ފުން އިހުސާސެކޭ 8
“އޭ މިއީ އަދި އެކުއްޖާއެއް ނޫން! މިއީ މިއަދު ދިމާވި ކުއްޖެއް.” ހިނިގަނޑެއް ޖަހައިލަމުން ޔާނިއު ބުނެލިއެވެ. އަނާނީއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް، މި މީހުން މި ދައްކަނީ ކޮން ކުއްޖެއްގެ ވާހަކައެއް ހެއްޔެވެ؟
ޔާނިއު ލޮލުގެ އިޝާރާތުން، އެތާ ތިބި އެންމެން ކައިރީ އަނާނީއަށް ބެލުން ހުއްޓައިލުމަށް އަންގައިލިއެވެ. މިކަމެއް އަނާނީއަކަށް ނޭނގެއެވެ. އެހެނަސް، އެންމެންގެ ނަޒަރު އޭނާއާ ވަކިވުމުން ހިތަށް ފުދޭވަރެއްގެ ހަމަޖަހުމެއްލިބުނެވެ. “އަމާނީ! ހިޔެއް ނުވޭ އަވަހަށް ވާރޭ ހުއްޓާލާނެ ހެނެއް. މިތާތަ ތިބޭނީ، ނޫނީ މައްޗަށް ވެސް ދެވިދާނެ؟” ޔާނިއު އަނާނީގެ ނަން ނުބައިކޮށް ކިޔުމުން އަނާނީއަށް ކުޑަކޮށް ހީނލެވުނެވެ. މިއޮއްހުރިހާ އިރުވެސް އޭނާއާ ޔާނިއު މުޚާތަބު ކުރީ “ތިކުއްޖާ”އޭ ކިޔާފައެވެ.
ޔާާނިއު އަނާނީގެ މޫނަށް ބަލަހައްޓައިގެން ހުރީ، އޭނާ ކުރި ސުވާލުގެ ޖަވާބުގެ އިންތިޒާރުގައެވެ. މިކަން އަނާނީއަށް ރޭކާލުމުން، އެތަނަށް ނަޒަރު ހިންގައިލިއެވެ. “މައްޗަށް ދާނީ.” އަވަސްއަވަހަށް ބުނެލިއެވެ. މި ދުންތަކުގެ ތެރޭގައި އޭނާއަކަށް ކެތެއް ނުކުރެވޭނެއެވެ. އެހެންނޫނަސް، މި ހުރިހާ ފިރިހެނުންގެ ތެރޭގައި އެންމެ އަންހެނެއްގެ ގޮތުގައި އިނުން މާ ރީއްޗެއްވެސް ނުވާނެއެވެ. އޭނާ ޔާނިއުއަށް މިހާރު ވަރަށް ބޮޑަށް އިތުބާރުކުރެއެވެ. ޔާނިއު އޭނާއަކަށް ދެރަގޮތެއް ނުހަދާނެއެވެ. އެއީ ލޫކަސްއެއް ނޫނެވެ.
ޔާނިއުގެ ފަހަތުން އަނާނީވެސް އެ ލަކުޑިން ހަދައިފައި ހުރި ސިޑިން މައްޗަށް އެރިއެވެ. އަދި މަތީގައި ހުރި ކޮޓަރީގެ ދޮރު ހުޅުވައިލުމުން، އެތެރެއަށް ވަނީ ޔާނިއުގެ އިޝާރާތާއެކުއެވެ. ކުޑަކުޑަ ކޮޓަރިއެކެވެ. ކުޑަވަރެއްގެ އެނދަކާއި، އަލަމާރިއެއްގެ އިތުރުން އެހެން އެއްވެސް ފަރުނީޗަރެއް ނެތެވެ. ސީލިންގުގައި ފަންކާއެއް ހަރުކޮށްފައި ހުއްޓެވެ. އެނދުގައި އަޅައިފައި އޮތް ބެޑުޝީޓު އޮތީ ދުވަސްވެ، ބާވެފައި އޮތް ވައްތަރަކަށެވެ. ދެތިން ބާލީސް އޮތަސް، އޭއްޗެހިވެސް ހުރީ އެއްވެސް ތަރުތީބެއް ނެތް ގޮތަކަށް އެނދުމައްޗަށް “އުކާލައިފަ”އެވެ. އެކޮޓަރީގައި ފާޑެއްގެ ވަހެއްވެސް ހިފައިފައި ހުއްޓެވެ.
