Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ނުވަވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
May 29, 2017 5 Mins Read
52 Comments

އާދުވަހަކަށް އިރު އަރައިގެން އައި އިރު ރާއްޖޭގެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން ވިއެވެ. ޔުސްރާއާއި އަލާނިޔާވެސް ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ އަހަން ޖެހުނު ހަބަރަކީ އިތުރު މީހެއް މަރާލައިފާވާކަމަށް ބުނާ ހަބަރެވެ. އެވަގުތު ދެމީހުންގެ ހިތުގައިވެސް ބިރުވެރި ކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ.

އެންމެފުރަތަމަވެސް އަލާނިޔާ ގުޅާލީ މުލައިލްއަށެވެ. ދެ ރިންގާއެކު މުލައިލްވެސް ފޯނުނެގިއެވެ. އަދި އަލާނިޔާ އެއްޗެކޭ ބުނުމުގެ ކުރިން ޔުސްރާ އާ ދެމީހުން ރަނގަޅުތޯއެއްސެވެ. އަލާނިޔާއަށް މުލައިލް ސަލާމަތުން ހުރިކަން އިނގުމުން ފޯނު ބޭއްވުމަށްފަހު ލައިތްއަށް ގުޅާލިއެވެ. އޭރު ޔުސްރާ އުޅުނީ އިންޓާނެޓް ރައުޓާ ކާރީގައެވެ. ލައިތްވެސް ފޯނު ނެގުމާ ދެމީހުންގެ ހާލު އެހުމާ ދިޔައީ އެއްކޮށެވެ. އަލާނިޔާ އެމީހުންވެސް މުލައިލްވެސް ރަނގަޅު ކަމަށް ބުނުމުން ލައިތް ފޯނު ކަނޑާލިއެވެ. ލައިތްގެ ސިކުނޑި މަސައްކަތް ކުރަން ފެށީ އެވަގުތުއެވެ. އެންމެ ބާރަށް އަދި ޓެކްނޮލޮޖީގެ އެހީގައި އެމީހަކު ހޯދުމަށް މަސައްކަތް ކުރަމުން ގެންދިޔައީ ހާޝިރް އެއް ނޫންހެއްޔެވެ؟ ލައިތް އަވަހަށް ބޮލަށް ޓީޝާރޓް މަހާލަމުން ބާރަކަށް ދުއްވާފައި މުލައިލް މެންގެ ގެއަށް ވަނެވެ. އޭރު އޭނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ” މުލް.. އޭ..!! އަހަރެން ގުޅާ ގުޅާވެސް ހާ..ހާޝިރް ނުނަގާ ފޯނެއް.. އަޅެ ގުޅާބަލަ!” ލައިތް ހާސްވެފައިވީވަރު ފެނުމުން މުލައިލްއަށް ވެސް ލޯބޮޑު ކޮށްލައިފައި އަވަހަށް އޭނާއަށް ގުޅާލެވުނެވެ. އިރުކޮޅެއް ނުވެ އަލާނިޔާ އަދި ޔުސްރާވެސް އެގެޔަށް އައިސް ވަނެވެ.

“އޭ.. ރުއާ.. ފޯނެއް ނުނަގާ..ލައިތް މެން ތީ ޕޮލިހުންނެއްނު. އެމީހުންނަށް އޮޅުވާލިޔަސް އަހަރުމެންނަށް ހަގީގަތް އިނގޭ ދޯ.. އަސްލު ކުރަނީ ކޮން މަސައްކަތެއް ކަން ނޭންގުނަސް ޔަގީން ތީ ކްރައިމް ޑިޕާރޓްމަންޓްގެ މީހުންކަން.. ހޯދަބަލަ ކާކުތޯ މަރުވެފަ އޮތީ..” އަލާނިޔާ އޭރު ތުރުތުރު އަޅައެވެ. އެ ފަކީރު ބިރުން ހީވަނީ ވިރި ދާނެހެންނެވެ.

“އަހަންނަށް ހުއްދަ އެ ލިބުނީ ދެންމެ. މިހާރު އެ ހުރިހާ ކަމެއް ބަލަހައްޓަނީ ވަރަށް މަތިން. އެކަމްވެސް އަހަރެން މީ އިންޗާޖު. މުލައިލް. އަހަރެން މި ވާހަކަ ނުބުންޏަސް އަހަންނަކީ މުލައިލް މިހާރު ތި މަސައްކަތް ކުރާ ކޭހުގެ ޑިރެކްޓާ” ލައިތް ބުނި އެއްޗަކުން މުލައިލް ސިހުނު ވަރުން އޭނާގެ ފޯނު ވެސް އަތުން ދޫވިއެވެ. “އަހަންނަށް ވެސް ކިޔާދޭންވީނު މިތާގަ މި ވާގޮތެއް!!!!” އަލާނިޔާ އައި ރުޅީގައި ބުންޏެވެ. އެއާ އެކު ލައިތް މީހުން މަރަމުން ގެންދާ މީހާގެ މާހަކަ ކިޔައިދޭން ފެށިއެވެ. އަދި އެއީ މިހާރު ހަވަނަ މަރުކަން ވެސް ކިޔާދިނެވެ. ކޮންމެ މީހަކު މަރާލައިފަ އޮންނަ ގޮތާ ޔުސްރާ އެމީހުންނަށް އެހީވާ ވާހަކައެވެ.

