ދުރުގައިވިޔަސް… 19 ވަނަ ބައި
” ލައްބަ ދޫނީ… ތީ މަންމީގެ ޕްރިންސް އެއްނު….ސޮރީ ބެބީ… ލަވް ޔޫ… ” ނަތީޤް އަނެއްކާވެސް ގަޔާ ކައިރިކޮށްލަމުން މާޔާ ބުނެލީ ޔަޤީންކަން ދޭހާލުގައެވެ.އެހެންނަމަވެސް ދަރިފުޅަށް ދޮގު ހަދަންޖެހެމުން އެހިތް ޒަަހަމްވަމުން ދާކަން އެހެން މީހާކަށް އެނގޭނެނަމައެވެ.
“ޕްރޮމިސް ތަ ” ނަތީޤް ރުއިން ހުއްޓާލައި އެހެން ބުނެލި އިރު އެއަޑުގައި ދިރުންވިއެވެ.
” ޕްރޮމިސް..” މާޔާވެސް ނަތީޤްގެެ އިސްތަށިގަނޑާއި ކުޅެލައި އެހެންބުނެލީ ކަރުނަތަށް އަނެއްއަތުން ފޮހެމުންނެވެ.
ނަކީލްވެސް ނަތީޤްއާއި އެކީ ވަގުތުކޮޅެއް ހޭދަކޮށްލީ އެކުޑަކުޑަ ފުރާނަ ހިތްހަމަ ޖައްސައިދެމުންނެވެ. ނަތީޤް ދެއްކި ވާހަކަތަށް ނަކީލް ޤަބޫލުކުރީ އެހާ ކުޑަކުއްޖެއް ދޮގުނަހަދާނެކަން އެނގޭތީއެވެ.އެހެން ނޫނަސް އެވަރުވާނީ ވެސް ކޮންމެވެސް ކަހަލަ ގޯނާއެއް މީހަކު ކުރީމައެވެ.އެހެން ކަމުން މިރޭ ޖެނީގެ ކަންތައް ކޮންމެވެސް ކޮޅެއްގައި ޖައްސަން ނަކީލް އަޒުމް ކަނޑައެޅިއެވެ. މާޔާވެސް މިރޭ ދެއްކިވާހަކައިގެ ސަބަބުން ހުރީ މާޔާދެކެވެސް ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް އެމައުލޫއަށް އިތުރަށް އެއްޗެއް ދެން ބުނަން ނުޖެހޭނެކަން އެގޭތީ ހަމަޖެހިލިއެވެ.
” ޖެނީ… ޖެނީ…” ނަކީލް މާ ބާރަކަށް ޖެނީއަށް ގޮވަމުން ޖެނީއުޅޭ ކޮޓަރީގެ ދޮރުގައި ތަޅަމުންދިޔަ ގޮތުން ހީވަނީ ދެންމެ ދެންމެ ދޮރު ވައްޓާލާފާނެ ހެނެވެ.
އެވަގުތަކީ ޖެނީ ފާހަނައިން ނިކުތް ވަގުތު ކަމަށް ވުމާއި އެކު އަވަސްއަވަހަށް ބާތްރޯބު ގަޔަށް ހެޔޮވަރުކޮށްލަމުން ދޮރުހުޅުވަން އަވަސްވެގަތީ ނަކީލްކަން އެނގޭތީއެވެ. ޖެނީ ދޮރު ހުޅުވިއިރު ހުރިގޮތުން ނަކީލް ނިތަށް ރޫގިނަވެގެންދިޔައެވެ.ލައިފައިހުރި ހުދުކުލައިގެ ބާތްރޯބްގައި ހުރިއިރު ފައިގެގަލަމަސްގަނޑުން ފެށިގެން ބޮޑުބައެއް އޮތީ ހާމައަށެވެ. އަވަސް އަވަހަށް ކޮޓަރިތެރެއަށް ދެމިގަނެ ދޮރު ލައްޕާލީ ޖެނީއާއި ދިމާލަށް އިތުރަށް ބެލުމެއްވެސް ނެތިިއެވެ.
“ކީލް ކިހިނެތްވީ… ހާދަ ހިތްހަމަ ނުޖެހިފަ… އަނެއްކާ މާޔާ އެއްކެޗޭ ކީތަ؟” ނަކީލްގެ އަމަލްތަށް ހުރިގޮތުން ޖެނީ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެފައެވެ.
