ބޯކޮށްވެހެމުން ދިޔަ ވާރޭ ތެރޭ ރޯންއިން އަފްރީންގެ ދެލޯވެސް ވަނީ ރަތްވެ ދުޅަވެފައެވެ. ރޮއެގެން އެދޮލުން ކަރުނަ ހުސްވާނެނަމަ މިހާރު އަފްރީންގެ ދެލޮލުން ކަރުނަ ހުސްވީހެވެ. އެހެން އިނދެފައި އަފްރީން ގެއަށް ދާން މިސްރާބު ޖެހީ ދުނިޔެމަތި އަނދިރިވާން ފެށުމުންނެވެ. ހިނގަމުން ދިޔަ އަފްރީންގެ ހެދުން ބިންމަތީ ކޭއްތެމުން ދިޔައިރު މިއަދު އޭނާ ވަނީ ދުނިޔެމަތިން ފޫހިވެފައެވެ. ނޭނގި ހުއްޓާ ބޯމަތިވި ވިލާގަނޑުން ސަލާމަތްވުމަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. މިއަދު އޭނާ ދަތުރުކުރަމުން އެދަނީ […]
ރަށު ފަސް ގަނޑުގައި ފައި ޖައްސާ ލެވުމާއެކު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެވަގުތު ކުރެވުނު އިހުސާސްތައް ބަޔާން ކުރަން ދަތިވިއެވެ. އެހިނދު އިއްސެ ގެ ދެލޮލުން އުފާވެރި ކަމުގެ ކަރުނަ ހިލުނެވެ. މިއީ އިއްސޭ އުޅެބޮޑުވި ފަސްގަނޑެވެ. އޭނާގެ ހަޔާތުގެ ނާ ލޯބީގެ ވަރުގަދަ ތޫފާނެއްގައި ޖެހި ބެހިގެން ދިޔައީ ހީވެސް ނުކުރާހާ ކުޑަ ހިނދު ކޮޅެއްގެ ތެރޭގައެވެ. މިއީ އޭނާ އުއްމީދު ކުުރި ކަމެއް ނޫނެވެ. އިއްސޭ ހުރީ އަނބުރާ ރަށަށް އާދެވޭނެ ކަމުގެ އުއްމީދު […]
އެވަގުތު އެގޮތް މިގޮތަށް އެނބުރެމުން ތިރިއަށް ވެއްޓެމުންދާ ކައިޝާފެނުނެވެ. އީތަން އިހުނަށްވުރެ ބާރު ސްޕީޑްގައި ތިރިއަށް ދިޔައެވެ. މުޅިހަށިގަނޑުގައިު އަލިފާން ރޯވެފައިވާއިރު ދެލޯވަނީ ދިއްލިފައެވެ. އީތަން ހުށިޔާރުކަމާއެކީ ގޮސް ކައިޝާ ހިފަހައްޓާފައި މައްޗަށް އަރައިގެންދިޔައީ ވަރަށް ބާރަށެވެ. ކައިޝާއާއި އީތަންގެ ފަހަތުން އުދުހެމުން އައި ކަޅު ހިޔަނިތައް ހަޅޭލަވަމުން އަންނަނީ އަނގަ ފުޅާކޮށްގެންނެވެ. އެއްވެސް ސިފައެއް ވަކިނުވާ އެހިޔަނިތައް އީތަންއަށް ގޮވަމުން ދިޔައީ ވައި އަޑަކުން ބޫން އަޑު ލައްވަމުންނެވެ. ނާމާންކަމުގެ އިންތިހާއެވެ. ވިލާތައްވެސް ކަޅުވެގެން ދިޔައެވެ. […]