އެކުރިހާ ވާހަކަތަކެއްގެ ސަބަބުން އަލާނިޔާ ވަރަށް ހިތުގައި ޖެހުނެވެ. އެއްވެސް މީހަކު އޭނާގެ ގާތގައި އެވާހަކަތަށް ބުނަން ނޫޅުނީމައެވެ. ވީ ދެރައިން އަލާނިޔާ ގޮސް ނިކުތީ ބެލްކަންޏަށެވެ. ފަހަތުން ޔުސްރާވެސް ދާން އުޅުނެވެ. ނަމަވެސް އެކަން މަނާ ކުރީ މުލައިލްއެވެ. އަދި މުލައިލް އަލާނިޔާހުރި ދިމާއަށް ހިނގައިގަތެވެ. އޭނާގެ އަމަލުން ޔުސްރާ އަދި ލައިތްވެސް ހައިރާންވިއެވެ.

“ލާނީ.. އަހަންނަށް އިނގޭ ލާނީ ދެރަވާނެކަން. އެކަމު ބުނަންތަ؟ ލާނީ ބިރުގަތީމަ އަހަރެމެން އެންމެން ވެސް ވަރަށް ކަންބޮޑުވޭ. އެހެންވެ ލާނީ އުފާވެރިކަމާއެކު ބެހެއްޓުމަށް ނުބުނީ.. އޮޅުވާލާކަށް ނޫން. އަހަރެން ކަހަލަ އަޅާލުން ކުޑަ އިގްނޮރަންޓް މީހަކު މިކަހަލަ ވާހަކަ ދެއްކީމަ ފަހަރެއްގަ ގަބޫލު ނުކުރެވިދާނެ. ހަގޣިގަތުގަ އަހަރެން އެހެން އުޅުނަކަސް ތިމީހުންނާ ދޭތެރެ ވަރަށް ވިސްނަން.. ” މުލައިލް އަލާނިޔާ ގެ ކޮނޑުގައި އަތް ބާއްވާލަމުން އެންމެ ފަހުން ތެދު ހާމަ ކޮށްލިއެވެ. އެޔާއެކު އަލާނިޔާ އެނބުރިފައި މުލައިލްގެ ގައިގައި ބާރަށް ބައްދާލަމުން ރޯންފެށިއެވެ. “ސޮރީ…މުލް.. އަހަރެން ބޭނުމެއް ނޫން އެކަކަށްވެސް ދެރަގޮތެއް ވާކަށް… ޕްލީޒް..” އަލާނިޔާ ގިސްލަ ގިސްލާފައި ވާހަކަ ދެއްކިއިރު މުލައިލްގެ މޭގައި ރިއްސާލީ އެކުއްޖާއަށް ވާވަރު ފެނިފައެވެ. އޭނާވެސް އަލާނިޔާ ހުއްޓާލަން ދެން އަލާނިޔާގެ ގައިގައި ބައްދާލައިގެން ހުރީއެވެ.

ހިތް ފުރޭވަރަށް ރޯލުމަށް ފަހު އަލާނިޔާ ތެދުވެ މުލައިލްގެ ކިބައިން މާފަށް އެދުނީ ލަދުން ހުރެއެވެ. މުލައިލް ވެސް ހީލަމުން އެއީ މައްސަލައެއް ނޫންކަމަށް ބުންޏެވެ. ދެމީހުން އެތެރެއަށް ވަތްއިރު ލައިތްއާ ޔުސްރާ ބަލަން ތިބުމުން ދެމީހުންވެސް ލަދުގަތެވެ. ނަމަވެސް އެވަގުތު ކޮޅަށް ނިމުމެއް އައީ ލައިތްއަށް ފޯނެއް އައުމުންނެވެ.”އޭ.. ސާރ ބުނީ މިހާހިސާބުން ބޮޑީ އަހަރެމެން ނާ ހަވާލޯ.. އޭނަ މަރުވެފަ އޮތީ އަޑިޕާރކް ތެރޭގަ. ތިމީހުން ދާނަންތަ؟” އަލާނިޔާ އަދު ޔުސްރާވެސް ލައިތްގެ ސުވާލަށް ބޯޖަހާލިއެވެ. ކާރެއްނަގައިގެން ދިޔަ މަގުމަތީގައި އަލާނިޔާ ފޯނުން ޑޭޓާ ޖައްސާލިއެވެ. އެވަގުތު ވައިބާއިން ހާޝިރްގެ މެސެޖުތަކެއް އަންނަން ފެށިއެވެ. ލިބުނު ސިހުމުގައި އަލާނިޔާއަށް ހާޝިތރް އޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. ކާރު ދުއްވަން އިން ޑްރައިވަރުވެސް މަޑުކޮށްލީ ލިބުނު ސިހުމެއްގައެވެ.

