ފުރާނައެއް ނެތް ރަައުލްގެ ހަށިގަނޑު ބިންމައްޗަށް ވައްޓާލުމަށްފަހު ޒިއަދަން އޭނަގެ އަތް ނެގީ ރައުލްގެ ގޮހޮރުވެސް ބޭރަށް ދަމައިގަންނަމުންނެވެ. އެއަށްފަހު ޒިއަދަން އެތަނުން ގެއްލިގެން ދިޔައީ އެކަކުނިތަކަށް އަމުރެއް ކުރަމުންނެވެ. ޒިއަދަންގެ ފިޔަވަޅުތަށް އޮބުމާއެކު އެއްކަލަ ކަކުނިތައް ގޮސް ރައުލްގެ ގައިމައްޗަށް ޖެހިގަތެވެ. އެގޮތް މިގޮތަށް ރައުލްގެ ހަށިގަނޑު ވީދަމުން އެކަކުނިތައް ދިޔައީ އެމިހުންގެ ސާހިބުގެ އަމުރަށް ކިޔަމަންވުމުގެ ގޮތުންެވެ. މުޅި ހިސާބުގައި ލޭގެ ކޯރުތައް ދެމިފައިވާއިރު ރައުލް އޮތް ސިފަ ފެނުނު މީހަކު އަނބުރައިގަންނާނެވެ.
އެރޭގެ އިރުއޮއްސިގެން އައިއިރު މުޅި އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެއް އަޑަކަަށް ދައްކަމުން އައި ވާހަކައަކީ ރަހުމުކުޑަގޮތަކަށް މަރާލެވިފައިވާ ޒުވާނެއްގެ ވާހަކައެވެ. ސޯޝަލް މީޑިއާެގެ އެކި ޕްލެޓްފޯމުތަކުގައި ރައުލްގެ ފޮޓޯ ދައުރުވަމުން ދިޔައެވެ. ރައުލްގެ ހަށިގަނޑުގެ ބޮޑުބައެއް ވީދާފައި މަގުމައްޗަށް އުކާފައިވިއެވެ. ދެލޯ ކޮޮނެލާފައިވާއިރު ހަށިގަނޑުގެ ބައެއް ގުނަވަންތައް މަދެވެ. މިކަން ކުރީ ކާކުކަން ނޭނގުނަސް މީހުންގެ ހިތްތަކުގައި އެމީހަކާމެދު ނަފުރަތުން ފުރިފައިވިއެވެ. އެހާ ރަހުމު ކުޑައަމަލެއް ހިންގާނީ ބުއްދި ހަމަ ނުޖެހޭ މީހެކޭ އެއްބަޔަކު ބުނަމުން ދިޔައިރު އަނެއްބަޔަކު ބުނަމުންދިޔައީ އެކަމުގައި ގޮތްނޭނގޭ އެތައް ކަމެއް ވާކަމެވެ. ސަބަބަކީ ރައުލް މަރާލާފައި އޮތް މަގަށް ދެނަމާދު ދޭތެރޭ އެއްވެސް އިތުރު މީހަކަށް ނުވަދެވުމެވެ. ކިތައްމެ ވަރަކަށް އެމަގު ހުރަސްކޮށްދާން މަސައްކަތްކުރި އެތައް ބަޔަކު އެކަން ނާކާމިޔާބު ވެގެން އަބުރައި ގޮސްފައިވާ ކަމަށް އެމީހުން ބުނަމުން ދިޔައެވެ. އައްޑޫ ސީޓީ ފޭދޫ މީހުންގެ ހާލު ވަކިން ބޮޑެވެ. އެއްބަޔަކު ގެއިން ބޭރަށް ނިކުންނަން ފަސް ޖެހިފައިވާއިރު އަނެއްބަޔަކަށް މާބޮޑު ކަމެއް ވެގެން އުޅޭހެން ހިޔެއްނުވެއެވެ. ކޮންމެ މީހަކުވެސް ބަލަނީ ރައުލްގެ ފޮޓޯއެއް ނަގާ އެންމެ ފުރަތަމަ ޝެއަރ ކުރާ މިހަކީ އެމީހަކު ކަމުގައި ވޭތޯއެވެ.
ރަޤީބަށް އޭނަގެ ދަރިފުޅުގެ ޚަބަރެއް ލިބުނީ އިޝާނަމާދުކޮށްގެން ގެއަށް އައިިސް ވަތް ވަގުތުއެވެ. ފުލުހުންގެ ދެމީހަކު އައިސް ދިން އެޚަބަރަކީ ރަޤީބުގެ ލޮލުން ކަރުނަ އޮއްސާލި ވާހަކައަކަށެވެ. އެދެފުލުހުންގެ އެހީގައި ރަޤީބު ގޮސް ހޮސްޕިޓަލަށް ވަދެ ރައުލް އޮތް ހާލު ފެނުމުންވެސް ސިކުނޑިއަށް އެނގުންވި ކަހަލައެވެ. ރައުލްއަށް އެހާލުޖައްސާފައި އެވަނީ އިންސާނެއް ނޫންކަން ރަޤީބުގެ ތޫނުފިލިކަމުން އެވަގުތުވެސް ދެނެގަތެވެ. ރަޤީބު ހިތުގެ އަޑިން އަޒުމު ކަނޑައެޅީ އޭނަގެ ދަރިފުޅުގެ ޤާތިލަށް ބަރުދާސްތު ނުކުރެވޭވަރުގެ އަނިޔާއެއް ދިނުމަށެވެ. އެދެލޮލުން ހިތާމައާއި ރުޅިވެރިކަން ފެންނަމުން ދިޔައެވެ.
**
މަޖުދާއާއި ހުސްނާ ތިބީ ޓީވީ ބަލާށެވެ. މިއަދު އީތަން ގެއަށް ދޫކޮށްލާނެ ޚަބަރު މަޖުދާ ދިނީ ރޭގެ ވަގުތެއްގައެވެ. މަޖުދާ އޭނަގެ ބަޔާން އަނބުރާ ގެނައީ އީތަންގެ އެއްވެސް ކުށެއް ނެތްކަން އޭނައަށް ޔަޤީންވާތީވެއެވެ. ނަމަވެސް ކައިޝާ އެކަމާ ދެކޮޅު ހަދަމުންދިޔައެވެ. ކައިޝާއަށް ވަނީ އެތައް އަނިޔާއެއް ލިބިފައެވެ. ހަޤީގީ ކުށްވެރިއަކީ ޒިއަދަންެ ނަމަވެސް ކައިޝާގެ ނަޒަރުގައި ކުށްވެރިޔަކީ އީތަންއެވެ. އެހެން ކަމުން އެހާ ފަސޭހައިން އީތަންއަށް މަޢާފެއް ނުދެވޭނެއެވެ. ” މަޖޫ..ވަރަށް ބޮޑަށް ޝުކުރިއްޔާ..އަސްލުވެސް އަހަރެން ވަރަށް އުފާވި މަޖޫ އެ މަސައްލަ ދޫކޮށްލުމުން..މަގޭ ދަރި ރަނގަޅަށް ލޮލުން ނުދެކޭތާ މިހާރު ދެހަފްތާ މިވީ..އަހަރެން ކުރާ ހިތާމަ ދެނެވޮޑިގަންނަވާނީ ހެއްދެވި ފަރާތް..