
ވާށެ އޯގާ ހިތާ 15
ސާއިމް އަދި ޒިޔަމް ކޮފީއަކަށް ރެސްޓޯރެންޓަކަށް ދިޔައީ ކްލިނިކު ޑިޔުޓީ ނިއްމާފައެވެ. އެމީހުންނާއި އެކު ޝާހުވެސް ބައިވެރިވިއެވެ. ޝާހު ބުރަކޮށް އުޅޭތީ ބައްދަލުވެވެނީ މިހެން ދިމާވާ ދެތިން ކޮފީއަކުންނެވެ.
“ޒައި އަށް އެކަން ކުރި މީހެއް އެގިއްޖެތަ މިހާރު” ޝާހުކޮށްލި ސުވާލުން ސާއިމްއާއި ޒިޔަމްއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ.
“ތިވާހަކައެއް ނޫނޭ. މީނަ މީހަކާއި އިންނަން މިއުޅެނީ. މަގޭ ކޮއްކޮއާއި” އެއީ ދެމީހުންވެސް މާ ގަޔާވާ މައުޟޫ އަކަށް ނުވާތީ ބަދަލުކޮށްލިއެވެ.
“ސެޓުކޮށްލީ ދޯ އެއްމެ ފަހުން..” ޝާހު ދިމާކޮށްލިއެވެ.
“ނޫން. އެރޭންޖު މެރިޖެއް” ޖަވާބު ދިނީ ސާއިމްއެވެ.
“އެއީ ކިހިނެތްވީ ކަމެއް. ނަސީބު ގަދައެއްނު މީނަ” ހަކުރު އަޅައި ކޮފީ ތަށި ގިރާލަމުން ޝާހު އެހިއެވެ.
ސާއިމް ވީ ގޮތް ޝާހުއަށް ކިޔައިދެމުން ދިޔައެވެ. ޒިޔަމް އަށް ހުރެވުނީ ހިނިތުންވެފައެވެ. އެވާހަކަ ކިޔައިދެމުން ދަނިކޮށް މޭޒުމަތީ އޮތް ޒިޔަމްގެ ފޯނަށް މެސެޖެއް އަޔެވެ. މެސެޖު ކިޔައިލުމާއި އެކު މީހާ ދިޔައީ ތުރުތުރު އަޅައިގެންނެވެ. ހިތް ބިރުން ތެޅިފޮޅިގަތެވެ. އައީ ޝަމްހާގެ މެސެޖެކެވެ. ފޮޓޯއަކާއި އެއްކޮށް ފޮނުވާފައިވާ މެސެޖުގައި އޮތީ “ދެން ކިހިނެތް ހަދާނީ. މިއަދު ހެކި މިއޮތީ އަހަރެންގެ އަތުގައި. ބާރުވެސް 🙂 ” މިހެންނެވެ.
އިށީދެގެން އިނުމަށް ވުރެ ޒިޔަމަށްވުރެ ޒިޔަމްއަށް ލިބިފައިވާ ހާސްކަން މާބޮޑެވެ. ޒިޔަމް ކުއްލިއަކަށް ތެދުވުމުން ކައިރީގައި ތިބި ޝާހުއާއި ސާއިމް ބަލާލިއެވެ. އަދި ވީ ކީއްތޯ އަހާލިއެވެ. ޒިޔަމް އަދިވެސް ހުރީ ފޯނަށް ގެއްލިފައެވެ. ޒޫމްކޮށް އެބަލަނީ އެފޮޓޯއަކީ ހަގީގަތްތޯއެވެ.
“މަ ކްލިނިކަށް ދާންވެއްޖެ ވަރަށް އަވަހަށް..ދީބަ ސައިކަލު ތަޅުދަނޑި” ޒިޔަމް ޝާހު ގާތުގައި އެދުނެވެ.
ސައިކަލުން ފައިބައިގެން ޒިޔަމް ދުއްވައިގަތީ ކްލިނިކާއި ދިމާލަށެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ލިފްޓަށް އެރިއެވެ. ލިފްޓުގައި އެކަނި ދިޔައިރުވެސް ޒިޔަމްއަށް އެވަރު ލަސްވިއެވެ. ލިފްޓުގެ ދޮރު ހުޅުވުމާއިއެކު ކެބިންއަށް ގޮސް ޝަމްހާ އިންތޯ ބަލާލިއެވެ. ޝަމްހާ ފެންނަން ނެތުމުން މީހާގެ ހާސްކަން އިތުރުވިއެވެ. ޒިޔަމް ކެބިންގައި ހުންނަ ވަށްގަނޑުން ތަޅުދަނޑިއެއް ނަގައި މިފަހަރު ދުއްވާފައި ދިޔައީ އޭނާގެ ކޮންސަލްޓޭޝަން ރޫމާއި ދިމާލަށެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ޒިޔަމް އޭނާގެ ކޮޓަރީގައި ހުރި މޭޒުގެ ވަށްގަނޑު އަތުގައި އޮތް ތަޅުދަނޑިން ހުޅުވާލިއެވެ. އޭރު މޭތެރޭގައި ވާ ހިތް ތެޅޭވަރުން ބޭރަށް ނުކުމެދާނެހެންވެސް ހީވެއެވެ. ނޭވާ ހިފަހައްޓައިލައިގެން ހުރެ ޒިޔަމް ކަބަޑު ތެރެއަށް ބަލާލިއެވެ. ފުރަތަމަ ނަޒަރުން ނުފެނުމުން ޒިޔަމް އަވަސް އަވަހަށް ކަބަޑު ތެރޭގައި ހުރި ހުރިހާ އެއްޗެއް ކޮންމެ އެއްޗެއް ވަކިން ނަގައި ބަލަން ފެއްޓިއެވެ. ތަކުރާރު ކޮށެވެ. ރިކޯޑާރ އެއް ނުފެނުނެވެ.
ވަގުތު ފާއިތު ވި ވަރަކަށް ޒިޔަމްގެ ހިތް ނުތަނަވަސްވެ ތެޅުން ބާރުވަމުން ދިޔައެވެ. ފައިލް ލާފައި ހުރި ކެބިނެޓުން ހުރިހާ ފައިލެއް ވަނީ ބިންމަތީގައެވެ. މޭޒުމަތީގެ ތަރުތީބުކަން ގެއްލިއްޖެއެވެ. ނޭނގި ކޮޓަރި ތެރެއަށް ވެއްޓިފައި އޮތްތޯ ބެލުމަށް ސޯފާ ދަށާއި އެހެން ފަރުނީޗަރުގެ ދަށް ބެލުނު ވަރެއް ނޭނގެއެވެ. މުޅި ކޮޓަރި ތެރެ ހޯދިއްޖެއެވެ. ރިކޯޑާރ އެއް ނުފެނުނެވެ. އޭސީގެ ފިނިކަން ކޮޓަރި ތެރޭގައި ހިފާލައިފައި ވާއިރު އޮށް ދާތައް ނިތްކުރި މަތީ އުފެދެމުން ދިޔައެވެ.
ސާއިމް އަވަހަށް ކޮފީ ނިއްމާލައިފައި އައީ ބޮޑު ކަމެއް ވެގެން އުޅޭހެން ޒިޔަމްގެ އަމަލުތަކުން ފެނުމުންނެވެ. ސާއިމް ފުރަތަމަ ދިޔައީ ޒިޔަމްގެ އޮފީހަށެވެ. އެތާ ނެތުމުން ކޮންސަލްޓޭޝަން ރޫމަށް އަޔެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު ފެނިގެން ދިޔައީ އެފުށް މިފުށަށް ޖަހާލައިފައިވާ ތަނެކެވެ. ޒިޔަމްއަކީ ތަރުތީބު މީހަކަށް ވެފައި އެހާ އަވަހަށް މިތަނަށް މިވަރުވީ ކިހިނެތް ވެގެންތޯ ސާއިމްގެ ހިތުގައި ސުވާލު އުފެދުނެވެ.
