ކުއްލިއަކަށް ވައިގަދަ ކޮށްލާ އޮއްސާލި ބޮޑުތިކި ވާރޭގެ ތެރެއިން ކުރިމަތިން ބާރު ސްޕީޑުގައި އައި ކާރެއް އެމީހުންގެ ކާރުގައި ޖެހި މުޅި ފަޒާ ގުގުމާލީ ޝަނާޔާގެ ހަޅޭކުގެ އަޑުންނެވެ.
(6މަސް ފަސް)
“ދަރިފުޅު ދެން ތިހެން ނުކައި ނުބޮއި އުޅުނީމަ މަންމަ ހިތަށް ހާދަ އަސަރު ކުރެޔޭ “.ފިރާޝާ މަސައްކަތް ކުރަމުން ދިޔައީ ޝަނާޔާއަށް ވިސްނައި ދެވޭތޯއެވެ.ނަމަވެސް ޝަނާޔާގެ ދިރިއުޅުމަށް ވަނީ އެ ހިނގާދިޔަ ނުރައްކާތެރި ޙާދިސާއިން ފޫ ނުބެއްދޭ ވަރުގެ ފުން ހިތާމައެއް ލިބިފައެވެ.އެދެމީހުންގެ ލޯބީގެ ފުރަތަމަ ނިޝާން މިދުނިޔެއަށް ނޭވާލުމުގެ ކުރިން ބީވެގެން ދިޔައިރު ލޯބީގައި ދެގޮތެއް ނުވެހުރި ފިރިމީހާވެސް އެދަނީ މަރާއި ހަނގުރާމަ ކުރަމުންނެވެ.ކޮންމެ ދުވަހެއްގެ އިރުއަރައި އޮއްސެނީ ޔާނިޢު ހަރަކާތެއް ކޮށްލާތޯ ހިތާއި ހިތުން ދުޢާ ކޮށްލަކޮށްލަ ހުއްޓައެވެ. ޔާނިޢު ކޯމާގައި އޮންނަތާ ހަމަސް ވެގެން ދިޔައިރުވެސް ޝަނާޔާ އެންމެ ފަހަރަކުވެސް ހިތްވަރު އެލުވައެއް ނުލައެވެ.
ޝަނާޔާގެ ކަމަކީ ޔާނިޢުގެ އިންތިޒާރުގައި ރޮއި ހިތާމަ ކުރުމެވެ.އޭނާގެ ހިތާމަތަކަށް ނިމުމެއްވެސް ނުވާ ކަހަލައެވެ.ދުވަސްތައް އެގޮތުގައި ފާއިތު ވަމުން ދިޔައެވެ.ނަމަވެސް ޔާނިޢު އާއި ނުލާ ކޮންމެ ދުވަކުޝަނާޔާ އެތައްހާސް މަރަކުން މަރުވެއެވެ.
ތަޤްދީރު ކުޅޭ ކުޅިގަނޑުގައި މިފަހަރުވެސް ޝަނާޔާ އުޅޭ ޙާލު ފެނި ކަރުނުން ފުރިފައިވަނީ ޖިއާންގެ ހިތެވެ.ކިތަންމެ ޝަނާޔާއާއި ދުރަށްދާން މަސައްކަތް ކުރިއަސް އޭނާ ހަމަ އެކަމުގައި ކާމިޔާބު ނުވަނީއެވެ.ޖިއާންގެ ހިތުގައި ޝަނާޔާދެކެ ލޯބިން ޖެހި ވިންދަކުން އޭނާގެ މުޅި ޙަޔާތް އެވަނީ ޝަނާޔާއަށްޓަކައި މިލްކު ކޮށްދީފައެވެ.ޝަނާޔާގެ ހިތުގައި އަޅާ ކޮންމެ ވޭނަކަށް އޭގެ ދެގުނަ ތަޙައްމަލް ކުރަމުން އެދަނީ ކެތްތެރިކަމުގެ ދެވަނަ މިސާލެއް ނެތް ގޮތުގައެވެ.
އެތެރެއަށް ވަދެގެން އައި ހުސްނާއަށް ދަރިފުޅު ކާއެއްޗެއް ނުކައިގެން އުޅޭތަން ފެނުމުން އޭނާގެ ހިތުގައިވެސް ރިއްސާލިއެވެ.އެދަރިފުޅަށް ތަޙައްމަލް ކުރަން ޖެހިފައިވާ ހިތްދަތިކަމެއް އެއްވެސް މީހަކަށް އަންދާޒާވެސް ކޮށްނުލެވޭނެކަން އޭނާވެސް ޤަބޫލު ކުރެއެވެ.ނަމަވެސް ﷲ އެއްވެސް އިންސާނަކަށް ނުއުފުއްލޭ ވަރުގެ ބުރައެއް ނުޖައްސަވާނެ ކަންވެސް އެއީ ޤަބޫލު ކުރަންޖެހޭ ތެދު ޙަޤީގަތެކެވެ.
ފިރާޝާއާއި ހުސްނާ ވަރަަށް އާދޭސްކޮށްގެން ޝަނާޔާ ކުޑައެތިކޮޅެއް ކާލިއެވެ.ލޯބިވާ ފިރިމީހާއާއި ނުލާ އޭނާގެ އުފާވެރި ޙަޔާތް ނިމުމަކަށް އައިސްފައިވާ ކަހަލައެވެ.ކާއެއްޗެއް އަރުން އެތެރެ ވާވަރަށްވުރެ އޭނާގެ ހިތާއި ސިކުނޑީގައި އަޅައި ވޭން މާބޮޑެވެ.ޔާނިޢު އަކީ ދުނިޔޭގައި އޮތަސް ހަމައެކަނި ފުރާނަހުރި މަސްގަނޑެއް ފަދައެވެ.އެއްވެސް ހަރަކާތެއް ނެތިފައިވާ ލޯބިވާ ފިރިމީހާގެ ލޮލުން ފައިބާ ކަރުނަ އޭނާގެ އަތުން އެތައްފަހަރަކު ފޮހެދޭއިރު ޔާނިޢުގެ ލޯބިން ވިންދު ޖަހަމުން އެދާ އޭނާގެ ހިތަށް ކުރާ އަސަރަކުން ޝަނާޔާގެ ހުރިހާ ހިތްވަރެއް ނެތިކޮށްލާ ދެލޯ ކަރުނުން ތެންމާލައެވެ.
