްޗި އެއްވެސް ރީއްޗެއް ނޫން..” ކުރިއަށް ހިނގައިގަންނަމުން ކައިޝާ ބާރަށް ބުނެލިއެވެ. އީތަން ހެމުން ހެމުން އައިސް ކައިޝާއާ އަރާ ހަމަކޮށްލަމުން އެއަތުތެރެއަށް އީތަންގެ އަތް މަހާލިއެވެ. ގުޅިފައިފާ ދެއަތަށް ބަލާލަމުން ކައިޝާ ހިނިތުންވެލިއެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް އީތަންގެ އަތުގައި ހިފައިގެން މިފަދަ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ނަމައެވެ. މިފަދަ ހިތްގައިމު ދޮންވެލިގަނޑެއްގައި ލޯބީގެ މާތައް ފޮޅުވާލެވޭނެ ނަމައެވެ. އީތަންގެ މިލްކަކަށް ވުމަށް މިހާރުއްސުރެ އެހިތް އެދެން ފަށައިފިއެވެ. މަންމަގެ ހުއްދައާއި އެކު ކައިވެނި ކުރަންވީ ކަންނޭނގެއެވެ. އޭރުން ޖެހިލުންވާންނީ އެއްވެސް ކަމެއް ނޯންނާނެއެވެ. ބޭނުން އިރަކު އީތަންއާއެކު އުޅެވޭނެއެވެ. ހިޔާލީ ދުނިޔެއެއްގައި ހިނިތުންވެލައިގެން ހިނގަމުން ދިޔަ ކައިޝާ ހުއްޓުނީ އީތަން ހިފަހައްޓާއިގެން ހުރި އަތަށް ދޫވުމުންނެވެ. ފަހަތް ބަލާލިއިރު އީތަންއެއް ފެންނާކަށް ނެތެވެ. “އީތަން!” އަޑުގެ ކޮޅަށް ކައިޝާ ގޮވާލިއެވެ.

 