“މިތަނަށް ހާދަވަރެއް އަރުވާލާފަ.. ކޯއްޗެއް ނުފެނިގެން ތިއުޅެނީ” ސާއިމް ކޮޓަރިއަށް ވަންއިރު ދެކޮޅަށް ހިގާލަ ހިގާލަ ހުރި ޒިޔަމް ފެނިގެން އަހާލިއެވެ.
“ރިކޯޑަރ ނުފެނިގެން…އޭގެ ފޮޓޯއެއް ޝަމްހާ ފޮނުވާފައި މިއޮތީ” ޒިޔަމް ސާއިމްއަށް ޝަމްހާ ފޮނުވި މެސެޖު ދައްކާލިއެވެ. އަދިވެސް ޒިޔަމް ދިޔައީ ތަންތަން ހާވަމުންނެވެ.
“އޭނަ މައިތިރިއެއް ނުވޭދޯ އަދިވެސް. އެކަމަކު މިހާރު ތި ނަގައިގެން ކޮންކަމެއް ކުރަން އެއުޅެނީ” ސާއިމްއަށް އެއީ ކިހާ މުހިއްމު އެއްޗެއްކަން ނޭނގޭތީ އަހާލިއެވެ.
“އަހަރެން އަބަދުވެސް ރިކޯޑު ކުރަން ސެޝަންތައް..ޒީންގެ ވެސް. އަހަރަމެން ދެމީހުން ދެއްކި ހުރިހާ ވާހަކައެއް ހުންނާނެ އޭގަ ރިކޯޑު ކުރެވިފަ” މޫނުމަތީ އަތް ކާއްތާލަމުން ޒިޔަމް ވާހަކަ ދެއްކިއެވެ.
“ތިބުނީ ކޮން ހުރިހާ ވާހަކައެއް. އެރޭގެ ވާހަކަވެސްތަ” ހަގީގަތް އެގޭ ވަރަކަށް ސާއިމްގެ ސީރިއަސްކަން އިތުރުވިއެވެ. ޒިޔަމް ބޯ ޖަހައިލިއެވެ.
“ހުވާ މިބުނީ ޒިމް އާއިލާ ގުޅުމެއް ނޯންނަ މީހެއް ނަމަ މަގޭ އަތުން އޭނަ މަރުވާނެ. އެއްފަހަރު ޒައި އަށް އަނެއް ފަހަރު ޒީންއަށް.”ސާއިމް އައި ރުޅީގައި ބުނެލިއެވެ.
“ޒިމްވެސް ފަރުވާ ކުޑައީ އިނގޭ. އެވަރު މީހެއްކަން އެނގި ތި ފެންނަ ހިސާބުގައި ބާއްވާފަ ތި ހުންނަނީ ހަމަޖެހިލައިގެން. ކުރިން ދުވަހުވެސް މައުޅުނިން އޭނަގެ ހަގީގަތް ކިޔާދެން. ޒިމް ބޭނުންނުވީމަ މިހާ ހިސާބަށް ދާން މިޖެހުނީ” ސާއިމް ރުޅިއައެވެ.
“އެދުވަހު ބޭބެއަށް ވިސްނާފަ…” ޒިޔަމް ދެރަވެލާފައި ވާހަކަ ދައްކަން ފެއްޓި ނަމަވެސް ހުއްޓާލަން ޖެހުނީ ސާއިމް ވާޙަކަ ދައްކަން ފެށުމުންނެވެ.
“އަބަދު ތިބޭބެއަކަށް ވިސްނަން ހަދައިގެން ޒީންއަކަށްނު ހުރިހާ ގެއްލުމެއް. މިކަން އެއްމެނަށް ފަޅާއަރައިފި ނަމަ ޒީން ބެދޭނެ ލަދެއް އެނގޭތަ. ޒިޔަމް އަށް އެވަރު ވިސްނެންޖެހޭނެ” ޒިޔަމް އާއި ދިމާލަށް އަތް ހޫރާލަމުން ސާއިމް ހަރުކަށިކޮށް ބުނެލިއެވެ. ސާއިމްގެ އޭނާގެ ހަމައެކަނި ކޮއްކޮގެ ހައްގުގައި ތެދުވިއެވެ. ދެތިން ދުވަސް ކުރިން ލިބުނު ކޮއްކޮއަކަށް ވިޔަސް އެއްބަޑުއެއްބަފާ ކަމުގެ ލޯބި އުފެދިއްޖެއެވެ.
“މަ ހީކުރީ އެދުވަހަށް ފަހު ދެން އުދަގޫ ނުކުރާނެ ކަމަށް. އެކަމަކު ކޮންމެވެސް ގޮތަކުން ޖެއްސުންކުރަން އެބައުޅޭ. އަހަރެންނަށް ކުރިން މިހެން ވާނެކަން އެގުނު ނަމަ އެހެން ނުހެދީމުސް. ސޭމްއަށް އެވަރު އެނގޭނެ. އަހަރެން ޒީން ދެކެ ލޯބިވޭ. ބޭނުމެއް ނޫން އެއްވެސް ގެއްލުމެއް ލިބޭކަށް” ޒިޔަމް އަށް ހުރިހާ ފަރާތަކުން މިކުރިމަތިވަނީ ޕުރެޝަރެވެ. މީހާ ހުރީ ގޮތް ހުސްވާން ކައިރިވެފައެވެ. ޒިޔަމް ގޮސް ސޯފާގައި އިށީދެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލިއެވެ. އަދި ދެފަރާތަށް ބޯ ހޫރާލީ މީ ހުވަފެނަކަށް ވާނެ ނަމައޭ ހިތަށް އަރަމުންނެވެ.
“މިހާރުވެސް ޒީން އަހަރެން ދެކެ އަންނަ ރުޅި ކުޑައެއް ނޫން. ޝަމްހާ އެ ލީކްކޮށްލައިފި ނަމަ ޒީން އަހަރެން ރޮލާ ކާލާނެ. މިއީ އަހަރެންގެ ކުށަކަށްވެ ޒީންއަށް އެއްވެސް ބަދުނާމެއް ލިބޭކަށް ބޭނުމެއް ނޫން. އަނެއްކޮޅުން އަހަރެންގެ ކެރިއާރ އެއްކޮށް ދާނެ. ބައްޕަމެންނަށް ދައްކާނީ ކޮން މޫނެއް” ޒިޔަމްއަށް ލިބިފައިވާ ހާސްކަން އަޑުގައި ވިއެވެ. ވާހަކަ ދައްކަމުން ދިޔައިރު ވިސްނެމުން ދިޔައީ ދެން ކަންތައް ވެގެންދާނެ ގޮތަކާއި މެދުގައެވެ.
“އެ ޝަމްހާ ގަނޑު ބޭނުންވަނީ މަށާ މެރީ ކުރަން. އެކަމަކު އަހަރެން ކިހިނެތް ލޯބިނުވާ މީހަކާއި މެރީ ކުރާނީ. ކުރިން ދުވަހު ބުނިން ޒީންއަށް ގެއްލުމެއް ދޭން އުޅެއްޖެކަން އަހަންނަށް އެގިއްޖެނަމަ އޭނަގެ ރޭވުން އެއްމެނަށް ކިޔައިދޭނަމޭ.. ޝަމްހާ އެއީ އެހާ ހުޝިޔާރު މީހެއް ކަމަށް ކުރިން ނޭނގޭ. އެހެން ނޫންނަމަ އެދުވަހު ބައްޕަމެންނަށް ހެކި ދެއްކީމުސް. އެކަމަކު މިއަދު އެ ދައްކާފިއްޔާ އޭނަ ދެން ޖައްސާނެ މަޅިއެއް ނޭނގެ” ޝަމްހާ އޭނާ ބޭނުންވާ ގޮތް އެއްގޮތުން ނުވެއްޖެއްޔާ އަނެއް ގޮތުން ހަދަން އެބަ އުޅެއެވެ. ޒިޔަމްއަށް ޝަމްހާގެ ކުޅަދާނަކަން އަންޒާދާ ކުރެވެނު ގޮތް ކުޑައީއެވެ. އެހެންނޫންނަމަ މި އަދަވަޅަކަށް ނުވެއްޓުނީހެވެ.