އަނާނީ އެ އެނދުމަތީގައި އިށީނީ ޔާނިއު އެދުމުންނެވެ. އެވަގުތު ޔާނިއު ދޮރު ބިއްދޮށުން އެއާ ފްރެޝްނާ ފުޅިއެއް ނަގައިގެން، އޭތި މުޅި ކޮޓަރިތެރެއަށް ޖަހަން ފެށިއެވެ. އަދި މިކަމުގެ ތެރެއިން އަނާނީއަށް ބަލައިލި އިރު، އަނާނީ މާ ފާޑަކަށް އިން ހެން ހީވެގެން، ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ. “ނޮޓް ދަ ކްލީނެސްޓް ޕްލޭސް. މިތާ ހިނގަނީ ވެސް މާ ރަނގަޅު ކަންތައްތަކެއް ނޫން.” އަނާނިވެސް އެ ހުނުމުގައި ބައިވެރިވެލިއެވެ. އެހެނަސް ޔާނިއު އެންމެފަހުން އެ ބުނި ޖުމްލަ، އަނާނީގެ ޅަ ސިކުނޑިއަށް ނަގައިގަނެވުނީ ތަންކޮޅެއް ލަހުންނެވެ. އެހިނދު އޭނާއަށް ދެބުމަ އުފުލައިލެވުނެވެ. އަދި އިށީނދެގެން އިން އެނދަށް އަދި އެއްފަހަރު ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. މި މަންޒަރު ފެނިފައި ޔާނިއު އަނެއްކާވެސް ހޭންފެށިއެވެ. “ޑޯންޓް ވޮރީ، އިޓްސް ނޮޓް ދެޓް ޑާރޓީ!”
އަނާނީވެސް ކުޑަކޮށް ހީނލާފައި، ކުއްލިއަކަށް ގަޑިން ވީވަރު ބަލައިލަން ހަނދާން ވުމުން، ދަބަސް ތެރެއިން ފޯނު ނެގިއެވެ. ގަޑިން 10:30 ވެއްޖެއެވެ. އަނާނީ އަވަސްއަވަހަށް މިސްޑް ކޯލުތައް ބަލަން ފެށީ ލިއުދައްތަ ގުޅައިފައި އޮވެދާނެ ކަމަށެވެ. ނަމަވެސް އޭނާގެ ފޯނަށް އައިސްފައި އޮތް ފަސް މިސްޑް ކޯލަކީ ރީޝާގެ ފަރާތުންނެވެ. އަދި އަރީން ވެސް ދެފަހަރު ގުޅައިފައި އޮތެވެ. އެހެނަސް ރީޝާއަށްވުރެ ކުރިން ގުޅައިލަން ބޭނުންވީ ލިއުދައްތައަށެވެ. އެއީ އޭނާ މިހުރީ ރައްޓެހި ކުއްޖެއްގެ ގޭގައި ކަމާއި، ގެއަށް ދެވޭނީ ވިއްސާރަ ހުއްޓުމުން ކަން އަންގާލާށެވެ.
ނަސީބަކުން ލިއުޝާ މާބޮޑު މައްސަލައެއް ނުޖެއްސިއެވެ. އަނާނީ އަތުގައި ގޭގެ ތަޅުދަނޑި އޮތްތޯ ޔަގީންކޮށްފައި، ވިއްސާރަ ހުއްޓިހާ އަވަހަކަށް ގެއަށް އައުމަށް ބުނެފައި ފޯނު ކަނޑައިލީއެވެ. އަނާނީއަށް ފުން ނޭވާއެއް ލެވުނެވެ. އަދި ރީޝާ މާގިނައިން ގުޅައިފައި އޮތުމުން، ވީ ކީއްތޯ ބަލައިލަން އޭނާއަށް ގުޅައިލިއެވެ.