“ހާޝިރްގެ މެސެޖެއް.. ރޭ ދަންވަރު ދޭއްޖެހިއިރު.. އަލާނިޔާ ވާހަކައެއް ބުނަން ބޭނުމޯ.. ވަގުތެއް ނެތޯ.. ދެން އިނީ ކިލާ އެއީ ކާކުކަން އިނގުންވާހަކަ….ޑްރައިވާ.. އަވަސް އަވަސް..” އެވަގުތު އަނެއް ތިން މީހުންވެސް ލޯބުޑުވެ އަލާނިޔާއަށް ބަލަހައްޓައިގެން ތިއްބެވެ. ލައިތް އަށް ހޭވެރިކަން ވުމާއެކ ޑްރައިވަރަށް އަވަސްކުރުމަށް އެންގިއެވެ. ފަސްވަރަކަށް މިނެޓުތެރޭގައި ހެންވޭރު އަޑިޕާރކަށް ދެވުނެވެ.

އެންމެ ފުރަތަމަ ކާރުން ފޭބީ އަލާނިޔާއެވެ. ދުވެފައި ދިޔަގޮތަށް އެތާތެރެޔަށް ވަތް އަލާނިޔާއަށްފެނުނު މަންޒަރުން ބަސްހުއްޓިފައި ހުރެވުނީއެވެ. ޔުސްރާއަށް ވަތްބާރަށް ނިކުމެވުނެވެ. އަދި ހޮޑުވެސް ލެވުނެވެ. މުލައިލް އަދި ލައިތްއަށް މީ އާކަމަށް ނުވިޔަސް މި ފަހަރު ހާޝިރްއަށް ވަނީ މާ ބޮޑުވަރު ކޮށްލާފައެވެ. އަލާނިޔާއަށް އެއީ ހާޝިރްކަން ޔަގީންވީ އެތާކައިރީ އޮތް ހާޝިރްގެ ފޯނު ފެނުމުންނެވެ. އެއީ އެންމެ ފުރަތަމަވެސް އަލާނިޔާ ހާޝިރް ދެރަވެފައި ހުރުމުން އުފާވެރި މޫނެއް ކުރަހަދިން ފޯނުވިއްޔާއެވެ. ހޭވެރިކަން ވުމުން އަލާނިޔާ ދެލީ މަރާ ތަގުޅިކޮށްލިއެވެ.

ހާޝިރް ގެ ބަނޑު އެއްކޮށް ފަޅާލުމަށްފަހު ހުރިހާ ގުނަވަނެއް ވަކިކޮށްލާފައި ވެއެވެ. މޫނުވެސް ވަކިވާވަރެއް ނޫނެވެ. ދެލޯވެސް ވަނީ ނަގާ ކައިރީގައި ބައިންދާލާފައެވެ. މުލައިލްމެން އެތަނަށް އަންގިފަދަ ތަކެތި ހިފައިގެން އައި އިރު ސިނާމެންގެ ޖިޕު ވެސް އޮތެވެ. އަލާނިޔާ ފެންނަމުން ދާ މަންޒަރަށް ފަރުވާލެއް ނުބަހައްޓާ ދުވެފައި ގޮސް ހާޝިރްގެ ގާތުގައި އިށީނެވެ. އެވަގުތު ދެން ތިބި އެންމެނަށްވެސް ސިހުންލިބިގެން ދިޔައެވެ. ދެން ފެނުނީ އަލާނިޔާ ބާރުބާރަށް ރޯންފެށިތަނެވެ. ސިނާ ދުވެފައި އައިސް އަލާނިޔާ އެތަނުން ދުރުކުރިއެވެ. އެންމެންގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރަމުން ދިޔައިރު ކޮންމެ މީހެއްގެ ހިތުގައިވެސް ވަނީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. މުލައިލްމެން މަސައްކަތް ނިންމާލުމަށް ފަހު ހުރިހާ އެއްޗެއް ލެބަށް ފޮނުވާލިއެވެ. އަދި ސިނާމެންވެސް އެތަނުން ފޮނުވާލިއެވެ. އޭރު ފަހުން އައި ޖިޕެއްގައި ޔުސްރާއަދި އަލާނިޔާ ތިއްބެވެ.