ފެންވަރައިގެން ބޮލުގައި ތުވާލި އޮޅާލައިގެން ފާޚާނައިން ނިކުތް ޝަނާޔާއަށް އެނދުން ވެއްޓިފައިވާ ޔާނިޢު ފެނި ދޮވެފައި ކަހަަލަ ގޮތަކަށް ގޮސް ޔާނިޢުގެ ބޯނަގާ އޭނާގެ އުނގަށްލަމުން އަޑަށްލެވުނުހާ ބާރެއް ލާފައި މަންމައަށާއި ބައްޕައަށް ގޮވާލެވުނުއިރު ބިރާއި ހިތާމަ އެކުވެގެން އޭނާގެ ދެލޯ ކަރުންފުރުނެވެ.އޭރު މުޅި ކޮޓަރިތެރެއިން އިވެމުންދަނީ ޔާނިޢުގެ ހަށިގަނޑަށް ގުޅާފައިވާ މެޝިން ތަކުން ،’ޓީޓީ’ގެ އަޑެވެ.ޝަނާޔާ ރޮމުން ރޮމުން ޔާނިޢުއަށް ގޮވަމުން ދިޔައީ ހަމަ އެންމެ ފަހަރަކުވެސް ދެލޯ ހުޅުވާލުމަށެވެ.އޭނާ މިއޮއް ހުރިހާ ދުވަހު ޔާނިޢުއަށްޓަކައި ކުރި އިންތިޒާރު ނިމުމަކަށް ގެނެސްދީ އޭނާގެ މިލާފައިވާ ޙަޔާތަށް އެނބުރި އައުމަށް އެދި ރޮއިރޮއި ކުރެހިފައިވާ އަޑަކުން އާދޭސްކުރަމުންދިޔައެވެ.
ނަމަވެސް ފިރާޝާއަށް ދުވެފައި އައިސް ކޮޓަރިއަށް ވަދެވުނު އިރު ލޯބިވާ ދަރިފުޅުވަނީ މިދުނިޔެއާއި އަލްވަދާޢު ކިޔާ އެމީހުންނާއި މާދުރަށް ގޮސްފައެވެ.އޭރުވެސް ދުނިޔެއިން މޮޔަވެފައިވާ މީހަކު ފަދައިން ޝަނާޔާ ޔާނިޢު އަށް ގޮވަމުން ދިޔައެވެ.ފިރާޝާއަށް ރޮއިގަނެފައި އަނގަމަތީ އަތްއަޅާ ހުރިތަނަށް ތިރިވެވުނީ ދަރިފުޅުގެ އެ ކުއްލި ވަކިވުމުން ހިތަށް ކެތްނުކުރެވިގެންނެވެ.އެހާ ޅައުމުރުގައި ހުރި ހަމައެކަނި ދަރިފުޅު ވަކިވެގެން އެދިޔައީ އޭނާގެ ދުނިޔެ އަނދިރި ކޮށްލާފައެވެ.އެހާ އަޚްލާގު ރަނގަޅު ހެޔޮލަފާ ދަރިއަކު ބީވުމުން އެމަންމަގެ ހިތްވެސް އެވަނީ ކަތިލެވިފައެވެ.ނަމަވެސް މިއަދު ނޫނީ މާދަމާ،ކޮންމެ ފުރާނައެއްވެސް މަރުގެ ރަހަ ދެކޭނެކަން ގައިމެވެ.
ޔާނިޢުގެ މަރަށް މަސްދުވަސް ވެގެން ދިޔައިރުވެސް ޝަނާޔާގެ ހިތް ރޮއްވަމުން ދިޔައީ ލޯބިވާ ފިރިމީހާގެ ހަނދާން ތަކުންނެވެ.އޭނާގެ އުނގުގައި ބޯއަޅައިގެން އޮވެ ޔާނިޢު ކުއްލިއަކަށް ދޫކޮށްލި ފަހުނޭވާ ޝަނާޔާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.އިންސާނަކަށް ވެ ހުރެ ޝަނާޔާ ކުރިމަތިލާން ޖެހިފައި އެވަނީ ހާދަ ވޭނަކާއެވެ.
ލޯބިވާ ދަރިފުޅުގެ ހިތްދަތިކަމުން ފުރިފައިވާ ދިރިއުޅުމާއި ދޭތެރޭ ވިސްނާ ވިސްނާ ހުސްނާވެސް ހުންނަނީ ސިކުނޑި ސުމަކަށް ގޮސްފައެވެ.ޔާނިޢުގެ މަރަށްފަހު އެ ދަރިފުޅުގެ މޫނުމަތިން ހިނިތުންވުމެއް ފެނުނު ދުވަހެއް އޭނާގެ ހަނދާނުގައިވެސް ނެތެވެ.ފިރާޝާމެން ކިތަންމެ ރަނގަޅަސް ޔާނިޢު އާއިއެކު ޝަނާޔާއާއި އެގެއާއި އެކު ވާގުޅުންވެސް ނެތި ދިޔުމުން ހުސްނާގެ އެދުމަަށް ޝަނާޔާ ގެއަށް ބަދަލުވީއެވެ.ނަމަވެސް އެ ދަރިފުޅު އެ ކުރާ ހިތާމަތައް ދެކެން އެމަންމައަށް ކެތްވަނީކީވެސް ނޫނެވެ.ޔާނިޢު ފަދަ އޯގާތެރި ބައިވެރިއަކު ޝަނާޔާގެ ދިރިއުޅުމަށް އެއައީ ދެދުވަހެއްގެ މުސާފިރެއްގެ ގޮތުގައެވެ.ދަރުފުޅުގެ ބަދުނަސީބު ކަމާއި ހުރެ ހުސްނާއަށް ގިސްލަގިސްލާފައި ރޮވެމުން ދިޔައެވެ.އޭނާގެ މައި ލަގޮނޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ.
