Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އަހަރެން ވާނަމޭ (11)

Aisha Level 2100 Comments10 Stories100 Login
May 30, 2017 7 Mins Read
55 Comments

ދުވެފައި ގޮސް ލަޔާން ހަޔާގެ ކައިރީގައި ކުޑަ ކަކޫ ޖަހާލަމުން ބިންމަތީގައި އިށީނނެވެ. އަދި ލެއިން ތަތްތެޅިފައި އޮތް ހަޔާ އަތްދަނޑި މައްޗައް ނަގާ އޭނާގެ ކާރާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެއްވެތިބި މީހުންތަކުގެ ތެރެއިން ބަޔަކު އައިސް ކާރުގެ ދޮރު ހުޅުވައިދީފައި ހަޔާ ފަހަތު ސީޓުގައި ބޭއްވުމަށް އެހީ ވެދިނެވެ. ހަޔާ ރީއްޗަށް ބާއްވާލައިފައި ލަޔާން ކުރީ ސީޓަށް އަރާ ކާރު ދުއްވާލީ އޭޑީކޭއަށް ދިއުމަށެވެ. ހާސްވެފައި ހުރިވަރުން އޭނާއަށް ކާރު ދުއްވުނީވެސް ވަރަށް ބާރަށެވެ. އޭޑީކޭ ހޮސްޕިޓަލްގެ ދޮރުމަތީގައި ކާރު މަޑުކޮށްލާފައި ލަޔާން ކާރުން ނިކުމެ އެހީތެރިންނަށް ގޮވާލިއެވެ. އަދި ހަޔާ ކާރުން ނެރެގެން ނަރުހުން ހިފައިގެން އައި އެނދަށް ލިއެވެ. ހަޔާ އެމަޖެންސީ ރޫމްއަށް ވައްދަންދެން ލަޔާން ހުރީ ހަޔާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ހަޔާ އެމަޖެންސީ ރޫމްއަށް ވެއްދުމުން މާޔޫސްވެފައި ހުރެ ލަޔާން އެތާ ހުރި ގޮނޑިބަރީގައި އިށީނދެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި ޖީބުން ފޯނު ނަގާ ހަޔާގެ މަންމަ ހިދާއަށް ގުޅާ އެހަބަރު ދިނެވެ.

“މޭ އައި ކަމް އިން ސަރ؟؟” އަމާން އޭނާގެ ބޮސްގެ ކެބިންގައި ޓަކިޖަހާލަމުން ބުންޏެވެ. “ޔެސް އަމާން އާދެ.. އިށީނދޭ” ގޮނޑިތަކަށް އިޝާރަތް ކުރަމުން ލޫކަސް ބުންޏެވެ. އަމާން އެތަނުން ގޮނޑިއެއްގައި އިށީނދެ ހަމަޖެހިލުމުން ލޫކަސް ވާހަކަ ދައްކަން ފެށިއެވެ. “މިހާރު ކުރިއަށްދާ ޕުރޮޖެކްޓްގެ ލިއެކިޔުން ނިންމާލަން ތިން ދުވަހަށް މާލެ ދާން ޖެހޭތީވެ އެކަން އަންގާލަންވެގެން.. މިކޮޅުގައި ހަދަން ހަމަޖެހިފައިވާ ގެސްޓް ހައުސްގެ ކަންކަން ނިންމާލަން އަހަރެން އެބަ ޖެހޭ މިކޮޅުގައި ހުންނަން.. ދެން ޓިކެޓާ ހުރުމުގެ ކަންތައް ނިންމާނަން އޮފީސް ފަރާތުން” ލޫކަސް އޭނާގެ ވާހަކަ ނިންމާލާފައި އަމާންއާއި ދިމާލަށް ބަލާލިއެވެ. “އަޅުގަނޑަށް އެންމެ ރަގަނޅު.. ކޮންއިރަކު ފުރަން ހަމަޖެހިފައި އޮތީ” “މާދަން.. ފަލައިޓް ޓައިމް އަންގާލާނަން މިރޭ ވަގުތަކު.. ދެން އެންމެ ރަގަނޅު ދިޔަޔަސް” އަމާން ލޫކަސްގެ ކެބިންއިން ނިކުމެގެންގޮސް އެނޭގެ ކެބިންއަށް ވަނެވެ.