“ލާނީ.. އިނގޭ ހާޝިރް އެއީ ލާނީގެ ވަރަށް ގާތް ރަހުމަތްތެރިއެއްކަން. ހަގީގަތުގަ އެއީ ވަރަށް މޮޅު ކުއްޖެއް. އޭނަ އެންމެ ފަހުން ކުރަމުން ގެންދިޔަ މަސައްކަތަކީ އެނުބައި މީހުން ހޯދުން.. އެއީކީއްވެ ކަން އިނގޭތަ؟ އޭނަ ލާނީދެކެ ލޯބިވާތީ..އާނ. އަހަންނާ އެންމެ ފަހުން ދިމާވިރޭ ހާޝިރް އަހަންނަށް ހުރިހާ އެއްޗެއް ކިޔައިދިން. ” ލައިތް އައިސް ދެއްކިވާހަކަ ވާހަކަތަކުން ދެންތިބި ތިން މީހުންނަށްވެސް ހައިރާންކަން ލިބިގެން ދިޔައެވެ.

“ރުއާ..އަދިވެސް ނުގުޅޭ…” ޔުސްރާ މައުޟޫ ބަދަލުކޮށްލުމަށް އެހެން ބުނެލުމާއެކު އަލާނިޔާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ބޭއްވުމަށްފަހު އަލާނިޔާ ފާޑަކަށް ލައިތް އާދިމާއަށް ބަލަން ފެށިއެވެ.” އޭނަ މިއަދު ހެންދުނު ފުރީއޯ.. ޝޫޓިންގް އަކަށް. ލައިތްގަނޑަށް ވެސް އިނގޭނެޔޯ..” އެހެން ބުނުމާއެކު ވޭނީ ގޮތަކަށް ހަތަރުމީހުންނަށް ހީލެވުނެވެ. “ކިތަންމެ ދެރަވިޔަސް ކުރާނެކަމެއް ނެތް..އަހަރެމެން ވީ ދެން ބާކީ ތިބި މީހުންގެ ފުރާނަ ސަލާމަތް ކުރެވޭތޯބަލަން. އޭޒް އަޓީމް.” މުލައިލްއަތް ވައްޓާލަމުން އެހެން ބުނެލުމާއެކު ދެންތިބި ތިންމީހުންވެސް އެހަރަކާތުގައި ބައިވެރިވިއެވެ.

ޖިޕުގައި ހަތަރު މީހުންވެސް ދިޔައީ މުލައިލްމެންގެ އޮފީހަށެވެ. އޮޓޯޕްސީ ރިޕޯޓު ނިމެންދެން އެމީހުން އެތާމަޑުކުރަން ނިންމީއެވެ. ދެން ދިޔައީ ހަމަހިމޭން ކަމުގެ ވަގުތުކޮޅެކެވެ. ކޮންމެ މީހަކުވެސް ވިސްނަމުން ދިޔައީ ދެންވާނެ ގޮތަކާމެދުއެވެ. ކޮންމެ ގޮތެއްވިޔަސް އެމީހަކު އެބުނާ ގޮތްހަދައިގެން އަތް އުރާލައިގެން ތިބެވޭކަށްވެސް ނެތެވެ. ނަމަވެސް އެކަމާ ދެކޮޅަށް މަސައްކަތް ކޮށްފިނަމަ އަގަކީ ކޮންމެސް އެކެއްގެ ފުރާނައެވެ. ވީރު ކޮންމެ މީހަކުވެސް ވިސްނަމުން ދަނީ އަނެކާއަށް ގެއްލުމެއް ނުވާނޭހެން މަސައްކަތް ކުރެވޭތޯއެވެ. ވިސްނާ ވިސްނާވެސް އެކަކަށްވެސް އެކަށްޗެއްވެސް ނުވިސްނުނެވެ. އެންމެ ފަހުން އެތަނުގެ ހިމޭންކަން ފޫދުއްވާލީ ލައިތްއެވެ.