ދެމީހުން އެތައް އިރަކު އެތާނގައި ވާހަކަ ދައްކަން ތިއްބެވެ. ސާއިމް ރުޅި މަޑުކޮށް ބެލީ ޒިޔަމް އާއި ގުޅިގެން މިކަން ހައްލުކުރެވޭނެ ގޮތެއް ހޯދޭތޯއެވެ. ޝަމްހާގެ ރޭވުންތެރިކަމުގެ މޮޅުކަން ފެނި އެމީހުން ތިބީ އަންތަރީސްވެފައެވެ. އަމިއްލަ ބޭނުން ފުއްދުމަށް އުޅޭއިރު އެހެންމީހަކަށް އޭގެން ލިބިދާނެ ގެއްލުމަކަށް ނުބަލައެވެ.
“ޝަމްހާ އާއި ވާހަކަ ދައްކަމާ ފުރަތަމަ. އެނގޭ އޭނަ ބޭނުންވަނީ ޒިމްއާއި މެރީ ކުރަންކަން އެކަމަކުވެސް ބޭނުންވަނީ ކޯއްޗެއްހޭ ތޯ އަހާ ވާހަކަ ދައްކާ.. އަދި ހަނދާން ކުރާތި ޒީން ގާތުގައި މިއިން އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ. އޭނަ ގޮސްފާނެ ޝަމްހާއާއި ކުރިމަތިލާން އެކަނިވެސް. އޭރުން ކަންތައް އިތުރަށް ގޯސްވާނީ.. ޝަމްހާގެ ޕުލޭން މޮޅަކަސް އެއީ މާ ވިސްނުން ތޫނު މީހެއް ނޫން. ކޮންމެވެސް އުނިކަމެއް އޮންނާނެ. ދެން އިތުރަށް ތިކަމާ ބޯ ނުގޮއްވާ ހިނގާ ދާން”ޝަމްހާގެ ރޭވުމަށް ވުރެ ބޮޑު ރޭވުމެއް ސާއިމް އާއި ޒިޔަމް ހޯދަން އެބަޖެހެއެވެ. ވަގުތު ފާއިތުވުމުގެ ކުރިންނެވެ. ނަމަވެސް ލަސްލަހުން ފަރުވާތެރި ކަމާއި އެކީގައެވެ. ނޫނީ އެއްމެންގެ ދިރިއުޅުން ހަލާކުވީއެވެ.
އެކޮޓަރީގައި ހުރުމަށްފަހު ސާއިމް ދިޔައީ ޒައިނާ ގުޅައިގެން ޒައިނާ އާއިއެކީ ފިހާރައަކަށް ދާށެވެ. މިރޭ އޮތް ޔުމްނުގެ ވެޑިންއަށް ބޭނުންވާ ބައެއް ސާމާނު ގަންނާށެވެ. ސާއިމް ދިޔަ ނަމަވެސް ޒިޔަމް މަޑުކުރީ ޝަމްހާއާއި ބައްދަލުވާނެ ގޮތެއް ހޯދުމަށެވެ. ފޯނުން ދެތިން ފަހަރު ގުޅުމުން ޖަވާބު ނުދިނުމުން އެގެޔަށް ދާން ނިއްމިއެވެ.
ގޭތެރެ ވަނީ ހަލަބޮލިވެފައެވެ. ކޮޅުކޮޅަށް އެއްމެން ދުވަމުން ދިޔައީ އެއްގަޑި އިރު ތެރޭ ފެށޭ ކައިވެނީގެ ހަފްލާއަށް ތައްޔާރުވުމަށެވެ. ޒީން އިޝާ ނަމާދުން ފައިބައިގެން ހެދުން ލައި ތައްޔާރު ވަމުން ދިޔައެވެ. އޭރު ޔުމްނު ތައްޔާރު ކުރުމަށް މޭކަޕުކޮށްދޭ ދެ ކުއްޖެއް އެކޮޓަރީގައި އުޅެއެވެ. ޒާހިދު ލަސްވާނެހެން ހީވާތީ އިރުއިރު ކޮޅާ އަތުކުރީ އޮތް ގަޑިއަށް ބަލައި ގަޑި ކިޔަމުން ދިޔައެވެ. ހަސީނާ އަވަހަށް ތައްޔާރު ވެލައިގެން ދަރިފުޅު ކައިރީގައި ހުއްޓެވެ. އެއްމެންގެ މޫނުމަތިންވެސް ފެންނަމުން ދަނީ ފަޑު ވުމެއް ނެތް ހިނިތުންވުމެކެވެ.
ޒީން ތައްޔާރު ވެލައިގެން ނިކުތް ވަގުތަކީ ޔުމްނުވެސް ކޮޓަރިން ނިކުތް ވަގުތެވެ. ޔުމްނު ފެނުމާއި އެކު ޒީން ދެލޯ ބޮޑުކޮށްލައި ތައުރީފު ބަސްތައް އޮއްސާލިއެވެ.ފަސްބައި ދިގު ހުދު ކުލައިގެ ކައިވެނީގެ ހެދުމުގެ ޔުމްނު ފެންނަލެއް ހިތްގައިމެވެ.
“މާ ޝާ ﷲ… ރީޝް ވަރަށް ނަސީބުގަދަ އިނގޭ.. ދެން ހިނގާ އަވަހަށް ދާން. ކާރު އައިސް އެބައޮތް” ހަފްލާ ފެށެން ގަޑި ޖެހެމުން ދާތީ އިތުރަށް މަޑުނުކޮށް އެއްމެން ބެލީ ދަރުބާރު ގެޔަށް ދެވޭތޯއެވެ.
މާކޯނިގޭގައި ވެސް އެއްމެން ތައްޔާރުވަމުން ދިޔައީ ސީދާ ބުނެފައިވާ ގަޑިއަށް ދެވޭތޯއެވެ. ސާއިމް އާއި ޝާހިދު ބޭރު ސޯފާގައި ޒައިނާ އަދި އަމީރާ އަންނާނެ އިރެއްގެ އިންތިޒާރުގައި ތިއްބެވެ.
“ދަރިފުޅާ.. މިހާރު ކައިވެނި ކުރާނެ ދުވަހެއް ކަނޑައަޅައިފިންތަ” ޝާހިދު އަހާލިއެވެ.
“ނޫން އަދި ވަކި ދުވަހެއް ކަނޑަނާޅަން. އަޅުގަނޑު ބޭނުމެއްނޫން އެހާ ލަސްކުރާކަށް. އެކަމަކު އަދި ބައެއް ކަންތައް ހަމަޖެހުނީމަ މެރީ ކުރެވެން އޮތީ.. އެހާ ގިނަ ދުވަހެއް ނުނަގާނެ އިރާދަކުރެއްވިއްޔާ” ސާއިމް އެބުނާ ބައެއް ކަންތައްތައް ތަފުސީލު ނުކޮށް ދިނީ ހާލަތު އެކަމަށް ތަންނުދޭތީއެވެ.