އެކަމަކު މިއަދު ހިތަށް ހަމަޖެހުމެއް ލިބިއްޖެ..” ހުސްނާގެ ދެލޯ ފެންކަޅިވިއެވެ. ހަޤީގަތުވެސް އޭނަ މަޖުދާ އެކޮށްދިން ކަންތަކަށް ހިތުގެ އަޑިން ޝުކުރުވެރިވެއެވެ. މަޖުދާއަށް ވިސްނުނުހެން ކައިޝާއަށްވެސް ވިސްނޭނެނަމައޭ ހުސްނާގެ ހިތަށް އެރިއެވެ. ހުސްނާ އާއި މަޖުދާގެ ސަމާލުކަން ޓީވީއަށް ހުއްޓުނީ އެވަގުތު ކުއްލި ޚަބަރެއް ކިޔާތީވެއެވެ. މަޖުދާ ޓީވީގެ އަޑު ބާރުކޮށްލިއިރު ކައިޝާވެސް ކޮޓަރިން ނިކުމެގެން އަންނަތަން ފެނުނެވެ. ” ރޭގެ އިރާކޮޅު ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރެާލާފައިވާ އައްޑޫ ފޭދޫ މިރިހިމާގޭ އުމުރުން 26 އަހަރުގެ ރައުލް މުހައްމަދު ރަޤީބުގެ ހަށިގަނޑު އިތުރު ތަޙުޤީގަށް މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ދާދި ދެންމެއަކު ބުނެފި..މިއަނިޔާވެރި ޖަރީމާ ހިންގި ފަރާތެއް ހޯދުމަށް ޕޮލިހުން މަސައްކަތް ކުރަމުންދާއިރު އާންމުންގެ އެހީތެރިކަމަށްވެސް ވަނީ އެދިފައި ވީމާ މިކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ބޭފުޅަކު ހުރިނަމަ ލަސް ނުކުރައްވާ ޕޮލިހުންނާ ހިއްސާ ކުރެއްވުމަށް އެބޭފުޅުން އިލްތިމާސްކުރައްވާ..” މަޖުދާ ޓީވީ ނިއްވާލިއެވެ. އޭރު މީހާ ވަނީ ދާހިއްލާ ފޯވެފައިއެވެ. އެއްވެސް މީހަކު ނުބުނި ކަމުގައި ވިޔަސް މިއީ އާދައިގެ ކަމެއް ނޫނޭ މަޖުދާގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ. މަޖުދާ ދެލޯ ފޮހެލަމުން ކައިޝާއާއި ދިމައަށް ބަަލާލިއެވެ. ޖެހި ބުދެއްހެން ޓީވީއިން ނަޒަރު ވަކިކޮށްނުލާ ކައިޝާ އިނީ ހުއްޓުން އަރާފައެވެ. “މަންމާ..އެ..އެއީ އީީޝަލްމެންގޭ ރައުލް ދޯ..އަޅޭ އޭނައަށް އެހެން ހެދީ ކާކުތަ؟ ނުލާހިކު ރަނގަޅު ކުއްޖެއް…އީޝަލްއަށް އެނގުމުން ވަރަށް ދެރަވާނެ..އަނެއްކާ ރައުލް މަންމަވެސް ވީ އެކޮޅު.. އެމީހުން ހާދަ ދެރައެއްވާނޭދޯ..” އީޝަްލްމަތިން ހަނދާންކޮށް ކައިޝާ ރުޔެވެ. އެއާއިލާއަށް އެދިމާވި ހިތާމަވެރި ހާދިސާއިން ކައިޝާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ރައުލް ދެކެ ކައިޝާ ކިތައްމެ ފޫހިވިޔަސް އެހާ ރަޙުމު ކުޑަ ގޮތަކަށް ނިމިދިޔުމުން އެހިތް ރޯލިއެވެ. ހުސްނާ ސުވާލެއް ނެތި އިނީ ބަލަހައްޓައިގެންނެވެ. ކައިޝާއާއި މަޖުދާއަށް ވީގޮތް ފެނުމުން އިތުރަށް އެވާހަކަދައްކާކަށް ހުސްނާ ބޭނުމެއް ނުވިއެވެ.
” ދައްތާ!…ދައްތާ! ބޭބެ އަންނަނީ..އަވަސްކުރޭ..” ލަތާ ގޮވާލިއެވެ. އެއަޑަށް ހުސްނާގެ އިތުރުން މަޖުދާވެސް ބަލާލިއެވެ. އެގޭ ދޮރުން އެތެރެއަށް ވަދެގެން އީތަން އާދެއެވެ. ހުސްނާ ދުުވެލާފައި އީތަން އެދިމާއަށް ދިޔައެވެ. އޭރު އެލޮލުން ކަރުނަ ނިރާލާފައި ވިއެވެ. ހުސްނާގެ މޫނުމަތިން ހިނިތުންވުމެއް ފެނިގެންދިޔައިރު އީތަންގެ ލޯ އަމާޒުވެފައި ހުރީ އެމީހުންނަށް ފުރަގަސްދީގެން ސޯފާގައި އިން ކައިޝާއަށެވެ. ” ދަރިފުޅާ..މަންމަ ދޫކޮށްފައި ދެން ނުދާތި އިނގޭ..” ހުސްނާ ގޮސް އީތަންގެ ގައިގައި އޮޅުލައިގަތެވެ. އެވަގުތު އީތަންގެ ހިތަށް ތަދުވިއެވެ. އޭނަޔާހެދި އެމަންމަ އުފުލި ބުރަޔާއި ވޭނުގެ ބަދަލުގައި އީިތަންއަށް ދެވުނީ ހިތާމައެކެވެ. އެވަގުތު އީތަންގެ ހިތުގައި ޒިއަދަންގެ މައްޗަށް އޮތް ފޫހިކަން ދެގުނަ ވެގެން ދިޔައެވެ. ޒިއަދަން އެކުޅިވަރެއް ނުކުޅުނަމަ މިއަދު އޭނަގެ މަންމަ ހުންނާނީ އުފަލުންނެވެ. އަދި އެހެންމެ ކަިއިޝާވެސް އީތަންދެކެ ނަފުރަތެއް ނުކުރާނެއެވެ. ހުސްނާގެ އަޑަށް ކައިޝާ ފަސް އެނބުރި ބަލާލިއެވެ. އޭރުވެސް އީތަންގެ ކަޅި އަމާޒުވެފައި ހުރީ ކައިޝާގެެ މޫނަށެވެ. އީތަންގެ ދެލޮލުގެ ފުންކަމަށް ގެނބިގެންދާން ކައިޝާގެ ހިތް އެދި ގޮވަމުން ދިޔައެވެ. ނޭނގި ހުއްޓާފޭބި ކަރުނައިގެ ރޮނގެއް ކައިޝާގެ ކޯތާފަތުގައި ބީހިލިއެވެ. އެވަގުތު އީތަންގެ ލޮލުންވެސް ކަރުނަތިއްކެއް ބަބުޅާލިއެވެ. ކުއްލިއަކަށް ކައިޝާ ސޯފާއިން ތެދުވެގެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. އީތަންގެ ހިތް ފިސްފިސްވި ކަހަލައެވެ. ކައިޝާ އޭނަގެ ސޫރަވެސް ދެކެން ބޭނުން ނުވަނީހެއްޔެވެ؟ އީތަން ކަރުނަތިކި އެތެރެއަށް ހިންދާލަމުން ހުސްނާގެ މޫނަށް ބަލާލަމުން ހިނިތުން ވެލިއެވެ. ހިތާމަތައް ފޮރުވުމަށް އީތަންއަކީ ކުޅަދާނަމީހެކެވެ. ހުސްނާއަށްވެސް އޭނަގެ ދަރިފުޅުގެ ހިތުތެރޭގައިވާ ހައިޖާނެއް ރޭކާނުލައެވެ. އޭނަވެސް އިތުބާރު ކުރީ އީތަންގެ މޫނުމަތިން އެފެނުނު މަސްނޫއީ ހިނިތުންވުމަށެވެ.