“މާން އަހަރެން ވަރަށް ލޯބިވޭ މާންދެކެ އަހަރެން ދޫކޮށްފައި ނުދައްޗޭ” ފުރަގަސް ދީގެން ހުރި އަމާންގެ ފުރަގަސް ފަރާތުން ބައްދާލަމުން އަފްރީން ބުންޏެވެ. އަމާން އަފްރީންގެ އަތުގައި ހިފާ އޭނާއާއި ކުރިމަތިލިއެވެ. އަދި އަފްރީންގެ ގައިގައި އަމާން ބައްދާލީ ހަމްދަރްދީވެ ހުރެއެވެ. އެހެން އިރުކޮޅަކު ހުރެފައި އަމާން އަފްރީން އޭނާއާއި ކުޑަކޮށް ދުރުކޮށްލިއެވެ. އަދި އަފްރީންގެ ނިތައް ބޮސްދީފައި އަފްރީންގެ މޫނުގައި ދެއަތުން ހިފަހަށްޓާލީއެވެ. “އަފޫ.. އަހަންނަށް މާފުކުރޭ އަހަރެން އަފޫދެކެ ލޯތްބެއް ނުވެ.. އަހަރެން މިއަދުވެސް ލޯބިވަނީ ހަޔާދެކެ.. އަހަރެންނަށް އަފޫއާއި އެކު އުޅެވޭކަށް ނެތް” އެހެންބުނެ އަމާން އަފްރީންގެ މޫނުން އަތް ދޫކޮށްލުމަށްފަހު ކަޅު އަނދިރިގަނޑު ތެރެއަށް ގެއްލުނެވެ. “މާން” ހަޅޭއްލަވައިގެންފައި އަފްރީންއަށް ހޭލެވުނުއިރު މުޅި މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު ކޮޓަރީގެ ލައިޓް ޖައްސާލިއެވެ. އަދި ސައިޑް ކަބަޑް މަތީ ހުރި ފެންފުޅިން ފެންކޮޅެއް ބޯލުމަށްފަހު ފާހާނައަށް ވަނީ ފެންވަރާލުމަށެވެ. އޭރުވެސް އެހިތް ބާރަށް ތެޅެމުން ދިޔައެވެ. މާގަނޑު ދަށުގައި އެތައް އިރަކު ވިސްނަން ހުރެފައި އަފްރީން ފާހަނައިން ނިކުތް އިރު ފަތިހު ތިނެއްވެސް ޖަހާފިއެވެ. އޭނާއާއި އަމާންއާއި ދޭތެރޭ ކަމެއް ހިނގަން އުޅޭކަން އޭނާއަށް ޔަޤީންވެއްޖޭ ސަބަބަކީ އޭނާއަށް އެހެން ފެންނަ ކޮންމެ ހުވަފެނަކީ މާތް ﷲ އޭނާއަށް ދެއްވާ އިޝާރާތެއްކަން އޭނާއަށް އެނގޭތީއެވެ. ދުޢާ ކުރުން ފިޔަވާ މިއަދު އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ. ތަޤުދީރުގައި ވާން އޮތް ކަމެއް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެ ނޫން ހެއްޔެވެ؟؟ ނަމަވެސް އަމާންއާއި ނުލާ އުޅެން ވިސްނާލިޔަސް ހީވަނީ އެތައްހާސް ތޫނު ހަންޖަރުތަކަކުން އެހިތުގައި ލޭ ކޮށާލާހެންނެވެ.

އަފްރީން އޮފީހުގައި އަވެދިނެތި އުޅުނީ މިހާރު އެމީހުންނަށް ލިބިފައި އޮތް ޑީލް ކާމިޔާބު ކުރުމަށް ވީ އެންމެ ފުރިހަމައަށް ޕުރެޒެންޓޭޝަން ތައްޔާރު ކުރުމުގައެވެ. އެވަގުތު ކެބިންގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. “ކަމް އިން” ދޮރުހުޅުވާލައިފައި ވަދެ އަފްރީންގެ ކުރިމަތީ ހުއްޓުނު ޒުވާނާއަށް އެއްޗެކޭ ނުބުނެވެންދެން އަފްރީން ވާހަކަ ދައްކަން ފެއްޓިއެވެ. “ރައިހާ ފައިލް” އޭރުވެސް އަފްރީން އިނީ ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެންނެވެ. “މޭމް ކޮން ބާވަތެއްގެ ފައިލްއެއްތޯ ދޭންވީ؟؟” އިވިގެންދިޔަ އަޑުން އަފްރީން ލެޕްޓޮޕާ ނަޒަރު ވަކިކޮށްލާފައި ކުރިމައްޗަށް ބަލާލިއިރު އަމާން ހިނިތުންވެލައިގެން ހުއްޓެވެ. “މާން” އަފްރީން ގޮނޑިން ތެދުވެގެން ގޮސް އަމާންގެ ގައިގައި ބައްދާލިއެވެ. “އަމާން އަފްރީން ދުރުކޮށްލަމުން އަފްރީންގެ ކޮލަށް ބޮސްދިނެވެ. އެވަގުތު އަފްރީންއަށް ދެލޯ މަރާލެވުނީ ކުރެވުނު ފޮނި އިހްސާސްއަކުންނެވެ. އެވާ ގުރީން ކުލައިގެ މަތިކޮޅެއް ލައިގެން ހުރި އިރު ހެދުމުގެ އަތް ހުރީ މިހާރު ހުންނަ ގޮތައް އުޅަނބޮއްޓާ ހަމައިން ފުޅާ ކޮށްލާފައެވެ. ހެދުމުގެ ކަރު ކައިރީ ރަންކުލައިގެ ޗޭނެއް ފަށެއްހެން އަޅާލާފައި ހުރިއިރު ލާފާއި ހުރީ ކަޅުކުލައިގެ ޖިންސެކެވެ. އިސްތަށިގަނޑު އެއްކޮށް ނަގާ މައްޗަށް އައްސާލާފައި ހުރިއިރު ކޮށްފައި ހުރި ލުއި މޭކަޕުން ތައުރީފްކުރުން ހައްގެވެ. ކަންފަތުގައި ރަން ކުލައިގެ ބޮޑު ބޮޅެއް ލާފައި އިންނެވެ. އެވާ ގުރީން ކުލައިގެ ހީލްއަށް އަރާލާފައި ހުރުމުން އަފްރީން ދިގުކަމަށް ދައްކައެވެ. “ގޯޑް ޔޫލުކް ބިއުޓިފުލް” އަމާން އަފްރީންގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލާލަމުން ބުންޏެވެ. އެވަގުތު އަފްރީންގެ ތުންފަތް މައްޗަށް ލަދުރަކި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އަމާންއަށް އަފްރީންގެ އެންމެ ކަމުދާ ސިފަތަކަކީ އެލަދުރަކިކަމާއި މަޑުމައިތިރިކަމެވެ. އަމާން އަފްރީން އަތުގައި ހިފައިގެން ގޮސް ކެބިންގެ އެއްފަރާތުގައި ބަހަށްޓާލާފައި ހުރި ސޯފާގައި އިށީނނެވެ. “އޮފީސް ކަމެއްގައި ތިން ދުވަހަށް މާލެ ދާން ޖެހިއްޖެ.. ވަރަށް މިސްވާނެ” އަމާން އަފްރީންގެ މޫނުގައި ފިރުމާލަމުން ބުންޏެވެ. “މީޓޫ އަފްރީން އަމާންގެ އަތައް ބޮސްދެމުން ބުންޏެވެ. “ކޮންއިރަކު ފުލައިޓް އޮތީ؟؟” އަފްރީން އަމާންގެ އަތުގައި ހިފާލައިގެން އިނދެ އެއަތުގައި ފިރުމާލަމުން ބުންޏެވެ. “30 2 ޗެކިން އޮތީ” އަމާން އަފްރީންގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި އެތުންފަތުގައި ވަރަށް ލޯބިން ބޮސްދިނެވެ. އަދި އަފްރީންގެ އަތަށް ބޮސްދީފައި “ދަނީ” އޭ ބުނެ ސޯފާއިން ތެދުވިއެވެ. “އަމާން ދާން ނެނގިފިޔަވަޅު ހުއްޓުނީ އަފްރީން އެއަތައް ދަމާލުމުންނެވެ. “ބަލައިގެން އުޅެއްޗޭ… އައި ލަވް ޔޫ” އަފްރީން އަމާންގެ ގައިގައި ބައްދާލަމުން ބުންޏެވެ. އަފްރީން އަމާން ފޮނުވާލީ ގަޑި ކުޑަތަންވުމުންނެވެ. އަމާން ދިޔަފަހުން އެހިތުގައި ނޭނގޭ ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. ކަމެއް ގޯސްވާން އުޅޭ ކަމުގެ ސިގުނަލް އޭނާގެ ހަވަނަ ހިއްސު އޭނާއަށް ދެމުން ދިޔައެވެ.