“ރަގަޅު.. ބައްޕަވެސް ބޭނުމެއްނޫން އެހާ ލަސްކުރާކަށް. ޒައިނާވެސް ކިޔަވާ އެނިމެނީ މިހާރު. ދެ މަސްވަރު ކަންނޭނގެ އޮތީ.. އޭގެ ކުރިން ވިޔަސް ދެކުދިން ބޭނުމިއްޔާ އިންނަންވީ.. މިހާރު ޒީން އާއި ޒިޔަމްގެ ގުޅުން ކިހިނެތްވަނީ.. ޒީން އަދިވެސް އެކަމާ ރުޅިއައިސްފައިތަ ހުންނަނީ” ޝާހިދު ފަހުން ބުނެލި ޖުމްލައިން ސާއިމް ދިޔައީ ސިއްސައިގެންނެވެ. އަނެއްކާ ޝާހިދު އަށް ހަގީގަތް އެގެނީބާއޭ ހިތާއި ސުވާލުކޮށްލެވުނެވެ.
“ކޮން ކަމެއްގެ ވާހަކަ ބައްޕަ ތިދައްކަނީ” ސާއިމް އަވަސް އަވަހަށް އަހާލިއެވެ.
“އެއްކަލަ ދުވަހު ޒިޔަމް ޔުމްނު ކައިރީ ވާހަކަ ދައްކައިގެން ޒީން ރުޅިއައިސްގެން އުޅުނެއްނު.. އެކަމުގެ ވާހަކަ ބައްޕަ މިދައްކަނީ. އަނެއްކާ އިތުރު ކަމެއް އޮތީތަ” ސާއިމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިލެއް އަވަސްކަމުން ޝާހިދު އަހައިލިއެވެ.
“ނޫން.. ނޫން.. ނޫން.. އިތުރު ކަމެއް ނެތް” ސާއިމް ބުނެލި ގޮތުން ޝާހިދުއަށް ކަމެއް ޝައްކު ވިޔަސް އެކަން ނުދައްކާ މަޑުކޮށްލީ އަމީރާ އާއި ޒައިނާ އައުމުންނެވެ.
ޒައިނާ ފެނި ސާއިމްއަށް ކޮޅަށް ތެދެވެވުނެވެ. ގަދަ ކަނޑު ނޫކުލައިގެ ހެދުމެއްގައި ޒައިނާ ހުރީ ސާއިމްއަށް ބަލަހައްޓައިގެން ހިނިތުންވެފިވައެވެ.
“ރީތިތަ” ޒައިނާ އަހާލިއެވެ.
“ރީތި ހެއްޔޭ… ވާވް” ސާއިމްއަށް ޒައިނާގެ އަތުގައި ހިފައި ބޮސްދެވުނެވެ. އެމަންޒަރު ބަލަން އަމީރާ އާއި ޝާހިދު ހުރި ކަމެއް ނޭނގެއެވެ. ޒައިނާގެ ރީތިކަން ފެނި ދުނިޔެ މަތިންވެސް ހަދާންނެތުނު ކަހަލައެވެ.
“ބައްޕަމެން ދަނީ.. ފަރުހާދު ގުޅާވަރުން މިއުޅެނީ” ސާއިމްގެ ކޮނޑުގައި އަތް ޖައްސާލުމަށްފަހު ޝާހިދު ގެ ދެމަފިރިން އެތަނުން ދިޔައެވެ.
ސާއިމްއަށް ޒައިނާ ނޫން އެހެން ތަނަކަށް ނަޒަރު ހުއްޓާލެވޭ ވަރެއް ނޫނެވެ. ޒައިނާ ލައިގެން ހުރި އެއްކޮށް ދިގު ހެދުމާއި އެކު އަތާއި ހެދުމުގެ މަތީ ބައި ފަރުމާކުރެވިފައިވަނީ ލޭސް ފޮތިންނެވެ. އަދި މިނާ އޮށްތައް އަތުކުރީގަޔާއި މޭމަތީ އަތުރާލާފައި ހުއްޓެވެ. ފަން ބޯ އިސްތަށިގަނޑު ހުޅިއެއް ޖަހައި ދައްޗަކުން ހިފަހައްޓާލައިފައިވާ އިރު އެކި ވައްޓާލައިފައިވާ އިސްތަށިގަނޑުގެ ބައިތައް މޫނުގައި ބޮސްދެމުން ދިޔައެވެ. ސާއިމް ޒައިނާގެ އަތުގައި ހިފައިގެން ބެލްކަންޏަށް ދިޔައެވެ. އަދި އެތާގައި އޮތް ފިޔާތޮށި ކުލައާއި ހުދު ކުލައި ފިނިފެންމާ މާބޮޑި ޒައިނާއަށް ހަދިޔާކުރިއެވެ.
“ތޭކްސް ލަވް” ޒައިނާ މާތަކުގެ ފިޔަތަކުގައި އަތް ބީއްސަމުން ދިޔައިރު ސާއިމްއަށް އޭނާގެ ކުރިމަތިން ދުނިޔޭގެ ހުރިހާ އުފަލެއް ފެންނަހެން ބަލަހައްޓައިގެން ހުރެވުނުވެ. މަޑު ރަތްކުލައިގެ ތުންފަތް މަތީގައިވާ ހިނިތުންވުން ސާއިމްގެ ހިތް ހިނިތުންކުރުވަމުން ދިޔައެވެ.
“ތިވަރަށް ނުބަލަބަ” ސާއިމްގެ ނަޒަރު އެހެން ތާކަށް ނުދާތީ ޒައިނާ ލަދުގަނެ އިސްޖަހައިލިއެވެ. ސާއިމް ޒައިނާ ކައިރިއަށް ޖެހިލައި ދަތްދޮޅީގައި ހިފައި އިސްއުފުލާލަ ދިނެވެ.
“މިރޭ މެރީ ކުރަނީ ދެމީހުންނަމަ ދޯ” ޒައިނާ އެކަނި އެތާގައި ހުއްޓަސް ސާއިމް ސިއްރު ސިއްރުން ޒައިނާގެ ކަންފަތް ބުޑުގައި ވައިއަޑުން ބުނެލިއެވެ. އޭގެން ޒައިނާގެ ލަދުރަކިކަން ވީ އިތުރެވެ. ސާއިމްގެ މޫނަށް ބަލަން ނުކެރެ މޭމަތީގައި މަޑުމަޑުން ބޯ އަޅާލިއެވެ. ސާއިމް ނުހަނު ލޯބިން ޒައިނާގެ ފަހަތުން އަތް ވަށާލިއެވެ. ދެލޯބިވެރިން ލޯބީގެ ދުނިޔޭގައި ކިތައްމެ ގިނަ ވަގުތެއް ފޫހި ކަމެއް ނެތި ހޭދަ ކުރެވިދާނެއެވެ. ނަމަވެސް ޒީން ގުޅައި ޕާޓީއަށް އަންނަން ބުނުމުން ލަސްނުކޮށް ދިޔައީއެވެ.
ސާއިމް މެންނަށް ދަރުބާރުގޭގެ ދޮރޯއްޓާއި ހަމައަށް އާދެވުނު އިރު ޒީން ހުރީ ދެކޮޅަށް ހިގާލަ ހިގާލައެވެ. އިރު އިރު ކޮޅާ އަތުގައި އޮތް ގަޑިއަށް ބަލާލައެވެ. އަދި ފޯނުން ޒިޔަމްއަށް ގުޅޭތޯ އުޅުނެވެ. ޒީން ވަނީ އަށެއް ޖަހަންދެން ޕާޓީއަށް އައުމަށް ޒިޔަމް ކައިރީ އެދިފައެވެ. ނަމަވެސް އަދިވެސް ޒިޔަމްގެ ހިލަމެއް ނުވެއެވެ. އެތައް ފަހަރަކު ޒީންއަށް މިހާރު ޒިޔަމްއަށް ގުޅާލެވިއްޖެއެވެ. ފޯނު ނުނެގުމުގެ އިތުރުން ބިޒީވެސް ނުކޮށްލައެވެ. ޒީންގެ ހާސްކަން އިތުރުވަމުން ދިޔައީ ޒިޔަމްއަށް ކަމެއް ވެދާނެބާއޭ ހިތަށް އަރާފައެވެ.