ކައިޝާ ދޮރުގައި ލެނގިލައިގެން ހުއްޓެވެ. ދެލޯވަނީ މެރިފައެވެ. އެތައް ދުވަހަކަށްފަހު އީތަން ފެނުމުން އެހިތަށް ގޮތްތަކެއް ވެއްޖެއެވެ. ޤަބޫލުކުރަން ކިތައްމެ ބޭނުން ނުވިޔަސް އަދިވެސް އެހިތް ވިންދު ޖަހަމުން އެދަނީ އީތަން ނޫން ދެވަނަ އެހެން ފަރާތަކަށް ނޫނެވެ. ހަމަ އެވަގުތު ކައިޝާގެ ލޯކުރިމަތިން ސިފަވެގެން ދިޔައީ ޒިއަދަން އޭނައަށް ޖެއްސި ހާލެވެ. އޭނަ އުފުލި ތަކުލީފުތަކެވެ. ކައިޝާގެ މޫނުމަައްޗަށް ރުޅިވެރިކަން ވެރިވީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. “ނޫން..އަހަރެން އެހާ ފިނޑިއެއް ނުވާނެ..އީތަންއަށް ދެވަނަ ފަހަރަށް އަހަރެންގެ އިހްސާސްތަކާ ކުޅުމުގެ ޗާންސެއް ނުދޭނަން..އަހަރެން އެފުރުސަތު ދެން އެހެން އެއްވެސް މީހަކަށް ނުދޭނަން..”ކައިޝާ ދެފަރާތަށް ބޯހޫރުވަމުން ދިޔައެވެ. އަމިއްލަ އިހުސާސްތަކާ ހަނގުރާމަ ކުރަމުންދިޔައެވެ. އީތަންގެ ސަބަބުން ކައިޝާ އެވަނީ ލޯތްބަށް އޮތް އިތުބާރު ގެއްލިފައެވެ. ހަޔާތުގައި ދެން އެހެން މީހެއްދެކެ ލޯބި ނުވެނޭކަން ކައިޝާއަށް އެނގެއެވެ. އީތަން އެވަނީ އޭނަގެ ހިތާއި ޖިސްމަށް ވެރިވެގަނެފައެވެ. ރުޅިއަންނަށް ކިތައްމެ ބޭނުމަސް ހިތުގެ ކަނަކުން އަބަދުވެސް އެދެނީ އީތަންގެ އަތުތެރޭގައި ވުމަށެވެ. އެމޭގައި ބޯއަޅައިގެން އޮވެ ހިތް ފުރެންދެން ރޯލާށެވެ. އީތަންގެ އޯގާތެރި ބަސްތައް އަޑުއަހަން ކައިޝާ ކަންފަތް ބޭނުންވެއެވެ. ދެލޯ އެދެމުންދަނީ އަބަދުވެސް އިީތަންގެ ސޫރަ ފެނުމަށެވެ. ކައިޝާގެ ހިއްސުތައް އޭނައާއި ރުޅިވެފައިވާކަހަލައެވެ. ހިތާއި ސިކުނޑި އެދަނީ ހނގުރާމަ ކުރުމަމުންނެވެ. ވަރުބަލިވެފައި އެވަނީ ކައިޝާގެ ހަށިގަނޑެވެ. ކޮންފަދަ ބޮޑު އަނިޔާވެރި ކަމެއް ހެއްޔެވެ؟ މިނޫން ގޮތެއް ކައިޝާގެ ތަޤުދީރުގައި ލިޔެވިފައި ނެތީހެއްޔެވެ؟ ހިތާމައަކަށްފަހު ހިތާމައެއް ލިބެމުންދަނީއެވެ. އެއްވެސް ކުށެއްނެތި އެތައް ބައެއް ހަޔާތުން ވަކިވެގެން އެދިޔައީ ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ކައިޝާގެ ހިތުގައި ވަނި ޝަކުވާއެވެ. އެންމެފަހުން ދޮރުބުޑުން ތެދުވގެންގޮސްެ ކައިިޝާ ފާޚާނައަށްވަދެ ވުޟޫ ކޮށްލައިގެން ނަމާދަށް އެރިއެވެ. ހިތަށް ރޫޙާނީ ހަމަޖެހުމެއް ލިބުނީ އެވަގުތުއެވެ. ސަޖިދައިގައި އޮވެގެން ކައިޝާގެ ހިތާމަތަށް އެކަލާނގެ ހަޞްރަތުގައި ދެންނެވިއެވެ. މަދަދަށް އެދި އާދޭސްކުރިއެވެ. ދެއަތް ނަގާ ދުޢާކުރަން އިން އިރު ލޮލުން ކަރުނަ ހުހެއް ނުވެއެވެ. “ޔާﷲ މިއަޅާއަށް ތެދުމަގު ދައްކަވާނދޭވެ..! މިހިތާމަތަކަށް ލުޔެއް ދެއްވާނދޭވެ!” ކައިޝާގެ އަޑުބާރުވަމުން ދިޔައެވެ. އެންމެފަހުން އަޑު ބެދޭގޮތްވުމުން ހަމްދު ކޮށްލިއެވެ. ނަމާދުުން އަވަދިވީއިރު ކައިޝާގެ ހިތާއި ޖިސްމަށްވަނީ ބުނެދޭން ނޭނގޭކަހަލަ އުފާވެރިކަމެއް ލިބިފައެވެ.
ކައިޝާއާއި އީތަން އެއްގޭގައި އުޅެމުން ދިޔަސް އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ދެމީހުންވެސް ބަލަނީ އެކަކު އަނެކަކުގެ ކުރިމައްޗަށް ނާރާވޭތޯއެވެ. ހިތަށް ކިތައްމެ ތަދެއްވިޔަސް ދެމީހުންވެސް ތިބީ އެކަމުގައި ސާބިތުވެގެންނެވެ. އީތަން އާއި ކައިޝާ އުޅެމުންދާގޮތް ފެނުމުން އެދެމީހުންގެ މަންމައިންގެ ހިތުގައި ވޭން އަޅަމުންދާކަމެއް އެމީހުން ނުދަނެއެވެ. ދަންނަކަމަށް ހަދަން ބޭނުން ނުވަނީއެވެ. ކުރެވޭނެ މާބޮޑުކަމެއް ނެތީމައެވެ.
އަމްޖަދުގެ ފަރާތުން އެނގުނު ގޮތުގައި އަލިބެ ކުއްލިގޮތަކަށް ފުރައިގެން ދިޔައީ އިންޑިއާއަށެވެ. އެތަނުގައި އޮތް އޭނަގެ ކާފަ ދަރިއަކަށް ބޭނުންވެގެން މަޑުކުރެވެން ނެތީއެވެ. ކައިިޝާއަށްވެސް ކުރިން ވަމުންއައި އެއްވެސް އުނދަގުލެއް މިހާރުނުވެއެވެ. ނަމަވެސް އަލިބެ ބުނިގޮތަށް އަދިވެސް ދެނަމާދު ދޭތެރޭ ކައިޝާ ކޮޓަރިން ބޭރަކަށް ނުނިކުމެއެވެ. އެވަގުތު އޭނާ އިންނަނީ ޤުރުއާން ކިޔަވާށެވެ. ދުވަސްތައް ފާއިތުވަމުން ދަނީ ހަލުވި މިނެއްގައެވެ. އީތަން ގެއަށް ދޫކޮށްލިފަހުން ހަފްތާއެއް ވޭތުވެގެން ދިޔައިރު ހައްމާދުވެސް އެނބުރި ރަށަށް ގޮސްފިއެވެ. ހައްމާދު ޑިއުޓީއަށް ނިކުންނަން ޖެހޭ ދުވަސް ގާތްވަމުންދާތީވެއާއެކު އަދި އޭނަގެ މަންމަގެ އެދުމުގެ މަތިން އެނބުރި ދިޔައީ ދާހިތަކުންނެއް ނޫނެވެ. ހިތުގައި އެތައް ސުވާލެއް ކަފުން ކޮށްގެން ހައްމާދު އެނބުރި ދިޔައީ ކޮންމެވެސް ދުވަހަކުން އީތަން އެވާހަކަތައް އޭނައާ ހިއްސާކުރާނެކަމަށެވެ.
އީތަންގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ ސަބަބަުން އޭނާ ވަނީ 3 މަސްދުވަހަށް ސަސްޕެންޑް ކޮށްފައެވެ. އެހެން ކަމުން އޭނާ ކޮންމެހެން ރަށަށްދާން ބޭނުން ނުވީއެވެ. އަނެއްކޮޅުން އޭނަގެ މަންމަވެސް އަދި ދުވަސްކޮޅަކު މަޑުކޮށްލަން ބޭނުންވީ މަޖުދާގެވެސް އެދުމުގެ މަތިންނެވެ. މަޖުދާ އެހުރީ ކައިޝާގެ ކަންތައް ކޮންމެވެސް އެއްކޮޅެއްގައި ނުޖެހެނީސް ރަށަށް އެނބުރި ނުދާން ހުވާކޮށްގެންނެވެ.