” ޖެނީ ފުރަތަމަ ދޭބަ ތިނޫން އެއްޗެއް ލައިގެން އަންނަން..” ނަކީލް ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއި އެކީގައެވެ. ޖެނީގެ ހަށިގަނޑު އެހާ ހާމަކަން ބޮޑުގޮތަކަށް ފެންނަން ހުރުމުން އުދަނގޫވަނީއެވެ. ކައިވެނި ކޮށްގެން ކުރިން އުޅުނު އިރުވެސް މިގޮތަށް ޖެނީ ނަކީލްގެ ކުރިމައްޗަށް އައިސްފައިނުވާތީއާއި އެކުވެސް މެެއެވެ. އޭރު ފެނުނު ޖެނީއާއި މިހާރުގެ ޖެނީ އެއީ މުޅިން ދެމީހެކޭ ބުނާހާވެސް ތަފާތެވެ. މީހާ ހުންނަ ހުރުމުން އެއީ ކޮންކަހަލަ މީހެއްކަން ނޭނގޭނެތާއެވެ. ވަގުތާއި އެކީ ހުރިހާކަމެއްވެސް ފާޅުވަމުންދާނެތާއެވެ.
” ކޮބާ މައްސަލައަކީ…” ޖެނީ އައިސް ނަކީލްގެ މަގަތުގައި އިށީންދެ ނަކީލްގެ ފައިގެ ފަލަމަސްގަނޑުމަތީ އަތްބޭއްވިއެވެ. އެއާއި އެކު ނަކީލް ތެޅިގެންފައި ދުރަށްޖެހިލީ ބިޗުލެއް ކަށިޖެހި ކަހަލަ އިހްސާސްއެއް ކުރެވުމުންނެވެ.
” ކީލް… އަހަރެން ގައިން ކޯއްޗެއް އުނިވެގެންތަ… ހަމަގައިމުވެސް އަހަރެން އެ މާޔާއަށް ވުރެ މާ ރަގަޅު..މާ މުއްސަދި… މާ ރީތީ.. ހަމައެކަނި އޭނާގެ ބޮޑު ލޮލެއް އިންނަކަން… އަހަރެންވެސް މީހަމަ ކީލް ގެ އަތްބެއްނު…ކީލް ކީއްވެތަ ” ޖެނީ ޝަކުވާކޮށްލީ ނަކީލް އެހެން ކަންތައްކުރުމުންނެވެ. އަބަދުވެސް ނަކީލް ޖެނީއާއި މެދު ބަހައްޓަމުން ގެންދާ ދުރުކަމުން އެހިތުގައި މާޔާއަށް ނަފްރަތު އިތުރުވުން ނޫން ކަމެއް ނުވެއެވެ.
” ޖެނީ އާއި މާޔާ އާއި ވަރަށް ތަފާތު…. ޖެނީ އަށް ވުރެ މުއްސަދި ނުވިޔަސް… އެތަށް ގޮތަކުން ބެލިޔަސް މާޔާ މާ ފުރިހަމަ… ޖެނީ ކައިރީ އަހަރެން އެންމެ ފުރަތަމަ ދުވަހުު ވެސް ބުނިން އަހަރެން ނުދެކެމޭ ޖެނީ އާއި ދޭތެރޭ އެހެންގޮތަކުން…ޖެނީ ހިތުން ރުހުމުން ގަބޫލުވީ… ނޫންތަ… އެހެން ނޫނަސް މިހާރު ޖެނީ ތިއުޅޭ ގޮތުން ހިތަށް އަރާ އަހަރެންގެ ލޯމައްޗަށް ކުރިން ދެއްކި ދަޅައެކޭ ތީ..” ނަކީލް ޖެނީއާއި ދުރަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއިރު ޖެނީއަށް އިނދެވުނީ ކަޅިޖަހާނުލާަ ނަކީލްއަށް ބަލަހައްޓައިގެންނެވެ.