“ކޮބާތަ ޒިޔަމް” ކާރުން ސާއިމްއާއި ޒައިނާ ފޭބުމާއި އެކު ހަރު ހިގުމެއްގައި ގޮސް ޒީން އެހިއެވެ.
“ނާދޭތަ ބޭބެއެއް.. އަހަރަމެން ހީކުރީ ބޭބެ ކުރިން ދިޔައީ ކަމަށް” ވާހަކަ ދެއްކީ ޒައިނާއެވެ.
“މަޑުކުރޭ..ބޭބެ މިގުޅަނީ” ސާއިމް ޖީބުން ފޯނު ނަގައި ޒިޔަމް އަށް ގުޅިއެވެ. ފުރަތަމަ ފަހަރުން ގުޅީމަ ފޯނު ނުނެގުމުން ދެވަނަ ފަހަރަށް ގުޅިއެވެ. ނަސީބު ކަންދިމާކުރި ގޮތުން އެއްމެ ފަހު ރިންގުން ފޯނު ނެގިއެވެ.
ޒިޔަމް ފޯނު ނެގުމުން ޒީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“ތިމަންނަ ގަމީހުގެ ގޮށެއް ނައްޓައިގެންނޯ މިއުޅެނީ. ހަސީނާ ދައްތަވެސް ފޯނެއް ނުނަގައޭ ބުނީ.. އެހެންވެ ލަސްވެގެންނޭ” ޒިޔަމް ލަސްވާ ސަބަބު ސާއިމް ކިޔާ ދިނުމުން ޒީން އެގެޔަށް ދާން އުޅުނެވެ.
“ބޭބެ ލައިދީފާނަން.. ޒައި ދޭ އިހަށް އެތެރެއަށް އިނގޭ” ސާއިމް އޭނާގެ ކާރުގައި ޒީން ޒިޔަމް އާއި ހަމަޔަށް ގެންގޮސްދިނެވެ.
ޒީން ގޭގެ ތެރެއަށް ވަދެގެން އައިސް ޒިޔަމް ކޮޓަރީގައި ޓަކި ޖަހާލިއެވެ. ޒިޔަމް ކޮޓަރީގެ ދިރު ހުޅުވީ ހަސީނާ ކަމަށް ހީކޮށެވެ. އެވަރަށް މިހާރު ގުޅުނީމައެވެ. ނަމަވެސް ކުރިމަތީ ހުރީ ޒީން ފެނި ލޯ ކުޑަކޮށްލެވުނެވެ. ޒިޔަމް ހުރީ ހަމައެކަނި ތުވާލި އަދެގެން ކަމުން ޒިޔަމް ފެނުމާއި އެކު ޒީން އެބުރުނީ އަނެއް ފަރާތަށެވެ.
“އެއްޗެހި ލައިގެން އުޅެބަ” ޒީން ރުޅިއައިސްފައިވާ ރާގަކަށް ބުނެލިއަސް ޒިޔަމް ފެނި ދެކޯތާފަތް ރަތްނުވީ ކިރިއާއެވެ. ޒިޔަމްއަށް ލާނެތް ގޮތަކަށް ހީލެވުނެވެ.
“މިހާރު އެއްޗެހި ލައިގެން މިހިރީ” ފުރަގަސް ދީގެން ހުރި ޒީންއާއި މުހާތަބުކޮށް ޒިޔަމް ބުނެލިއެވެ.
“ކޮބާ ގަމީސް” ޒިޔަމް ކައިރިން ކޮޓަރިއަށް ވަންނަން ހުއްދަވެސް ނުހޯދާ ޒީން އެތެރެއަށް ވަދެ ދެފަރާތް ހޯދާލިއެވެ.
“މިއޮތީ” ޒިޔަމް ޒީން އަތަށް މޭޒުމަތީ އޮތް ގަމީސް ދިނެވެ.
“ކޮބާ ތިނޯސް. މިވަރު ކަމެއް ކޮށްލާކަށް ނޭނގޭ ޕިސްޕިސް” ޒިޔަމް އަތުން ތިނޯސް ނަގަމުން ޒީން ބުނެލިއެވެ. އަދި އެނދުގައި އިށީނީ އަވަހަށް ގަމީހުގެ ގޮށް އެޅުވުމަށެވެ. ޒީން ގަމީހުގެ ގޮށް އަޅުވަން އިން އިރު ޒިޔަމް ފާރުގައި ލެގިލައިގެން ހުރެ ޒީންއާއި ދިމާލަށް ބަލަން ހުއްޓެވެ. ޒިޔަމް ބަލަން ހުރިކަން އެނގިވެސް ޒީން އެކަމަށް އަޅައިނުލީ ހަފްލާއަށް ދާން ލަސްވާތީއެވެ.
ޒީން ގަމީހުގައި ގޮށް އަޅުވައި ނިމުނު އިރު ތަންތަން ކޮޅުން ރޫ ޖެހިފައިވާތީ ގަމީސް އިސްތިރިކޮށްދިނެވެ.
“އަން އަވަހަށް ލައިގެން ރެޑީވޭ” ޒިޔަމް އަށް ގަމީސް ދިއްކޮށްލަމުން ޒީން ދާން ހިގައިގަތެވެ. ނަމަވެސް ޒީން އަށް ދެތިން ފިޔަވަޅު ނޭޅެނީސް ޒިޔަމް ފަހަތުން ޒީންގެ އަތުގައި ހިފައި ހުއްޓުވިއެވެ.
“ކިހިނެތް ވީ” ފަހަތް ބަލައި ނުލައި ޒީން އެހިއެވެ.
“މަޑުކޮށްލަބަ. އެހާ ގިނަ އިރެއް ނުނަގާނެ” ޒިޔަމް އެދުނެވެ.
“ހްމްމްމް. އަވަސްކުރޭ” ޒީން ފޫހި ގޮތަކަށް ބުނެ ކައިރީގައި ހުރި ޑުރެސިން ޓޭބަލްގެ ގޮނޑީގައި ޒިޔަމްއަށް ފުރަގަސްދީގެން އިނެވެ. ޒިޔަމް ފާހަނައަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން ތައްޔާރުވާން ފެއްޓިއެވެ. ކުރިމަތީ އެއްފަރާތަކަށް ޒީން އިށީދެގެން އިންއިރު ޒިޔަމްގެ ގައިން އަބަދުވެސް ދުވާ މީރުވަސް މުޅި ކޮޓަރި ތެރޭގައި ހިފާލާފައިވެއެވެ. ޒީން ހުރިހާ ދިމާލަކަށް ނަޒަރު ހިންގިއަސް ޒިޔަމްއާއި ދިމާލަށް ނުބަލައެވެ. ދެއަތް މޮޑެލަ މޮޑެލަ އިނީ ޒިޔަމް ނިމޭނެ އިރަކަށެވެ.
ޒިޔަމް ސެންޓު ފުޅި ނަގައި ގަޔަށް ބުރުވާލުމާއި އެކު ޒީންއަށް ކިބިހި އެޅެން ފެށީ އޭގެ ވަސްގަދަކަމުންނެވެ.
“ހާދަ ނާޒުކު ކުއްޖެކޭ ދޯ މީ” ޒިޔަމް ސެންޓު ފުޅި ބަހައްޓަމުން ބުނެލިއެވެ.
“ތިވަރަށް ސެންޓު ނުޖެހިއަސް މީރުވަސް ދުވެއޭ” ހިތުގައިވާ އެއްޗެއް ހާމަކޮށްލީ ރުޅިއައިސްފައި ހުރިވަރުން ވިސްނާނުލެވިއެވެ.
“ވަރަށް މީރުވަސް ދުވާތަ” ލާނެތް ގޮތަކަށް ޒީންއާއި ދިމާލަށް ގުދުވެލަމުން ޒިޔަމް ބުނެލިއެވެ. ޒީން ޒިޔަމްގެ މޭގައި އަތް އަޅައި ދުރަށް ކޮއްޕާލީއެވެ. ބުނެވުނު އެއްޗަކާއި މެދު ވިސްނާމިލެވުނީ އަދި ކިރިއާއެވެ.