“އަޅެ ކާރު ގެނަ ނަމަ” ބިރުން އިންވަރުން ދިމްރާއަށް ބުނެލެވުނީ އެހެންނެވެ. ދިމްރާ އެހެން ބުނެލުމުން ޔުއާންއަށް ހަނދާން އާ ވެގެން ދިޔައީ އޭނާ ބާރަށް ކާރު ދުއްވުމުން ދިމްރާ ބިރުން ހަލާކުވެފައި އިން ރޭގެ ވަގުތުގެ މަތިންނެވެ.ކާރަށް އެރިއަސް ދިމްރާއަށް ވާނީ އެވަރޭ ޔުއާންގެ ހިތަށް އެރިއިރު އެ ތުންފަތުގައިވި ލުއި ހިނިތުންވުން ފުންވެގެން ދިޔައީ އެހެންވެއެވެ. ނަސީބު ކަންދިމާކުރިގޮތުން ތަނެއް ދޮރެއް ނޭނގޭ ވަރަށް ވާރޭ ބޯ ކޮއްލީ އެދެމީހުންނަށް ގެއާ ހިސާބަށް ނުވެސް ދެވެނީ […]
އަހަރެން އެތަން މިތަން ބަލަން ފެށީމެވެ. އަހަރެންނަށް މުޅިން އާ މާޙައުލަކަށް އާދެވުނެވެ. ރަށުގެ ސްކޫލަށް ވުރެ މިތަން ރީއްޗެވެ. އަހަރެން ކޮޅުކޮޅަށް ބަލަމުން ދިޔައިރު ފާރުގައި ތަތްކޮށްފައިން ފުލޯ ޗާޓެއް ތަނބެއްގައު ތަތްކޮށްފަ އިންތަން ފެނުނެވެ. އަހަރެން އެ ތަނބާ ދިމާލަށް މިސްރާބު ޖެހީމެވެ. އަހަރެން އިންތަން އެ ޗާޓުނުް ފެނުނެވެ. އަހަރެން 6ސީ ކުލާސް ހޯދާލީމެވެ. ކައިރި ހުރި ސިޑިއަކުން މައްޗަށް އެރުމަށްފަހު ތިންވަނައަށް އިންނާނި އަހަރެންގެ ކުލާހެވެ. އަހަރެން ކުލާހަށް ގޮސް ވަނީމެވެ. އަހަރެންނަށް […]
ވޭތުވެ ދިޔަތާގައި މާޔާއަށް ދެވުނު ހިތަދަތި ކަމުގެ ބަދަލުގައި އިންތިހާއަށް ލޯބިދޭށެވެ. ހުރިހާ ކަމެއް ހަދާންނެތޭވަރަށް މާޔާއަށް ލޯބި ދޭން ބޭނުންވިއެވެ. ކުރިމަގަށް ފޮނި އުއްމީދުތަކެއް ކުރެވެމުން ދިޔައިރޔަ އިރު އެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ކަޅުވިލާގަނޑުގެ ހިލަމެއްވެސް ނަކީލްއަށް ނުވެެެއެވެ.މިތޫފާނަކީ ތިން މީހުންގެވެސް އުއްމީދުތަށް ވިއްސިވިހާލިކޮށްލާނެވަރުގެ އެއްޗެއްކަން ރޭކާވެސް ނުލައެވެ. ނަކީލް ގެއަށް އައީ ރޭގަނޑު މެންދަމުގެ ވަގުތެއްގައެވެ.މުޅި ގޭތެރެއަށް އަދިރިކަންވެރިވެފައިވީ އެންމެންވެސް އެމީހެއްގެ ކޮޓަރީގައި އަރާމު ނިންޖަކުން ނިދާފައިތިބީމަ ކަންނޭނގެއެވެ. ނަކީލްވެސް މަޑު ފިޔަވަޅުތަކެއް […]