ކުއްލިއަކަށް ވައިގަދަވެ ދުނިޔެމަތި އެއްކޮށް ކަޅުކޮށްލައިފިއެވެ. ކަނޑުގެ ލޮނުގަނޑުވެސް ހީވަނި ރުޅިއައިސްގެން އުޅޭހެންނެވެ. ގަސްތައް މުލުން ލުހި ރުއްތައް ބިންދައިގެންދާހާ ވަރަށް ވައިގަދަވެއްޖެއެވެ. ކައިޝާ ބިރުން ދެފާރާތް ހޯދާ ބަލަމުން އީތަންއަށް ގޮވަމުން ދިޔައެވެ. އީތަންގެ އެއްވެސް ނިޝާނެއް ނުފެނުވެ. މުޅިހިސާނބުގަނޑު ފުސްވެފައި ވުމުން ކައިޝާއަށް ތަނެއް ފެންނަ ވަރެއް ނޫނެވެ. ކަނޑުގެ ލޮނުގަނޑު ބޮޑުވެގެން ކައިޝާއާ ދިމާއަށް އަންނަންފެށިއެވެ. ހީވަނީ އަނގަ ހުޅުވައިގެން އަންނަ ބޮޑު ރާޅެއްހެންނެވެ. ކައިޝާ ގަސްތަކުތެރޭން ވަދެގެން އެތެރެއަށް ދުއްވައިގަތެވެ. ދެވޭ ނުދެވޭ ދިމާއެއް ނޭނގި ދުވަމުން ގޮސް ވަރުބަލިވެގެން މަޑުކޮށްލިއެވެ. ފައިވާނަކަށް ނާރާ ހުރުމުގެ ސަބަބުން ފައިތިލައިގެ އެކި ހިސާބުވަނީ ކަނޑައިގެން ގޮސްފައެވެ. ކަކުލުގައި އަތް ވިދެލަމުން ކައިޝާ އިސްއުފުލާލި ވަގުތު ކުރިމަތިން ފެނުނު ބާ ޖިފުޓިގަނޑެއްގެ ދޮރުމަތީގައި އީތަން ހުއްޓެވެ. ލައިގެން ހުރީ ދަތުރުމަތީގައިވެސް ލައިގެން ހުރި އަޅި ޓީޝާޓާ ފެހިކުލައިގެ ސޯޓެވެ. ކައިޝާ އޭނަލައިގެން ހުރި އެއްޗެއްސަށް ބަލާލިއެވެ. އެވަގުތު މެޔަށް ފިނިވެގްނ ދިޔައީ ކައިޝާ ވެސް މިހުރީ އޭނާ ލައިގެން އައި ރީނދޫކުލައިގެ ޓީޝާޓް ލައިގެން ހުރުމުންނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އީތަން ލައިގެން އެހުރި އެޓީޝާޓް ކައިޝާއަތަށް ދިނެއް ނޫންހެއްޔެވެ؟ ދެން އެބޭލީ ކޮން އިރަކު ހެއްޔެވެ؟ ކައިޝާއަށް އެއްޗެއް ނުވިސްނިގެން އުޅެނިކޮށް ދެން ފެނުނީ އީތަން އެގޭތެރެއަށް ވަދެގެން ދިޔަތަނެވެ. ކައިޝާ ރޮމުން އެގެޔާ ދިމާއަށް ދުއްވައިގަތީ އީތަން އަނެއްކާވެސް ގެއްލިދާނެކަމަށެވެ. އެގޭދޮރުމައްޗަށް އެރިއިރު އަނދިރިކަމުން އެތެރެ ފެންނަ ވަރެއް ނޫނެވެ. ކައިޝާ މަޑު މަޑުން އެތެރެއަށް ވަނެވެ. ކުރިއަށް އެޅި ފިޔަވަޅާއެކު އެއްޗެއްގައި އަޅައިގަނެފައި ކައިޝާ ވެއްޓުނެވެ. އެވަގުތު ވިދާލި ވިދުވަރަކުން މުޅިގޭތެރެ އަލިވެގެން ދިޔައެވެ. ފައިދަށުގައި އޮތް ހުސްނާ ފެނި ކައިޝާ އެނބުރުން އަރައިގެން ނުދިޔައީ ކިރިޔާއެވެ. ދެލޯ ކޮނެލާފައިވާއިރު ގޮހޮރު އޮތީ ހަށިގަނޑުން ބޭރުގައެވެ. އެތެރޭގައިވާ އެހެން ގުނަވަންތައް ހުސްނާ ކައިރީ ބިންމަތީގައި ހުއްޓެވެ ބޭރުގައެވެ. ހުސްނާގެ ހަށިގަނޑު ކައިރީ އޮތް މަޖުދާވެސް އޮތީ އެފަދަ ގޮތަކަށެވެ. މުޅިތާނގައި ލޭގެ ކޯރުތައް ދެމިފައިވާއިރު ކައިޝާއިނީ ޝޮކެއްގައެވެ. އެހެން އިންދާ ދެވަނަ ފަހަރަށް ވިދާލިއެވެ. އެވިދުވަރުގެ އަލިން މުޅިގޭތެރެއަށް އަލިވެގެން ދިޔައެވެ. އެގޭގެ ކަނެއްގައި އިން އީތަން ހައްމާދުގެ ދެލޯ ނަގައިގެން އަނގަޔަށް ލީތަން ފެނިފައި ކައިޝާއަށް ހޮޑުލެވުނެވެ. އީތަން ކައިޝާއަށް ބަލާލަމުން ހައްމާދުގެ ބަނޑާދިމާއިން