“ދެން ކޮންމެހެން ގުޅާނެ ކަމެއް ނެތެންނު!” ފޯނު ނެގިގޮތަށް ރީޝާ ރުޅިއައިސްފައި ބުނެލިއެވެ. އަދި އަނާނީއަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ކުރިއަށްގެންދިޔައެވެ. “އަނާނީ ނުދެކެން ދޯ މަ މިއީ ބެސްޓު ފްރެންޑުގެ ގޮތުގަ؟ މައްސަލައެއް ނެތް. އެކަމު ބުނަން، ކޮންމެހެން އަރީންއާ މަށާ ދުރުކުރަން އުޅޭނެ ކަމެއް ނެތް! އެންމެފަހުން ތިދެމީހުން މިރޭ ތި ދިޔަ ތާކަށް ދިޔަ އިރު މަށަށް އަންގާލާކަށް ވެސް ނުކެރުން ދޯ ދެމީހުންކުރެ އެކަކަށްވެސް؟ އަދި އެންމެކުޑަމިނުން މަ އަރީނަށް ގުޅާފަ އެހީމަ އެއްބަސްވެސް ވީކީ ނޫނޭ! އެވެސް ހަމަ އަނާނީ ބުނެގެނެއްނު؟ ލުކް، އައި ނޯ އެވްރީތިންގ. މިރޭ މަ ފުރަތަމަ އަނާނީއަށް ގުޅީ އަނާނީ ފޮނުވާފަ އޮތް މެސެޖު ފެނިގެން. އަސްލު މަށާ އެއްކޮށް ތަނަކަށް ޖައްސާލެވިދާނެހޭ އަހަން ގުޅީ. އެކަމަކު އަނާނީ ބިޒީ ކޮށްލީ! ދެޓް ވޯޒް ރޫޑް! އެއީ އަނާނީ ދުވަހަކުވެސް ކުރި ކަމެއް ނޫން. އެހިސާބުން މަށަށް ޝައްކުވީ ކޮންމެސް ނުބައެއް އެބަ އުޅެޔޭ. ޔަގީންކޮށްލަން ދެވަނަ ފަހަރަށް ގުޅިން. ތިންވަނަ ފަހަރަށް ވެސް. ނުނަގާ ފޯނެއް. ދެން މަ އަރީނަށް ގުޅީމަ އޭނަ ވެސް ބިޒީ ކޮށްލީ! ދެން މަށަށް އިނގިއްޖެ ތި ދެމީހުން އެކީކަން! އެންމެ ފަހު ފަހަރު ޔަގީންކޮށްލަން ތި ގޭ ފޯނަށް ގުޅީމަ ލޫކަސް ނަގާފަ ބުނެފި އަނާނީއެއް ނެތޭ ގެއަކު. ކޮންތާކަށްހޭ ދިޔައީ އެހީމަ ބުނީ ކުރިން ރޭ އަނާނީ ގެއަށް ލައިދޭން އައި ފިރިހެން ކުއްޖާއާ އެއްކޮށޯ ދިޔައީ، ދިޔަ ތަނެއް ތިމަންނަ އަކަށްވެސް ނޭނގެޔޯ! ދެން ބުނެބަލަ، ލޫކަސް މަށަށް ދޮގު ހެދުމުގެ ބޭނުމެއް ނެތް ދޯ! އެކަމު ދެން ބޭނުމެއް ނެތް އަނާނީގެ ދުލުން މި ވާހަކަ ކިޔައިދޭކަށް ކޮންމެހެން މަށަށް ބަސްޓު ވީމަކާ! އަރީނަށް ގުޅާފަވެސް ބަވާލައިފިން. ކޮންމެހެން މަށަށް ތިދެމީހުންގެ ގުޅުން ސިއްރުކުރުމުގެ ބޭނުމެއް ނެތް. އަނާނީއަށް ހީވަނީތަ މަ އުޅެނީ އަރީންއާ ހެދި ކަމަށް؟ އިފް ދެޓް އިޒް ދަ ކޭސް، ދެޓް އިޒް ޑިސްގަސްޓިންގ. ޔޫ އާ ސޯ ނެރޯ މައިންޑަޑް! އަ ގާރލް އެންޑް އަ ބޯއީ ކުޑް ބީ ބެސްޓް ފްރެންޑްސް! އެނީވޭ، ތި ކުރި ކަމައް ކޮށް ނިންމާފަވެސް މަގޭ މަތިން ހަނދާން ވާން އިނގިއްޖެ ދޯ. ބަޓް އައި ހޭވް ނަތިންގ ޓު ހިއާރ ފްރޮމް ޔޫ! ބާއި!”