“ކީއްވެ ތިހެން ތިބުނާ… މާޔާ އެއީ ނަތީޤްގެ މަންމަ އަށް ވީމަ ނޫންތަ އޭނާ ތި ގެނައީ.. އައި ވިލް ބީ ހިސް މޮމް… މާޔާ ފޮނުވާލާ… އަހަންނަށް މަންމައެއްގެ ލޯބި ދެވިދާނެ… އޭރަށް އެންމެންވެސް އުފަލުގައި އުޅޭނީ..ޝީ ޑަސްޓް ބިލޯންގް އިން ހެއަރ..” ޖެނީ ރުންކުރުވެފައި ވާހަކަ ދެއްކިގޮތުން ނަކީލް ހިތްހަމަނުޖެހުނެވެ. ކޮންޓްރޯލް ކުރަން މަސައްކަތްކުރި ރުޅިގަނޑުވެސް އޭގެ ސަބަބުން ގަދަވުން ނޫން ކަމެއް ނުވިއެވެ. މިތަނަށް އައި އަސްލު މަޤްސަދް ހަދާންވުމުން ނަކީލް ކޮޅަށް ތެދުވިއެވެ.
ސޯފާގައި އިށީންދެގެން އިން ޖެނީގެ އަތުގެ މުލައްދަޑީގައި ހިފާ ކޮޅަށް ނެގީ އައިސްފައިހުރި ރުޅިންނެވެ.
” ޔޫ ކޭން ނެވަރަ ބީ ހިޒް މޯމް.. އޯލް ޔޫ ކޭން ބީ އިޒް އަ ސްޓެޕް މޮމް.. އެއީ ތިކަހަލަ މީހުންނަށް ވާނެވަރު…މުދަލާ ފައިސާ އާއި ނަސްލަށް ގޮސް ހުސްވީމާ އިންސާނިޔަތުކަމުގެ ކަންފުޅެއްވެސް ނީންނާނެ…ތީ ކޮންކަހަލަ އަންހެނެއްތަ…އޭން…” ނަކީލް ޖެނީގެ އަތުގައި ހިފައި ލުއްކެއް ޖަހާލުމުން ޖެނީގެ މުޅި ހަށިގަނޑަށް ލޮޅުންވެގެންދިޔައއެވެ.މީހަ ބިރުން ތުރުތުރު އަޅާ ހުރީ އަނެއްކާ ނަތީޤް ހުރިހާވާހަކައެއް ކިޔައިދީނީ ބާވާއޭ ހީވުމުންނެވެ.
” ކީއްކޭ ތި ކިޔަނީ..ނުވިސްނުނު އަހަންނަކަށް… އަހަރެން މީ ނަކީލް ތިބުނާ ހާ ނުބައި މީހެއް ނޫން” ޖެނީ ވާހަކަ ދެއްކުނީވެސް ކިރިއާއެވެ. އެއަޑުގައި ހުރި ހާސްކަން ނަކީލް ދެނެގަތެވެ.
” އެހެންތަ… އެހާ ނުބައި މީހަކަށް ވާނީ ނަތީޤް ސިޑިންވައްޓާ މަރާލެވުމުން ދޯ… “އެކުއްޖާފުޅުގެ ނަސީބުން ސަލާމަތްވީކަންވެސް…ހީކުރީތަ ޖެނީ ތިކުރާ ގޯނާތަށް އަހަރެމެންނަށް އަބަދު ސިއްރުވެފަ އޮންނާނޭ… އޭން.. ބަލަ އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅޭ… އެއީ އަހަރެންގެވެސް ލެއޭ.. ތީ އަންހެނުންނަށް ވެސް ހުރި ހުތުރެއް… ” ނަކީލް އަޑު ބާރުވެފައި ލޮލުން ހީވަނީ ޖެނީ ފިއްސާލަން އުޅޭހެންނެވެ. އައިސްފައި ހުރި ރުޅީގައި ޖެނީ ދުރައް ކޮށްޕާލެވުނީ އަތުން ފައިން ގޯހެއް ހަދަންބޭނުންނުވާތީއެވެ.
ޖެނީ ނަސީބަކުން ނުވެއްޓި ސަލާމަތްވީ ކިރިއާއެވެ.” އަހަރެން ކީއްކުރަންތަ ވަކި އެހެން ހަދަންވީކީ… ކީލް ނަތީޤް އެއީ ކުޑަ ކުއްޖެއްނު…އެ އުމުރުގެ ކުދިން ނުލާހިކު ދޮގު ހަދާނެ… އަހަރެން ހުރީ ރޫމްގައޭ..” ޖެނީ ހާސްވެފައި ހުރި ވަރުން ބެލީ ކޮންމެވެސް ގޮތަކުން މިކަމުން ސަލާމަތް ވެވޭތޯއެވެ.