އަނގަޖަހާލުމަށްފަހު މަސްގަނޑެއް އިރާލިއެވެ. އެއަށްފަހު އަތް ކޮށްޕާލާފައި ނެގި ހައްމާދުގެ ގޮހޮރު ހިފައިގެން ކައިޝާއާއި ދިމާއަށް ހިނގައިގަތެވެ. ކައިޝާ ގަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވަގަތި ބޭރަށެވެ. ތަންކޮޅަކަށް ދެވުނު ތަނާ އެގޭ ކުރިމަތީގައި ހުރި ގަހެއްގެ މުލެއްގައި އަޅައިގަނެފައި ވެއްޓުނެވެ. ޖެހުނު ގޮތަކުން ނިތްކުރިމަތި ފަޅައިގެން ދިޔައެވެ. އެވަރުން ވެސް ކައިޝާ ބެލީ އަމިއްލަ ފުރާނަ ސަލާމަތް ކުރެވޭތޯއެވެ. ބިމުގައި ދެއަތާ ދެފައި ކާއްތަމުން ކައިޝާ ކުރިއަށް ދެވޭތޯ އުޅުނެވެ. ފަހަތުން އީތަން އަންނަ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ގައިގައި ނެތް ހިތްވަރު ނެރެމުން ކައިޝާ ތެދުވެވޭތޯ އުޅުނެވެ. ކުއްލިއަކަށް ފައިގައި އެއްޗެއް އޮޅެމުންދާހެން ހީވުމުން ކައިޝާ ފަޔާ ދިމާއަށް ބަލާލިއެވެ. އެވަގުތު އެގަހުގެ މުލެއް އެނބުރެމުން  އައިސް ކައިޝާގެ ފައިގާ އޮޅާލައިފައި މައްޗަށް ހިއްލާލިއެވެ. ބޯކޮޅުވަތައް ބިމުން ހަތަރު ފޫޓެއްހާމަތީ ކައިޝާއޮތެވެ. އެގަސްބުޑުގައި އިން އީތަން ކައިޝާއަށް ބަލަހައްޓައިގެން އިނެވެ. އީތަންގެ ކަރުގައި އޮޅާލާފައިވާ އެއްޗަކުން ލޭތިކިތައް ތެޅެމުން އީތަން ލައިގެންއިން ޓީޝާޓް ފޯކުރަމުން ދިޔައެވެ. ކައިޝާ މެޔަށް ނުބައިގޮތެއްވީ އީތަންގެ ކަރުގައި އޮޅާލެވިފައިވާ އެއްޗަކީ އިންސާނެއްގެ ގޮހޮރުކަން އެނގުމުންނެވެ. އީތަންގެ މުޅިއަނގަމަތީގައި އޮތީ ހުސްލެޔެވެ. ކައިޝާ ބަލަހައްޓައިގެން އޮއްވަ އީތަން ތެދުވެގެން ހިނގައިގަތީ އެގެޔާ ދިމާއަށެވެ. ކައިޝާ ހަޅޭލަވަމުން އަޑުގަދަކުރަމުން ދިޔައީ މިޔޮށް ބޮޑު ފަޅުރަށުގައި އޭނައަށް އެހީވާނެ އިތުރު މިހަކު ނުހުންނާނެކަން އެނގިހުރެއެވެ. ކުއްލިއަކަށް އެމޫގަނޑު ދޫވެގެންގޮސް ކައިޝާވެއްޓުނެވެ. ވެއްޓި ޖެހުނީ ޗަކަ ގަނޑެއްގައެވެ. ކުރިން އެޗަކަގަނޑު އެތަނުގައި އޮތް ތަނެއް ކައިޝާއަށް ނުފެނެއެވެ. ޗަކަގަނޑު ގަނބާވަރުން ކައިޝާއަށް އެތަނުން އެރޭ ގޮތެއް ނުވިއެވެ. ވައިވެސް އެހާބާރުކަމުން އެތަނުން އެރުމަށް އިތުރަށް އުނދަގޫ ވަމުން ދިޔައެވެ. އިންޒާރެއްނެތި ވާރޭވެސް އޮހިގަތީ އެވަގުތުއެވެ. ކައިޝާ އިތުރަށް އެޗަކަ ގަނޑަށް ގެނބެމުން ދިޔައެވެ. ކުއްލިއަކަށް އައި ނައިތަނެއް ނޭނގި ބޮޑު ކަކުނި ބައިގަނޑެއް ކައިޝާގެ ގައިމައްޗަށް އެރިއެވެ. އެއެއްޗެހި ކައިޝާގެ ގައިމަތީ ފުންމަމުން އަޑިޔަށް ކޮއްޕަމުންދިޔައެވެ. ކައިޝާ ގެނބެމުން ދިޔައިރު ކުރިމަތީގައި “ދެ” އީތަން ހުއްޓި ހުރި މަންޒަރު ފެނުނެވެ. އެކަކުގެ ލޮލުން އަނގުރު އަލިފާން ފެންނަމުން ދިޔައިރު އަނެކެއްގެ މޫނުމަތިން ފެންނަނީ ކޮންކަހަލަ އިހުސާސެއްކަން ބުނެދޭކަށް ނޭނގެއެވެ. ކައިޝާ އެޗަކަގަނޑު ތެރެއަށް ގެނބެމުންދިޔަ ވަގުތު ވަރަށް ބާރަށް ގުގުރިއެއް ޖެހިއަޑުއިވުނެވެ.