އަތުގައިވާ ގަޑިއަށް ބަލަމުން އަވަސް ފިޔަވަޅުތަކެއްގައި އަހަރެން ހިނގަމުން ދިޔައީ ރަށުގައި ފޯނު ކުރުމަށް ބެހެއްޓިފައިވާ ފޯނު ބޫތާއި ދިމާއަށެވެ. އާޒިމް ގުޅާނެ ކަމަށް ބުނެފައިވާ ގަޑިއަށް ނުދެވިދާނެތީ އަހަރެން ހުރީ ކަންބޮޑުވެފައެވެ. ގަޑިއަށް އެހިސާބަށް ދެވުމުން ފޯނު ރަނގަބީލުވާނެ އިރަކަށް އިންތިޒާރުގައި އަހަރެން ހުއްޓިލީމެވެ. އަބަދުވެސް އަހަރެމެން ކަންތައް ކުރާ ގޮތަކީ އެއީއެވެ. ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު ދޭއް ޖަހާއިރު އާޒިމް އަހަރެންނަށް ގުޅާނެއެވެ. އަހަރެން ކޮންމެ ދުވަހަކުވެސް އެކޯލުގެ އިންތިޒާރުގައި މިތާނގައި ހުންނަމެވެ. އާޒިމް […]
އަރޫންފެނުމާއެކު މަލާކް އަވަހަށް ކޮޓަރިއަަށް ވަދެ ދޮރުލައްޕާތަޅުލިއެވެ. އޭރުޝަމާލް އައުމުން މިޝާއެދިމާއަށް ދިއުމުން މަލާކްނެތްކަމެއް އޭނާއަކަށް ނޭންގެއެވެ. ޝަމާލްމެންގެ ފަހަތުން ހިޝާމްއާއި މީރާންއާއި އައިސްވަނީ ހަމައެވަގުުތުގައެެވެ. އަރޫންފެނުމާއެކު ހިޝާމްއަށް ކޮންމެވެސްމީހަކު ހަނދާންވާފެށިއެވެ. ވަރަށް ބެލުމަށްފަހުގައިވެސް ކާކުކަންހަނދާންނުވުމުން އެކަމާއެވަގުތުއަޅާނުލީ ގެއަށްއަންނަންއުޅޭ އާދެމެހެމާނުންވެސްތިބުމާއެކުގައެވެ. “ކޮބާމަލާ..” ކާގެއިން ނިކުމެގެން އައި މައިޝާއެހެންބުނުމުން ހިޝާމްއާއި މިޝާއަށް ވެސް އެވަގުތުއެކަން ފާހަގަވިއެވެ. މަލާކްގޮސް ކޮޓަރިއަށްވަނުމާއެކު ބަޑިފަޅައިގެންދިޔައެވެ އެހެންނުވާންވީ ސަބަބެއްނެތެވެ. ފިރިހެނަކުފެނިގެން އަލަށް އޭނާގެ ހިތުގައި ވިންދެއްޖަހާލިމީާވެސް މިވީ އޭނާގެ ދޮންތަބެއަށެވެ. ކިހާނަސީބުދެރަހެއްޔެވެ. އެންމެބޭނުންވި މަންމަގެ […]
ލެޕްޓޮޕުން މަސައްކަތެއް ކުރަން އިން އަފްރީން އިރު އިރު ކޮޅާ ފޯނަށް ބަލަމުން ދިޔައީ އަމާންގެ ހަބަރެއް ނުވުމުނެވެ. އޭނާގެ ހިތް ނޭނގޭ ބާރުމިނެއް ތެޅެމުން ދިޔައިރު ހިތްވަނީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އަނެއްކާ މާން ރަގަނޅު ހެއްޔެވެ؟؟ މިހެން ހިތައް އެރުމާއެކު އަފްރީންއަކަށް އިތުރަކަށް ކެތެއް ނުވިއެވެ. ފޯނު ނަގާ އަމާންގެ ނަންބަރައަށް ޑައިލްކޮށްލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. ދެފަހަރަކު ފޯނު ރިންގުވެފައި އެކޮޅުން އަމާން ހަލޯއޭ ބުނެލި އަޑު އިވުމުން އަފްރީންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. […]