” އެހެންތަ… އެހެންވީމަ ދޯ އެކުއްޖާފުޅަށް ހަމައަކަށް ނޭވާނުލެވިގެން އުޅުނީ ރޮވޭވަރުން… އަހަރެން ހިއެއް ނުކުރަން ޖެނީ ތީ ތިކަހަލަ މީހެއް ކަމެއް.. އަމިއްލައަށް ކުއް ކޮށްފަ އެ ވެސް މަތިކުރުވަން އުޅެނީ މައުސޫމް ކުޑަ ކުއްޖެއްގެ ބޮލުގައި… އަހަރެން ޖެނީއާއި އެކީ ދެން އިތުރަށް އެންމެ މިނިޓެއްވެސް އުޅެން ބޭނުމެއްނޫން… “ނަކީލް ޖުމްލަތަކަށް ބާރުލަމުން ބުނެލީ އެއީ ފަހުގެ ނިންމުނެވެ.
” ކީލް އަހަންނާއި އެކު އުޅެން ހުރީ ކޮންއިރަކުން…އަހަރެން ކީއް ނުކުރަނީ ނަކީލް ހާސިލްކުރަން..ކީއް ނުކުރަނީ… މެލިސާ އާންޓީ ބުނެގެން ނުކުރާ ކަމެއް ނީންނާނެ…ހަމައެކަނި ކީލްއަށް ޓަކައި… އަހަންނަކަށް ނުވިސްނު ކީލްއަށް އެ މާޔާ އެހާ ކަމުދަނީ ކީއްވެކަމެއް.. އެއްފަހަރު މިތަނުން ބޭރުކޮށްލީމަވެސް ގެނެސްގެން ތިއުޅެނީ ކޯއްޗެއް ނުލިބިގެން ކަމެއް… އެހާ ވަރުން މާޔާއާއި ފާރިލް އަށް ސްލީޕިން ޕިލްސް ދީގެން އެދުވަހު އެހެން ހެދީ.. އޭނަ އެހެން އޮއްވާ ފެނުނީމަވެސް ރުޅިއެއް ނާދޭތަ އޭނަ ދެކެ.. އަހަރެން ކީލްގެ ދަރިއެއް ސިޑިން ވައްޓާލަން އުުޅުނީމަތަ އެ ކަމަކަށް ވަނީ… އަހަރެން ދެއަތުން ހުރިހާ ކަމެއް ކުރުވީ.. ހުރިހާ ޕްލޭނިންގް އެއް ކުރީ… އަހަންނަށް ކީލް ނުލިބޭނެ ނަމަ ނީލްއަށްވެސް ނުލިބޭނެ މާޔާއެއްވެސް… ނަތީޤްއެއްވެސް…” ޖެނީ އައިސްފައިވާ ރުޅިން އަމިއްލައަށް ނަކީލްގެ ކުރިމަތީބޭޒާރުވަމުންދިޔައިރު ނަކީލްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޖެނީ ހަމަ އަސްލުވެސް އެހުރިހާ ކަމެއް ކުރީ ބާވައެވެ. އަމިއްލައަށް އިއްތިރާފްވީވެސް ޖެނީއެވެ. ނަކީލްގެ އަތުގެ ހޫނު ހަމަލާއެއް ޖެނީގެ ކޯތާފަތަށް ރައްުދުވުމުން ޖެނީއަށް ހަމަ ބިމަށް އާދެވުނު ފަދައެވެ. ދެންމެ މި ހާމަ ކުރެވުނީ ކިހާވަރެއްގެ ސިއްރެއްކަން އެނގުމުން އަނގަމަތީ އަތްއަޅާލެވުނެވެ.
” ޔޫ ޑިޑް އެވްރީތިންގް… ؟” ނަކީލް ދަތްކުޑިވިކާލަފައި އެހެން ބުނެލިއެވެ. ޖެނީ ހުރީ އަމިއްލައަށް ބޭޒާރުވުމުން ކުރާނެ ކަމެއް ނޭނގިފައެވެ.