ކާކޮޓަރިން ފެން ފުޅިއެއް ހިފައިގެން ނިކުތް ޝަނާޔާއަށް އެއްޗެއް ވެއްޓުނު އަޑަށް ދުވެފައި ގޮސް މަންމަ ކޮޓަރިއަށް ވަދެވުނުއިރު މޭގައި އަތް އަޅައިގެން ޓައިލްސްތައްމަތީ އިސްތިރިކުރާ މޭޒު ދަށުވެފައި އޮތް ހުސްނާ ފެނުމުން އަވަހަށް ގޮސް މޭޒުނަގައި ހާސްކަމާއިއެކު މަންމައަށް ގޮވަން ފެށިއެވެ.ހުސްނާގެ ރޮއިރޮއި ރަތްވެފައިވާ ދެލޮލުން ވަރުބަލި ކަމާއިއެކު ދަރިފުޅަށް ލޯތްބާއި ހިތާމައިން ފުރިފައިވާ ބެލުމަކުން ބަލައިލިކަން އެނގުނެވެ.ނަމަވެސް އެ ޙަރަކާތާއިއެކު އެމަންމަވެސް ޝަނާޔާ ދޫކޮށް ދިޔުންވީ ޝަނާޔާއަށް ކެތްވާވަރުގެ ހިތާމައަކަށް ނޫނެވެ.ޔާނިޢު ފަދައިން މަންމަވެސް އޭނާ މިދުނިޔޭގެ ހިތާމަތަކާއި ކުރިމަތިލާން އެކަނި ޙާލަށް ދޫކޮށްލީއެވެ.
މަންމަ ގައިގައި އޮޅުލައިގަނެގެން އިނދެ އަޑުން އަޑުނަގައި ރޮމުންދިޔަ ޝަނާޔާއަށް ކަރުއަނބުރާ ބަލައިލެވުނީ މީހަކު އޭނާގެ ކޮނޑުގައި އަތް އަޅާލުމުންނެވެ.ފުރަގަހުގައި ހުރި ޖިއާން ފެނުމުން ޝަނާޔާގެ ރުއިމުގެ އަޑު ވަކިން ބާރުވިއެވެ.ޖިއާންގެ މޫނުމަތިންވެސް ފައުޅުވަމުން ދިޔައީ ހިތާމައާއި ހިތްދަތި ކަމެވެ.ޝަނާޔާ އެވަރަށް ރޯ މަންޒަރު ބަލަން ކެތްކުރާހާ ހިތްވަރު އޭނާގެ ގައިގަވެސް ނެތީއެވެ.އޭނާ އެހާ ލޯބިވާ ކުއްޖަކު އެހާލަށް ދޫކޮށްލަން އޭނާގެ ޟަމީރު އެއްބަސްވެސް ނުވަނީއެވެ.ޝަނާޔާގެ އުފަލަށް ޓަކައި އޭނާ ކިހާ ދުވަހަކު ދުރުގައި ހުރެއްޖެ ހެއްޔެވެ؟.އެކަމަކު ދެން އިތުރަކަށް ކެތްތެރިކަން ދައްކާނެހާ ބާރެއް އޭނާގެ ހިތަކު ނެތެވެ.
މަންމަ ނަގައިގަނެގެން ގެންގޮސް އެނދުގައި ބޭއްވުމަށްފަހު މޫނުގައި އަތްއަޅައިލަމުން އެއްކޮށް ނުލެއްޕިވާ އެސްފިޔަތައް ލައްޕާލުމަށްފަހު ޝަނާޔާ ގެނެސް އޭނާގެ އަތުތެރެއަށް ލީ ދެންއިތުރު އެއްވެސް ހިތާމައަކަށް ޝަނާޔާއާއި ވައިވެސް ނޭޅެވޭނެއޭ ބުނާ ފަދަ އަކުންނެވެ.ޔާނިޢުގެ އަތުތެރޭގައި ހުރެ ޝަނާޔާ ހިތް ފުރެންދެން ރޮމުންދިޔައީ މަންމަގެ އުނިކަން އޭނާގެ ދިރިއުޅުމުން އިހްސާސް ވާނެވަރު ހިތަށް އަރައިފައެވެ.އެމަންމަ ދުނިޔެ ދޫކޮށް އެދިޔައީ އޭނާ ކުރަމުންދާ ހިތާމަތަކަށް ކެތް ނުކުރެވިގެން ކަން ގައިމެވެ.ޝަނާޔާއަށް ހިތުގަ ޖެހިޖެހިފައި ރޮވެމުން ދިޔައިރު އޭނާއަށް ކެތްތެރިވުމަށް ހިތްވަރުދެމުން ޖިއާން ޝަނާޔާގެ ބޮލުގައި ފިރުމަމުން ދިޔައެވެ.
މަންމަ ވަޅުލައި ހުރިހާކަމެއް ނިމުނު އިރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ.ހުރިހާ ކަމެއްގައިވެސް އެންމެ އިސްކޮށް އުޅުނީ ޝާހިދުއެވެ.ޝަނާޔާ އެގެއަށް ގެންދަން ފިރާޝާއާއި ޝާހިދު ވަރަށް މަސައްކަތްކުރިއެވެ.ނަމަވެސް ޔާނިޢު ނެތް ދުނިޔެ އެއްގައި އެމީހުންނަށް ހުރި ބުރައަކަށް ވާކަށް އޭނާ ނޭދެއެވެ.އެހެން ނޫނަސް ޝަނާޔާ ފެންނަ ކޮންމެ ފަހަރަކު ފިރާޝާގެ ދެލޯ ކަރުނުން ފޯކޮށްލަނީ ޔާނިޢުގެ ހަނދާންތައް ހަތަރު ފަރާތުން ވަށާލާތީކަން އޭނާއަށް އެނގެއެވެ.