**
އާދައިގެ މަތިން މިރޭވެސް 12 ޖެހީ އީތަން ޓެރަސްމަތީގައި ހުއްޓައެވެ. ކިތައްމެ ރެއެއްގެ ނިދިން އޭނާ މަޙުރޫމު ވެއްޖެއެވެ. ލޯމަރާލާއިރަށް ފެންނަނީ ކައިޝާގެ ހިިނިތުންވެފައިވާ މޫނެވެ. އީތަންގެ ހިތް ކަތިލި އެފުރިހަމަ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު ހިތުގައި އަޅަމުންދާ ވޭން ދެގުނަވެގެން ދެއެވެ. ކައިޝާއަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އީތަން އޭނަދެކެ ވާލޯބި ވަޒަން ނުކުރެވެނީ ހެއްޔެވެ؟ އިީތަން އޭނަގެ ނަސީބާމެދު ޝަކުވާ ކޮށްލިއެވެ. އެހިތުގެ ރާނީ އެހެން ކަންތައް އެކުރަނި ކީއްވެ ހެއްޔެވެ؟ އީތަން އަށް ކައިޝާގެ ލޮލުންވެސް އޭނައަށްޓަކައި ދެގޮތެއް ނުވާ ލޯބިވަނީ ފެނިފައެވެ. ނަމަވެސް ކައިޝާ އެންމެ ފަހަރަކުވެސް އޭނައަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދެއެވެ. ޒިއަދަންގެ ވާހަކަ ކިޔައިދިނަސް ޤަބޫލު ކުރާނެހެނެއް ހިޔެއް ނުވެއެވެ. އީތަން އުޑުމައްޗަށް ބަލާލިއެވެ. ސާދަވިލޭރޭގެ ފުރިހަމަ ހަނދު އުޑުގައި ރަސްކަން ކުރަމުން ދިޔައެވެ. ޓެރަސް މައްޗަށް އެޅިފައިވާ ހަނދުގެ ރިހި އަލިން މުޅި ހިސާބުގަނޑު ވަނީ އަލިކޮށްލާފައެވެ. އެތަނުގައި ހައްދާފައިޥާ ބަގީޗާގަސްތަކުގައި ތަފާތު އެކި ވައްތަރުގެ މާތައް ފަރިވެފައި ވެއެވެ. ޖެހެމުުންދާ ފިނި ވައިރޯޅިން ހިއްސުތަކަށް އަރާމު ލިބެއެވެ. މިފަދަ ހިތްގައިމު ރެއެއްގައި އީތަން ބޭނުންވަނީ ކައިޝާގެ އުނގުގައި ބޯއަޅައިގެންއޮވެ އަރާމުކޮށް ނިދާލުމަށެވެ. އީތަންގެ ހިޔާލުތަށް ވިއްސި ވިހާލިވެގެން ދިޔަައެވެ. ހުވަފެނުގައި ވެސް ކައިޝާ އޭނައާ ދިމާއަށް ރުހުމުގެ ލޮލަކުން ބަލައެއް ނުލާނެއެވެ. އީތަންއަކީ ދިރި ހުއްޓަސް ފުރާނަނެތް މަސްގަނޑަކަށް ވެއްޖެއެވެ. ކެއުމާ ދުރުވެފައިވާ މިންވަރު އެހަށިގަނޑުންވެސް ފެނެއެވެ. ކުރިން ވަރުގަދަކޮށްހުރި މަސްތައް މިހާރަކުނެތެވެ. ރޭގަނޑުގެ ހަމަނިދި ނުލިބުމުގެ ސަަބަބުން އެމޫނުމަތިން ކުރިން ފެންނަން ހުންނަ އުޖާލާކަމެއް ނުފެނެއެވެ. އަބަދުވެސް އިނދެވެނީ ވިސްނުމަކަށް ގެއްލިފައެވެ. އީތަން ސިހިގެންދިޔައީ ޓެރަސ ް ދޮރުހުޅުވާލިއަޑަށެވެ. ދެލޯ އަބަދުވެސް ދެކިލުމަށް އެދެމުންދާ ސޫރަ ފެނުމުން އީތަންގެ ހިތަށް ބަޔާން ނުކުރެވޭ ވަރުގެ އުފާވެރިކަމެއް ލިބުނެވެ. ހުދުކުލައިގެ ޓީޝާޓަކާއި ރަތާއި ކަޅުކުލައިގެ ހަރުވާލެއްލައިގެން ހުރި ކައިޝާ އީީތަންއަށް ފެނުނީ ޕަރީއެއްގެ ސިފައިގައެވެ. ފަންއިސްތަށިކޮޅު މައްޗަށް ނަގާ ހުޅިއެއް ޖަހާފައިވާއިރު އެދޮން ކަނދުރާ ވަނީ ހާމައަށެވެ. އީތަންއަށް އެސްފިޔަ ޖަހާވެސް ނުލާ ބެލެނި ކައިޝާގެ އެރީތި ސޫރައަށެވެ. އެދޮން ކޯތާފަތުގައި ބީހެމުންދާ އިސްތަށިކޮޅުދެކެ އީތަންއަށް ރުޅިއާދެވުނެވެ. އެނަސީބާމެދު ހަސަދަވެވުނެވެ. އެހެނީ އޭނައަށް ނުލިބުނު ފުރުސަތެއް އެއިސްތަށިކޮޅަށް ލިބުނީތީވެއެވެ. އީތަންގެ ތޫނުނަޒަރުން ކައިޝާގެ ހިތުގައި ތަފާތު އޮއެވަރެއް ދުވެލިއެވެ. މިވަނީ ކީއްހެއްޔެވެ؟ އީތަންއަށް މިގޮތަށް ކައިޝާގެ އިހުސާސް ތަކާ ކުޅެލަން އެހާ ފަސޭހައީ ކީއްވެ ހެއްޔެވެ؟ ކިތައްމެ ހިތް ނޭދުނަސް ކައިޝާއަށް އޭނާގެ ބޮޑު ދެލޮލުން އީތަންއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ހާމައަށް ހުރި އީތަންގެ އެހަށިގަނޑު ފެނުމުން ކޮންމެ އަންހެކުއްޖަކު ނަމަވެސް ގޮތްތަކެއް ވާނެއެވެ. ހަމަ އެކަނި ސޯޓް ބުރިއެއް ލައިގެން ހުރިއިރު ބަނޑުގެ މަސްތައް އެތުރިފައިވަނީ ފެނުނު މީހަކު މޮޔަކޮށްލާނެހާ ފުރިހަމަ ކޮށެވެ. ތަނަވަސް މޭމައްޗަކާއި ފުޅާ ހަށިގަނޑެކެވެ. ބާރުގަދަ އެމުލައްދަނޑިން އީތަންގެ ފުރިހަމަކަން އިތުރުވެފައިވާކަހަލައެވެ. ކުރިން ހުރި ވަރުގަދަ މަސްތައް އެގޮތަށް ނެތަސް އެރީތިކަމަށް ފަނޑުކަމެއް ނާދެއެވެ. އީތަންގެ އެޖާދުވީ ލޮލުގެ ތެރެއަށް ފީނައިގަތުމަށް ކައިޝާ ބޭނުންވިއެވެ. ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ނަމަވެސް ހަމަހިމޭކަން ކަމާއެކު އެކަކު އަނެކެއްގެ ލޮލުން އެތައްހާސް ވާހަތަކެއް ދައްކަމުންދާކަހަލައެވެ. ދެހިތް އެދެމިުން ދަނީ ލޯތްބަށެވެ. އެކަކު އަނެކެއްގެ ހިތާމަތައް ލުއިކޮށްދޭށެވެ. ނަމަވެސް އިސްނަގާނެ މީހަކު ނުވިއެވެ. އެތައް އިރަކު އެގޮތުގައި ތިބުމަށްފަހު އެންމެ ފަހުން ކައިޝާ އޭނަގެ ނަފުސު ކޮންޓްރޯލް އިން ނެއްޓިހިނގައިދާނެ ކަމުގެ ބިރަށް އީތަންއަށް ފުރަގަސް ދިނުމަށްފަހު ތިރިއަށް ހިނގައި ގަންނަން އުޅުނެވެ. ” ކައި….!” އެހިމޭން ކަމަށް ނިމުމެއް ގެނައީ އީތަންގެ އަޑުންނެވެ. މިވަރުގެ ފުރުސަތެއް ދެން ނުލިބޭނެއޭ އީތަންގެ ހިތް ބުނި ވަގުތު ދޫވެސް ހަރކާތް ކޮށްލިކަހަލައެވެ. ކައިޝާއަށް ގޮވާލެވުނީވެސް ނޭނގުމެއްގެ ތޭރޭގައި ހުއްޓައެވެ. ” ވާހަކަދައްކާލަން މަޑުކޮށްލެވިދާނެތަ؟ ޕްލީޒް..” އީތަންގެ އަޑުގައި ވަނީ އާދޭހެވެ. ކައިޝާގެ ހިތުގެ އެންމެ ހިިމަނާރަށްވެސް އީތަންގެ އަޑުގައިވި އަސަރު ފޯރިއެވެ. އެހިނދު ދެފައިވެސް ބިންމަތީގައި ތަތްވިކަހަލައެވެ. ކައިޝާގެ ސިކުނޑި އެދިގޮވަމުން ދިޔައީ އެތަނުން ދިޔުމަށެވެ. އީީތަންގެ ހަޔާތުންވެސް ފިލާ ދިޔުމަށެވެ. ނަމަވެސް ހިތް މަޖުބޫރު ކުރަމުން ދަނީ އީީތަންގެ އެތަނަވަސް މޭގައި ބޯއަޅާއިގެން ހުރެ ރޯލުމަށެވެ. އެމުލައްދަނޑީގެ ހިމާޔަތަކަށެވެ. ކައިޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން އީތަން މާޔޫސްވާގޮތެވިއެވެ. ނަމަވެސް ކައިޝާ އެތަނުން ދާން ނޫޅުމުން އެހިތް ނަށައިލިއެވެ. އީތަން އޭނަ ލައިގެން ހުރި ވިލު ނޫކުލައިގެ ސޯޓުގެ ޖީބަށް ދެއަތް މަހާލީ ހީކަރުވާތީވެއެވެ. ވައިވެސް މިހާރު ކުޑަކޮށް ބާރުވެލައިފިއެވެ. ހަނދުގޮސް ވިލާގަނޑެއްގެ ފުރަގަހަށް ވަދެ ނިވާވެލިއެވެ. ވިއްސާރަވާން އުޅޭކަމުގެ އަލާމާތް ތަކެވެ. ޓެރަސް މަތީގައި ކުރިން އޮތް އަލިކަމެއް ނެތެވެ. ހަމައެކަނި އެތަނުގައި ހަރުކޮށްފައިވާ ބޮއްކަކުން ފޭދިފައިވާ ފަނޑު އަލިިކަމެއް ފިޔަވައެވެ. ” ކައި..ކީއްވެތަ އަހަރެންނަށް ތިހެން ތިހަދަނީ؟ އަހަރެންގެ ހިތަށް ހާދަ ތަދެއްވެޔޭ..ކައިއަށް ޤަބޫލު ނުކުރެވުނަސް އަހަރެން ދުވަހަކުވެސް ކައިއަށް ދެރަވާގޮތަކަށް ކަންތައް ނުކުރާނަން..އެއަށްވުރެ މިހިތުގައި ކައިއަށް ދެވިފައިވާ މަޤާމު މާމަތިވާނެ..” އީތަންގެ އަޑުގައި ވަނީ ހިތާމައެވެ. ހިތް ދަތިކަމާއި ވޭނެވެ. ކައިިޝާއަށް އެކަން އިހުސާސް ވާނެނަމައެވެ. އީތަން މަޑު ހިނގުމެއްގައި ގޮސް ކައިޝާގެ ފުރަގަހުގައި ހުއްޓުނެވެ. ކައިޝާ ދެލޯމަރާލިއެވެ. އީތަން އެހާ ކައިރީގައި ހުރުމުން ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. ކުއްލިއަކަށް ކައިޝާ ލޯހުޅުވާލިއެވެ. ” އަހަރެން ދުވަހަކުވެސް އީތަންއަށް މާފެއް ނުކުރާނަން..ހަނދާން ނެތުނީތަ އަހަންނަށް ޖެއްސިހާލު؟..އެދުވަހު އަހަރެން ހާދަ ވަރަކަށް އާދޭސްކުރީމޭ..އެތައް ފިރިހެނުންގެ ކުރިމަތީގައި އަހަރެންގެ ހަށިގަނޑު ނީލަން ކިޔައިގެން އިނދެވުނު ކަމެއް ނޭނގެދ؟ޯ…އެމީހުން އަަހަރެންގެ ހަށިގަނޑުގައި ބީހުމުން ހީވީ އަލިފާން ރޯވިހެން..އެދިލަ ހޫނުކަން އަދިވެސް އަހަރެންގެ ހިތާއި ޖިސްމުގައިވޭ..އީތަންއަށް އެކަންތައް ހަނދާން ނައްތާލަން ކިތައްމެ ފަސޭހަ ވިޔަސް އަހަރެން ކިހިނެއް ހަނދާން ނައްތާލާނީ؟…އަހަރެން ހާދަ ލޯތްބެއްވީމޭ..އެކަމަކު އޭގެ ބަދަލުގައި އީީތަން ބޭނުންވީ އަހަރެންގެ ޖިސްމުން އުފާ ހޯދަން.. އަހަރެންގެ ހިތުގައި ލެވިފައިވާ ފާރުގަނޑުގެ ފުންމިން އީތަންއަށް އަންދާޒާއެއް ނުކުރެވޭނެ..ހިތަށް އަރާ މިހާރު އީތަން އަހަރެންގެ ދިރިއުޅުމަށް ނައި ނަމައޭ..އޭރުން އަހަރެން މިހާ ތަކުލީފެއްގައި އުޅެން ނުޖެހޭނެ..” ކައިޝާއަށް ރޮވުނެވެ. ހަޤީގަތުގައިވެސް އޭނައަށް ވަރަށް އަސަރުކޮށްފިއެވެ. އީތަންއާ މެދު ކުށްހީއެއްގެ ތެރޭގައި ހުރެގެން އެތައް އިލްޒާމެއް ބޮލުގައި އަޅުވަމުން ދިޔައެވެ. ކައިޝާ އުފުލި ވޭން ތަހައްމަލު ނުކުރިކަމުގައި ވިޔަސް އީތަންގެ ހިތުގައި ވެސް ރިއްސަމުން ދިޔައެވެ. ޒިއަދަން އެއީ ކޮންފަދަ ނުބައި މީހެއްހެޔެވެ؟ ކުށެއް ނެތް މަޢުސޫމު ކުއްޖަކަށް އެފަދަ ހާލެއްޖައްސަން ހެޔޮނުވާނެއެވެ. އީތަން އެވަގުތު ބޭނުންވީ ކައިޝާ ގެނެސް އެމޭތެރޭގައި ފޮރުވާލުމަށެވެެ. ހުރިހާ ހިތާމަތަކަކުން ދުރުކޮށްލާށެވެ. ހިތް ފުރެންދެން ލޯބިދޭށެވެ. ނަމަވެސް މިއަދު ކައިޝާގެ ނަޒަރުގައި އޭނަ ވެފައި އެވަނީ ބޮޑު ކުށްވެރިއަކަށެވެ. ވީއިރު ކައިޝާ އެފަދަ ކަމަކަށް އޭނައަށް ހުއްދަ ދޭނީ ކިހިނަކުން ހެއްޔެވެ؟ އީތަންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއަށްވުރެ ބޮޑަށް އޭނާ އެވަނީ ހިތްދަތި ވެފައެވެ. ކައިޝާ ދެލޯ ފޮހެލަމުން ކުރިއަށް ހިނގައިގަތެވެ. އީތަން ތެޅިގަންނަމުން އެއްލިއަތުން ހިފުނީ ކައިޝާގެ އެހިމަ އިނގިލިތަކުއެވެ. އީތަން ކައިޝާގެ އަތުގައި ހިފާ އޭނަޔާވީފަރާތަށް އަނބުރާލިއެވެ. ކައިޝާ ހުރީ އިސްދަށަށް ޖަހައިގެންނެވެ. އީތަންގެ ސޫރަވެސް ދެކެން ބޭނުން ނުވާކަން ހާމަކުރުމަށެވެ. “އަޅެ އެންމެ ފަހަރަކު އަހަރެންގެ ލޮލަށް ބަލާލަމުން ބުނެބަލަ ލޯބި ނުވެޔޭ..