މާލޭގައި ފުރަތަމަ ފައި އަޅާލި ވަގުތުވެސް މާޒީގެ ހަނދާންތައް އާވެގެން ދިޔައެވެ. އަމާންގެ މޫނުމަތިން ފެންނަމުން ދިޔަ ވޭނާއި ހިތްދަތި ކަމަކީ މިއަދުވެސް އެހިތުގައި ހަޔާ ވާކަމުގެ ނިޝާނެކެވެ. ހަޔާ މިހާރު ހުންނާނީ ކިހިނެއް ހެއްޔެވެ؟؟ އޭނާ ރަގަނޅު ހެއްޔެވެ؟؟ ހިޔާލުތަކުން ބޭރުވެވުނީ އަމާން ބަލާ އައިސް ހުރި މީހާ ޕުރައިވެޓް ކާރެއްގެ ދޮރު ހުޅުވައިލައިގެން ހުރެ އަމާންއަށް ގޮވާލުމުންނެވެ. މަޑު މަޑުން ގޮސް ކާރަށް އަރާ އަމާން އިށީނނިއިރު ވަށައިގެންވީ ހުރިހާ އެއްޗެއް މާޒީގެ އެކި ދުވަސްތަކުގެ މަތިން ހަނދާންކޮށްދެމުން ދިޔައެވެ. ކާރުގޮސް މަޑުކޮށްލީ ގުރީން ޕާކް ހޮޓެލްގެ ކުރިމަތީއެވެ. އަމާން ކާރުން ފޭބުމުން އަމާން ބަލާ އައިސް ހުރި މީހާ އޭނާގެ ފަހަތުން އައުމަށް ބުނެ ކުރިއަށް ހިނގައިގަތެވެ. އަމާންވެސް އެމީހާގެ ފަހަތުން ގޮސް ހޮޓެލް ތެރެއަށް ވަނެވެ. ލިފްޓްއަށް އަރާ ހަތަރު ވަނަ ފުލޯއަށް އެމީހާ ފޭބިއެވެ. އަދި އެތާ ހުރި ކޮޓަރިއެއްގެ ތަޅަށް ތަޅުދަނޑި ކޮށްޕާލުމަށްފަހު ދޮރު ހުޅުވާލިއެވެ. މާސްޓާ މައިންޑް ބެޑްރޫމް ފަރުމާކޮށްލާފައި ހުރިލެއް ފުރިހަމަ ކަމުން އަމާން ހުރީ އާޝޯހުވެފައެވެ. ބޭރު ފެންނަ ގޮތަށް ދެބިއް އެއްކޮށް ލޫވައިންލާފައި ހުރިއިރު ބޮޑު ބެލްކަންޏެއް ލާފައި އިނެވެ. އެނދު ކޮޓަރީގެ ވާތްފަރާތު ބިއްލޫރިން އިން ބިތުކައިރީ ބަހައްޓާލާފައި ހުރި އިރު އެނދުގެ ކުރިމަތީ ކައުޗެއް ބަހައްޓާލާފައި ހުއްޓެވެ. އެނދުގެ ކުރިމަތީގައި ބޮޑު ފަތި ޓީވީއެއް ހުރިއިރު އެނދު ކައިރީގައި ދަނބު ކުލައިގެ ކާޕެޓެއް އަޅާލާފައި އޮތެވެ. ފާހާނަ މުށިކުލައިން ޑިޒައިން ކޮށްލާފައިހުރި އިރު އަތްދޮންނަ ތަށި ހުރީ ވަންނަން ހުރި ދޮރުކައިރީގައެވެ. އަތްދޮންނަ ތަށި އިން ކަބަޑުމަތީ ވާތްފަރާތުގައި ފާހާނައަށް ބޭނުންވާ ސާމާނުތައް ބަހައްޓާލާފައި ހުއްޓެވެ. ފެންވަރާ ތަން ބިއްލޫރިޖަހާ ވަކިން ހަތަރެސްކަން ގޮޅިއެއްހެން ވާތްފަރާތު ކަނުގައި އިންއިރު ކަނާތް ފަރާތު ކަނުގައި ބާތްޓަބް ބަހައްޓާލާފައި ހުއްޓެވެ. އަމާން އޭނާ އެތަނަށް ގެނެސްދިން މީހާއަށް ޝުކުރުއަދާ ކޮށްފައި ކޮޓަރީ ތަޅުލާފައި ގޮސް ވަނީ ފާހާނައަށެވެ. އަދި ފެންވަރާލައިގެން އައިސް އެނދުގައި އޮށޯވެފައި އަފްރީންއަށް ގުޅާލިއެވެ. “ބޭބް ކީއްކުރަނީ؟؟” އަމާން ވަރަށް ލޯބިން އަފްރީން ކުރެން އެއްސެވެ. ކަމެއް ނުކުރަން މިހަމަ އޮތީ މާންގެ ހަބަރެންވަންދެކަށް” “ކީއްވެ ގުޅާނުލީ.. ގުޅާލިނަމަ ފޯނު ނެގީހޭ” “މާންއަށް އުނދަގޫ ނުކުރަންވެގެން ދަތުރުވަރުބަލިވެސް ވެފައެއްނު ހުންނާނީ” “އަފޫއާއި ހަޔާ ހާދަ ތަފާތޭ އަހަރެން ހަމަ އަޖައިބުވޭ ތި ދެމީހުންގެ އުޅުން ތަފާތުކަމުން” “މާން ދައްކާވާހަކަ ދޯ އެކި މީހުންގެ ހުންނާނީ އެކި މިޒާޖެއްނު” “އާން ތިވެސް ތެދެއް” ދެޒުވާނުން އިރުކޮޅަކު ފޯނުން ވާހަކަދައްކަން ތިބެފައި އަފްރީން ފޯނު ބޭއްވީ އަމާން ކައިރީ އަރާމު ކުރުމަށް ބުނެފައެވެ. އަމާންވެސް ވަރުބަލިވެފައި ހުރިވަރުން އެސްފިޔަތައް ބަރުވެގެން ގޮސް ނިދުނީއެވެ.