ކޮޓަރީގައި އެކަނިމައި އެކަނި ރޯލަރޯލާ އޮތް ޝަނާޔާއަށް ކުރިމަތީގައި ހުރި ޖިއާން ފެނުމުން ކަރުނަތައް ފޮހެލަމުން ތެދުވެ އެނދުގައި އިށީނދެލިއެވެ.ޖިއާން މަޑު ހިނގުމެއްގައި އައިސް ޝަނާޔާގެ ކުރިމައްޗަށް ހުއްޓުމަށްފަހު ބުނެލި އެއްޗަކުން ޝަނާޔާއަށް ދެލޯ ބޮޑުކޮށްލާފައި ޖިއާންއަށް ބަލައިލެވުނެވެ.”އާނ..އަހަރެން މި އައީ ޝަނާ ބަލައި…އަހަންނަކަށް ޝަނާ ތިހާލަށް ހިތާމަތަކުގައި ވާކަށް ދުލެއް ނުކޮށްލެވޭނެ…އަހަރެންދެކެ ޝަނާ ވީ ލޯބީގެ ޙައްޤުގައި ނަމަވެސް އަހަންނާއެކު ހިނގާ..އަހަންނަށް ޔަޤީން ޔާނިޢުވެސް ޝަނާ ތިހާލުގައި ނިމިދާކަށް ނޭދޭނެ…”.
ޝަނާޔާއަށް ލިބުނު ހައިރާން ކަމުގައި ޖިއާންއަށް ބަލަހައްޓައިގެން އިނދެވުނީއެވެ.ޖިއާންވެސް އޭނާދެކެ އެވަނީ ހާދަ ލޯތްބެކެވެ. އޭނާ ޖިއާންގެ ލޯތްބަށް ފުރަގަސްދީ ޔާނިޢު އާއިއެކު އެހާ އުފަލުން އުޅުނު އިރުވެސް ޖިއާންގެ ހިތުގައި އޭނާއަށްޓަކައި ވާ ލޯތްބަށް ހަމަ ކުޑަވެސް ބަދަލެއް ނައީހެއްޔެވެ؟ޖިއާންގެ މޭގައި އެވަނީ ކޮންފަދަ ބޮޑު ހިތެއް ހެއްޔެވެ؟ލޯބީގައި ޝަނާޔާ ނިންމި ނިންމުމުގައި ތިންފަހަރުމަތިން އެހިތް ބާކީކޮށްލީމަވެސް އޭނާައަށްޓަކައި އެހިތުގައި އަދިވެސް ހަމަ ވިންދު ޖެހުން ހުއްޓާ ނުލަނީ ހެއްޔެވެ؟
ދުނިޔޭގެ އެއްވެސް ފަރުވާލެއް ނެތި ޝަނާޔާ ޖިއާންއާއި އެކު ދިޔުމަށް ނިންމީ މިއަދާ ހަމައަށްވެސް ޖިއާން ޝަނާޔާގެ ލޯބީގައި ވަމުން އެއައި ގުރުބާނީގެ ބަދަލު ޖިއާންއަށް ޙައްޤުވާތީއެވެ.އެހެން ނޫނަސް މިހާރު މިދުނިޔެއަކު ޝަނާޔާ ނެތިގެން އަސަރު ކުރާނެ ހިތެއްވެސް ނެތީތީއެވެ.
ޖިންނީންގެ ދުނިޔެއިން ޝަނާޔާއަށް ޖިއާންގެ މަންމަ ކީ މަރުޙަބާއިން ހުސްނާގެ އޯގާތެރި ލޯބީގެ ހަނދާންތައް އައުވެގެން ދިޔައެވެ.އަދި އެ ދެލޯ ފުރިގެން އައީ އެމަންމަ އޭނާގެ ގާތުގައި ވުމަށް އެދެވުނު ވަރުންނެވެ.ޒިންނީރާ ނުހަނު ލޯބިން ޝަނާޔާގެ ކަރުނަތައް ފޮހެލައި ދެމުން ނުރޯށޭބުނެ ލޯބިން ޝަނާޔާގެ ނިތްކުރީގައި ބޮސްދިނެވެ.އަދި މިއަދުން ފެށިގެން ތީ މަގޭ ލޮލުގެ ނޫރުފަދަ ޖިއާންގެ ފިނިފެންމަލެއްފަދަ ރީތި އަނބިމީހާ އޭ ބުންޏެވެ.ޒިންނީރާގެ އޯގާތެރިކަމުން އޭނާގެ ހިތާމަތަށް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ފޮހެވުނު ކަހަލައެވެ.ޖިއާންގެ އަނބިމީހާގެ ލަގަބު ލިބުމުން ޝަނާޔާގެ މަރުވެފައިވާ މޫނުމައްޗަށް ދިރުން ލިބުނު ކަހަލައެވެ.އޭނާގެ ތުންފަތް މައްޗަށް ވެރިވެގެންދިޔަ ލަދުރަކި ހިނިތުންވުމުން އެ މޫނުމަތި އުޖާލާ ވެގެންދިޔައެވެ.އެގޮތުގައި ތިންއަހަރު ވޭތިވެގެން ދިޔައިރު ޝަނާޔާއާއި ޖިއާންގެ ލޯބީގެ ޙަޔާތަށް އެޅިގެން ދިޔަ އެތަށް ބޮޅުތަކަކުން އެޙަޔާތް އިތުރަށް އުފާވެރިކަމުން ފުރެމުން ދިޔައެވެ.
ޝަނާޔާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ގަނޑުވަރުގެ ދޮރުކޮޅު ހުޅުވާލިއިރު އެ މޫނުމަތީގައި ވާ އުފާވެރި ކަމަކުން ކުރިއަށްވުރެވެސް އޭނާގެ ރީތިކަން އިތުރުވެފައި ވާހެން ހީވެއެވެ.އޭނާ ލާފައި ހުރި ހުދުކުލައިގެ ދިގުހެދުމުގެ ފަސްބައިގައިވާ ލޭސްގަނޑު އެތަށް ފޫޓަކަށް ފެތުރިފައި ވާއިރު ބަލަައިލާ މީހަކަށްއޭނާ ސިފަވާނީ ތަޚްތެއްގެ ރާނީއަކު ފަދައިންނެވެ.އާނއެކެވެ.އޭނާއަކީ އެގަނޑުވަރުގެވެސް އަދި ޖިއާންގެ ހިތުގެވެސް ރާނީއެވެ.