އޭރުން އަހަރެން ޤަބޫލު ކުރާނަން ކައި ތިބުނީ ތެދެއްކަން..” އީތަންގެ އަޑުގައި ވަނީ ހިތްދަތިކަމެވެ. ކައިޝާ އެގޮތަށް އޭނާ ދުރުކޮށްލުމުން މޭގައި ރިހުމެއް އުފެދުނެވެ. ލޯތްބަކީ މީހާ ބަލިކަށި ކޮށްލާ އެއްޗެއް ކަމަށް އީތަން އަޑު އަހާފައި ވިޔަސް އެކަން ތަޖުރިބާކުރި މީ ފުރަތަމަ ފަހަރެވެ. އީީތަން މަޑު މަޑުން ކައިޝާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ. ކައިޝާ ހުރީ ދެލޯވެސް މަރައިގެންނެވެ. އެރީތިކަމަށް އީތަންގެެ ހިތް ތައުރީފު ކުރިއެވެ. އައިބެއް ނެތް އެމޫނުކޮޅުގެ ޖާދޫގައި އީތަންގެ ހިތް ބެހިގެން ހިނގައިދާނެ ހެން ހީވިއެވެ. “ހުވާ ކޮށްފައި މިބުނަނީ ކައި އެންމެ ފަހަރަކުވެސް އަހަރެންދެކެ ލޯބި ނުވެޔޭ ބުނެފިނަމަ ދެވަނަ ފަހަރަށ ްއަހަރެންގެ ސޫރަ ނުފެންނާނެ..އަހަރެން ކައިގެ ދިރިއުޅުމުން އަބަދަށްޓަކައި ހިނގައިދާނަން..” އީތަންގެ ނިތްކުރި ކައިޝާގެ ނިތްކުރީގައި ޖައްސާލިއެވެ. އެހިނދު އެލޮލުން ފޭބި ކަރުނަތިކި ގޮސް ޖެހުނީ ކައިޝާގެ ފައިތިލައިގައެވެ. ކައިޝާއަށް ލޯ ހުޅުވާލެވުނެވެ. އީީތަންގެ ލޮލުން ކައިޝާއަށް ފެންނަމުން ދިޔައީ ސާފު ތެދުވެރި ލޯތްބެވެ. އެލޮލުން ފެންނަމުން އެދާ ހިތްދަތިކަންވެސް ކައިޝާއަށް ސިއްރެއް ނުވިއެވެ. ” ކައި ޕްލީޒް ބިިލީވް މީ..އަހަރެން ދުވަހަކުވެސް ކައިއަށް އެފަދަ އަނިޔާއެއް ނުދެން..އަދި އެކަހަލަކަމެއް ހިތަށްވެސް ނާރުވާނަން..ބިކޯޒް އައި ލަވް ޔޫ..އައި ލަވް ޔޫ ސޯމަޗް..ކައި ދެކެ މިވާ ލޯބީގެ ހައްޤުގައި ނަމަވެސް އަހަރެންނަށް ތިގޮތަށް އަނިޔާ ނުދީ..” އީތަންގެ އަޑު ބެދުނެވެ. ފިރިހެނަކަށްވިޔަސްް މިއަދު އޭނާ އެވަނީ ލޯބީގައި ބަލިކަށިވެފައެވެ. ކައިޝާގެ ލޯބި އެއީ އީތަންގެ ހަޔާތުގެ ދިރުމެވެ. ވީއިރު ކައިޝާއާއި ނުލާ ހަޔާތުގައި އުފަލެއް ނެތެވެ. ކައިޝާއަށް އީތަންގެ އެހިތްދަތި ބަސްތަކުން ވަރަށް އަސަރުކުރިއެވެ. ދެލޯފުރިގެން ބަންޑުންވި ތާޒާކަރުނަ އެކަމަށް ހެކިވެއެވެ. ކައިޝާ އެވަގުތު އެހެން އެއްވެސް ކަމެއްމަތިން ހަނދާނެއްނެތެވެ. އޭނައަށް ފެންނަމުން ދިޔައީ ލޯބީގައި ދީވާނާ ވެފައިވާ އާޝިގެކެވެ. އީތަންއަށް ވަރަށް އަނިޔާ ދެވިއްޖެއެވެ. ހުދު އަމިއްލަ ނަފުސާވެސް އެތައް ހަނގުރާމައެއް ކުރެވިއްޖެއެވެ. މިއަދު އޭނާވެސް ވަރުބަލިވެއްޖެއެވެ. ކައިޝާގެ ދެއަތް އުފުލުނެވެ. ހަމަ އެވަގުތު އީތަންގެ ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ.” އައި އޭމް ސޮރީ އީތަން..” ކައިޝާއަށް ގިސްލެވެމުން ދިޔައެވެ. އީތަން އޭނާގެ ލޯބި ކާމިޔާބުކޮށްފިއެވެ. ވަރުގަދަ އަޒުމެއްގައި ހުރި ކައިޝާވެސް ބަލިކަށި ކޮށްލައިފިއެވެ. އީީތަން އޭނަގެ ބާރުގަދަ އަތުތެރޭ ކައިޝާ ހިފަހައްޓާލިއެވެ. ދެހިތުގައި ތަފާތު ވިންދެއް ޖަހައިލިއެވެ. އެއީ އުފާވެރިކަމުގެ އިހުސާސެވެ. ލޯތްބާއި ހިތާމަ އެކުލެވިގެންވާ އިހުސާސެކެވެ. ދެހިތް ގުޅިގެންދިޔައީ އެތައް އަނިޔާއަކަށް ފަހުއެވެ. އީތަން ކައިޝާ ދުރުކޮށްލަމުން އެމޫނަށް ފުންކޮށްބަލާާލިއެވެ. ކައިޝާގެ ތުންފަތްމަތީގައިވާ ލަދުރަކި ހިތުންވުމުން އީތަންގެ މޫނު އުޖާލާވިއެވެ. އީތަން އޭނާގެ ކަނާއަތުން ކައިޝާގެ އުނަގަނޑުގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ. އެވަގުތު ކައިޝާއަށް އޭނަގެ ފައި ބިމުން ހިއްލުނުފަދަ އިހުސާސެއް ކުރެވުމުން ކަރުން ތޫލި ހަޅޭކެއް ނިކުތެވެ. ދެލޯ ބޮޑުކޮށްލަމުން ކައިޝާ ތިރިއަށް ބަލާލިއިރު އީތަންއާ ދެމީހުން އެއްކޮށް މައްޗަށް އަރައިގެން ދަނީއެވެ. ކައިޝާގެ ހިތް ބިރުގަތެވެ. މިއީ ހަމަ އީތަންބާއެވެ؟ ކައިޝާ އީތަންގެ މޫނަށް ބަލާިއެވެ. އެވަގު އީތަންގެ ފަހަތުން އެނބުރެމުންދާ ރަންކުލައިގެ ޕަރުވާނާތަކުން އަލިކޮށްލާފައިވިއެވެ. ކައިިޝާގެ ދޫހަރަކާތެއް ނުކުރިއެވެ. ފެންނަމުން މިދާ ކަންތައްތައް ހަޤީގަތަކަށްވުރެ ވައްތަރީ ހުވަފެނަކާއެވެ. އީތަން ހުރީ ކައިޝާގެ މުނަށް އަރާފައިބަމުންދާ ކުލަތައް ދިރާސާ ކުރާާށެވެ. ތުންފަތްމަތީގައި އަންހެން ކުދިން ހިތްކަތިލާފަދަ ހިނިތުންވުމެއްވާއިރު ލޮލުގައި ވަނީ މަސްތުކަމެވެ. ކައިޝާ އެހާލުގައި ހުރެވެސް ލަދުންގޮސް މަރުވާވަރުވިއެވެ. އީތަންއާ ކައިޝާ ގޮސް ހަމަޖެހިލީ ވިލާގަނޑެއްގެ މަތީގައެވެ. ވަށައިިގެން ފުސްވެފައިވާއިރު އަދިވެސް އެއްކަލަ ޕަރުވާނާތައް އީީތަންގެ ފުރަގަހުން ދިއްލިފައި ވެއެވެ. ” ކައި އަށް އެނގޭތަ އަހަރެންގެ އަަސްލު؟..އަހަރެން މިއީ އިންސާނެއް ނޫން..” ވިލާގަނޑު މަތީގައި އިށީނދެލުމަށްފަހު އީތަން ބުނެލިއެވެ. ކައިޝާ ދެލޯ ބޮޑުކޮށްލިގޮތަށް އަނގަވެސް ހުޅުވިގެން ދިޔައެވެ. ހަޤީގަތުގައިވެސް އީތަން އެއީ ޖިންނިއެއް ހެއްޔެވެ؟ އާއެެކެ އެއީ ހަމަ ޖިންނިއެކެވެ. އިންސާނެއް ނަމަ މިވަގުތު އެދެމީހުންވެސް ތިބޭނީ ބިންމަތީގައެވެ. އެތައް ސަތޭކަ މޭލެއް މަތީގައި ހުރި ވިލާގަނޑަކަށް ނޭރޭނެއެވެ. ކައިޝާ އެންމެ އަޖައިބުވީ އޭނަ އެކަމާ އެއްވެސް ވަރަކަށް ބިރުގަނެ ޖެހިލުންވެސް ނުވީމައެވެ. ކުރިމަތީގައި މިއީނީ ޖިންނިއަކަސް އެއީ ކައިޝާގެ ހިތުގެ ވިިންދެވެ. އީތަން ހިނިގަނޑެއް ޖަހާލިއެވެ. ” ބަލާބަލަ ވެފައި ހުރި ވަރެއް…ބިރުންގޮސް ތުރުތުރުލަނީ ..ހެހެހެ” އީތަން ސަމާސާ ކޮށްލިއެވެ. ” ނުގަނޭ ބިރެއް…ހެޔޮ ތީ ޖިންނިއެއް ނޫން އިފުރީތަކަސް..އަހަރެން ނުގަނޭ ބިރެއް..” ކައިޝާވެސް ގަދަވެލިއެވެ. އީތަން ކައިރީ އިނުމުން އެހިތަށް ހިތްހަމަޖެހުން ލިބިފައިވެއެވެ. އެތައް ދުވަހަކު އުފުލިވޭނުގެ ރިހުން ފިލާދިޔައި ސިކުންތުކޮޅެއްގެ ތެރޭގައެވެ. ކައިޝާ ހިނިތުން ވެލިއެވެ. “މިއީ ހަމައަސްލު ވިލާތަ..؟ އައި މީން ކްލައުޑްސްތަ މީ؟” ކައިޝާ ވިލާތަކުގައި އަތް ކާތާލިއެވެ. ތަފާތު ފިނި ކަމެއް އިޙްސާސްވިއެވެ. މިއީ އަސްލެއްބާއެވެ؟ ކައިޝާއަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ. “ހަހަހަ..ކީކޭ ތި ކިޔަނީ..ވިލާހޭ؟…ކްލައުޑޭ..އެކައްޗެއްނު އެއީ..” އީތަން އަނެއްކާވެސް ހީނލިއެވެ. ކައިޝާ އުޅޭގޮތް އޭނައަށް މަޖާވިއެވެ. ހީވަނީި ކުޑަކުއްޖަކަށް އާވައްތަރެއްގެ ކުޅޭއެއްޗެއް ފެނިގެން އުޅޭހެންނެވެ. ” ކައި ބަލާބަ އެކޮޅަށް..” އީތަން ބުނެލިއެވެ. ކައިޝާ އެދިމާ ބަލާލިގޮތަށް އެސްފިޔަވެސް ޖަހަން ހަނދާން ނެތުނެވެ. އެމީހުންނާ ތަންކޮޅެއް ދުރުގައި ހުރި ވިލާގަނޑެއް ހިތުގެ ބައްޓަމަށް ހުރި އިރު އޭގެތޭރޭގައި ރަން ކުލައިން ދިއްލިފައިވަނީ އުދުހޭ ކޮކާތަކަކުންނެވެ. ތަފާތު އެކި ވައްތަރުގެ ކޮކާތައް ފިޔަޖަހަމުންދާ ގޮތުން ކައިޝާ އަޖައިިބުވިއެވެ. ކައިޝާ ފިނި ބޮޑުވެގެން ދެއަތް މެއާ ދިިމާއިން ހުރަސް ކޮށްލިއެވެ. އީތަންއަށް އެ މަންޒަރު ފެނުުމުން ދެއަށް ދިއްކޮށްލަމުން އެދުނީ އޭނަ ކައިރިއަށް އައުމަށެވެ. ކައިޝާ އިނީ ހަރަކާތެއްވެސް ގެންނަން ނޭނގިފައެވެ. މިހާ އުސްތަނެއްގައި އިނދެފައި ހަރަކާތެއް ގެންނަނިކޮށް ވެއްޓިދާނެއެވެ. ކައިޝާގެ ހިތުގައި ވަނި ބިރުވެރިކަމެވެ. މިތަނުން ވެއްޓުމުން ދެންވާނެ ގޮތް ވެސް އިމޭޖުކޮށްލިއެވެ. ކައިޝާގެ ކޮނޑުގައި ހިފާ އީތަން ދަމާލިއެވެ. އެވަގުތު އެވިާލގަނޑު އަރިއަޅާލިއެވެ. ކައިޝާއިނީ ނޭވާ ހިފައްޓާލައިގެންނެވެ.” އަހަރެން ހުއްޓާ ކައިއެއް ނުވެއްޓޭނެ..ސޯ ރިލެކްސް..” ފިނި ފިނި އަތަކުން ކައިޝާގެެ ކޮލުގައި ބީހިލިއެވެ. ދާދި ކަިއިރިިިން ފެނުނު އިީތަންގެ ހިތްގައިމު މޫނުން ކައިޝާގެ ބިރު ފިލާދިޔައެވެ. އީތަންގެ މޫނު ކަިޝާގެ މޫނާ ގާތް ކޮށްލަމުން އެތުންފަތުގައި ބޮސްދިނެވެ. ވަށައިގެންވާ ވިލާތައް ވެސް ދެފަރާތަށް ކެހިގެން ދިޔައީ ލަދުން މޯޅިވެގެންނެވެ. އީީތަންގެ ދެއަތުން ކައިޝާގެ ކަނދުރާގައި ހިފަހައްޓާފައި ވާއިރު ދެލޯވަނީ މެރިފައެވެ. ކައިޝާގެ ހިތުގެ ވިންދު އަވަސްވެލި ގޮތުން ހީވީ ދެންމެ ދެންމެ ހުއްޓިދާނެހެންނެވެ. އީތަންގެ ދެލޯ ހުޅުވާލީ ކުއްލިއަކަށެވެ. އެދެލޯ ދިއްލިފައިވަނީ ގަދަ އޮރެންޖު ކުލައިގައެވެ. އީތަންމެން ތިބި ވިިލާގަނޑާއި އެތައްހާސް މޭލެއް ދުރުން އެދިމާއަށް އަންނަ ބޮޑު އަލިގުޅަ އީތަންއަށް ފެނުނެވެ. އެހިނދު އެހިތްބިރުގަތީ ކައިޝާއަށް ކަމެއް ވެދާނެތީވެއެވެ. ނުވިސްނާއިން އީތަން ސިިިހިގެން ދިޔައީ އެމީހުންތިބި ވިލާގަނޑަށް އައި ކުއްލި ލޮޅުމަކުންނެވެ. އީތަންއަށް ވިސްނާެނެ ފުރުސަތެއް ނުލިބުނެވެ. އޭނަގެ އަތުން ދޫވެގެން ކައިޝާ ވެއްޓެމުން ދިޔަމަންޒަރު އީީތަންއަށް ފެނުނެވެ. ހަމަ އެވަގުތު ގަދަ ރަތް ކުލަިއިގެ އަލިގުޅައެއް އެވިލާގަނޑުގެ ދަށުން ނިކުތެވެ. ކައިޝާގެ ހަޅޭކުގެ އަޑު ގުގުމާލައިފާއިރު އީތަންގެ ހިތް ހުއްޓުނު ކަހަލައެވެ. ބަލާކަށް ނުހުރެ އީތަންވެސް ވިލާގަނޑު މަތިން ތިރިއަށް ފުންމާލިއެވެ. އަމިއްލަ ފުރާނަ ޤުރުބާން ކޮށްގެންވެސް ކައިޝާގެ ފުރާނަ ސަލާމަތް ކުރުން އޭނައަށް މުހިއްމެވެ. ނަމަވެސް ހިތުގައި އޮތް ސުވާލަކީ ކައިޝާ ސަލާމަތް ކުރެވޭނެބާއެވެ. އީތަން ދެލޯ މަރާލިއެވެ. އެވަގުތު އެހަށިގަނޑުގައި އަލިފާނުގެ ހުޅުފަޅައިގެން ދިޔައެވެ. އީތަން ދެލޯ ހުޅުވާލިއެވެ. ލޮލުގެ ކޮޅަށްވެސް ކަައިޝާ ފެންނަށް ނެތް އިރު އީތަން ހާސްވިއެވެ. ބާރު ސްޕީޑްގައި އީތަން ތިރިއަށް އަންނަމުން ދިޔައެވެ. އެވަގުތު އެގޮތް މިގޮތަށް އެނބުރެމުން ތިރިއަށް ވެއްޓެމުންދާ ކައިޝާފެނުނެވެ. އީތަން އިހުނަށްވުރެ ބާރު ސްޕީޑްގައި ތިރިއަށް ދިޔައެވެ. މުޅިހަށިގަނޑުގައިު އަލިފާން ރޯވެފައިވާއިރު ދެލޯވަނީ ދިއްލިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
65 Comments!
Comments are closed.