ރީޝާ ވާހަކަ ދެއްކިލެއް އަވަސްކަމުން، އަޑުއަހަން އިނުން ނޫންކަމެއް އަނާނީއަކަށް ނުވިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް، ބުނަން އުޅުން އެތިވެސް ހަނދާން ނެތުން ކަހަލައެވެ. ރީޝާ ފޯނު ކަނޑައިލިއިރު ވެސް އަނާނީ އިނީ ހައިރާންވެ އަންތަރީސްވެފައެވެ. ރީޝާ ކީ އެއްޗެހީގެ އެއްވެސް ކަހަލަ ހަގީގަތެއް ނެތް އިރު، އެކަހަލަ ވިސްނުމެއް އޭނާގެ ބޮލަށް އައި ގޮތާއި މެދުގައެވެ. އަނެއްކޮޅުން ލޫކަސްވެސް އެގޮތަށް އަނާނީއޭ ކިޔައިގެން ދޮގު ވާހަކައެއް ދެއްކުމުން، ރުޅި ގަދަވާ ގޮތް ވިއެވެ. އެކަހަލަ ކޮންމެ ކަމެއްގެ އަޑީގައި ލޫކަސްގެ އަތެއް ނުވެއެއް ނުދާނެއެވެ. އެކަމާ އަނާނީ ހައިރާންވާކަށް ނުޖެހެއެވެ. އެހެނަސް، އަމިއްލަ ބެސްޓު ފްރެންޑު އޭނާއަށް އިތުބާރު ނުކޮށް، ހިލޭ މީހެއްގެ ބަސް ގަބޫލުކުރުމުން ދެރަވެ ހިތުގައި ޖެހުނެވެ. އަނެއްކާ ރީޝާ އޭނާއަށް އެ ގެއްލުނީ ހެއްޔެވެ.
“ވަޓް ވޯޒް ދެޓް؟ އައި މީން، ހޫ ވޯޒް ދެޓް؟” އެނދުގެ ފަޑީގައި ލެނގިލައިގެން، އަނާނީ ކައިރީ އިށީނދެގެން އިން ޔާނިއު އަހައިލިއެވެ. އަނާނީގެ މޫނަށް ވެފައި އިން ގޮތް ފެނިފައި އޭނާވެސް ކުޑަކޮށް ހައިރާންވިއެވެ. “މަންމަ ގުޅާފަ ބަވާލީތަ ރޭގަނޑު ބޭރުގަ އުޅޭތީ؟”
“ފްރެންޑެއް. އިޓްސް ޖަސްޓް އެ މިސްއަންޑަސްޓޭންޑިންގ!” އަނާނީ ބުންޏެވެ. އަދި އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވުމުން މައުޟޫ ބަދަލުކޮށްލިއެވެ. “ވާރޭ ނުހުއްޓާތަ އަދިވެސް؟”
“މްމްމް ދެންމެ އަމާނީ ފޯނުގަ އިންދާ ކުޑަކޮށް ތުނިކޮށްލި. އެކަމަކު އަނެއްކާ ބޯ ކޮށްލައިފި” އެތަނުން ތެދުވެ، ކުޑަދޮރުގެ ދޮރިފޮތިގަނޑު ކަހައިލަމުން ޔާނިއު ބޭރު ދައްކައިލިއެވެ.