ލަޔާންއާއި ހިދާ ގޮނޑިބަރީގައި އިށީނދެ ތިބޭތާ ދެގަޑީއިރުވީ ފަހުން ނަރުހަކު ނިކުމެގެން އައިސް ހަޔާގެ އެހީތެރިންނަން ގޮވާލިއެވެ. ވަގުތުން ހިދާއާއި ލަޔާންގޮސް ނަރުސް ކައިރީގައި ހުއްޓުނެވެ. “ޕޭޝަންޓްގެ ހާލު ވަރަށް ދަށް ބޯފަޅައިގެން ދިއުމުގެ ސަބަބުން ލޭ ވަނީ ވަރަށް މަދުވެފައި ވީހާވެސަ އަވަހަކަށް އޭޕޮޒިޓިވް ލޭ ބޭނުން..ޖެހުނު ގޮތުން ވާތު އަތްވެސް ވަނީ ބިނދިފައި އަތައް އޮތީ ވަރަށް ބޮޑުވަރުވެފައި އެހެންވީމާ ކައުންޓަރު ކައިރިއަށް ގޮސް ފޯމުގައި ސޮއިކޮށްލަ އޭރުން އަޅުގަނޑުމެންނަށް އޮޕަރޭޝަން ކުރަން ފެށޭނީ” އެހެން ބުނެ ނަރުސް ކުއްޖާ ހިނގައިގަތީ ކައުންޓަރާއި ދިމާލަށެވެ. “ކިހިނެއް ލޭ ހޯދާނީވެސް؟؟.. ޒާދިފްވެސް އެއުޅެނީ މިކޮޅަށް ނާދެވިގެން” ލަޔާން ހިދާގެ ކޮނޑުގައިހިފައި އޭނާއާއި ކަރިކޮށްލިއެވެ. “އަޅުގަނޑު ލޭ ހޯދާނަމޭ ހިދާތައްތަ ދޭ ފޯމްގައި ސޮއިކޮށްލަން އޭރުން އަވަހަށް އޮޕަރޭޝަން ކުރެވޭނީ” ހިދާ ބޯޖަހާލަމުން ކަރުނަ ފޮހެލާފައި ކައުންޓަރާ ދިމާލަށް ހަލުވި ފިޔަވަޅުތަކެއްގައި މިސްރާބް ޖެހިއެވެ. ލަޔާން އޭނާގެ އެންމެ ގާތް އެކުވެރިޔާ ކައިފްއަށް ގުޅާލީ އޭނާގެ ގައިގައި ހުންނަނީ އޭ ޕޮޒިޓިވް ލޭކަމަށް ވާތީއެވެ. ހަޔާއަށް ލޭ ދީފައި ކައިފް ލަޔާން ގެއަށް ފޮނުވާލީ ފެންވަރާ ހަދާލައިގެން އަންނާށޭ ބުނެއެވެ. ފުރަތަމަ ލަޔާން އެކަމާ އެއްބަސް ނުވީ ހަޔާ ހޭއަރާނެ ވަގުތެއް ނޭނގޭތީ އާއިއެކު ހަޔާ ހޭއަރާއިރު އޭނާ ކައިރީގައި ހުންނަން ބޭނުންވާތީއެވެ. ނަމަވެސް ހިދާވެސް ގެއަށް ފޮނުވަން ޖެހޭތީވެ ލަޔާން ގެއަށް ދިޔައީ ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެއެވެ. އަދި ހަޔާ ހޭއަރައްޖެނަމަ ވީހާވެސް އަވަހަށް އޭނާއަށް ގުޅުމަށް ބުނެފައެވެ. ލަޔާން ފެންވަރާލައިގެން ކައިގެން ހޮސްޕިޓަލަށް ދާން ނިކުތުމުން އޭނާގެ މަންމަ ޝިޔާ އޭނާއަތައް ކޮތަޅަކަށް ލާފައި ކާއެއްޗެހި ދިނެވެ. ލަޔާން ޝިޔާ ގައިގައި ކުޑަކޮށް ބައްދާލާފައި ނިކުމެގެން ގޮސް ކާރަށް އަރާ ހޮސްޕިޓަލަށް ދިއުމަށް މިސްރާބު ޖެހިއެވެ.

އަމާންއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގްވާ އަޑަށެވެ. ކާކު ތޯ ބަލާލުމެއްވެސް ނެތި ފޯނު ނަގާ ކަންފަތުގައި ޖަހާލީ ދެލޯހުޅުވަން ބޭނުން ނުވުމުންނެވެ. “މާން ދެން ތެދުވޭ ނަމާދުވެސް ނުކުރަމެއްނު އަދި.. ގޮވާލާށޭ ބުނީމެއްނު.. ތެދުވެ ނަމާދުކޮށްލާ އަވަހަށް” އަފްރީން އެހެން ބުނުމުން އަމާން އާއެކޭ ބުނެ ފޯނު ކަނޑާލިއެވެ. އަދި ފާހާނައަށްވަދެ ވުޟޫކޮށްލައިގެން ނިކުމެ ނަމާދުކޮށްލިއެވެ. އޭރު މަޤްރިބް ނަމާދަށް ބަންގިގޮވަން ހުރީ ދިހަ މިނެޓަށް ވެފައެވެ. އަމާން ހޮޓަލުން ނިކުމެގެން ގޮސް ރިސެޕްޝަނާ ތަޅުދަނޑި ހަވާލުކުރިއެވެ. އެވަގުތު ރިސެޕްޝަނުގައި އިން ކުއްޖާ ފޯނުން މީހަކަށް ގުޅާފައި އަމާން ބޭނުން ތާކަށް ގެންގޮސް ދިނުމަށް ބުންޏެވެ. އަމާން އެކަން މަނާ ކުރުމުންވެސް ބުނީ އެއީ ބޮސް އެމީހުންނަށް އަންގާފައި އޮތް ގޮތް ކަމަށެވެ. އަމާން މިސްކިތައް ގޮސް އައީ އިޝާ ނަމާދުވެސް ކޮށްލައިގެންނެވެ. އޭނާ މިސްކިތުން ހޮޓަލަށްދާން ނިކުތްއިރު އޭނާ ބަލާއައިސް ކާރެއް އޮތެވެ. މިސްކިތުން ނިކުމެ އަމާން ކާރަށް އަރާ ހޮޓަލަށް ދިއުމަށް ބުނެފައި ފޯނު ނަނގާ ބަލާލިއިރު ނުދަންނަ ނަންބަރަކުން ކޯލެއް މިސްވެފައި އިނުމުން އެނަންބަރަށް ޑައިލްކޮށްލާފައި ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. އެކޮޅުން ފޯނު ނަނގާފައި ބުނެލި ވާހަކައިން އަމާންއަށް ހީވީ ކަންފަތް ކައިރީ ބޮމެއް ގޮއްވާލިހެންނެވެ. އަދި އަވަސް އަވަހަށް ޑުރައިވަރު ކައިރީ އެޑީކޭ ހޮސްޕިޓަލަށް ދާން ބުނިއިރު އަމާންގެ ނޭވާވެސް ހީވީ ތާށިވެފައި ހުރިހެންނެވެ. އޭޑީކޭ ހޮސްޕިޓަލަށް ކާރު މަޑުކުރުމާއިއެކު އަމާން ދުވެފައި ގޮސް ރިސެޕްޝަން ކައިރީ ހުއްޓި ހަޔާގެ ނަން ބުނެފައި ޕޭޝަންޓް ވީ ކޮންތާކުތޯ ސުވާލު ކުރުމުން “އައި ސީ ޔޫ” ގާއޭ ބުނެ ދާންވީ ގޮތް އަމާންއަށް ކިޔާދިނެވެ. އަމާން ދެން ދުއްވައިގަތީ ލިފްޓާ ދިމާލަށެވެ. ނަސީބަކުން ލިފްޓް އޭރު އައިސް އެބަޔަށް ހުއްޓުނީއެވެ. އަމާން ލިފްޓަށް އަރާ ތިންވަނަ ބަޓަނަށް ފިއްތާލިއިރު މީހާ ހުރީ ހާސްވެގެން ގޮސް ހަލާކުވާން ކައިރިވެފައެވެ. ލިފްޓު ތިންވަނަ ފުލޯއަށް ހުއްޓުމުން އަމާން ދުވެފައި ގޮސް އައި ސީ ޔޫ ކައިރީގައި ހުއްޓުނެވެ. އޭރު ލަޔާން އާއި ހިދާ ޑޮކްޓަރާ ކޮންމެސް ވާހަކައެއް ދައްކަމުން ދިޔައެވެ. “ކޮބާ ހަޔާ؟؟” އަމާން ގޮސް އެމީހުންގެ ކައިރީގައި ހުއްޓިލަމުން ބުންޏެވެ. ހިދާ އަމާންއާއި ދިމާލަށް ބަލާލިއިރު އެދެލޮލުން ފައިބަމުން ދިޔަ ތާޒާ ކަރުނަ ފެނި އަމާންގެ ހިތައް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. “އެތެރޭގައި ވީ” ލަޔާން އައި ސީ ޔޫއަށް އިޝާރަތްކުރަމުން ބުންޏެވެ. އަމާން މަޑުމަޑުން ގޮސް އައި ސީ ޔޫގެ އެތެރެއަށް ވަދެގެން ދިޔައެވެ. ޑޮކްޓަރ އެކަން ހުއްޓުވަން އުޅުމުން އެކަން މަނާ ކުރީ ލަޔާންއެވެ. “ހީ އިޒް ދަ އޮންލީ ހޯޕް ލެފްޓް” ލަޔާން ޑޮކްޓަރ ކައިރީގައި އެހެންބުނުމުން ޑޮކްޓަރ ވެސް އަމާން ހުއްޓުވާކަށް ނޫޅުނެވެ.

