އަފްރިންގެ ރީތި ހިތްގައިމު ހިގުމުގައިވެސް އެކުލެވިގެންވަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެކެވެ.މާގިން އިރެއްނުވެ ގެއަށް ދެވުނެވެ.އަފްރިން ނަވިން އަށް ބަލާލައިފައި ހީލިއެވެ.އަފްރިންގެ އެލުއި ހިނިތުންވުން ފެނިފަ ނަވިންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.ތެދެކެވެ.ވަރަށް ރީތި އަދި އެހާމެ މުއްސަނދީ ކުދިންވެސް ނަވިން އަށް ފެނިފައި ވެއެވެ.ނަމަވެސް މިހިތްގައިމު މަޑުމޮޅި ކުއްޖާއަށް ނަވިންގެ ހިތް ލެބެން ފަށައިފިއެވެ.ނަވިން ސިހުނީ އަފްރިން ޝުކުރު އަދާ ކޮށްލުމުންނެވެ.ނަވިންއަށް ހިނިތުން ވެވުނެވެ.ނަވިން އަށް އެއްޗެއް ނުބުނެވިގެން އުޅުނު އިރު އަފްރިން ގެއަށް ވަދެއްޖެއެވެ.އޭރު ދައްތަ ވެސް ނުނިދައެވެ.އަފްރިން […]
“ނޫން ނޫން ދެން !.. ތި ބޯޅަ ދީ…ދެން ތިއްތީ! އާއްކޮއަށް ބޯޅަދީ…! ދުވެ ދުވެ ވާޅުވެގެން އެންމެ ފަހުން އާއްކޮށް އިށީނީ ލޯބި ގޮތަކަށް ތުންކޮޅު އޫކޮށްލައިގެން ހުރެއެވެ. “ތިއްތި ހާދަ ގޯހޭ” އާލާ ދެރަވެލާފައި ބުނެލިއެވެ. އީވާން އޭނާގެ ކޮއްކޮ ޝަކުވާ ކުރާތަން ބަލަން ހުރީ މަޖާވެލާފައެވެ. އާއްކޮ ކައިރިއަށް އައިސް ބޯޅަ ދިނުމަށްފަހު ނިއްކުރިއަށް ދޮނެެއް ދިނެވެ. އާއްކޮ ހުރީ ދެންވެސް ރުޅި މޫނޫ ހަދަގެންނެވެ. “ސޭޗީޒް ނައު ބޭބީ ގާރލް” އާލާ […]
މެއިލް ކިޔާ ނިމުމާއެކު ތިން ކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް ފުން ނޭވާ އެއް ދޫކޮއްލިއެވެ. އަދި އެކަކު އަނެކަކުގެ މޫނަށް ބަލާލީ ކިހިނެއްހޭ ސުވާލު ކުރާ ފަދައިންނެވެ. އެ ހިނދު އެންމެންވެސް ހިނިތުންވެލާ ބޯ ޖަހާލީ ރަނގަޅޭ ބުނާ ގޮތަށެވެ. އެއަށްފަހު އެތަނުން އެކަކުގެ ފޯނު ހުޅުވާލައި އޮންލައިން ވެލިއެވެ. އެއާއެކު ދެންތިބި ދެކުދިންވެސް އޭނާ ކައިރިއަށް ގާތްވެލައި އެ ފޯނައް ބަލަންތިބީ މީހަކާ ވީޑިއޯ ކޯލް އެއް ހަދަން އުޅޭތީއެވެ. ވައިބަރ ހުޅުވާލައި ނަމްބަރެއް […]
“ރުކާން!” އަހަރެންނަށް ހުއްޓެވުނީ އެޒުވާނާ އަހަރެންގެ ނަމުން ގޮވާލުމުންނެވެ. އެއީ މީގެކުރިން އަހަރެން ދުށް މީހެއް ނޫނެވެ. އަދި އަހަރެންނަކަށް އޭނާގެ ނަމެއްވެސް ނޭނގެއެވެ. ނަމަވެސް އޭނާއަށް އަހަރެންގެ ނަންވެސް އެނގިއްޖެއެވެ. އަނެއްކާ އޭނާގެ ބޭނުމަކީ ކޮބައިބާއޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެންގެ ހިތަށް ވަންނަންފެށި ބިރުވެރި ޚިޔާލުތަކަކުން އަހަރެންގެ ހަމަޖެހުން ގެއްލިއްޖެއެވެ. ދާހިއްލާލީވެސް ބަސްބުނާހާ ހިނދުންނެވެ. ދުއްވައިގަންނަން ހިތަށްއެރި ނަމަވެސް އަހަރެންނަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނޭޅުނެވެ. ހީވީ ބިމުގައި ދެފައި ތަތްލާފައިވާހެންނެވެ. އިސާހިތަކު އެޒުވާނާ ހުރީ […]