“އަމާނީއެއް ނޫނޭ، އަނާނީ!” ހެމުންހެމުން އަނާނީ ބުނެލިއެވެ.
“އޫހް މިސް އަނާނީ، ކެން އައި ހޭވް ޔޯ ޕާރމިޝަން ޓު ޗޭންޖް؟ މި ގަމީސް ކުޑަކޮށް ތެމިފަ ހުރީމަ ރޯގާ ވައްތަރު ވޭ އެބަ.” ޔާނިއު އެތާ ހުރީ އަލަމާރި ކުރިމަތީގައި ހުއްޓުނެވެ. އަނާނީއަށް އަވަސްއަވަހަށް ބޯ ޖަހައިލެވުނީ އެ ސުވާލު ގަބޫލުކުރަން ދަތިވެފައެވެ. ޔާނިއުގެ އިންތިހާއަށް ފިރިހެންވަންތަކަން ލިބިފައިވާ ހަށިގަނޑު، އޭނާގެ ހަމަ ލޮލަށް ފެންނަން އުޅެނީހެއްޔެވެ. އަނާނީގެ ހިތް “ވިރޭނެ”ކަން ޔަގީނެވެ. ނަމަވެސް ފުރަގަސް ދީގެން ހުރި ޔާނިއުއަށް އަނާނީ ބޯ ޖަހައިލިތަން ނުފެނުމުން، ސުވާލު ތަކުރާރުކޮށްލިއެވެ. މިފަހަރު އަނާނީ ވަރަށް ނޫންކަމަށް ހެދިފައި އިނދެ “ހްމްމް” އަޅުވައިލިއެވެ.
ޔާނިއު އެ ކުޑަ އަލަމާރި ތެރެއިން ކަޅުކުލަައިގެ ޓީޝާޓެއް ދަމައިގަތެވެ. އަދި އެއާއެކު، އޭނާ ލައިގެން ހުރި ގަމީހުގެ ގޮށްތަށް މަޑުމަޑުން ނައްޓަންފެށިއެވެ. މިހާރު އޭނާ ހުރީ އަނާނީއާ ދިމާއަށް އެނބުރިގެނެވެ. ފޯނާ ކުޅޭ ކަމަށް ހެދިގެން އިން އަނާނީގެ ހިތުގެ ތެޅުން އަވަސްވިއެވެ. އަދި އެ ހަށިގަނޑު ބަލައިލުމަށް ކެތްމަދުވެ އިން ހާލުގައި، ސިއްރުން ޔާނިއުއަށް ބަލަބަލައި އިނދެވުނެވެ.
އަނާނީ އޭނާއަށް ބަލާކަން ޔާނިއުއަކަށް ސިއްރެއްނުވިއެވެ. އެހެނަސް، އަނާނީ ލަދުގަންނަވައިލަން ބޭނުންނުވާތީ، އެއްޗެކޭ ނުބުނި ތާނގައި، ހިނިގަނޑުވެސް ހިފަހައްޓައިލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އެހެން އަންހެން ކުދިންނަށް ނުކުރެވޭ ވަރަށް މި އަންހެން ކުއްޖާއަށް ޤަދަރުކުރެވެނީއެވެ. މިކުއްޖާއާމެދު ހަމްދަރުދީ ވެވެނީއެވެ. އެހެނަސް މިއީ އަދި މިއަދު އަލަށް ދިމާވި ކުއްޖެއް ނޫންހެވެ.