ދުވެފައި އައިސް ޝަނާޔާގެ އަތުތެރެއަށް ވަތް ދެއަހަރުގެ ކުޑަކުޑަ ޖަންނަތު ފެނި ޝަނާޔާގެ މޫނުމަތީގައި ވީ ހިނިތުންވުން އިތުރަށް ފުޅާ ވެގެންދިޔައެވެ.ދަރިފުޅުގެ ފަހަތުން ޖިއާންވެސް އައިސް ޝަނާޔާގެ ކުރިމަތީގައި ހުއްޓުނެވެ.އަދި ވަރަށް ލޯބިން ޝަނާޔާގެ ނިތްކުރީގައި ބޮސް ދިނުމަށްފަހު އެދެމީހުންގެ މަލެއްފަދަ ލޯބިލޯބި ކުޑަކުޑަ ފުރާނަ އުރާލައިގެން ޝަނާޔާގެ އުނަގަނޑުގައި އެއްފަރާތުން އަތް އަޅައިލައިގެން ގޮސް އެތެރެއަށް ވަނެވެ.ޖިއާންއާއި ޝަނާޔާގެ ލޯބިން ފޮޅުނު ޖަންނަތު އެދެމީހުން ޙަޔާތަށް ބަހާރު މޫސުމް ގެނެސްދީފިއެވެ.
**ނިމުނީ**
(މިވާހަކަ ގެނެސްދިނުމަށް ހުރިހާ ކިޔުންތެރިންގެ ފަރާތުން ކޮމެންޓާއި،ލައިކް ގެ ސިފައިގައި ލިބުނު ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!)
180 Comments!
Comments are closed.





yey mi first dho
Thanx for waitingg
I am so jealous of u btw stry is awsmmm
Awwh..thanx reen
Ma first dho. Adhi nuves kiyan. Thank u noor.
Wc shan
Yes
yeyyyy 2 nd dhw… vvvvvvvobi… salhi
Thanx dear
Ehves reecheh noon yaaniu maruveema
Sorry to dissapoint u
Ehvx reehcheh noon.. insaanakaa jinni akaa gulhuvey tha.. ahchee.. yaaniu vx maraalee.. husnaa vx.. pis pis.. boahalaaku.. mikahala ninmun meehun ninmaatha.. ma hama kos vejje.. chee..
Ebunaahen
Jinni akaa insi eh e gulhuvee.
Mi in midhenee goas message eh
Sorry to disappoint u..but mee hama khiyaalee vaahakaeh
wow… nice cute lovely… hama angain bas hutifa. mi story nice kamun. new story eh dhen kiyaalan libeynee kon irakun tha????
Thanx Aarny…adhi nenge dear
Storyy nice.. ekm yaaniu maru veema varah dhera vejje.. ehvx varakah hiyeh nukuran jiaan kahala jinni akah gulheyne kamakah.. hehe.. ekm aslu v v salhi storyy… ?
Mee jinni story ehvyma egothah ending mi genaee…anyways. thanx
Ma sha allah…vaahaka vv reethi….ehen vaahaka eh kiyaalan libeyne kamuge ummeedhuga hurin….
Thanx Azu..hopefully
Wow.. mivareh neiyy… jinni akaa gulhunyma v v v reethi.. omg… reethi kamun bas huhtifa… lol.. just kidding… ehvx reehcheh noon.. cheedi.. story nice ekm ninmun chee.. yak.. jinni akaa.. lol.. kada vaane.. ??
Copying me not good
Kada vaane ah bunelan beynunvany hama eggothakahves kadaeh nuveyey..n hurihaa readers beynun vaagothah ending aumaky vaanekameh noon..
egolaa mihaaru hunnaanee vrh kataafa dho noor… hahahaa.. btw story habeys ingey…
Aslu evves meehaku rulhi anna kahala echcheh bunaakah beynumeh noon.but v put so much effort to bring even one part of the story..even if u dnt like the story also u can express ur views with manners..
sabahey mee hiyaalee vahaka ekey reethi mivahaka ekamu aaniu maruveema kada
Thanx dear…n sorry to disappoint u..
alhey yaaniu hama maraalynu … huh.. ekam ves v reethi mi story … waiting 4 next story <3
Thanx naju
A very unexpected ending,
And Shanaya living with Jinns. Anyhow thanks for this lovely story. I really enjoyed reading , but I didn’t expect yaaniu and mom to die.. goodluck
Thanx Subaa
Nice mi ninmun vx ekm I thought Jian sacrifice vegen yaaniu aa shanaya kamah eky ulheyny.. Accident vy iru vx me hykury. Jian sacrifice vegen e dhemyhun salaamai kurany ey.. But this ending is also very different and nice.. Keep up. Waiting for another story from you
Thanx Lim.
Yaniu maraly kyvetha ..alhey …n jinniaka insiakah marry thikuruvy . .n kuhliakah 2 y ge kuhjeh kihineh libny .. btw nice n hykuran noorge ehn stry eh kiyaln libeyne kmah
Thanx Rau.n after marrying 3yrs they got a 2yr baby..its written dear..
Alhey kihineh thi ninmaalee. Vaahka kithanmehaa ves rythi. Ekamu dho ninmun ninmaafa in goeh.. Eoh lobi yaniu ves maraalee. V dhera.. Hiyaalee vaahaka eh vyma mihen vedhaane but hageegathah ves jinninge dhunie ah dheveybaa ey.. Dhn yaniuge mamma menves sanaya eh nuhoadhaatha.
Thanx Yailee..hoadhaane..but jian ekkoh dhiya hisaa shana ge e life dhakkaafa inyma ebai naee
Kobaitha yaaniu aa shanà ge dharifulhu..shanaya preg viennu.
Yaaniu nd shanaya ge baby maruvi vaahaka liyefa othenu..ragalha stry nukiyaa suvaal kurany
Thanx for the comment both of u
hama heekuri gotha mivii… vaahaka feshigen ves ehaa hama nujehe… ehen v ma mivaruge vaahaka ehge nimun ves onaanii hamanujehe gothakanu… I’m not kidding. Vaahaka kamaku nudhei…
Vaahaka feshigen nimendhen kiyaalyma varah ufaavejje. N let me tell u…im also no different frm u..so its not possible to meet each n every readers expectations..