” އަހަރެން އެކަންތަށް ކުރީ މެލިސާ އާންޓީ ބުނީމަ…” ޖެނީ އަމިއްލައަށް ބޭޒާރުވީގޮތަށް މެލިސާވެސް ބޭޒާރުކުރަން ބޭނުންވިއެވެ.
” އަމިއްލައަށް ހުރހާ ނުބައިކަމެއް ކޮއްފަ އަހަރެންގެ މަންމަ ނޫން އެހެން މީހެއް ނުފެނުތަ… ޔޫ އާރ ޑިސްގަސްޓިން… މިހާރު މިވަގުތުން ފެށިގެން ޖެނީ ތީ އަހަރެންގެ އަތްބެއް ނޫން… ” ނަކީލް ވަކި ވަކި ލަފްޒުތަކަށް ބާރުލަމުން އެހެން ބުނެފައި ދިޔައީ ކޮޓަރިން ނިކުންނާށެވެ.
” ޕްލީޒް.. ކީލް ..ޑޯންޓް … އަހަރެން ވަރަށް ލޯބިވޭ ކީލް ދެކެ… ވަރަށް ލޯބިވޭ… އަހަންނަށް މާފުކުރޭ… ޕްލީޒް…” ޖެނީ އައިސް ނަކީލްގެ އަތުގައި ހިފައި އާދޭސްކުރަން ފެށުމުން ނަކީލް އެއަތް ދުރައްލިއެވެ. އެދޮލޮލުން ޖެނީއަށް ފެންނަނީ އިންތިހާ ދަރަޖަައިގެ ނަފްރަތެވެ.
” ޖެނީ ބޭނުންނަމަ އޯކޭ މިރެއިން މިރެއިން ދިޔަޔަސް..އެކަމަކު އަންކަލްމެން ޤައުމަށް އަންނަންދެން މިގޭގައި ހުއްޓަސް އަހަރެންގެ މައްސަލައެއް ނެތް… އެގޮތް ކަންނޭނގެ މަންމަމެން ބޭނުންވާނީ…އެކަމަކު އަހަންނާއި އަހަރެންގެ ދަރިފުޅާއި ކައިރިވާން ހިތަށްވެސް ނާރުވާތި…” ނަކީލް މިހެން ބުނެފައި ބާރު ހިނގުމެއްގައި ކޮޓަރިން ނިކުމެގެން ދިޔައީ ޖެނީއަށް އެއްްޗެއްބުނާނެ އިތުރު ފުރުސަތެއްވެސް ނުދީއެވެ.
ޖެނީ ކިތަންމެ ދެރަވެފައި ހުއްޓަސް އަމިއްލަ ކުށް ޤަބޫލުކުރަން ބޭނުންނުވާފަދައެވެ.މިހުރިހާ ކަމަކީވެސް މާޔާގެ ސަބަބުން ވާކަންތަކެވެ.ނޫނެކެވެ. މިއީ އެ ކުޑަ ކުއްޖާގަނޑާ ހުރެ ވާކަންތަކެވެ. މިއަދުވެސް ސިޑިން ވައްޓާލިނަމަ މިހެން ނުވީސްކަން ޔަޤީނެވެ. ޖެނީއަށް ނަކީލް ނުލިބިއްޖިއްޔާ އިތުރު އެއްވެސް މީހަކަށް ނަކީލްއެއް ލިބިގެން ނުވާނެއެވެ. އެލޯބިން ޒައްރެއްގެ މިންވަރުވެސް އެހެންމީހަކަށް ލިބިގެންނުވާނެއެވެ. ނަތީޤްއަކީ ހުރިހާ ކަމެއް ދިމާވާން ޖެހުނު އަސްލު ކަމަށް ވިއްޔާ އެ އަސްލު ވެސް ނައްތާލާނަމެވެ. ނަކީލްއާއި ދުރުކުރިފަދައިން އެކުއްޖާވެސް ދުރުކުރުވާނަމެވެ. ޖެނީ ހިތުގައި އަށަގެންފައިވާ ބަދަލުހިފުމުގެ ރޫހުގެ ސަބަބުން ނެނގެން މިއުޅެނީ ކިހާވަރެެއްގެ ފިޔަވަޅެއްކަން ވިސްނޭނެނަމައެވެ. މިކުޅެލެވެނީ އެތަށް ބަޔެއްގެ އުއްމީދުތަކަކާއި ކަން އަންދާޒާކޮށްލެވޭ ވަރަށް ވުރެ ޖެނީގެ ހިތް ވަނީ ލޯބީގެ އަވައިގައި ޖެހި ކިލަބުވެފައެެވެ. ލޯތްބަކީ މަކަރުވެރިކަމާއި އެކީ އަނެކެއްގެ ހައްޤަކަށް އަރައިގެން ވެވޭ އެއްޗެއް ނޫންކަން ވިސްނޭނެ ނަމައެވެ.