 

އިވުނު އަޑުފަށްގަނޑުން ކައިޝާއަށް ދެލޯ ހުޅުވާލެވުނެވެ. ވަށައިގެން ވަނީ ކަނު އަނދިރިކަމެވެ.  އެނދުމަތިން ފުންމާލައިގެން ގޮސް ލައިޓް ޖެއްސުމުން ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. އޭރު މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން އެހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ. އީތަންދެކެ ރުޅިއައިސްގެން ޖޯލީގައި އިނދެފައި ކޮޓަރިއަށް ވަތް ގޮތަށް އެނދުމަތީގައި އޮއްވާ ނިދުނު އިރެއްވެސް ނޭނގުނެވެ. ނިދާފައި އޮއެވުނީ އެއްޗެހިވެސް ބަދަލު ނުކޮށެވެ. ކައިޝާ ފޯނުން ގަޑިބަލާލިއެވެ. އޭރު މެންދަމު ދެގަޑި ބައިވަނީއެވެ. ކައިޝާއަށް ދެން މިރޭ އެކަނި އޮންނާކަށް ނުކެރޭނެއެވެ. އަލަމާރިން ނިދާ ހެދުމެއް ނަގައިގެން ދުވެފައި ސިޑިން ފައިބައިގެން ގޮސް މަޖުދާ ކޮޓަރީގައި ޓަކިދިނެވެ. ގޭތެރެއަށް ވެރިވެފައިވާ އަނދިރިކަމާއި ހިމޭންކަމުން ކައިޝާ އިތުރަށް ބިރުގަންނަ ގޮތްވިއެވެ. މަޖުދާގެ ކޮޓަރީދޮރުގައި ދެވަނަ ފަހަރަށް ޓަކިދިންދިރު ކައިޝާހުރީ ހިތްއަވަސްވެފައެވެ.

 

“ދަރިފުޅާ މިގަޑިގައި ކީއްކުރަން…މިއީ ހާދަ ދަންގަޑިއެކޭ..” ނިދިއަޑަކުން މަޖުދާ ބުނެލީ ދޮރު ބޮޑަށް ހުޅުވާލަމުންނެވެ. “މަންމާ ޕްލީޒް މިހާރު ސުވާލު ނުކޮށްބަ..މި ރޫމްގަ މިރޭ ނިދާނީ..” އެތެރެއަށް ދެމިގަންނަމުން ކައިޝާ ބުނެލިއެވެ. އެވަގުތު ކައިޝާގެ ފަހަތުން އެކޮޓަރިއަށް ކަކުންޏެއް ވަތްކަމެއް ދެމީހުންނަށްވެސް ރޭކާނުލައެވެ. މަޖުދާ ދޮރުލައްޕާލިއެވެ.