ޕާޓީއަށް އަންނަ ހާއްސަ މެހުމާނުން އަޅަން ދިން ބޯ ޓައީ ނޭޅިގެން ޒިޔަމް އުޅެއެވެ. އެއްފަހަރުވެއް ސީދާކޮށް ދަތި ޖަހާލެވޭ ގޮތް ނުވެއެވެ. މިހާރު އަތް ވާޅުވާ ހިސާބަށް ގޮސްފިއެވެ. ޒީންއަށް މިތަން ފެނިގެން އެހީ ވެދޭން އައީ ޒިޔަމްއާއި ހެދި ޕާޓީއަށް ދާގަޑި ހައްތާ ލަސްވަމުންދާތީއެވެ. އަތުގައި އޮތް ޕާސް މޭޒު މަތީ ބާއްވަމުން ޒިޔަމްގެ އަތުން ޓައީ ނެގިއެވެ.
“އެއްކަމެއް ކުރަން އެގޭމީހެއްނޫން” ޒީން ހިނިތުންވެލާފައި ސަމާސާކޮށްލިއެވެ. ޒީންގެ މޫޑު ރަގަޅުކޮށް ހުރުމުން ޒިޔަމް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
“އެއްކަމެއްވެސް ކުރަން ނޭނގެންޏާ ޒީން އަންނަން ވީނު ކޮންމެ ދުވަހަކު އެހީވެދެން ކައިރީގަ ހުރެދޭން. އޭރުން ލަސްވެގެން ތޮޅޭކަށްވެސް ނުޖެހޭނެ” ޒިޔަމް އެހެން ބުނެލުމާއި އެކު ޒީން ޓައީގައި ހަރުކޮށްފައި ހުރި ދަތި ޒިޔަމްގެ ގަޔަށް މަޑުން ހަރާލިއެވެ.
“އައްދިއްޔޯއި” ޒިޔަމްއަށް ބާރަށް ގޮވާލެވުނެވެ. އެޔާއި އެކު ޒީންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ކަށި ހެރި ތަނުގެ ތަދު ކުއްލިއަކަށް ދިޔައީ އޭގެ މައްޗަށް އެހެން އިހްސާސެއް ވެރިވުމުންނެވެ. ޒިޔަމްއަށް ބަލަހައްޓައިގެން ހުރެވުނީ ޒީން ހެމުން ދިޔަ މަންޒަރަށެވެ. ދުވަހަކުވެސް ޒީން އެވަރަށް ހީފައި އުޅޭ ތަނެއް ޒިޔަމްއަށް ނުފެނެއެވެ. ބަޔާންކުރަން ދަތި އުފަލެއް އެވަގުތު ހިތަށް އިހްސާސް ކުރެވެމުން ދިޔައެވެ. ލައިގެން ހުރި ނޫކުލައިގެ ލޭސް ފޮތީގެ ހެދުމާއި އެކު އަޅައިގެންހުރީ ޒިޔަމްގެ ޓައީގައި ހުރި އަޅި ކުލައިގެ ޝޯލްއެކެވެ.
“ސޮރީ.. ދެންވެސް ބޭކާރު ވާހަކަ ނުދައްކާ ހުރޭ. އެހެންނޫނީ ތަދުވާނެ” ޒީން ހިނިގަނޑު ކޮންޓުރޯލް ކުރިއަސް ހުރެވުނީ ހެވިފައެވެ. އެރީތި މަންޒަރު ފަޑުކޮށްލަން ޒިޔަމް ބޭނުން ނުވާތީ ޒީން ބުނިހެން ވާހަކަ ނުދައްކާ ހުރިއެވެ. ޒިޔަމްގެ ޓައީ އަޅުވަން ހުއްޓާ ފޯނަށް މެސެޖެއް އައުމުން ޖީބުގައި އޮތް ފޯނުގެ ލޮކް ހުޅުވާލިއެވެ. ފުލުފުލުގައި މެސެޖުތައް އަންނަމުން ދިޔައީ ޒީން ކުރިމަތީ ހުއްޓައެވެ. ޒިޔަމްގެ ފޯނަށް އެވަރަށް މެސެޖު އަންނަމުން ދާތީ ޒީންއަށް ނުބަލައި ނުހުރެވުނެވެ. ޓައީ އަޅުވައިދެމުން ތިރިއަށް ބަލާލިއިރު މެސެޖު ފޮނުވާ ފަރާތެއްގެ ނަމުގައި އޮތީ ޝަމްހާއެވެ. ދެއްމެ އެކަނިވެސް ފަސްވަރަކަށް މެސެޖު އައިއްސިކަން ޒީންއަށް ޔަގީނެވެ. ޒީންއަށް ބަލާލެވުނީ ޒިޔަމްގެ މޫނަށެވެ. ދެއްމެ ހަމަޖެހިފައިވާ މޫނުމަތިން މިހާރު ސީރިއަސްކަން ފެންނަން ހުއްޓެވެ. ޒީން ޓައީ އަޅުވަން އެހާ ގިނަ ވަގުތެއް ނުނަގައެވެ. ޓައީ އަޅުވައި ނިމުމުން ޒިޔަމް އެބަ އަންނަމޭ ބުނެ ބެލްކަންޏަށް ނުކުތެވެ.
ބިއްލޫރި ދޮރެއް ހުންނަ ބެލްކަނިން ޒީންއަށް ބޭރުގައި ހުރި ޒިޔަމް ފެނެއެވެ. ޒިޔަމް ހުރީ މީހަކަށް ގުޅައިގެންނެވެ. އެއީ ޝަމްހާކަން ޒީންއަށް ޔަގީންކުރެވުނެވެ. ޒިޔަމް ދެތިން މިނެޓު ތެރޭގައި އައެވެ.
“ހިނގާ ދާން” ޒިޔަމް ވޮލެޓު ޖީބަށް ލަމުން ބުނެލިއެވެ. ދެއްމެ ޒީންގެ މޫނުމަތިން ފެނުނު ހިނިތުންވުން މިހާރު ނެތްކަން ޒިޔަމްއަށް ފާހަގަކުރެވުނެވެ.
ދެމީހުންނަށް އެތަނަށް އާދެވުނު އިރު އާއިލާއާއި ރައްޓެހިން އެއްމެން ތިބީ ދެމީހުންގެ އިންތިޒާރުގައެވެ. ދެމީހުން އެއްކޮށް ދޫލާއިގައި ހިގައިފައި އަންނަ އިރު ވަރަށް ގުޅެއެވެ. ޒިޔަމް ލައިގެން ހުރީ ގަދަނޫކުލައިގެ ގަމީހަކާއި ހަމަ އެކުލައިގެ ފަޓުލޫނެކެވެ. އަދި ގަމީހުގެ މަތިން އަޅި ކުލައިގެ ވެސްޓަކާއި ބޯ ޓައީ އެކެވެ. ސާއިމްއާޢި ދެމީހުން ތިބީ އެއް ޑިސައިނަކަށް ހެދުން އަޅައިގެންނެވެ. ޒިޔަމްގެ ތުނިކޮށް ކޮށާލެވިފައިވާ ތުބުޅި އާއި ތުންފަތްމަތީގައި ވި ހިނިތުންވުމުން ހިތްގައިމުކަން ދައްކުވައިދެއެވެ. ދޫލާއިގައި ހިގަމުން އައިއިރު އެހެން ލޯބިވެރިންހެން އަތް ގުޅުވައިގެން ނެތަސް ދެމީހުންނަކީ އެކަކު އަނެކެއްގެ އެއްބައޭ ބުނެވޭހާ ވަރުވެއެވެ.