Nice story…..
Thanx Zee
Kobaatha jian aai hedhi ulhu jinni.. Ejinni ah ves v gotheh neynge.. Adhi yaniu mamma nuhoadhaatha sanaya eh sanaya gehligenneh noolheytha. Vaahaka kithanme haa ves rythi ekamu mi suvaaluthakuge javaabu nulibi vaahaka nimuny adhi eves jinni akah libigen…
Thanx dear.gelligen ulheyne..but shanaayaa e life ah dhiyaeema ebai nugenaee..n mee jinni vaahakaeh veema jinni ah elibuny…n mee hama khiyaalee vaahakaeh..dhen jian aa hedhi ulhun jinni ge mathin handhaanves nethuny..mistake balaigannaane kamah heekuran..
Aslu vaahaka varah reethi ekam nimun gothun meeni katu vefa
Thanx Shai..n v.dheravejje beynunvi gothah nimun nugenesdhevunyma..
Yaaniu Maraalee Kyhkurantha ..? ?
Sorry dear
Mi 1st v reethinimun enmebeybun gothah thi ninmaalee adhives noor ge reethi story ehge inthixaar ga….thanx noor
Thanx lily
Story varah unique ???
Thanx dear
Jiaan aki muslim jinnieh ves nun. muslim jinni ge sifa huthuru nuvaane. ekam ves yaaniu maraalaafa jinni akaa ae gulhuvee. vaahaka furihama vees yaniu maraa nulinama. vaeah vai ninmun.
Sorry to disappoint u dear..mee hama khiyaalee vaahakaeh jinnieh insaanehge loabi kaamiyaabu kuri gothuge…
Haadha reehchey ninmungadaa ehchihi. V.nice story. Good job.
Thanx dear
V fahun mi story kiyan feshyvx…vaahaka kiyamun dhiyairu v kamudhey kuriyah dhiya gothaamedhu…bt end v hadi…yaaniu n shanaaya maa bodahvx gulhey…yaaniu maraa nulaa jian e dhemeehun ge life in dhurah fonuvaalinama it would be a nice ending…anyway noor ge ithuru story akah inthizaaru kuran…
Dhen mifaharu veegoiy dhw..thanx dear
Esfiyain mihaareethi nimumeh ai story eh adhi nukiyan v salhi…luv u noor
Thanx soanoo
Mivaahaka varah reethi koh genesdhemun aiee. But ninmaali goy kamaku nudhey. There was nothing real.
Mee hama khiyaalee vaahakeh dear
Nimeynee dho. Ithuru vaahaka eh annaane kamah inthizaaru kuran. Meethi v. Salhi.
Thanx dear
Noor mi story vv reethi keep it up.hiyaalee vahaka aky beynun gothakah liyeveyne echeh.vahakaga vaa komme kameh hagygathakah vaakah nujehey.kiyaameehun beynun vaha gothakahnun story nimman jeheynyky.moyaan thakehtha comment mikurany..amilla meehunge galhikan furathama visnala ehn meehunge stories ah achi kiyaairu..d grade kan…
Thanx Hau.haters will hate..y waste time on them…
alhe dhn hama mi nimunytha? noor ge ehn vaahakaeh avas musthagubalehga kiyan libeyne kamh heekuran.. vaahaka vv reethi..
THANKS DEAR
Mi storyge ninmunvx v v reethi .. aslu ninmun hadi kamah e bunaameehun e ulheny reethikamun j vegen .. alhanula noor .. aslu jinni storyrhga real life aa ehgoi nuvaanekan gabool kuran v r meehun .. keep it up noor .. n thanks for the story??
Thanx Ridhi
Story akee kiyuntherin liyaa ehcheh noon. Story liyaa meehaa ah ending gennan vaa gotheh engeynee. Enmen hinhama jehey gothakah nuliyeveyne ekakah ves. Keep going noor. Ur story is awesome. Waiting for ur next story. Unmmeedhu kuran anehkkaaves biruveri story eh genesdheyne kamah. And avahah upkohlladhineema varah bodah thanks.
Thanx Princess Yaa..love ur comment.
Story v v reethi .. jinni vahakaehga mi varuge reethi ninmumeh nudheken.. thanks dear noor❤❤❤
Thanx Ham..happy to hear that
Wow. Nice story. Mivaru reethi vaahakaeh adhi nukiye. Thanks fur the beautiful story dear
Thanx Sheen.sweet words dear
Mivaruge reethi story eh adhi nukiye.. thanks noor..??
Thanx Faree.varah ufaavejje..
Vv.reethi vaahakaeh minimuneee. Vaahaka feshuneessure nimendhenves vv.furihama. waiting for ur next story dear noor
Thanx Shanaya..ur comment is so cute dear..in sha allah after Ramxaan.
Heekuri gotha dho mi v ? Shanaya nd jiaan gulhuneema vara ufaa vehje..stry ge nimune vara reethi…Waiting for your another story ❤
Thanx Rainy princess..happy to c ur comment..
Kiyaahithun indha thi ninmaalee. Noorah bunelan othee haadha reethi vaahakaekey . Thi gothugai kuriyahdhaashey.
Thanx michle…v.happy to know that..
V.furihama vaahakaeh. V.reethi. thanks noir
Thanx for the lovely comment dear
nice ending hope kuran varah avahah new story eh kiyaalan libaynekamah thankx ??
Thanx nux..love ur comment dear
Nice, varah thafaathu story eh, new story akah inthizaaru kuran..????
Thanx Eeny..hopefully
Oops ..neyguny ingey noor …v beynun nooruge frndakah vaan can i
Rau Y not..i wud love to..