އަނާނީގެ ހިތް ތެޅެން ފެށީ އޮބިނޯންނަ ވަރަށެވެ. މީގެ ކުރިން ދުވަހަކުވެސް ނުކުރެވޭ އެތައް އިހުސާސެއް މިވަގުތު ކުރެވެން ފަށައިފިއެވެ. ޔާނިއުގެ އެ ފުރިހަމަ ހަށިގަނޑުން ނަޒަރު ވަކިކޮށްލާކަށް ކުޅަދާނައެއް ނުވިއެވެ. އެހާ ފާޅުކަން ބޮޑު ގޮތެއްގައި ޔާނިއުއަށް ބަލަން އިނދެވުން އިރު، އަނާނީއަށް އެކަމެއް ރޭކައެއްވެސް ނުލިއެވެ. އޭނާ ޔާނިއުއަށް ބަލަން އިނީ ޖެހި ބުދެއްހެނެވެ. އޭރު ފިނިވެގެންނާއި، ކުރެވެން ފެށި އާދަޔާޚިލާފު އިޙުސާސުން، އޭނާ އިނީ ހީބިހިނަގައިގަނެފައެވެ.
ބޮލަށް ޓީޝާޓު މަހާލާފައި، ޔާނިއު ގޮސް ފަންކާ ނިވައިލީ އަނާނީ ހީކަރުވައިފައި އިންހެން ހީވެގެނެވެ. އަނާނީއަށް އެސްފިޔަޖަހައިލެވުނީ ވެސް ޔާނިއު ހުރިތަނުން ހިނގައިގަތް ހިސާބުންނެވެ. އަދި ކުއްލިއަކަށް ފޯނާ ކުޅޭ ކަމަށް ހަދައިގެން އިން އިރު އޭނާގެ މޫނުމަތި އެއްކޮށް ރަތްވެއްޖެއެވެ. ދެންމެ ޔާނިއުއާ ދިމާއަށް ބަލަން އިނދެވުން ގޮތް ރޭކާލި ހިސާބުން ހަމަ ރަނގަޅަށްވެސް އަނާނީ ރަކިވެއްޖެއެވެ. ޔާނިއު އެއްޗެކޭ ނުބުންޏަސް އަނާނީއާމެދު ހީކުރާނީ ކީކޭހެއްޔެވެ.
“އެބަ އަންނަން” މިހެން ކިޔައިފައި ޔާނިއު ތިރިއަށް ފޭބީ ސިނގިރޭޓެއް ބޯލާށެވެ. އަދި ޔާނިއު ދިޔުމުން އަނާނީއަށް މޭގައި އަތް އަޅައިލެވުނެވެ. އޭނާއަށް މިވަނީ ކީއްހެއްޔެވެ. ޔާނިއު އޭނާއާ ދޭތެރޭ ނުބައި ނަޒަރަކުން ނުބަލާއިރުވެސް، އޭނާގެ ސިކުނޑީގައި ޔާނިއުއޭ ކިޔައިގެން އެތައް ޚިޔާލެއް ކުރެވިއްޖެއެވެ. ޔާނިއުއަށް މިކަން އެނގޭނަމަ އަދި އަނާނީ ލަދުންގޮސް މަރުވާނެކަން ޔަޤީނެވެ.
ރީޝާ އިނީ އޭނާގެ ގޭގެ ސިޓިންގ ރޫމުގައި ލެޕްޓޮޕުން ފިލްމެއް ބަލާށެވެ. ކުއްލިއަކަށް މީހަކު ދޮރުހުޅުވައިލި އަޑާއެކު، ބުޅަލެއް ހޭރިގަތް އަޑު އިވިފައި އޭނާއަށް ފުންމައިގެން ތެދުވެވުނެވެ.
“ލޫސީ! ދޮންބޭ ލޫސީތަ އެ ދިޔައީ؟” އެވަގުތު ދޮރުން އެތެރެއަށް ވަދެގެން އައި އޭނާގެ ދޮންބެ ކައިރީ ރީޝާ މިހެން އަހައިލީ ހާސްވެހުރެއެވެ. އަދި ބާރަށް ދުވެފަ ގޮސް ދޮރު ކައިރީ ހުއްޓިހުރެ، ސިޑިމައްޗަށް ލޯ ހިންގަން ފެށިއެވެ. “ކޮބާ؟؟”
“ނޭނގެ” ފަރުވާ ކުޑަ ގޮތަކަށް މިހެން ބުނެފައި ރީޝާގެ ދޮންބެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އަދި ދަމުންދަމުން ކުދި ކިޔައިލިއެވެ. “މީނާ ހީވަނީ އަމިއްލަ ދަރިއެއް ގެއްލިގެން އުޅޭހެން. ގައިމު ބުޅަލެއް ވިއްޔަ. ތި ބުޅަލެއް މިގެއަށް ގެނައި ފަހުން ލޮލަށް ބޮލަށް އުނދަގޫ.”