“އޯކޭ އޯކޭ!!މިރޭ ކެއްކުން އޮތީ ބޯއީސްއަށް..މިރޭ އަޅުގަނޑުމެން ތިން ކުދިންނަކީ ގެސްޓުން” އުޝާ ވާހަކަ ދައްކަމުން އައިސް ސޯފާގައި އިށީންދެލިއިރު ހީވީ ކުރިން ދެކެވުނު ވާހަކައިގެ މައުޟޫ އޮޅުވާލުމުގެ ނިޔަތުގައި ވާހަކަ ދެއްކި ހެންނެވެ. އޭރު އުޝާގެ އަތުގެ އިޝާރާތަށް ދިމްރާއާއި ރީމްވެސް އުޝާގެ ކައިރީ ސޯފާގައި އިށީންދެއްޖެއެވެ. “އޯކޭ ޑަން! ހީކުރަނީތަ ފިރިހެނުންނަށް ވީމަ ކައްކަން ނޭނގޭނެކަމަށް..ވެއިޓް އެން ވޮޗް.ތިން ޝެފުންގެ ހުނަރުވެރިކަން މިރޭ ފެނިގެންދާނެ.. ތި މީހުން ކުޅުދިޔަވާނެހާ މީރު ކެއުމެއް ކާން ރެޑީވޭ” […]
ޝަނާޔާ ޖިއާންއާއި ދިމާއަށް ކޮށްޕާލުމަށްފަހު އޭތި ދިޔަ ނުދިޔަ ތަނެއް ނޭނގި ގެއްލުނެވެ. ޖިއާން ކުޑަކޮށް ގުދުވެލުމަށްފަހު އޭނާގެ ފައިބުޑަށް ވެއްޓެން އައި ޝަނާޔާގެ ދެކޮނޑުގައި ހިފަހައްޓާ ނެގިއެވެ.ޝަނާޔާ ކަޅިވެސްޖަހާ ނުލާ ޖިއާންއާއި ދިމާއަށް ބަލަމުންދިޔަ ގޮތުން ޖިއާންއަށް ކުޑަކޮށް އުނދަގޫ ވެގެން ކަރުކެހިލިއެވެ. ޝަނާޔާއަށް ހޭވެރިކަން ވީ ދެނެވެ.ނަމަވެސް ނުވާކަމަކަށް ހަދާލާފައި ޖިއާންއާއި ދުރަށް ޖެހިލަމުން އަނެއްކާވެސް ޖިއާންއަށް ބަލައިލިއެވެ.އެވަގުތު ޝަނާޔާގެ ކަރުން ލޭ ފައިބަމުން ދިޔަތަން ޖިއާންގެ ލޮލުގައި އަޅައިގަތެވެ.އޭނާގެ ހިތަށް ހީވީ ތޫނު […]
ލިޔުންތެރިންނާއި ކިޔުންތެރިންގެ ޚިޔާލުތައް ކޮމެންޓްގެ ޒަރީޔާއިން ހުށައަޅުއްވަމުން ގެންދެވުން އެދެމެވެ.
ޔުސްރާ ނިދަން ދިޔައިރުވެސް ވިސްނެނީ ދެން ކަންތައް ވާނެ ގޮތަކާ މެދުއެވެ. މުލައިލްމެންގެ ޓީމާ ގުޅުމަކީ މީހުން މަރަމުން އެގެންދާ މީހާ ހޯދުމަށްފަހު އެއީ ކާސިމް ތޯ ނޫނީ ޔުސްރާ ގެ ހިތުގައި އޮތް ޝައްކު ޔަގީނަށް ބަދަލު ކުރެވިދާނެ ކަމެއްކަމުގައި ޔުސްރާ ދެކުނެވެ. ފަތިހުގެ ފްލައިޓުން ފުރަން ޖެހޭތީ ދަބަސް ތައްޔާރު ކޮށްލުމަށްފަހު ޔުސްރާ ލޯމަރާލިއެވެ. ****** ފަތިހު ފަތިހާ ހޭލެވުނީ ކީއްވެކަމެއް ހުދު އަލާނިޔާއަކަށްވެސް ނޭންގެއެވެ. މިހާރަކަށް އައިސް ހުވަފެނުގައި އަބަދުވެސް ރޫ އޭ […]
ހަވީރުގެ ފިނި ވަގުތުގައި ކަނީރާގޭ ޓެރަސްމަތީ ހުރި މޭޒެއް ކައިރީ ތިން ކުދިން ލެޕްޓޮޕް ހުޅުވައިގެން އެއަށް ގެއްލިފައި އެތިބީ އައި ވަރަށް މުހިންމު އީ މެއިލް އެއް ކިޔާށެވެ. ތިން ކޮފީތަށި މޭޒުގެ އެއްފަރާތުގައި ހުރިއިރު އެންމެންވެސް ތިބީ އެ މެއިލް އަށް ގެއްލިފައެވެ. ޕްރިންސެސް އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. ވާތްފަރާތުން އެއްފަރާތް ކޮއްލާފައިވާ އިސްތަށިގަނޑު ފަހަތުން އަޑިއަށްވާ ގޮތައް ހުޅި ޖަހާ، ކަނާތްފަރާތުން ކުޑަކޮއް ވެއްޓިފައިވާ […]