ކޮޓަރި ތެރޭގެ ހަމަހިމޭންކަން މުގުރާލާފައި ވަނީ ހަޔާގެ ގަޔައަށް ގުޅާފައި ހުރި މެޝިންތަކުގެ އަޑުންނެވެ. އޮކްސިޖަން މާސްކްގެ އެހީގައި ނޭވާލަމުން ދިޔައިރު ބޮލުގައި ފަޅައިގެން ގޮސްފައި ހުރިތަނުގައި ބޮޑު ބެންޑޭޗް ގަނޑެއް އަޅާލާފައި ހުއްޓެވެ. ވާތުގައި ޕުލާސަޓަރު ގަނޑެއް އަޅާލާފައި އޮތްއިރު ދެއަތުގައި އެކިތަންތަނުން މަށައިގެންގޮސްފައި ހުއްޓެވެ. މޫނުވެސް ވާތްފަޅި އޮތީ ދުޅަވެ އަރާފައެވެ. ހަޔާ އޮތް ހާލުފެނުމުން އަމާންގެ ދެލޮލުން ކަރުނަ ފައިބައިގަތީ އެއްވެސް އިހްތިޔާރަކު ނޫނެވެ. އެވަގުތު އެނާޒުކު ހަށިގަނޑުގައި ބައްދާލަން ހިތްއެދި ގޮވަމުން ދިޔައެވެ. ނަމަވެސް ކޮށްލެވޭ ކިތަންމެ ކުޑަކަމަކުންވެސް ހަޔާއަށް ތަދުވެދާނެތީއެވެ. އަމާން ހަޔާގެ އަތް ވަރަށް މަޑުމަޑުން ނަނގާ އެއަތުގައި ބޮސްދިނެވެ. “އަހަރެން ހަޔާ ދޫކޮށްލީކީ މަރުވާކަށެއް ނޫނެއްނު… ތި ހަށިގަނޑަށް އަނިޔާ ލިބުނަކަސް ވޭން އަޅަނީ މިހިތުގައެވެ. އެއްފަހަރު ވިސްނާލިނަމަ ހަޔާ ދެކެ ލޯބި ނުވާތީއެއް ނޫނޭ މިއޮތްހާދުވަހު ދުރުގައި ހުރީކީ ހަޔާއަށް ވިސްނޭތޯ.. ހެޔޮ ނުވާނެ ޕުރިންސެސް ތި ދެލޯ ހުޅުވާލަބަލަ.. ހަޔާއާއި ނުލާ މިހިތުގައި އެއްވެސް ދިރުމެއް.. ތިސޫރަ ހޯދަން މިހިތް ތެޅިފޮޅުނު ވަރު އަންދާޒާވެސް ނުކުރެވޭނެ.. ލޯ ހުޅުވާލަބަލަ” ހަޔާގެ އަތުގައި ހިފާ މޫނުގައި ޖައްސާލަމުން އަމާން ރޯންފެށިއިރު އެމަންޒަރު ފެންނަ ކޮންމެ މީހެއްގެ ހިތް ކުދި ކުދި ވެގެން ދާނެހާ އެ ރުއިމުގެ އަސަރުގަދެވެ. އެވަގުތު ހަޔާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ބާލިސްތެރެއަށް ހިނދިގެން ދިޔައެވެ. މަޑުމަޑުން އެސްފިޔަތައް ތަޅުވާލާފައި ލޯ ހުޅުވާލިއިރު ތަންތަން ނުސާފުކޮށް ފެނުމުން ދެފަހަރަކު އެސްފިޔަ ތަޅުވާލައިފައި ލޯ ހުޅުވާލިއެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ރޯން އިން އަމާންއަށް ބަލާލީ ވޭނުން ފުރިގެންވި ނަޒަރަކުންނެވެ. މަޑުމަޑުން އެދެތުންފަތް ތަޅުވާލީ އެއްޗެކޭ ބުނެވޭތޯއެވެ. “މާން” އަމާންގެ ކަންފަތާ ހަމައަށް ހަޔާގެ އަޑު ފޯރުމާއެކު ބޯހިއްލާ ހަޔާއާއި ދިމާލަށް ބަލާލިއެވެ. އޭރު އޭނާއާއި ދިމާލަށް ބަލައިގެން ހަޔާ އޮތެވެ. އަމާންވީ އުފަލުން ހަޔާގެ ގައިގައި ބައްދައިގެންފައި އެމޫނުގެ އެތަން މިތާ ބޮސްދޭންފެށިގޮތުން ހީވަނީ ހަނަފަސް ސަހަރާއަކުން ފެން ހޯދަނިކޮށް ފެން ފެނިގެން އުޅޭހެންނެވެ. އަމާން އަވަސްވެގަތީ ޑޮކްޓަރަށް ގޮވާލުމަށެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ ހަޔާ އޭނާގެ އަތުގައި ހިފާލުމުންނެވެ. “މާން އަހަންނަށް މާފު ކުރޭ އަހަންނަށް ކުރިން ނުވިސްނުނީ އަހަންނަށް އަދި އެއްފުރުސަތު ދީ.. އަހަރެންވެސް މާންދެކެ ވަރަށް ލޯބިވޭ” ހަޔާގެ ލޮލުން ކަރުނަފައިބައިގަތީ އޭނަަ ހިތުގައި ޖެހުނު ވަރުންނެވެ. އުމުރުން މިވީ ތޭވީސް އަހަރު ތެރޭގައި އޭނާއަށް ކުރެވުނު ފާފަތައް ގުނައި އަދަދު ނުކުރެވޭނެކަން ޔަޤީނެވެ. އަމާން ވަރަށް ލޯބިން ހަޔާގެ ކަރުނަތައް ފޮހެދިނެވެ. އަދި އެދެލޮލުގައި ބޮސްދީފައި މާފްކޮށްފީމޭ ބުންޏެވެ. ހަޔާ ހިނިތުންވެލަމުން ކަނާތުން އަމާންގެ މޫނުގައި ފިރުމާލީ އަޅަމުން ދިޔަ ވޭނަށް ފަރުވާލެއް ނުބަހައްޓައެވެ. އަމާންވެސް ހަޔާގެ ކަނާތްމަތީ ފިރުމާލީ އޯގާތެރިކަމާއެކުއެވެ. ތަޤުދީރުގެ ރޭވުމުގައި ފިތެމުން ދިޔަ ތިން މީހުންގެ ދިރިއުޅުން ސުންނާފަތި ކޮށްލާފަދަ ބިޔަ ރާޅެއް ނަގަމުން ދިޔައިރު މިއިން ކަމަކަށް ސަމާލުވުމަށް އެމީހުންގެ ހާލަތު ތަނެއް ނުދިނެވެ. ކޮންމެ ގޮތެއްވިޔަސް މިބިޔަ ރާޅު ދިިރިއުޅުމަށް އައިސްފިނަމަ އުފާތައް ދޮވެލާ ހިތާމަތައް ގެންނާނެކަންމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