“ރިޕޯޓް ލިބިއްޖެ. ހިނގާދާން.” ލެބަށް ދެވުނުއިރު އެތާގައި ހުރީ ޝިފާންއެވެ. އަލާނިޔާ އަދި ޔުސްރާވެސް ހައިރާންވީ މިއޮއްވީހާދުވަހު އެމީހުންނަށް އެއްކަމެއްވެސް ރޭކާނުލުމުންނެވެ. ނަމަވެސް ޝިފާން އެއީ މާބޮޑުކަމަށް ނުހަދާ ވާހަކަ ދައްކަން ފެށިއެވެ.”މިހާރު ރިޕޯޓި އަންގާ ގޮތުން ހާޝިރް މަރާލެވިފައިވަނީ ބަރާބަރު ދޭއްޖަހާ އެއްމިނެޓުގަ. އޭނަގެ ފޯނު ބެލިބެލުމުން އިނގުނު ގޮތުގައި އޭނަ އެންމެ ފަހުން މެސެޖުކުރީ އަލާނިޔާއަށް. އެއީ އެއްގަޑި ފަންސާސް ނުވައެއްގަ. ދެން އެމެޖަށް ބަލާއިރު އޭނަ މަސައްކަތް ކޮށްފަ ހުރީ އަލާނިޔާއަށް ކޮންމެސް މުހިންމު އެއްޗެއް ކިޔާދޭން. އެކަމު އެކަން ވަނީ ނާކާމިޔާބު ވެފަ. އެއީ އެމީހަކަށް ބަރާބަރަށް ތިމީހުންގެ ހުރިހާ މައުލޫމާތެއްވެސް އިނގޭތީ.. ދެން ބޮޑީ.. ކުރިންވެސް ހުރިހެން ހަމަގުނަވަންތަށް ނަގާފަ. ދެން ތަފާތު ކަމަކީ ލޯ ނަގާފަ އޮތީ..ޕްލަސް މާބޮޑުވަރު ކޮށްފަ. ބެލެވެނީ ޒާތީ އެއްޗެއް ފިލުވާފަ ކަމަށް. އެހެންމީހުނަ އެކަމު މަރާފަހުރީ އޭނަޔަށް އެކަމުން އުފާލިބޭތީ….”

ދެންވެސް އެތަނަށް ވެރިވީ ހިމޭޏްކަމެވެ. އެކަކަށް އެކަށްޗެއްވެސް ނުވިސްނިފައި ތިބީއެވެ. ދައްކާނެ ވާކަ ހުސްވެފައިތިބި މަގު ގެއްލިފައިވާ ބައެއްފަދައިން ހިތާމައިން ފޯވެފައި ވާ ހާލުއެވެ. އެ ހިމޭޏްކަމުގެ ސަބަބުން އުދަނގޫވެގެން ޝިފާން ރަނގަޅު ހިޔާލެއް ދިނެވެ. ” އަހަންނަށް ބެލެވޭ ގޮތުގަ ހާޝިރް ވަނީ ތި އެންމެންގެ ފޯނާ އެއްޗެހި ހެކް ކޮށްފަ. ދެން އެމީހަކު ހެކް ކޮށްފަ ހުރީ ހާޝިރްގެ އެއްޗެހި.. ތި އެންމެން ތި ގެންގުޅޭ ހުރިހާ އެއްޗެއްގެ ޕާސް އެންޑް ފޯނުފަދަ ތަކެތި ބަދަލްކޮށްލަން ފެނޭ..” އެންމެ ފުރަތަމަ އެކަމަށް ތާއީދު ކުރީ ލައިތްއެވެ. އޭނާއަށް މާކުރިންވެސް ހާޝިރްގެ ގެ އެހުނަރު ފެނިފައި ވީއިރު އެކަމުގެ ސަބަބުން އޭނާ ނެތްދުނިޔެއެއްގައި އެކަމުގެ ނާޖާއިޒް ފައިދާ ނެގިޔަ ދޭން ލައިތް ބޭނުން ނުވީއެވެ.

އެންމެން އަނެއްކާވެސް ލައިތްގެ ކެބިންއަށްވަނެވެ. އަދި ހުރިހާ ސޯޝަލް މީޑިއާއެއް ޑީއެކްޓިވޭޓް ކޮށްލިއެވެ. އެކަމުގައި އުޅުންއިރު ކޮންމެސް ވަރަކަށް އެމީހުން ދިޔައީ އެކަކު އަނެކަކާ ވާހަކަ ދައްކަމުންނެވެ. ނަމަވެސް އަލާނިޔާ ވަނީ އެއްކޮށް ހިމޭން ވެފައެވެ. ނުހަނު ހިތްވަރުން ހާޝިރް ދުނިޔެއާ ކުރިމަތިލުމަށް ފުރުސަތެއް ހޯދައިދިން މީހަކީ އަލާނިޔާ ކަމަށް ވީއިރު އެދެމީހުން އެކުގައި ހޭދަކުރި މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ހާޝިރްވަނީ އަލާނިޔާގެ ހިތުން ޖާގައެއް ހޯދާފައެވެ. ހަމަ އެހެންމެ އަލާނިޔާއަށްޓަކާ ފުރާނަ ގުރުބާންކުރުމުން އަލާނިޔާއަށް މަރުގެ އިލްޒާމް އެޅުވެނީ އަމިއްލަ ނަފްސުގެ ބޮލުގައެވެ. ކޮންމެ މީހެއްނަމަވެސް ވާނީ އެފަދަ ގޮތެއްކަންނޭނެންގެއެވެ.