ރީޝާ ބަލާކަށް ނުހުރެ ސިޑިން ތިރިއަށް ދުއްވައިގަތެވެ. އޭރު އޭނާގެ ލޫސީ “މިއޯ” އޭ ކިޔައިފައި ގޮއްވާ އަޑު ވަރަށް ފަނޑުކޮށް އިވެއެވެ. ރީޝާ ހުރީ ނިދާ އެއްޗެހީގައެވެ. އެހެނަސް މިވަގުތު އެކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. އޭނާގެ ބުޅާ ހޯދައިގެން ގެނައުން މާ މުހިއްމެވެ.
ސިޑީގެ އެންމެ ތިރިއަށް ދެވުނު އިރު އޭނާއަށް މާނޭވާ ލެވެއެވެ. އެވަގުތު ގޭގެ ބޮޑުދޮރު ހުޅުވިފައި ހުރި މަންޒަރު ފެނިފައި އޭނާއަށް އިތުރު ހާސްކަމެއް ލިބުނެވެ. “މިއޯ” ގެ އަޑެއްވެސް މިހާރު ނީވެއެވެ. އަދި އެތަނަކީ ދިއްލާއަޅާފައި އޮތް ތަނަކަށް ވުމުން، އެތާ ތަނެއްގައި އޮތްނަމަ ފަސޭހައިން ފެނުނީހެވެ. އަނެއްކާ ލޫސީ އެ ގެއިން ވެސް ފިލީ ހެއްޔެވެ. މިކަމާ ބިރުން ހުރެ، ދޮރު ބޮޑަށް ފޭކޮށްލައިފައި މަގުމައްޗަށް ނަޒަރު ހިންގައިލީ ފަރުވާތެރިކަމާއެކުއެވެ. ނަސީބަކުން އޭރު ވާރޭވެސް ވަނީ ހުއްޓާލައިފައެވެ.
ރީޝާގެ ލޮލަށް އެވަގުތު ފެނުނު މަންޒަރަކުން ދެލޮލުގައި އަތް އުނގުޅައިލެވުނީ ޤަބޫލުކުރަން ދަތިވެގެނެވެ. ދެންމެ ސައިކަލެއްގައި، ފިރިހެނަކާ އެއްކޮށް އެ މަގުން އެ ދިޔައީ ހަމަ އަނާނީ ހެއްޔެވެ. އާނއެކެވެ. ކިތައްމެ ކުޑަހިނދުކޮޅަކަށް ފެނުނަސް، އެއީ ހަމަ އަނާނީގެ މޫނެވެ. ކުރީގައި އިންމީހާގެ މޫނު ސާފުކޮށް ނުފެނުނަސް، އެއީ އަރީން ނޫންކަން އެނގެއެވެ. އަރީން ޖީއެން އެއް ނުދުއްވާނެއެވެ.