Kon irakun dhen noor ge ehen stry eh fenaany……v.reethi ninmun
Thanx @I..hopefully after Ramzaan…
Story feshubissurevs v reethi. BT ninmaliir kihineh mivy. Kamunudhanieh noon ekm yaniu n shanaya gulhuvafa Jinan ah konmes Ehen jinnieh hodhadhin nama maa rythivyshen heevey. Hope 2 c your new story
Thanx cenhi..aslu vaahaka feshunyves shanaayaa ah jinni jian dheke loabi vevumun…….anyways happy to c ur comment dear..
Mi part ga yaaniu died vi fahun ves shanaya yaaniuge athuthereyga indhe roifa eba in ….ethankolhu ekani mashah faahanga v ehen noony hurihaa ibaaraatheh ves v reethi…intresting…waiting ur another story…❤️?
Even i noticed that dear..it was a mistake. Happy to c ur comment Ana.
ma v like ve story ye mee. v v v salhe. hama habeys eingeyyy noor.????????
Thanx for the lovely comment yaakko
Vaahaka nimunu iru ves dhn huri jinni ah v gothe neygunu..
Aslu ebai miss vefa einy…next time will try to avoid such mistakes dear..
Lol.. i didn’t mean to copyy yuhh… and noor.. aslu v v v bodah sorryy… egothah comment kurevunyma.. aslu story v nice ekm yaaniu maru v ma dhera vegen goss ehn kiyunyy.. sorry dear.. aslu story liyan noor v molhu.. ending me ah kamu nidhiya vaahaka aslu bunelyy… aslu average koh story habeys.. sorry once again.. hope to see yur new story soon..
Its ok dear..aslu story thihaa interestaa eku nimumaa hama ah kiyaaleema varah ufaavejje…n nimun Ramee unmeedhu kuri gothah nugenes dhevuneema sorryy..
Khiyaaly vaahaka eh ga gaboolu nukurevey kanthah thakuge vaahaka liyeveynetha?
Nuliyeveyne kameh engifaeh nei dear..
Warah warah reethi ???❤️
Thanx jummu..hapy to c ur comment dear
Yap I used to read each and evry part but I just commented?❤️
And your welcome ❤️❤️
Yeah I used to read each and every part
But I just commented ?❤️ Your most welcome ❤️
?????
Scul ga vaahaka liyaairu gaboolu kurevey kanthahthakuge mahchah vaahaka liyan bunefa onani…ehenve hama ahaaly…nd vaahaka rythi ekm ninmun hyvani v avas aruvaalaafahen…aslu mi ah vure rythi ninmumeh geneveyne
Thanx sama..but mi faharu veegoiy dhw..next time will try to bring something real..
Varah ReethI, kobaa jiyaan aa hedhi ulhunu jinni…
Thanx dear…i missed that part..mistake balaigannaane kamah ummeedhu kuran
vvvv reethi
Thanx Maree..
V v reethi… Bunelan othy mee story haadha reechey.. Ekam story nimuniima vara dheravi..
NOOR god bless you all ves..
Inshaa Allah…
Happy to c ur lovely comment Sheni..
Varah hadi nimmun. Hw can a human live in jinni ge dhuniyeyga.
Sorry to disappoint u Kudaa..next time will try to bring somethn real..
It’s possible kudaa
v v v v v v v reethi waahaka eh mee.. aslu adhives mi vaahaka nunimmaa kuriyah gendhaane nama ey hithah araa..mee mi site ga hud gavaidhun kiyaa hama ekani waahaka. noor you are v talented. goodluck. adhi mikahala stories liyahchey..
Happy to know that u liked my story that much. Thanx HUD.
ur most wc noor.. 🙂
Hama vrah hadi mi vaahaka geri bakari aa insaanun gulhun hingeema dharin libeytha. Insaanun naa jinnin ufahdhavaafai vanee thafaath dhe naslakun ehenveema e akun dharin ufan nuvaane.mikahala vaahaka liyaa meehun nah faafa vaane
I didnt have any wrong intention dear..n faafaverinnaky kobaa kan dhenevodigen vany hamaekani Maai.Allah..
vrh late vejeh rwply dheyn bdss ekam mi massage fenifaa hithah erybunanamey… alhugadaa jinni avalaigen ulhunu iru jinni akaa insiakaa dhenasleh kamaku dharin libey nd they have there own world…so before. You say somethink think about it ……u ehen meehakaa ehen govumaakee meeha anehhkaa kufuruvany kan neyngeytha…keerithi quraan ga vess eboy jinni vaahaka emyhunge vess dhari faakolhu vaa vaahaka … ezmaanuga vess jinni naaa insinge gulhun vaakan
nd faafa libey nulivey kada elhigen bunnan thee kaaku…meehaa dheenun beyru vaa iru vess neyngeytha
Vara reethi mivaahaka .. Bt jinni akaa insiakaagulhuneema v dhera
Happy to c ur comment dear..next time will bring somthn different..in sha allah
Mi vaahaka varah reethi but nimun ehaa reehcheh noon.. I hope miah vureh reethi vaahaka eh genesdheyne kamma..
Happy to c ur comment Serious..dhen mifaharu veegoiy dhw.. hopefully will b back again….
Nice
Thanx dear
Alhe nimuny dww.. So sad..stry totally v v reethi hama… Keep it up my dearr..n hope kuran n inthixaaru kuran noor ge stry eh varah avahah kiyaalan libeyne kamah..ingey dearr??
Thanx dear..
Varah reethi ninmun.. Noor ge ithuru story eh kiyaalan libeynekameh unmeedhu kuran..
Thanx dear…love ur comment
Mi vaahaka v v reethi. Nimun ves varah reethi. jinni vaahaka eh veema jinna aa gulhigen n imunyma hama reethi vaany ves. Jiaan shanaaya dheke vee thedhuveri loabeege badhalu jiaan ah libijje 🙂
Noor ge ehen vaahaka akah inthizaaru kuran.
Keep it up Noor 🙂
Thanx for the lovely comment..
Nimum V reethi yaaniu maruvun eymivaahakaige emme maslahathu ragalhu goh mihaaru yaaniuahvves adhi moahvves kureveyne shakuvaa ehneh dhelobiveringe hayaathsh bahaaru moosun genesdhee fa vaahaka nimmaali kamattakaa Noor ah thanks????????❤❤❤?