Me first dhw…
arrnn dhw…tnks n enjoy..:)
finally love is in de air and look who came to spoil de moment..not again!! :@
hey all de lovely readers 🙂 here is de 20th part of kakuni.. hope u all r enjoying this story..i really apriciate all de love an support. thankz to all..
plx leave ur comments below..i ll b looking forward to them:)
nytee nytz:) n keep waiting for next epi..:)
Oh kaya today is friday : i’m eagerly waiting for the next ep.. why late r u sick or some other reason?? Plx let us knw
Me second….v reethi mi vaakahaka ..luv it❤❤
oh ehenthr dear..v v ufaavejje like veema..thank u:)
alhey kiyaahithun indhaa eh nimuny………
alhey shafu so sorry ehaa kiyaahithun indha ninmaalevuneema..:( btw thank u for ur interest:)
Me 4 th dho??
Keep it up waiting for the next part..
???
arrn dhw..heheh..thank u so much btw next part on thursday nyt..keep waiting:)
Story is just wow wow…luv it ♥️♥️♥️…keep it up kaya…
xaya, r u a new reader? btw m v happy dat u liked it:) thank u
vvvv reethi vvvv furihama
maree ebaulhen dhw..hehehe..thank u so much:)
Nice.but mi part ga dhekameh fahaga vi. Habaru liyefa in iruga fuluhun liyumuge badhal ga police liyuneema v alhaiganey. Dhivehi habarehga eng word eh leema. Dhean last paragraphga in jumla ehga in vetyuneema dhean vaane goih ves “image” kolli eve. Ethaaga vs eng eord eh inima alhaigen. But kayaa you have improved a lot ingey… v salhi mi part vs. Looking forward for a more interesting part?❤?
tbh i didnt realized thr wud b a dhivehi word for police..hehe..n imaginationge badhalugai use kuraane dhivehi word ei evaguthu handhaanan nai so i kept on writing rather dan wasting time to remeber any dhivehi word for dat… in real life mostly i speak in mixed language so its quite difficult for me to write in full dhivehi but i try alot to reduce de amount of eng word in this story..kuriah oithaanga jj buni kanthakah balaalan..btw thanks dear for always been thr for me..:)
WOW… V v furihama… Alhe enme hiyy thelhey hisaabun thi ninmaaly… E Ziyadhan noon ehen meehakah e nuvaane… Eathan Kai salaamaiy kurahchey… Waiting for the next part… Keep it up Kaya 🙂
awwn dear saandy 🙂 happy to knw dat u hav liked this part too:) ziadhan dhw..ehhe balamaa dn kaakuthw eii..ethan n kai salaami kuran time beynuvey so keep waiting until thursday nyt:)
When next part up kuranee.. Kiyaa hithun keh nuvey ehaa vs salhi <3
thank u dear:) next prt on thursday nyt:)
Woww. Story hama habeyss. Vvvvv reethi. Omg. That stupid ziyadhan dhw. Eyna maruvaan vejje ennu. Amd pls kaisha and eethanm ah dhera gotheh nahadhachey. When next part??
hehe..thank u nonns…ziadhan ah gothei hedheythw miulheny..:)n kaisha aa ethanves salaamai kureveythw try kuraanan..btw next part on thursday nyt.. keep waiting:)
Just superb dear..❤???
thanks dear:) m glad dat u liked it..:)
wow,, vv vv reethi mi part ves?❣
kobaa thr zunnoor? hurihaa kameh vaairu nidhaafa kanneyge
keep it up dear
btw kai hama ehaa faseyhain ziadhan kuri kanthah, ei eathange kameh nun kann qabool kury tha ??
not really..at de moment she only lost her confidence…sometimes wen u r in true love evrything seems to be like a fairy tale..hehhe..btw kaisha will get all de answers soon.. i mean ethan will make it clear evrything abt ziahan..so lets c whether she ll blv it or not..:)
zunnor is quite bxxy at something…u ll find de details in de upcoming parts…:) thank u so much:)
woww..dix part is also nice… i like it..keep it up kai <3
oooohhhh:)….thanks alot lil girl..:)
alheyyyy… vrh reethi…. but edhekudhin dhuru nukuracheyy anehkaa… and kai ah saabithu koh dheeba ethan aa ziadhan aa e ee ekaku noon kannn
happy to c ur comment after a while:) thanks alot chum:) m planing to reveal ziadhan’s truth to kai..so dn vaane gothei engidhaane..keep in touch:)
Varey hihgaimu manzareh sifavani love on the air….???????
ooohhhh ehntr fathun:) m glad dat u like this story:)
This is my first comment fr a zstory it is vvvvvv nice story ..keep it up ????
Wow masha allah v rythi kai ah dhera gotheh viyanudheh chey n kai n eethan gulhuvaathi luv this stry ??❤❤ v salhi ceen eh sifavany???kon irakun nxt prt
thank u soooo much khajja:) m v happy dat u liked it..:) next part ASAP:)
I was waiting for a part like this! Varah reethi story eh mee! Story ah comment nukuriyas gavaidhun kiyan ingey kaya ? In this part I cried N after that I was so happy that kai forgave eethan ? Ramazan Kareem kaya ? N story nice ingey ? Waiting for the next part ? Love u ❤❤
awwnnn ehentr dear…ufaavejje comment kohleema..n heekuran dnves dhimaavaane kamah.. n m v happy dat u liked it btw next part ASAP…keep waiting dear:)
Awesome.. Ziadhan i hate you.. Kai birugannaany thwche eathan dheke dhen ?
hehheh..thankx riffu:) dn vaane gotheives engidhaane next part kiyaaleema:)
Varah salhi…next part kiyaalaahiyvanyyy..?
awwnn ehentr noor..thank u so much:)
Hi kayaaaa!!!!
Alhey e ulhey ziadhan eh dhoo!!! Eyna e ulheny kuraane kameh neygigen! Varah foohivey!!! Ohhh!!! And Ethan haadha molhey dho kaisha ge hiy athulan! Hehe… and e dhekudhin ge ves happy moments e feyrigathy hama e nubai nulafa ziadhan ey dho!! Bodu kameh nun! Alhe e zunnooru ves keetha kurany?? Mihaaru mizka aai ethan mulhin rulhi vee dho!! Ethan mizka dheke foohi vi varun eyna mathin hadhaan ves nathaalee dho. Ibza akah adhi neygeytha ekam… this part is only happy dho hurihaa problems thakeh dhuru kohlaafa.. btw mi part ves vvvvvvvvv reethi kayashandyyy!!!!!??
heheh…haadha gina suvaalekey dhw miothy…:) m v happy dat u think abt all of’em..hheheh…dn mi part ga hithah eree ithuru problem ei create nukuran cux thr is still hppnin alot so dhekudhinnah rest dheefa ehuree..:) btw thank u soo much for ur support n interest in this story:)
Thankyou..??
Varah salhi. upload kohbala avahah. keii nuvay kiyaahithun
awwwnn ehenthr piku..thanks alot for ur support:) next part ASAP:)
OH MY GOD!!! HAAAAAAADHA REEEEEHCHEY MI PART!!!! OBINESS TO THE MAX!!!!!! I M SURE THOUSAND FAHARU KIYAALIAS FOOHI NUVAANE’ !!!!…KEEP IT UP KAYA!!!! U R DOING A STUPENDOUS WORK!!!! ND DESCRIPTIONS VARA SALHI!!! SPECIALLY ROMANTIC THAN THAN KOLHU!!! KEEP IT UP!!!
VARAH*
wow:) wat a lovely comment dear…i dnt knw wat to say but a very huge thanks frm deep bottom of my heart:)
Image eh noon dho kuraanee… imagine… btw u could use hiyaalah genaeve ??
Love this part too.. usually i don’t make a comment… heheh but desperately wait for your story ???
thank u shanna..i ll keep dat in mind..:) v happy comment kohleema n hope u ll follow until de end..:) ok vaane silent reader ei gothah kiyaalaafa but end ga comment ei kohleema so dat i wud knw dat u r still here..hehehe:)
Wow..? v v v reethi…
When nxt part??? v v wait kurevey??
awwn dear:) keep waiting..btw thanks alot:)
Kayashandy keeve finish thi kohlee
Vara kiyaa hithun hutta Hama kulhiyaka nimmije
This is not fair
Your hurting your fans
I will not forgive you
when next part..
Wow haadha reehchey mi vaahaka adhi ves ham kiyaa hiy vanee
whn nxt part??
kon irakun dhen oi bai.adhikiriyaa reykaalaan feshy
Kakuniiii I miss u…..Waiting for the 21st part
????????
wow!! varah salhi! Ethan! avahah aneh episode up kurahchey!
??????????
?????????????