Share Article

Follow Me Written By

Aisha

Level 2100 Comments10 Stories100 Login

Other Articles

Previous

ބަދަލުވި ޙަޔާތް

Next

ތަޢުބާ

Next
May 30, 2017

ތަޢުބާ

Previews
May 30, 2017

ބަދަލުވި ޙަޔާތް

55 Comments!

  1. Aisha says:
    May 30, 2017 at 8:53 pm

    Hi.. Miothiee 11 th part ves up Vefa.. Hope u all will like it ? and mistake that faahaka koh dhehchey.. Love u all a lot ❤… Enjoy…. Gud nyt hurihaa kudhinnah?

  2. Psenhi says:
    May 30, 2017 at 9:00 pm

    Alhey haadha dheraey afooah. Different gothakah genesdheyne story Ehen hyvey

    1. Aisha says:
      May 30, 2017 at 9:06 pm

      It will be dear.. Mahsala ehnujehi story akah nuvaane ehnu dho.. Alhe kiyaalaaba ninmendhen I am sure u will not be disappointed

  3. max says:
    May 30, 2017 at 9:02 pm

    Me first… Varah nice stry… Keep it up…. ???

    1. Aisha says:
      May 30, 2017 at 9:08 pm

      Thank u dear ?.. This time second ?

  4. Ni her says:
    May 30, 2017 at 9:10 pm

    Awwww me second ?Nice story dear ♥️Really love this one n keep it up ✨

    1. Aisha says:
      May 30, 2017 at 11:59 pm

      Thank u niher.. Ekamu third ey.. ❤

  5. Sallu says:
    May 30, 2017 at 9:10 pm

    What the shit.. Hate you amaan.. Afuu was the one who was there for you always . how can you forget her do easily.. I hate this

    1. Aisha says:
      May 30, 2017 at 9:16 pm

      Adhi story nimeyniee gaaiy gadakah 6 episord un.. Adhi kuriah othiee.. Keep reading

  6. AKI says:
    May 30, 2017 at 9:13 pm

    alhey haadha gohey maan .. afoo ah ehen nuhadhaabaa … hayaa aa nugulheythi.. ??

    1. Aisha says:
      May 30, 2017 at 9:18 pm

      Keep reading aki story is not finish yet ?

  7. Sallu says:
    May 30, 2017 at 9:17 pm

    I mean so*

  8. Sallu says:
    May 30, 2017 at 9:18 pm

    Please avahah up kohdhejje.. Hate you amaan.. Really really hate you

    1. Aisha says:
      May 30, 2017 at 9:21 pm

      Alhey dho amaan kamaku nudhaane ehnu ehen hadhaigeneh.. Yes dear will try my best enme lasvegen thursday ga genesdheynan

  9. amin says:
    May 30, 2017 at 9:19 pm

    Please afreen and amaan dhuru nukurahchey… Vaahaka Varah reethi…

    1. Aisha says:
      May 30, 2017 at 9:22 pm

      Let’s see dear ? thank u amin ❤

  10. ShAhu says:
    May 30, 2017 at 9:21 pm

    varah nice
    keep it up dear
    waiting for next part

    1. Aisha says:
      May 30, 2017 at 9:22 pm

      Thank u shAhu ?

  11. nonns says:
    May 30, 2017 at 9:37 pm

    Alhe this stupid hayaa dhw. Eyna keehtha vaany ulhey ekakaa ekkoh ulhuniyaa. Amaan ves nujehe ennu hayaa kairi ah dhaan. btw. Varah reethi mi part. Hithah arany keehbbaa ey dhen vaany. When next eposide??

    1. Aisha says:
      May 30, 2017 at 9:51 pm

      Alhey dhw… Insha Allah thursdayga.. but will do my best tomorrow ah next part up kureveytho varah masahkaiy kuraanan.. Thank u nonns ?