Share Article

Follow Me Written By

ShaiShy

Level 310 Stories100 Comments500 Comments

Other Articles

Previous

ލޯބި ވެވުމުން……3

Next

އިންތިޒާރެއް މަ ނުކުރާނަމޭ (1)

Next
April 26, 2017

އިންތިޒާރެއް މަ ނުކުރާނަމޭ (1)

Previews
April 25, 2017

ލޯބި ވެވުމުން……3

64 Comments!

  1. kayashandy says:
    April 25, 2017 at 10:44 pm

    aaaaaahhhhhh…!!!!finally miothy up kurevifa..hehhe..btw mi part dhigutha? well i hope so..n also hope dat all of u guys will like it too:) thank u soooo much for ur love and support..plx feel free to express ur views..i ll b looking forward to it..:)
    hav a grt nyt to all de luvly pplz…:) ummmmmmmaaahhh :* :*

    1. Chan chan chal says:
      April 26, 2017 at 9:19 am

      Aaaaaaaahhhhhh….!!!miothy story up vefe…hehehe.mi part dhigu ingey.i loved this prt 2:)wc…v gud mrning.have a nice day kayaaaaa.?

    2. kayashandy says:
      April 26, 2017 at 4:51 pm

      hehheh..:)thannkuu sooo much:)

  2. zzzzaaaaauuuu says:
    April 25, 2017 at 10:51 pm

    me first dho!!!!!! vvvvvvvvv interesting…. kaya…… vvvvloabi ……. vvvv salhi….. mi vareh neh

    1. kayashandy says:
      April 25, 2017 at 11:08 pm

      arrrnnnn dhw..hhhe..thank u soooo much for ur comment..really happy dat u liked it..:)

  3. Maree says:
    April 25, 2017 at 10:58 pm

    ahannah egey ey ruves maa inthizaaru kuraakah nujeheynekan saabas saaaaaabas

    1. kayashandy says:
      April 25, 2017 at 11:07 pm

      hehheh..thank u maree..thank u soooo much for ur lovely comments..:)

  4. Shai says:
    April 25, 2017 at 11:06 pm

    Vvv reethi?

    1. kayashandy says:
      April 25, 2017 at 11:09 pm

      thank u shai:)

  5. dailyreader says:
    April 25, 2017 at 11:07 pm

    Plzxx dnt let that idiot crAb kil kai ge mom. Dnt kill them. Let her knw the truth as soon as possible

    1. kayashandy says:
      April 25, 2017 at 11:11 pm

      lets c in next part..heevanee kaisha ah haqeeqi engen ulheyhen..btw i hope i can c more comments frm u in de upcomig episodes..thank u:)

  6. sam says:
    April 25, 2017 at 11:18 pm

    Me first nice

    1. Chum handi says:
      April 25, 2017 at 11:20 pm

      Dude 4 th??

    2. kayashandy says:
      April 25, 2017 at 11:34 pm

      dhw chum..hehe:)

    3. kayashandy says:
      April 25, 2017 at 11:33 pm

      not 1st dhw..hhehe.but next time keep waiting..u may get 1st place hehhe..thank u sam

  7. Chum handi says:
    April 25, 2017 at 11:19 pm

    Fantastic story ❤ it…. it’s wonderful…. waiting for the next part ? Good night?❤?

    1. kayashandy says:
      April 25, 2017 at 11:33 pm

      thaaannnkkkuu chum:) keep waiting:)

  8. Maree says:
    April 25, 2017 at 11:32 pm

    alhey vvvv reethi ehuvafen heevanee hama asluanzarehen

    1. kayashandy says:
      April 26, 2017 at 5:00 pm

      alhey maree dhw..hehehe..thank u:)

  9. xim says:
    April 25, 2017 at 11:42 pm

    v busy kho ulhenikho kujjaku bunefi mii story up vehje yoa…avahah mi kiyaalee ..nd v bodah thankxx infor dhinn kujjaa ah..

    1. kayashandy says:
      April 25, 2017 at 11:45 pm

      thank u thihaa busy koh ulhemunves story kiyaaleema..really v happy..:)

  10. xim says:
    April 25, 2017 at 11:44 pm

    v reethi ingey mi part vx….nd thankxx dhigukho up khodhineema…..waiting ingey hama……

    1. kayashandy says:
      April 25, 2017 at 11:46 pm

      m glad dat u liked it…:) keep waiting:) thank u soooo much for ur support:)

  11. xim says:
    April 25, 2017 at 11:53 pm

    u’r wlc??