ބާރު ސްޕީޑްގައި ނަކީލް ކާރު ދުއްވަމުން ދިޔައީ އެ ހިތުގައި އުފެދިފައިވާ ހައިޖާނަށް ފިނިކަމެއްލިބޭތޯއެވެ. ބާރުދުވެލީގައި ގޮސް ކާރު މަޑުކޮށްލީ ޕާރކްއެއް ކައިރިއަށެވެ. އެތާގައި މީހުން މަދުވެފައި މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.
ބައެއްގެ ރޭވުމުގައި ޖެހި ދިރިއުޅުމުގެ ނައު ފުޑުފުޑު ވިހިނދުވެސް ނޭނގުނީތީ އެހިތް ވަނީ ޒަހަމްވެފައެވެ. މާޔާ ދެކެ ވި ސާފުތާހިރު ލޯބި ބައެެއްގެ ސަބަބުން ކިލަނބުވީތީ އަމިއްލަ ނަފްސަށް އެތަށްފަހަރަކު މަލާމަތްކޮށްލެވުނެވެ. އެދުވަހު މާޔާ ކިހާ އާދޭހެއް ކުރި ހެއްޔެވެ. ކިހާވަރަކަށް ކަރުނަ އޮހޮރުވިހެއްޔެވެ. މާޔާއަށް އިތުބާރުކުރެވުނުނަމައެވެ.މާޔާ އާއި ދޭތެރޭ ނަކީލް ކަންތައްކުރިގޮތް ހިތަށް ސިފަވާން ފެށުމުން ނަކީލް އަށް ބޮލުގައި ދެއަތުން ހިފަަހައްޓައިލެވުނެވެ.
” ކީލް ފްލީޒް މައިއަށް އިތުބާރުކޮށްބަ… މައި އަކަށްވެސް ނޭނގެއޭ އެއީ ކިހިނެތް ވީ ކަމެއްކަމެއް…ފްލީޒް..ކީލް..” މާޔާ ރޮއެރޮއެފައި ނަކީލް ކައިރީ އާދެސްކުރަމުން ދިޔައިރު ނަކީލް އެވާހަކަތަށް އަނޑުއަހަން ބޭނުންނުވާފަދައެވެ.
” ލޮލުން ފެނި އަތުން ހިފީމަވެސް މާޔާ އަދިވެސް އަހަންނަށް އޮޅުވާލަނީތަ…އަހަރެން ދެން އިތުރަށް މާޔާގެ ސޫރާ އެންމެ މިނިޓެކަށްވެސް ދެކެން ބޭނުމެއްނޫން… ” ނަކީލް ހުރީ މާޔާ އެފަދަގޮތަކަށް ފެނުމުން ރުޅިގަދަވެފައެވެ. އެހިތުގައިވެސް އެވަގުތު އަޅަމުން ދިޔަ ވޭން އެހެން މީހަކަށް އެނގޭނެ ނަމައެވެ.
” ނޫން..ނޫން..ކީލް ތިހެން ނުބުނޭ… އިތުބާރުކޮށްބަ…އަހަރެން ހަމައެކަނި ލޯބިވަނީ އަދީ ވާނީވެސް ކީލްދެކެ..” މާޔާ ނަކީލްގެ އަތުގައި ހިފައި އާދޭސްކުރަން ފެށުމުން ނަކީލްގެ ހިތަށްވެސް ފުން އަސަރުތަކެއްކުރަމުންދިޔައެވެ. އެހެންނަމަވެސް އެޖަޒްބާތުތަކަށް އެވަގުތު ކުރި ހޯދީ އަމިއްލަ ސިކުނޑި ވިސްނައިދިން ގޮތެވެ.