“އާދެ ވިއްޖެދޯ ދެމީހުންނަށް. އެނގޭތަ ގަޑިން ވީ އިރެއް” ޔުމްނު ހިނިތުންވެލަމުން ބުނެލިއެވެ.
“މާފޮޅު ވަންޏާ ލަސްވާނު” އެތަނަށް އައި ޒައިނާ ޔުމްނުގެ ސަމާސާގައި ބައިވެރިވެލިއެވެ.
“ތެދެއް ގޮށެއް ހަރުކޮށްލަން އެއްގަޑި އިރު ނަގާތަ” ޒައިނާގެ ފަހަތުން މިފަހަރު ގުޅުނީ ސާއިމްއެވެ.
“ބޭބެވެސް ހާދަ ގޯހޭ” ޒީން ސާއިމްއަށް ބަލާލަމުން ތުން އަބުރާލިއެވެ.
ހަ ބައިވެރިން އެއްކޮށްނާއި ވަކިވަކިން ގުރޫޕު ހަދައިގެން ފޮޓޯ ނަގަމުން ދިޔައެވެ.
“ދެމީހުން ވަރަށް ގުޅޭ އިނގޭ” ޔުމްނު ޒީން ކައިރިކޮށްލަމުން ބުނެލި އެއްޗަކުން ޒީންއަށް މިފަހަރު ރުޅީގެ ބަދަލުގައި ހިނިތުންވެލެވުނެވެ. ނަމަވެސް އެކަން ފޮރުވޭތޯ މަސައްކަތް ކުރިއެވެ. އެހެން މީހުން އެމީހުންގެ ބައިވެރިން އަތުގައި ހިފައިގެން ކައިރިކޮށްގެން އުޅުނު އިރު ޒިޔަމްއާއި ޒީންގެ ދެމެދުގައި ވަނީ ހުރަހެއް ލެވިފައެވެ. ކިތައްމެ ކައިރީގައި ތިއްބަސް ދުރުކަމެއް ވެއެވެ. ފޮޓޯ ނަގައި ނިމުމުން އެއްމެން ކިޔޫގައި ތިބި މީހުންނަށް ފުރުސަތު ދެމުން އެތަނުން ދިޔައެވެ.
ކައިވެނީގެ ހަފްލާ ނިމިގެން ދިޔައީ ވަރަށް ވެސް ފުރިހަމަކޮށެވެ. ދިހައެއް ޖަހަންދެން ކާޑުގައި ބުނެފައި އޮތަސް މީހުން ހުސްވެ ގެޔަށް ދެވޭ ވަރު ވީ އިރު ބާރަ ޖަހަން ކައިރިވަނީއެވެ. ޕާޓީ ތެރޭގައި އެއްމެން އެއްކޮށް ހީހީފައި ސަކަރާތް ޖަހަމުން ދިޔައިރުވެސް ޒިޔަމްއަށް އިދެވުނީ ފޯނު ނަގައިގެންނެވެ. ޒިޔަމްގެ ހަރަކާތްތައް ދޭތެރެއަކުން ބަލަން އިން ޒީންއަށް ޒިޔަމް އެދަނީ މީހަކަށް މެސެޖުކުރަމުންކަން އެގެއެވެ. އަދި އެއީ ކާކުކަން ވެސް އެގެޔެވެ. އެކަން މާބޮޑު ކަމަކަށް ނުހަދައި ޒީން ބެލީ އެހެން އެއްމެންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރެވޭތޯއެވެ. ނަމަވެސް ބުނެދޭން ނޭނގޭ އުދަގޫތަކެއް ޒިޔަމްގެ ހަރަކާތްތަކުން ޒީންގެ ހިތަށް ވެރިކުރުވަމުން ދިޔައެވެ.
އޭގެ އަނެއް ދުވަހަކީ މާލޭގެ އުޑުމަތި ވަރަށް ބަނަކޮށްލާފައި އޮތް ދުވަހެކެވެ. ކަޅު ބޯ ވިލާތަކުން އުޑުމަތި ފުރިފައިވާ އިރު ހީވަނީ ދެއްމެ ދެއްމެއަކު ވާރޭ އޮއްސާލާފާނެ ހެންނެވެ.
ޒީން ބޭރަށް ނުކުތީ ޒިޔަމްއާއި ބައްދަލުކޮށްލަން ބޭނުންވާތީ ކްލިނިކަށް ދިޔުމަށެވެ. ޒީންއަށް އަދިވެސް އެއަޑުތައް ކޮންޓުރޯލު ކުރެވޭތީ އެޔަށް އެހީއެއް ލިބޭތޯއެވެ. ދެމީހުން އިންނަން ހަމަޖެއްސިކަމުގައި ވިޔަސް ޒިޔަމްއަކީ ޒީންގެ ޑޮކްޓަރެވެ. ޒީން ބޭރަށް ނިކުތްއިރު މީހުންގެ ހަރަކާތްތައް އަވަސްވެފައިވަނީ ކުރިމަތިވާން އުޅޭ ވިއްސާރައިން ސަލާމަތްވުމަށެވެ. ޒީންވެސް ނިކުތީ ވާރޭ ވެހިދާނެ ކަމަށް ކުޑައެއް ހިފައިގެންނެވެ. އެކަމަކު މިޖެހޭ ވައިރޯޅިއާއިއެކު ކުޑައަކުން ސަލާމަތްވެވޭނެހެން ހީނުވެއެވެ. ނަސީބުކަން ދިމާކުރި ގޮތުން ޒީންއަށް ވިއްސާރާއިގެ ކުރިން ކްލިނިކަށް ދެވުނެވެ.
ކައުންޓަރުގައި އަހާލުމުން ޒިޔަމް މިއަދަށް ކްލިނިކުގެ ޑިޔުޓީ ނިއްމާލުމަށްފަހު އޮފީހަށް ދިޔަކަން އެގުނެވެ. އެހެންކަމުން ޒީން އެފުލޯއަށް ދިޔައެވެ. ޒީން މަޑު ހިގުމެއްގައި އައިސް ޒިޔަމްގެ ކެބިންގެ ދޮރު ހުޅުވާލަން އުޅުނެވެ. ނަމަވެސް މަޑު ޖެހުނީ ޒިޔަމްއާއި އެކު ޝަމްހާ ހުރި ތަން ފެނުމުންނެވެ. ޒިޔަމްގެ ޑެސްކު ކައިރީގައި ދެމީހުން ތިބިއިރު ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. ޒީން މަންޒަރު ބަލަން ބޭރުގައި ހުރެވުނީ ޝައުގުވެރިކަމާއި އެކީގައެވެ. ޝަމްހާ ދުރުގައި ހުރުމަށްފަހު ޒިޔަމްއާއި ކައިރިއަށް އައެވެ. އަދި ޒިޔަމްގެ ދެއަތުގައި ހިފައި އޭނައާއި ކައިރިކުރިއެވެ. ދެން ފެނުނީ ޒިޔަމް ރުޅިއައިސްފައި ހުރެ އެދެއަތް ފޮޅުވާލި ތަނެވެ.
ޒީން ސިއްސައިގެން ދިޔައީ އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ހިތްތޮޅިލީ ފާރަލާންއޮވެ މީހަކަށް ފަޅާއެރީހެން ހީވަމުންނެވެ. އެކޮޅުން ގުޅަމުން ދިޔައީ ޔުމްނުއެވެ. މިއަދަކީ އެމީހުން ހަނީމޫނަށް ފުރަން އޮތް ދުވަސްކަމުން ފިހާރައަށް ދާން ޔުމްނު ވަނީ އެދިފައެވެ. އެހެންކަމުން ޒީން ފޯނު ނެގިއެވެ. ފޯނު ކަންފަތުގައި ޖަހަމުން ޒީންގެ ލޯ އަމާޒުކޮށްލީ ޒިޔަމްގެ ކެބިންއަށެވެ. އެޔާއި އެކު ފެނުނު މަންޒަރުން އަތުގައި އޮތް ފޯނު ނުވެއްޓުނީ ކިރިއާއެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ހިތް ތެޅިގަތެވެ.