އެކަން އެންމެ ފުރަތަމަ ނަގައިގަނެވުނީ ޔުސްރާއަށެވެ. އެހެންކަމުން އަލާނިޔާއާއި ވާހަކަ ދައްކާލުމަށްޓަކާ އަލާނިޔާގެ ގާތަށް ޖެހުނުއިރު އަލާނިޔާގެ ފޯނަށް މެސެޖެއް އައި އަޑުއިވުމުން މަޑުޖެހިލިއެވެ. އިރުކޮޅެއްނުވެ އެންމެންގެ ފޯނަށްވެސް މެސެޖެއް އައި އަޑު އިވިގެން ދިޔައެވެ. ޔުސްރާ މަޑުން އިނދެ މެސެޖު ކިޔާލިއެވެ.

“ސަލާމް..އަހަރެން ހޯދަން ތިހުރިހާ ދަލެއް އޮހޮރުވުމުގެ ބޭނުމަކީ ކޮބާ؟؟؟ ބުނަން. ތިހެން އެޗެހިތަށް ޑީއެކްޓިވޭޓް ކޮށް ފޯނާ ނަންބަރު ވެސް ބަދަލުކުރުމުގެ ބޭނުމެއް ނެތް. އަހަރެން މިހާރު މިހުރީ ތި މީހުންގެ ހަޔާތުގަ. ދެން އަހަރެން ބޭރަށް ލުމުގެ އެއްވެސް ބާރެއް ތިއިން އެކަކަށްވެސް ނޯންނާނެ. އެންޑް ހާޝިރް އާ ބެހޭގޮތުން ބުނާނެ އެއްޗެއް އެބައޮތްތަ؟ ނެތް ދޯ.. ދެން ކާކުގެ ލޭކޯރެއްބާ ހެދޭނީ.. އިންތިޒާރުގަ. ތިމީހުންގެ މަރު”

ހަތަރުމީހުންގެ ގައިންވެސް ހީބިހި ނަގާލައިގެން ދިޔައެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

ލޯބި އަހަރެން ވާނަމޭ (10)

Next

އަންވާރު (ސީސަން 01) އެގާރަވަނަ ޕާޓް

Next
May 29, 2017

އަންވާރު (ސީސަން 01) އެގާރަވަނަ ޕާޓް

Previews
May 29, 2017

ލޯބި އަހަރެން ވާނަމޭ (10)

52 Comments!

  1. imagination says:
    May 29, 2017 at 12:37 am

    prooof read eh nukuran ingey.. so mistakes hunnane.. ummm hopeu like mirey ge part too.. good night. and thanks bodu koh for the support. ??? ekm bunelan othi dhen upp vaani tuesday ah fahugayey… nyts again??????

  2. Cenhi says:
    May 29, 2017 at 12:47 am

    Nice. Biruveriey haadha. Waiting

    1. imagination says:
      May 29, 2017 at 12:49 am

      thanks cenhi.. ?

  3. Noor says:
    May 29, 2017 at 1:12 am

    Ohhhhhh.ghoose bumpsss…haadha biruverieyy…just love this part..waiting for the next part..?

    1. imagination says:
      May 29, 2017 at 2:23 pm

      Awwwnn…. Thankks nooor ??

  4. pritty hajja says:
    May 29, 2017 at 1:16 am

    hei dear.. v nice ingey mi part ves…. laani eh noon dho er ermen e maranii….. v interesting, n kiyaa hithun kiyaanimerli…. its so nice.. and thankx……… hehe waitiing ingey next part ah…… its hama da best ey bune veyny…

    v salaam.. goodnyt

    with love
    ‘pritty’

    1. imagination says:
      May 29, 2017 at 2:25 pm

      Alhe heeveytha laabi ekahala kameh kohfaane hen.. Thanks thanks.. And a vvv big thanks to u luv ???

  5. pumpskin says:
    May 29, 2017 at 1:18 am

    aley next part migady up kohdhybala..plx plx plx plx

    1. imagination says:
      May 29, 2017 at 2:26 pm

      Haha.. Kihineh ehaa avahah liyaan? And v seyd ekm bunelaani maadhamaa ge fahunney ithuru baeh up vaanii.. Thankss ❤❤??