“މަޔާ ލޯބިވާ މީހާ މާ ރީއްޗަށްވެސް ފެނިއްޖެ މިއަދު… ޔޫ އާރ ނޮޓް މައި ވައިފް އެނީ މޯ… ޖަސްޓް ގެޓް ލޮސްޓ..” ނަކީލް މާޔާގެ އަތުގައި ހިިފައިގެން ދަމާފައިކަހަލަ ގޮތަކަށް ގެންގޮސް ގެއިން ބޭރަށްލިއެވެ. އަދި މާޔާގެ އާދޭސްތަކަށް ބީރުކަންފަތެއް ދެމުން ދޮރުލެއްޕިއިރުވެސް މާޔާ އެދެމުން ދިޔައީ ނަކީލް ކައިރިން އެންމެ ކަމެކެވެ. އެއީ މާޔާއަށް އިތުބާރުކުރުމަށެވެ.
މާޒީގައި މާޔާއާއި މެދު ކަންތައްކުރެވުނު ގޮތުން ނަކީލް ހަމަ ރަގަޅަށްވެސް ލަދުގެންފިއެވެ. މިއަދު ޖެނީއާއި ދޭތެރޭ ބެެހެއްޓުނު ވަރުގެ އޯގާތެރިކަމެއްވެސް މާޔާ ދެތޭރޭ އެދުވަހު ބެހެއްޓިފައެއްނެތެވެ. ނުދަންނަ ޤައުމަކަށް ނެރެ އެއްލާލެވުނީ ވަންނާނެ އެހެން ތަނެއްވެސް ނުުހުންނާނެކަން އެނގޭ ހާލުގައެވެ. މާޔާދެކެ ނަކީލް އިންތިހާއަށް ވީލޯބި ވެގަތު ކޮބާހޭވެސް ހިތަށް އެރިލެއްމަދެއްނޫނެވެ. ނަކީލް ގެ ބޯހާސްވާންފެށިގޮތުން އެންމެ ފަހުން އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނީ މޭފިތޭހެން ހީވާތީއެވެ. ދެން ނަކީލްއަށް މާޔާގެ ކުރިމައްޗަށް އަރާކަަށްވެސް ނުކެރޭނެއެވެ. މާޔާގެ ބޮލުގައި އެޅުވުނީ ކޮންފަދަަ ހުތުރު އިލްޒާމެއް ހެއްޔެވެ. އެކަނި މާއެކަނި ނަކީލްގެ ދަރީންތަކެއް އުފަންކުރަން މާޔާ އަމިއްލަ ނަފްސުވެސް ނުރައްކަލަށް ހުށަހެޅީ ނަކީލްދެކެ ކިހާ ލޯބިވާތީ ހެއްޔެވެ.އޭގެ ބަދަލުގައި ނަކީލްއަށް ދެވުނު ހާވެސް އެއްޗަކީ ހިތްދަތިކަމެވެ. މާޔާއާއި ނަތީޤްވަކިކުރާނެ ކަމަށް ބިރުދައްކައި މާޔާއާއި ކައިވެނިކުރީވެސް މާޔާއަށް އިތުރު ވޭނެއް ދިނުމަށެވެ. ކޮންމެ ގޮތަކަށް މާޒީގައި ކަންތައްވެފައި އޮތަސް ނަކީލް އަޒުމް ކަނޑައެޅީ ދެން އިތުރަށް އެކުޑަ އާއިލާއަށް އިތުރު މީހެއްގެ ހިޔަނިވެސް އެޅުނަ ނުދިނުމަށެވެ. ވޭތުވެ ދިޔަތާގައި މާޔާއަށް ދެވުނު ހިތަދަތި ކަމުގެ ބަދަލުގައި އިންތިހާއަށް ލޯބިދޭށެވެ. ހުރިހާ ކަމެއް ހަދާންނެތޭވަރަށް މާޔާއަށް ލޯބި ދޭން ބޭނުންވިއެވެ. ކުރިމަގަށް ފޮނި އުއްމީދުތަކެއް ކުރެވެމުން ދިޔައިރޔަ އިރު އެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ކަޅުވިލާގަނޑުގެ ހިލަމެއްވެސް ނަކީލްއަށް ނުވެެެއެވެ.މިތޫފާނަކީ ތިން މީހުންގެވެސް އުއްމީދުތަށް ވިއްސިވިހާލިކޮށްލާނެވަރުގެ އެއްޗެއްކަން ރޭކާވެސް ނުލައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.