  12. Hanooo says:
    April 26, 2017 at 12:22 am

    Haadha lahey up vaaley…

    1. kayashandy says:
      April 26, 2017 at 4:27 pm

      mi story up vaanee knmme sat/sun/tues/thurs…thank u:)

  13. Thoofa says:
    April 26, 2017 at 12:23 am

    Beykaaru baa maa bodii
    Foohi now kiyan

    1. kayashandy says:
      April 26, 2017 at 4:41 pm

      thank u mihaathanahves kiyaaleema..:)

  14. Arkaa says:
    April 26, 2017 at 12:25 am

    Haadha reechey sifakurunthah hama habeys?..avahah Kai ah ziadhan n eethan dheemhun ge goih engeynama ..vrh reethi mi story?…waiting for the next part?

    1. kayashandy says:
      April 26, 2017 at 4:42 pm

      thank u so much arkaa..soon kai will knw de truth..keep waiting:)

  15. who am i? says:
    April 26, 2017 at 12:27 am

    wow wow varah reethi ??
    ekm e ziadhan kaisha ah gotheh hedhiya nudhehchey..
    keep it up! kayashandy.. ☺?

    1. kayashandy says:
      April 26, 2017 at 4:43 pm

      hingaa dhw balamaa..ziadhan goas veema hadhaafaane knmefadha gotheives..btw thank u sooooooo much:)

  16. Jjeyツ says:
    April 26, 2017 at 12:49 am

    Oh god… mi part ki iru hama hivany vahakkige therega ulhevun hen. Sifakurun v v v v reethi. U have improved a lot now kayashandy…. keep it up ingey.. waiting for next part. E kakunyakee ziadhanbaa?????. Ninmaalun v reethi ingey… looking forward for a more intersting aart kayashandy.. ?❤
    N btw hows you now dear? Bali rangalhutha? Hope so ingey. May Allah bless you.?

    1. kayashandy says:
      April 26, 2017 at 4:46 pm

      ehentha? i am glad dat u liked it soooo much:) improve vejje ey buneema v ufaavejje aslu..n ennme ufaa vanee kiyuntherin ekan balaigannaathyve:) btw now am feeling much better..alhamdhulillahi!:) keep waiting for next part:)

  17. Misha says:
    April 26, 2017 at 5:56 am

    Mi part vc vvv rythi???

    1. kayashandy says:
      April 26, 2017 at 4:46 pm

      thaaanku misha:)

  18. Desert Rose says:
    April 26, 2017 at 6:36 am

    Wow … Maa Sha Allah .. fantastic … Keep going… Love this story .. ?

    1. kayashandy says:
      April 26, 2017 at 4:47 pm

      thannnkkkkuuu sooooooo much desert rose:)

  19. miira says:
    April 26, 2017 at 7:02 am

    Alhey haadha molhey hamahiivanii asluhen igey ekam emiihun maraa nulaathi eethange mom abappa gulhuvaathi adhi eethan aa kai ves.

    1. kayashandy says:
      April 26, 2017 at 4:48 pm

      i am glad dat u liked it 🙂 keep waiting for next prt:) thannkkkuuu:)

  20. ainthu says:
    April 26, 2017 at 8:08 am

    Kai a hageegya dhen bune dheefa Ethan a kai gulhuva dheeba vvv salhi mibaives

    1. kayashandy says:
      April 26, 2017 at 4:49 pm

      kai will knw de truth soon..keep waiting ainthu:) thaaaaannnnkkkkkuuuu:)

  21. Heyo edhey faraathe says:
    April 26, 2017 at 9:27 am

    Kayashandy your the best and I am number one your fan

    1. kayashandy says:
      April 26, 2017 at 4:54 pm

      thank u soooo much..hope u ll support till de end:)

  22. Azu says:
    April 26, 2017 at 10:28 am

    Ma sha allah….kaya….eyoh huvafeneh dho…..heevee hama aslu kurimathin sifa vihen….birun inee kiyaa nimunu iru….vvvv furihama sifa kurun thah n stry ves….????