  6. Saandy says:
    May 29, 2017 at 1:20 am

    V salhi mibaives… Kaakubaa e meehun marany?? Emeehun evaguthu ethanuga kuri kamehves en’geyny v bodah faaralaa meehakah… Ruaa kanneynge hurihaa kameh e kurany… Next partge inthizaaruga… Adhi miyahvure dhigukolladheebala… Keep it up Imagination 🙂

    1. imagination says:
      May 29, 2017 at 2:28 pm

      Aaan dhw.. Kihaa varakah faara laathy ingeyni. Kaaku ba dhw.. In sha allah miah vure ves next part dhigu kohlaanan.. Thankss vvv bodu koh saandy ?❤❤?

  7. Shal says:
    May 29, 2017 at 4:18 am

    Haadha heeveyey pretty little liars copy kuraahenn mihaaru

    1. imagination says:
      May 29, 2017 at 2:30 pm

      Sorry but no. Kurygee ehves series eh alhugandu nubala. I mean english. English ehchehi therein balabi flash, arrow and Lucifer?

    2. imagination says:
      May 29, 2017 at 2:30 pm

      Balani?*

  8. remoo says:
    May 29, 2017 at 4:35 am

    v reethi heevany jinni eh hen emmen maranee hehehe…

    1. imagination says:
      May 29, 2017 at 2:31 pm

      Ehehe.. Jinni ekey.. Hama vedhaane. Thanks remooo ???

  9. sam says:
    May 29, 2017 at 5:05 am

    Wow . V reethi mi part ves. Please up next part. Kaakubaa dhww emmen emaranyyyy ???? Waiting for the next part … thank u

    1. imagination says:
      May 29, 2017 at 2:32 pm

      Hmmm kaakubaa dhw… Keep reading to know. Thanks?❤?

  10. Shii says:
    May 29, 2017 at 6:18 am

    v salhi.kaakubaa meehun marani?please up next part.

    1. imagination says:
      May 29, 2017 at 2:33 pm

      Alhe guess kohlabaa..hehe thanks???

  11. Hope says:
    May 29, 2017 at 8:43 am

    Ruaa kaneynge miyhun maraniy

    1. imagination says:
      May 29, 2017 at 2:34 pm

      Hurihaaa kudhinves guess kurani.. Hehe hama vedhaane dhw.. ??

  12. Chum handi says:
    May 29, 2017 at 10:24 am

    biruveri… but dhen thibi myhun thah maru vumuge kurin thimyhaku hoadhaa… waiting for the nxt prt………..

    1. imagination says:
      May 29, 2017 at 2:36 pm

      Aawn. Aan dhw.. Dhen thiby emme close meehunthah dhw. Lats see ithuru meehaku maru vey thoa.. Nooni emmen salaamai vani thoa???

  13. fathum says:
    May 29, 2017 at 10:56 am

    waiting for next part…. v nice

    1. imagination says:
      May 29, 2017 at 2:37 pm

      Thank uu ❤???

  14. song joong ki..Korean says:
    May 29, 2017 at 12:46 pm

    kaakubaa emyhun e marany??? vv reethi mi baivx. keep it up.

    1. imagination says:
      May 29, 2017 at 2:38 pm

      Yeahh dhww.. Kaaku baa.. Thanksss a lottt ❤❤???

  15. Mau says:
    May 29, 2017 at 1:19 pm

    Mivaahaka furathama fenunyma hithah eree mee knkahala vaahakaeh haii… “Edhemey kalaya gaathuga vumah” jahaafa cover pic ga egothah inyma…. Ehnve nukian dhookohly hithah ery… Ehaaaa reehcheh nuvaaney.. But miadhu hithah ery hama kiaalan… Masha Allah vvv reethi asluvx mivaahaka vvv untrusting vaahakaeh mee.. I like it.. CVC gayavey criminal case hunna story kian balance vx like prison break… Vvvvvvv furihama mivaahaka inthizaaru kurevey next part ah… Vvvvv furihama☺☺☺☺?????????????????????? kaakubaa meehun marany.. Yusratha???? Vaahakaige name in heeveny loabyge kameh hn… V kiaala hiyyvey kn dhuvas dhuvahakah mi story up vany dear…

    1. imagination says:
      May 30, 2017 at 12:23 am

      Haha.. Varah ufaavehjje kiyaalima.. Thankss vvvvv bodahh ?????

  16. Pinkish says:
    May 29, 2017 at 1:25 pm

    Wow imagination… v unique story.. hama v v salhi.. mikahala story eh nukiyan.. v v v reethi.. ? ithoo bunihn imagination idea v v v bst.. ?

    1. imagination says:
      May 29, 2017 at 2:39 pm

      Aawwnn.. Thanks ingey pinkishh..loabi loabi comment eh ???❤❤?