sorry readers… wifi nethigen las v…. and next episode dhigu koh genesdheynan..i ll make it up for u all.. keep reading …have a nice day
V nice vaahaka
thank you Mash
Mi part ves v reethi but maaginadhuvas vaathee dheraee
Sorry for dissapointing you.. ekan next part on saturday niah vure dhigu koh genesdheveytho try kuraanan insha allah
haadha kurey. varah reethi mi bai ves,aneh part avahah kiyaalan libeyne kamah ummedhu kuran, alhey natheeg,nakeel and maya dhuru nukurachey plz. dnt kill maya. i love this story
next part on saturday miah vure dhigu koh genesdheveytho try kuraanan insha allah
Dhen avaskohbala.
Next part☺
Koniraku next part up vaanee
Mi partah varah inthizaaru kurevijje…hama varah reethi…maya ah dhera gotheh nuhadhachchey …keep it up dear…??
Thank you Noor… i love your stories?
abadhuves konmmeves bahanaaeh dhahkkanee .. ehaa lazy nuve vaahaka ninmmalabala .. kiyan v foohi mahaku ehffaharu upload kureema .. vaahaka v reethi bt kiyaahitheh nuvey liyuntheriyaage faruvaakudakamun
Dhn nukiyaa thihnyr
Rausha kairin bunelan… faruwaa kuda nama thihen vaahaka kiyaakah ves nulibeyne. Rausha ah nuwisnunas aslu v bura koh ulhemun mikan vany… dhn when u are with parents and in ur own country u get things fen haa faseyhain…its not same in other places… anyways. N sorry for disappointing…but u cant label me as faruwakuda..thank you
v reethi mi part ves… next part avahah up kohla dheythi
Haadha kurey.. bt v v reethi.
Plx maya mara nulache writer.. Next part kurukoh viyas mi week ga upkoh dheche
Look how selfish I am.. Forgot to tell about the story.. Aslu vvv salhi ingey
mi part ves varah reethi
when next part??
Wow beautiful?
Reethi v…..
But mi part haadha avahakah thi nimmaalee… Maaya adhi ves noolhey tha eyna ge cancer kanthakaa?? Faruvaa hoadhan noolhey tha? Eyna ah gotheh nuveytha? Nakeel ah neygunas eyna ves amilla ehenviyya kameh kuran jeheyne ehnun dho writer?? Ohh but story anehhen vvvvv reethi ingey.. ??hehe
Dhw… maya ge ulheynu balikoh adhives…. dhn higaa dhw maaya ves kanthah kuraa gotheh balan..thankyou
Sorry readers… comment thakah vaki vakin reply kuraa varah vure internet is too slow…sorry for dispointment…aslu bahanaa eh noon ingey… but next episode on saturday dhigu koh geneshdeynan… tc
Haadha lahakunn ney mikiyaalann libunii ekamu vess vv teeth I☺
Haadha dhuvahe he inthizaarakah fahi ey mi vaahaka up v.. V nice. Eagerly waiting for the next part
So ure going to kill Maya. That’s bad
amazing… ekam ehera jeny gandeh dho…. boahalaaku e anhenaa aa hedhi…. btw i have a question, is nakyl a muslim…. well he’s from korea i guess…. and there is no sentence saying that he or even maya prayed….. anyways, waiting for the next part…. gdnyt….
Mi vaahaka feshi iru inennu bunefa maaya ge kommeves friend eh Nakeel ge full name akee Mohammed Nakeel ey…. so he must be muslim dho…
Oh… handhaan nethuny ey… ? Thanks dude ?
Varah reethi.. Varah birun mihuriee dhen vaane gotheh neygeythieeve
Hiii dear…vaahaka ah inthixaar kuraathaa kon dhuvaheh…adhi nuves kiyey…ingey reethi vaanekan..ramadan mubarak dear…
Ramadan mubarak axi