  12. jee says:
    May 30, 2017 at 9:38 pm

    Varah reethi.. ekm e veegotheh dhw… looking fwd to nxt part

    1. Aisha says:
      May 30, 2017 at 9:52 pm

      Thank u jee ❤

  13. haw shia shaba shi r says:
    May 30, 2017 at 9:42 pm

    Mashaa Allah v reethi mi part ves ,keep it up dear,next part soon plx,,,furagas faraathun hug kohliey ,bunumah vure furagahun hug kohliey bun nama maareethi vees kan nenge,hama haw ah fen na ehcheh v ma bunelee

    1. Aisha says:
      May 30, 2017 at 11:58 pm

      Yes dear will take u r advise.. thank u ❤

  14. Khajja says:
    May 30, 2017 at 9:51 pm

    Wow masha allah v rythi amaan thy alhe maabureththa?? hayaa kairin vaaruthakurykanneynge dhw ekam maan ah myhegge ehytherikan emme beynuvi dhuvahu evaguthu ehytherivedhiny afoo ennu ehen v ma afoo ah ehennuhadhaa pls afoo dheranukurey n hayaa kairy indha afoo maan ah gulhaane nama dhw anyway stry v rythi hyvany stry ves v kuruhen but waitin nxt prt gud nyt

    1. Aisha says:
      May 30, 2017 at 9:54 pm

      Thank u khajja ? yes dear thankolheh kuru dho… Next part dhigukohla dheynan igey.. Gud nyt ?

  15. Some one says:
    May 30, 2017 at 10:13 pm

    Alheyyy…… Amaaan dww…. Hurihaaa kudhin amaaan ah ehchis eba govaaa eiii assslu kujjeh nuunehnu!!! Btw hama kiyaaahiy vaniii… Thrsdy ga las vgn genesdhenyaa maaa bodah es rngalhu.. Adhi mioh fadha rwdha mahu!!! ☺ v hiivey v thafaaathu stry eh hen! V intrestin mi prt!!! Nimendhen kiyaaanan! In sha allah! V molhu aishaaa !!! Ma sha allah! ?

    1. Aisha says:
      May 30, 2017 at 10:17 pm

      Thank u but enme furatha buni vaahaka Aisha dhogukuran igey ? thank u dear.. Thihaa supportive kudhinkolheh thibieema Aisha varah happy ve ?❤

  16. niha says:
    May 30, 2017 at 10:59 pm

    Pls amaan and afu

    1. Aisha says:
      May 30, 2017 at 11:56 pm

      Let’s see dhw niha.. Keep reading ?

  17. Shy says:
    May 30, 2017 at 11:04 pm

    Thelhi thelhi oi hithakaa eku mi bai kiyaa nimmaalee… Plx Hayaa aa Amaan aa nugulhuvachey… Story hama bunelaane evves baheh nei… Masha Allah v reethi ingey… Keep it up Aisha?❤

    1. Aisha says:
      May 30, 2017 at 11:05 pm

      Thank u shy..? let’s see dhw

  18. shelly says:
    May 30, 2017 at 11:20 pm

    what really this shouldn’t happen

    1. Aisha says:
      May 30, 2017 at 11:44 pm

      But vehjey

    2. Aisha says:
      May 30, 2017 at 11:47 pm

      Anyway thank u dear ?

  19. Some one says:
    May 30, 2017 at 11:23 pm

    Aishaa u mean this is a true story ekeyy????

    1. Aisha says:
      May 30, 2017 at 11:46 pm

      Yes dear… Ture story ekamu edit kohlaafa innaniee..

  20. Chum handi says:
    May 30, 2017 at 11:36 pm

    Oh my??? are you going to break afoo’s heart….. alhey…. so curious to see what happen in the next part…. btw, story up vaa dhuvas thah bunela dhinun rangalhu…

    1. Aisha says:
      May 30, 2017 at 11:53 pm

      Dhedhuvahun ehdhuvahu mi up kuraniee.. Dear u can check like that ?

  21. Noor says:
    May 31, 2017 at 1:37 am

    Alhe Aisha..haadha asaru gadhaey…hama speechless..waiting for the next part..???

    1. Aisha says:
      May 31, 2017 at 3:46 am

      Thank u so much noor ?❤

  22. Bahee says:
    May 31, 2017 at 4:06 am

    Wow varah reethi mi part eaka maan eagoathah kantha kurumun varah kada so sad aneahba up koah dheeba?????

    1. Aisha says:
      May 31, 2017 at 4:09 am

      Enemy lasvegen Thursday ga dear.. I am trying my best.. Thank u ?

  23. song joong ki..Korean says:
    May 31, 2017 at 4:38 am

    vvvv reethi masha allah. v different story eh. keep it up ! 🙂 🙂 🙂 🙂

    1. Aisha says:
      May 31, 2017 at 9:59 am

      Thank u dear ??

  24. Lara says:
    May 31, 2017 at 10:06 am

    Dhen v dheravey afreennah dheragoyvaathy amaan dheke v foohivehje

    1. Aisha says:
      May 31, 2017 at 12:25 pm

      Alhey dhw aslu amaan kanthah kurieekiee ragalhakah noon.. Anyway thank u lara ?

  25. Any says:
    May 31, 2017 at 10:36 am

    Aisha alhey hadha rychey mivaahaka I can’t wait uummmh❤❤❤❤??

    1. Aisha says:
      May 31, 2017 at 10:44 am

      Alhey thank u thihaa loabi comment eh kohdhinieema ?❤❤

  26. Pinkish says:
    May 31, 2017 at 12:57 pm

    Alhe.. amaan haadha goaheyy…. hehe… adhi othyy kuriyah dww kanthah.. hehe… v v v reethi.. ?

    1. Aisha says:
      May 31, 2017 at 1:14 pm

      Yes pinkish ? thank u dear ❤

  27. Some one says:
    May 31, 2017 at 1:00 pm

    Subuhaanallah!!! Thihenyaa adhi v kiyaahiy vejje! I like true stories!!!

    1. Aisha says:
      May 31, 2017 at 1:13 pm

      Okay then keep reading ?

  28. Chif says:
    May 31, 2017 at 2:56 pm

    Wow…Awesome.Waiting 4 next part.?

    1. Aisha says:
      May 31, 2017 at 3:16 pm

      Gald u like it chif ❤

Comments are closed.


All Right Reserved!