Thanx dear..happy to know that
Mivaahakaige nimun Vvvree thi emme reethi yaaniuge maru mihaaru yaaniu shanaa ge momge evves shakuvaaeh neh jiaan shanaage dhuniye Vvv salhi vaahakaige emme maslahathu raglhakah dhemeehun maruvun emmeh salhee thanks Noor ?❤❤???
Awwwhhh..im so happy to know that u liked my story that much..thanx dear..
Alhe yaniu hama maruveeenu? ekamuvx reethi story .??
Thanx Axoo.
Kihineh frndakah vany vs ..no information abt u noor …i dnt have ure phn no n fb id also dhn how ..can u send mi youra phn no r fb id
Bt i knw public ga personal inf nudheveynekun ..bt also ..umydhu kuran knmes kahahala inf eh libey e kamah
Thanx for undstanding..
Wow….Varah reeethi ninmun… Unique …Aamukoh jinni eh vehjehya maraalaany… Thankyou soooo much for this story. .Totally loved it …❤❤❤
Thanx for the lovely comment Shifa
nice story <3
Thanx dear
V thafaathu ninmumeh hurihaa jinni story thakuga jinni maraalaafa insaanun molhu libey gothah ekam hiyaalee story ehviyyaa migohves v reethi thanx noor
I like ur comment..thanx jimeeeee
Ahan mi kiyaafa hee hee halaaku… Shahaadeh mi bunny… anehkaa vaahaka eh noon ingey.. comment thah…BTW story hama gadha ey keep up the good work
Thanx juliet..
Dear Noor, mi story vareh neh hama bunelan Othy.. Hurihaa part eh ves kee hama kehtheri kameh Nethi.. Konmeh new part akah ehvarah inthixaaru kurevunu.. Meehaku kiyaa ehchakah liyaa comment akah Noor dissapoint vaakah nujeheyne.. Mee hama ekani hiyaalee vaahaka eh real life ga hingaafa huri kameh ge vaahaka eh noon.. Ehmen ehgothakah Hurihaa story eh ge ending genes dheykan nujeheyne.. Egothah comment kuraa meehun amihlayah story liyunyma nimuny ehnun.. Noor ge mi story hama v v v habeyss???.. Ummeedhu kuran mikahala new story eh genes dheyne kaman.. Gudluck Noor.. Keh nuvegen comment mikohlee.. Luv ur stories?????
Awwwwh Shau..i really appriciate such readers like u…love ur comment dear..hopefully will b back with a new story..
adhi mihaathanah kiyunu biruveri vaahakaige therein enme reethi nimumeh genes dhin eh vaahaka mee. hama asluves mi bunee.. v hithah araa migothah vaahakaige nimun inna story eh kiyan libeyne namaey… adhi v reethi vees jinninge dhuniyeyge vaahaka thafaathu gothakah genes dhin nama. btw this story. just wow. haha. n mi storyge ninmun gadivegen ulhunu kudhinnah bunelan othee konmehen abadhaku nujehey jinni maraalaakah. mi vaahaka mi nimunee enme insaafah.. cheediyey kiyaa cmnt kohfa ethibi kudhinnah hiyeh nuvey furathama galamu kuri ves jahssaalan engeyne heneh mikahalage reethi vaahakaeh liyelan. so. ?? n dhuniyeyga hageegathuga dhimaa vaa kan kamugaves miulhenee buhdhi gabool nukurevey varuge kan kamaa dhimaa vaa varun. so mikahala khiyaalee vaahakaehga nujehey konmehen thimeehunge moya sikundiah gabool kurevey kanthah thakeh nujeheyne hama konme vaahaka liyun therieh liyaakah. noor. your the best. ?????
Thanx yaanaa..im sure u will also b cute as ur comment…just love ur comment dear..hope to meet u when i come back with a new story
sure. waiting
?????
Mi story vrh vrh salhi.. meesh vrh dhuvas vehje mikahala story eh kiyan nulibign ulheythaa.. bt mi story hama vrh vrh rythi. Knme baeh vx kiyan. Ekm comment nukon mihuhnany ehkn nimen dhn.. i hope vrh avahah mikahala ehn story eh kiyaalan libeyne kamah..
negetive comments vx ahnaane eyah maa bodah visnaign ulhen vehjihyaa kuriah nudheveyne.. eii noor ah libey kuri erumeh kamah visnaign noor ge enme best dheveythw try kuran vaane..
Thanx mee sh.v.v.happy to c ur comment dear..hope u will wait for my next story too…
Story is good
Ekam biruveri vaahaka ekey nubunevey nei
You can loabeege vaahaka key or loabi and hithaama
Awwwh…next will definitely try to catogarize the story well…anyways thanx dear…
mi story in baehfaharu sifavany beauty and the beast story aa…. hehe
Anyways..hope u liked the story dear.
jannath is my daughter’s name too, vaahaka varah salhi. ninmun thankolheh avas kollafa inkamah faahaga kurevenee
jannath is my daughter’s name too, vaahaka varah salhi. ninmun thankolheh avas kollafa inkamah faahaga kurevenee??
Masha Allah..Jannath is a cute name..❤
vaahaka kithanme haa ves reethi. Emotions were expressed beautifully. Ending was surprising. Notice kurevunu fahun fahun ais story kuda koh rush koh laafa in kan. You write with a lot of details, but shanaya’s mom’s death and yaaniu’s were summarised. Also Diana’s jinni admirer is also not at sight. Plus, Yaaniu keeh ve baa fanditha hadhaa meeheh kairi ah nudhiya ee?
But anyways, the story was nicely planned. Story plot can still do better. Overall, this was an interesting story 🙂
Thanx Raanee…i really appriciate ur lovely comment dear..ya..i wanted to finish the story b4 Ramxaan Starts…next time will take enough time to complete the story..in sha Allah..❤
ninmum warah warh kada igey..:/
So sad ??????
Noon story hama habeys ninmun vx Mashah vrh kamudhey cuz this is Jinni story eh.. Vvv reethi waiting for next story??hama mikahala reethi story eh genes dheyne kamah ummeedhu kuran??