72 Comments!
Comments are closed.
Balan indha e up vee. Kiyaalaafa comment kuraanan
15th episode is here.. kudhin kiyaalaafa ragalhu kollan kameh othiyyaa bunelahchey.. maadhama up kuran ulhuny. Ekamaku mirey mihaa varah liyevunyma upkohdhiny.. special dedication to all readers who comment. Your support is my strength.. loves .. tc ???
Adhives neynge kon photoeh kameh.
Maa kuru mi part.
Ekam hama habeys as always.
Alhey reader bunefa eba othennu recorderge photo ekey… thanku lots.. ???
Enme fahun fenunee kon kamehbaa…. Vedhaane zim ah black mail koggen kiss kuranee kamah ves. ??
Reader v bodah thanku thihaa shaugaai eky kiyaathy.. ???
??❤
Sama thanku ??
Wow!!!!! Alhe v kiyaaahiyy vaniii! N thnkxxx avahah up vaaathiii! When nxt prt??
Next part mondayga.. thanku some one… loves ???
Woooow ? Varah varah reethi mi part vs… kihinehbaa vaan eulhenee??? Alhey shamhaa gandu haadha goahey… when next part… waiting waiting ???
Aiy thanku lots.?? kihinei baa vaany? lets see dhw. ??
woww, what will heppen nexttt ..
wish u a gud luck keep it up
Thanku dear ??? monday hopefully
Hehe kobaa i told ehnu hithahves naaraa gothekey hadhaany..? hmmpp? mi shamha gandu mihaaru e ulheny xim blackmail kohgen knmes goaskameh kuran.. i just hate her? aaaawwwn? xim shamha aa talk kuraathy xeen is feeling jealous.. ? so cute.. dhen❤ love vaa vaahaka ves bunveenu vaguthu ohva.. or else alhugandu katuvaalaany? hehehe? btw this part is awesome darling…. ?❤
Waiting….??
Adha always so happy to read ur comment.. ??❤
Thanku so much for the support.. ziyam dheynvy adha ah dhw ??
Hehehe. Loves tc ?
Hehe… i always dream mi strys thakuga mi ulhey kahala loabi loabi bf eh libeytho..? xim aslu nama ehnu dw???
Alheyyyy…maroon keeve yumnu lahvaa thi gulhuvee egadeega???..feels like dhn ziam ehree zyn ah takaa shamha e bunaa gothakah hadhasho??…special dedication fonuvaaleema bigggg koh hpi♥♥♥
Thanku xna…?? yumn nugulhi nama dhw ..heheh ??
Dear story hama v.kamudhey..waiting ingey..keep it up???
Thanku xxxx ???
Wow wow wow……. Adhives hama kiyaahihvanee. Story reethiveema kanneynge v v kuruhenheevanee. He he. Next part dhigukoll genesdhehchey maroon
Ninni thanku ??
Will try my best dear ?
Varah reethi mi partves, waiting 4 next
Thanku sheen ??
Recorder ga huree kon photo thakeh kameh geteh nuvi. Avas avahah kiyaaleema vedhaane neyngunee kamah es
Recorder ga hury Xim nd xeen clinic ga dahkaafa huri vaahaka .. xeen rape kuri vaahakaves… shamhaa xim ah fonuved e recorder ge pic eh..
Fonuvee*.. hope nw engehje kamah?
Adha ebuny ragalhah.. eyga hunnaany audio. Not video.. everything they talked abt ?
Masha allah….vrh rythii mi part vx….
eagerly waiting 4 nxt part……
Thanku naana ??
kihineh dhen vaaanyyyy alhey …. ehme reethi gisaabun nihmaa thilyyy …love this stry♡♡
Thanku sam ??
Alhe zeen r ziyam gulhvabr dhn.. shamhaa i hate yuh bitch ?
Adhi kiriyaa mivaahaka mi kiyaalevuny.. Vaahaka v reethi.. Ekam baeh thanthanun nan badhaluvefa eba hurey.. Dhen v ginain beynun kurevifa hunna kuhbaheh buneladhey hiyyvey.. “REYLU” eh noon.. Ran’galhu gothaky “RAILING”.. Ummeedhu kuran ekankan ran’galhu kollaane kamah.. Waiting for the next part 🙂
Sure ragalhu kollaanan. Thanku mistakes bunedhineema .. thanku sandy??
Haadareechey foohikamene……
Thanku shan??
Stry loabi kamaa eve ??? wow wow just wow maroon loabi gandaa thank u mihaa luvly stry eh genesdheythy samhaage plaine failkollaafa samhaage balifai saaim noony ziyam ah fennaanegoiy hadhaidhybala noony samhaage kommes kulhigangeh eynage dad ah bust kollabala ? zeen ah keiynukurevigen ziyam kairy loabivaavahaka bunaane nama konfadha dhw stry v v v habeys but mi prt ga baeththanthanuga namethah olhifahurikan faahaga kurevun ekan rangalhukollyma ok vaane ingey luv u keep it up n waitin nxt prt???❤❤❤???????
Khajjaa. A big thanku dear.. ??
Yes ragalhu kollaanan next time. Tc loves ?
Varah reethi mi part ves.. keep it up maroon..?
Thanku dear ???
haadha kurey mim part.. bt v reethi.. aneh part avahah up kohdheythi ingey
Thanku dear ???
mi part varah foohi. dhen e shamha konmme faharaku ulhey gotheh pis pis pis. mathi mathin kiyaalaafai mi comment kollee hama
Evves story eh smoothkoh nudhaane dhww.. there will be ups and downs charctersge.anyway thanku for the view ?
Emme hiyavass vefaa ingadii enimunii… Waiting for next part?
Thanku suwa ??
v reethi mi part ves.. alhe mirey adhi one part up kohla dheebaa pls pls
Thanku aki.. monday night ga hopefully up koh dheveyny
Story v reethi and intresting. Vaahaka feshigen mihaa hisaabah mikiyaalevunee. Waiting for the next part.
Thanku dear..glad u like it ?
maroon.. plx do me a favour.. noor kairy ahaala dhyba story kbaa thw.. maroon aa contact ohna hn hyvaathy mi ahaaly… atleast reply kohlaashey buneba comments thakah…let us know dhw… ehnya daily koh up vaa story eh kulli akah v nuvy neygunyma.. hama nuhurevuny.. plx marron
M also concerned and waiting for the next ep…m sure gasdhuga readers waiting ga nubahattaanekan… we dnt reaaly know each other.. sorry
okay …n thanx for the reply….
Roon…. Monday night ga tha up vaany?
Yes dear. Ekam mi ep ah vure dhigukoh genesdheynan
Hats off to ur hard work dear..
Thanku noor ?
wow ryhchey ❣❣
Thanku dear ?
Kon irakuntha vaahaka update vany 🙁
alheyyyyy when next part up kurany. imaptiently waiting for the nxt up.
Mirey 11 jahaa iruhen hyvany up vaany..
Alhe plxx 11 ahthuren avas nuvaaane tha!!!? 10 haairu nuvaaanetha?? Maadhan skul ah dhaaan jeheythiive kurin heylan jeheythii!?
I will try my best
Pis pis pis.. school ah dhaa kudhi kudhi meehunney mi loabeege vaahaka kiyany.. thihaa varah school ah dhaan ves nuroane kanneinge.. ??
Haadha inthizaaru eyba kure vey story ah….
Thanku azuna . U can read it now ?
v v v salhi avahah next ep up kodhyba 🙂 waiting for next part………
Alhey monday nite ga up
vaane buni dho pls kobaa tha story
Kobaa next part. Varah keh madhuvefa mi hury next part ah