ރީޝާއަށް އަނގަމަތީ އަތްއަޅައިލެވުނެވެ. މިއޮއް ލަސްވެފައި ހުއްޓައި އަނާނީ އެދަނީ ކޮންތާކަށް ހެއްޔެވެ. އަނާނީ އޭނާއަށް ހާދަ ކަންތަކެއް ފޮރުވައިގެން އެބަ ގެންގުޅެއެވެ. މިހެން ހިތަށް އަރައިފައި ރުޅި އަންނަ ގޮތްވެސް ވިއެވެ. މިހުރިހާ ދުވަހު އޭނާއަށް، އެންމެ ގާތްކޮށް ގެންގުޅު އެކުވެރިޔާ، ދަސްވެފައެއް ނެތެވެ. ޔަޤީނެވެ. އަނާނީއާ އެތައް ފިރިހެންނުންނަކާ ގުޅުން އޮންނާނެއެވެ. އޭނާގެ ކައިރީގައި މާ މައުސޫމް ރަނގަޅު މީހަކަށް ވެގެން އުޅެނީއެވެ. އެހެނަސް އޭނާއަށް އެކަންތައް ސިއްރު ކުރުމުގެ ބޭނުމެއް ނުވިސްނެއެވެ. މި ވިސްނުން ތަކުގައި ހުރެފައި، އޭނާ އަސްލު ތިރިއަށް ފޭބި މަޤްސަދު ކުއްލިއަކަށް ހަނދާންވުމުން ރީޝާ އެ މަސައްކަތަށް އަވަހަށް އެނބުރުނެވެ. އަދި އަނާނީ ކޮންމެ ގޮތަކަށް އުޅުނަސް މީގެ ފަހުން އޭނާ ނުބެހޭނެކަމަށް ނިންމިއެވެ. ރީޝާ ދެކުނީ، އަނާނީ އަކީ އެހާ ގާތްކޮށް ގެންގުޅެވޭ ވަރަށްވުރެ “ވަގު” މީހެއްގެ ގޮތުގައެވެ.
އަނާނީ އެމީހުން އުޅޭ އެޕާޓުމަންޓުގެ ތަޅު ބޭރުން ހުޅުވައިލީ ނިކަން މަޑުމަޑުން، އެއްވެސް އަޑެއްނީއްވާ ވޭތޯ ބަލަމުންނެވެ. އަދި ހަމަ އެހާ މަޑުމަޑުން ދޮރު ހުޅުވައިލާފައި އެތެރެއަށް ދެމިގަތެވެ. ނަމަވެސް ދެން ފެނިގެން ދިޔަ މަންޒަރުން ހުރި ފިޔަވަޅު މަތީގައި ގަނޑުވިއެވެ. އޭނާއާ ދިމާ ކުރިމައްޗަށް ވާގޮތަށް ދުރުގައި ހުރި ސޯފާގައި އިށީނދެގެން އިނީ ލޫކަސްއެވެ. ހަމަ އެވަގުތު ލޫކަސް އޭނާގެ އުނގުމަތީގައި އިން ލެޕްޓޮޕުގެ ސްކްރީން ތިރިކޮށްލައިފައި ބަލައިލިއެވެ. ދެވަނަ ސިކުންތުގައި، އޭނާގެ މޫނުމައްޗަށް އެއްކަލަ ލާނެތް ހިނިތުންވުން ވެރިވެއްޖެއެވެ.
އަނާނީ އިސްޖަހައިގެން ހުރެ ކުރިއަށް ހިނގައިގަތީ ލޫކަސް ނުވެސް ފެންނަ ކަމަށް ހަދާފައެވެ. ނަމަވެސް އޭނާ ކޮޓަރިއަށް ވަންނަން އުޅެނިކޮށް ލޫކަސް ފަހަތުން އައިސް އަތުގައި ހިފެހެއްޓިއެވެ. އަނާނީއަށް ދެލޯ މަރައިލެވުނީ ދެން ވާން އުޅޭގޮތަކާމެދު ވިސްނިފައެވެ.
(ނުނިމޭ)
6 Comments!
Comments are closed.
Mi part vx reethi.. waiting for the next part
Haadha kiyaa hithun indha e nimunii…. Next part avahah up kohlan dhe veythow blachey
vv reethi…….. when next part……..
vrh reethi but than kolheh avahah dhigukoh up koh dheh cheyyyy… gnyt…
Mashaa Allah v reethi mi part ves,keep it up,next part soon plx,v kiyaa hithun indhaa Enimunee
this writer is nt replying to anyones comment :/ so strange