  17. Mau says:
    May 29, 2017 at 4:17 pm

    Aharen miyah kuri comnts neh fennan? anwhkavx kohlaanan… Mivaahaka emme furathama fenunu dhuvahu hithah ery reehcheh nuvaney.. “Edhemey kalaya gathuga vumah” vaahaka name jahaafa cover pic egothah inyma… Ehnve nukiyan dhookohli vaahakaeh miee miadhu ekam mikiaaly ehvx intrusteh nethi.. But first part kiya nimeyirah dhn huri part thahvx kiyahiyyvejje☺ masha Allah vvvvvvvv furihama vvvvvvv reethi huriha mi vaahaka…I like it? vvv kiaahiyyvey criminal case hunna story thah n balahiyyvey… Like prison break? ehaavx furihama mi story… Asluvx… Thnx dear mikahala story eh genesdheythy.. Vvv reethi wow?????????

    1. imagination says:
      May 30, 2017 at 12:24 am

      Thanks again. Ekm comment feney ingey mau ????

  18. Liaa says:
    May 29, 2017 at 6:54 pm

    Mi part ves varah interesting hama…☺
    Keep it up!?

    1. imagination says:
      May 30, 2017 at 12:25 am

      Thank u liaa ??

  19. Jjeyツ says:
    May 29, 2017 at 7:16 pm

    ?. V nice and interesting. Keep up the good work. waiting………?

    1. imagination says:
      May 30, 2017 at 12:26 am

      Shukurihyaa ❤????

  20. Just... says:
    May 29, 2017 at 9:01 pm

    Dexter series hen hyvany , hehe, but ehen stories thakaa thafaathu.

    1. imagination says:
      May 30, 2017 at 12:26 am

      Hehehee.. Thanks ❤?

  21. Just... says:
    May 29, 2017 at 9:22 pm

    Me ge evves comment eh up nukurany keevvyo, hama ekani Dexter aa ehgoi vaahaka dhw buny , dhen eiy dhigakah nuvaanun.

    1. imagination says:
      May 30, 2017 at 12:27 am

      I dont control commens. And yeah. Hiyaal hushahelhu maki hama v normal kameh. Itsokey. And comment eba feney ingey ?

  22. ant says:
    May 29, 2017 at 11:13 pm

    Myhun e marany kaasim ge roohu hen hyvany.

    1. imagination says:
      May 30, 2017 at 12:28 am

      Hmmm.. Rooheh ulhifaanetha? ?

  23. lil grl says:
    May 30, 2017 at 11:41 am

    wow wow wow wow n wow… haadha reechey mi vaahaka very interesting inge..i jxt loved it… imagination ge ideas tha hama habeys…mihaa reethi vaahakaeh adhi nukiyan.. you r the best <3… pleexxx plzzz avahah up kohdhyba next part.. nidheniki nun dhn mihaaru,,hehhe..waitinggg………

  24. fathum says:
    May 31, 2017 at 10:24 am

    koba next part miadhu kiyaa leveynekamuge foni uhmeedhga vanee ekamu………

  25. ❤Ifa❤ says:
    May 31, 2017 at 10:38 am

    kbrtha part 10..waiting……..kiyaahithun…….nice story….?❤

  26. imagination says:
    May 31, 2017 at 6:25 pm

    Mirey nooni maadhan.. Kurin ves bunelaa fa onnani tyesday ge fahunney.. Aslu schedule onna gothun.. Sorry❤

  27. kiaa says:
    June 4, 2017 at 10:20 pm

    Kbrtha stryge next part dear??…….waiting waiting..☺

  28. naz nax says:
    June 5, 2017 at 1:00 am

    Hey…. where is next part dear. Kiyaahithun keih nuvey.

  29. fathum says:
    June 5, 2017 at 11:51 am

    ތިދެން ވަރަށް ފޫހިގޮތެއް. ވަރަށް އަވަހަށް ހަޕްކުރާ ލިޔުންތެރިއެއްކަމަށް ހީކޮށް ވާހަކަ ކިޔަން ފެށީ. އެކަމު މިހާރު ވަރަށް ފޫހިވެއްޖެ. ކޮންމެ ދުވަހަކު ބަލަބަލާ ހުންނަނި އަޕްކުރޭތޯ

  30. imagination says:
    June 5, 2017 at 9:30 pm

    i want to apologize for the inconvenience. i m really very sorry. i was unable to log in because i forgot my pass. but now admin has reset it and i will be able to write it. thank you

Comments are closed.

Next Episodeއެދެމޭ ކަލާޔާ ގާތުގާ ވުމަށް (ދިހަވަނަ ބައި)←


All Right Reserved!