    1. kayashandy says:
      April 26, 2017 at 4:56 pm

      aaaarrnnn azu eyoh hufanei dhw:) i am glad u like it:) biru gannuvaalevuneema sooowwrreeee:( hehe….btw thanku so much:)

  23. rainy princess says:
    April 26, 2017 at 10:37 am

    Vara intresting. nd ehen part thakaa balaa iru mi part dhigu.. <3

    1. kayashandy says:
      April 26, 2017 at 4:56 pm

      thanku sooooooooooooo much rainy princess:)

  24. silver mist says:
    April 26, 2017 at 12:21 pm

    Alhe dhenvaanii kihinehbaaa??? Story vrh vrh reethi..pls pls avahah up kohdhiibaa…… Masha Allah kayashandy vrh vrh molhu….hama hiivanii story live koh fennahen

    1. kayashandy says:
      April 26, 2017 at 4:09 pm

      dn vaane gothei maadhamaa rey engidhaane:) hehhe..thaanku sooo much for ur support:) really appriciate it:)

  25. Saandy says:
    April 26, 2017 at 1:05 pm

    WOW!! V v reethi… Dhathuruga dhimaavi haadhisaa heevy hama kurimathy hin’gi haadhisaaehhen… Saandy heekury hama aslu Kai ah dhimaavi haadhisaaekey… Ekam enmefahun mivy huvafenakah dhw… Ehenve hiyyhama jehijje v bodah… Next partge inthizaaruga mihury… Kaya v bodah improve vejje mihaaru… V ufaavejje aslu… Keep it up Kaya… I love ur stories 🙂

    1. kayashandy says:
      April 26, 2017 at 4:08 pm

      thank u soooooooooooooo much saandy..improve vejje vaahaka buneema really happy..it was a creepy dream dhw..hehhe..keep waiting..:) saandyge support kuriah oithaangaves libeyne kamah hope kuran..lov u dear:*

  26. ssss? says:
    April 26, 2017 at 2:29 pm

    Varah rythi mi part vess…. E huvafen haadha assley

    1. kayashandy says:
      April 26, 2017 at 4:05 pm

      hehhe…thank u so much dear:) keep waiting for next part:)

  27. Imagination says:
    April 26, 2017 at 6:44 pm

    Haadha salhi yeyy.. Ekani ovefa.. Shama ves biru ganehjje. Hama heevani aslu hennn…dhen nuves kereyne ekani onnaakah.. U r just too good. Masha allah

    1. kayashandy says:
      April 26, 2017 at 7:46 pm

      thank u soooo much…v ufaavejje kiyuntherin like vaafadha gothakah liyevuneema..shama ekani onnan nukerenya y dnt u keep a crab with u…hehehe..:) keep waiting dear..:)

  28. myly❤ says:
    April 26, 2017 at 7:58 pm

    Mivaahaka kiyaafa hithah annanee emme baheh….WOW?v v v v v v v v v v v v v v v reethi story eh mee…i just love it…..thankyou kayashandy and waiting for the next part………??

    1. kayashandy says:
      April 26, 2017 at 8:16 pm

      awwwwwwnnn myly…thaaaaannnnnkkkuuuu sooooooooooooooooo much…:) happy to knw dat u liked it…keeep waiting:)

  29. Book Lover says:
    April 27, 2017 at 3:41 pm

    Haadha reejjey! Maasha Allah.

  30. Hanooo says:
    April 27, 2017 at 6:50 pm

    Knirakun tha 11 up vaany…

  31. Zara says:
    April 28, 2017 at 12:16 am

    Hama huva ma hama moyavanee mi story a .. avaha upkohbala pleaassuu!!
    Up up up up up up up!!!!!!!!!!!!

  32. niii says:
    April 28, 2017 at 8:56 am

    Thurs day ga up waanevaa kabuni ekam nukuramennu bixii dhw ekam vaanuvaa angaalabala dhen up aanii kon irakun avas javaabakah edhen

  33. Fary says:
    April 28, 2017 at 6:44 pm

    Pls pls avahah up kohdhee part11. Desperately waiting.. Kayaa baliveetha anekkaa.

  34. kayashandy says:
    April 28, 2017 at 7:34 pm

    i am very sick..sorry lolll..

Comments are closed.


All Right Reserved!